“ވާހަކައެއް އަހާލަންތަ؟ ކުރިން މިގެޔަށް އައިއިރު ފެންނަން ހުރިގޮތަކަށް ނޫން މިހާރު މިތާ ގޭތެރެ ފެންނަން ހުރީ.. ކާކު އެތާ ނިދާފައޮތީ؟”

ލަތީފު ކޮށްލި ސުވާލުން ލަހުމާ ކޮންމެސް ވަރަކަށް ހާސްވިއެވެ. އެއްވެސް މީހެއްގެ ކުރިމަތީ ކުރިން މިއީ ލަހުމާއަށް ވާގޮތެއް ނޫންކަން އަމިއްލައަށްވެސް އޭނާ ގަބޫލުކުރެވެއެވެ. އެހެން ނަމަވެސް ލަތީފްއާ ބައްދަލުވާ ވަގުތު ތަކުގައި މިހެން ވަނީ ކީއްވެބާއޭ ލަހުމާ ހިތަށް އަރައެވެ.

“އެ.. އެއީ.. އެއީ ދުރުތާ ތިމައިގެ މީހެއް. ލަތީފަށް ކޮޓަރި ދޭންވެގެން އޭނަ އެޔޮތީ އެތަނަށް ނެރެފަ.” ހާސްކަމުގެ މައްޗަށް ގަދަކަމުން ހަމަޖެހުން ވެރިކުރުވަމުން ލަހުމާ ބުނެލިއެވެ.

“އަހަރުމެން ތިއްބަ.. ލަތީފް އެހާބޮޑަށް އެކަމާ ނުވިސްނާ… ކާންވީނު؟” ލަތީފްއާ ދިމާލަށް ބަލާވެސް ނުލާ ލަހުމާ ބުނެލިއެވެ.

“ތިތާ ތިހުރީވެސް އޯޑަރަށް ގެނެއްސަ ހުރި ދެތައްޓެއްނު.. އަޅާނުލާ ދެން.. އެކަމަކު އަހަންނަށް އަހާލެވިދާނެތަ “ދުރުތާ ތިމައިގެ މީހާ” އެއޮތީ ކައިގެންތޯ؟” ލަތީފްގެ ޝަޢުޤުވެރިކަން ހުރީ އަނެއްކާވެސް އެމުސްކުޅިމީހާއާ ބެހޭގޮތުން ސުވާލުކުރާށެވެ.

“ދޮންތާ!.. ދޮންތާ.. މަންމައަށް ތިން ކިރުޕެކެޓް ބޯންދީފިން. ދެން ކޭ ފާޑެއްގެ ދެ ބިސްކޯދާ ކުޑަ ކޭކަކާވެސް… އެކަމަކު މިހާރު ދެން އެނިދީ.. އިރުކޮޅެއް ވެއްޖެ ނިދި ފަހުންވެސް.. ވަރަށް ބޮލަށް ފަސޭހަވެއްޖެ. އެކަމަކު އަހަރެން ފާޚާނާއަށް ވަދެފަ އަންނަންވީމަ މި ލަސް…”. ކާގެއަށް ވަންނަން ތާނިޔާ އައީ ބާރުބާރަށް އަޑުގެ ނެތްތަނަށް ހަޅޭއްލަވާފަދަ ގޮތަކަށް ހުރިހާއެއްޗެއް ކިޔަމުންނެވެ. ކާގެއަށް ވަދެވުމާއެކު ލަތީފް ފެނި ތާނިޔާއަށް ހުއްޓުންއެރިއެވެ. ލަތީފަށް ބަލާލުމަށްފަހު ތާނިޔާ ތިރީ ތުންފަތުގައި ދަތް އަޅާލަމުން ނަޒަރު ހުއްޓާލީ ލަހުމާގެ މޫނަށެވެ.

“އަހަރެން ތިކެއުމެއް ނުކާނަން… ބައެއް ކެއުންތަކަކީ އެޔަށް ޒަހަރު އަޅާފަނެތަސް… ޒަހަރުގެ ހިތިރަހަ ފަހުން ކަރުތެރޭގަ ލާފާނެ ކެއުންތައް. އެކަން ވިސްނައިން ކައްޗެ!” އެހެން ބުނުމަށްފަހު ލަތީފް ކޮޓަރިއަށް ދިޔުމަށް ހިނގައިގަތެވެ.

