Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

އިމްތިޙާން 21

Shaleen Level 1010 Stories100 Comments100 Login500 Login100 Stories500 Comments
August 12, 2020 3 Mins Read
34 Comments

“މާލިކް ނެތް މިގެޔަކު” މަސް ބޯކިބަލެއް ތައްޔާރު ކުރުމުގެ މަސައްކަތުގައި އުޅުނު ހަދީޖާގެ އަޑުގައިވަނީ ރުޅިވެރިކަމެވެ.

“މިހާއިރު ވާއިރު ސަމީރަށް ނޭނގޭ ދަރި ވާތަން. ޕިސް ޕިސް… ތިވަރުވީމަ ބޮޑުވަރު.” ހަދީޖާއާ އެއްކޮޅަށް އަރަމުން ހަމީދުވެސް އެއްބައިވެލިއެވެ.

“އެކަމަކު ޔުސްރާބުނި މިގެޔަށޭ މާލިކްގެނައީ! ހަމީދުބެވެސް އަހަރެން އައިމަ ދެންމެ އެހެން ބުނި.. ދެންކީއްވެ މިގޭ މީހުންނަށް އެސޮރުވީތަން ނޭނގެނީ މަންމާ؟” ސަމީރުގެ އަޑުގައިވަނީ ހާސްކަމެވެ. އެހެންނަމަވެސް މަންމައަށް ކުރަންޖެހޭ އަޙްތިރާމެއްގެ ބޮޑުކަމުން ސަމީރު ހަދީޖާއާ ވާހަކަ ދައްކަމުން ދިޔައީ ނުހަނު ރީތިކޮށެވެ.

“ބަލަ މަ ނުބުނަންތަ މަށަށްދެން ސަމީރުގެ ދަރިން ނުބެލޭނެޔޭ. ކަތީބެއްނޫނޭ އެހެންބުނީ. އެއީ އަހަރެން ބުނި އެއްޗެއް. ކަތީބުގެ އަޑުން ސަމީރަށް އިއްވާލަދިނީ. މަށަށް ބެލޭނީ ހަމީދުއަށާ މަށަށް ލިބިފަ ތިބި އަންހެން ދެދަރިން. ކަލޭގެ ދަރިން ރަނގަޅަށް ނުބެލެންޏާ ދަރިންނަށް ދޮންމަންމައެއް ހޯދަދީ. ސަމީރު ތިހެން މީހަކާ ނީންދެ އަންހެނެއްގެ ހުރިހާ މަސައްކަތެއް ކުރަމުން ރަށުތެރޭ އެނބުރޭތީ މީހުން ކިޔާއެއްޗެހިން މަވަރަށް ލަދުގަނޭ.” ހިތްހަމަ ނުޖެހިފައިހުރި ހަދީޖާ ފަހަރަކު ގޮތަކަށް އަޑު ނެރެމުން ސަމީރާ ދިމާލަށް އަތް އުކަމުން ދިޔައެވެ.

ތާނިޔާއައިސް ގެޔަށް ވަނުމާއެކު މަންމަގެ ބަލި ކުކުރުމިގެ އަޑު ކެނޑި ނޭޅި އިވެންފެށިއެވެ. އެއަޑަކީ ރަޙުމެއްހުރި މީހަކަށް ހިތާމަވެރިއަޑެއް ނަމަވެސް ތާނިޔާއަށް އެއަޑުގެ ސަބަބުން އުނދަގޫވެއެވެ. ފޫހިވެއެވެ. އެހެންކަމުން އެދިމާލަށް ބަލައިވެސް ނުލާ މަންމަގެ ކޮޓަރި ހުރަސް ކުރަމުން ތާނިޔާ ހިނގައިގަތެވެ.

“ދަރިފު… ތާނި..ޔާ!” ތާނިޔާގެ ކަންފަތަށް އެއަޑު ވާސިލްވިޔަސް އިވޭކަމަށް ހަދާވެސް ނުލާ ކުރިމަތީ ހުރި ތާނިޔާގެ ކޮޓަރިއަށް ވަނެވެ.

