އިމްތިޙާން 20
އަފީފާގެ ލޮލުގައިވާ ކަރުނަތައް ބޭވަފާތެރިވީ ކޮން އިރަކުކަމެއް ޚުދު އޭނައަކަށްވެސް ނޭންގެއެވެ. އެއްވެސް އިޚްތިޔާރަކާނުލާ ފައިބަން ތައްޔާރު ވަމުންދިޔަ ކަރުނަތައް އޭގެ މަޤާމުގައި ބަހައްޓަން އަފީފާއަށް މަސައްކަތް ކުރެވުނީއެވެ. އެހެނަސް އެއީ ބޭކާރުކަމެކެވެ. އަފީފާގެ ލޮލުގައިވާ ހުރިހާ ކަރުނައެއް އެއްފަހަރާ ބޭވަފާތެރި ވީކަހަލައެވެ. ސަމީރުގެ ކޮޓަރިން ބޭރަށް ނުކުންނަންދިޔަ އަފީފާ ކުއްލިއަކަށް މަޑުކޮށްލީ ސަމީރު ބުނެލި ވާހަކައެއްގެ ސަބަބުންނެވެ.
އެހެން ނަމަވެސް އަފީފާ ފަސްއެނބުރި ބަލާވެސް ނުލައެވެ. ހީވާގޮތުން އަފީފާގެ މޫނު މިވަގުތު ސަމީރަށް ދައްކަން އެހާ ބޭނުން ނުވަނީ ކަންނޭންގެއެވެ. އަފީފާ އޭނާގެ މަންޒިލްގައި ހަމަހިމޭންކަމާއެކު ހުއްޓުންއަރާފައި ހުއްޓެވެ.
“އަހަރެން އެރޭ އަފީފާ ހޯދަން ތިގެއަށް ދިޔައީ ކައިވެނި ކުރަން ބޭނުންވާ ވާހަކަބުނަން… އާދިލާ އެހެން ބުނީމަ އަހަރެން ހީކުރީ ހަމަ ހަޤީގަތުގަވެސް އެހެންމީހަކާ ކައިވެނި ކުރަން އުޅުނީ ކަމަށް. އާއިލާގެ ގިނަ މީހުން އެއްތާކުން އެހާ ގިނައިން ފެނުނީމަ. އެހެންވެ ފަހުން އެކަމާ އަޅާނުލާއައީވެސް.” ސަމީރުގެ ހިތުގެ އެދުން އަފީފާގެ ކުރިމަތީގައި ފުރަތަމަ ފަހަރަށް ނިއުޅާލަމުން ވާހަކަ ދެއްކިއެވެ.
“އަހަންނަށްވެސް ދެން ކައިވެންޏެއް ކުރުން ނޫންގޮތެއް ނެތް. އެއްވެސް އަންހެނެއްގެ އަޅާލުން ނުލިބި އަހަންނަށް އުޅެން ވަރަށް އުނދަގޫވާނެ. ކޮންމެހެން ވިޔަސް ހަމައެކަނި ތުގާއަށްޓަކާ ނަމަވެސް… ތުގާއާ ބާއްވަންޖެހޭ ހާއްސަ ގުޅުމަށްޓަކާވެސް އަހަރެން އެބަޖެހޭ މީހަކާ އިންނަން. އެހެންވީމަ އަފީފާ ބޭނުން ދުވަހަކަށް ތާރީޚެއް ކަނޑައަޅާ. އަހަރެންގެ ފަރާތުން ކައިވެނީގެ އުފަލުގަ ބައިވެރިވާނެ އިތުރު އެއްވެސް މީހަކު ނުހުންނާނެ.” ގަދަކަމުން ހިނިތުން ވެލުމާއެކު ނިކަމެތި ކަމުގެ މައްޗަށް ހިތްވަރު ކުރަމުން ސަމީރު އިސްދަށަށް ޖަހާލިއެވެ.
އަފީފާގެ ލޮލުން ފައިބަމުން ދިޔަ ހިތާމައިގެ ކަރުނަތައް ކުއްލިޔަކަށް އުފާވެރި ކަމުގެ ކަރުނަޔަށް ބަދަލުވެގެން ދިޔައީއެވެ. ކަރުނައަކީ އަޖައިބެއްކަހަލަ އެއްޗެތާއެވެ. ހިތްހަމަ ނުޖެހިގެން ފޮހެލަން ޖެހުނު ކަރުނަތައް އޯގާތެރި ފިރުމުމަކުން ފޮހެލަމުން އަފީފާ ފަސްއެނބުރި ބަލާލިއެވެ.
“އެންމެ ރަނގަޅު. އަހަރެން ކައިވެނި ކުރާނީ ހުރިހާ ކަމަކަށްވެސް ރުހި ގަބޫލުވެގެން. ވަރަށް އަވަހަށް ދުވަހެއް ބުނާނަން. ވަރަށް އުފާވެއްޖެ.” އަފީފާ ސަމީރަށް ބަލާލަމުން ހިނިތުންވެ ހުރެ އެހެން ބުނަމުން ހިނގައިގަތެވެ.
މަހޫގެ އަތުގައި ހިފައިގެން މާލިކް ހޯދަން ސަމީރު ނުކުތީ މާލިކް ގެއަށް ނާންނަތާ ގިނައިރުވުމުންނެވެ. ފުރަތަމަ މަންޒިލަކަށް ސަމީރު ވަނީ ޔުސްރާގެ ގެއަށެވެ.
“ޔުސްރާ!… ޔުސްރާ! ކޮބާތަ މާލިކް؟ މިއަދު މިގެއަށް އައެއްނު. ހާދަ ލަސްވެއްޖެޔޭ.” ސަމީރުގެ ހާސްކަން ވަނީ އިންތިހާއަށެވެ.