ހަޤީގަތް ވިސްނާލަން ލަތީފަށް އުނދަގުލެއް ނޫނެވެ. ކަން ހިނގާ ދިޔަގޮތުން އެފަދަ ކެއުމެއް އެގޭތެރެއިން ކާން ލަޠީފް ޖެހިލުންވީއެވެ. އެންމެ އަޅާލުން ބޭނުންވާ މީހާއަށް ކާނާގެ ގޮތުގައި އެދެނީ ކޮންފަދަ އެއްޗެއް ހެއްޔެވެ؟ އެ މުސްކުޅި މީހާ އެއީ ކޮންމެ މީހަކަސް މިއަދު އެމީހާއަށް ކާންދޭންވީ ކުލުނުވެރި އަތަކުން ނޫންހެއްޔެވެ؟

“ސާބަސް ކަލެޔަށް ތާނިޔާ! މަ އެވަރަށް ހަދަންވީ ގޮތް ކިޔާދިނީމަވެސް ތިއައީ މަންމައޭ ކިޔާ ގޮވަމުން. މަ ނުބުނަންތަ އަހަރުމެން ކަންތައް ކުރަންވީ ގޮތެއް؟ މަބުނި ގޮތަށް ކަންތައް ނުކުރީމަ އެމީހާ ކުރިމަތީ މަށޭ ލަދުގަންނަން މިޖެހުނީ ދޮގުހެދީމަ… ބަލާބަލަ އެމީހާ ބުނެލި މޮޅުވާހަކަ.. ޕިސް ޕިސް ބޯހަލާކު. މަށަށް ހީވަނީ ތާނިޔާއަށް ވުރެ މޮޅަށް އެ ކުޑަކުޑަ ޝާމްވެސް މަބުނާގޮތް ހަދާނެހެން.” ރުޅިއައިސްފައިވާ ލަހުމާ ތާނިޔާއާ ދިމާލަށް މަޑުން އެހެނަސް ހިތްހަމަ ނުޖެހިފާވާ މޫނަކާއެކު އެއްޗެހި ކިޔާލިއެވެ. ލަތީފަށް އަޑު އިވިދާނެތީއެވެ.

“ލަދުގަންނަން ޖެހެނީ އޭނަ މިގެއަށް ގެނައިމައެއްނު. އެހެންނޫނަސް މަށަށް އިނގޭތަ ގެއަށް ވަދެވުނީމަ މިހާ އަވަހަށް އެމީހަކު މިތަނަށް ވަދެ އިންނާނެކަމެއް. ފޮނުވާލަބަލަ ބެހެއްޓޭކަށް ނެތޭ ކިޔާފަ.. ދޮންތަ ތީ ފިރެހެނުން ދެކެ ބިރުގަންނަ މީހަޔޯ.. މަހިޔެއް ނުކުރަން ކިތަންމެ ބޮޑު އަގެއް ކިޔަސް ދޮންތަ މި ގޭތެރެއިން ފިރެހެނަކަށް ތަން ދައްކާނެ ކަމަކަށް.” ތާނިޔާވެސް އައި ރުޅީގައި ހިތަށް އައިހާ އެއްޗެއް ގޮވާލަމުން ކާން އިށީނެވެ.

“އަފީފާ! އަހަރެން މިއައްޔޭ. މާލިކް ހަމަދެންމެ އެނިދީ.. ކޮންކަމަކާ ތިވިސްނަނީ؟” އުނދޯލީގައި އިން އަފީފާ ޚިޔާލެއްގެ ތެރެއަށް ގެއްލިފައި އިންދާ ސަމީރު އައިސް އުނދޯލީގައި އިށީންނަމުން ބުނެލިއެވެ.

“އަހަރެންބުނީ.. މިކުދިން މަދަރުސާއަށް ވައްދާފަ ސަމީރު ވީނުދެން މަހަށް ދާން ފަށަންދޯ؟ ފުރަތަމަ މަހުފީ އަހަރެން ދައްކަދޭނަން.” އަފީފާގެ ސިކުނޑި ސަމީރަށްޓަކާ ހުޅުވާލަމުން ވާހަކަ ދައްކަން ފެށިއެވެ. ހަޤީގަތުގައި އަފީފާ ވިސްނަމުން ދިޔައީ ފަހުދު އުޅޭ ގޮތުންނެވެ. އެހެން ނަމަވެސް ސަމީރަށް އެކަން ސިއްރު ކުރަމުން އަފީފާ އެވާހަކަ ފަށާލީއެވެ.

