Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

އިމްތިޙާން 23

Shaleen Level 1010 Stories100 Comments100 Login500 Login100 Stories500 Comments
August 27, 2020 3 Mins Read
32 Comments

“ނުކާނަން.. ވަރަށް ނުބައި މިރިހަ. ބައްޕަ ކައްކާ ރިހަ މާމީރު.” އަފީފާއަށް ބަލައިލަމުން މާލިކް ބުނެލިއެވެ.

މާލިކްގެ އަނގައިން ބޭރުވެގެންދިޔަ ޖުމްލައިން ސަމީރަށްވެސް ބަލާލެވުނީ އަފީފާގެ މޫނަށެވެ. އެހެންނަމަވެސް އަފީފާ އަޑުއިވޭކަމަށް ހަދާނުލާ ހުރީއެވެ. މާލިކްގެ އެމިޒާޖަކީ މަޑުމަޑުން އަފީފާ ހޭނެމުން އަންނަ މިޒާޖެކެވެ. އެހެންވެ އެއީ މާބޮޑުކަމަކަށް އަފީފާ ނުހަދައެވެ.

“ކީއްވެ؟ ބައްޕައަށް ވަރަށް މީރު. އެކަމަކު މީ ދަރިފުޅަށް އެންމެ މީރު ބިސްރިހަދޯ. ކުޅިރަހަވެސް ނުވޭނު. ދަރިފުޅަށް އެންމެ ރަނގަޅު ގޮތަށް ކައްކާފަ އެހެރީ.” ސަމީރު އެހެން ބުނުމާއެކު މާލިކް ފޫހިގޮތަކަށް ސަމީރަށް ބަލާލިއެވެ.

“ތިހެން ބުނީމަ އަފީފާ ދައްތަވެސް ކިހާ ދެރަވާނެ.. ޝުކުރު ކުރަންވާނެ ދަރިފުޅާ.. މަހޫ ކޮށްކޮވެސް ބަސްއަހާނީ ތި ދޮންބެވެސް ބަސްއަހަންޏާ..” އަނެއްކާވެސް ސަމީރުބެލީ ކޮންމެސް އެއްޗެއް ބުނެވޭތޯއެވެ.

“ނުކެވެންޏާ ދެން ބަހައްޓާ. ތިހާފޫހިވެފަ އިނދެގެން ކިހިނެއް ދަރިފުޅުގެ ބަތްތަށި ހުސްވާނީ؟” ސަމީރު އެހެން ބުނުމާއެކު މާލިކް އަތްދޮވެލުމަށްފަހު އެތަނުން ނުކުތެވެ.

“އަފީފާ!… އާއްމުކޮށްވެސް މާލިކްއަކީ ވަރަށް ތަފާތު މިޒާޖެއްގެ ކުއްޖެއް. އެސޮރު އަހަންނާވެސް އެހާ ވާހަކަ ދައްކާ ނުހަދާނެ. އެކަމަކު މިފަހަކަށް އައިސް ކަމަކާ ގުޅިގެން ބުނަން ބޭނުންއެއްޗެއް ބުނެލާ. އެއުމުރުގެ ކުދިންނަށްވުރެ ތަންކޮޅެއް ދޮށީ ގޮތްގަނޑެއް އޭނަގެ ފަރާތުން ފާހަގަވާނީ.. މާލިކް އެހެން ބުންޏަސް އަފީފާ އެކަމާ އަޅާނުލައްޗެ.” އަފީފާ ބަހެއްނުބުނެ ހުންނަތާ އިރުކޮޅެއް ވުމުން ސަމީރު އަމިއްލައަށް ވާހަކަ ދެއްކިއެވެ.

