Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

އިމްތިޙާން 42

Shaleen Level 1010 Stories100 Comments100 Login500 Login100 Stories500 Comments
December 21, 2020 3 Mins Read
0 Comments

“އަފީފާ!. އަހަރެން އަސްލު މިއޮއްހާދުވަހު ސަމީރުގެ ދިރުއުޅުމަށް ގޯނާ މިކުރީވެސް ތިވާހަކަތަކާ ސަމީރުގެ ހަޔާތާވެސް ގުޅުމެއްވާތީ.” ގޮތް ހުސްވެފައިވާ ފަހުދު ބުނެލިއެވެ.

ޚަދީޖާ އޮތް އެނދުކައިރި ހުރި ގޮނޑީގައި ސަމީރު އިށީންދެލިއެވެ. އަދި ވަރަށް އަސަރާއެކު ފުން ނޭވާއެއް ދޫކޮށްލަމުން ޚަދީޖާގެ އަތުގައި ވަރަށް ލޯބިން ހިފާލިއެވެ. ސަމީރަށް ހިތްވަރުދިނުމުގެ ގޮތުން މަހޫ އޭނަގެ ބައްޕަގެ ކޮނޑުގައި އަތް އަޅުވާލައިން ހުއްޓެވެ. ސަމީރުގެ އޯގާތެރި ފިރުމުންތަކުން ޚަދީޖާ ސިއްސައިން ދިޔައެވެ. އަދި ވަގުތުތައް ބޭކާރު ނުކޮށް ވާހަކަ ދައްކަން ފެށިއެވެ.

“ދިރިފުޅާ!.. މަންމަގެ ދުވަސް މިދަނީހެން ހީވަނީ. މިހާރުވެސް އަހަރެންގެ ފައިކޮޅަކު އެއްވެސް އިޙްސާސެއް ނެތް.
ސަމީރު.. އަހަރެން ވަރަށް ވިސްނައިފިން.. އަހަރެންނަށް ހީވަނީ އަހަރެންނަށް ކުރެވުނު ބަދު ދުޢާގެ ސަބަބުންހެން ދަރިފުޅުގެ މުސްތަޤްބަލް ތި ހަލާކުވީ.. އަހަރެން ދުޢާ ކުރީމެއްނު ސަމީރަށް އުފާވެރި ދިރިއުޅުމެއް ނުލިބޭތޯ.. ނިކަށް ބަލާބަލަ! މަގޭ ދަރިފުޅުގެ ދެވަނަ ކައިވެނިވެސް ރޫޅިގެން ދިޔަ ގޮތް.. ދަރިފުޅާ.. ބަލިހާލު ބޮޑުވެފައިވާ މީހާ ކުރާ ދުޢާ ވަރަށް އަވަހަށް ޤަބޫލު ކުރައްވާނެ..”

“އަހަރެންގެ މިދެލޯ އުމުރަށް މަރާލުމުގެ ކުރިން އަހަރެން އެދެނީ ކުރިޔަށް އޮތްތާ ދަރިފުޅަށް ވަރަށް އުފާވެރި ދިރިއުޅުމެއް ދެއްކެވުން. ދަރިފުޅާ.. އެންމެ ފުރަތަމަވެސް ދެން ދަރިފުޅަށް ކައިވެނިކުރަން ފުރުޞަތު ލިބޭ މީހަކީ ހެޔޮލަފާ މީހެއްނަމަ މަންމައަށްޓަކާ ކައިވެނި ކުރާތި.. އޭރުން މި މަންމަގެ ހެޔޮ ދުޢާގެ ސަބަބުން އިރާދަ ކުރެއްވިއްޔާ އެ ދިރިއުޅުން އުފާވެރި ވެދާނެ..”

