Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

އިމްތިޙާން 53

Shaleen Level 1010 Stories100 Comments100 Login500 Login100 Stories500 Comments
January 28, 2021 3 Mins Read
0 Comments

“ފާއިދު! ފާއިދުގެ ހަޤީޤީ މަންމައަށާ ބައްޕައަށް ތިކަން ނާންގާނަންތަ؟”

މޫސަ އެހެން ބުނުމާއެކު އެންމެންގެ ލޯތަށް އެއްފަހަރާ އަމާޒުވީ މޫސައަށެވެ. އަދި ދެވަނަ ނަޒަރުގައި ފާއިދުގެ މޫނަށް ބަލައިލިއެވެ. މޫސަގެ މޫނުމަތީގައި އެއްވެސް ހާސްކަމެއް ނެތެވެ. ޖެހިލުމެއްނެތި މޫސަ ބުނެލި ޖުމްލައިން ފާއިދަށް ހީވީ އޭނާގެ ހިތުގެ އެތަން މިތަނަށް ތޫނުއެއްޗެއް ހަރަމުން ދާހެންނެވެ.. ފާއިދު ވަގުތުން އިސްދަށަށް ޖަހާލިއެވެ. އެހެންނަމަވެސް ފާއިދުގެ އަނގައިން އެ ސުވާލުގެ ޖަވާބު މޫސަ ބޭނުންވަނީ އެ އެންމެންގެ ހާޒިރުގައެވެ.

“ފާއިދު! ކީއްވެ އެއްޗެކޭ ނުބުނީ؟” ހަމަހިމޭން ކަމުގެ ވަގުތު ކޮޅަކަށްފަހު އަނެއްކާވެސް މޫސަ ބުނެލިއެވެ.

“މޫސަބޭ! އަހަރެންގެ މަންމަ އެއީ އަހަރެންގެ މުސްތަޤްބަލްގެ އުފަލަށް އެދުނު މީހެއްނޫން. އެހުރިހާ މަންޒަރުތައް އަހަރެންގެ ހިތުގަޔާ އަތުގަވެސް ފޮރުވާފަވާނެ. އަހަރެން ކޮންމެ ރެޔަކު ނިދުމުގެ ކުރިން އެ މަންމަގެ ހަނދާން ކުރަން. އެ ކުރެހުންތަކަށް ބަލާފަ އަހަންނަށް ވަރަށް ރޮވޭ. ބައެއް ރޭރޭ އަހަންނަށް ނިދޭނީ ގިސްލެވިފަ އޮއްވަ… އަހަރުމެން ބޭނުންހާ ގޮތަކަށް ކަންތައްތަކެއް ނުވާނެ. އެކަމަކު ކޮންމެ ހާލަތަކަށްވެސް ކެތްތެރިވާން މިހާރު އަހަންނަށް ހުރީ ދަސްވެފަ….”

އިރުކޮޅަކު އިނުމަށްފަހު ފާއިދު އަނެއްކާވެސް ވާހަކަ ދައްކަން ފެށިއެވެ.

“އަހަރެންގެ މަންމަ އެންމެފަހުން އަހަރެންގެ ލޮލަށް ފެނުނީ މާއޫ މަރުވި ދުވަހު ސަހަރާއިން. އެކަމަކު އަހަރެން ތަފާތުކަމުން މަންމައަށް އަހަރެން ނޭނގުނީ ކަންނޭނގެ.. މޫސަބޭ! އަސްލު އަހަރެން އެންމެ ލޯބިވާ ދެމީހުންނަކީ ތީ. އެކަމަމު އަދިވެސް އަހަރެންގެ މަންމަ ވާނީ މަންމައަށް. މަންމަ އުޅޭ ހާލެއްވެސް އަހަރެން ވަރަށް ވަރަށް ބޮޑަށް ދެކިލަން ބޭނުންވޭ. މަންމަ ކޮންމެ ގޮތަކަށް ކަންތައް ކުރިޔަސް މަންމައަށް ރަޙްމު ކުރަން އަހަރެން ބޭނުން.”