“އަހަރެން ދެރައެއްނުވެ. ބައެއްފަހަރު ޖެހޭނެ ބައެއް އަޑުތައް ނާހާން ކަންފަތަށް ދަސްކޮށްދޭން.. ހެހެ. އެއީ މާލިކް ކުޑަވީމަ ވާގޮތްކަންނޭންގެ. ދެން އެކަމަކު މަޑުމަޑުން އޭނައަށް ވިސްނާދެވޭތޯބަލާ. ކުޑައިރު އެކަހަލަ ކަންކަން ރަނގަޅު ކުރަން އުޅެގެން ފަހުންވެސް ރަނގަޅު ނަތީޖާއެއް ފެންނާނީ. ވަރަށް އުންމީދުކުރަން އަހަރެން މި ބުނި ވާހަކައާ ދޭތެރޭ ސަމީރު ވިސްނާފަ ފިޔަވަޅެއް އަޅާނެކަމަށް.” ސަމީރާ ދިމާލަށް ބަލާވެސް ނުލާހުރެ އަފީފާ ހިތްހަމަނުޖެހުމުގެ ބަސްތަކެއް ބުނެލިއެވެ.

އެހެންނަމަވެސް ސަމީރަށް އެކަން ނޭންގުނީ އަފީފާ ކޮންމެސް ވަރަކަށް މަޖާގޮތް ދައްކަމުން އެހެން ބުނެލީމައެވެ.

“އަހަންނަކަށް ނޭނގެ ތިކަން ކުރާނެ ގޮތެއް. އަހަރެން ދެކެވެސް ރުޅިއަންނަނީ ގިނަފަހަރަށް މިހާރު.. ވާގޮތަކީ މިބުނާހެން ކުޑައިރުއްސުރެ މާލިކް އަހަންނާ އެހާ ވާހަކަ ދައްކާ ހީސަމާސާކޮށް ނުހަދާނެ. އެހެންވެ އަހަންނަށްވެސް ދޫކޮށްލާފަ ބެހެއްޓެނީ. ކޮންމެހެން އެސޮރާ ވާހަކަ ދައްކަންވެސް އަހަންނަށް ނޫޅެވެ. އެއީ އެސޮރުގެ ގޮތް.. ނަޞޭޙަތްދީގެން ރަނގަޅު ވާނެތަ؟” ކައި ނިންމާލާ އަތްދޮންނަމުން ދިޔައިރު ސަމީރު ދިޔައީ ވާހަކަ ދައްކަމުންނެވެ.

ސީމާގެ ފައިމަތީ ތުގާ ބާއްވާލާފައި އޮތްއިރު ތުގާގެ ލޮލަށް ނިދީގެ އަސަރު ވެރިވާން ފަށައިފިއެވެ. ކޮންމެ ރެޔަކުވެސް ނިންދަވާގަޑީގައި ސީމާ އާދަކޮށްފައިވަނީ އެކުޑަކުޑަ ކަންފަތަށް ޤުރްެއާން އަޑު އިއްވުމަށެވެ. ސީމާއަށް ތުގާ ގެންގުޅެން ލިބުނުފަހުން ހަމަ ކޮންމެ ރެޔަކުވެސް ކަންތައް ކުރަނީ އެ އުސޫލުންނެވެ.

މިރޭ ސީމާގެ ވިސްނުމާ ފިކުރު ގުޅިފައިވަނީ ސަމީރުގެ ޚަބަރެއްނުވާތާ ދުވަސްތަކެއް ވެފައި ވުމުންނެވެ. ސީމާ ޤަބޫލުކުރާ ގޮތުގާ ތުގާއަށް އަވަސް އަވަހަށް އެލޯބި އިޙްސާސްވާން ޖެހޭނެއެވެ. އެހެން ނަމަވެސް ސީމާގެ ވިސްނުން އެހެންގޮތަކަށް ބަދަލުކޮށްލިއެވެ. އޭނާއަށް ވިސްނޭގޮތުގައި ސަމީރަށް ކޮންމެސް ކަމެއް މެދުވެރިވީއެވެ.