“ދޮންތާ! މަގޭ ކޮޓަރީގަ ކީއްތަ ތިކުރަނީ؟ ބަލާބަލަ ޝާމް އެހާވަނީ މަގޭ ފައިވާން ފޮށިގަނޑު.. އޭނަ ނެރޭ މިތަނުން.” ތާނިޔާ ހިތްހަމަ ނުޖެހުނީ ތާނިޔާގެ ކޮޓަރިޔަށް ވަދެ ތަންތަން ހާވާތީއެވެ.

“ތާނިޔާ ދުވަސްކޮޅަކަށް މިތަނުން ނުކުންނަން ވީނު! ދެތިން ދުވަހަށް މީހަކު ގެންނަންވެގެން މިއުޅެނީ މިކޮޓަރިއަށް. މަންމަގޭން ކުއްޔަށްދޭ ކޮޓަރިތައް ފުރިފަހުރީ. އެމީހާ ބުނި ކޮންމެ އަގަކަށްވެސް އެންމެ ރަނގަޅޭ. ކާންދޭކަށްވެސް ނުޖެހޭ. މާރަނގަޅެއްނު.” ލަހުމާ ފަރުވާ ކުޑަގޮތަކަށް ބުނެލިއެވެ.

“ޕިސް… ނޫން. އަހަންނެއް ނުނިކުންނާނަން. އަހަންނަށް ދެން ކިހާ އުނދަގޫވާނެތަ؟.. މަންމަ ނެރޭ އެކޮޓަރިން.” ތާނިޔާގެ ކޮޅު ގަދަކޮށްލަމުން ލަހުމާއަށް މޮޅު ޚިޔާލެއް ހުށައެޅިއެވެ.

“ދެން ކޮންތާކަށް މަންމަ ލަނީ.؟ މަށަށް ވަރަށް އުނދަގޫވާނެ މަގޭ ކޮޓަރީގަ މަންމަ ބާއްވައިގެން އުޅެން. އަޑު ލައްވާވަރުން.. އާދޭސް ކުރާވަރުން… ރޭގަނޑު ހަމައަށް ނުވެސްނިދޭނެ.” ލަހުމާވެސް ފޫހިގޮތެއް ހަދާލަމުން ތާނިޔާއާ އެއްބައިވެލިއެވެ.

“ކޮޓަރީގަ ނުބާއްވަންޏާ ބޭރު ގޭތެރޭ މޭޒުމަތީ ބާއްވަންވީނު.” ތާނިޔާގެ ދޯދިޔާ ވިސްނުމަށް ގޮތްނިންމަމުން ލަހުމާ އެގޮތަށް އެއްބަސްވިއެވެ.

ތުގާ ނިންދެވުމަށްފަހު ސީމާ ގޮސް ސޯފާގައި އިށީންދެ ހަމަޖެހިލިއެވެެ. އޭރު ފާއިދު އިނީ މުށިތައް މަތީ ފޮތެއް ހިފައިން ކުރަހާށެވެ. ކައިރީގައި ތަފާތު އެކިވަރުގެ އެކި ކުލަތައް އެއްވެސް ތަރުތީބެއް ނެތިފައިވާތީ ފެނެއެވެ. އެއީ ސީމާ ފާއިދުއަށް ގަނެދީފައިވާ ފާއިދުގެ މުނިފޫހި ފިލުވުމުގެ ބައިވެރިޔާއެވެ. ކޮންމެ ފަހަރަކު ނޫނަސް ބައެއް ފަހަރު ފާއިދު ކުދިކުދި މަންޒަރުތައް ކުރަހާލާ ހަދައެވެ. ފާއިދު ކުރަހާލާ ހަމަ ކޮންމެ ކުރެހުމަކުން އެތައް ވާހަކައެއް ބުނެދެއެވެ.

