Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

އިމްތިޙާން 37

Shaleen Level 1010 Stories100 Comments100 Login500 Login100 Stories500 Comments
November 29, 2020 3 Mins Read
0 Comments

ދޮންމާގެ ނަސީބެއް ކަންނޭނގެ ތި އާއިލާގެ މީހަކު މިހާރު މިރަށުގަ ނެއްކަން. އެހެން ނޫންނަމަ ދޮންމާ އަނެއްކާވެސް މިތާ އުޅެންޏާ މަށަށް ވަރަށް ޖެއްސުން ކުރެވޭނެ. އަސްލު އަހަރުމެން މިބޯ ސިނގިރޭޓަކަށްވުރެ ދޮންމާ މިތާ ހުރީމަ ލިބޭ ގެއްލުން މާބޮޑު.”

ބޮމުން ދިޔަ ސިނގިރޭޓުގެ ބާކީބައި ވައިގެ ތެރެއަށް އެއްލާލަމުން މާލިކް ހިނގައިގަތެވެ.

ފިހާރައަކުން ކުޑަ ރުމާލެއް ހިފައިން އައިސް ސަމީރު ޚަދީޖާ ކައިރި އިށީނެވެ. އެއަށްފަހު ކުޑަ ތައްޓަކަށް ކުރުނބާ ފަނިފޮދެއް އެޅުމަށްފަހު އެ ފަނިފޮދު ދިނުމަށް ތައްޔާރު ވިއެވެ.

“ސަމީރުތަ؟” ކައިރީގައި މީހަކު އުޅޭހެން ހީވެގެން ޚަދީޖާ އަހާލިއެވެ.

“އާނ! މަންމަ ހާދަ މޮޅޭދޯ. އަހަރެންގެ ވަހުންވެސް ފާހަގަކުރަން އެނގޭދޯ. ހެހެ.” ސަމީރު ބޭނުންވީ ކުޑަކޮށް މަޖާކޮށްލާށެވެ. މަންމަގެ މޫނު މަތިން ފެންނަ ހިނިތުންވުމަކީ ސަމީރު މިދުނިޔޭގައި ބަލަބަލާ ފޫހި ނުވާނޭ އެންމެ ޚާއްޞަ މަންޒަރެވެ.

“އާނ! އެކަމަކު ދަރިފުޅާ މަހޫއާ އަފީފާ ނޫން މީހަކު މަންމަ ކައިރިއަކަށް ނާދެއެއްނު. އެހެންވެ އިނގުނީ” ޚަދީޖާ ހިނިތުންވެ އޮވެ ބުނެލިއެވެ.

“އާނ! މިހިރީ ހަނދާން ނެތިފައޭ. މިއޮތީ ރުމާ.” ޚަދީޖާގެ އަތުގެ މުށުތެރެއަށް ރުމާ ލައިދެމުން ސަމީރު ވާހަކަ ދައްކަންފެށިއެވެ.

“މަންމާ. އަހަރެން އެހާ ބޭނުމެއްނޫން މަންމަ ކައިރި ފައިސާ ހަމަޖައްސައި ދިނީ ކާކުކަން ބުނާކަށް. އަހަރެން ވަރަށް ބިރުގަނޭ. ވަރަށް ހާސްވޭ. ވަރަށް ޖެހިލުންވޭ… އެއީ.. އެއީ ކާކުކަން އެނގުނިއްޔާ… އަނެއްކާވެސް މަންމައާއެކު އުޅެލަން މިލިބޭ އުފާވެރި އަގުހުރި ވަގުތުތަކަށް ނިމުމެއް އައިސްފާނެތީ..”

ފެންކަޅި ވަމުން ދިޔަ ދެލޯ ފޮހެލަމުން ސަމީރު އޭނާގެ ހިތުގައިވާ ޝަކުވާތައް ބޭރުކޮށްލިއެވެ.