“މާ.. މާލިކް.. ވީ.. ވީ.. ސަމީރު މަންމަ ގޭގަ.” ޔުސްރާ ކުށްވެރިއެއްފަދައިން އިސްޖަހާލިއެވެ.
“އަހަންނަށްވުރެ ބޮޑަށް ޔުސްރާ ހާސްވެފަ ތިހިރިއްޔޯ؟ ޔުސްރާއަށް އިތުބާރުކޮށްފަ މާލިކް މިފޮނުވަނީވެސް. ޔުސްރާއަށް ކިޔާދީފަ އޮންނާނީ މަންމަގެ ގޮތް ކުރިންވެސް. އަހަރެންގެ ހުރިހާކަމެއް އިނގޭއިރު ދެން ކީއްކުރަން އެގެއަށް ތިގެންދިޔައީ.؟” ސަމީރު ހިތްހަމަ ނުޖެހުމުގެ ރާގެއްގައި އެހެން ބުނަމުން އެގެއިން ނުކުންނަން ހިނގައިގަތެވެ.
ހަމަ އެވަގުތު ޔުސްރާގެ ތުންފަތުގައި ލުއިލުއި ހިނިތުން ވުމެއް ދުވެލިއެވެ. އެއީ ވިހަ ހިނިތުން ވުމެކެވެ. ހީވާގޮތުން ސަމީރުގެ ގަޔަށް ވިހަ ލުމުގެ ކުރިން ޔުސްރާ ވަސްބަލާލަނީއެވެ.
“ދޮންތާ! ނިކަށް ބަލާލަބަލަ. އަހަރެންގެ ރައްޓެއްސެއް ކޮންމެސް ބޭރު ގައުމަކުން އައިއިރު ގެނެސްދިން ވަރަށް ރީތި އެއްޗެސްތަކެއް މިހިރީ”. ތާނިޔާ އުފަލުން ގޮތެއްނެތެވެ. މީހާ ހީވަނީ ބިމުން ފައިކަޓާފާނެހެނެވެ. ތާނިޔާ އެހެން ބުނި އަޑަށް ތާނިޔާގެ ކޮޓަރިޔަށް ވަދެގެން އައި ލަހުމާގެ ދެލޯ ބޮޑުވިއެވެ.
“މަށަށް ރީއްޗެއްނޫން ތިހާ ވިދާތީވެސް. ތި ހެދުންތަކަށް ރަނގަޅަށް ބަލާލެވޭނީވެސް ލޯހުޅުވާލަން ކެރިގެންނު. ވިދާ ބަބުޅާވަރުން މަށަށް ހީވަނީ އެހެންމީހުންނަށް ތާނިޔާ ފެންނާނީ ފަލަކުން ނެއްޓިފައިން ތަރިއެއްހެން ކަންނޭނގެ. މަހިތަށްއަރާ ތާނިޔާ ތިލައިން މަގުމައްޗަށް ނުކުތީމަ މީހުން ކީކޭބާއޭ ކިޔާނީ؟” ފާޑަކަށް މޫނު އަނބުރާލަމުން ލަހުމާ ކުދިކިޔާލިއެވެ.
“މަލާމަތް ކުރަން އިނގޭތާ.. ތީއާދައެއްނު.. މަށަށް އެނގޭ އަސްލު ތިއުޅެނީ މި ބޭނުންވެގެންކަން. މިތަނުގަ ރީތިއެއްޗެއް އޮތިއްޔާ ގަނޭމަގޭ އަތުން. ހިލޭ ދޭވަރަށްވުރެ ރުފިޔާ ގިނަވާނެ ދޮންތަ އަތުގަ.. ދެން މަގޭ ހެދުންކޮޅު އަނެއްކާ އާވިއްޔޭމި. މިހާރު މިލާ ބާހަރުވާޅުތަކާ ހެދުންތައް މަންމައަށް ލައްވަންވީ ދެން.” ތާނިޔާގެ ނިޔަތް އޮތްގޮތް ހާމަކުރަމުން ފަހަރަކު އެއްޗެއް ފަތްޖަހަމުން ދިޔައެވެ.
“ހޫމ.. ތީ ރަނގަޅު ގޮތެއް. އަބަދު ގޭގައެއްނު އެއޮންނަނީ. ރަނގަޅުވާނީވެސް ތިގޮތް. އޭރުން ކިހާ ހަރަދު ކުޑަވާނެ. އެކަމަކު މަށަށް ވިއްކަންޏާ ބޭނުމެއްނޫން އެއްޗެއް. ކީއްތަވާނީ އެއްފަހަރުވެސް ދިނިއްޔާ؟” ލަހުމާ ބޭނުންވާ އެއްޗެއް ބުނެ ނިންމާލިއެވެ.
“ކީއްކުރަން ދޮންތައަށް ދޭންވީ؟ އެހެންނޫނަސް މަނުވެ ދޮންތައަށް އެއްޗެއް ދޭހިތެއް. ތިހީރީ މިއެއްޗެސް ފެނިގެންވެސް މަށަށް މަލާމާތްކުރިވަރު. ދުވަހަކުވެސް ހިތްވަރެއް ނުދޭނެ. މަވެސް އުފާވާނެއްނު ރީއްޗޭ ބުނެލިމަނަ. ތިބުނި އެއްޗަކުން މިއެއްޗެސް ލާހިތްވެސް ކެނޑިއްޖެ.” ކުރިން އުފަލުން ވަރެއް ނެތިފާހުރި ތާނިޔާ ކުއްލިޔަކަށް މިލާމޯޅިވެ ލަހުމާއާ ދިމާއަށް ބަލާލަމުން ކޯއަނބުރާލިއެވެ.