ފާއިދު އޭނާގެ ލޮލުގައިވާ ކަރުނަތައް އެއްފަހަރާ ގަނޑުކޮށްލަމުން ހިތްވަރާއެކު ވާހަކަ ދެއްކިއެވެ.

“ދެން ބައްޕަ؟؟؟”

އަނެއްކާވެސް މޫސަ ކޮށްލީ ސުވާލެކެވެ. ފާއިދުގެ ޖަވާބެއްގެ އިންތިޒާރުގައި މޫސަ އިނީ ހަމަ ޖެހިލައިންނެވެ. އެހެން ނަމަވެސް ސީމާއާ ތުގާގެ ހިތް ބާރު ބާރަށް ތެޅެމުން ދަނީއެވެ. ފަހުދުވެސް އެމީހުން ދައްކަމުން ދިޔަ ވާހަކަ އަޑުއަހަން އިނަސް މާބޮޑު ސަމާލުކަމެއް ނުދެއެވެ. އެހެންނަމަވެސް ފަހުދުވެސް ދިޔައީ ފާއިދުގެ ވާހަކަތައް ކޮންމެސް ވަރަކަށް އަޑުއަހަމުންނެވެ.

“ބައްޕަދޯ؟.. ކީކޭ ބުނާނީ؟.. އަހަންނަކަށް ނޭނގޭ އަހަރެންގެ ބައްޕަ ފެނުނިއްޔާ ވާނެ ގޮތެއްވެސް. އަހަންނަށް ދުވަހަކުވެސް ފެނުނު ސޫރައެއް ނޫން އެއީ.. އެކަމަކު އަހަރެންގެ ބައްޕަ ދެކެލަން އަހަރެން ބޭނުން. މިހެން ބުންޏަސް ބައްޕައަކީ ފޮނި މީހަކަށް ވިއްޔާ އަހަންނަކީ ދަރިއެކޭ ބުންޏަސް އެކަން ޤަބޫލެއް ނުކުރާނެ. ގިނަ ފިރެހެނުންނަށް ވަނީވެސް އެހެން. އެކަމަކު އަހަންނަކީ އޭނަގެ ދަރިއެއްކަން ހިތުން ރުހުމުން ޤަބޫލު ކޮށްފިއްޔާ…. އަހަރެންވެސް އެ ބައްޕަ ޤަބޫލު ކުރާނަން.”

ފާއިދު އޭނަގެ ހޫނު އުދާސްތައް ފިނިފިނި ވައިގެ ތެރެއަށް މިނިވަންކަމާއެކު ދޫކޮށްލިއެވެ.

“ހާދަ ހިތްތިރި ކުއްޖެކޭ. ތިގޮތަށް ކަންތައް ކުރަން ވިސްނީމަ މޫސަބެ ވަރަށް އުފާވެއްޖެ. އެކަމަކު މިހާރު ދެން ތިކަން ވާނީ ކިހިނެއް؟… ފާއިދު ބޭނުން ވިޔަސް އެމީހުން ބޭނުން ނުވިއްޔާއޯ؟”

ފާއިދުގެ ދުލުގާ އެ ސުވާލުތަކަށް ދޭނެ ޖަވާބެއް ނެތެވެ. ވާނީވެސް އެހެން ނޫންހެއްޔެވެ؟ ފާއިދުގެ ހިތަށް މީގެ ކުރިން އަރާފައިނުވާ ސުވާލުތަކަކަށް ޖަވާބު ދޭން އަދި ފާއިދު ތައްޔާރު ނޫނީއެވެ. ވަގުތީ ގޮތުން ފާއިދުގެ ދޫ ތަޅުލެވި ހަރަކާތް ހުއްޓުނީ އެހެންވެއެވެ.

