އާދަކޮށް ހިތްވަރު އެދޭއިރު ދެއަތުގާމެ ހިފާލިޔަސް، ވާދަވެރިކަން އޮތްގޮތެއްގާ ލޯބިކޮން ބައްދާލިތާ…. ތާނިޔާގެ އެހަށިގަނޑަށް އެތަކެއްމެ އަނިޔާ ލިބިވިޔަސް، ތާށިވެފަވީ ތާނިޔާ ގާދިރު ހަޔާތުން މާ ބަނޑުވެފާ…… ތާނިޔާއަށް ނެތެ ގޮތެއް އެތަނުން ސަލާމަތް ބޭނުމަސް، ތާނިޔާ އެހުރީ ފިދާ ވުމަށޭ އެ ދަރިފުޅު ހައްޤުގާ…. ދާއިމީ މިނިވަންކަމަށް އަނިޔާތަކުން ބޭނުން ވިޔަސް، ތާއިދެއް ނުކުރޭ އެ ޤާދިރު ތާނިޔާގެ އެ ޙައްޤުގާ….. “ހާދަހާ އަނިޔާތަކެއް ދެއަތުގެ އެބާރުން ދެއްކިޔަސް، ދާނަމޭ ޤުރުބާންވަމުން ދަރިފުޅު ފެނުން އެދިއެދި […]
ޚާޝިޔާ ސައިބޮއެމެ ނިމުމުން މަޑުކުރަން ބޭނުންވިޔަސް، ތާނިޔާއާ ބަދަހި ވާހަކަ ދެއްކުމަށް ނުކުޅެދިފަ ވިތާ…. މާމަޑުންހުރެ ހުސްވެގޮތް އެތަނުން ނުކުންނަން ދިޔަޔަކަސް، ފާރަލާން ބޭނުންވެގެން އޮތް ގާދިރަށްމެ ބަލައިލިތާ… ދާދި އަވަހަށް ނުކުތުމަށްއެޅި ފިޔަވަޅަށް ހުއްޓުންއަޔަސް، ގާދިރާ ކުރިމަތިލަމުން ވަގުތުން އެގޭން ނުކުމެއްޖެތާ….. ހާދިޘާ ހިނގި ގޮތްގޮތާމެދު ޚާޝިޔާ ވިސްނަން އިނަސް، ކާރިޘާ ފަދައިން ހިތަށްއަދު ދުއްތުރާ ފެތުރިއްޖެތާ……. ފާރުގާ އިންނެވި ގަޑިން ރޭގަނޑުގެ ނުވައެއް ޖެހިޔަކަސް، ފާރުކޮށްފާ ވީ ހިތަށް ދިނުމަށް ތަސައްލީ އިނދެފިތާ…. މާއަރާމު […]
ވާއުފާ ހަސްތީތެރޭގާ ފޮރުވަ ފޮރުވައިން އުޅުނަކަސް، ހާއުފާ ލިބިފައިވިކަން އެނގުނީ އެފިރިޔަށް ޚާޝިޔާ…. ޚާޝިޔާއަށް ހުއްދަލިބުމުން ދަޢުވަތަށް ދާންއުޅުނަކަސް، ތާނިޔާ ފިރި ޤާދިރަށް ފެނިދާނެތީ ޖެހިލުން ވިތާ…. ބާރުބާރަށް މަގުމަތީ ހިނގަމުން ގެއަށްގޮސް ވަދުނަކަސް، ފާރު ހިތް ކޮށްފާނެތީ ބިރުގަނެ ލަދުންވީ ޚާޝިޔާ…. ޤާދިރާއެކު ތާނިޔާ ގޭތެރެ އެޖޯލީ އިނދެލިޔަސް، ޙާޝިޔާ ވަންނަން ބިރުންހުރެ ކުރިމަތީ ހުއްޓިއްޖެތާ… މާއަވަސްކޮށް ތާނިޔާ އައިސް އޮޅުލައޮޅުލާ އުޅުނަކަސް، ހާދަހާ މަޑުމޮޅިކަމެއް އަދު ޚާޝިޔާ އިސްކޮށްފިތާ…. ޤާދިރުގެ ބަސްހުއްޓިފައިވީތަން ލޮލަށްހަމަ ފެނިލިޔަސް، […]
