އިމްތިޙާން 30
“އެއްވެސް މައްސަލައެއް ނެތް.. ލަހުމާގެ ގެ.. ލަހުމާއަށް ބާރު ހިނގާ ކޮޓަރިއެއް.. އަހަރެންގެ އެއްވެސް ބާރެއް އޮތް ތަނެއް ނޫން. ވަދެވޭނެ.” ލަހުމާ ވަނުމާއެކު ލަޠީފް ދޮރު ލައްޕަމުން އެތެރެއަށް ވަންނަން ހިނގައިގަތެވެ.
“ކަލެއަށް އެކަން އިނގޭދޯ؟ ދެން ކީއްވެ… އަހަންނަށް ބާރު ފޯރުވަން ތިމަސައްކަތް ކުރަނީ؟ އަހަރެން ގެއަށް އައިމަ އޭނަ އަހަންނާ ދިމާލަށް އެހެން ބުނި.. އެކަމަކު އަހަންނެއް ނޫޅެން ކަލެޔާ އިންނާކަށް.. މިގެއަށް ތިއައީ ތިބޭނުމުގަކަން އެނގުންނަމަ އަހަރެން ކަލޭ މިތާކު ނުބަހައްޓާނަން.”
އެނދުގައި ހަމަޖެހިލައިން އިން ލަޠީފާ ދިމާލަށް އަތް އުކަމުން ލަހުމާ ވާހަކަ ދެއްކިއެވެ. ލަހުމާގެ އަޑުގައިވަނީ ހިތްހަމަ ނުޖެހުމުގެ އެތައް ރާގެކެވެ. އެތައް އަސަރެކެވެ.
“ކޮބާ މައްސަލައަކީ؟.. ކަލޭގެ ދުރުތާ ތިމާގެ މީހާ ބުނީ، ލަހުމާ ހުންނަނީ މީހަކާ އިންނަ ހިތުންނޭ. އެކަމު.. މީހަކު ނުވެފަޔޯ.. އެހެންވީމަ އަހަރެން މިހިރީ ކަލެޔަށްޓަކާ ތައްޔާރަށް.”
ލަޠީފް ދޮގެއް ހަދާލިއެވެ. ހަމަ އެހެން ބުނުމާއެކު ލަހުމާ ދެދަތްޕިލަޔަށް ބާރުކޮށްލަމުން ދެއަތުގެ މުށް ބާރު ކޮށްލިއެވެ. ހަމަޖެހިގެން އިން ލަޠީފް ބަލަމުން ދިޔައީ ރުޅިއައިސް ފައިވާ ލަހުމާ ގެނުވާ އާދަޔާ ޚިލާފު ޚަރަކާތް ތަކަށެވެ.
“އެއީ ކާކުކަން ކަލެޔަށް އެނގޭތަ؟ އެއީ މަގޭ.. މަގޭ މަންމަ.. އޭނައެއީ މަންމައެއްގެ މަޤާމުވެސް ނޭނގޭ މީހެއް. އަހަރުމެން ބޮޑެތިވަމުން އައިއިރުވެސް އަހަރުމެނަށް އަޅާނުލި މީހެއް އެއީ.. ކަލެޔަކަށް އެކައްޗެއްވެސް ނޭނގޭނެ.. އަބަދުވެސް އޭނަގެ ކަމަކަށް އޮންނާނީ ރައްޓެހިންނާއެކީ ޕާޓީ ކުރުން. މަޖާކުރުން.. ކޮންމެ ހަފްތާއަކު ރައްޓެހިންނާއެކީ ކޮންމެސް ފަޅުރަށަކަށް ދިޔުން.. އޭނަޔާ ހެދި އަހަރެންގެ ބައްޕަވެސް ކަނޑުވީ.. އޭނަޔާ ހެދި އެބައްޕަ އަހަރުމެނަށް ދެމުންއައި… ލޯބިވެސް ކަފުންވީ.. ދެންވެސް އޭނައަށް ކިޔަންވީ މަންމަތަ؟”
ލަހުމާގެ ރުޅިވެރިކަމުގެ މައްޗަށް ކުޑަ ސުކުންތު ކޮޅެއްގެ ތެރޭގައި ވެރިވެގަތީ ހިތްދަތިކަމާ ހިތާމައިގެ ކޯރެއްގާވާ ކަރުނައިގެ ވާރޭތިކިތަކެވެ.
