Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

އިމްތިޙާން 50

Shaleen Level 610 Stories100 Comments100 Login500 Login100 Stories
January 18, 2021 3 Mins Read
0 Comments

“މި ހުރިހާ ކަމެއް ނުބައިކުރީ ކަލޭ މަންމަ ފަރީދާ. އެހެންވީމަ ސަމީރަށް އެއްވެސް އެއްޗެއް އަފީފާ ނުކިޔާދެދޯ؟ އަހަރެން މިތަނުން ގޮސްފާނަން.” ޔުސްރާ އެހެން ބުނަމުން ހިނގައިގަތެވެ.

ފާއިދާ އޭނާގެ ބައިވެރިޔާއަށް ޚާއްސަކޮށްފައިވާ ކެއުމަށް އެންމެން އިންސާފު ކުރަމުން ދިޔައެވެ. މޭޒު ވަށައިގެން ގޮނޑި ޖަހާފައިވާއިރު ކޮންމެ މީހެއް ކައިރީގައި ތަށިތައް އަތުރާލާފައިވެއެވެ. ކާތަކެތީގެ މީރު ވަހުން އެކަނިވެސް ބަނޑު ފުރިދާނެހެން ހީވެއެވެ. މޭޒުމަތީގެ ފަޅުކަން ފިލުވުމަށް އެހާ ރަނގަޅު ނާސްތާއެއް ތައްޔާރު ކޮށްފައިވަނީ ސީމާއާ ތުގާގެ މަސައްކަތުންނެވެ.

 

“ކޮބާ ބޭބެ؟ ތުގާ ގޮވާލިންތަ ބޭބެއަށް ކާން އަންނަން..” ފަހުދު ނެތްކަން އެނގުމުން ފާއިދު ތުގާއާ ސުވާލު ކޮށްލިއެވެ.

“ބުނީ ފަހުންނޯ ކާނީ. އަދި ބަނޑުހައި ނުވަނީ ކަންކޭނގެ. އެކަމު އަހަރެން ބުނިން ވަރަށް ޚާއްސަ ކެއުމެކޭ.” ތުގާ ދައްކަމުން ދިޔަ ވާހަކަ މެދު ކަނޑާލީ ފާއިދު ތެދުވެގެން ފަހުދުގެ ކޮޓަރިއާ ދިމާލަށް ހިނގައިގަތުމުންނެވެ.

“ބޭބޭ! ހިނގާ ކާން.. މިއީ ވަރަށް ޚާއްސަ ކެއުމެއް.

ބޭބެ ނުކަންޏާ އަހަރެންވެސް ނުކާނަން.” ފާއިދު ވަރަށް ދެރަވެފައި ބުނެލިއެވެ.

ނަމަވެސް ފަހުދު އެއްވެސް އެއްޗެއް ނުބުނެއެވެ. އިރުކޮޅަކު މަޑުކޮށްލުމަށްފަހު ފާއިދު ގޮސް ފަހުދުގެ އަތުގައި ހިފާލިއެވެ. އެޔާއެކު ގޮތް ދޫކުރަމުން ފަހުދު ތެދުވަމުން ހިނގައިގަތެވެ.

ފާއިދު ގޮނޑީގައި އިށީންނަމުން ތައްޓެއް ނަގުމަށްފަހު ކާއެއްޗެތި އެޅިއެވެ. އަދި އެތަށި ފަހުދު ކައިރީގައި ބަހައްޓައިދިނެވެ. އެޔާއެކު އެންމެންގެ ނަޒަރުވެސް ހުއްޓިފައިވަނީ ފާއިދުގެ ލޯބި ހަރަކާތްތަކަށެވެ. ފާއިދުގެ އެ ހިތް ހެޔޮކަމީ ސަމީރަށްވެސް މީގެ ކުރިން ތަޖުރިބާ ކުރެވިފައިވާ ކަމެކެވެ.