އެތައް ވޭންތަކެއް ތަޙައްމަލް ކުރަމުން ދިޔަ ޚަދީޖާ ވަރަށް އުނދަގުލުން ނަމަވެސް ވާހަކަ ދެއްކިއެވެ. އެ ވާހަކަތައް ކަނުލާ އަޑުއަހަން އިން ސަމީރުގެ ކޮނޑުގައި ވަރަށް ލޯބިން މަހޫ ފިރުމާލަ ފިރުމާލާ ހުއްޓެވެ.

“ދަރިފުޅާ.. އަހަރެން މިހާލުގަ އޮތް އިރުވެސް އަހަރެންގެ ދެ އަންހެން ކުދިން އަހަންނާ ހަމައަށް ނާންނާނެތީ ހުވަފެނުން ފެނިއްޖެ.. އެހެންވީމަ އެއީވެސް އަހަންނަށް ލިބުނު ވަރަށް ބޮޑު ފިލާވަޅެއް. އެކުދިން ހިޔެއް ނުވެ އަންނާނެހެން.. އަހަރެންނަކީ ކިހާ ގޯސް މަންމައެއް..” ޚަދީޖާއަށް ރޮވުނެވެ.

ދަރިފުޅާ! މަންމަ ނެތް ދުނިޔެއަކީ ދަރިފުޅަށް މިދުނިޔޭން އަގު ބޮޑު ޖަވާހިރު ގެއްލުން ކަހަލަ ކަމެއް.. އެކަމަކު.. އެކަމަކު އަހަރެން ފެންނަން ހުރިއިރުވެސް ދުޢާ ކޮށްދިން ގޮތަށް އަހަރެން ފެންނަން ނެތަސް ދުޢާ ކޮށްދޭތި.. އަހަރެންގެ ވަޞިއްޔަތްތައް ޤަބޫލު ކުރާނެ ކަމަށް ހީ..”

ޙަދީޖާގެ ފަހުނޭވާ ދޫކޮށްލީ ސަމީރުގެ ކުރިމަތީގައެވެ. އެ ނޭވާއާ އެކު ސަމީރު އަޑުއަހާލާ ހިތުންހުރި އެތައް ވާހަކައެއްވެސް ޚަދީޖާ ދޫކޮށްލިއެވެ. ޚަދީޖާގެ ރޫޖެހިފައިވާ ދެއަތްވެސް ބުނާކަހަލައެވެ. “އަހަރެން މިދުނިޔޭގެ ޚަޔާތުން ސަމީރު އަބަދައްޓަކާ ދޫކޮށްދަނީއެވެ.”

ހިތްގައިމު ބޮޑު ގެއެއްގައި އަމިއްލަ މިނިވަންކަމާއެކު އުޅެލުމުގެ އިޙްސާސްތައް ކުރެވުމުން ތާނިޔާގެ ތުންފަތުގައި ދުވެލީ އުފާވެރިކަމުގެ ހިނިތުން ވުމެކެވެ. ގެއަށް ވަދެވުމާއެކު އެއްވެސް ތަރުތީބެއް ނެތް ގޮތަށް ލަގެޖްތައް ބަހައްޓާލަމުން ވަރުބަލި ފިލުވާލުމުގެ ނިޔަތުގައި ކުއީން ސައިޒްގެ ބޮޑު އެނދުގައި އޮށޯއްވެލިއެވެ. ފިނިފެންމަލުގެ ދާނެއްގައި އޮވެވޭފަދަ އަރާމު ކަމެއް އިޙްސާސް ވަމުންދިޔަ ތާނިޔާ ސިއްސައިން ދިޔައީ ދޮރުގައި ޓަކި ޖަހާލި އަޑަށެވެ.

“ޝާމް!.. ވަދޭ އަވަހަށް.. އަޅެ ހާދަ ބޮޑުވެއްޖެއޭ މިހާރު މިސޮރު. ވަރަށް ބެލީމަ މި އެނގުނީވެސް. ވަރަށް ތަފާތު އިނގޭ. އެކަމު ފަލަވެފަ ހުއްޓަސް އަދިވެސް ފާހަގަ ކުރަން ނޭނގޭ ވަރެއް ނުވޭ. ކިތައް އަހަރުތަ ތިވީ؟ ކޮބާތަ މަންމަ؟” ކޮޓަރީގެ ދޮރު ހުޅުވާލުމާއެކު ތާނިޔާ ވާހަކަ ދައްކަން ފެށިއެވެ.

