“ކަލެޔަށް ޖަވާބު ދޭނަން މިތަނަށް ސިފައިން އައިމަ..” އެމީހާގެ ހަރުކަށި ބަސްތަކުން ފާއިދުގެ ހިތަށް އަސަރު ކުރުވިއެވެ. އެތައް އަހަރަކަށްފަހު އެކަހަލަ ހަރުކަށި ބަސްތަކެއް އަޑު އިވުމުން ހަޤީގަތުގައި ފާއިދު ވަރަށް ދެރަވިއެވެ. “ބޭބޭ.. އަހަންނަށް މާފްކުރޭ..” ފާއިދުގެ އަޑުގައިވާ ހާސްކަން ހަމަހިމޭންކޮށްލީ އެތަނަށް އައިސް ސަލާމް ގޮވާލި ޕޮލިސް މީހާގެ އަޑުންނެވެ. “ބައްލަވާ! މިބޭފުޅާގެ ފެންވަރުމަތީ ކާރުކޮޅުން އަޅުގަނޑުގެ ފައިގަ އެޖެއްސީ.. ތިބޭފުޅުން މިކަން މާބޮޑު ކަމަކަށް ހައްދަވަން ނޫޅުނިއްޔާ ރަނގަޅީ.. އަޅުގަނޑު ބޭނުމެއް ނޫން […]
ހަފްތާއެއް ފަހެވެ. ސައިކަލުގައި ދުއްވާފައިދިޔަ ޝާމްގެ ފަހަތުގައި ލަހުމާ ހަމަޖެހިލަން އިނެވެ. މަގުމަތީގެ އެކި ދިމަދިމާލަށް ނަޒަރުހުއްޓަމުން ދިޔަ ލަހުމާގެ ލޮލުގައި ކުއްލިއަކަށް އަޅައިގަތީ މީގެ އެތައް އަހަރެއް ކުރިން ދެކެފަރިތަ ވެފައިވާ މޫނެކެވެ. ހިނދުކޮޅަކަށް ދިމާވި މީހެއް ނަމަވެސް އޭނާގެ ފަރާތުން ލަހުމާއަށްވަނީ އެތައް ހަނދާންތަކެއް ރައްކާކުރެވިފައެވެ. އެހާ ގިނަ ދުވަހަށް ފަހު އެމީހާ ފެނުނުމުން ލަހުމާ އެއީ ކާކުތޯ ޔަޤީން ކުރަން ބޭނުންވިއެވެ. “ޝާމް މަޑުކޮށްބަލަ އެފިހާރަ ދޮރުކައިރި ހުއްޓިހުރި މީހާއާ ހިސާބަށް.” ލަހުމާގެ […]
މޫސުން ރީތި ހިތް ގައިމު ނަލަ ފަތިހަކަށް ތަން ދެމުން އިރުގެ ދޯދިތައް މަރުޙަބާ ކިޔާލީ ހަފްތާގެ އާދިއްތަ ދުވަހަށެވެ. ކޮންމެ މީހަކުވެސް އެމީހަކު ނިދާފައިވާ ތަންމަތިން ތެދުވީ ވަރަށް ފޮނި އުންމީދު ތަކަކާ އެކުގައެވެ. ޑިސެމްބަރގަ ލިބޭ ބޮޑު ބަންދަކީ ސްކޫލްތަކުގެ ބޮޑު ޗުއްޓީކަމުން ތަފާތު އެތައް ކަންތައްތަކެއް ކުރުމުގެ ތަފާތު ފޮނި އުންމީދުތަކާ އެކުގައެވެ. ކޮންމެޔަކަސް، އަހަރެންގެ ދައްތަވެސް ފަތިހު ހޭލައިން ގޭތެރޭގެ ބައެއް މަސައްކަތްތަކުގާ އުޅެންފަށައިފިއެވެ. ފަހަރިވެސް އަވަދިނެތި އުޅުނީ އޭނާގެ އަންނައުނުތައް […]