“ހެހެ. ތިވިއްޔޭ އަހަރެން ބޭނުންވާގޮތް. ދޮންތައަށް ނުލިބޭ އެއްޗެއް ވަކި ތާނިޔާލަނީ ކީއްކުރަން.؟ ތާނިޔާ ތިކަހަލަ އެއްޗެސް ލާފަ އަހަރެން ނުލަންޏާ ރައްޓެހިން ދޮންތައަށް ވަރަށް ފާޑުކިޔައޭ.” ލަހުމާ ބޭނުންވާ ގޮތް ވުމުން ހިނިއައިސްފައިހުރެ ތާނިޔާށް ފާޑު ކިޔާލިއެވެ.
“ދޮންތައޭ؟ އެ ދެން ކީއްކުރަން ކިޔާއެއްޗެއް؟ ދޮންތައެއްގެ ދަރަޖަވެސް ދެވޭވަރުގެ މީހެއް ނޫނެއްނުތީ. ތިހިރީ އަހަންނަށް ހަސަދަ ލާވަރު. މީހަކާ ކައިވެނިވެސް ނުވެވިފަ މިހުންނަނީ ތިއުޅޭ ވައްތަރުން. ހަމަ މީހަކު ގެންނަންވާއިރަށް މަށޭ ކިޔައިން ކޮންމެސް ވާހަކަތަކެއް ދައްކައޭއެބަ.” ލިބިފައި ހުރި ހުރިހާ ހެދުންތައް ބޮނޑިކޮށްލާ އަލަމާރިތެރެއަށް ވައްދާލަމުން ތާނިޔާ ވަރަށް ބާރަށް ދޮރުޖެހިއެވެ.
ތުގާގެ ކުދިކުދި ޚަރަކާތްތައް މަޑުމަޑުން ތަރައްޤީ ވަމުންގޮސް މީހެއްގެ އެހީއަކާ ނުލާ ކާގެތެރޭ ހިނގާލަ ހިނގާލާ ހުއްޓެވެ. އޭރު ސީމާ އުޅެމުން ދިޔައީ އަވަދިނެތި ކެއްކުމުގެ މަސައްކަތްތައް ކުރަމުންނެވެ. ބައެއްފަހަރު ތުގާއަށް އެހީތެރިވެއެވެ. އަނެއްބައި ފަހަރު ކޮންމެސް ތައްޓެއް ނޫނީ ސަމުސަލެއް ތަޅުވާއަޑު އިވެއެވެ.
“ދައްތާ! އަދިވެސް މޫސަބެ ނާދޭތަ؟ ވަރަށް ފޫހިވޭ މޫސަބެ ގިނައިން ގޭގަ ނުހުންނާތީ.. ދައްކަބަލަ ފިޔާތަކާ ލޮނުމެދުތައް ނޮޅާދޭނަން.” ސީމާއާ މޫސަގެ މަސައްކަތް ތަކުގައި އަތްގާތްކޮށްލަ ދިނުމުގެ އާދަ ހަރުލާފައިހުރި ފާއިދު އޭނާގެ އަތަށް ވަޅިއެއް ހެޔޮވަރުކޮށްލަމުން ބުންޏެވެ.
“ހޫމ! އެއްކަލަ ފާއިދު.. މަންމައަށް ވަރަށް އެހީވާ ހިތްވާ ސޮރެއްމީ.. އަވަހަށް އާދޭ.. އަމިއްލައަށް ކައްކަންވެސް ދަސްކުރަންވާނެ އިނގޭ.. މަންމަ ވަރަށް އުފާވޭ ދަރިފުޅު ތިހެން އުޅޭތީ..” ސީމާ ހިނިއައިސްފާ ހުރެ ބުނެލިއެވެ.
“އާނ! މާދަންވެސް ދައްތައާ މޫސަބެއާ ބަލިވިޔަސް އަހަންނަށް ކައްކަން ދަސްވެފަ ހުރީމަ އެހީ ވެވޭނީ.. ތުގާކޮއްކޮ އަންހެން ކުއްޖަކަސް އަދި ބޮޑުވާނީ އަހަންނަށްވުރެވެސް ލަހުން.” ފާއިދު ފިޔާ ނޮޅަމުން ބުނެލި ބުއްދިވެރި ވާހަކައިން އުފަލުންގޮސް ސީމާ ހައިރާންވިއެވެ.
ސަމީރު ވަރަށް ބާރަށް ގޮސް އޭނަ މަންމަގެ ގެއަށްވަނެވެ.
ގޭތެރެއިން އެއްވެސް މީހެއްގެ ހިލަމެއް ނުވުމުން ވަކިންހުރި ބަދިގެޔާދިމާލަށް ސަމީރު ހިނގައިގަތެވެ.
“ކާކު ހޯދަނީ؟ ސަމީރު މަންމަ އެބައުޅޭ ރުޅިއައިސްގެން. މާލިކު މިގެއަށް އައިސްގެން.” ސަމީރުގެ ދޮންބައްޕަ ހަމީދު ރުންކުރު ފާޑަކަށް ބުނެލިއެވެ.
އެކަމާ އަޅާވެސްނުލާ ސަމީރު ކުރިޔަށް ހިނގަމުން ދިޔައީ ފަސްއެނބުރި ބަލައިވެސް ނުލައެވެ.
ބާވެ ގެދަބުޅި ކުލައިގައިވާ ބަދިގޭގެ އެއްފަރާތުގައި ދެ ދަރުއުނދުން ހުއްޓެވެ. އެއުނދުން ތަކުގެ ތަންކޮޅެއް މަތިން އުސްކޮށް ހަދާފައިވާ ދިގު ދުމައްޓެއްވެއެވެ. ބަދިގޭގެ އަނެއް ފަރާތުގައި ވަނީ ލަކުޑިން ހަދާފައިވާ އާދައިގެ މޭޒަކާ ހަތަރު ގޮނޑިއެވެ. އެއީ ސަމީރު މަހަށް ދާންފެށިތާ ކުރީކޮޅު ލިބެންފެށި ފައިސާއިން މަންމައަށް ހޯދައިދީފައިވާ ތަކެއްޗެވެ. އެފަދައިން ހޯދާދީފައިވާ ބައެއްތަކެތި އެނޫނަސް އެގޭގައި ކިތަންމެ ވަރަކަށްވެސް ހުންނާނެއެވެ.