“ނޫން ދަރިފުޅާ! އަހަރެން ޖެހިދާނެ ތިޔަ އޮޕްރޭޝަން ތެރޭގަވެސް ނޫނީ އެޔަށްވުރެ ކުރިންވެސް މުޅިއުމުރަށް ނިދާލަން…. އަހަރެން ބަލާ އަންނާނީ ކޮން އިރަކު ކަމެއް އަހަންނަކަށް ނޭނގެ. އަހަރެން މި ބިމުގެ ފަސްގަނޑު ދަށުވުމުގެ ކުރިން ވަރަށް ބޭނުން ސަމީރުގެ ކިބައިން މާފަށް އެދެން. އިސްލާހުވާން.” ޚަދީޖާ ބުނީ ތެދެކެވެ.

މިއަދު ޚަދީޖާއެދަނީ ގަދަފަދަ ވޭނަކާ އެކު އަމިއްލަ ހަށިގަނޑާ ހަނގުރާމަ ކުރަމުންނެވެ.

“އެންމެ ރަނގަޅު.. އެ އެ އީ.. އެއީ ފަރީދާގެ ދޮންތަ ސީމާ… ސީމާގެ ދެމަފިރިން.” ސަމީރު ވަރަށް އުނދަގުލުން ނަމަވެސް ބިނެލިއެވެ.

” ސުބްޙާނަ ﷲ …. އެހާ ބައިވަރު ފައިސާތަ؟” ޚަދީޖާގެ ދެލޯ ބޮޑުވެ މޫނުމައްޗަށް ވެރިވީ ބަޔާންކުރަން ދަތި ހައިރާން ކަމެކެވެ. އެއަށްފަހު ޚަދީޖާގެ މޫނުމަތިން ފާޅުވީ ހިތާމައިގެ ކަޅު ފުސް ވިލާގަނޑެކެވެ. އެވިލާގަނޑުން ވެހެން ތައްޔާރުވަނީ ހަމަ ގައިމުވެސް ހުސްވުމެއް ނެތްފަދަ ފެނެއް ކަންނޭނގެއެވެ.

“އާނ! އެއީ ހަޤީގަތުގަވެސް ވަރަށް ގިނަ ފައިސާ. އެކަމަކު
ތުގާގެ މާމައަށްޓަކާ އެބަޖެހޭ މިދަނޑިވަޅުގަ އެހީވާން. އަނެއްކޮޅުން ތުގާގެ ބައްޕަ… މިހާރުވެސް ކިހާ އެކަނިވެރި. ފަހުން ކައިވެނި ކުރި މީހާވެސް ވަރިކުރީމަ ދެން އެރަށުން ދަނިއްޔޯ. އަނެއްކާ މީނަގެ މާލިކް ދޮންބެއަކީ މާކުރިންވެސް ދުނިޔެ ދަސްވެފަ ހުރި ކުއްޖެއް. ކިރިޔާވެސް ސަމީރަށް އެހީވަނީ މަހޫ ތުއްތު އެކަނިދޯ؟ އެހެންވީމަ، އަހަރެންގެ މި ލޯބި ތުގާއަށް ޙާއްސަ ހަދިޔާއެއް ދިނުމުގެ ގޮތުން މިގޮތަށް މިކަންކަން ހަމަޖެއްސީ.”

އުފަލާއެކު ސީމާ ވާހަކަ ދައްކަމުން ދިޔައިރު ފާއިދުގެ އިތުރުން މޫސަވެސް އެ މަޖިލީހުގައި ބައިވެރިވަމުން ދިޔައެވެ.

“ބޮޑުދައިތަ ހާދަ ރަނގަޅޭ. އަހަރެންވެސް ދާނަން މާމައާ ބައްޕަ ދާއިރު އިންޑިޔާއަށް. އަދި އަހަންނަށް އެންމެ ފަހަރަކު މާމަ ފެނުނީވެސް.. ރަށަށް ދެވުނީވެސް އަދި އަހަންނަށް އެއް ފަހަރު. އެ ފަހަރު މާމަ އުޅުނީ ދޮންކާފަ ރަށަށް ގޮސް. ހޯދަން ދިޔައިމަ އެނގުނީވެސް.. އެކަމުވެސް މާމައެއް ނެތް އެނޫނީ.” ތުގާ ކުދި ކުދި ޝަކުވާތައް ކޮށްލިއެވެ.