ލަޠީފްގެ އަތުގައި ހިފައި ކޮޓަރިން ނެރެމުން ލަހުމާ ގޮސް ހުއްޓުނީ ރަޝީދާއޮތް މޭޒު ކައިރިއަށެވެ. އޭރު ރަޝީދާއަށް ވަނީ ކޮންމެސް ވަރަކަށް ހޭލެވިފައެވެ.
“މީނަ ކުރިމަތީ ހުރެ ރަނގަޅަށް އަޑުއަހާ! އެއްދުވަހު އަހަރެން ވަރަށް ގަދަ ހުމެއް ޖެހިގެން ބަލިވީ. އޭރު އަހަރެންގެ އުމުރުންވާނީ ބާރަ އަހަރު.. ބައްޕަގެ ނުގަބޫލުގަ އަހަރެން ބަލިވެ އޮއްވަ އޭނަ ދިޔައީ ފަޅުރަށަކަށް. އަހަރެން މަންމަގެ ފިރުމުންތަކަށް ބޭނުންވެފަ ހުރީމަ އޭނަ ގެނެސްދޭށޭ ކިޔާ އާދޭސް ކުރިން..”
ލަހުމާ ދިޔައީ ހުއްޓުމެއް ނެތި ރޮމުންނެވެ. އެހެނަސް ލަހުމާ ދައްކަމުން ދިޔަ ވާހަކައަށް ބަދަލެެއް ނާދެއެވެ.
“ބައްޕަގެ ރައްޓެއްސެއްގެ ކުޑަ ދޯންޏެއްގަ ފުރައިން ދިޔައީ އަހަންނަށްޓަކާ އޭނަ ގެނެސްދޭން… އޭރުވެސް ވަރަށް ކަނޑުގަދަ.. އެއީ ވަރަށް ވިއްސާރަ ވައިބާރު ދުވަހެއް.. އެދުހު މާލެއާ މާ ދުރު ނޫން ހިސާބަކުން ބައްޕަ.. ބައްޕަ ފެނުނީ.. ކަނޑުވެގެން މަ..މަރުވެފަ އޮއްވަ.” ލަހުމާގެ ވާހަކަ މެދު ކަނޑާލިއެވެ.
ލަހުމާގެ ރުއިމުގައި ވަނީ އެތައް ވޭނީ އާހް ތަކެކެވެ. އެ ހިތުގައި ފޮރުވާފައި ހުރީ ޖަޒްބާތީ އެތައް އަސަރުތަކެކެވެ. ލަހުމާގެ ކޮންމެ ކަރުނަތިއްކެއް އޭނާގެ ކޯތާފަތުގައި ބޮސްދެމުން ދިޔައީ ނުހަނު އަސަރާއެކުއެވެ.
“ބައްޕަގެ މަރު ސާބިތުކުރަން ކުރި މަސައްކަތުގަ ސިފައިން ގޮސް މީނަ ގެނައީވެސް މާލެއަށް. އޭރުވެސް ބައްޕަ މަރުވީކަން އަހަންނަކަށް ނޭނގެ. އެކަމަކު އަހަރެންނަށް އިނގޭ އެނދުމަތި ކޮށްފަ އޮތްއިރު ސިފައިން އެތަނަށް އައިކަންވެސް. އެމީހުން ވާހަކަ ދެއްކީ އޭރު އަހަރެން ކައިރި ހުރި ބޮޑުދައިތައާ..”
