Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

އިމްތިޙާން 27

Shaleen Level 1010 Stories100 Comments100 Login500 Login100 Stories500 Comments
September 20, 2020 3 Mins Read
36 Comments

“ވަރަށް ބޮޑަށް ޝުކުރިއްޔާ.. އެކަމު އަހަރެން މިއައީ ފެން ބޮވައިގަނެގެން ނޫން.. އަހަރެން ފެން ބޮވައޭ ބުނީމަ އަޑު އިވުންތޯ ބަލައިލަން.. އެހެންވީމަ ކޮންމެ ހާލެއްގަ އޮންނަ މީހަކު ފެނަށް ބުނެލިޔަސް އަޑުއިވެންވާނެތާ ކަންފަތް ހޭލާ ހުންނަނަމަ.. ދޯ؟؟” ތާނިޔާއާ ދިމާލަށް ނިތްއަރުވާލަމުން ލަތީފް މޮޅު ވާހަކައެއް ބުނެލިއެވެ.

ޚާއްސަކޮށް ލަތީފް އެބަސްތައް ބުނެލީ ތާނިޔާއަށް ނިސްބަތްކޮށެވެ. ތާނިޔާ ހޭލާ އުޅުންކަން ލަތީފަށް އެނގެއެވެ.
ތާނިޔާގެ ކޮޓަރީގައި އިން ފޯނުން ކޮންމެސް މީހަކާ ވާހަކަ ދައްކާ ހީސަމާސާ ކުރިއަޑު ލަތީފަށްވަނީ އިވިފައެވެ.

“ކިހާދެރަކަމެއް.. މިހާރު އިނގިއްޖެ ދޯ ކަލޭ ފެން ބޮވައޭ ބުނިއަޑު އަހަރުމެނަށް އިވުނުކަން.. ތިކަން ބާއްވާފަ ދޮންތަ އެބުނި އެއްޗަކަށް ކީއްވެތަ ސީދާ ޖަވާބެއް ނުދެވުނީ..” ތާނިޔާ ހިތްހަމަ ނުޖެހުނީ ލަތީފް އެކަމަށް ވަކިއެއްޗެއް ނުބުނީމައެވެ.

“ދޭ.. އަހަރެންގެ ނެތް މައްސަލައެއް. އެކަމު ތިހާ ގިނައިރަށް ދާއިރު އެތާ އެޔޮއް ކަލޭމެންގެ ދުރުތާ ތިމާގެމީހާއަށް ކިހިނެއް ހަދާނީ.؟” ލަތީފް އެހެންބުނީ ލަހުމާއަށް ބަލައިލަމުންނެވެ. ލަހުމާ ހީވީ ވަގުތުން ވިރުނުހެންނެވެ. ލަތީފް އެބުނަނީ ރަޝީދާގެ ވާހަކަކަން ލަހުމާއަށް އެނގެން ސުކުންތު ކޮޅެއްވެސް ނުނަގައެވެ.

“އެކަމާ ނުޖެހޭނެ ލަތީފް އުޅޭކަށް.. އަހަރުމެން މިދަނީ އޭނަ ކާނެ އެއްޗެސް އޭނަ ކައިރީ ބަހައްޓާފަ. ދެން ފާޚާނާކޮށް ފެންވެރުމަށް ވަކިގޮތެއް ހަދާކަށް ނުޖެހޭނެ. އަހަރުމެން ދާނީ ނެޕީވެސް ޖަހުވާފަ.. އިއްޔެގެ ކުރީދުހު އެއޮތީ ވަރަށް ރީއްޗަށް ފެންވެސް ވަރުވާފަ.. އެހެންވީމަ ލަތީފް ޖެހޭނީ ގޭގަ އުޅެންޏާ ހަމައެކަނި އޭނައަށް ބަލާލަން. އެނިމުނީ..”