ކާށިދޫއަށްދާން ދަތުރުހަދަމުން އުފާކޮށް އުޅުނަކަސް، ޤާދިރަށް ފެނިދާނެތީ ޖެހިލުން ވެފައިވީ ޚާޝިޔާ… ތާނިޔާ ފިރިމީހަ ނޫނަސް ޚާޝިޔާ ފިރިމީހަވެސް، ކާށިދޫވީ ރައްޔިތެއް ކަމުވީ އިނގޭ ތަޤްދީރުގާ… ޚާޝިޔާ އެރަށަށްއަރާ އެތަކެއް ދިމާލަށް ބެލިޔަކަސް، ތާނިޔާ ފެންނަން ނެތީމާ އެލިބުނީ ހިތަށޭ ތުރާ…. ހާދަހާ ގިނަދުހު އެރަށުގާ މާޖަލުގާ އުޅެވުނަސް، ތާނިޔާއަށް ނުފެނި ވާންވީމާ އެދެރަވީ ޚާޝިޔާ…. އާދަކޮށް ރޭގަނޑުވަގުތު ވިޔަފާރިޔަށް ގޮސްއުޅުނަކަސް، ޚާޝިޔާ ފިކުރުގަނެތޭ ފެނުމެއް ދެނެއް އަދި ތާނިޔާ.. ވާވަރަށް ނަގަމުން އަތައް އެކިތަކެތިގޮސް އެބަރާވިޔަސް، […]
ނިޔާއަށް ކުރިމަތިވި ހުރިހާ ތުރާ ކިޔަމުން ދިޔަސް، ޚާޝިޔާ ހުއްޓޭ އަހަންއަޑު، ލިބުނަކަސް ދެހިތަށް ތުރާ… ވީނުވީއެއްނޭނގި ކެނޑުމުން ދައްކަމުން ވާހަކަ ދިޔަސް، ޚާޝިޔާ ފޮނުވާއެލީ ވަގުތުން އެ ފޯނަށް މެސެޖްތާ… ތާނިޔާއާއެކު ކަމަށް ހީކޮށް މެސެޖްތައް ކުރިޔަކަސް، ޤާދިރޭ ދިޔައީ އެހުރިހާ މެސެޖަކަށް ރިޕްލައި ކުރާ… ޚާޝިޔާއަށް ނޭނގި އެކަމެއް މާނަސޭޙަތްތައް ދިނަސް، ޤާދިރޭ ރުޅި ގަދަވަމުން ދިޔައީ އަނާދެކެ އެހިނދުގާ… ޙާޝިޔާކުރަމުން އެދާހާ މެސެޖަކަށް ނިމުމެއް އަޔަސް، ޤާދިރޭ […]
ޚާޝިޔާ ހަމަޖެހި ބުދެއްހެން ވިސްނުމާ ފިކުރުގަވިޔަސް، ތާނިޔާ އަންނާނެހޭ އަނބުރާ އުޅެން އެ ނަސީބުގާ؟.. ކާމިޔާބަށް އެދި ދެކެން މަންމަގެ ދެލޯ ހަމަ އެދުނަކަސް، ތާނިޔާ ފެނުމެއް ނުވޭ މައިލަގޮނޑި އެދުނަސް ހަމަހިލާ… ރާޅުނެގި އުސްމިން ހަޔާތުގެ ދަތުރުގާ ގޮސް ބެހުނަކަސް، ވާޅުނުވެއޭ މަންމަމެން ހަމަ ފަތަފަތާ ނުމެގެނބި އެތާ… ތާނިޔާއަށް ވީނުވީއެއް ނޭނގި ތިން ހަފްތާ ވިޔަސް، އާއިލާއާ ރައްޓެހިންވީ ދެރަވެ ނިކަމެތިވެފަ ހުވާ… އާދެ ހިތް ކުދިކުދިވެ ތެޅެމުން ގޮސް އެކީގާ ރޫޅުނަސް، ނާދެޔޭ […]