އަނގައިން ބުނާނޭ ނަމަ މިއަދު ފާއިދަށް ބުނެވެން އޮތީ އަނެއްކާވެސް ހަމަ އެންމެ ވާހަކައެކެވެ. އެއީ މިވާހަކައެވެ. “އެދުވަހު ވަރަށް ރުއީމެވެ. އެހެނަސް އެ ހަނދާންތަކާއެކު، މިއަދު ދިރިއުޅެން ދަސްވެއްޖެއެވެ.” ފާއިދު އޭނާގެ ހިތު ތެރޭގައި އެވާހަކަ ގައިދު ކުރަމުން ހިނދު ކޮޅަކަށް ދެލޯ މަރާލިއެވެ.

“ދެން ތިކަމާ އަޅާނުލާ.. ދަރިފުޅާ ފާއިދު! ކައިވެނީގެ ހަދިޔާއަކަށް ވަރަށް އަގުބޮޑު އެއްޗެއް މޫސަބެ ދޭނަން.”

ފާއިދުގެ ހަމަހިމޭންކަން ފެނުމާއެކު، ފާއިދުގެ ބުރަކަށީގައި ފިރުމާލަމުން މޫސަ ބުނެލިއެވެ. މޫސަގެ އެ އޯގާތެރިކަމަކީ ބައްޕައެއްގެ ގައިގައި ހުންނަންޖެހޭނެ ވަރަށް ފުރިހަމަ ސިފައެކެވެ.

“ސީމާ! މިތަނާ ޖެހިގެން މައްޗަށް ހުރި ބައިގަ އުޅޭ މީހުން އެއުޅެނީ އިންޑިޔާއަށް ބަދަލުވާން.. އެމީހުން އެހެން ކިޔާފަ އޮތީ މިދިޔަ ހަފްތާގަވެސް. އެކަމު އަހަރެން މިހުރީ ހަނދާން ނެތިފަ. ދެން މިއަދު އަނެއްކާ ސިޑިމަތިން އެއްކަލަ ސޮރު ދިމާވެގެން އެހެން ބުނި. މިރޭ އެގާރަ ޖެހީމަ އެޔާޕޯރޓަށް ދަމޯ.. އެހެންވީމަ މާދަން ހެނދުނު ނަމަވެސް މަތީ ފްލޯ ސާފް ކޮށްލަދޭތި އިނގޭ ފާއިދާ ތުގާއާ ދެކުދިން.”

މޫސަ ފާއިދަށް ނިތްއަރުވަމުން ވާހަކަ ދެއްކިއެވެ. އެކަމަށް އެއްބަސް ވަމުން ތުގާވެސް އާނއެކޭ ބުނާފަދަ ގޮތަކަށް ބޯ ޖަހާލިއެވެ.

އާދުވަހެއްގެ ފަތިސްވަގުތެވެ. ފަތިސް ނަމާދުކޮށް ނިމިގެން ސަމީރު ގެޔާދިމާލަށް މިސްރާބުޖެހީ މާލިކްއާ މަހޫއާވެސް އެކުގައެވެ. އާންމުކޮށްވެސް މަހޫއަކީ ސަމީރާއެކު ގިނަ ނަމާދުތަކުގައި ބައިވެރިވާ ކުއްޖެކެވެ. އެހެން ނަމަވެސް މާލިކްއަށް އައިސްފައިވާ ހެޔޮ ބަދަލުގެ ސަބަބުން މިހާރު މާލިކްއަކީ އެންމެ ކުރިން ސަމީރަށާ މަހޫއަށް ނަމާދަށް ތެދުވަން ގޮވާ މީހާއެވެ.

“އޭތް.. ސަމީރު”

މީހަކު ގޮވާލިއަޑަށް ސަމީރުގެ އިތުރުން ދެކުދިންވެސް ބަލައިލިއެވެ.

“އިއްޔެ އަފީފާ އުޅޭ ރަށަށް މަސް ވިއްކަން ލެފީމަ އޭނަ ބުނި ނުބުނެ ނުފުރައްޗެއޭ. ދެން އޭގެފަހުން ގަޑިއެއްހާ އިރުތެރޭ ގެނެސްދިން ސިޓީއެއް މިއޮތީ.”

އެހެން ބުނެލުމަށްފަހު އެމީހާ ހިނގައިގަތީއެވެ.