“މާމާ” ގިނަ ދުވަސް ތަކަކަށްފަހު ހަދީޖާ ފެނުމުން އުފަލުން ހުރި މަހޫ ގޮވާލިއަޑަށް ސިއްސައިންގޮސް ހަދީޖާ ބަލާލިއެވެ.
“މަންމާ!.. މާލިކް ކޮބާ؟” ސަމީރު އެހެން އަހާލުމާއެކު ހަދީޖާގެ މޫނުމަތީގެ ކުލަވަރު ބަދަލުވެގެން ދިޔައެވެ. ހިތްހަމަ ނުޖެހުމުގެ ކުލަވަރެކެވެ. ހަދީޖާގެ ރުޅިއައިސްފައިވާ މޫނުން އެތައް ވާހަކައެއް ބުނަން އުޅޭހެން ސަމީރަށް ހީވިއެވެ. މަންމަގެ ޖަވާބެއްގެ އިންތިޒާރުގައިހުރި ސަމީރު ސިއްސައިން ދިޔައީ ސަމީރުގެ ކޮނޑުގައި ފަހަތުން ޖެހިގަންނަމުން ހަމީދު ބަދިގެއަށް ވަނީމައެވެ.
“މާލިކް ނެތް މިގެޔަކު” މަސް ބޯކިބަލެއް ތައްޔާރު ކުރުމުގެ މަސައްކަތުގައި އުޅުނު ހަދީޖާގެ އަޑުގައިވަނީ ރުޅިވެރިކަމެވެ.
– ނުނިމެ –
——————-*******—————-
މިހަފްތާގަ ޝަލީން ބޭނުންވަނީ ޤަވައިދުން މިވާހަކަ ކިޔާކުދިންނަށް ސުވާލެއް ކޮށްލަން. އުންމީދުކުރަން ވަރަށް ގިނަކުދިން ސުވާލުގެ ޖަވާބު ދޭނެކަމަށް rxcare.net/. އަދި ޖަވާބުގެ އިތުރުން ކޮމެންޓެއްވެސް ކޮށްލިއްޔާ ވަރަށް އުފާވާނެ.?
ސުވާލަކީ:- މިވާހަކައިން އެންމެ ކިޔާލާހިތްވަނީ ކޮން ކެރެކްޓާއެއްގެ ބައެއް؟ އަދި އެއީ ކީއްވެ؟
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
109 Comments!
Comments are closed.







hi shaleen
Dhaan ah hama v kamugossi mi partves
V reethi ibaaraaithakei.
Kiyaahithun indhaa nimunee. V ufaavejje sameeru yes buneema afeefa ah
This comment is for your question.
Vaahakain emme kiyaalaa hihvanee
Fahudhu and smeer ge conversation eh.
bcx
Smaeeru v reethi rahdhu dhey abadhuves fahudhah
hi Dhaan!
pending ga comment iny
Ehen namaves v ufaavejje vaahaka ah comment kollaafa ineema.
Dhen aneiibai kiyaalaa hih vanyaa hingaa anekka next part ah wait kuran.
Afeefa and sameeru ebbas veema
Suvaalaki anekkaa emeehun marry kuraane baaey dho ?
hehe. Lts c
Lysm
Thanks for the comment dear
Thanks dhaan
ehen commentegga Suvaaluge javaabu fonuvaalyma.
Dhaange favourite characters ingijje mihaaru ??❤️
Shaleen ehme gayaava kerekta thigen nanee kiyun therinah vurebodahdho?
Hey Shaleen! How’s you? Masha allah vrh reethi mi part ves. Congratulations, vaahakaige 20 vana part mihaa furihama kamaa eky kuriyah gendhiyaima. Yayy! Finally, Sameer Afeefa aa marry kuran ebbas vee. Eyrun Sameer ah thugaa kairi ah dheveyne ehnu. Eyruves heeviyey mi Yusra mee nubaeh hen. Lahumaa aa Thaaniyaa aa mee hama eh thaiyygan’dehge bayeh. Mamma aa dheytherey ehury visnaa goiyy. Amilla ah dhuniye ah ais boduvi bayeh thoaccheh! Alhe Faaidh haadha sweet ey. Kudayas vrh maana fun basthah bunelaa dhw. Maalik vee anekka konthaaku baa? Waiting for the next vrh curious koh.
Stay quarantined. Keep your work perfect.
Real Me..
Shaleen hama mihunnany thikudhinge commentge inthizaaruga.n varah thanks ingey shaleen buneligothah comment kollaafa inyma?
Sameer afeefa aa marry kuraane??
Thaaniya and lahuma eynage mamma ah…. kyvve?? Dho?
Hehe v suvaalu eboi adhives dho dear.
Ya faaidh v loabin gengulheythee v sweet dho faaidhves. ?
Maalik kobaa tha dho Real Me..?
Hehe
Wait wait wait …????????
Vaahakaige favourite character dhw! Let me think?.. I would say Faaidh ey. Because e kujjaa haadha sweet eyy?. Seemaa, Moosa and Thugaa ahves hama ehaa caring. Dhn neynge hama vrh cute, sweet and innocent personality eh faaidhge hunnany. E kujjaa lahumaa dhookohleema Me mee seema nama ves hama e kujjaa ah care kuraanan. Faaidh is my favourite character from this story❤.
Wow Real Me ???
Thanks for another comment
Adhi shaleenge suvaalah v furihama javaabei dheefa ineemaves heevany faaidh ahvure sweet kujjeihen thee ❤️?
Hehe.
Vaahaka nimendhen faaidh mihaa innocent vaanebaa?