މާދަމާ ވާނޭގޮތެއް ވާން އޮތްގޮތެއް ވިސްނިފަނެތަސް، ހާދަހާ އުންމީދުގާ މިތުރުން ތިބީ ގޮސް ބަނދަރުގާ… އާދެ އޮލައޮލަކޮށް އެތާ ވާހަކަތަކެއް އަދި ދެއްކިޔަސް، ދާނެ މަންޒިލް މާދަމާ ނޭނގިފަ ތިބީ ކޮށްލަން މަޖާ… ދާދި އަނދިރި ވުމާއެކީ ގޮސް ޙާޝިޔާ ގޭގާ ވިޔަސް، ދާދި ކުޑަ ހިނދުކޮޅު ތެރޭ ފޯނަށް އައީ މިސް ކޯލްތާ… ތާނިޔާއަށް ވީގޮތެއް އަދި ވީކަމެއް ނޭނގިފަވިޔަސް، ޙާޝިޔާ ގުޅިޔޭ ޚަބަރު ބެލުމަށް ވަރަށްވެސް ހާސްވެފާ… އާދުވަސް އުންމީދުގާ އިރު މަރުޙަބާ އެ […]
ތާނިޔާ އުޅެނީ އޮފީހުގެ ހެޔޮ މަގާމެއްގައި ވިޔަސް، ޚާޝިޔާއޭ އަޅުގަނޑީ މާތް ޓީޗަރެއްގެ މަޤާމް ފުރާ އާދެ ލިބިދާ ހުސްވަގުތުތަކުގާ ހިނގާލަން ދިޔަޔަކަސް، ނާދެއޭ ދުވަހެއް ހަޔާތުން ދެމިތުރުން ވަކިވަކި ވެދާ ރާވަމުންދާ ރޭވުމަށް ކުރަމުންޢަމަލު ގޮތްހުސްވިޔަސް، އާވަމުން އާރޯވަމުން އުންމީދުވީ ކުލަޖެއްސިފާ ތާނިޔާ ހުއްޓާ އެގޮތުގާ ޙާޝިޔާ ކާއިވެނިވިޔަސް، ތާނިޔާ ނޫން މީހަކާ ވާހަކަ ނެތޭ ހިއްސާކުރާ އާދެ މާޒީވާން ދުވަސްތައް އުފަލުގާ ދޫކޮށްލިޔަސް، ނާދެއޭ ހަމަ ހާސްކަމެއް ބޯގޮއްވުމެއް އެ ނަސީބުގާ ލާމަސީލު މިސާލު […]
ރައްޓެހިން ކަމުގާވި މިތުރުން، ވެއްޖެ އަދު ބީރައްޓެހިންނަށް ދަންމަރެއް ކަމުގާވި އަލިކަން، ވެއްޖެ އަދު ކަނުއަނދިރި ކަމަކަށް. ދަންނަވަންތޯ އޭރު ޢުމުރުން، ވެއްޖެ ސާދަ އަހަރު ޙަޔާތަށް ނަންވިޔަސް ބުނެވެންމެ ނެތުމުން، ވެއްޖެއޭ އަންހެން ކުދިންނަށް. މަންޒިލަށް މާޒީގެ އުކުމުން، ވެއްޖެ ހާމަ ފަނާވި ދުވަސްތައް. ވަންހަނާ ކޮށްލަން ފަށާނަން، ވެދިޔަގޮތް ބީރައްޓެހިންނަށް. ދައުރު ވެވި ނިމި ދިޔަ ދުވަސްތައް، ކިޔެވުމުގެ އެމަޖާ ތެރޭން ޝައުގަކުން ފެށުނީ ޙަޔާތެއް، ދެ މިތުރުން ދެ ވަޒީފާ ތެރޭން ********** […]