އަނެއްކާވެސް ސީމާގެ ސިކުނޑީގައި ތަފާތު ޚިޔާލުތަކެއް އުފެދެންފެށިއެވެ. މޫސައާ ދޭތެރޭ ކަންބޮޑުވުމުގެ ޚިޔާލުތަކެކެވެ.
ހާސްކަން އިތުރުވެދާނެ އެތައް ވިސްނުންތަކަކުން ސީމާގެ ސިކުނޑި ވަށާލަނީއެވެ. އެހެން ނަމަވެސް ސީމާ މޫސައަށް އިތުބާރުކުރެއެވެ. މޫސަ ކުރިޔަށް ނަގަން އަޅާ ކޮންމެ ފިޔަވަޅަކީ މުސްތަޤްބަލަށް އޮތް އުފަލެއް ކަމުގައި ސީމާ ދެކެއެވެ. މޫސަ އެންމެ ފަހުން ސީމާއަށް ނަޞޭހަތްތެރި ވެފައިވެސް ވަނީ އެފަދައިންނެވެ.

“އަހަރެން ވަރަށް ބިރުގަނޭ އަޅެ.. މޫސަ އަނެއްކާ ގޯސް ގޮތަ..” ސީމާގެ ހިތާހިތާ ކިޔާލަމުން ދިޔަ ޖުމްލަތައް މެދުކަނޑާލަން ޖެހުނީއެވެ.

“ދައްތާ! ހިނގާ ބަތްކާން. ވަރަށް ބަނޑުހައިވެއްޖެ. މޫސަބެ ބުނީ ކޮއްކޮ ނިދިއްޔާ ކާންހިނގާށޭ.” ސީމާގެ ޚިޔާލުތައް އެއްކިބާކޮށްލީ ފާއިދުގެ އަޑުންނެވެ.

“ނަމާދު ކޮށްފިންތަ؟” ތުގާ ބާއްވަމުން ސީމާ ސުވާލުކޮށްލިއެވެ.

“ނަމާދު ނިންމާފަ ޤުރްއާންވެސް ކިޔަވައިފިން. މިހާރު އެކަނި ކިޔަވަން ދަސްވެއްޖެޔޭ މޫސަބެ ބުނީ. އަދި ފަރިތަ ވާނެޔޯ ގިނައިން ކިޔެވީމަ.” މަޑުމަޑުންގޮސް ސީމާގެ އަތުގައި ދެއަތުން ހިފާލަމުން ފާއިދު ހިނިތުން ވެފައިހުރެ ބުންޏެވެ.

“އެހެންތަ؟ މީ ހާދަ މޮޅުކުއްޖެކޭދޯ؟ މަންމަ ވަރަށް އުފާވެއްޖެ. ދެން ހިތްވަރު ކޮށްލާފައުޅޭ ޚަތިމެއްވެސް ކުރެވޭތޯ. އަދި ވަރަށް އަވަހަށް ސްކޫލަށްވެސް ގެންދަން މިއުޅެނީ. ވަރަށް މޮޅު ކުއްޖަކަށް ވާންވާނެ އިނގޭ. ހިނގާ ކާންދާން.” ފާއިދުގެ ބުރަކަށީގައި ފިރުމާލަމުން ސީމާ މިސްރާބުޖެހީ ކާގެއާދިމާލަށެވެ.

އަފީފާ އޭނަގެ މަންމަ ގެއިން ނުކުމެގެން ސަމީރުގެ ގެއަށް ދިޔުމަށްޓަކާ މިސްރާބު ޖެހިއެވެ. އެދިޔަ މަގުމަތިން އަފީފާގެ ލޮލުގައި ފުރަތަމަވެސް އަޅައިގަތީ ޔުސްރާއެވެ. މަގުގެ އެއްފަރާތުގައި ވަރަށް އޮލަ ވާހަކަތަކެއް ދައްކަމުންދިޔަ ޔުސްރާގެ ކައިރީގައި އެހެން މީހެއް ހުއްޓެވެ. އެ ފިރެހެންމީހާ ހުރީ ފުރަގަސް ދީގެންނަމަވެސް އެއީ ކާކުކަން ދެނެގަންނަން އަފީފާއަށް އުނދަގުލެއް ނުވިއެވެ.

“އަފީފާ! މިގަޑީގަ ކޮންތާކުން؟” އަމިއްލަ ވާހަކަ ހުއްޓާލަމުން ޔުސްރާ އަފީފާއަށް ގޮވާލިއެވެ.