“ފާއިދު! ދަރިފުޅު މީހަކާ އިންނަންވީނު؟” ސީމާ ބުނެލި ޖުމްލައިން ފާއިދު ސިއްސައިންގޮސް ބަލައިލިއެވެ. ފާއިދުގެ ކުރިމަތީގައި ސީމާ ސުވާލެއް ކޮށްފިނަމަ ނޫނީ ފާއިދަށް ނިސްބަތްކޮށް އެއްވެސް އެއްޗެއް ބުނެފިނަމަ ހަނު ހުރުމަކީ ފާއިދުގެ އާދައެއް ނޫނެވެ. ކޮންމެޔަކަސް މަންމައަކަށް ދޭންޖެހޭ ވަރުގެ ޤަދަރަކާ އިޙްތިރާމެއް ފާއިދު ސީމާއަށް ދެނީ ނުހަނު ލޯބިންނެވެ. އެހެންކަމުން ފާއިދު އަބަދުވެސް ވިސްނަނީ، ފާއިދު އަނގައިން ނުބުނެ ހުރެއްޖެނަމަ ސީމާ ދެރަވެދާނެ ކަމަށެވެ. “ދައްތާ! ހަމަ އަސްލުވެސް ތިކަމާ އުޅެންވީތަ؟ އަހަރެންމީ ބައްޕަވެސް […]
“އަފީފާ!. އަހަރެން އަސްލު މިއޮއްހާދުވަހު ސަމީރުގެ ދިރުއުޅުމަށް ގޯނާ މިކުރީވެސް ތިވާހަކަތަކާ ސަމީރުގެ ހަޔާތާވެސް ގުޅުމެއްވާތީ.” ގޮތް ހުސްވެފައިވާ ފަހުދު ބުނެލިއެވެ. ޚަދީޖާ އޮތް އެނދުކައިރި ހުރި ގޮނޑީގައި ސަމީރު އިށީންދެލިއެވެ. އަދި ވަރަށް އަސަރާއެކު ފުން ނޭވާއެއް ދޫކޮށްލަމުން ޚަދީޖާގެ އަތުގައި ވަރަށް ލޯބިން ހިފާލިއެވެ. ސަމީރަށް ހިތްވަރުދިނުމުގެ ގޮތުން މަހޫ އޭނަގެ ބައްޕަގެ ކޮނޑުގައި އަތް އަޅުވާލައިން ހުއްޓެވެ. ސަމީރުގެ އޯގާތެރި ފިރުމުންތަކުން ޚަދީޖާ ސިއްސައިން ދިޔައެވެ. އަދި ވަގުތުތައް ބޭކާރު ނުކޮށް ވާހަކަ […]
“އެއީ އަނެއްކާ ކޮންކަހަލަ ނިންމުމެއް؟” ސީމާއާ ތުގާގެ ގާތަށް ޖެހިލަމުން މޫސަ ސުވާލު ކޮށްލިއެވެ. “ސަމީރު! ޑޮކްޓަރ އެދަންނަވަނީ މިވަގުތު ފެންނަމުންދާ އަލާމާތްތަކަށް ބަލާފަ ސަމީރު މަންމަގެ ހާލު މިހާރުވެސް ވަރަށް ދަށްވަމުން ދާކަމަށް. ސަމީރު ދެންނެވީން ދެއްތޯ މަންމަގެ ފަރުވާއަށް ވަރަށް އަވަހަށް އިންޑިޔާއަށް ފުރާނެ ވާހަކަ؟ އެކަމަކު… ޑޮކްޓަރގެ އެއްވެސް އުންމީދެއްނެތް މާލެއާ ހަމައަށްވެސް ދެވިދާނެކަމަށް.” ޑޮކްޓަރގެ ބަސް ތަރުޖަމާ ކޮށްދޭން ހުރި އަންހެން ކުއްޖާ ވާހަކަ ދެއްކިއެވެ. “ސަމީރް.. […]
