“އަހަރެން އޮވެދާނަން އެކަނި.” ލަހުމާ އަނެއްކާވެސް ރޯންފެށީ ކުރު ޖަވާބެއް ދެމުންނެވެ. ޝާމްގެ ވާހަކަ ދައްކަން ލަހުމާ އެއްގޮތަކަށްވެސް ބޭނުމެއް ނޫނެވެ. ލަހުމާގެ އަގަލެއް ނެތް ފަތިފުށް ޝާމްއަށް ހާމަވުމުން ލަހުމާ ޖެހިލުންވީއެވެ. ލަދުގަތީއެވެ. ޝާމްގެ ކުރިމަތީގައި ލަހުމާއަކީ ދެން އެއްވެސް މަޤާމެއް ނެތް މީހަކަށް ލަހުމާއަށް އިޙްސާސް ކުރެވުނީއެވެ. “ދަރިފުޅާ މާލިކް.. މަހޫ އަދިވެސް އޮފީސް ނިންމާފަ ގެއަށް ނާންނަނީތަ؟” ސަމީރު އޯގާތެރިކަމާއެކު ވާހަކަ ދެއްކިއެވެ. “އާނ! އަހަރެން ހުންނާނެ ބަތް ކައްކާފަ މަސް ފިހެފަ. […]
“ފާއިދު! ފާއިދުގެ ހަޤީޤީ މަންމައަށާ ބައްޕައަށް ތިކަން ނާންގާނަންތަ؟” މޫސަ އެހެން ބުނުމާއެކު އެންމެންގެ ލޯތަށް އެއްފަހަރާ އަމާޒުވީ މޫސައަށެވެ. އަދި ދެވަނަ ނަޒަރުގައި ފާއިދުގެ މޫނަށް ބަލައިލިއެވެ. މޫސަގެ މޫނުމަތީގައި އެއްވެސް ހާސްކަމެއް ނެތެވެ. ޖެހިލުމެއްނެތި މޫސަ ބުނެލި ޖުމްލައިން ފާއިދަށް ހީވީ އޭނާގެ ހިތުގެ އެތަން މިތަނަށް ތޫނުއެއްޗެއް ހަރަމުން ދާހެންނެވެ.. ފާއިދު ވަގުތުން އިސްދަށަށް ޖަހާލިއެވެ. އެހެންނަމަވެސް ފާއިދުގެ އަނގައިން އެ ސުވާލުގެ ޖަވާބު މޫސަ ބޭނުންވަނީ އެ އެންމެންގެ ހާޒިރުގައެވެ. “ފާއިދު! […]
“އަދިވެސް ޖޯލި ގަތާ ނުނިމެދޯ؟ ވާހަކައެއް އަހާލަންތަ؟” ސަމީރު ޖޯއްޔެއްގައި އިށީންނަމުން މާލިކްއާ ސުވާލު ކުރިއެވެ. އެހެން ނަމަވެސް މާލިކް ވަކި އެއްޗެއް ނުބުނެއެވެ. “ބުނެބަލަ! ތިހާ އެއްކޮށް އުޅެފަ ފަހުދު މާލެ ދިޔަ ހިސާބުން ކީއްވެ ދަރިފުޅު ބަދަލުވީ؟ އަހަންނަށް އެނގޭ ފަހުދު ނެތީމަ މާލިކަށް އައި ހެޔޮ ބަދަލު. އަހަންނަށް މިހާރު ޔަޤީންވެއްޖެ ޔުސްރާ ދެކެވެސް މާލިކް ވަރަށް ރުޅި އައިސްފިކަން. ވީގޮތް ބުނެ ދީބަލަ.. ދެން ނުބުނިއްޔާ އަހަރެން މިވާހަކަތަކެއް ނާހާނަން.” ސަމީރު […]
“އަހަރެން ކަލެޔާ އިންނަން ބޭނުން. އަހަންނަށް އެހީވެދީބަލަ.” ލަހުމާގެ އަޑަށް މޫސައެކޭ އެއްފަދައިން ޝާމްވެސް ހުއްޓުން އެރިއެވެ. ތާނިޔާ ރީތިވަމުން ދިޔައީ ހޮސްޕިޓަލަށް ދިޔުމުގެ މަޤްސަދުގައެވެ. ލަހުމާ އެޑްމިޓް ކުރިފަހުން ތާނިޔާގެ އަޅާލުން ލަހުމާއަށް ލިބިފައި ނުވާތީ އެކަން ހަނދާންވީ ކަންނޭނގެއެވެ. ހުދު ޓޮޕްކޮޅަކާއި ޖީސްން ފޮތީގެ ގަދަ ނޫކުލައިގެ ސްކާރޓްކޮޅެއް ލައިގެން ހުރިއިރު ތާނިޔާއެކޭ އިއްޔެ މެންދުރުގެ ޅަ ކުއްޖެކޭ އެއްވެސް ތަފާތެއް ނެތެވެ. ލޯގަނޑު ކުރިމަތީގައި ހުރެ ދިމަދިމާލަށް އެނބުރި ދެއަތުން މޫނާއި އިސްތަށިގަނޑު […]
