Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

އިމްތިޙާން 41

Shaleen Level 1010 Stories100 Comments100 Login500 Login100 Stories500 Comments
December 18, 2020 3 Mins Read
0 Comments

“އެއީ އަނެއްކާ ކޮންކަހަލަ ނިންމުމެއް؟” ސީމާއާ ތުގާގެ ގާތަށް ޖެހިލަމުން މޫސަ ސުވާލު ކޮށްލިއެވެ.

 

“ސަމީރު! ޑޮކްޓަރ އެދަންނަވަނީ މިވަގުތު ފެންނަމުންދާ އަލާމާތްތަކަށް ބަލާފަ ސަމީރު މަންމަގެ ހާލު މިހާރުވެސް ވަރަށް ދަށްވަމުން ދާކަމަށް. ސަމީރު ދެންނެވީން ދެއްތޯ މަންމަގެ ފަރުވާއަށް ވަރަށް އަވަހަށް އިންޑިޔާއަށް ފުރާނެ ވާހަކަ؟ އެކަމަކު… ޑޮކްޓަރގެ އެއްވެސް އުންމީދެއްނެތް މާލެއާ ހަމައަށްވެސް ދެވިދާނެކަމަށް.”

 

ޑޮކްޓަރގެ ބަސް ތަރުޖަމާ ކޮށްދޭން ހުރި އަންހެން ކުއްޖާ ވާހަކަ ދެއްކިއެވެ.

 

“ސަމީރް.. އައި އޭމް ވެރީ ސޮރީ” ޑޮކްޓަރ ސަމީރުގެ ކޮނޑުގައި ޖަހާލަމުން ބުނެލިއެވެ.

 

ޑޮކްޓަރުގެ ތަރުޖަމާނު ދެއްކި ވާހަކަތަކުން ސަމީރުގެ އުންމީދު މުޅިން ގެއްލިއްޖެއެވެ. އިތުރަށް ހިތްވަރު ކުރެވެން ނެތްހެން ސަމީރަށް ހީވާން ފެށިއެވެ.

 

“ބައްޕާ.. އާދޭ މާމަ ކައިރިއަށް އިށީންނަން.. މާމަ ކައިރިއަށްގޮސް ވަރަށް ހިތްވަރު ކުރާތި. އަދި ޖެހޭނެއްނު މާމަގެ އަނެއް ކުދިން ކައިރިވެސް މިވާހަކަ ބުނަން.” މަހޫ ވާހަކަ ދައްކަމުން ދިޔައީ އޯގާތެރި ކަމާއެކުގައެވެ.

 

“ނޫން… ބައްޕަ ނޫން މީހަކު މާމަ ދެކެން ނާންނާނެ. މާމަ ބަލިވި ވާހަކަ އެންގީމަވެސް ޖަވާބުގަ ބުނީ ތިކަހަލަ ބޭކާރު ކަންކަމަށް ތިމަންނަމެނަށް ވަގުތެއް ނެތޯ.. މަރުވިއްޔާ ވަޅުލާށޯ.. އެވަރުގެ ބައެއް ދެން މިވަގުތު އަންނާނެތަ؟ އެކަމު މަހޫ ބުނީމަ ބައްޕަ ކޮންމެސް ގޮތަކުން ތިވާހަކަ އަންގާނަން އެމީހުނަށް.” ސަމީރުގެ ހިތް ކުދިކުދިވަމުން ދިޔައީ ގުނާވެސް ނުލެވޭފަދަ ހިމޫންކަމަކާ އެކުއެވެ.

 

ފާއިދު ދޭނެ ޖަވާބަކަށް އިންތިޒާރު ކުރަމުން ސީމާމެން އެކަކު އަނެކަކަށް ބަލަން ފެށިއެވެ. ހާސްކަމާއެކުގައެވެ. ކޮންމެހެން ވިޔަސް ސީމާގެ ދެމަފިރިންގެ އިތުރުން ތުގާވެސް ބޭނުންވާނީ ފާއިދު އަބަދަށްވެސް އެގޭގައި އުޅުމަށެވެ. އެހެންނަމަވެސް ސީމާއާ މޫސަގެ ވިސްނުން ހުރީ އެއިން އެއްވެސް ކުއްޖަކަށް މަޖުބޫރު ކުރާ ގޮތަކަށް ނޫނެވެ. އެހެންނަމަވެސް ސީމާގެ ހިތް އޭނާގެ އިޚްތިޔާރުން ބޭރުގައި ތެޅި ފޮޅެނީއެވެ.