” ހާދަ ރަނގަޅޭ. ތިހެން ލިބޭ ވަގުތުތަކުގަވެސް އަހަންނާ އަހަރެންގެ ދަރިންނާ ދޭތެރޭ ވިސްނާތީ..” އަފީފާގެ އިސްތަށިގަނޑުގައި ފިރުމާލަމުން ސަމީރު ވާހަކަ ކުރިޔަށް ގެންދިޔައެވެ.

“ކުދިން މަދަރުސާއަށް ލާނަން. އެކަމަކު އަހަރެން ފީދައްކާނީ. އަފީފާގެ ފައިސާއަކީ އަސްލު އަފީފާގެ އެއްޗެއް. އޭގަ އަހަރެން ޖެހޭކަށް ނުވާނެ. އަހަންނަކީ އަފީފާއަށްވެސް ދެން ޚަރަދު ކުރަންޖެހޭ މީހަ.. އަފީފާއަށް އިނގޭތަ؟ އަނބިމީހާ ކިތަންމެ މުއްސަންޖަސް، ފައިސާ ލިބުނަސް އެއީ ފިރިން ބަލަންޖެހޭ ކަމެއްނޫން. ފިރިންގެ ވާޖިބެއްނު އަނބިންނަށް ޚަރަދު ކުރުމަކީ.. ދޯ؟.. މީ އަހަރެން ބުނާވާހަކައެއް ނޫން. މީ އިސްލާމްދީން ބުނެދޭ ވާހަކައެއް. އެހެންވީމަ އެކަމާ އަޅާނުލާ… ހުންނާނެ އަހަރެން ފޮރުވާފަ ހުރި ފައިސާކޮޅެއް. އެވަރުން ދައްޗެއް ނުވާނެ.. ދެންއަދި އަހަރެން ބޭނުން މަހަށް ދިޔުމުގެ ކުރިން އެހެން ކަމެއްވެސް.” ވަރަށް ހިނިއައިސް ހަމަޖެހިފައި އިނދެ ސަމީރު ތަޤްރީރުދީ ނިންމާލިއެވެ.

“ސަމީރަކީ ވަރަށް ދީނަށް ހޭލާފަ ހުރިމީހެއްދޯ؟ ހެހެ.. އަހަރެން ވަރަށް އުފާވެއްޖެ.. ހަމަތެދެއް… ހޫމް ދެން ބުނެބަލަ. މަހަށް ދިޔުމުގެ ކުރިން ކޮންކަމެއް ބޭނުމީ؟” އަފީފާ އަހާލިއެވެ.

“އަފީފާ ދިނީމެއްނު މި އުނދޯލީގަ ފަހުދާ ޒުވާބު ކުރިރޭ މަގޭ ތުގާއަށް ހެދުމެއް. އެ ހެދުންކޮޅުވެސް ހިފައިން މާލެ ދެވޭ ގޮތްވީނު ދެންމި.. ހެހެ.. މާލެ ގޮސްލާފަ އައިސް ދެން މަހަށް ދާންފަށާނީ. މިހާރު ތުގާ ދެކިލާހިތުންވެސް.. އުރާލާ ހިތުންވެސް.. ހުރެވެނީއެއް ނޫން. އަންނަށް ވީނުވީއެއް ނޭނގިފަ މޫސަބެމެން ތިބޭނީ. ސަމީރުގެ ޚިޔާލަށް އެއްބަސް ވަމުން އަފީފާވެސް ސަމީރަށް ހިތްވަރުދޭން ފެށިއެވެ.

ފާއިދު ނިދާހާއިރުކޮށް ސީމާގޮސް އެކޮޓަރީގެ ދޮރު
މަޑުމަޑުން ހުޅުވާލިއެވެ. ނަމަވެސް ހުޅުވާލެވިފައިވާ ދޮރުގެ ހަނި ދޭތެރެއިން ފާއިދު ފެންނާކަށްނެތެވެ. އެކަމަކު މިހާލަސްވި އިރުވެސް ފާއިދު ނުނިދާކަން ސީމާއަށް އެނގުނީ މުޅިކޮޓަރި އެކީ އެކައްޗަކަށް އަލިވެފާ ވާތީއެވެ.

