“ފާއިދު!.. ލަހުމާ!… ދެން ހުއްޓާލާ. މީ ރޯންވީ ވަގުތެއް ނޫން. މިހާރު ދެންވީ ކުރީގެ ހަނދާންތައް ފޮހެލާފަ މުސްތަޤްބަލް އުޖާލާ ކުރެވޭތޯ ބަލަން. ސީމައްތަ މިއަދު މާ އުފާވެއްޖެ ފާއިދަށް އާ ޙަޔާތެއް ލިބުނީތީ.. ފާއިދުގެ މަންމައަށް ޤަދަރު ދީގެން، ތި ޙަޔާތުގަ މަންމަގެ ޢިއްޒަތް އުފުލާދެވޭތޯ ބަލާ.. ފާއިދު! މަންމަގެ ލަފްޒަކީ ދުވަހަކުވެސް މިދުނިޔެ ހިނގާހާ ހިނދަކު ނެތިދާނެ ލަފްޒެއް ނޫން. އެއީ ވަރަށް ޤަދަރު ދޭންޖެހޭ ފަރާތެއް. ސީމައްތަދެކެ ވީ ލޯތްބަށްވުރެ ބޮޑަށް ލޯބި […]
އޭރުވެސް ފާއިދު ލަހުމާކައިރި އިށީންދެގެން އިނދެ ކަރުނަ އަޅަނީއެވެ. ކުޑަ ކަކޫ ޖަހައިގެން އިން ފާއިދުގެ މުށުތެރޭގައިވަނީ ލަހުމާގެ ދެއަތް ފޮރުވާލާފައެވެ. ފާއިދުގެ ފަހަތުގައިހުރެ މޫސަ އާރޓްފޮތް ދައްކަމުން ދާކަން ފާއިދަށް ރޭކާލީ ލަހުމާގެ ލޮލުގެ ނަޒަރު ހިންގަންފެށި ގޮތުންނެވެ. ކުއްލިޔަކަށް ފާއިދު ހައިރާން ވެފައި އިނދެ ފަހަތަށް ބަލައިލިއެވެ. އެއީ ލަހުމާގެ ފަރާތުން ފާއިދަށް ލިބުނު ހިތްދަތި ދިރިއުޅުން އަންގައިދީފައިވާ ކުލަ ނޫން ތަސްވީރު ތަކެކެވެ. “މަންމާ! އަހަރެންގެ ހިތް މަންމައަށް ގޯހެއް ނޫން. އެކަމަކު […]
މިއަދު ފަރީދާދެކެ ރުޅިއައުމުގެ އެއްވެސް ޙައްޤެއް ލަހުމާއަށް ނެތީ އެފަދަ އެތައް ސަބަބު ތަކަކާ ހެދިއެވެ. މިދުނިޔެ ލަހުމާ އިމްތިޙާން ކުރަމުން އެގެންދަނީ ކޮންފަދަނީ ގޮތަކުން ހެއްޔެވެ.؟ ދުނިޔޭގެ އެއްވެސް ޙާލަތަކަށް ބެލުމެއް ނެތި ގަޑީގައިވާ ކަށިތައް އޭގެ ވާޖިބު އަދާކުރަމުން ގޮސް ދިހައެއް ޖެހީއެވެ. ލަހުފާގެ އާއިލާއިން ހަފްލާގައި ބައިވެރިވި މީހުންވެސް އިރުކޮޅެއްގެ ތެރޭގައި ކައިވެނި ނިމުމުން ގެޔަށް ދިޔައެވެ. އެހާ ލަސް ވީއިރުވެސް ކައިވެނީގެ އުފަލުގައި ވަގުތުތައް ގުނަމުން ދިޔައީ އުފާވާފަދަ އެތައް ކަމެއް […]
“ރަޝީދާ އަހަންނަށް ދިނީ. ކޮންމެހެންވިޔަސް ކަލެޔަށް ނޭނގުނަސް މި ފޮޓޯގަ މިތިބަ ތިން މީހުންނަކީ މިވަގުތު އަހަންނާ ކޮންމެސް ހިސާބަކުން ގުޅުން ހުރި މީހުން. އެހެންވެ މި ފޮޓޯ ފެނުނު ދުވަހުން ފެށިގެން އަހަރެން މިކަންކަން ހޯދަން އިތުރަށް ޝަޢުގުވެރި ވީ.. ބަލާބަލަ މި ފޮޓޯގަ މިހުރީ ކަލޭ ތި ބުނާ ކަލޭ އެންމެ ލޯބިވީ މީހަ. އެހެންވީމަ ފާއިދުގެ ބައްޕައަކީ އެހެރީ..” ސަމީރާ ފަހުދާ ދެމީހުން ތަންކޮޅެއް ދުރުގައި ތިބިތަން ދައްކާލަމުން މޫސަ ބުނެލިއެވެ. އެއަޑު […]