 

“ދައްތާ! އިރާދަކުރެއްވިއްޔާ ދުވަހަކުވެސް.. ދުވަހަކުވެސް އަހަންނަށް އަހަރެންނެއް ނުފެންނާނެ.. ދައްތާ.. ދޫންޏެއް އުފަން ކުރުމަށްޓަކާ އެބިސް ހިމާޔަތް ކުރަމުން އެބިސް ފީކޮށް އަދި އޭގެފަހުން އެ ބިހުގެ ތޮށިގަނޑުން އެ ކުޑަކުޑަ މަޚްލޫގު ނުކުންނަ ވަގުތުން ފެށިގެން އޭގެ މައިދޫނި އެޔަށް ކާންދީ ބަލަހައްޓާ.. ދެން އޭގެ ވަރަފަތް ހިފެހެއްޓޭނެހެން މިނިވަން ކަމާއެކު ވައިގެ ތެރޭ އުދުހެން ދަސްކޮށްދީ އެކަހަލަ އެތައް ޒިންމާއެއް އެ ކުޑަކުޑަ ދޫންޏަށް ދަސްކޮށްދޭ.. އެކަމަކު އެކަހަލަ އެންމެ ދޫންޏަކަށް ލިބުނު… އޯގާތެރިކަމާ ލޯބި އަހަންނަށް އޭރު ނުލިބުނު.. އަހަންނަށް އަޅާލާނެ ބައްޕައެއް ނެތްތާ، ކައިރީގައި ހުރި މަންމައަށް އެވަރުވެސް ނުވި..”

 

ފާއިދުގެ ދެލޯ ފެންކަޅިވާން ކުޑަ ހިނދުކޮޅެއްވެސް ނުނަގައެވެ. އޭނަގެ ވާހަކައިގެ ޖަޒްބާތުގައި ޖެހި މޫސަމެންވެސް ފެންކަޅިވަމުން ދިޔައެވެ.

 

“މޫސަބޭ.. މިއަދު އަހަރެން މިހިރީ އަހަރެންނާ ލޭގެ ގުޅުމެއްވެސް ނެތް ބައެއްގެ ކައިރިން ވަރަށް ފުރިހަމަ ހިމާޔަތެއް ލިބިގެން ބޮޑުވެފަ. ގައިމުވެސް އަހަރެންނަށް އެއްވެސް އިޚްތިޔާރެއް މިގޭގަ ލިބިފަ ނެތްއިރު… އަހަންނަށް އަމިއްލަ ގޭގަ ނޫޅެވޭހާ މިނިވަންކަން މިގޭން ލިބޭ. އަހަންނަށް އިނގޭ.. އަހަރެން މިގެއަށް އުފަންވީ ދުވަހުން ފެށިގެން އަހަރެން ޒިންމާދާރު މީހަކަށް ހަދަން ތި ދެމަފިރިން ކޮށްދިން ބުރަމަސައްކަތް. އަހަރެން އެހާ އަވަހަށް އެކަން ހަނދާން ނައްތާލަންވީތަ؟ އަހަރެންނަށް މިނިވަންކަން ލިބުނީމަ އުދުހިގެން ދާންވީތަ؟”

 

ގިސްލުމުގެ އަޑަކާއެކު ފާއިދަށް ރޮވެން ފެށިއެވެ. ނަމަވެސް ފާއިދު ކިހާ ހިތްވަރުގަދަހެއްޔެވެ؟  އޭނާ ބުނަމުންދާ ކޮންމެ ޖުމްލައެއް ވިދުންގަދަ ޖަވާހިރަކަށްވުރެ އަގުބޮޑެވެ. އެހުރިހާ ވާހައެއް އަޑު އަހަމުން ދިޔަ ކޮންމެ މީހަކަށްވެސް އެކަން ސާބިތު ކުރެވޭނެއެވެ.