“މި ހުރިހާ ކަމެއް ނުބައިކުރީ ކަލޭ މަންމަ ފަރީދާ. އެހެންވީމަ ސަމީރަށް އެއްވެސް އެއްޗެއް އަފީފާ ނުކިޔާދެދޯ؟ އަހަރެން މިތަނުން ގޮސްފާނަން.” ޔުސްރާ އެހެން ބުނަމުން ހިނގައިގަތެވެ. ފާއިދާ އޭނާގެ ބައިވެރިޔާއަށް ޚާއްސަކޮށްފައިވާ ކެއުމަށް އެންމެން އިންސާފު ކުރަމުން ދިޔައެވެ. މޭޒު ވަށައިގެން ގޮނޑި ޖަހާފައިވާއިރު ކޮންމެ މީހެއް ކައިރީގައި ތަށިތައް އަތުރާލާފައިވެއެވެ. ކާތަކެތީގެ މީރު ވަހުން އެކަނިވެސް ބަނޑު ފުރިދާނެހެން ހީވެއެވެ. މޭޒުމަތީގެ ފަޅުކަން ފިލުވުމަށް އެހާ ރަނގަޅު ނާސްތާއެއް ތައްޔާރު ކޮށްފައިވަނީ ސީމާއާ ތުގާގެ […]
ފަހުދު ބޯއަޅައިން އޮތް ބާލިސް ދަށުން ފެންނަން އޮތް ކުޑަކުޑަ ގަނޑުކޮޅަށް މޫސަގެ ނަޒަރު ހުއްޓުނެވެ. އަތުގައިވާ ފޮތް ކައިރީގައިހުރި ގޮނޑިއެއްގެ މަތީގައި ބޭއްވުމަށްފަހު މަޑުމަޑުން އެ ގަނޑުކޮޅު ނަގާ ބަލައިލިއެވެ. އެޔާއެކު މޫސަގެ ނިއްކުރިޔަށް އެއްފަހަރާ އެތައް ރުލެއް އަރުވާލަމުން ފަހުދާ ދިމާލަށް ބަލައިލިއެވެ. އަދި އަނެއްކާވެސް ހަމަ އެޔަށް ނަޒަރު ހުއްޓާލައިން އިރުކޮޅަކު ހުރުމަށްފަހު އެ ގަނޑުކޮޅު ބޭއްވިއެވެ. އަދި އަވަސް އަވަހަށް އަތަށް ފޮތް ނަގައިގެން ގޮސް އޭނާ ނިދާ ކޮޓަރިއަށްވަނެވެ. އިރުގެ […]
“ބައްޕާ! އަހަރެން ވާހަކަ ދައްކާލަން ވަގުތުކޮޅެއް ދެވިދާނެތަ؟ މިއައީ ހަމަ ނުނިދިގެން.” ނިދަން ތައްޔާރުވެ އޮތް ސަމީރުގެ ކޮޓަރިއަށް ވަދެ ހޮޅިބުރި ދިއްލާލަމުން މާލިކް އަހާލިއެވެ. “އާދޭ އަވަހަށް މަގޭ ދަރިފުޅާ! ތަނަކަށް ތަދުވަނީތަ؟ ބަލިވީތަ؟ ނޫނީ ކަމަކާ ވިސްނަނީތަ؟” ހާސްވެފައިވާ ސަމީރު އެނދުގައި އިށީންނަމުން ހައިރާންވެފައިވާ ފަދައިން ސުވާލުތައް އަމުނާލެވުނެވެ. “އެއްވެސް ކަމެއްނުވެ.. އެކަމަކު ބައްޕާ!,. ބައްޕަ ވީނު އަފީފާ ދައްތައާ ކައިވެނި ކުރަން..” އިސް ޖަހާލައިގެން އިން މާލިކް ލުއިލުއި އަޑަކުން އިޙްތިރާމާއެކު ބުނެލިއެވެ. […]
“އަހަންނަށް ކިޔަނީ ފަހުދު..” ފަރުވާކުޑަ ގޮތަކަށް ނަން ބުނެލަމުން، ތައްޓެއް ކައިރި ކޮށްލަން ފަހުދު މަސައްކަތް ކުރިއެވެ. “ކޮއްކޯ! މިރޭ ދޮންބެއަށް ބަތް މޮޑެ ދޭންވާނީ މި ބޭބެއަށް ބަތް މޮޑެދީފަ. މެހެމާނުންނަށް ކަމޭހިތަންވާނެ. ބޭބޭ! އަހަރެންގެ ކޮއްކޮ ވަރަށް މީރުކޮށް ބަތްމޮޑޭނެ. އަދި ބުނަން.. ބޭބެގެ އެއްޗެއް ދޮންނަން ވިޔަސް އިސްތިރި ކުރަން ވިޔަސް އަހަންނާ ހަވާލުކުރޭ އިނގޭ.. މިގޭގަ އަހަރެން ދޮއެ އިސްތިރި ކުރަނީ މޫސަބެޔާ އަހަރެންގެ އަންނައުނު.. ތުގާ ކޮއްކޮއަށް އޮންނާނީ ސީމައްތަގެ […]
“އަލުން އަފީފައްތައާ ކައިވެނި ކުރަންވީނު؟” އަނެއްކާވެސް މާލިކް ބުނެލި ޖުމްލައިން ސަމީރާ މަހޫ އެއްފަހަރާ ހުއްޓުން އެރިއެވެ. “މާލިކް! ދަރިފުޅަށް މިއަދު ކިހިނެއްވެފަ ތިހިރީ؟ ތީ މީގެ ކުރިން މާލިކް ނުދައްކާ ވާހަކަތަކެއް. ބައްޕަ ހިއެއް ނުކުރަން ތި ކަންކަމަކީ މާލިކް ވިސްނާހަދާ ކަންތައްތަކެއް ކަމަށް. ބުނެބަލަ؟ ކީއްވެ ތި ވާހަކަތައް މިއަދު ތި ދައްކަނީ؟” ސަމީރުގެ ހިތުގާ އުފެދިގެން ދިޔައީ އުސްމިން ނޭނގޭ ރާޅު ބައިނިތަކެކެވެ. ފުން މިން ނޭނގޭ ކަނޑެއްގައި އަނެއްކާވެސް ފަތަން ޖެހިދާނެހެން […]