“ދަރިފުޅާ ފާއިދު!.. ކުރަހާފަ ތިއިނީ ކޯއްޗެއް؟” އެއްޗެއް ހޯދާފަދަ ގޮތަކަށް އެކި ދިމަދިމާލަށް ބޮލުން އިޝާރާތް ކޮށްލަމުން ސީމާ އެ ތަޞްވީރަށް ބަލަންފެށިއެވެ. އަދި އެ ތަޞްވީރުފެނި ސީމާގެ ހައިރާންކަން އިތުރުވެ ނިތްކުރިއަށް ދެތިން ރޫއަރުވާލަމުން ފާއިދަށް ބަލާލިއެވެ.

“ދެއަތް އެއްކޮށްލާފަ އެއޮތީ ބަނދެފަ ފޮތިގަނޑަކުން” އެތަޞްވީރަށް ބަލަން އިނދެ ފާއިދު ބުނެލިއެވެ.

“ދަރިފުޅާ!.. އެކަމަކު… ފާއިދަށް ކޮންއިރަކު ތިކަހަލަ އެއްޗެއް ފެނުނީ؟” ސުވާލުގެ ނަޒަރަކުން ބަލައިލަމުން ސީމާ ފާއިދު ކައިރި އަހާލިއެވެ.

“ދައްތާ!.. ދައްތަ ކިޔާދޭ ވާހަކަ ތަކުގަވެސް.. އަބަދުވެސް ދައްތަ ކިޔާނީ ގޯސް ކުއްޖެއް ފަހުން ބަސްއަހާ ވާހަކަ. ގޯސް ކުދިންނަށް ބައެއް ބައެއް ފަހަރު މަންމަމެން އެހެން ހަދާނެ… އެކަމަކު ގޯސް މީހުންނަށް އަބަދުވެސް ރަނގަޅު ވެގެންނޭ އަނެއް ކުދިން އުޅެންވާނީ ދައްތަ ބުނީމެއްނު ދޯ؟.. ފާއިދު މިހެން މިކުރެހީ ހަމަ.. އަސްލު ފާއިދު ބޭނުން ނުވޭ އެއްވެސް ކުއްޖަކަށް އެހެންވާން.. އޭރުން އަތަށް ވަރަށް ތަދުވާނެ… ދެން ދެރަވެގެން ހަމަ ރޮވޭނީ ރޮވޭނީ.. ފާއިދު ބޭނުމީ ގޯސް މީހުންނަށްވެސް ރަނގަޅުވެގެން އުޅެން… ދައްތަ އުޅޭހެން..” ފާއިދު ސީމާގެ ކަކުލުގާ ބޯއަޅާލައިން އޮވެ ބުނެލިއެވެ.

“ދައްތައާ މޫސަބެ ރަނގަޅަށް އުޅޭތީ ފާއިދަށްވެސް ރީތިކޮށް އުޅެން ދަސްވަނީ.. ރީތިކޮށް ވާހަކަ ދައްކަންވެސް.. ބަސްއަހަންވެސް” އިސް އުފުލާލަމުން ފާއިދު ސީމާއަށް ބަލައިލިއެވެ.

“މަންމާ!.. އަހަރެން ކައިރި މަހޫ ހުއްޓަ… ތިގޮތަށް އަހަންނާ ވާހަކަ ނުދައްކަބަލަ. އަހަރެން ވަރަށް ދެރަވޭ.” ސަމީރުގެ ހިތާމަވެރި އަޑު މަޑުމަޑުން ބޭރުކޮށްލިއެވެ.