“މަންމަގޭން މިދަނީ.” އަފީފާ ހީނލަމުން ބުނެލިއެވެ.

“މިރޭ ސަމީރު ކޮބާ؟ އޭނަ ތިގެއަށް ދިޔުން މަނައީތަ؟” ޔުސްރާއަށް ބާރުދިނުމުގެ ގޮތުން ފަސްއެނބުރި ބަލައިލަމުން ހަމަ އެވަގުތު ފަހުދު ބުނެލިއެވެ.

“ނިދާފަ އޮތީ.. ސަމީރު ނުވާނެ ބޭރުތެރޭ ބޭކާރުވާހަކަ ދައްކަން ހޭލާ އުޅޭހިތެއް.” އަފީފާ ފަހުދުއަށް ވަށްބަހުން ޖަހާލީ ފަހުދުގެ ވައްތަރުންނެވެ. އެހެން ބުނަމުން އަފީފާގެ ހިނގުން އިތުރަށް ބާރުކޮށްލިއެވެ.

ގަޑިން ރޭގަނޑު ނުވައެއް ޖެހުމާ ގާތްވެފައި ވަނީއެވެ. ލަތީފްގެ މިސްރާބު ހުރީ ލަހުމާ ދިރިއުޅެމުންދާ ގެޔާ ދިމާލަށެވެ. އޭނާގެ ކަނާއަތު ކޮނޑުގާ ދަތުރުމަތީގެ ދަބަހެއް އަޅާފައިވެއެވެ.
ލަތީފް މަޑުމަޑުންގޮސް އެގޭގެ ދޮރުގައި ޓަކި ޖަހާލަމުން ސަލާމް ގޮވާލިއެވެ.

ސަލާމްގެ ޖަވާބު ދިނުމަށްފަހު ގެއަށް ވަނުމަށް ހުއްދަދިނީ ތާނިޔާއެވެ. އެއީ ރީތި އަންހެން ކުއްޖެކެވެ. ލޫޅާފަތި ހަށިގަނޑެއް ލިބިފައިވާ އެއިންސާނާގެ މޫނުމަތީގައި އަޖައިބެއްފަދަ ހުދު ދޮންކަމެއް ވެއެވެ. ތުންފަތުގައި ޖައްސާލާފައިވާ ރަތްކުލައިން ރޭގަނޑެއް ދުވާލެއް އެކުއްޖާއަށް ނޯންނަފަދައެވެ. ލައިގެންހުރީ ޒަމާނީގޮތުން އެންމެ ފެޝަން ޖިންސް ސޯޓުކޮޅަކާ ރަތްކުލައިގެ އަތްކުރު ޓޮޕްކޮޅެކެވެ. ލަތީފުގެ ނަޒަރުން އެއަންހެން ކުއްޖާ އެއްފަރާތް ކޮށްލީ އެކުއްޖާއަށް މާގިނައިން ނުބަލާންވެގެނެވެ.

ގޭތެރެއަށް ވަނުމަށް ފުރަތަމަ ފިޔަވަޅު އަޅާލުމާއެކު ކުރިމަތިން ފެނުނު މަންޒުން ލަތީފުގެ މުޅި ހަށިގަނޑު ގަނޑުވިކަހަލައެވެ. ސުވާލުތަކެއްގެ ނަޒަރުން އެދިމާލަށް ބަލައިލުމުން ލަތީފުގެ ހައިރާންކަން އިތުރުވެގެން ދިޔައެވެ.

– ނުނިމެ –

——————-*******—————–
ކިޔުންތެރިންނަށް އާދުވަހަކަށް މަރުޙަބާ!! ?
ވާހަކައިގެ އެންމެ ރީތި ހިސާބާ ޙާދިޘާތައް ދެން ކުރިޔަށް އޮތީ.
إن شآءالله
ކިޔުންތެރިން އަޅުގަނޑާ ދޭތެރޭ ތި ބަހައްޓާ ލޯތްބާ ގާތްކަމަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން.???
އަޅުގަނޑުގެ ހެޔޮ ދުޢާއަކީ ތިޔަ ކިޔުންތެރިންނަށާ އެންމެންނަށް އަބަދުވެސް ދުޅަހެޔޮ ޞިއްޙަތެއް ދެއްވުން. ލޯބިވާ ފުރާނަތަކަށްޓަކާ ގޭގާ ތިއްބަވާ. ❤️?