ސަމީރު ދައްކާފައިވާ ކޮންމެ ވާހަކައެއް ޚަދީޖާގެ ދުވަސްވީ ހިތުތެރޭގާ ތާޒާ ކަންމަތީ ހުރެދާނެ ކަމަށް ފަހަރެއްގަވެސް ސަމީރު ހިއެއް ނުކުރެއެވެ. ސަމީރަށް ހައިރާން ވެފައި އިނދެވުނީ އެ ސަބަބަށްޓަކައެވެ. ސަމީރުގެ ހިތުގައި މިހާރު ނެތް އެތަށް ވާހަކަތަކެއް އެ މަންމަގެ ދުލުން ބޭރުކޮށް ލުމުންނެވެ. ތެދެކެވެ. ސަމީރުވަނީ މިދުވަހަށްޓަކާ އެތައް އިންތިޒާރެއް ކޮށްފައެވެ. ހުޅުލޭ އެޔާޕޯރޓުން މާލެ އާދެވުމާއެކު މަގުމަތިން ކާރެއް ހޯދައިން ތާނިޔާ ކާރަށް އަރާ ދާންވީ މަންޒިލް ބުނެލިއެވެ. މާޒީއާއެކުވެ ދިޔަ އަހަރުތައް ލަންކާގައި […]
“ހިނގާދާން އެހެރަ ގަސްތަކުގެ ހިޔަލަށް.” ކުރިމަތީގައިވާ ހިޔާގަނޑު ދައްކާލަމުން ފަހުދު އަފީފާއާ އެކު ހިނގައިގަތެވެ. އަފީފާއާއެކު ފަހުދު ކުރިޔަށް ހިނގަމުން ދިޔައީ ފަޚުރުވެރި ކަމާއިއެކުއެވެ. އެތައް ދުވަހެން ވަންދެން ފޮރުވައިގެން އުޅުނު ގޮތްނޭނގޭ ހަޤީގަތް އަފީފާގެ ދުލުން ބޭރުކޮށްލާނެ ދުވަހަކަށް ފަހަދު ކުރީ އަމަށަކު އިންތިޒާރެއް ނޫނެވެ. އަފީފާ ދައްކަން އުޅެނީ ކޮން ވާހަކައެއްކަން ނޭނގުނަސް ފަހުދުގެ ވިސްނުމާއި ޚިޔާލު އެކިފަހަރު އެކިގޮތަށް ބަދަލުވެއެވެ. މާ ފަޚުރުވެރި ކަމާއެކު ހިނގަމުން ދިޔަސް ބައެއް ފަހަރަށް ފަހުދަށް ވިސްނެނީ […]
ބޭރުގައި އިނުމަށްފަހު ސަމީރު އިރުކޮޅަކު ޚަދީޖާ ކައިރިއަށް ވަނެވެ. އޭރުވެސް ޚަދީޖާގެ މޫނުމަތިން ފެންނަމުންދަނީ ކޮންމެސް ފިކުރެއްގާ ވާފަދަ އިޝާރާތެކެވެ. އެނދު ކައިރިޔަށް ޖެހިލަމުން ސަމީރު އޭނާގެ މަންމައަށް މަޑުމަޑުން ގޮވާލިއެވެ. “މަންމާ. އަހަރެން މިތާ އިނަސް އެންމެ ރަނގަޅުތަ؟” ސަމީރު ޚަދީޖާގެ ކިބައިިން ހުއްދައަށް އެދުނެވެ. އެޔާއެކު ޚަދީޖާ މަޑުމަޑުން ބޯ ޖަހާލިއެވެ. އިތުރު ވާހަކައެއް ދައްކަން ބޭނުން ނުވުމުން ޚަދީޖާ އަނެއްކާވެސް މާޒީގެ ތެރެއަށް ފީނަން ފެށިއެވެ. މަސްދުވަސް ވަންދެން ކަނޑުމަތީ އުޅުމަށްފަހު ސަމީރު […]