Hi
Aharen mee mivaahaka gavaidhun kiyaa meehei
Kurin comment nukuriyas mifaharu comment kollaa hihvee shaleenge suvaalu fenifa
Mi commentga vaahaka aa beheygothun ehchei bunelaanan.
Bunelaanee hama v furihama vaahaka ekeymee.
V v v salhi mi vaahaka❤??
Hi Lilly ?
Thanks for the comment ingey
V ufaavejje shaleenge mi suvaalah javaabu dhinumuga baiveri velaafa inyma..
Adhi shaleenge liyuntherikamah ehchei bunelaafa inymaves I am so happy ingey
Thanks a lot ? Lilly
Mi comment ga javaabu dheynan
Emme kiyaalaa hihvanee seema and faaidhge bai
Ei seemaa aki v oagaatheri meeheiveema
Thanks shaleen
Kiyuntherinnaa thi vahattaa gaayy kamahtakaa
❤
Seema and faaidh?
Oh great ?
It’s okay Lillyge emme favourite characters inguneema hama v v ufaavejje ingey.
Thanks mi suvaalah thihaa salhi javaabei dheefa ineema.
Shaleen abadhuves masakkai kuraanan shaleenge readers aa eki kuriyah dhaan
In Sha Allah
Hi Aisa
Shaleenge story migendhanee Shamleen raavaalaafa in gothah.
Shaleenge mi suvaalah javaabu dhinumakun vaahaka ah changei naannaane.
Aslu shaleen beynunvany kiyuntherin mivaahaka in emme gayaavaa character balaalan.
Ehnve shaleen mi suvaalu kolli.
Kobaatho Aisa ge favourite character ???
Hello Shaleen. Furathama hama Shaleen ge suvaalah javaabudhaary velan mi visnanee. Mi vaahakain hurihaa character egge baives hama kiyaalevenii varah kiyaahithun. Shaleen ehaa ves interesting koh komme character egge baives genesdheefa hunnany masha allah. Ekam dhn emme kiyaa hiyyvanee ey buneveynee Malik ge bai. Varah shauguveri vey Malik ge kankan hoadhan. Ehaa kuda kujjaku ehn ulheythee. Malik ge sirruthah ehnve varah hoadhaa hiyy vey. So Malik ge bai eii emme kiyaa hiyyvaa bayakee.?
Dhn mi part ah comment kollaanan. Buneveynee hama varah reecchey mi part?. Kiyaalaa hithun indha nimunee ves. Varah dhuvas kollaafa thaniya ge habareh ves mi part ga vejjethaa. Anekkolhun Sameeru ves emme fahun Afeefaa accept kuree viyya. So happy?. Lahumaa menah heyo visneyne dhuvahakah mihaaru inthizaaru kureveny hehe. Mamma ah ehn hadhaakah nuvaane dhw alhe. Omg alhugan’du ge Malik konthaakah anekkaa dhiyaee e?. Waiting for next.❤?❤?
Hi No.1 fan
Thanks ingey v bodah mihaa avahah comment libuneema.?
Shaleen mihunnany hama inthizaarugaeyy.
Ya lahumaa and thaaniyaage habarei veeiru miveeves v dhera gothakah dho. Kyvvebaa eyna mom ah emeehun when hadhanee? When kihaa dhera ?
Yes afeefa and sameeru marry Kuran ebbas vehje. Ekan vaanebaa?
Hehe
Malik veethan nengigen dho readers miulheny alheyy.?
Okay ehenviyas v thanks ingey fr the comment
Hey Shaleen. Varah ufaavi last part ga 2 comment kollaigen Shaleen ah point ithuru kolladhevunee ey buneema????. 3 comments ah ummeedhu kuramey bunefa ineema here u go. My third comment for this part?. Abadhu ves support koddheynan my loving author❤. Thihaa talented v ma hama abadhu ves best wishes??❤?❤
Wowwwwwww. Konkahala loabi kujjei thee.❤️❤️❤️❤️
Thanks v v v v bodah. Sheleen edheny abadhuves No.1 fan ah v faagathi musthaqbalakah dear?
Thihaa support kolladheythee hama hithuge emme hima naaraaves kulhelaifi ingey
Lotxxxxxx of luvvvvv
Thanks No.1 fan.
Javaabu comment ekam pendinga iny
Ehennamaves v ufaavejje character and reason bunelaafa thihaa furihama javaabei dheefa ineema.
Adhi hama ehaa ufaavejje hurihaa characters ah thihaa like vefa hureemaves.
So ?
Mihuree ufaavegen
Alhamdhu lillah
Oh wowwww. Really happy for Sameeru & Afeefaa. Loved this part too. Waiting for next part
Thanks Dhisha
Dhishage commentehge inthizaaruga hury ingey.
?
Let’s wait for the next part ? dho
Favourite commenter eh theeves hama
I love the character Faaidh as he’s so adorable boy at that small age❤
Thanks anekkaaves
Shaleenge requestah follow kollaafa inyma.
V ufaavejje faaidh dheke thivaa loabinves h
Heheehehe
Masha Allah varah reethi mi part ves. Sameeru & Afeefaa ah marriage aa hama ah dheveynebaa ey mihaaru hama emme bodu suvaalaky. Waiting for next
Furathamaves Ayaanaa ah v reethi heelumakah edhen.
Ei shaleen bunumuge Kurin mihaaruves heelee dhothi?
Ehenveema Ayaana ah when bunelee shaleen vee ufaa body kamun. Shaleen emme beynunvaahen shaleen edhunu gothah dhe comment fennan inyma hama v happy
And thanks a lot ingey
Mi vahakaige emme koyaa hiyy vanee Sameeru n Afeefaa ge baithah. E 2 character dheke varah loabi vey. Ehn characters dheke ves hama loabi vey ingey ekam hehehy
Yes Ayaanaa geves favourite characters mi engunee shaleen ah
So v ufaavejje bunelaafa in gothah shaleen ah comment libifa ineema ingey.??❤️
Naaidh hama emme kiyaa hiyy vanee Faaidh ge bai. E character varah varah innocent and loabi gotheh hunnanee. Thugaa dheke vaa loabi and seemaa menah e kujjaa kuraa gadharun hama e kujjaa ah saabas dheyhaa vey.