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Shaleen

Level 1010 Stories100 Comments100 Login500 Login100 Stories500 Comments

Other Articles

Previous

ގަބޫލްކުރަން ދަތި ހަގީގަތް 3

Next

ވަމޭ ތިލޯބި އެދިއެދި ( ދިހަވަނަ ބައި )

Next
August 27, 2020

ވަމޭ ތިލޯބި އެދިއެދި ( ދިހަވަނަ ބައި )

Previews
August 27, 2020

ގަބޫލްކުރަން ދަތި ހަގީގަތް 3

32 Comments!

  1. Shaleen ge kokko says:
    August 27, 2020 at 5:41 pm

    Masha allah varah varah varah reeethi mi part. Latheef ah kon manzarehbaa fenunii? Lahumaa mn mamma baavvaafa oiyy than kanne dhw. Well curious to get the answer. Waiting for next part. Stay home stay safe sissy

    1. Shaleen says:
      August 27, 2020 at 8:20 pm

      Hey
      Thanks v bodah
      Lets c dho dhenvaane goii?
      latheef ah mifenunee konkahala…??

  2. Minha says:
    August 27, 2020 at 5:44 pm

    Soo nice masha allah. Fahdhu ah afeefaa dhin raddhu hama ???. Varah reethi basthah beynun kollaafa hunna goiyy vx masha allah. Waiting for next Wednesday.

    1. Shaleen says:
      August 27, 2020 at 8:33 pm

      awwwwn!
      thank you Minha
      V ufaavejje liyuntheri kamaa gulhey gothun baskolhei bunelaafa ineema

  3. Trigger says:
    August 27, 2020 at 5:48 pm

    Fab ingey hama. Seemaa alhe haadha rangalhey. Haadha visnaey emmenaa dheytherey. Faaidh ah vx ehaa alhaalaa. Thugaa dheke ehaa loabi vey. Moosa n Sameeru aa dheytherey ehaa visnaa. Seemaa is sooo great person ❤. Waiting for next

  4. No.1 fan says:
    August 27, 2020 at 7:05 pm

    Masha allah masha allah masha allah
    Mi part hama?
    Seemaa is soooo?
    Afeefaa fahudhu ah dhin reply????

    I think fahudhu n yusra dhemeehun hen maalik ah ehn ulhen dhaskoddhenii e. Ekam still i love malik ge character. Strange n mystery boy?

    Mulhi part ekkoh varah reethi. Ibaaraaiyy kurunthah and all hama?

    Waiting for next. Lysm❤❤❤❤?

    1. Shaleen says:
      August 27, 2020 at 8:37 pm

      hi
      Thanks No.1 fan
      Yes seema hama v kind dho.
      Hahha. Afeefa aki v kulhadhaana meehei dho.lol
      Ohhh. Lets c anekkaaves u ge guess ah dhimaa veytho maalik ge mi secret.
      Ya malik v mysterious dho
      Thanks mulhi part thihaa hih hama jehigen kiyaalikan inguneema.
      V ufaavejje
      Lysm

  5. Shaleen says:
    August 27, 2020 at 8:39 pm

    hi Trigger.
    Asluves dho seema hama v thafaathu loabi meehei ei.
    Emmennaaves ehaa caring veema v ves touching dho.
    Ekahala neehakah vahche hurihaa kudhinves

  6. Kasshaf says:
    August 27, 2020 at 9:39 pm

    Alhe miulhey fahudhu mee haadha molhu meehekey. Hama sameeruge kamakaa viyyaa eyna eba jehey behen. But dhn afeefa hunnaanethaa dhw save kuran. Waiting waiting

    1. Shaleen says:
      August 28, 2020 at 5:15 pm

      Hehe thanks dear
      Ya fahudhu n sameeruge fight dho
      Yes wait kollaa ingey

  7. Idhy says:
    August 28, 2020 at 12:55 pm

    Masha allah nice. Waiting for next

    1. Shaleen says:
      August 28, 2020 at 5:16 pm

      Hi thanks
      Stay waiting ?