އަނެއްކާވެސް ސީމާ އެދޮރު ކުޑަކޮށް އިތުރަށް ހުޅުވާލިއެވެ. އޭރު ފާއިދު ދިޔައީ އެނދުމަތީގައި އިނދެ އޭނާގެ އާރޓް ފޮތުގައި ކޮންމެސް އެއްޗެއް ކުރަހަމުންނެވެ. އަދި އިރުކޮޅަކާ ކޮންމެސް ތަންކޮޅެއް ފޮހެލާތީ ފެނެއެވެ. އިރުކޮޅެއް ވަންދެން ހުރުމަށްފަހު ދެފަރާތަށް ބޯ އަނބުރާލަމުން ސީމާ މަޑުމަޑުން ދޮރުލައްޕާލިއެވެ.

“އަޅެ. މިރޭވެސް މިކަން މިނުވީ. ދެން ކިހިނެއްބާ ހަދާނީ؟…. ހޫމް!.. އަނެއްކާވެސް ފާއިދު ނިދީމަ ކަންނޭނގެ އަންނަންވީ. މިރޭ މިކަން ނުވިއްޔާ އަނެއްކާ އެހެން ރެޔަކަށް ބަލަންޖެހޭނީ.” ސޯފާގައި އިށީންދެ ސީމާ ވިސްނަމުން ދިޔައީ އެފަދައިންނެވެ. ސީމާގެ މަޤްޞަދު ޙާސިލް ކުރަން އެއްވެސް ހުރަހެއް އޭނާ ބޭނުމެއް ނޫނެވެ.

ދަންވަރުގެ ނާމާން ވަގުތެވެ. ލަތީފްގެ ވަގުތީ ހިޔާވަހިން އެއްވެސް މީހެއްގެ ޚަބަރެއް ހިލަމެއް ނުވެއެވެ. ލަތީފްގެ ލޮލުގައިވާ ކޮންމެ އެސްފިޔައެއް އެލޮލަށް ނިދީގެ އިންޒާރު ދޭންފެށިތާ ކިތަންމެ އިރެކެވެ. އެހެނަސް އެލޮލުގެ ނިންޖަށް ވުރެ ބޮޑަށް މިރޭ ހަނގުރާމަ ކުރަމުންދަނީ ލަތީފްގެ ހިތާ ސިކުނޑިއެވެ. އޭނާގެ ހުރިހާވެސް ވިސްނުމާ ފިކުރެއް ގުޅިފައިވަނީ އެ މުސްކުޅި އަންހެން މީހާގެ ޚިޔާލުތަކާއެވެ.

ވިސްނުމުގެ ތެރޭގައި އޮތް ލަތީފް ސިއްސައިން ދިޔައީ އެ މުސްކުޅި އަންހެންމީހާ ކޮންމެސް އެއްޗެކޭ ކިޔާ ވަރަށް ބާރަށް ގޮވަންފެށި އަޑަށެވެ. ލަތީފް މަޑުމަޑުން ދޮރު ކައިރިއަށް ޖެހިލިއެވެ.

– ނުނިމެ –

——————-*******—————–
މިދިޔަ ހަފްތާގެ ބައިގަ ދެވުނު ހަދިޔާއަށް ގެސްކޮށްފަ ކޮމެންޓް ކުރި ކުދިންނަށް ވަރަށް ބޮޑަށް މަރުޙަބާ!!
🎁🎁🎁
ޝަލީން ވަރަށް އުފާވޭ ކިޔުންތެރިން މި ވާހަކައަށް ގެސްކޮށްލާފަ ހުންނަ ކޮމެންޓް ކިޔާލާ ވަގުތު.. 😊😊
ހުރިހާ ކިޔުންތެރިންނަށް ވަރަށް ބޮޑަށް ޝުކުރިއްޔާ!! 🏅

88

51 Comments

 1. sama

  September 8, 2020 at 12:09 am

  Varah varah reethi
  ekam alhugandah thankolheh lahee up vaaleh
  ekamu lahunviyas huttaanulaa vaahaka liyaathee v ufaavey
  ingey v Bura kameh kan
  keep it up

  • Shaleen

   September 8, 2020 at 10:23 am

   Thank you sama dhoony💓
   Ya sorry sama.
   Aslu vaahaka ekkoh liye nimen v kairi vejje.✍️
   In sha Allah
   Vaahaka ekkoh liye nimunuhaa avahah week Aku 2 faharu namaves genesdheveytho balaanan ingey.👍
   Ya dhuvahah vaahaka up kohdheyn alhugandhu v MASAKKAI kuran abadhuves.😊
   Alhamdhu lillah.
   Anekkaaaves dhen Hama v ves thank you dear🌹

 2. Whatt

  September 8, 2020 at 3:13 am

  Haadha kurey dhw..thankolheh dhigukoh genes dhybala..