Thanks Naaidh?
Shaleen edhunu fadhain shaleen ah comments dheefa inyma.
Faaidh dho? Yes faaidhge eharaa mihaaru v thafaathu vefa eherer dho seemaa ah libunu fahun.
Let’s see more abt faaidh
Masha Allah mi part ves hama habeys ??????
Oh wow
Thanks Naaidh.
V alhaigannan name eh thee. Shaleenge beybege name aa v relate.
Hama vedhaane shaleenge Beybe dhanna kujjakahves thee? dho???
Awwwwwn❤ Thanks for your reply. Me ge life ga adhi adhah Me akee kaakukan in’gey Me ge reality in’gey evves kujjaku neiyy thihen bunefa eh. You are the first one. By the way thankx. Faaidh ge goiyy emme rangalhah in’geyny hama shaleen ah. Adhi adhah hama gaimuves vrh lwbi kujjeh Faaidh aky.
Oh ehentha Real Me.
Haadha ufaavejjey mikahala reethi baskolhei Real Me aa dhimaalah bunelevuneema.
Hama heevany v gaii meehakaa vaahaka dhakkaaleveyhen.
Thihaa caring kujjei veema hama v ?❤️
Also adhi v ufaavejje Real Me ge aa commenteh anekkaa shaleen ah surprise eh gothah milibunee mi part ah.? Thanks thihen kollaa komme commentakun shaleen ah points libeyne Esfiya site ga.
Thanks thanks thanks a lott
First i want Shaleen ah comment eh kollan. Komme commenter akah ehaa loabi reply dheefa hunnaathee Shaleen readers dheke varah loabi vaa kamah faahaga kollevenee.
Dhn shaleenge suvaaluge javaabakee Malik for me. Malik ulhey gothun Malik ah shauguveri vey varah. And mi part ves varah reethi masha allah?
hi hi Idhy?
Shaleen hama v ufaavejje idhyge commentves libuneema.
Idhy mathin v miss vey. Hama v ginain comment libey mihaarakah aiss.
Ehenveemaves shaleen v miss vey.
And for u maalik dho??
Maalikge kannkan hunna goii balaalaa hihvanee hama dho?
V ufaavejje comment libuneema
Thaaaaaaannnkkkk yuh
Shaleen
Alhugandu gavaidhun mivaahaka kiyan
Ehen namaves commenteh mikury alah.
Aslu story hama v reethi.
Dhen ekam suvaalu ufedhey baivaru kankan ebahuri.
Ehnveema ummeedhu kuraafadhain faharaku javaabei libemun dhaanekamah ummydhu kuran.
??♀️
Mi vaahakaiga emme kiyaalaa hihvanee fahudhuge bai
Reason:_ eynage foruvifa vaa sirru kiyaalaa hithun
Vahaka gaavaidhun kiyan.mivaaahaka vvvv reethi.suvaalu feninima comment kolaaa hih v.mi vahakaga adhi emme salhi Hama sameeruge part sameeruge dhera gothe nahadhaathi plxxxxx.
thanks yoon
Alah viyas thihaa furihama commenteh kollaafa otheema v ufaavejje hama.
Adhi suvaaluge javaabu dheefa ineemaves hama v happy.
Yoon ge favourite character and reason ahves hama v hih hama jeheijje.
thanks inaa
Suvaalu fenifa comment kollaa hihveema, v ufaavejje hama bodukoh..
Dhen sameer ah vaagoi balan hingaavala dho inaa.
Shaleenves v dheravey sameeru mihaa haaluga ulheytheeve dear
For me emme kiyaa hiyy vanee fahudhu ge baithah. Eyna ulhey gothunnaa eynage foruvifavaa sirrah interest hurey varah. Anekkaa Faaidh eii Fahudhuge dharieettha???
thanks kasshaf.
Shaleenge suvaaluge javaabu dheefa ineema thihaa furihama ah. Kasshafge commentehge inthizaaruga v Gina vaguthu gossi
Finally comment libifa miothy ??
Kaakuge dhariehkan hoadhamaa hingaa.. adhives ithuru new characters hired kuriyah.
In Sha allah
Mi part hama❤❤❤… Malik kobaatha alhe. Eii tricky soreh dhw hehe. Waiting waiting
Thanks kasshaf
Malik vee konthaakukan balaalamaa hingaa next partga ves habarei veytho.?
Ya Malik hama ei one in million
Oh Shaleeeeeen. Mi part haadha reecchey. Thaaniyaage part ai iru eyna mi vee Lahumaa ge kokko ah. E dhemeehun mamma aa dheytherey ehaa ihaanethikoh hithan alhe heyo nuvaane dhw. And Malik kobaabaa . Waiting for next part
Thanks liar
Lair ge commentakee shaleen ah hama v muhimmu commenteh ingey my another favourite?
Yes alhuma and thaaniyaa Aki sisters.
Lahuma men haadhagoahey mom ah .. bt y?
Yes let’s c dho Malik ah vaagoi
Emme kiyaa hiyy vanee kon character egge baihey dhw. I think Lahuma & Thaniya ge bayey. E dhemeehunge attitude omg.
Thanks Liar
Suvaaluge javaab dheefa thiothee hama v perfect Koh
Character and reason bunelaafa ineema shaleen mihuree ??