“އަހަންނަށް އެނގެނީ ބޮޑުދައިތަ ވަރަށް ރުއިކަން. އަހަންނަށް ބައްޕަ މަރުވިކަން އެނގުނީ ބަލިން ރަނގަޅުވެގެން އުޅެނިކޮށް. އަހަރެން އަހަރެން ބައްޕަގެ މޫނު އެންމެ ފަހުފަހަރުވެސް ނުދެކެން.. އެންމެ ފަހުން އަހަރެންގެ ބައްޕަ މަރުވީ އަހަންނަށް ދެމުން ދިޔަ ލޯބިވެސް ކަފުންކުރަމުން.” ލަހުމާގެ ރުއިމަށް ބަދަލެއް ނާދެއެވެ.
ރަޝީދާއާ ދިމާލަށް ލޯއަޅާލަމުން ރުޅިއައިސްފާހުރި ލަހުމާ ކޮޓަރިއަށް ވަންނަން ދުއްވައިގަތެވެ. އޭރު ރަޝީދާގެ ހަށިގަނޑުގައި އެއްވެސް ބާރެއް ނެތްފަދައެވެ. ފާރާދިމާލަށް އެނބުރި އޮތް ރަޝީދާގެ މޫނު ނުފެނުނަސް އަސަރު ކޮށްފިކަން ވަރަށް ރަނގަޅަށް އެނގުނެވެ. ރަޝީދާގެ ބޯދަށުގައިވާ ބާލީހަށް ފަހަރަކު ކަރުނަ ތިއްކެއް ވެއްޓެމުން ދިޔައެވެ.
އެތަން ބަލަން ހުރި ލަޠީފްވެސް މަޑުމަޑުން ކޮޓަރިޔާދިމާލަށް ހިނގައިގަތެވެ. އޭރު ތާނިޔާވެސް އޭނާގެ ކޮޓަރި ދޮރު ކަނީގައި ދެއަތް އަޅުވާލައިން މާޔޫސްވެ އިސް ޖަހާލައިން ހުރީއެވެ.
އާދުވަހަކަށް މަރުހަބާ ކިޔަމުންގޮސް އިރު ފެނުން ތޮޅެލިއެވެ. ބާރު ހިނގުމެއްގައި ހިނގާފައިދިޔަ އާދިލާ ގޮސްވަނީ ސަމީރުގެ ގެއަށެވެ. އޭރު އަފީފާ ބަދިގޭގެ ބައެއް މަސައްކަތުގައި އަވަދިނެތި އުޅެމުން ދެއެވެ. ސަމީރު ހުރީ ކުދިންނަށް ރޮށި ފިހަން ފުށް މޮޑުމުގެ މަސައްކަތުގައެވެ. އެއީ ސަމީރުގެ އާދައެވެ. އަންހެނެއްގެ މަސައްކަތްކުރަން އަފީފާއާ ކައިވެނި ކުރި ކަމުގައިވިޔަސް ސަމީރުގެ އެހީތެރި ކަމަށް ކުޑަވެސް ބަދަލެއް ނާދެއެވެ.
“ސަމީރު! އަދިވެސް ތިގޮތްގަނޑު ނުހުއްޓޭތަ؟” އާދިލާ ވަރަށް ހިނިއައިސްފާހުރެ އަހާލިއެވެ.
“އާނ! މީކީ ހުއްޓާކަހަލަ ކަންކަމެއް ނޫން ދޯ އަފީފާ؟ އަހަރެންގެ އަންހެނުން އަހަންނަށް ވަރަށް އެހީވޭ. އަހަރެންވެސް ވާނެއްނު އެކަނބުލޭގެއަށް އެހީވާން. މީކިހާ ލޯބިގޮތެއް… އަހަރެން މީހަކާ އިނޭ ކިޔާފަ ހޮޅުއަށްޓަށް އަނގަތަޅަން ދާން ބޭނުމެއް ނުވޭ. މީ ކިހާ އަގުހުރި ވަގުތުތަކެއް.. ދޯ އަފީފާ؟” ސަމީރުގެ ލޯބި ސަމާސާއިން އަފީފާގެ ހިތް އުފަލުން ވިރެމުން ދިޔައެވެ.