“އެވާހަކަ ނުދައްކާ ދެން. އެކަމަކު ދެން ކޮބާ ފާއިދު ދޮންބެގެ ހަދިޔާ؟ އަހަރެންނަށް ތިހާ އަގު ބޮޑު ހަދިޔާއެއް ދޭއިރު؟” ތުގާ އަބަދުވެސް ފާއިދަށް ހެޔޮއެދެއެވެ. އެހާމެ ލޯބިވެއެވެ.

“ފާއިދު ދޮންބެއަށް ދޭނީ ކާރެއް. ދައްތައާ މޫސަބެ މުސްކުޅި ވެއްޖެ މިހާރު. އެހެންވީމަ ދަރިފުޅު ދެން ވާނީ މޫސަބެމެން ގޮވައިން ކާރުގަ ދާންޖެހޭ ތަންތަނަށް ގޮސްދޭން. ދޯ ސީމާ؟” މޫސަ ވަރަށް އުފަލުން އިނދެ ފާއިދާ ދިމާލަށް ބުނެލިއެވެ.

ޚަރަދު ކޮށްދޭން އުޅެނީ ކާކުކަން އެނގި ހުރެ ޙަދީޖާއަށް ބުނާނެ އެއްޗެއް ނޭނގުނީއެއް ނޫނެވެ. އެހެން ނަމަވެސް ސަމީރުގެ ކިބައިން ޙަދީޖާ އެދުނީ ކުޑަ ވަގުތުކޮޅަކަށް ޚަދީޖާ އެކަނި ކޮށްލަ ދިނުމަށެވެ. ޚަދީޖާގެ އެދުމަށް ސަމީރު އެތަނުން ނުކުމެ ބޭރުގައި ހުރި ގޮނޑިއެއްގާ އިށީނެވެ. އޭރު ޚަދީޖާ ވަނީ ހަމަ ރަނގަޅަށްވެސް ފުން ޚިޔާލެއްގެ ތެރެއަށް ގެއްލިފައެވެ. ޙަދީޖާ ދިޔައީ އެޚިޔާލުގެ ތެރެއަށް ޤަރަޤުވަމުންނެވެ. އެއީ މީގެ އަހަރުތަކެއް ކުރިއެވެ.

މަސް ބާނައިން ރަށަށް އާދެވުމާއެކު ފެންވަރާލައިން ފުރަތަމަވެސް ސަމީރު ދިޔައީ ޢިޝާ ނަމާދަށެވެ. ދަރިފުޅު ސަމީރު ބަނޑުހައިވެފާ ހުންނާނެ ވަރު ހިތަށް އަރައަރާ ހުރި ޚަދީޖާ އަވަސް އަވަހަށް ކާމޭޒުމަތި ފަޅު ފިލުވާލިއެވެ. އެންމެ އާދައިގެ ދިވެހި ކެއުން އެ ސުފުރާމަތީ އަތުރާލިއެވެ. އެއީ ސަމީރު އެންމެ ގަޔާވާ ކެއުންވެސްމެއެވެ.

ނަމާދުން ފައިބައިން އައި ގޮތަށް ސަމީރު ވަނީ އޭނާގެ ކޮޓަރިއަށެވެ. އަދި މާގިނައިރެއް ނުވެ ވަރަށް އަވަހަށް ކާގެއަށް ވަންނަން ހިނގައިގަތެވެ. އުދާފައިވާ ގަރުދިޔަ ތެލިން ފިއްލެޔޮ ނެގުމުގެ މަސައްކަތުގައި ހުރި ޚަދީޖާ ސިއްސައިން ދިޔައީ އެންޏާ ނީވޭ އަޑެއް މާބާރަށް އިވެން ފެށުމުންނެވެ.

ސިއްސައިން ދިޔަވަރުން ފިއްލެލާއެކު އުނދުޅި ވެއްޓުމުން ސަމީރު ވަރަށް ބާރަށް ހޭން ފެށިއެވެ.