Reethi masha allah. Waiting for next
thanks Maree
Mi comment kollaafa ineema ingey
Lotsssssss of love
Suvaaluge javaabu dheynan mi comment ga. Sameeruge bai emme kiyaa hiyy vanee. Sameeru ge life ga kurimathi vamundhaa hithaama thakaa, e kankamaa hiyyvaraa eku kurimathilamundhaa goiyy feni fan akah vejje Sameeru ge vx Shaleen ge vx??
saabahey Maree
Maa bodahves thanks ingey
?❤️
Sameeru ge imthihaan thah dho
Oh Sameer ge fan eh dho
Shaleenge ves ????
Emme kamudhaa character akee Seemaa. Reason: Kuda kuda thugaa and faaidhu ves eyna ehaa loabin maegge loabi dheegen balaidheythee?
Hi Reader ?
Haadha perfect javaabekey dhookollaafa theenee.
Seema v ufaa vaanethaa thihen buneleema .
Hehehehe????
Varah reethi mi part. Hama mikahala interesting reethi part akah waiting waiting waiting
Thanks Reader for another comment from you.
V ufaavejje vaahaka ahves vakin commenteh kollaafa ineema ??
Gavaidhun mi story kiyan comment nukurevunas. Shaleen suvaaleh koffa ineema ekam javaabu dhey hiyyvee mifaharu. Emme kiyaalaa hiyyvanee Faaidh ge bai. E kujjaa maa sweet and loabi veema ey reason akah buneveynee hehe???.. lots of love❤
thanks Saaraa
V ufaavejje Saaraage namuga commenteh libuneema.
?? So? for you faaidh dho
That’s nice.
V ufaavejje theendha salhi reasonves bunelaafa inyma.
Thanks alotttt??
Masha allah mi part vs hama vrh reethi. Author thihaa alhugan’dumennah vaguthu dheythii vrh lowbi veyey as a Fan bunelaanii.
This is for 20 parts??????❤❤❤??????. Allah bless your work. Sameer ehbas v dhw marry kuran. Lahuma and thaaniyaa laari bon’diyah ulhey baeh dhw mee. And Maalik v thaneh hoadhan varah beynun vefa mihurii. Well done!
Alhamdhu lillah and
Thanks Lil sis???
Oh wowwwwww shaleen ah haaadha support kuraa sweet swyt swit kujjekey thee ?
Lil sis mathin haadha handhaanvey comment feneytho hama v heyvey.
When ulhenikoh komment libuneema mihunnany dhen hevifa ingey.?
And hingaa this suvaalu thakuge jvb hoadhamaa dearr
Vaahakaiga mihaaru emme kiyaa hiyy vanii Maalik ge bai. Ekujjaage personality ah ai badhaluge sababakee kobaathoa aa eyna Afeefa accept kuraane thw ves vrh balan beynun. Ehen character ves hama best. But emme kiyaalan wait kuranii Maalik ge parts.
Shaleenge twists ves ehaa shocking viyya. Ehenveema twists falhaa araathoa vrh wait kureveyne ehnu dhw. Hehe. Waiting for the next. Love you sis.
Lots of love
Lil sis
❤
Vaahakaiga mihaaru emme kiyaa hiyy vanii Maalik ge bai. ‘Cause e sorah aissa ehuri badhaluge sirru balan vrh beynun. Dhen keekey bunaanii? Shaleen ge twists thah ehaa salhi v ma ves vaanii ehennu dhw. Hehe. Waiting for the next.
Lots of love
Lil sis
❤
Oh thank you very much for this comment..
Shaleenge twist thah dho hahahahhaha
Anyway
Malik ah miulheny kyvvegentho balamaa dho
Dhuvaskolheh vejje dhw comment nukolleveythaa. By the way mi part hama habeys ingey. Alhe heyo meeheh nubai meeheh ves mihaaru neynge ey dhw. Ehuree viyya Malik gengossa e soru maama gaathah fonuvaalaigen. Pispis . Meehun ulhey goiyy dhw mihaaru. Waiting for next
Hi??
Thanks thi dhevvaa supportah ingey.
V ufaavejje hama lahun namaves kokkoge commenteh libuneethee???
Yes heyo nubai vakinuvey dho
Me ah emme kamudhanee hama hurihaa character eh . Vaki meehakah dhookuraane meehaku neiyy mi vahakaiga. It’s all abt your talent Shaleen masha allah ❤❤❤…. love this whole story and each and every character of it. ??❤??❤?❤?
Hihihi hoehoehoe?????? thaaaaaankeeeewwww
Supporter akah vaakahala supporter eh dho thee.?
Varrrrah ufaavejje asluga ingey
Alhamdhu lillah
And congrats my sissy hafthaage magbooluga himenifa ineema. Lysm❤?
Oh wow 3 comments from you dho
????
Yes thanks thi kuraa hihvarah hama.
Saaabasss
Varah varah varah reethi vaahaka eh ma Sha Allah ?.. enmme kiyalaa hit vanee faaidh ge baii.. he is so sweet
Masha Allah
Varah vs furihama vahaka ae,
Mi vahakaige konme charecter ae vs a myheh ge zaathuga genessdhyfa vaa leh v vs furihama ???
Ammazing! ??
Mi vahakaiga amme ingenbeynunn vani fahudhu n yusra ge charecter,
A dhemyhunn ge a viha reyvunn, a viha hinithunn vumuga, foruvifavaa sirru thah
Hi Aishh
You ge comment iny pendinga
Namaves shaleen balaanan kommes ehchei buneleveytho
Thanks v much ingey
Comment fenifa v ufaavi
Aslu emme ufaavee favourite character and reason inguneema
???
Hi manje?
A bunddle of thanks for you dear
Hurihaa charactereh kamudhaa kamah faahaga kollaafa ineema hama ?
Thanks fr the support ingey
Goiyye!!
Comment iny pendinga
Ekamves thanks ingey
Ehaa chaalu commenteh kollaafa ineema
Dhen for you yusraa and fahudhu dho?
Let’s see what is behind…???