“ސަތާރަ އަހަރު ވެއްޖެއޭ މިހާރު.. މަންމަ އުޅެނީ ހަމަ މިގޭގައޭ.. ހަތަރުވަނަ ފްލޯރގަ. ކުރިން އުޅުނުގެ ހަދަންވެގެން ވަރަށް ފަހުން ބަދަލުވެގެންނު މިއުޅެނީ. އަހަރެން އެންމެފަހުން މެޑިކަލް ޓްރީޓްމަންޓަށް ލަންކާއަށް ދިޔަފަހަރު ބުނީމެއްނު ކުޑާ ކައިރި އެވާހަކަ. ހަނދާން ނެތީތަ؟” ތާނިޔާއަށް ބައެއް ކަންކަން އޮޅުން ފިލުވައިދެމުން ޝާމް ވާހަކަ ދެއްކިއެވެ.

“މާލެ ހާދަ ބަދަލުވެފައޭ މިއޮތީ ދޯ؟ ކުޑާ ހަމަ ހައިރާންވި މިރަށުގަ ފައިޖެހުނީމަ.. ކާރަށް އަރާފަވެސް އިނީ ސޮނިވެއްޓިފަ.” ތާނިޔާއަށް ހީވަނީ ތަފާތު އުފަލެއް ލިބިގެން އުޅޭހެނެވެ.

“ކުޑާ.. ހާދަ އުފަލުންނޭ ތިހިރީ.. އެކަމު މިއޮއްހާ ދުވަހު މަޖާކުރަން އުޅެއުޅެފަ އައިސް އަދިވެސް… މަންމަގެ ހާލު ކިހިނެއްތޯ އަހާ ނުލަމެއްނު..” ޝާމްގެ މޫނުމަތީގެ ތާޒާކަން ކުއްލިޔަކަށް ގެއްލިގެން ދިޔައެވެ. ހަޤީގަތުގާ ތާނިޔާގެ އުފާވެރި މޫނުފެނި ޝާމްގެ ހިތުގައި ޖެހުނީތީއެވެ.

“އުފާވާނެދޯ؟ ހާދަ ދުވަހެއް ކޮށްފައޭ އަމިއްލަ ފަސްގަނޑަށް މިއާދެވުނީ.. ހޫމް. މަންމަ ކިހިނެއްތަ؟ ނޭހިޔަސް މަށަށް އިނގޭ އަބަދުވެސް އުޅޭނީ ކޮންމެސް ފޮނި ގޮތަކަށްކަން. ވަރަށް ވަރުބަލި.. ފަހަރެއްގަ މަންމަ ކައިރިއަށް ތި ފްލޯރއަށް ދެވިދާނެ ހަފްތާއެއް ފަހުންވެސް.. ގޮސް މަންމަ ކައިރި ބުނޭ ކުޑާ އަރާމު ކޮށްލަން ބޭނުމޭ.” ތާނިޔާ ދޮގެއް ހަދާލަމުން ފޫހި ރާގެއްގައި ބުނެލިއެވެ.

ރޭގަނޑުގެ އަމާންވަގުތެވެ. ހަމަހިމޭން ކަމާއެކު ސޯފާގައި ނިދި ޖެހިފައި އޮތް ސީމާއަށް ކުއްލިޔަކަށް ދެލޯ ހުޅުވާލެވުނެވެ.
އަވަސް ހަރަކާތްތަކާއެކު އިށީންދެލަން އުޅުނު ސީމާގެ ލޮލުގައި އަޅައިގަތީ ފާއިދެވެ. އާދައިގެ މަތިން ސީމާގެ ފައިތިލައާ ދިމާލުން ސޯފާގައި ބޯއަޅުވާލައިން ފާއިދަށް އިނީ ނިދިފައެވެ. އެއީ ފާއިދުގެ އާދައެވެ. ސީމާއަށް ސޯފާގައި ނިދިފަ އޮތްނަމަ ގިނަފަހަރަށް ފާއިދު އިންނާނީ މުށިތައް މަތީ އެހެނަސް ސޯފާގައި އަތް އަޅުވާލައިން ނިދާފައެވެ.