 3. Shaleen

  September 8, 2020 at 10:28 am

  What!!!
  You ge comment iny pendinga. ✋
  Bt v ufaavejje vhk dhigukollan bunefa ineema.🤗
  Eki partge word counts ekivarah dho innany
  Ekamves will try my best ingey dear ❤️🌹

 4. Quin me

  September 8, 2020 at 10:38 am

  Hi shaleen
  Vaahaka varah varah salhi ingey Hama
  V interesting mi vaahakaige haadhisaathah hunna gothun
  And ehaa curiouskoh nimmaalaafa
  Ehaa emotions feel vaagothah vaahaka liyefa hunnaathy.
  Dhen anekkaa liyuntherikanmuge skills Hama v salhi vaahakaiga gengulhelaafa hunna goi
  Dialogues too…
  Keep it up❤️
  I will always there for you to support 👍

  • Shaleen

   September 8, 2020 at 11:00 am

   Hi 👋
   Thank you varahvess bodah
   Vaahaka aa adhi liyuntherikamaa gulhey gothun comment kollaafa ineema.💕👍
   Ya I will try my best Hama ✍️
   Mi masakkai kurany v kamudhaa vaahaka akah hedheytho vaahakaige nimumaa Hama ahves.📈
   Anekkaaaves v bodu shukurei rahdhukuran 😊

 5. Jailam jaleel

  September 8, 2020 at 12:52 pm

  Nice story
  Curiously waiting for the upcoming part.
  You are Super author
  Emotional storyeh inegey

  • Shaleen

   September 8, 2020 at 1:08 pm

   Thank you jailam Jaleel
   V ufaavejje shaleen ah support kuraatheeve.😊
   Vaahaka nimendhenves kiyaalaane kamah ummeedh kuran 💓

 6. فلك احمد

  September 8, 2020 at 2:17 pm

  Aharen abadhuves mi vaahaka kiyan
  Comment nukuriyas
  Ekam varah ibraitheri vaahakathah himanaalaafa vaathee ekan faahga Kollan mi comment kollee.
  V ufaavey ehaaa rangalhu vaahakathah mivaahakaiga Ali alhuvaalaafa hunnaathy

  • Shaleen

   September 8, 2020 at 3:52 pm

   Thank yo ❣️
   V ufaavejje.😊
   Dhen ummeedhu kuran mivaahakain hurihaa kudhinves ibraii libigannaane kamah.👍

 7. Lim🌺

  September 8, 2020 at 2:34 pm

  Mi story varah varah reethi
  Anei bai kiyaalaahithun mihaaru mihuree
  Keekeybaa e muskulhi meeha kiyanee.
  Alhe eynage dharin haadha goahey.
  Mom eyves nubunaan vegen e ulhunee.

  • Shaleen

   September 8, 2020 at 3:56 pm

   Hi Lim🌺
   Thanks for the comment 🙂
   Yeah right!
   V goas kudhinthakei dho ei..
   Don’t be like that ingey shaleenge lwbivaa fans❣️
   So let’s wait dho
   E old meeha bunanee keekeytho balaalan..

 8. No.1 fan

  September 8, 2020 at 3:53 pm

  Omg my guess correct dhw😁😁😁. Varah reethi mi part vx masha allah. Sameeru ah finally thugaa gaathah dhevey goiyy vee dhw alhe. So happy. Lahuma mamma keekey baa kiyaanii. Varah curious. Waiting for next. Lysm

  • Shaleen

   September 8, 2020 at 4:01 pm

   Hi No.1 fan
   Yes 🥰 v correct guess eh iny kollaafa.
   I am giving you a gift of MARUHABAA 🤗🌹INGEY!!
   Yes sameeru ah dheveygoi vee dho dhen.. alhe hingaabala balan dho ..hehe
   Ohhhh yes lahuma mamma bunaa vaahaka ah hingaa inthizaaru kuramaa.
   Thanks a lot ingey
   Ekam mifaharu guess Kollan Hama nengey dho? Heheh
   Anyways
   Lysm💖💗

 9. Shaleen

  September 8, 2020 at 4:04 pm

  Hi No.1 fan
  Yes 🥰 v correct guess eh iny kollaafa.
  I am giving you a gift of MARUHABAA 🤗🌹INGEY!!
  Yes sameeru ah dheveygoi vee dho dhen.. alhe hingaabala balan dho ..hehe
  Ohhhh yes lahuma mamma bunaa vaahaka ah hingaa inthizaaru kuramaa.
  Thanks a lot ingey
  Ekam mifaharu guess Kollan Hama nengey dho? Heheh
  Anyways
  Lysm💖💗