“ބައްޕާ! ގެއަށް ގޮސް ތިކިޔާލާ.. މާދަން ނޫން އަނެއް ދުވަހަށް މާލެ ދާން ހަދަންވީނު. އަހަރެން މިއަދު އޮފީހަށް ގޮސް ޗުއްޓީއަށް ސިޓީ ލާނަން. އެމީހުން ބުނި ވަރަށް އަވަހަށް ޗުއްޓީ ލިބޭނެޔޭ. ބައްޕަވެސް ރެޑީ ވައްޗެ.” މަހޫ ވާހަކަ ދެއްކިއެވެ.

ރޭ ހަތަރުދަމު ނުނިދާއޮތް ލަހުމާގެ ލޮލުގައި އަދިވެސް ނިދީގެ އަސަރެއް ނެތެވެ. އެހެން ނަމަވެސް އެ ދެލޮލުން ފެންނަމުން ދަނީ އެސްފިޔަތަށް ތެމިފައިވާތަނެވެ. ހުއްޓުމެއް ނެތި ކަރުނަ އެޅުން ލަހުމާގެ އާދައަކަށްވީއެވެ. ސިކުނޑިއަށް ހަމަޖެހުމެއް ނުލިބި ވިސްނާ ފިކުރުކުރުން ލަހުމާއަށް ބުރައަކަށް ވީއެވެ.

“ދޮންތާ! މިއަދު ދޫކޮށްލާނެ ގެއަށް. ގެއަށް ގޮސް ކިހިނެއް ހަދަންވީ؟ ދޮންތަ ބަލަން މީހަކު ހޯދަންވީތަ.. އޭރުން މަށަށް ފަސޭހަވާނީ. އެހެންނޫނަސް އަމިއްލަ ދަރިޔަކު އަޅާނުލިއިރު މަ ކިހިނެއް އަބަދު ތިކަމަށް ހުސްވެ ހުންނާނީ؟” ތާނިޔާއަށް ކަންތައް ބޮޑުވިއެވެ.

“އަހަރެން އޮވެދާނަން އެކަނި.”

ލަހުމާ އަނެއްކާވެސް ރޯންފެށީ ކުރު ޖަވާބެއް ދެމުންނެވެ. ޝާމްގެ ވާހަކަ ދައްކަން ލަހުމާ އެއްގޮތަކަށްވެސް ބޭނުމެއް ނޫނެވެ. ލަހުމާގެ އަގަލެއް ނެތް ފަތިފުށް ޝާމްއަށް ހާމަވުމުން ލަހުމާ ޖެހިލުންވީއެވެ. ލަދުގަތީއެވެ. ޝާމްގެ ކުރިމަތީގައި ލަހުމާއަކީ ދެން އެއްވެސް މަޤާމެއް ނެތް މީހަކަށް ވީތީއެވެ.

( ނުނިމެ )

————-*******————– ހުރިހާ ކިޔުންތެރިންނަށް!!!

މި ވާހަކައަކީ 63 ޕާރޓްގެ ދިގުމިނަށް ލިޔެފައިވާ ވާހަކައެއް. މި ވާހަކައިގަ ބާކީ ދެން އިންނާނީ 10 ޕާރޓް. އެހެން ކަމުން އަޅުގަނޑު އުންމީދު ކުރަނީ މި ވާހަކައިގެ ފަހު ޕާރޓް މާރަޗް 01 ގައި އަޕްކޮށް، ވާހަކަ މުޅިން އެކީ ނިންމާލެވޭނެކަމަށް. ان شآء الله

ކިޔުންތެރިންނަށް ވަރަށް ވަރަށް ބޮޑަށް ޝުކުރިއްޔާ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Shaleen

Level 1010 Stories100 Comments100 Login500 Login100 Stories500 Comments

Other Articles

Previous

ސްޓަޑީ ކޭމްޕް

Next

ނޭދެމެ ވަކިވުމެއް-41

Next
January 29, 2021

ނޭދެމެ ވަކިވުމެއް-41

Previews
January 28, 2021

ސްޓަޑީ ކޭމްޕް



All Right Reserved!