“އާޗާ! ދެން ހަމަ ވަރަށް ލޮބުވެތި ވާހަކަތަކެއްތީ..” ހިނިއައިސްފާހުރެ އަފީފާއަށް ބަލައިލަމުން އާދިލާ ބުންޏެވެ.
“ކީއްކުރަން ތިއައީ މިގަޑީގަ؟” އަފީފާ އޮޅުން ފިލުވާލަން ބޭނުންވެގެން އަހާލިއެވެ.
“މިއައީ ސަމީރު މާލެ ދާންއުޅެޔޭ ބުނީމަ ތުގާއަށް ހަދިޔާއެއް ފޮނުވާނަމޭ ބުނަން. އެ ގެންގޮސް ދެއްޗެ. ކިހާތާކު ފުރާނީ؟” އާދިލާ އަހާލިއެވެ.
“ވަރަށް އަވަހަށް.. މިހާރު ދޯނިވެސް ބާއްވައިން އެ އުޅެނީ އަހަރެން މަހަށް ދާން އަރާވާހަކަ ކިޔާފަ އޮތީމަ. އެހެންވެ ވަރަށް އަވަސް ކުރަންވޭއެބަ.” ސަމީރު ކަންއޮތްގޮތް ކިޔާލަދިނެވެ.
އޮމާން ދޮންވެލި ގޮނޑުދޮށެކެވެ. މޫދުގައި ދުވަމުން ދިޔަ އެކިވަރުގެ ރާޅު ބައިނީތައް ވަޔާ އެއްވަރަށް އެކިގޮތްގޮތަށް ނަށަމުން ގެންދިޔައެވެ. އެހުދު ދޮންވެލިގަނޑުމަތީ ކުރު ސޯޓަކާ ޓީޝާޓެއް ލައިގެންހުރި މީހަކު ކަންވާރު ގަނޑެއް ފާޑެއްގެ ފުޅިއަކަށް އޮޅަމުން ދެއެވެ. އެމީހާގެ ފައިކައިރި މަސްބާނަން ބޭނުންކުރާ އެކި ކަހަލަ އާލާތްތައް ހުއްޓެވެ.
“ފަހުދު! ކަލޭދޯ؟ ތިހެންނޫޅެ ހިނގާބަލަ އަހަރުން ދޯނި ދެން ފުރާއިރު މަހަށްދަމާ.. މިހާރު ދޯނިން ކުއްޖަކު ފޭބީމަ މީހަކު މަދުވެގެން މިއުޅެނީވެސް.” ފަހުދުގެ ކޮނޑުގައި ޖަހާލަމުން އެމީހާ ބުންޏެވެ.
“ހޯހޯ.. ހޯހޯ.. ލަތީފް ކަލޭ ދައްކާ ވާހަކަ. މަކިހިނެއް ތި ދޯނިން މަހަށްދާނީ؟ ކަލެޔަށްވެސް އެނގޭނެ ސަމީރު ދާދޯންޏަކުން މަށެއް ނުދާނެކަން..” ސަބަބެއް އުފަންކުރަމުން ފަހުދު ބުނެލިއެވެ.
“އައްދެ! ހާދަ ގޮތުގައޭ ތިހުންނަނީ. ތިހެން އަބަދު އުޅެނިކޮށް ފަހުދު ޖެހިދާނެ ސަމީރު ކުރިމަތީ ކުޑަކަކޫ ޖަހަން.”
ލަތީފް ބުނިވާހަކައިން ފަހުދު މަލާމާތުގެ ޒާތަކަށް ހީލިއެވެ.