ލަހުމާގެ ވާހަކައަށް އެއްބަސްވަމުން ލަތީފް އެގެއިން ނުކުތީ ލަހުމާމެން ފުރަންވާއިރަށް ގެއަށް އަންނަން އެއްބަސް ވެފައެވެ.

ގޭތެރެ ސާފުކުރުމުގެ މަސައްކަތުގައި ސަމީރު އަވަދިނެތި އުޅެމުންދިޔައެވެ. ކޮޓަރީގެ ފަންކާ ސާފުކުރުމުގެ މަސައްކަތުގައެވެ. ސަމީރުގެ ބޭނުމަކީ މަހަށް ފުރުމުގެ ކުރިން ގޭތެރޭގެ ބައެއް ކަންކަން ކޮށްލާ ނިންމުމެވެ. އަފީފާއަށް އެހީތެރިވުމުގެ ގޮތުން ސަމީރު އަބަދުވެސް ގޭގެ ގިނަ މަސައްކަތްތަކުގައި ބައިވެރިވެއެވެ. އެއީ ސަމީރުގެ އާދައެވެ.

މިގޮތަށް ހަމަ ކޮންމެ ކަމެއްގައިވެސް ވީވަރަކުން ސަމީރު ގެންދަނީ އެހީތެރި ވަނުންނެވެ. ސަމީރުގެ މިފަދަ ކޮންމެ ހަރަކާތަކާ އެހީތެރި ކަމަކަށް އަފީފާގެ ފަރާތުން ލިބޭ ތަޢުރީފުގެ ބަސްތައް ހުއްޓުމެއް ނެތި އަބަދުވެސް އިވެމުންދެއެވެ. އެއީ ސަމީރުގެ އުފާވެރިކަމެވެ. އަތންބެއްގެ ފަރާތުން އިތުރަށް ލިބެމުންދާ ހިތްހަމަ ޖެހުމެކެވެ. މަސައްކަތަށް ލިބޭ އިތުރު ހިތްވަރެކެވެ.

“ބައްޕަ ކީއްކުރަން މިހާރުވެސް ކޮޓަރި ސާފު ކުރަނީ؟ އެހެރީނު ދޮންމާ.” ކޮޓަރިއަށް ވަދެގެން އައި މާލިކް އިރުކޮޅަކު ސަމީރަށް ބަލަން ހުރުމަށްފަހު އަހާލިއެވެ.

“މާލިކް ދަރިފުޅާ.. އެއްކުއްޖެއް އަނެއްކުއްޖަކަށް އެހީވާންވާނެ. ބައްޕަ މިހެން ސާފު ކުރިޔަސް އަފީފާ ދައްތަ އެއުޅެނީ ދަރިފުޅުމެނަށް މީރު އެއްޗެސް ކައްކަދޭން. އަފީފާ ދައްތައަށް ހުރިހާ ކަމެއް ނުވާނެއްނު.. ދެން ބުނެބަލަ ކާކު ދަސްކޮށްދިނީ ދޮންމާ ކިޔަން؟ އެއީ އަފީފާ ދައްތަ… އެހެން ކިޔަންވާނީ ދަރިފުޅުމެން.”

ކުޑަކުޑަ މާލިކް އަފީފާއަށް މާތަނަވަސް ލަޤަބެއް ދިނުމުން ސަމީރު ހުރީ ނުހަނު ހައިރާން ވެފައެވެ. އެއާ އެއްވަރަށް ހިތްހަމަވެސް ނުޖެހިފައެވެ. ކުޑަ ވަގުތު ކޮޅަކަށް ސަމީރުގެ ވިސްނުން އެކިދިމަދިމާލަށް ދުވަން ފެށިއެވެ.