 10. Khaleel

  September 8, 2020 at 8:41 pm

  Maasha allaah..mipartves v reethi. Ehenveema dhen partehga sameeru ah thugaa kairiyah dheveyne dhw..ummeedhu kuran.. hama vv salhi.. keep it up dear..tc.luv u💖💖💘💘

  • Shaleen

   September 8, 2020 at 8:51 pm

   Thanks khaleel💞
   Let’s c dho.. Sameer and thugaa aa dhimaaveytho? Shaleenves mi hunnany dhimaavaane irakah
   Ehaa lowbivaa dad eh veema. 👨‍👧
   Love you dear 💝

 11. No.1 fan

  September 8, 2020 at 10:31 pm

  Oh dear thanks for that MARUHABAA . Yes mifaharu guess kuraakah neyngunu. Ekam anyway next part ga ingeynethaa. Waiting for the answer. Take care sis

  • Shaleen

   September 8, 2020 at 11:11 pm

   welcome 😊
   Dho?
   Yupp .
   Dhen next part ah balaanee dho 🙋

 12. Rauha

  September 9, 2020 at 9:43 am

  ❤️❤️❤️❤️❤️❤️
  Keep it up 😊

  • Shaleen

   September 9, 2020 at 10:05 am

   Thanks Rauha
   ❣️❣️❣️❣️

 13. Komasthey

  September 9, 2020 at 9:46 am

  Hi shaleen
  Covid jehigen ulhefa mi recover vee.
  Gahuge baithah kiyaalaifin
  V salhi vamun dhany mihaaru mivaaka

  • Shaleen

   September 9, 2020 at 10:08 am

   Oh aslutha!!!
   How’s u mihaaru?
   V ufaavejje balin rangalhuvegen shaleen aa bahdhalveema.
   Alhamdhu lillah
   Thanks hurihaa baey kiyaaleema ingey.
   Stay safe dear🏠

 14. Real Me

  September 9, 2020 at 10:07 am

  Varah reethi mi art Masha allah! Finally mi oart ves kiyaalan libuny dhw! Yayyy! Me ge guess was right too .I don’t know why! Ekam ebbai faharu faharu heevey latheef aa e muskulhi meehaa aa konmes gulhumeh hureyey. Is it Shaleen?😲 Afeefa and Sameer haadha cute eyy😍. Sameer ah ves thugaa kairi ah vrh avahah dheveythy vrh happy.Faaidh koaccheh baa mihaa reygan’du kuruhany e? Waiting for the next part ah vrh curious koh. Luv you sis. Stay quarantined.

  • Shaleen

   September 9, 2020 at 10:52 am

   Hi ,👋
   Ya Real Me ge guess Hama v kaamiyaabu 👍
   So hadhiyaa akah midhenee v loabin MARUHABAA eh.😘
   Oh muskulhi meehaa aa latheef ge gulhun dho. Let’s wait for the answer. 🤔🤔🤔🤔
   Thafaathvaane varah ❣️ adhi shaleen ah bunedheveykah nei adhi.ingey hehehe
   Lowbi lowbi Real Me bahattaalan beynumee shaleenge vaahaka ah guess kuran.🤗
   Plz wait ingey 🙋
   Let’s c dho afeefa and Sameer ge cute lifeves 😊
   Oh Sameer and thugaa dhimaavanyba???
   Faaidh mikuraakameives dho?
   Seema kykkuranbaaey ulheny shaleen hithah Arany aslu.
   Thank you Real Me ehaabshauguveri comment koffa ineema.
   Stay safe🏠❤️

 15. Real Me

  September 9, 2020 at 12:23 pm

  Yeah.. Me ge ves hithah araa eba seema keehkuran baaey mi ulheny. Hehe.. E ok vaane author vhk liyaa varakah suvaaluthakah javaabu libeyne ehnu readers ah. Vrh happy vejje anekka ves shaleen aa vhk dhakkaa levunyma.❤

  • Shaleen

   September 9, 2020 at 1:05 pm

   Ya.
   So let’s wait dho shaleen MIVAAHAKA kuriah gendhaagoi balalaan.
   Hope kuran Hama v kamudhaanekamah MIVAAHAKA nimey iruves.
   In sha Allah💕