  8. Ayaanaa says:
    August 28, 2020 at 12:57 pm

    Mifaharu vahaka up vi iru ves balai nulevun. Varah reethi part ekkoh. Maalik e gothah ulhey reason varah hoadhaa hiyy vey eba. Waiting for next

    1. Shaleen says:
      August 28, 2020 at 5:17 pm

      Asluves dho.
      Thank you
      Wait kollamaa eyrah ingidhaane kommes part egga

  9. Lil sis says:
    August 28, 2020 at 5:57 pm

    Hey Shaleen. What’s up? Haalu kihineh? Masha Allah mi part ves vrh reethi. Seema haadha ran’galhey dhw, faaidh and thugaaves ebalanee hama amilla dharieh fadhain viyya. Afeefa bunelaa dhw fahudhu vrh kadavaa vahtharu ecchihi. Heheh. Anekka latheef ah kon manzarehbaa mi fenunii? Yah, aslu reethi bai feshunii dhw mi. Vrh ufaavey shaleen pending ga inas comment dheythii. Best Author ever. Love you siss❤
    Lots of love
    Lil sis

    1. Shaleen says:
      August 28, 2020 at 9:28 pm

      Hi thanks
      Sharleen Hama v rangalhu
      Alhamdhu lillah
      How’s you Lol sis?
      Seemaa Hama v caring
      Fahudhu and afeefa dho hehe
      Ya latheef dho
      Guess kolla aneiibayah wait kolla

  10. Aayu❤ says:
    August 28, 2020 at 6:00 pm

    Hi Shaleen!!Varah dhuvas fahun dhw comment kohlevenii mi. But vhk hama gavaidhun Aayu kiyan.Hurihaa parteh ves perrfect.And bunelan othy mi part ves vrh reechey. Yup, waiting for your twists. Luv yuhh sis. Ummwah❤?
    Stay safe.

    1. Shaleen says:
      August 28, 2020 at 9:30 pm

      Hey dear
      Vrh vrh ufaavejje ehaa dhuvas fahunves dhimaaveleema
      Also
      Thank you v much for the endless support ?

  11. Naaidh says:
    August 28, 2020 at 9:24 pm

    Masha Allah varah varah kamugossi. Faahaga kollevun mi part ga mi vaahakaige hurihaa characters himanaalaafa hurikan?. Shaleen ah hama ???. Keep going like that. Keep it up. Good luck.

    1. Shaleen says:
      August 28, 2020 at 9:31 pm

      V visnaafa vaahaka kiyaa kujjei dho.
      Hurihaa characters ehthan velee dho hehe.
      Stay safe
      Thank you dearrrrr
      Lysm

  12. Real Me says:
    August 29, 2020 at 4:15 pm

    Masha allah as usual mi part ves vrh reethi. It was Awesome! Shaleenge vhk in Me ah emme faahagavaa kankamaky basmagu reethikamaa Jumlathah athuraaleh furihamakan. Mi vaahakaige emme reethi hisaabu feshuniyyey bunyma vrh excited. Kehmadhu vefa meeny next part kiyaalan. Maalik ah migothah kankan kurumuge fahathuga Me ah heevany Yusra and Fahudhu vrh bodu role eh eba kulheyhen. Hurihaa fans ah dhevvaa samaalukan vrh faahaga kuran. Stay quarantined. Waiting for the next..❤

    1. Shaleen says:
      August 29, 2020 at 6:05 pm

      Hi thanks ingey v bodah Real Me thidhevva support ah. Shaleen dhuvahakuves handhaan nunetheyne dhen Real Me mathin ingey.?
      Ya kuriah huri part thakun v thafaathu kankan ingeyne.
      Malik aa dheytherey guess kolly dho. Dhen ingeynennu thi vaanuvaa. Ekam adhi v Gina dhuhu hihvaru kollaa. Hehe