 

“ތުގާ ކޮއްކޯ… ދޮންބެ ކިހިނެއް ތިކޮއްކޮ ދޫކޮށްފަދާނީ؟ ދޮންބެގެ މުޅި ޙަޔާތުގަވެސް.. މުޅި ޙަޔާތުގަވެސް ތިވަރުގެ ލޯބި ކޮއްކޮއެއް އެހާ މިނިވަންކޮށް ގެންގުޅެލަން ލިބުނީ އަލަށް.. ވޭތުވެ ދިޔަ ކޮންމެ ދުވަހަކު ކޮއްކޮވަނީ ދޮންބެއާއެކީ އުފާވެރި އެތައް ސަކަރާތެއް ޖަހާފަ.. ދޮންބެ ކިހިނެއް އެކަން ހަނދާން ނެތޭނީ.. ތުގާކޮއްކޮ ބުނީމެއްނު ކޮއްކޮގެ އަސްލު ދޮންބެވެސް މިހާ ލޯބި ނުވެއޭ.. ދެން.. ދެން ކިހިނެއް ދޮންބެ މިތަނުން ދާނީ.. އަހަރެންގެ މުޅި ޙަޔާތުގަވެސް އަހަރެން ދޫކޮށްލަން ބޭނުންނުވާ ތިން މީހުންތީ.. އަހަރުމެން މީހަކު މަރުވިޔަސް އަހަރުމެންގެ މި ލޯތްބެއް މަރެއް  ނުވާނެ. އެހަނދާންތައް ވަރަށް ލޯބިން އުމުރަށް އަބަދުވެސް ހުންނާނެ.. އެހެންވީމަ އަހަރެންގެ ނިންމުމަކީ.. ދައްތައާ މޫސަބެ އަހަރެން ނުނެރެންޏާ އަހަންނެއް މިގެއަކުން ނުދާނަން. ނުދާނަން.”

 

ފާއިދުގެ ކޮންމެ ކަރުނަ ތިއްކަކަށް އިޙްތިރާމް ކުރަމުން ތުގާ އޭނާގެ ދޮން އަތުން އެކަރުނަތައް ފޮހެދިނެވެ. އޭރު ތުގާގެ އިތުރުން ސީމާއާ މޫސަވެސް ދިޔައީ ކަރުނައިގެ ކޯރެއްގާ ފަތަމުންނެވެ. އެއިން ކޮންމެ ހިތެއް ފާއިދަށްޓަކާ ފަޚުރުވެރި ވެއެވެ.

 

“ތީ ހަމަ ތެދެއްތަ އަފީފާ؟” ފަހުދު ކޮންމެސް އެއްޗެއް ވިސްނަން ހުރުމަށްފަހު ހައިރާން ވެފައިހުރެ އަހާލިއެވެ.

 

“އާނ! ކިތައް އަހަރު މިވީ އަހަރެން މިވާހަކަތައް ފޮރުވައިން އުޅޭތާ؟. ސަމީރަށްވެސް އަހަރެންގެ އާއިލާ މީހަކަށްވެސް މިއިން އެއްވެސް ކަމެއް ނޭނގޭނެ.. އަހަރެން އަބަދުވެސް ކަލެޔަށް ނަފްރަތު ކުރަން ފަހުދު.. އަހަންނަށް މާކުރިންވެސް އިނގޭ ފާއިދުއަށް ބަދަލު އަންނަމުން ދިޔަކަން.. އަހަރެން ބުނިވާހަކަތައް ސަމީރު އެދުހު ޤަބޫލު ކުރިނަމަ… މިއަދު ސަމީރުގެ އަތުން މާލިކް ހަލާކެއް ނުވީސް. ކީއްކުރާނީ؟. އަހަރެންގެ ދަރިއެއްނޫންވިއްޔަ. ސަމީރު ދޯ ޖެހޭނީ އެކުދިން ގޯސްމަގަކުން ދިޔަ ނުދީ ހިފަހައްޓަން.” ހިތްހަމަ ނުޖެގިފައި ހުރެ އަފީފާ ބަލައިލީ ފަހުދަށެވެ.