“ސާބަސް މަންމާ! މަންމަ އަދިވެސް ބޮޑެއް ނުވެދޯ؟ ކަނު އަނދިރި ވިއްޔާ ތިހުންނަނީ ބިރުން ސިހިސިހި. މީ އަހަރެން މާލެއިން އައިއިރު މިފަހަރު މަންމައަށް ގެނައި ރޭޑިޔޯއެއް.” ރޭޑިޔޯއިން އިއްވާލި އަޑު ކަނޑާލަމަށްފަހު ޚަދީޖާ އަށް ރޭޑިޔޯ ދެމުން ސަމީރު ބުނެލިއެވެ.

“މަންމައެއް ނޫނޭ ކުޑައީ.. ދަރިފުޅެއްނު ކުޑައީ.. މަންމައަށް އަނިޔާއެއް ވެދަަނެކަމަށް ވިސްނައެއް ނުލި. ބަލާބަލަ ފައިގެ ބޮޑު އިނގިއްޔަށް މިއޮތީ ހޫނު ގަރުދިޔަ ފޮދެއް ވެރިފަ. ހޫމ.. ދެން އަޅާނުލާ. މި ރޭޑިޔޯއިން ކިތައް އަޑު އިވޭނެތަ؟” ސަމީރާ ދިމާލަށް ބަލައިވެސް ނުލާ ރޭޑިޔޯއަށް ނަޒަރު ހުއްޓައިން ހުރެ އަހާލިއެވެ.

“އަޅެ.. ވަރަށް ބޮޑަށް މާފަށް އެދެން. ދައްކާ އަހަރެން ތި އިނގިލި ދޮވެދޭނަން.” އުޑުފައިން އިށީންދެލަމުން ސަމީރު ވާހަކަ ކުރިޔަށް ގެންދިޔައެވެ.

“މަންމަ ބޭނުމީ ތި ރޭޑިޔޯއިން ވަރަށް ގިނަ އަޑު އަހަންތަ. އެކަމަކު ހިތްތަކާ ކުޅެލާފަދަ އަންހެން އަޑެއް އިވުނިއްޔާ އަހަރެން އެކުއްޖަކު ބޭނުން. ހެހެ” ސަމީރު އެހެން ބުނުމާއެކު ޚަދީޖާ ހޭންފެށިއެވެ.

“އެއްކަލަ ސަމީރު. ހަމަ ހީވާނީ ވާހަކަ ދައްކާއިރުވެސް މީނަ ބައްޕަހެން.” ޚަދީޖާ ހީލަމުން ބުންޏެވެ.

ސިއްހީ މަރުކަޒުގެ ބޭރުގައި އިނުމަށްފަހު ސަމީރު އިރުކޮޅަކު ޚަދީޖާ ކައިރިއަށް ވަނެވެ. އޭރުވެސް ޚަދީޖާގެ މޫނުމަތިން ފެންނަމުންދަނީ ކޮންމެސް ފިކުރެއްގާ ވާފަދަ އިޝާރާތެކެވެ. އެނދު ކައިރިޔަށް ޖެހިލަމުން ސަމީރު އޭނާގެ މަންމައަށް މަޑުމަޑުން ގޮވާލިއެވެ.

(ނުނިމެ )
————————————–
07 ޑިސެމްބަރ ވާ ހޯމަ ދުވަހުން ފެށިގެން ކޮންމެ ހަފްތާއަކު ދެ ދުވަހު މިވާހަކަ ކިޔާލަން ލިބޭނެ إن شآء الله
ކިޔުންތެރިން ތި ދެއްވާ އެއްބާރުލުމާ ގާތްކަމަށްޓަކާ ވަރަށް ބޮޑަށް ޝުކުރިއްޔާ..
މި ހަފްތާގެ ހަދިޔާ ކަމުދިޔަ ކަމަށް އުންމީދު ކުރަން..

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Shaleen

Level 1010 Stories100 Comments100 Login500 Login100 Stories500 Comments

Other Articles

Previous

ޢުމުރައް ވެސް އެކީ ވާނަން

Next

މި ހިތުން މަޤާމޭ މި ދެނީ 11

Next
November 30, 2020

މި ހިތުން މަޤާމޭ މި ދެނީ 11

Previews
November 29, 2020

ޢުމުރައް ވެސް އެކީ ވާނަން



All Right Reserved!