 16. Real Me

  September 9, 2020 at 12:25 pm

  And yeah, thanks for the your lowbi lowbi maruhabaa.😉

  • Shaleen

   September 9, 2020 at 1:06 pm

   Awwnn!!!
   Welcome dear
   How old are you? Like to know about you 😉

 17. Dhisha

  September 9, 2020 at 4:23 pm

  Oh loved this part💞. Totally awesome. This story gives me goosebumps while reading. Sooo awesome. Well done keep it up dear .waiting waiting

  • Shaleen

   September 9, 2020 at 6:24 pm

   Thank you Dhisha ❤️
   Yes plx wait dear

 18. Idhy

  September 9, 2020 at 4:25 pm

  Masha allah varah varah reethi. Seemaa e ulheny faaidh ge art foiyy balan dhw. Thaaniyaa and lahumaa haadha ehen kahala ey. Waiting waiting

  • Shaleen

   September 9, 2020 at 6:26 pm

   Alhamdhu lillah
   Thanks dear💓
   Faaidhge art foi?? 🤔
   Let’s c ehnveema
   Ya thaaniyaa and lahuma Hama thafaathu 🌿🍁

 19. Kasshaf

  September 9, 2020 at 6:46 pm

  Ooo. Mithiba ulhey thaniya aa lahumaa akaa dhw. Haadha haa hiyy haru baekey mee. Amilla maimeehaa ah ehn hadhan kereykan. Latheef ah kuri asaru emeehunah nukure . Pispis boa halaaku🤦‍♀️. Mi ves dhn ulhey meehunge goiyy. However missed fahudhu😅. Waiting for next part . Seemaa kuran ulhey kameh balan, fahudhu ge habareh veythw, lahumaa men dhn kuraany kon kameh thw etc….

  • Shaleen

   September 9, 2020 at 8:30 pm

   Thanks kasshaf ❤️
   Hehe
   Lahumamen v thafaathu character eh dho.
   Latheef ah visney varah..
   Ya baeh meehun hama ulheyne migothah dho.
   Fahudhu miss vanee dho? Hehe
   Seema mi kuran ulheny kon kameiibaa alhe dho.🤔
   Ya wait wait they will meet you soon 😊

 20. Kasshaf

  September 9, 2020 at 6:47 pm

  Masha allah varah reethi part ekkoh ves ingey. Lahumaa men dheke rulhi aeema part ah comment kuran ves handhaan nethuny🤦‍♀️🤦‍♀️🤦‍♀️

  • Shaleen

   September 9, 2020 at 8:32 pm

   Hahah
   It’s okay
   Thiothee dhen hama comment kollevifa 👏😁

 21. Anonymous

  September 9, 2020 at 11:49 pm

  So, You want to know about me right?
  I am 19 year old girl living in Male’. I teach kindergarteners🙈. Ehenve works ves dheyn jehey kudhinnah plus I make videos to teach them eventhough the schools are closed as a result of this pandemic🤷‍♀️. Ehenve work kuraa iru emme busy dhuvaskolhu I couldn’t read vhk. Its my hobby to read stories and this is teh best I have ever read.❤
  And Yea I would like to know about you too sis. Can I🙈?

  • Shaleen

   September 10, 2020 at 12:32 am

   Emme furathamaves thank you shaleen suvaalu kolleema VARAH furihama ah buneladheefa iny abt you. 🌹🌹🌹
   19 years ga teacher eh veema Hama v 👍ma sha Allah. 👩‍🏫
   V hihvaru kuranjehey job eh teaching aki. So shaleen bunelanee you adhi v young ey. Ehnveema v hihvaraa eki ginadhuhu masakkai kurahchey.. emmenge lwbi libun edheny Real Me ah.
   Shaleenves emme kurin teacher akah vee 19 years ga.
   Ya I know well abt teachers dear.
   E masaalaeh noon bz veema vhk kiyaa nulevunas.
   Ekam shaleen v miss vaa kujjei thee mihaaru ❤️ komme part akah comment kolla dheefa hunnaatheeve.
   Ya abt me dho next comment balaala 👇

 22. Real Me

  September 9, 2020 at 11:50 pm

  Hey matheega in comment kohly Real Me ingey. Forgot to write my name. Good night. Sweet dreams ❤.