“ދެން ކިހިނެއް ވާހަކަ ދައްކަންވީ؟ މީގެ ކުރިން އަހަރެން އުޅެފީމެއްނު ސަމީރާ ރީތިކޮށް ވާހަކަ ދައްކަން. ހަނދާން ވެއްޖެދޯ އެދުވަސްތައް؟ އެކަމަކު އޭރު އަހަންނަކަށް އެފުރުޞަތެއް ނުދިން. ދެން މިއަދު ދެތިން ކުދިން ލިބުނީމަ ކީއްކުރަން ބަހައްޓާ ގާތްކަމެއް. އަހަންނަކަށް ނޭނގެ ރީތިކޮށް ވާހަކަ ދައްކާނެގޮތެއް!” ހަދީޖާ ހިނދުކޮޅަކަށް ހުއްޓާލިއެވެ. އޭރުވެސް ހަދީޖާގެ މޫނުމަތިން ރުޅިވެރިކަމުގެ ރަތް އަސަރު ފާޅުވާން ހުއްޓެވެ.

ސަމީރުގެ ލޮލުގެ ތެރޭގައި އުފެދެމުންއައި ފެންތިކީގެ މަޑުމަޑު ބައިނީތައް ކުޑަ ހިނދުކޮޅެއްގެ ތެރޭގައި ކަރުނައިގެ ގޮތުގައި އޮހޮރެމުން ދާންފެށިއިރު ސަމީރު ވާހަކަ ދައްކަން އަނގަ ހުޅުވާލިއެވެ.

“މަންމާ! ހެޔޮނުވާނެ… ތިދައްކާ ވާހަކަ އަހަންނަށް އެބަ އެނގޭ. އެކަމަކު މިހާރު އެކަން ނިމިއްޖެ… އަހަރެން ކުށެއް ނުކުރަމެއްނު.. އަހަރެން ކުރީ އަހަންނަށް ހައްޤުކަމެއް… މަންމާ! މިއަދު އަހަރެންގައިގަ ފިރުމާދޭންވީ ތިއަތުންނޭ.. މިއަދު އަހަންނާ އަހަރެންގެ ކުޑަކުޑަ ދަރިންނަށް މަންމަގެ ހިމާޔަތް ބޭނުންވޭ… މަންމާ! އަހަންނާހެދި ލަދުގަތުމުގެ ބަދަލުގަ… އަހަންނަށްޓަކާ.. އަހަރެންގެ ބިކަ ހާލަށްޓަކާ ހިތާމައިގެ އެންމެ ކަރުނަތިއްކެއް ވައްޓާލަދީބަލަ.. އެންމެ ކަރުނަތިއްކެއް މަންމާ! އޭރުން އަހަރެން އެ ކަރުނަތިކި މުޅި އުމުރަށްވެސް ފޮރުވާނަން…” ސަމީރު ގިސްލާފައި ރޯންފެށިއެވެ.

ސަމީރަކީވެސް އެހެން މީހުންފަދަ އިންސާނެކެވެ. ބައެއް ފިރެހެނުންނަކީ ހިތްވަރުގަދަ ބައެކެވެ. އެހެންނަމަވެސް މިއަދާއި މިހާރު ސަމީރު ތަފާތެވެ. ހިތްވަރު ކުރަން މަސައްކަތް ކުރިޔަސް މިހާރު ގިނަފަހަރަށް ސަމީރުގެ ހިތްވަރު އެލެއެވެ. އާނއެކެވެ. ކަރުނަޔާ ހަނގުރާމަ ކުރާނެ ބާރު މިހާރު ސަމީރުގެ ލޮލަކު ނުވެއެވެ. ގިސްލަ ގިސްލާފައި ސަމީރު ރުއިއިރު މަހޫ ހުރީ އޭނަގެ ބައްޕަ ފައިގައި އޮޅުލައިގަނެގެންނެވެ. މަހޫގެ މޫނުވަނީ އެއްވަރަކަށްވެސް ނުފެންނަ ވަރަށް ފޮރުވާލާފައެވެ.
އަނެއްކާވެސް ސަމީރު ވާހަކަ ދައްކަން ފެށިއެވެ.