“ޔުސްރާއްތަ ގޭމީހުން މާލިކް ކައިރި ބުނީމަ އެނގުނީ. މާލިކަށް އިނގެޔޭ އެއީ އަފީފާ ދައްތަކަން. އެކަމު އެމީހުން ބުނީ ދޮންމާ ކިޔަސް މާރީތި ވާނެޔޭ.” މާލިކް ވާހަކައެއް ބުނެލިއެވެ. އެބުނި ވާހަކަ ސަމީރަށްވީ ހިތްހަމަ ނުޖެހޭ ބަދަލަކަށެވެ. ހަމައެގޮތުން އެހާމެ އަސަރު ކުރުވާ އިބާރާތްތަކަކަށެވެ.

“ސަމީރު! ޖޫސްތަށި ބޯލަންވީނު. މާލިކް ބޭނުންތަ ޖޫސް ބޯން؟” ޖޫސް ހިފައިގެން އައަސް ސަމީރަށް ޖޫސްތަށި ދިއްކޮށްލަމުން އަފީފާ މާލިކްއާ ސުވާލު ކުރިއެވެ.

“ނުބޯނަން..” އެހެން ބުނުމަށްފަހު މާލިކް ކޮޓަރިން ނުކުތެވެ.

މެންދުރުގެ ވަގުތެވެ. ލަތީފް ބޭރުން އައިސް ގެއަށް ވައިންއިރު އޭނަގެ އަތުގާ އެތެރެ ނުފެންނަ ކޮތަޅެއް އޮތެވެ. ލަތީފް ފުރަތަމަވެސް ރަޝީދާ އޮތް ހިސާބަށް ކައިރިވެލިއެވެ.

“މި.. މިގޭ ކުދިން.. ގޮސްފި.. ރަށަކަށް..” ލަތީފް ފެނުމުން ރަޝީދާ ވާހަކަ ދައްކަން ފެށިއެވެ. ރަޝީދާގެ އަތުން އޭރުވަނީ ލަތީފްގެ އަތުގައި ހިފައްޓާފައެވެ.

“ދައްތާ.. އެކުދިން އެދިޔައީ ކީއްކުރަން؟؟ އެއްވެސް އެއްޗެއް ނޭންގޭ ކަމަށް ހަދާލަމުން ލަތީފް ސުވާލުކޮށްލިއެވެ.

“މަ..މަޖާ ކުރަން.. ކޮއްކޮ މިގޭގަ.. ހުރީމަ.. ފުރުޞަތު ލިބި.. ލިބިގެން އެދިޔައީ.” ރަޝީދާ އުނދަގޫ ގޮތަކަށް ވާހަކަ ދައްކަމުން ބުނެލިއެވެ.

“މިގޭގަ އުޅެނީ މިކުދިން އެކަނިތަ؟ ބޮޑު ފިރިހެން ދަރިއެއްވެސް ނެތީތަ؟” އަނެއްކާވެސް ލަތީފް ކޮށްލީ ސުވާލެކެވެ.

ހަޤީގަތުގައި މިނިވަންކަމާއެކު ރަޝީދާއާ ވާހަކަ ދައްކާލަން ލަތީފް ހުރީ ވަރަށް ބޭނުން ވެފައެވެ. ލިބުނު ފުރުޞަތުގައި ލަތީފް ބޭނުން ހިފާލަން ނިންމިއެވެ.

“ނެތް.. އެކަމަކު.. އަހަރެން ލަހުމާގެ ބޮ.. ބޮޑު ސޮރެއް ހުރި.. އޭނަ އެކުއްޖާ.. ނެރެ އެއްލާލީ.. ނުބަލާންވެގެން..” އަނެއްކާވެސް ކުޑަ އިރުކޮޅަކަށް ފަހު ރަޝީދާ ވާހަކަ ދެއްކިއެވެ.