 

“ކީއްވެ އެއްޗެކޭ ނުބުނެ ތިހުރީ؟ މިއޮތީ ފަހުދަށް ވަގުތު ލިބިފައެއްނު ވާހަކަ ދައްކަން.. މިއޮތީ އަހަރެން ދިރިއުޅުން ހަލާކުވީދުހު ފަހުދަށް ހިތްހަމަ ޖެހުމުގެ ނޭވާއެއް ލެވިފައެއްނު. ހަނދާންވޭތަ؟ ކަލޭ ބުނީމެއްނު އަހަރެމެންނަށް ހަމަޖެހިގެން އުޅުނަކަ ނުދޭނަމޭ. މިއަދު މިއޮތީ ކަލޭގެ މަސައްކަތް ކާމިޔާބުވެފަ.” އަނެއްކާވެސް އަފީފާ ބަލައިލީ އެއްވެސް އެއްޗެއް ނުބުނެ ހިމޭނުން ހުރި ފަހުދަށެވެ.

 

“ފަހުދު.. އަހަންނަށް އިނގޭ އަހަރެން މިވާހަކަތައް ދެއްކީމަ މިގަސްތަކުން މި ޖެހޭ ސާފުވައިން ކަލޭގެ ހަށިގަނޑަށް ފިނިކަމެއް މިވަގުތު ނުލިބޭކަން. އަހަންނަށް އިނގޭ މިހިޔާގަނޑުން ކަލެއަށް ތާޒާ ކަމެއްވެސް ނުލިބޭނެކަން.” އަފީފާ އޭނާގެ ވާހަކަ ހުއްޓާލީ ފަހުދު ކޮންމެސް އެއްޗެއް ބުނަން އުޅޭހެން ހީވެގެންނެވެ.

 

“ކީއްވެތަ އަހަރެން އެވަރަށް އާދޭސް ކުރިއިރުވެސް އޭރު ތިވާހަކަ ނުބުނީ؟. ތިވާހަކަތައް އަޑުއިވިފަ ހަގީގަތުގަ އަހަރެން މިއަދު ވަރަށް ދެރަވެއްޖެ.. އަހަރެން ބޭނުން ތީ ހަމަ ތެދެއްތޯ ބަލަން..” ފަހުދު އެވަރަށް ދެރަވެފައި ހުއްޓަ އަފީފާ ދުވަހަކުވެސް ނުދެކެއެވެ.

 

“އެންމެ ފުރަތަމަ ދުވަހުވެސް މި އަފީފާގެ ދިރިއުޅުމުގަ ހުޅުޖަހަން ކަލޭ ނިންމި ހިސާބުން… އެ ހިސާބުން އަހަރެން ބޭނުންވީ އަހަރެންގެ ދިރިއުޅުން ކަލޭގެ ސަބަބުން ރޫޅޭދުހު..

މިއަދު މިވާހަކަތައް ދައްކާފަ ކަލޭގެ ދިރިއުޅުން ކަލެއަށް ނޭނގިވެސް ގޮސްފަ އޮތް ހިސާބު ބުނެދޭން. މިހާރު އެނގިއްޖެދޯ ނޭނގި ނަމަވެސް އަމިއްލައަށް ރޯކުރެވުނީ ނިވާނުލެވޭވަރުގެ ހުޅުގަނޑެއްކަން.” އަފީފާގެ ކޮންމެ ޖުމްލައަކުން ފަހުދުގެ ހިތުގައި އެއްފަހަރާ އެތައް ޒަޚަމެއް ލައިފިއެވެ.

 

“އަފީފާ!. އަހަރެން އަސްލުގަ މިއޮއްހާދުހު ސަމީރުގެ ދިރުއުޅުމަށް ގޯނާ މިކުރީވެސް ތިވާހަކަތަކާ ސަމީރުގެ ހަޔާތާވެސް ގުޅުމެއްވާތީ.” ގޮތް ހުސްވެފައިވާ ފަހުދު ބުނެލިއެވެ.

 

(ނުނިމެ )

————————————–

އަޅުގަނޑުގެ ކިޔުންތެރިން ތިދެއްވާ އެއްބާރުލުމަށް ހާސްފަށުން ޝުކުރިއްޔާ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Shaleen

Level 1010 Stories100 Comments100 Login500 Login100 Stories500 Comments

Other Articles

Previous

ބީޓީއެސް އެންޑް ބަންގްޓަން ގަރލްސް (10)

Next

ތިޔަ ދިން އުފާ

Next
December 18, 2020

ތިޔަ ދިން އުފާ

Previews
December 17, 2020

ބީޓީއެސް އެންޑް ބަންގްޓަން ގަރލްސް (10)



All Right Reserved!