” މޫސަބެގެ ހަދިޔާދޯ؟ މޫސަބެއަށް ހިއެއްނުވެ މޫސަބެ ދޭ ހަދިޔާ ދުވަހަކުވެސް ފާއިދު ހިތުން ފިލާނެހެން.” ފާއިދުގެ އަތުގާ ހިފައިގެން މޫސަ ކުރިޔަށް ހިނގައިގަތެވެ. ފާއިދުގެ އިތުރުން ތުޤާއާ އެހެން މީހުންވެސް ވަނީ މޫސަގެ ޚަރަކާތްތަކާއި ބަސްމަގު ހުރިގޮތުން ޚައިރާން ވެފައެވެ. ފާއިދު ގެންގޮސް މޫސަ ބެހެއްޓީ އެންމެންގެ ކުރިމަތީގައެވެ. ހުދުކުލައިގެ ރީތި ގަމީހަކާ ކަޅު ކުލައިގެ ފަޓުލޫނެއް ލައިގެން ހުރިއިރު ފާއިދުގެ ކަރުން ވައްޓާލާފައިވާ ނޫކުލައިގެ ދިގު ޓައީއިން ފާއިދުގެ ރީތިކަން ހާމަކޮށްދެއެވެ. މޫސަގެ އިޝާރާތަށް […]
“ނޭނގެ. މިއަދު އިރު އެރީއްސުރެ މާގިނަ ފޯނު ކޯލްތަކެއް ވެސް އައި. ވެގެން އުޅޭ ގޮތެއް އެއްގޮތަކަށްވެސް ހަމަ ނޭނގެ.” ސީމާ ހާސްވެފައިވާ ވަރުން މޫނުމަތި ވަނީ ދާ ހިއްލާފައެވެ. “ބުނެނުލާތަ ވެގެން އުޅޭ ގޮތެއްވެސް؟ ދެން އެކަމަކު ގަޑި ކީމަ އަންނަން ވާނެއްނު އަޅެ. މޫސަބެ ނެތިއްޔާ އަހަރެން މި ކައިވެންޏެއް ނުކުރާނަން.” ފާއިދު ވާހަކަ ކުރިޔަށް ގެންދިޔައެވެ. “އަންނަން އުޅޭނެ ކަންނޭނގެ ދޯ މިހާރު!” ފާއިދާ ސީމާ ކައިރިއަށް ހުއްޓިލަމުން ތުޤާ ބުނެލިއެވެ. “ކޮންތާކުން […]
“ކަމެއްނު! ވާހަކަ ދައްކަބަލަ! ތީ ތިދަރަޖައަށް ވެއްޓެންވީ މީހެއް ނޫނޭ.” އަނެއްކާވެސް މާލިކް ވާހަކަ ދެއްކިއެވެ. “ބަލަ ކަލޭ ތިހިރީ މަގޭ މަންމައަށް ހާދަ ވަރެއް ކޮށްފައޭ.. އެވެސް ބައްޕައަށް ސިއްރުން.. ކަލޭގެ ތި ވައްތަރު ކަންނޭނގެ މަގޭ ގައިގަ މިހުންނަނީ.. ކަލޭ މާލެ އައިމަ މިދަޔަ މަދު ދުވަސްކޮޅު އަހަރެންގެ ބައްޕަމެނަށް ފެންނާނެ ރަށުގަ އަހަންނަށް އުޅެލެވުނު ބޮލަށް ފަސޭހަ ދިރިއުޅުން. އެކަމަކު ކަލޭ ފެނުނީމަ މަގޭ ލޭ ހީވަނީ ބޮކިޖަހަން ފަށާހެން.” މާލިކް ވާހަކަ […]
ކަންތައް ކުރަންވީގޮތް ސަމީރަށް ބުނެދިނުމުން މަހޫމެން ފާއިދުގެ ކޮޓަރިއަށް ގެންގޮސްދިނީ ސަމީރެވެ. އެއަށްފަހު ސަމީރު ގޮސް އޭނާއަށް ހަމަޖެއްސި ކޮޓަރީގެ ދޮރު ހުޅުވާލިއެވެ. އެނދުމަތީގައި އިން މީހާ ފެނުމާއެކު ސަމީރުގެ މޫނު މަތީގެ ކުލަ ބަދަލުވިއެވެ. ސަމީރުގެ ހިތުގާ އެއްފަހަރާ އެތައް ސުވާލެއް އުފެދެން ފެށިއެވެ. ސަމީރު ފެނުމާއެކު ފަހުދުވެސް ސިއްސައިން ދިޔައެވެ. އަދި ކޮންމެސް އެއްޗެއް ވިސްނާލަން އިނުމަށްފަހު ވަގުތުން އިސްޖަހާލިއެވެ. “”ސުބްޙާނަ ﷲ .! މަށަށް އޭރުވެސް ހީވީ ހަމަ ރަނގަޅަށްތާ.. އެމަންޖެގެ ނަން […]
“ކުރިންވެސް ކުރަހަން. ވަރަށް ކުޑައިރު އެއީ. ކުރީގެ ހިތްދަތިކަން މަންޒަރުތަކެއްގެ ސިފައިގަ ފޮރުވާފަ ހުންނާނީ. އެތަކެތި ކުރެހީ ހުދާއި ކަޅުގެ ފަންސޫރު ތުނޑުން. އެކަމަކު މިހާރު ބޭނުންވަނީ އަހަންނަށް ލިބެމުން މިދާ އުފާވެރިކަން ރީތި ކުލަތަކުން ކުރަހާލަން. ބަލާބަލަ މިފޮތް.. ބަލާބަލަ.. ދަންނަ އެއްވެސް ކަމެއް ފާހަގަ ވޭތޯ؟ ދަންނަ އެއްވެސް މީހަކު ހުރިތޯ؟ ގައިމުވެސް ކޮންމެސް ކަމެއް ފާހަގަ ވާނެ.” ހިނިތުން ވެލަމުން ފާއިދު އޭނާ ކުރަހަން އިންފޮތް ދިއްކޮށްލިއެވެ. ފަހަރަކު ގަނޑެއް ބަލަމުން ގޮސް […]