“އަހަ.. އަހަރެން ކައިރި.. ލަހުމާ އެވާހަކަ ނުބުނެ.. އެސޮރު ނު..ނުފެނި ގިނަ ދު..ދުވަސް ވާތީ.. އެހީމަ ތާނި..ޔާ އެހެން ބުނީވެސް… އެއީ މަގޭ އެންމެ ލޯބި.. ލޯބިވާ މާމަ ދަރިފުޅު. އެސޮރު ވެސް އަހަރެންދެކެ ވަރަށް ލޯބިވާނެ. ވަރަށް އޯ..ގާތެރި ކުއްޖެއް އެއީ. އެސޮރު ނެތީމަ އަހަންނަށް.. އަހަންނަށް ވަރަށް.. އަސަރު ކުރޭ. އެކަމު ލަހުމާ… އަބަދު ހަޅޭއްލަވާނީ.. އަނިޔާވެސް ކު.. ކުރި.” ރަޝީދާގެ ވާހަކަ އިރުކޮޅަކަށް ހުއްޓާލިއެވެ.

“އެހެންތަ؟. ދައްތަ ބަތްކައިފިންތަ؟” ލަތީފް އަނެއްކާވެސް ރަޝީދާއާ ސުވާލު ކުރިއެވެ.

“ބަ..ބަތޭ ކިޔާ އެ..އެއްޗެއް އަހަރެން ލޮ..ލޮލުން ނުދެކޭތާ ވީދުވަސް ބު…ބުނަންވެސް ނޭނގޭ. އެއީ އަ..އަހަންނަށް ލިބޭ އެ..އެއްޗެއް ނޫން. ކާ..ހިތްވިޔަސް އެކު..ދިން ނުދެ.. މި..މިހިރަ ޕަކެޓުތައް..ކައިގެން..ބޮ.ބޮއެގެން މި އު..ޅެނީ..” އަސަރުކޮށް ފައިވާ ރަޝީދާ ހިތްވަރާއެކު ރޮމުން ގެންދިޔައެވެ.

“ހުއްޓާލާ ދައްތާ.. ހުއްޓާލާ.. އަހަންނަށް ތިހެން ހީވިޔޭ ވަރަށް ބޮޑަށްވެސް. އެހެންވެ އަހަރެން މިއައީ ވަރަށް މީރު ބަތެއް ދައްތައަށް ހިފައިން. ކާންވީނު.. ތަރުކާރީ ބަތް.. ވަރަށް މީރުވާނެ.. ތިއުމުރުގަ ވާނީ މިކަހަލައެއްޗެސް ކާން.. ފައިދާ ހުރި ރަނގަޅު ކާނާ.. މިހިރީ މޭވާވެސް. އެކަމަކު ހަވީރު މިއެއްޗެސް ކާނީ ދޯ؟” ރަޝީދާއަށް ހިތްވަރުދެމުން ލަތީފް އޯގާތެރިކަން އިސްކުރިއެވެ.

“ހިނގާ. އަހަރެންގެ އަތުން ދައްތަ މިއަދު ކާންވާނީވެސް. އަންނާނަން ސަމުސަލަކާ ފެންތައްޓެއް ހިފައިން.” ލަތީފް ބަދިގެއާދިމާލަށް މިސްރާބު ޖެހިއެވެ.

ވިލިނގިލީގެ ހިތްގައިމު ގޮނޑުދަށުގައި ލަހުމާއާ ތާނިޔާދިޔައީ ޝާމް ގޮވައިން މަޖާކުރަމުންނެވެ. ވިލިނގިލީގެ ހިތްގައިމު އެތައް މަގެއްގައި ހިނގުމަށްފަހު އެމީހުންގެ ވަގުތުތަކުގެ ބޮޑުބައި ހޭދަކުރަމުން ދިޔައީ އެ ދޮންވެލި ގޮނޑުދަށުގާ އުފަލާ މަޖާކުރުމުގައެވެ.

“ދޮންތާ! ކޮބާތަ އެއްކަލަ ފާއިދު؟ ގޭން ނެރެފަ މިހާދުވަސް ވީއިރު ދޮންތަ ނޫޅެންދޯ އެސޮރު ހޯދާކަށްވެސް؟” ޝާމްގެ މަޖާ ހަރަކާތްތަކަށް ބަލަން އިން ތާނިޔާ ފާއިދުގެ ހަނދާންވެގެން ކުއްލިއަކަށް ލަހުމާއާ ސުވާލު ކޮށްލިއެވެ.