      Awwnnn! Thanks.
      Yeah shaleen v loabi ufedhifa thibi kudhinthakei shaleenge fans aki????
      Ehenve

  13. Lil sis says:
    August 29, 2020 at 7:46 pm

    Hey.Lil sis ge Comment ge reply ga shaleen haalu ahaafa ineema bunelaanii Lil sis hama OK ey. Shaleenge vrh bodu fan eh v ma irukolhakaa beley shaleen ge page ah vadhefa reply aadheythoa, kithah comment tho ves. And I want you to get on the toppest level of authors. Iraadhakurevviyya Ryn mennaa shaleen ah vaadhakureveyne. Just be confident. And be proud of yourself. Eyrun ok vaane. Yah.. Hama waiting next part akah. Will meet you in next part.❤?

    1. Shaleen says:
      August 30, 2020 at 12:24 am

      Oh swyt swyt fan eh dho thee shaleenge.
      Thanks v bodah thihen shaleenge page ah balaalaathyves.
      Dhen comment eh libifa iniyya Hana shaleen ah vaguthu vee varakun reply kuran hama.
      Thank you anekkaaaves
      Emme fahun thi bunelaafa in baskolhu abadhuves hithuga harulaafa innaany
      In sha Allah
      For you
      Endless
      Thank you

  14. Quin me says:
    August 30, 2020 at 9:59 am

    Shaleen. Alhugandu beynun baeh kankan faahaga Kollan
    * Dhuvahun dhuvahah vaahaka up vey
    * Comment kuraa kudhinnaa ehaa sweet koh reply koffa hunnanyves. V kind gothei hurey v nice.
    * Vaahaka ah fahu v kamudhaa msg kolhu dheefa hurey
    * Vaahaka Hama v habeys
    * Up coming parts v interesting vaaney bunefa inyma Hama inthizaaru Kureveny
    Hafthaa Aku dhefaharu kiyaalan libeynetha
    Requesteh mee???!!!!!

  15. Shaleen says:
    August 30, 2020 at 10:49 am

    Hi Quin me.
    Pendinga inee comment
    Ekamves reply kollaanan
    Aslu v ufaavejje thikankan faahaga kollaafa hureema.
    Dhen v bodahvess thanks ingey.
    And
    Thikamaa bunelan othee.
    SHALEENGE MIVAAHAKA HAFTHAA AKU 2 DHUHU KIYAALAN LIBEYVARU KOHDHEYN MASAKKAI KURAMUN MIDHAANY. VAAHAKAIGE BODU BAEH LIYE NIMIFA VANEE ?

  16. Carrotz? says:
    September 2, 2020 at 5:22 pm

    Vrh reethi… Konme part ehves kiyaalan commrnt nukuriyqs . Comment kohlaa hiyy vee Shaleen aa talk kohlan. Vrh reethi mi part ves. Am a big fan of U. By the way when next?

    1. Shaleen says:
      September 2, 2020 at 10:16 pm

      Oh thanks dear
      Comment nukolliyas dhen vaahaka kiyaalaakan inguneemaves v ufaavejje
      Thanks a lot

  17. Carrotz? says:
    September 2, 2020 at 5:23 pm

    Vrh reethi… Konme part ehves kiyaalan comment nukuriyas . Comment kohlaa hiyy vee Shaleen aa talk kohlan. Vrh reethi mi part ves. Am a big fan of U. By the way when next?

  18. Khaleel says:
    September 2, 2020 at 5:33 pm

    Maasha allaah.. mipartves vvv reethi..keep it up..lysm

    1. Shaleen says:
      September 2, 2020 at 10:21 pm

      Thank you khaleel
      ?❤️

  19. Shaleen says:
    September 2, 2020 at 10:21 pm

    Thank you khaleel
    ?❤️

Comments are closed.

Next Episodeއިމްތިޙާން 24←


All Right Reserved!