“މަންމާ! މަންމަ އެދުހު އަހަންނަށް ކުރީ ބަދު ދުޢާ.. އެކަމުގެ ސަބަބުން ކަންނޭނގެ އަހަންނަށް މިއުޅެނީ އަދިވެސް ހަމަޖެހިލައިން… ހަމަޖެހިލައިން ދިރިއުޅޭނެ ގޮތެއް ނުފެނިގެން.
ބަލާބަލަ ނިކަށް އަހަންނަށް ޖެހިފަ ހުރި ހާލު… އަހަރެން ހިތަށްއަރާ އަހަރެން ކުޑައިރު ބައްޕަ މަރުނުވިނަމައޭ…އެކަމަކު ކީއްކުރާނީ؟ ތީ މަންމައޭ.. ވިސްނާ ލީންތަ؟.” ސަމީރުގެ ޝަކުވާތައް ބޭރުކުރުމަށްފަހު މަހޫ އުރާލާ ދެލޯ ފޮހެލަމުން ބޭރަށް ނުކުންނަން ހިނގައިގަތެވެ.

– ނުނިމެ –

——————-*******—————–
އަޅުގަނޑު އުންމީދުކުރިފަދައިން ބައެއް ކިޔުންތެރިން ވަނީ މިދިޔަ ޕާރޓްގަ ކޮއްލި ސުވާލަށް ވަރަށް ފުރިހަމައަށް ޖަވާބު ދީފަ.. އެޔާއެކު +100 ކޮމެންޓް ހަމަވެފައިވާތީ، އެކަމަށްޓަކާ އެކުދިންނަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން. ?? އަދި ކޮމެންޓް ނުކުރި ކަމުގާވިޔަސް އަޅުގަނޑުގެ ވާހަކަ ޤަވައިދުން ކިޔަމުންދާ ހުރިހާ ކުދިންނަށްވެސް ވަރަށް ބޮޑަށް ޝުކުރިއްޔާ. ?
އުންމީދު ކުރަނީ މި ބައިވެސް ތިޔަ ކިޔުންތެރިންނަށް ކަމުދިޔަކަމަށް. ?

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Shaleen

Level 1010 Stories100 Comments100 Login500 Login100 Stories500 Comments

Other Articles

Previous

ފިޔަފަތް 16

Next

ވަމޭ ތިލޯބި އެދިއެދި ( ހަވަނަ ބައި )

Next
August 12, 2020

ވަމޭ ތިލޯބި އެދިއެދި ( ހަވަނަ ބައި )

Previews
August 12, 2020

ފިޔަފަތް 16

34 Comments!

  1. Halle says:
    August 12, 2020 at 8:39 pm

    Maashaa allaah.. vvv reethi.sameeru mamma
    ah visneyne baaey hithah araa..v ibraih theri jumlathakeh.adhi ehaame asarugadha..keep it up dear.. mifahar furathama comment collan libunymaves v ufaavehje..tvgc.lysm

    1. Shaleen says:
      August 12, 2020 at 8:44 pm

      Hi Halle
      Yes U got first dho ?
      Anyways thank you for the wonderful commrnt frm you.
      Alhamdhu lillah
      Let’s c sameeru ge mamma ah ves visneytho

  2. Quin me says:
    August 13, 2020 at 5:34 pm

    hi shaleen
    Last part ah 100+ comment libuneema v ufaavi ingey.
    Congra
    Dhen alhe thaaniyaamen haadha goaheydho.
    Faaidh alhe ekujjaa ge experience kannenge dho e kurehee

  3. komasthey says:
    August 13, 2020 at 5:37 pm

    shaleen
    Mivaahaka mihaaru kuriyah midhaa goi v interesting ingey.
    Faaidh and thaaniyaamenge baives.
    Hama v rangalhu vaahaka thakah story based koffa thi innany
    Thanks for the story