“ދަރިފުޅާ! ދަރިފުޅާ! ކާންވީނު؟” ސީމާ މަޑުމަޑުން ފާއިދަށް ގޮވާލިއެވެ.

“ދައްތަ ކައިފިންތަ؟” ލޯއުނގުޅާލަމުން ފާއިދު ކޮށްލީ ސުވާލެކެވެ.

“ނޫން. ދެން ހިނގާ ކާން ދަމާ. ދައްތައަށް ހީވަނީ ތުގާއާއެކީ މޫސަބެ ކެއީހެން.” ސީމާ ހަމަޖެހިލައިން އިށީނެވެ.

“މިހާރު ބޮލުގަ ރިހުން ކިހިނެއްތަ؟ އަހަރެން އެވާހަކަ ދެއްކީމަ ހާދަ ބޮޑަށޭ ދައްތަ ތި ވިސްނީ.. އުފަލެއްނު ކުރަންވީ.. އެކަމާ އެހާބޮޑަށް ނުވިސްނާ..” ފާއިދުގެ ވާހަކަ ދެއްކުން އިތުރަށް ކުރިޔަށް ގެންދިޔައެވެ.

“އަހަރެން ތިހިރީ ދައްތަ ނިތްކުރީގަ ބާމުވެސް ހާކާފަ.
ދެން މިތާ އިނދޭ އިނގޭ.. އަހަރެން އަތުން ދައްތަ ކާނީ މިރޭ.. ދައްތަ މިރޭ ކައިން ރެސްޓް ކޮށްލާ.. އަހަރެން ތަށިތައް ދޮވެ ކާއެއެްްޗިސް ހޫނު ކޮށްލާނަން.” ފާއިދު ކާގެއަށް ދިއުމަށް ހިނގައިގަތެވެ.

“ފާއިދު! ދަރިފުޅު މީހަކާ އިންނަންވީނު؟” ސީމާ ބުނެލި ޖުމްލައިން ފާއިދު ސިއްސައިންގޮސް ބަލައިލިއެވެ.

 

– ނުނިމެ –

—————-*******——-
ހުރިހާ ކިޔުންތެރިންނަށް ވަރަށް ބޮޑަށް ޝުކުރިއްޔާ.
އަޅުގަނޑުގެ ވާހަކަ ކިޔަމުންދާއިރު ފާހަގަ ކޮށްލެވޭ ކުށްތައް ކޮމެންޓްގެ ޒަރިއްޔާއިން އަންގާލަ ދިނުން އެދެން.
މީ އަޅުގަނޑުގެ ފުރަތަމަ ވާހަކައަށް ވީތީ، ދިވެހި ބަހުގެ ހަމަތަކާ ޤަވައިދުން ކައްސާލާފައި ހުރެދާނެ. އެހެން ނަމަވެސް އަޅުގަނޑު ވަރަށް މަސައްކަތް ކުރާނަން ބަހުގެ ހަމަތަކާ ޤަވައިދު ހިފަހައްޓައިން ވާހަކަ ކުރިޔަށް ގެންދެވޭތޯ.
ހުރިހާ ބޭފުޅުންވެސް ތިދެއްވާ އެއްބާރުލުމަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Shaleen

Level 1010 Stories100 Comments100 Login500 Login100 Stories500 Comments

Other Articles

Previous

އެންމެ ލޯބި އެލާމް

Next

އެކުއްޖާ 2 – 8

Next
December 21, 2020

އެކުއްޖާ 2 – 8

Previews
December 21, 2020

އެންމެ ލޯބި އެލާމް



All Right Reserved!