“އެންމެންވެސް އަޑުއަހާ.. މިއަދު އަހަރެން ތަޢާރަފް ކޮށްދޭން މިގެނައީ އަހަރެންގެ ޙަޔާތުގެ ރާނީ އެއް ނޫން. އެކަމަކު އަހަރެންގެ ޙަޔާތުގެ ބައިވެރިޔާ.. އަހަރެންގެ ޚަޔާތުގެ ރާނީއަކީ އަހަރެންގެ ޙަޤީޤީ މަންމަ ނޫނަސް އަހަރެންދެކެ އެންމެ ލޯބިވާ އަހަންނަށް ހަޤީގީ ލޯބި ދަސްކޮށްދިން  އަހަރެންގެ މަންމަ ސީމާ.. އަހަރެން ކައިވެނި ކުރިޔަސް އެ މަޤާމަށް އެހެން އެއްވެސް މީހަކު އަހަރެން ނުގެންނާނަން. އެކަން ވާނެ އަހަރެންގެ ޙަޔާތުގެ ބައިވެރިޔާވެސް ޤަބޫލުކުރަން. އެހެންވެ މިހާ މުހިއްމު ވާހަކައެއް އެންމެން ކުރިމަތީ މި ބުނެލީ.”

ފާއިދު ފަހަރަކު މީހަކަށް ބަލަމުން ވާހަކަދައްކަމުން ދިޔައިރު ސީމާގެ ދެލޮލުން ކަރުނައިގެ އަލި ވިދުމެއް ފެންނަމުން ދިޔައެވެ.

“އަހަންނަކީ ބައްޕަ ނެތް ދަރިއެއްކަން އަހަންނަށް ގިނަ ފަހަރަށް އިހްސާސްވެސް ނުވެ. އަހަރެންގެ ހަޤީޤީ ބައްޕަ އަހަންނަށް ފެންނަ ދުވަހަކުން އަހަންނަށް ނޭނގެ ވާނެ ގޮތެއްވެސް… އެކަމަކު.. އެކަމަކު އެފަދަ ދުވަހަކުން އަހަރެން ކަންތައް ކުރާނީ މޫސަބެ ބުނާ ގޮތަކަށް. އެއީ މޫސަބެއަކީ އަހަންނަށް ވަރަށް ގިނަ ކަންކަން ރަނގަޅަށް ކުރުމަށް ހިތްވަރުދިން ބައްޕައެއް. އެހެންވެ އަހަރެން ބޭނުމެއްނޫން އަހަރެންގެ ބައްޕަ ފެނުނަސް މޫސަބެ ދޫކޮށްލާފަ ދާކަށް.”

ފާއިދުގެ ވާހަކަތަކުން އިތުރު ދިރުމެއް ލިބުންހެން މޫސައަށް ހީވިއެވެ. ހިތްހަމަ ޖެހުމުގެ ނޭވާއެއް ދޫކޮށްލަމުން ސީމާގެ ކޮނޑުގައި މޫސަ ފިރުމާލީ ހިނިތުންވެ އިނދެއެވެ.

“ދޮންބެ އުންމީދުކުރަން ތުގާ ކޮއްކޮ މި ފަހަރިޔާ ގުޅިގެން އުޅޭނެކަމަށް. ހަމަ އެގޮތަށް، އަހަރެންގެ ކޮއްކޮއާ މައިންބަފައިނާވެސް ގުޅިގެން އުޅެވޭތޯ ކަމަނަވެސް ބަލަން ވާނީ..ހެހެ.. އެއީ އަހަންނަށް އިނގޭ ކައިވެނި ކޮށްގެން ގެންނަ މީހާގެ އަޚްލާގެއް ނެތިއްޔާ އާއިލާގެ ބަރަކާތް ކެނޑިގެން ހިނގައިދާނެކަން. އެހެންވީމަ މިކަން ވިސްނާތި. އަހަރެން ވަރަށް ހިތްހަމަ ނުޖެހޭނެ ދޭތެރެ ޖައްސާ މީހުންދެކެ. ތިމާވަރުގެ މީހަކު ނެތިގެން އުޅޭ މީހުންދެކެ..”

ފާއިދު އޭނާގެ ބައިވެރިޔާއަށް ނަސޭހަތް ދޭފަދަ ގޮތަކަށް ބުނެލިއެވެ. އެހެން ބުނުމާއެކު ފާޑަކަށް އިނދެ ފަހުދު ބަލައިލިއެވެ. ފަހުދަށް ހީވީ އޭނައާ ދިމާލަށް ބުނެލި އެއްޗެއްހެނެވެ. ވާނީވެސް އެހެން ނޫންހެއްޔެވެ! ފަހުދަށް ވަނީ މީގެ ކުރިން ސަމީރަށް އެވަރަށް ޖެއްސުން ކުރެވިފައެވެ.

“ދެން އަދިވެސް ދޮންބެ ނުބުނެ ފަހަރީގެ ނަމެއް. އަވަހަށް ބުނެބަލަ؟” ތުގާއަށް ނީންދެވިގެން ބުނެލިއެވެ.