– ނުނިމެ –
ޮ
——————-*******——————
ކޮބާ މިއޮތީ ހަފްތާގެ ބޮޑު ހަދިޔާ! ?
ކުރިޔަށް އޮތް ބައިގާ ?

“ދައްތާ! ދައްތަގެ މައްސަލައެއް ނެތިއްޔާ މި ފޮޓޯ ގަނޑު އަހަންނަށް ދޭންވީނު.. ނޫނީ ގަނެގެން ގެންދަންވިޔަސް ހެޔޮ.. އަހަރެން މި ފޮޓޯ ބޭނުން.” ތިންމީހެއްގެ ސޫރަ ހުރި އެ ތަޞްވީރު އަތަށް ލައިންގެން ވަރަށް ފަރުވާތެރި ކަމާ،ހައިރާން ކަމާއެކު ބަލަން އިންދެ ލަޠީފް ބުނެލިއެވެ. ?️ ؟؟؟

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Shaleen

Level 1010 Stories100 Comments100 Login500 Login100 Stories500 Comments

Other Articles

Previous

ދުރުކޮށްލަން ހިތް މަގޭ ނޭދޭ..4

Next

ލޯބިވެރިއެއް ތިނޫނީ މަށެއް ނޭދެމޭ..29

Next
September 21, 2020

ލޯބިވެރިއެއް ތިނޫނީ މަށެއް ނޭދެމޭ..29

Previews
September 20, 2020

ދުރުކޮށްލަން ހިތް މަގޭ ނޭދޭ..4

36 Comments!

  1. Lim? says:
    September 21, 2020 at 8:50 am

    Hi
    This part was awesome
    Varah varah reethi
    V interesting parteh mikiyaalevuny

    1. Shaleen says:
      September 21, 2020 at 2:06 pm

      Hi
      Thanks Lim
      Thihaa shauguverikamaaeku kiyaaleema ingey.
      Next part ah inthizaar kurahchey

  2. Quin me says:
    September 21, 2020 at 10:29 am

    Mi partves v reethi ingey
    Next part kiyaalan hithun Hama keitherikan kolhunlanee
    Hehe.
    Lysm ♥️

    1. Shaleen says:
      September 21, 2020 at 2:08 pm

      Hey you
      Thanks ingey
      V ufaavejje thihaa kiyaalaa hithun hurikan enguneema dear.
      In return Lysm

  3. Anonymous says:
    September 21, 2020 at 11:30 am

    V reethi

    1. Shaleen says:
      September 21, 2020 at 2:08 pm

      Thanks dear

  4. ތާނިޔާ says:
    September 21, 2020 at 11:32 am

    V reethi

    1. Shaleen says:
      September 21, 2020 at 2:09 pm

      Hi thaaniya
      V bodah shukuriyya vhk reethiveema ingey.?

  5. فلك احمد says:
    September 21, 2020 at 1:22 pm

    Varah reethi ingey vaahaka
    Dhen baeh meehun kanthah koffa hunna goi vaahakaiga liyefa aammukoh hunnany
    Meeves thafaathu kanthah thakeivaa vaahaka eh.
    Kiyaalaahihvey varah

    1. Shaleen says:
      September 21, 2020 at 2:12 pm

      Hey dear
      Thanks you ?
      Yeah mives vaa kanthahthah dho
      Ehenveema vaahaka akun kiyaadheny shaleenves
      Mikahala baeh haadhisaa
      Hehe
      Thanks again