Masha Allah
V vs furihama hama knme part ae ge knme surprise ae vs
Charecters dhw
Sameer sameer mumma sameer dhnbappa
Sameer ge 3 dharinn
Koba ba sameer ge bappa?
Aslu mivahakaiga ae vs beykaru charecter ae neii
thanks Masha
Comment iny pebdinga
Comment v salhi ingey.
And sameeruge bappa veethan engen beynunvaathy bunelan othy
Adhives wait kollaashey kudakoh ingey.
Hehehee
Thanks for the comment
?????
Great story ever
??????????
Uncondicationally waiting ▪︎▪︎▪︎▪︎▪︎▪︎
Haaaaadha ryyyycheyy
Again kulhu hikijje
?
SHALEEEEEN
haaaadha haaa vaaa varakahsheyyy thi ya ❤?? thalhuvaniiii
Henuvanaaane,
Sameeer aa afeefaa ge kaiveni kuruvabala
ONE OF THE BEST STORY
FOR CURRENT SOCIETY
❤??
SAAAABAHEYYYY
SALEEEN
??❤
??❤???
S
A
B
A
H
E
Y
T
H
A
R
I
Y
A
THI THARIGE ALI FADUVIYA NUDHY, VIDHA BABULHA THAN DHEKEY ❤ ABADHU ME DHEKENN BEYNUNN
Amme gayava charecter a kee hama sameer
Suvaleh a bainn
Sameerge aailaga hunnani sameer akani hey?
Aebandu / aebafaa / aebandu ae bafaa ga vs
Kokko ae noonee dhahtha ae vs nethi baa a
Adhi vahakainn a kann olhunn nufilathi hama ufedhunu suvaleh?
Ijuthimaa e kannthah thakah ali alhuvalamunn vahaka kuri ah gennthathi vahaka varah kamudey
❤???
Hi thanks Nannukiyaa kujaa
Salhi commenteh ????
Malha
Varah bodah thanks
Dhen bunelan othy wait kollaashey hama????
Fusskeyo!!
Dhen heskiyaafa shukuriyyaa??
Gahuva!!
Your comment iny pendingaeyyy
When namaves comment fenifa ufaavejje.
Let’s c afeefa and sameeru marry kuraanetho?
Fithurownu ge comment inyves pendinga
Ekamves hama v ufaavejje thiyahaa reethi commented libineema ingeythoww????
Hi ganjifaraas
Thanks for the comment dearrrrrrr?
Hi asgaadiya
Thank youuu for the comment?????
Hi ???
Chabeyleeeeee
Shukuriyyaa
Thariyakah vaakah beynumei noon
Ekam liyuntherikamuga hedhey mistakes rangalhukuran beynunvany
Hi lhos undhoawli
Aslu vaahakaiga thankolhei kurin ingeyne sameeru akikan hama ekani eyna mom ge firihen kujjakee.
Dhen let’s c thibunaa ehen kudhinnaki kobaatho.
Vaahakaiga bodah migendhany emme muhimmu characters
Namaves this sucaaluge javaabu iny dhaadhi avahah libenvefa?
Hi Bithu fangi
V bodah thanks shaleenge mi vaahaka ah Gina comments dhevvamun gendhiyaama.?
And v ufaavejje thi comment libifa inyma
Also thank you a lot???
Abadhu vs mi vahakayah v inthixaru kurevey
Vaahaka hama habeyyyyyssssssss
Sisssyyyyy
Gud job
❤???
Vahaka konme hafitha aku vs up kurathyyy mi vahaka liya dhnkabuloyah hama v shukuru
Vahaka miharu midhani fathu adu kiyafa kurikamah v fahaka kurevey
Amme kamu dhanee, a carecter ge gothuga fahudh
Fahareh ga alhugandu khiyalu a henn kudhinna v thafathu vumaki ves vunn hama v akashigenn vaa kameh
Allhamdhulillahi!
Congratex
100 comments libunima
Ahannah hama amme bodah kamudhany fahudhu ge charecter,
A hennve v ummydhu kurann shaleen mi vahakaiga varah avass mussthagu boleh ga fahudhu maralafa vahaka yaagen kuri ah dhanekamah
Sameer ah neyva ae ves levenn annann othy fahudhu maralaafa valhulaigenn kamah hama varah bodah ves lafakurevey
hi thanks haivaaru
commentah hama saabas
thanks githeyo gulhi
Comment libifa ineethee shukuriyya
Thihaa thaureef koffa otheemaves
hey bunn beru
Comment v salhi
V kamudhey
And no problem hama thafaathu khiyaalu hunnaany
Eki kudhinge eki khiyaalu
Ehnveema v ufaavejje aslu fahudhu as a character you ah kamudhiyaima
Thanksss
hi kuhlhavah falu rani
I knw hama story ge future innaane gothah commenteh kollaafa ineema hithah araa fahudhu maranveehey nooni bahattan veehey
Ehn namaves vaahaka ah dhen ithuru badhalei gennaakah netheen
Ummeedhu kurany vaahaka nimeyiru
Vaahaka eyge zaathuga kamudhaane kamah
Haadhisaathakaa moral ah balaafa
In sha allah
And thanks for the v thafaathu comment from you ingey
Yeyyyyyyy
T
A
R
G
E
T
A
C
H
I
V
E
D
For part 20
????
???????☕??
Hooooh hwooooo
Lets celebrate it
hi thanks madisyyyla
Thihaa varah celebrate kohdheefa ineema.
And v ufaavejje hama 20 vana part ah 100+ comments libifa ineema thank you every1
Mifahar bz kamun comment lasvee.. maasha allaah mipartves v reethi.. maalik konthaakahbaa dhiyaee. Yusraaves rangalheh noon dhw.. dhen kihinehba vaany..keep it up..tc
Thanks Halle thihaa lahun viyas commenteh kollaafa ineethee.
Dhen hama bunelan othee balan hingaashey Malik ah mivaagothei aslu