“ފަހަރި ބުނާނީ.. ދެން ހުރި ވާހަކަތައް ދައްކަން ވާނީ ފަހަރި. އެންމެންނާވެސް ގުޅިގެން އުޅެންޏާ އަހަންނާ އިންނާނީ އިނގޭ. ހެހެހެ..” ފާއިދު މޮޅު ވާހަކައެއް ބުނެލުމުން  އެންމެން ހޭންފެށިއެވެ.

“އަހަންނަށް ކިޔަނީ ލަހޫ..” ލަހުފާ އޭނާގެ ނަން ބުނެލުމާއެކު ފަހުދަށް ތެޅިގަނެވުނެވެ. އެހެން  ނަމަވެސް އެކަން ސިއްރު ކުރަމުން ފަހުދު ތެދުވެގެން ދިޔައެވެ. ފަހުދުގެ އެ ޚަރަކާތް އެންމެ ރަނގަޅަށް ދެނެގަނެވުނީ މޫސައަށެވެ. ނަމަވެސް އެއްވެސް އެއްޗެއް އެނގޭކަމަށް ހަދާނުލާ މޫސަ މަޑުމަޑުން އިނެވެ. މޫސަގެ ހިތުގައި އެތައް އަހަރެއް ވަންދެން ފޮރުވާފައިވާ ހަޤީޤަތްތަށް ކުއްލިޔަކަށް ހާމަކުރާކަށް މޫސަ އަދި ބޭނުމެއް ނޫނެވެ.

އައި.ޖީ.އެމް.އެޗް ހޮސްޕިޓާ ދޮރުމައްޗަށް ކާރު މަޑުކޮށްލުމުން މޫސައާއެކު ފަހުދުވެސް ކާރުން ފައިބާ މަޑުކޮށްލީ ފާއިދުގެ އިންތިޒާރުގައެވެ. ކާރު ޕާރކް ކޮށްލުމަށްފަހު ފާއިދު އައުމުން ތިން މީހުން އެއްފަހަރާ ހިނގައިގަތެވެ.

ދެގަޑިއެއްހާއިރު ތެރޭ ފަހުދު ޑޮކްޓަރަށް ދައްކާ ނިމުމުން މޫސަ އޭނާގެ ރައްޓެއްސަކާ ބައްދަލު ކޮށްލަން ބޭނުންވިއެވެ.

“ފާއިދަށް ލަސްވަންޏާ ފަހުދު ގޮވައިން ގެއަށް ދާންވީނު. މޫސަބެ ބޭނުން ރައްޓެއްސަކާ ބައްދަލު ކޮށްލަން. އޭނަ އަންހެނުން ބާއްވައިން އުޅެނީ އޮޕްރޭޝަނެއް ކޮށްގެން. ގެއަށް ދާންވީމަ ގުޅާލާނަން.”

މޫސަ އެހެން ބުނުމާއެކު ފަހުދަށް ބަލައިލަމުން ފާއިދު ހިނގައިގަތެވެ.

އިރުކޮޅެއް ތެރޭ މޫސަ ގޮސް ބަލިމީހުން ބާއްވާފައިވާ ވޯޑަށް ވަނެވެ. އަދި ކޮންމެސް މީހެއް ހޯދާފަދަ ގޮތަށް އެކި ދިމަ ދިމާލަށް ބަލައިލިއެވެ.

“މޫސަބޭ! ބައްޕަ ބުނިދޯ މިތާ މަންމަ ބާއްވާފަ އޮތް ވާހަކަ. އާދޭ.. މަންމަ އޮންނަނީ އެ އެނދުގަ.” މޫސަފެނުމާއެކު ފިރެހެން ކުއްޖަކު ބުނެލިއެވެ.

“އާނ! ކޮބާ ބައްޕަ؟” މޫސަ އަހާލިއެވެ.

“އިރުކޮޅެއްވެއްޖެ ބޭރުގަވީ. އެކަމު ހީވަނީ މިހާރު އަންނާނެހެން. އަހަރެން މިދަނީ މަންމައަށް ބޭނުންވާ ބައެއް ސާމާނު ގަނެލަން. މަންމައަށް އޮތީ ނިދިފަ.. އެތަނަށް ވަދެ މަންމަ ކައިރި މަޑުކޮށްލާ.” އެހެން ބުނުމަށްފަހު އެކުއްޖާ ހިނގައިގަތެވެ.