“ނޫނޭ.. ތީހަމަ ހީވާގޮތް. އަހަރެން ނުޖެހޭނެ ސަމީރުގެ ފައިދަށަށް ތިރިވާކަށް. އެހެން ނޫނަސް އަހަރެން އޭނައާ ރީތޮކޮށް އަނގައިން ބުނެލާނީވެސް މަޤްޞަދު ހާޞިލްވީމަ. އޭރަށް އޭނަ ހުންނާނީ ހަމަރަނގަޅަށްވެސް ނޭވާ ހޮޅިޔަށް އެޅިފަ.. ހައްހައްހާ… މިކަހަލަ ކަންކަމަށް ލަތީފްމެން ވަރަށް އާވާނެ. މީހަކާ އިނދެގެން މިރަށަށް އައިގޮތަށް ތިހުންނަނީ އަމިއްލަ ރަށަށް މާލެއަށްވެސް ނުގޮސް މަސްއޮޑިއެއްގެ ދިރުނބާކޮޅަށް އަރާ.. ބުނަން.. އާންމުކޮށް ދިރުނބާކޮޅަށް އަރަންވާނީ ވަރަށް ހުށިޔާރު މީހުން.” އެއްވެސް ހާސްކަމެއްނެތި ބޮޑާވެލަމުން ފަހުދު ނުލަފާ ހިނިގަނޑެއް ޖަހާލިއެވެ.
މެންދުރުގެ ވަގުތެވެ. ޝާމްއަށް ކާންދިނުމަށްފަހު ލަހުމާ އިނީ ކާގޭ މޭޒުކައިރީގައެވެ. އެއްވެސް ހަރަކާތެއް ނެތް އިންސާނެއް ްފަދައިން އޭނާ އިނީ ފުން ޚިޔާލަކަށް ގެއްލިފައެވެ. ޝާމް އުރާލައިން ކާގެއިން ނުކުމެގެން އައި ތާނިޔާގެ ހިނގުން ކުޑަކޮށް މަޑުކޮށްލީ ލަޠީފް ކޮޓަރިން ނުކުތްތަން ފެނިގެނެވެ. އޭރު ލަޠީފްގެ މިސްރާބު ހުރީ ގެއިން ބޭރަށް ނުކުތުމަށެވެ.
“އޭތް! ލަޠީފް.. އަހަރެން ދޮންތަ އެބެން ކަލޭގެ އިންތިޒާރުގަ ކާގޭގަ.” ތާނިޔާ އެހެން ބުނުމުން ލަޠީފް ގޮސް ކާގެއަށް ވަނެވެ.
ލަހުމާގެ އެއްވެސް ހަރަކާތެއް ނެތް ހަށިގަނޑުން ގުނަވަނެއް ހޭލާފައި ނުވާފަދައެވެ. އެ މޫނުމަތީގައި ތާޒާ އެއްވެސް އަސަރެއް ނެތެވެ. މިލާ މޯޅިވެފައިވާ މަލެއްގައި ހުންނާނީ ދެން ކޮން ފުރިހަމަ ކަމެއް ހެއްޔެވެ؟ ލަޠީފްގެ ފިޔަވަޅުގެ ލުއިލުއި އަޑު ލަހުމާއަށް ދެނެގަންނަން ވަރަށް ފަސޭހަވިއެވެ. އެއަޑަށް ލަހުމާގެ ހުރިހާ ހިއްސެއް އެއްފަހަރާ ހޭލިހެން އޭނާއަށް އަމިއްލައަށްވެސް ހީވިއެވެ.
“އަހަރެން… ކަލޭ މަރާލާކަށްވެސް ޖެހިލުމެއްނުވާނެ.” ލަޠީފާ ދިމާލަށް ބަލާވެސް ނުލާ ލަހުމާ ބުނެލި ޖުމްލައިން ލަޠީފްގެ ހިތަށް ހީވީ ތޫނުއެއްޗެއް ހަރާލިހެނެވެ.