  6. komasthey says:
    September 21, 2020 at 2:49 pm

    Latheef Mee alhe haadha gadha meehekey dho. Eynage character hama habeys
    Dhen omg lahumage dhari dho FAAIDH akee.
    Anekkaaves v suvaalu
    I thought aslu afeefa buni vaahaka eh kamah
    Ekam afeef ge kujjakah nuvi
    Hehe
    Dhen anekka kaakuge foto ehtha.
    Pispis
    V ves curiousvey mi shaleen vaahaka liyaa gothun
    Hehehe

    1. Shaleen says:
      September 21, 2020 at 4:07 pm

      Thanks komasthey
      Ya v thafaathu characters dho miulheny.
      Ya lahumaage dharifulhu dho.hehe
      Heekuri gothah guess dhimaanuviyas mihaaru yageenveenu dho
      Let’s wait dho kaakutho fotoga hureebalan ?
      Hehe shaleen vaahaka liyaagoi rangalhutha.
      Anyways thankz

  7. Naaidh says:
    September 22, 2020 at 11:28 am

    Masha allah varaj kamugossi mi bai ves hadhiyaa ves. E photo ga e thibeny kon baebbaa anekkaa. 3 meeheh? . Hama heevany latheef aa thi aailaa aa gulhumeh eba ove ey. Faaidhu hoadhan ves e lahumaa men kuriah oiyy thaanga masaiyykaiyy kurun ves eii vedhaane kameh hen heevany. Lahumaa men nooniyyaa latheef viyas. Waiting for next

    1. Shaleen says:
      September 22, 2020 at 2:13 pm

      Thanks Naaidh ?
      Foto ga thibi meehun engen beynumiyya keep waiting ?
      Latheef aki ?????? Ekama dho thi visnanee
      Hehe. Let’s continue dho mi story
      Lahuma faaidh hoadhan ?
      Vedhaane kanakan v Gina dho dear
      Hehe hingaa balamaa!!!
      Thanks for the guessing comment ?

  8. No.1 fan says:
    September 22, 2020 at 6:28 pm

    Mi story hama obiness to the max ? . So i was correct dhw. Hama yusraa menney maalik ah vasvaas dhenee e. Latheef haadha rangalhey alhe. Varah varah varah emotional mi bai. Thaaniyaa n lahumaa haadha goahey?

    Dhn hadhiyaage vaahaka:
    E photo ga thibi baeh guess kollany mi . Anekkaa faaidh e photo ga iny baa? Maybe lahumaa ge hus , lahumaa and faaidh. Or vedhaane lahumaa,faaidh and shaam kamah ves. Noony lahuma , thaniya and emeehunge bappa kamah ves vedhaane dhw. Hehehe varah guess gina mifaharu ? .anyway waiting for next part.

    1. Shaleen says:
      September 22, 2020 at 10:30 pm

      Hey No.1 fan ?
      Furathamaves v loabin shakuvaa Kollan beynun you ah?
      Last part ga filaigen thiulhunee. Shaleen ah comment nulibuneema v missvi ingey..
      Thanks ingey varah bodah
      Vaahaka ehaaaa kamudhiyaima.❤️
      Let’s c kaakutho vasvaas kuranee.?
      Hehe
      Ya latheef hama best charactereh dho.
      Thaaniyamen goas kamah judge kollaany dho.. hingaa balaalama..
      Hadhiyaa rangalhu kamah shaleen ummeedhu kurany ingey..
      Hahahaha you thiotheevaa guess eh koffa. V ginagina meehun himanaalaafa guess kollaafa ineema mihen mibunee Hama ufalun ingey.? Shaleen v ufaavey aslu Guess kuraathyve.
      Hey how old are you dear?
      Lysm

  9. Khaleel says:
    September 23, 2020 at 8:35 pm

    Maasha allaah.. mipartves vvv reethi..anehka latheef a beynunvany con fotoyehba.. v saugverikan ufedhey kiyaahihva gothahkah shaleenge vaahaka liyany.. keep it up.. tc.???