  4. koimala says:
    August 13, 2020 at 5:40 pm

    hey shaleen
    V dhuvas vehje dhw cmnt eh nukureveythaa
    Koimalaa v balikoh ulhuneema veegoi
    Adhi miadhu hurihaa parts ekkoh mi kiyaalevunee.
    Kiyaalevun hurihaa parts ah vakin comment nukurevunas hama v v v v v reethi mi vaahaka
    V shauguveri vaagothakah mihaaru midhanee mibaithah

  5. No.1 fan says:
    August 13, 2020 at 7:21 pm

    Alhey vrh asarugadha mi part. Masha Allah. Hama rovey varu vefa inee kiyaa nimun iru. Alhe Sameeru mamma nuvaane ehnu ehn hadhaakah. Dhn e ulhey thaaniyaa men vx dhw. Mamma kameh emeehun visnaa nulaa eii. Dhn faaidh vrh sweet kan ingijje mi part in vx. Kobaa my Malik? E soruge habareh nuvaathee mihaaru hithah araa eba alhe konthaaku baaey e kujjaafulhu vaanee. Hoping for good. Waiting curiously for next part.

    1. Shaleen says:
      August 13, 2020 at 8:37 pm

      hi No.1 fan
      Furathamaves v bodu shukurei rahdhu mikollee ingey. Roveyvaru vefaey buneema hithah eri commentakun ves kihineihhey tissu eh rahdhu kuraany.???? Ehen nama No.1 fan ah ekan ves kolladheyn shaleen huree dear ?
      Sameeru mamma hmm ???
      Thaaniyaamen ves ??? ?
      yes faaidh hama loabi kujjekey dho. ❤️
      And you ge malik dho
      Esoru veethan nxt part ga ❓
      Lets wait.?

  6. Shaleen says:
    August 13, 2020 at 8:41 pm

    Hi Quin me
    Sorry comment pendinga innaathaa v iru vehje. Ekam shaleen miadhu phn aa thankolheh dhuruvelan jehunee dhimaavi sababakaahedhi.
    Ehnve reply nukurevifa iny
    Ekamves v ufaa vejje cmnt libifa ineema.
    Yes thaaniyaamenge bad character dho
    And hingaa balamaa faaidh ehn kurehi sababu. Hehe.
    Thanks ???

  7. Shaleen says:
    August 13, 2020 at 8:44 pm

    Hi komasthey!
    Shaleen mivaahaka bodah base koffa innanee mujthamauga hingaa v muhimmu baeh kankamah.
    Ehnveema shaleenves ummydhu kuranee komasthey fadhain when kudhinves mi vaahaka ah hama shauguveri vaane kamah
    Thanks for the lovely comment from you ???
    Tgc

  8. Shaleen says:
    August 13, 2020 at 8:48 pm

    Koimalaa!
    Mihaa dhuvas koffa comment libun iruves pending ga dho
    Ekamves shaleen v ufaavejje balin rangalhuvegenves shaleen ah comment kollaafa inyma
    Ekam v sry shaleen ah lahun rply dhevuneethee.
    Shaleenves kudakoh baliveema veegoi
    Ehn namaves comment kollaafa ineema ufaakuran.
    Dhen v ufaavejje hurihaa parts kiyaalaa nimun iru shauguveri vaafadha parts thakei koimalaa ah kiyaalevuneema
    Okay thanks dear.
    Next part ga anekkaa comment akah inthizaaru kuraanan
    Lym?❤️

  9. Kasshaf says:
    August 14, 2020 at 2:34 pm

    Rulhi aadhey mihira ulhey thaaniyaa men dheke.mamma ah rangalhah kan kuran ves neynge emeehunah. Anekkaa sameeru ge mamma vx dhw. E emmenah heyo visnun dhevvaashi?. Waiting for next part. Keep up your great work???