– ނުނިމެ –
——————-*******—————–
މިއޮތީ މި ހަފްތާގެ ބޮޑު ހަދިޔާ! ?
ކުރިޔަށް އޮތް ބައިގާ ?
“އަހަރެންގެ ހަށިގަނޑުގަ މިހާރު ތަފާތު އިހުސާސްތަކެއް ހިނގާހެން ހީވޭ.. އަހަރެން.. އަހަންނަށް ހީވަނީ އަހަރެން..”
އަމިއްލަ ހަށިގަނޑަށް ބަލައިލަމުން ? ބުނެލިއެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
36 Comments!
Comments are closed.







yes
V salhi mi part ingey
Alhey lahuma momves haadha goahey ehnveema dho eynage zuvaan umuruga?
latheef v dheravaane dho lahuma marry nukuranyaa
Lahuma alhe haadha revange bodu meehekey.
Dhen hafthaage hadhiyaa v salhi
Ekam guess kuraakah nengey kaakubuni vaahakaeh kamei.
Heevany SEEMA preg veehen.
Alheyy
V curious vejje thikanves balaalan
Thanks dear
Lahumaa mom ge vaahaka feshunee dho.. hehe
Latheef ah vaagoi balamaa?
Yeah lahumage mizaaj Hama thafaathee..
Oh hafthaage hadhiyaa dho..
Oops aslutha ❣️ seema preg very heevee ???
Let’s c dho
Hehe hmm dhen wait kolla next partah ingey
V salhi mi part
Anekkaa kaakuge vaahakaeh hafthaage hadhiyaaga bunefa eynee.
V tricky mi vaahaka.
Lahumaves Hama mom gothah dho
Rasheedha haadha goahey ehnveema..
Sameeru alhe haadha rangalhey
Kobaatha e Lowbi faaidh mibaiga netheema v dheravejje..
Ekam ingey silsilaa vaahakaeh veema adhi hurihaa partga Emmen nuhimeneynekan.
Bt story Hama v v v reethi
Kp it up
Awwn!!! Thanks ?
Hafthaage hadhiyaaga hageegai hoadhan inthizaaru kuran jeheynee dho..hehe
Rasheedha Vs lahuma dho mihaaru
Kaakutho meega nubaee??
Sameeru dho.. v helping meehei Hama abadhuves dho.
Hmm hurihaa parts ga Emmen himanaa nulevidhaane
Bt v missed dho faaidh.
Thanks dear
Wow amazing story
V v v curious kollaafa thi nimmaaly
Lahuma kyvvetha alhe latheef maraalan beynunvee?
Anekkaa hadhiyaaga meenee konvaahakaehbaa jahaafa.
Nenge nenge nengey.
V molhu mi liyuntheriyaa
V ukulhu gengulhelaaviyya
Ehnve
Heheh
Shaleen
Lysm
Thanks Quin Me.
Hehe yeah dho v kiyaalaahithuntha inee?
Let’s stay waiting..
Lahumaage mizaaj Hama thafaathee..
Hehe
Hmm guess nukolliyas vaahaka kiyaalaafa comment dheefa ineema Hama much happy ingey
Lysm
Thanks dear
Lahumaa mom ge vaahaka feshunee dho.. hehe
Latheef ah vaagoi balamaa?
Yeah lahumage mizaaj Hama thafaathee..
Oh hafthaage hadhiyaa dho..
Oops aslutha ❣️ seema preg very heevee ???
Let’s c dho
Hehe hmm dhen wait kolla next partah ingey
Hey shaleen. Mi part Hama v. Fab ingey.
Like to know Hama v Gina suvaaluthakuge javaabves. So we are curiously waiting abt.
Dhen vrh tricky vaahakaeh Hama mee.
V kiyaalaa hithun kiyaalevey tricky kamunves.