    1. Shaleen says:
      September 23, 2020 at 10:08 pm

      Thank you khaleel
      Let’s c dho latheef e ulheny konkamakaakan ingeyne vaahaka kiyamundhaa varakah.
      Hama wait kollaashey buneveyni mi vaanuvaa balaalan ingey.
      Lysm ?♥️

  10. Anonymous says:
    September 24, 2020 at 9:30 am

    Shaleeen..Sorry vrh bodah, aslu ehn nooniyyaa story up vany tuesday eh haairehnu? But mifaharu ehaa avahah up vaane kamakah hiyeh nukuran. And very busy as well. By the way, story hama vrh vrh vrhhh reethi. I like the way you bring twists. Latheef haadha hiyy heyo meehekey. Baeh faharu heevey eii rasheedha ge dhariey ves. Yaayyy!!! Me guess kuri gothah dhw mi v. Yusra ehnu e kankan maalik ah dhas kohdheny e?..Ohhoaa, emme fahun faaidh mathin hadhaan vee dho?? E photo I think faaidh, lahuma and faaidh ge bappa ge photo eh hen. Waiting for the next..
    Luv yu siss❤

    1. Shaleen says:
      September 24, 2020 at 10:03 am

      No dear it’s okay ingey.
      Aslu vaagothakee baehfaharah shaleen kurin site ah fonuvaalaafa inas thankolhei lassvey up kuraalei.
      Ehnve shaleen beynunvany yageen kamaaeku Tuesday Wednesday ah kiyaalan LIBEYVARU kollan. Lass veema readers dheravaane dho. Ehnve..
      Thanks ingey shaleen ge twists kamudhaatheeve.?
      Latheef dho ??? Ding ding ding hehe. Ingidhaane kiyamun dhaany dho anekkaaaves mi vaanuvaa balan.
      Yusra / Malik ge guess dho? Adhives hingaa balamaa ?
      Ya lahuma eh noon dho handhaanvee evarunves thaaniya..
      Yeah goii nengey foto eh ingey mee ❓❓❓
      Anyway thanksss dearr for the interesting guesses

  11. Real Me says:
    September 24, 2020 at 9:33 am

    Alheyy?. Nan liyan handhaan nethuny. Matheega e iny Me ge comment in’gey.

    1. Shaleen says:
      September 24, 2020 at 9:55 am

      Ya I know ekan
      It’s okay
      Ekam Real Me ge nan jahaalaafa indha fenuneema maa ufaavey.?

  12. No.1 fan says:
    September 25, 2020 at 9:03 am

    Firstly hama varah happy vejje e loabi loabi sweet shakuvaa libifa inyma. So happy that you missed me.Aslu last part ah comment nukurevuny fahun kuran baindhaigen ulhenikoh handhaan nethuneema. Sorry dear. Kiyaalin last part ves. Hama varah varah reethi masha allah. My age dhw? Hehehy I’m 16 years.
    Lysm? .

    1. Shaleen says:
      September 25, 2020 at 1:39 pm

      Hehe it’s ok.
      Aslu Hama miss vee Varun bunelee.
      Dhen ehenves vaane smtyms dho.
      Alsuves 16 veema Hama salhi ?
      Lysm

  13. Lil sis says:
    September 26, 2020 at 11:52 am

    Hey Shaleen. Sorry vrh bodukoh?. Aslu I thought comment kurevifa kamah inii. But ekam fahun Shaleen ge reply ais innaaneyey hithaa site ah vadhunii. Dhn I realized comment nukurevi inkanves. Once again sorry.

    1. Shaleen says:
      September 26, 2020 at 1:32 pm

      Hi
      Thanks dear
      Ehenvedhaane it’s ok.
      Mihaaru comment libijjennu dho.
      ♥️

  14. Lil sis says:
    September 26, 2020 at 11:56 am

    Comment las v ma mifaharu 4 comment kohla dheynan Shaleen happy kohdheyn eventhough sis ge comment las viyas♥️.