    1. Shaleen says:
      August 14, 2020 at 2:57 pm

      Hi kasshaf
      Kykkuraany thaaniyaamennah visneytho shaleenves mi masakkai kurany.
      Sameeru mom ah ves visneynee kon irakun baaey dho..
      Ekamves thihaa swyt kasshaf eh rulhi naannahche. Eyrun shaleen v dheravaane ?
      Thee shaleen ah komme part akah comment kuraa nice kujjei ?

  10. That gurrll says:
    August 14, 2020 at 3:01 pm

    Hey you shaleen
    Firstly hama bunelaany vrh vrh vrh curiouskoh wait kurevey vaahakaekey Mee.
    Mi site ga huri vaahaka thakun v vey mivaahaka gavaidhun kiyaalaahih.
    Thanks a lot

    1. Shaleen says:
      August 14, 2020 at 10:59 pm

      Hi. thanks ingey v bodah.
      Haadha dhuvahei koffaey commenteh mi libunee.
      Vaahaka gavaidhun kiyaalaathee hama v ufaavey v bodah shukuriyyaa??

  11. Dhisha says:
    August 14, 2020 at 6:55 pm

    Oh woww. This part was so touching and fully emotional. Felt so sad while reading this. Still having many questions in my mind & hoping to get the answers soon?. Waiting for next curiously. Good luck dear

    1. Shaleen says:
      August 14, 2020 at 9:13 pm

      Thanks Dhisha
      Asluves tha?
      Okay then wait for the answers dear ☺️?

  12. Real Me says:
    August 14, 2020 at 7:07 pm

    Masha allah mi part ves hama vrh reethi as usual. Mi part ga emmenves mi ulhuny vrh hithaamaveri gothakah dhw. Lahumaa and thaaniyaa nubai reyvungan’deh hadhaafa ban’du alhaa vihey maimeehaa viyya e ulheny kotarin nerelan. Nuvithaakah emeehunge amilla kotareegaves nubeyhvi?‍♀️. Sameer ge mammaves sameer aa dheytherey emme varakahves visnaeh nulaa. Faaidh ah faaidhge mamma hedhi gotheh kannenge faaidh e kuruhy dhw. Anyways kobaatha mihaaru e fahudhu? Afeefa aa birun filee dhw?. Waiting for the next. Stay quarantined.

    1. Shaleen says:
      August 14, 2020 at 11:06 pm

      Real Me. ???
      Thanks varah bodah comment libuneema mifaharuves.
      Yes. Mi part hama v ves emotional dho.
      Dhen aslu shaleen mi masakkai kuranee mujthamau ah gulhun hurivaahakathah deliver kolladheveytho.
      Fahudhu hoadhamaa hingaa Real Me.?
      Real Me ahtakaa next part ah fahudhu gennan vee dho ?
      Thanks ingey ?❤️

  13. Kasshaf says:
    August 14, 2020 at 8:47 pm

    Haha okay my dear Shaleen?. kasshaf rulhi eh naannaanan dhn. Bt emeehun dheke rulhi aadhevunee ey?. Shaleen dheke naadhe rulhi eh ingey. Lysm sissy❤❤❤

    1. Shaleen says:
      August 14, 2020 at 9:11 pm

      Haha thanks dear
      I knw pretty well?????

  14. Naaidh says:
    August 14, 2020 at 11:18 pm

    Varah varah varwh reethi part eh. Shaleen ah hama assaribahun saabas thi kuraa hiyyvarah. Kiyuntheringe hiyy thakaa kulhelan molhu liyuntherieh ingey thee ???. Keep it up. Waiting for next part

    1. Shaleen says:
      August 15, 2020 at 12:04 am

      Hehe thanks Naaidh bro?
      V ufaavejje effaharaa ethah baivaru hithakaa kulhelevun kan inguneema ?
      Dhen othee Naaidh ah shukuru dhennevun bro thibuni hih ufaavaa baskolhahtakaa?