Hope for the best ? ingey.
Alheyyy avas kollabaa next parrrrttttttt????
Alheyy!! Thanks ?
Yeah dhen curious vefa thibegen wait kolladhee komme weak asluves ingey.
Shaleen mi balanee hama hih Hama jehey gothah vaahaka kuriyah gendheveytho ingey.
Hehe. Next partves emme avahahves genesdheveynee next week ah ingey.
Don’t worry
In sha Allah next wk ga kiyaalan libeyne ingey
Oh wow. Mi part hama v vess salhi
Lahuma ah koffa huri asarakun dheravesvey
Furathama faharah readers ah rovihje lahumage kanthahthah dhiyagoi inguneema ? ekam lahuma goas nuvinama dho?
Sameer Hama fakkaa helper eh.
Alhe kobaatha faaidh bro
V vey esoruge kankan balaalaahih.
Dhen hafthaage hadhiyaa dho
Guess akee thee thaaniya bunaa ehchei or Seema kannenge.
Kihineibbaa mivanee anekka
Shaleen Hama molhee ingey
Oh thanks dear
Yeah lahuma v dheravefa ehuree dho. Ehaa fulhives aissa adhi.
Hmmm sameeru Hama ei best ?
Faaidhge baeh mi partga netheema hurihaa kudhin v massala jassaaeba.
V ufaavey thikudhin faaidh dheke ehaa lowbivaathee. Faaidh miss vaatheeve ingey.,?
Let’s c dho mee kaaku bunaa ehcheikan ingidhaanethaa v avahakah dho.
Wait wait wait dhen Hama curious viyas ingey
Hehe.
Again thank you ☺️ so much ?
Wow nice story
Awwn!! Thank you
Oops
Curiousleeeee waiting
Salhivaane kannenge next part dho
Shaleen alheyy Avas kollaa
Alheyyy
V ufaavejje ingey
Hingaa balamaa dho next part salhiveytho
???
Dhen bunelaanee Hama wait Kollan hingaashey next part up vaadhuvahah
❤️
Alhe dhen ahannah Hama rangalhu latheef evaruge meehakaa marry nukurevey goi veema..
Dhen Sameer v caring husbandeh
Faaidh kobaa??
Mialhe hadhiyaaga meenee kaakuge dialogue ehbaa????
Mi part v interesting
Dhen whn next part
Can’t wait for….???
Hmmm you ah rangalhee ehenveema latheef and lahuma marry nukuriyya dho.
Dhen sameer Hama ei evvana dho hehe
Alheyy faaidh dho esoruge baives anekkaa annaane adhi ingey. Hehe.
Hadhiyaa guess kollinama
Hey ? v v thanks ingey
Alheyyy next part avas kollabaa ingey
Plzs shaleeeeeeen ❤️??
Alheyy
Next partah wait kolla
Next weekga in sha Allah
??
❤️❤️❤️❤️❤️❤️❤️❤️❤️
❣️❣️❣️❣️❣️❣️
Author plz next part avahah up kollaa
V kiyaalaahithun mihunnany
Hehe
Thanks
In sha Allah
Next wkga
stay wait
Yes v salhi ingey
Curiously waiting
Oh thanks dear
Next weekah madukollaa
Heheh
Maasha allaah.. mipart adhi vvv reethi.v asarugadha.keep it up.tvgc.lysm
Thanks Halle
Mi part kamudhiyaima
And v ufaavey kommes time kolhei dheegen vaahaka kiyaalaatheeve.
Lysm ?❤️?
Hey Shaleen. Hws you? Wow. Mi partves vrh reethi Masha allah. Seema mammaves ehn v ma aslu ehaa ran’galheh noon dhw. Sameer thugaa ah visit kuranii. And latheef ge friend akah dhw fahudh mi v. Lahumaa keehvebaa ehn e bunii. Nice.. Hadhiyaaga in bai I think eii seema noonii afeefa bunaa eccheh hen. Waiting for the next.