  • Shaleen

   September 10, 2020 at 12:44 am

   Shaleen
   30 yrs old
   K. Atoll ge rasheiga shaleen ulheny.
   So Real Me aa Hama v kaireega miulheveny ingey. 🏝️
   I am a Quran teacher. 👩‍🏫
   Writter ✍️✍️
   Crafter ….. ✂️🧵🧶
   Thank you
   N have a good nyt

 23. Naaidh

  September 10, 2020 at 7:41 am

  Varah kamugossi mi bai ves. Haadha reecchey shaleen bas thah beynun koffa hunna goiyy. Ehenve varah bodah story there ah vadhegen kiyaaleveny. Afeefaa aa Sameeru aa abadhuves e gothah ufaluge thibun hama edhumaky. Varah dhuvas koffa viyya sameeru ge hayaathah ifaaverikan aee e. So happy for him. Thugaa gaathah dhaane dhw ehen veema dhn varah avahah. Waiting for that day. Lahumaa menge hithuga rahumeh nethey buneveyny. Hama speechless emeehunge amaluthakaa dheytherey. Seemaa kuran thiulhey kameh ves balailan will read kuriah huri bai thah insha allah. Waiting for next wednesday

  • Shaleen

   September 10, 2020 at 9:04 am

   Hi Naaidh
   V ufaavey komme part akahves shaleen ah commenteh dheefa innaatheeve 👍
   V missvey Naaidhge commenteh fennan nethas.
   And thanks mi baives kamudhiyaima.❤️
   Shaleenves ummeedh kuran vhk nimey iruves Sameer and afeefa ufaluga thibun..
   Ya thugaa kairi ah dhaairei dhen enme kiyaalan beynumee dho?
   Ya lahumamen faadu meehun ebaulhey dhuniyeyge Ethan mithaa dho..
   Seema dho 🤔
   Let’s wait…🤦🤦🤦🤦

 24. Lil sis

  September 10, 2020 at 12:00 pm

  OMG.. Vaahaka hama vrh reethi in’gey! Vrh loabi afeefa and sameer ge bonding gengossa inna goiyy. Eyruves mihaaruves Afeefa hama Sameer aa dhw ulhenii Shaleen😜. Plus vrh rulhi aissa mihurii Lahuma and Thaaniyaa dheke. Latheef ves maaaaa ran’galhu emeehunah vure. Fahudhu naadhe dhw Afee ah undhagoo kohlaakah mifaharu. Ekam Afee inii varah miss vefa Fahudhu mathin. Wishing you the best. Next part vrh kiyaalaa hiyy vefa mi inii😋 Love yuhh sis.
  Lots of love
  Lil sis

  • Shaleen

   September 10, 2020 at 1:23 pm

   Hi Lil sis👋
   How old are you?
   Let me know something abt you dear 🙏
   V ufaavey thihen support kuraathee.
   Dhen v ufaavey abadhuves varah faahaga kurevey vaahakathere ah vadhefifa hunnaathy you ah..
   Ya afeefa and Sameer dhen v salhikoh dho e dhany.
   Ya afeefa miss vee fahudhu ulhey gothun dho. ♥️
   Latheef v rangalhu dho
   Latheefa aa hedhi visneynama dho emeehunnah.
   Yes wait kollaa dhen ingey next part ah.
   Lysm🌹

 25. Lil sis

  September 10, 2020 at 7:22 pm

  Ahahaha you got me right there😂.
  13 Year old kujjeh mii.
  And yahh.. Thi atoll kujjeh..
  Anekka eh rashehgatha miulhevenii??😋

  • Shaleen

   September 10, 2020 at 8:24 pm

   Oh teenager eh dho 👍
   That’s nice
   Oh happy to hear mi atoll kujjekey buneema.♥️♥️
   lil sis ge rah buneleema ingeynee dho miulhevey hisaabeivves.🤔

 26. Carrotz🐰

  September 11, 2020 at 11:05 am

  Nice part as alwayys.. Well, how are U shaleen?
  Waiting for the next part and your sweet sweet reply❤.

  • Shaleen

   September 11, 2020 at 2:18 pm

   Thanks 😊 dear
   Kudakoh Bali bt alhamdhu lillah
   Yes wait kollaa
   Next part kiyaalan ✋

 27. Carrotz🐰

  September 11, 2020 at 8:25 pm

  Oh, Get well soon❤.
  Stay safe.
  Yea hama wait kuranee mi.

  • Shaleen

   September 11, 2020 at 11:49 pm

   Ya thank you v much
   ♥️♥️♥️

Comments are closed.