  15. Idhy says:
    August 15, 2020 at 9:08 am

    Shaleen ummeedhu kuri fadhain mi part ves kamugossi varah?. Alhe Sameeru ge bas thakun Idhy ah ves asaru koffi ey. Ekam Sameeru mamma hama ecchekey hithah ves neyri dhw. Keekkuraanee. Mihaaruge meehun ulhey goiyy. Masha allah awesome mi part ves. Waiting for next.

    1. Shaleen says:
      August 15, 2020 at 12:56 pm

      dear Idhy
      Yes hama truth. Komme zamaaneiggaves kankan hingaafa hunna goi mee dho
      Ehnveema shaleenves mikahala kankamah highlight kollaafa mi hunnany.
      Hingaa balamaa anekkaaves stry dhaagoi

  16. Shaleen says:
    August 15, 2020 at 12:57 pm

    dear Idhy
    Yes hama truth. Komme zamaaneiggaves kankan hingaafa hunna goi mee dho
    Ehnveema shaleenves mikahala kankamah highlight kollaafa mi hunnany.
    Hingaa balamaa anekkaaves stry dhaagoi

  17. Maree says:
    August 15, 2020 at 7:32 pm

    Varah iburaoyytheri story eh mee. Readers ah rangalhu lesson eh libey kahala vahaka eh. Barah reethi mi part ves. When next?

    1. Shaleen says:
      August 16, 2020 at 12:43 am

      thanks maree.
      V ufaavejje
      Shaleen ves beynunvany rangalhu moral eh dheyn.
      And vaahakaige komme partehves hama budha dhuvahuge kommes vagutheigga in sha allah.
      Inthizaaru kollahvvaa

  18. Saaraa says:
    August 15, 2020 at 7:33 pm

    Nice masha allah??????❤?

    1. Shaleen says:
      August 16, 2020 at 12:44 am

      thanks Saaraa
      V ufaavejje ?

  19. Ikko says:
    August 15, 2020 at 7:35 pm

    Wowwwwww. Sooooo emotional. Sameeru ge words hama fab.Konthaakah alhe maalik laigen e ulhenii. E soru vee haaleh ves neynge.soooo curious for next part. Love you sissyyyyy

    1. Shaleen says:
      August 16, 2020 at 12:47 am

      Shukuriyya lkko
      ? Sameeru v dheravefa dho
      And hingaabala hoadhan konthaakutho maalik vee balan.
      Hehe?
      Adhi fennaane DNT wry
      Bt thanks dear ❤️❤️❤️??

  20. Lil sis says:
    August 17, 2020 at 12:48 pm

    Heyyyy Shaleen! Wow this part was GREAT! Sorry for the late comment. Asarugadha dialouges beynun kohfa hureema vrh reethi. 100+ comment libuneema congra. Sameer ah adhi iraadha kurehviyya sameerge mammage lowbi libeyne. Thaaniyaa ah thaaniyaage mamma govee keehkuranbaa?. I hope she’s alright. Wishing a very gud life for faaidh.
    Have a nice day. Stay safe. And gud luck for next.
    Lots of love,
    Lil sis ♥️

    1. Shaleen says:
      August 17, 2020 at 6:40 pm

      hi Lil sis
      V inthizaaru koffeemey dear ge comment akah.
      finally miothee libifa ennu.
      And thanks ingey varah bodah
      Thi dhevvaa support ah.
      ya hingaa balamaa sameeru ge mammage vaahaka ves adhi.
      Thaaniyaa adu neyheema kihinei ingenee e govee kykkuran kanves.
      Yes plz
      Thanks again ??

  21. Real Me says:
    August 18, 2020 at 9:38 pm

    Hehe.. Aslu fahudhu naannathaa 2 varakah part v ma ahaaly. And that’s so sweet of you. Fahudhu mi foruvaa secret balan vejje ehnu. Fahudhu aima dhw in’geynyves ehenve.

Comments are closed.

Next Episodeއިމްތިޙާން 22←


All Right Reserved!