Lots of love
Lil sis
Hi ?
I am doing well ingey.
Thanks for the v v v kiyaahihvaa commenteh.
Not Seema mom dear. Ei lahuma mom maybe lil sis bunan ulhunee ehen kannenge dho?
Dear ei erashuga huri latheef eh dho.
Ei malega huri latheef eh noon. Eben bunefa dho mirashah aiigothah amilla rah male ahves nudhaan noonhey thihunnany.. so ei erashuga ulhey Sameer dhoani latheef. May be mi latheefge Bai kiyaakiyaa imagine veekannenge dho…
Doubt vanyaa adhi ethankolhu kiyaalaa ingey…?
Guess dho
Seema Vs afeefa
Let’s c dear ???
Again very thankussss????
Lysm
Masha allah mi part ves vrh reethi. Thafaathu twist eh in’gey mifaharu. Liked it a lot♡. Lahuma ge mamma ves ehn v ma hama same as lahuma dhw kuryga. But I don’t think past ge kuhthakakaa hedhi mulhi umuru dhuvahu eyge badhalu dhinumaky ves solution ekey. Don’t you think like this? Kithamme kameh viyas mamma vaany mamma ah dhw? Ehennu.Afeefa and Sameer haadha loaiyybey dhw. Good to see them happy. Lahuma ge answer eh balailan vrh beynun. OMG. Fahudhu sameer aa ehkoh mahah dhaan viyya haadha annoying vaane ey. Yayy. Sameer finally going to thugaa. Hey. Vrh sorry bodukoh. Me mihafthaaga students ge studies aa related kankamuga vrh busy koh ulhunyma I couldn’t comment avahah. Hope u would understand. Waiting for the next curiously. Stay quarantined. Luv you sis♡
Thanks a lot Real Me??
Yeah ? thee v rangalhu vaahakaeh.
Aslu madhun namaves mihen kanthah vaathan dhanee fennamun.
Real Me gothah Hama thi point thihen visnaidhey shaleen beynunvany Hama hurihaa readers ahves. So shaleen v expect kureen emme reader akah namaves rangalhu goy visneytho.
So happy vejje vaahakain v v v v v rangalhu ibrathei libuneema..
Ekamaa Hama Real Me ah ? selut kuran..
Vaahaka egothah liyumuge beynumakeeves ei.
Dheyn beynunvaa msg akeeves Hama ei. Evves meehakee furihama meehaa noonkamaa komme meehakahves kuh kureveynekan. Ekam ekahala kameiviyas meehun iskuranjeheynee kehtherikamaaeku emme rangalhu goy Kan.
And Sameerge momves v goas dho bt komme meehakee Sameer kahala meehei noon adhi komme meehakee lahuma kahala meeheivves noonkan bunedhinun shaleenge magsadh akii
Soooo happy mirey Hama Real Me ge faraathun mi libunu msg dhuvahakuves handhaan nunetheyne.???????????
Hmm e comment maa dhiguveema dhe commentah bahaalan mi jehunee vee ufalakun..
Yeah afeefa aa sameeru v salhikoh e ulheny dho.
Lahumaage answer dho ??? Let’s wait..?
Haha fahudhu gadhavefa ulhunas biruganeynu Sameer aaeki mahah dhaanves. Lol
Oh its okay dear
V lahun namaves comment fenuneema vrhhhhhhh happy vejje.?
Lysm ?
Agajwnebembehekshsjheabjleen
Sghehekwkwvwkw yemehejebenak❤❤❤❤???????????????????????????????????????????????♥️♥️♥️♥️♥️♥️♥️♥️♥️♠️♠️♠️♠️??
???????
Kshahdhdleuikvy dujhrtehlkse khmloa vkawrkglafh rljlugklsvhoi akadkehkiyepoy
HdIhk Heaktie Rtyhopu bpijstbachnetskh
??????
???