މޫސަ ގޮސް އެކުއްޖާ ބުނި ވޯރޑަށް ވަނެވެ. އަދި އެނދު ކައިރީގައިވާ ގޮނޑީގައި ހަމަޖެހިލައިން އިށީނެވެ. އޭރުވެސް އެނދުގައިވާ އަންހެން މީހާއަށް ވަނީ ނިދިފައެވެ. ތަނަށް ވެރިވެފައިވާ ހަމަހިމޭން ކަމުގެ ސަބަބުން ފަރުދާގެ އަނެއް ފަރާތުން ދައްކަމުން ދިޔަ ވާހަކަ ފުރޭނިގެން މޫސައަށް އަޑުއިވެމުން ދިޔައެވެ. އިސާހިތަކު މޫސަގެ ޝަޢުޤުވެރިކަން އެ އަޑުތަކަށް ގެއްލިއްޖެއެވެ.

“ދެން އެކަމަކު މައެބަޖެހޭ ފުރަން. ކުޑާބުނި މަންމަ ބަލާނަމޭ. އަހަރެން ނެތަސް މަންމައަށް އުޅެވިދާނެއްނު. މަ ހުއްޓަސް ކިހިނެއްތަ މަންމަ ބަލާނީ؟ ބަލި މީހުން ބަލާ ތާކަށްދޯ ފޮނުވާލަންވީ؟ އެހެންނޫނަސް އަހަންނަކަށް ނެތް ދެން ރާއްޖޭގަ ހުރެވޭކަށް.” އެ އަޑުގައިވަނީ ހަރުކަށިކަމެވެ.

ބަލިވެފަވާ މަންމައަކާ މުޚާތަބުކޮށް ރަހުމެއް ކުލުނެއްނެތި  ދަރިޔަކު އެހާ އަގަލުކުޑަ އިބާރާތުން ވާހަކަ ދައްކާތީ މޫސަ ހައިރާން ވިއެވެ.

މޫސަ މަޑުމަޑުން ތެދުވެގެން ގޮސް އެ އަޑު އައި ދިމާލަށް ހިނގައިގަތެވެ. އަދި އެ އެނދު ވަށައިގެން ދަމާފައިވާ ފޮތިގަނޑުން ތަންކޮޅެއް ފޭކޮށްލަމުން ބަލައިލިއެވެ. ފުރަތަމަވެސް މޫސަގެ ލޮލުގައި އަޅައިގަތީ ބަލި އެނދުގައިވާ އަންހެން މީހާއެވެ. މާ ބޮޑު ބަދަލެއް އައިސްފައި ނެތްކަމުން މޫސައަށް އެމީހާ ދެނެގަންނަން އުނދަގުލެއް ނުވިއެވެ.  އެޔާއިއެކު އެ އަންހެން މީހާވެސް މޫސަ ފެނުމުން ހައިރާންވިއެވެ. އަދި ހަމަ އެވަގުތު ރޯން ފެށިއެވެ.

“އަހަރެން ކަލެޔާ އިންނަން ބޭނުން. އަހަންނަށް އެހީވެދީބަލަ.” ލަހުމާގެ އަޑަށް މޫސައެކޭ އެއްފަދައިން ޝާމްވެސް ހުއްޓުން އެރިއެވެ.

( ނުނިމެ )

——————————

މި ވާހަކައިގެ ކުރިޔަށް ހުރި ބައިތަކުގައި “ދެން ވާނެ ގޮތް” ގެސްކޮށްލާފަ ކޮމެންޓް ކޮށްލަ ދެއްވާ!!

( އެސްފިޔަ ސައިޓުން ކޮމެންޓް ކުރަން އުނދަގޫ ބޭފުޅުންްްްނަށް ވާހަކަ ޑޮޓް ކޮމް އިން މި ޕާރޓް އަޕް ވީމަ ކޮމެންޓް ކޮށްލެވޭނެ.

އަޅުގަނޑުގެ ކުރިއެރުމަކީ ތިބޭފުޅުން ދެއްވާ ހިތްވަރު… ?

 

 

Share Article

Follow Me Written By

Shaleen

Level 610 Stories100 Comments100 Login500 Login100 Stories

Other Articles

Previous

އެކުއްޖާ 2 – 18

Next

މަންޒިލް 25

Next
January 18, 2021

މަންޒިލް 25

Previews
January 17, 2021

އެކުއްޖާ 2 – 18


All Right Reserved!