    1. Shaleen says:
      September 26, 2020 at 1:34 pm

      Hehe alright
      V happy vejje comment funyeh libuneema ingey
      ?

  15. Lil sis says:
    September 26, 2020 at 12:13 pm

    Ok dhen vhk ah comment kohla dheynan. Vhk hama best as always. Asluves vrh vrh vrh reeeeeethi. Aslukoh hama vrh ves reethi?. Mihaaru hama gaaiyy gan’dakah yageen vejje rasheedha aa gulhun hunna meehehkan mi ulhey latheef mii. Alhey kudakudhinnah kiyan dhaskohdheynvaa varuge ehchihi tha eii??‍♀️Dhonmaa O.
    Mioh hurihaa dhuvahu alhe rasheedha ah baiyy nudhii e ulhunii?. Gaiga hakatha ekey kiyaa eccheh ves nuhunnaane dhw evarun dhanyaa?. E meehun keeh kuraakahtha faaidh nerelaafa e kujjaa v thaneh e hoadhanii??. They don’t deserve such a lowbi boy as faaidh mihaaru.

    1. Shaleen says:
      September 26, 2020 at 1:41 pm

      Awwwn thanks thihaa kamudhiyaima mivaahaka ingey.
      Latheef akee relative ekeytha thibunany.? Nice guess. Let’s c thi guess akeethedheii tho. Shaleen dhen direct koh nubunaanethaa dho
      Guess dhimaaviyas nuviyas.
      Hama bahattaany lil sis men thalhuvaalan.
      Ya DHONMAA dho
      Lahumaanege goyy Hama eyna mom ah dho.
      Faaidh nathin miss viyyo dho.
      Let’s continue anekkaaaves mi story dho next wk ga

  16. Lil sis says:
    September 26, 2020 at 12:20 pm

    Hithah araa dhw adhi mii haadha shakuvaa gina reader ekey dhw. Aslu mii hama shaleen ge magic. Shaleen vhk liyelaa goiyy molhu kamun maa bodah ves vaahakaige thereah vadhevenii. Oh almost forgot!! Mifahru hadhiyaa ga dheefa in bai mathin. Photo frame sis ah heevanii eii….
    Latheef and eynage mamma aa gulhun huri eccheh hen. Ekam shaleen maa molhey masha allah guess nukurevey vrh tricks gengulhey eba. Hehehe. Good luck dear. Waiting for the next. Looove you sis.
    Lots of love,
    Lil sis

    1. Shaleen says:
      September 26, 2020 at 1:44 pm

      No hithakah naara ehennei
      Gina comments ah loawbi kuran
      Hadhiyaa ah guess kolleema so swyt of you
      V ufaavejje
      Let’s c v Gina guess thah libey eba.
      Let’s c Hama tricky vaane kamah visnaa.
      Thanks a lot
      Lysm
      ♥️

  17. Aayu♥️ says:
    September 26, 2020 at 12:23 pm

    Shaleeeeeeeeeeen. Vrh las vejje dhw mifaharu comment. Hehehe.
    Vrh reethi vhk in’gey. Next part ga shaleen gengulhey trick thah balailan mihaaru kehmadhu vejje. E photo frame eii koaccheh kan hama emme ran’galhah ingeynii. Soooo..
    Waiting for the next part.
    Keep it up??♥️.
    Bye

    1. Shaleen says:
      September 26, 2020 at 1:47 pm

      No it’s ok Hama comment libuneema lass veekan handhaanvee nethijjey.
      Thanks vhk ehaa kamudhiyaima
      Next part ah inthizaaru kollaa
      Tricky vaane Hama v.
      Thanks and keep waiting
      Love you

  18. Misst says:
    September 26, 2020 at 4:55 pm

    Nice

    1. Shaleen says:
      September 28, 2020 at 2:07 pm

      Thanks

Comments are closed.

Next Episodeއިމްތިޙާން 28←


All Right Reserved!