އެ ކީއްވެހޭ ހިތަށް މަގޭ މިހެންވަނީ 19
“ނަޢު ވެސް ދޯ, މާ ފޮޅުވަން ދާއިރު ކާކު އިތުރު މީހަކު ގެންދާނީ މަ ނަމަވެސް ނުގެންދާނެ” ޝާމިން އެހެން ބުނުމާއެކު ނަޢުހާގެ ހިތް ނަފްރަތުކަމުން އަނެއްކާވެސް ފުރުނެވެ. ” އެހެންތަ, ހާދަ ނަސީބު ގަދަ ކުއްޖެކޭ ދޯ, ކޮންކުއްޖެއްތަ, ކޮން އިރަކުން ބައްދަލް ކޮއްދޭނީ” ނަޢުހާ ފައްޗަކަށް ހުރިހާ ސުވާލެއް އަމުނާލިއެވެ.
” ސާބަސް ނަޢު, ކެތްކޮއްބަލަ, މާދަން ހަވީރު ސަޔަށް މިގެއަށް އާދޭ, އަހަރެން އޭނަ ކައިރިވެސް ބުނާނަން އަންނާށޭ” އެއީ ކާކުކަން އެނގެން ބޭނުން ވެފަ ހުއްޓާ ޝާމިން އެ ޖަވާބު ދިނުމުން ނަޢުހާ މާޔޫސްވިއެވެ. އެހެންނަމަވެސް ހަމަޖެހިލާ ޝާމިންގެ ކޮނޑުގައި ބޯ އަޅާލިއެވެ.
ދުވަސް ނިމި އާދުވަހަކަށް އިރު އެރި އިރުވެސް ނަޢުހާ ނުނިދާ ދެކޮޅަށް ފުރޮޅި ފުރޮޅި އޮތެވެ. ލޯ މަރާލާ އިރަށް ވެސް ފެންނަނީ އަރުޝް އެ އަންހެން ކުއްޖާގެ އަތަށް ބޮސް ދިން ތަނެވެ. އެހެންކަމުން ނަޢުހާގެ ރުޅި ގަނޑު ދިޔައީ އިރުކޮޅަކާ ގަދަވަމުންނެވެ. ” ކާކުތަ އެއީ, ކީއްވެތަ އަހަރެންގެ ސިކުނޑިން މިކަން ނުފިލައިގެން މިއުޅެނީ, ތިޔަ މީހަކު އެއީ ކާކުކަން އެނގިއްޖިއްޔާ ކުޅި ދައްކާލާނަން” ނަޢުހާ އެނދުގައި އިށީނދެ އިނދެ ކުދި ކިޔަމުން ދިޔައެވެ. އިރު ކޮޅެއް ނުވެ މެސެޖެއް އައުމުން ބަލާލިއެވެ.
” ޕިސް ޕިސް،, ބޮޑު ކަމެއް މިއޮތީ ޖެހިފަ އަހަރެން އެބައުޅޭތަ މޮޔަވެގެން, ތީ ދުވަސް ކޮޅެއްގެ ކަމެއް, އަހަރެން ގުޅުނީ އެންމެ ކަމަކު, އެހެންވީމަ ތި ކަހަލަ ބޭކާރު މެސެޖަށް ޖަވާބު ދެވޭކަށް ނެތް” ޝާމިން ފޮނުވާފަ އިން ގުޑް މޯނިންގެ މެސެޖަށް ބަލާލަމުން ނަޢުހާ ބުނެލިއެވެ. އަދި ފޯނު އެނދު މައްޗަށް ހޫރާލުމަށް ފަހު އޮށޯތެވެ. އޭރު ގަޑިން ހެނދުނު 7 ޖެހީއެވެ.
އިސްތިރި ކުރަން ހުރި ހަފީޒާ ފަހަތް ބަލާލީ ކޮޓަރި ދޮރު ލެއްޕުނު އަޑަށެެވެ. އެހެންކަމުން އިސްތިރި ބަހައްޓަމުން ފަހަތް ބަލާލިއެވެ. ހައިފާ ހުރިތަން ފެނުމާއެކު އަނެއްކާވެސް އިތުރު އެއްޗެކޭ ނުބުނޭ ކުރަން ހުރި މަސައްކަތަށް މަސްއޫލުވިއެވެ.
“މަންމާ, ތިހެން ކިހާ ދުވަހެއް ވަންދެން އަހަރެންނާ ވާހަކަ ނުދައްކަ ހުންނާނީ, އަހަރެން އެއްބަސް ނުވިޔޭ ކިޔާފަ ތިހާ ވަރު އަރުވާލަން ޖެހޭތަ, ޕްލީޒް އެެންމެ ފަހަރަކު ނަމަވެސް ވާހަކަ ދައްކަބަލަ” މިހެން ބުނެ ފަހަތުން ގޮސް ހަފީޒާގެ ގައިގައި ކުޑަކުއްޖެއް ފަދައިން ބައްދާލިއެވެ.
އިސްތިރި ކުރަން ހުރި ހަފީޒާ ހައިފާ ދުރުކޮއްލުމަށްފަހު އިސްތިރިން ކަރަންޓު ކަނޑާލާ, ހައިފާގެ އަތުގައި ހިފައިގެން ގޮސް އެނދުގެ މަގަތުގައި އިށީނެވެ.
” ހައިފާއަށް ހީވަނީ މަންމައަށް ވަރަށް ފަސޭހަ ކަމެކޭތަ މީ, ހައިފާއަށް ރަނގަޅަކަށް މަަންމަ މި ހުރިހާ އެއްޗެއް މިކީ, ނިކަން ވިސްނާލަބަލަ, ބޮޑު މުއްސަނދި ގެއެއްގަ ރާނީ ފަދައިން އުޅޭނެ ފުރުސަތު ލިބިފައި އޮއްވާ އަމިއްލައަށް ކޮޅުފައިން ތި ޖަހާނީ މޮޔައިން, މިޒަމާނުގަ ގިނައިން ނުބައި ވަނީ މައިދައިތަ، އެކަމް އަރީޝާވެސް ނުހަނު ގަބޫލް، ކާކު ބޭނުން ނުވާނީ ދެކޮޅު ހަދަން އެފަދަ އަރާމެއް ލިބެން އޮތް އިރު, ތިކަހަލަ މޮޔައިން ފުރަގަސް ދޭނީ” ހަފީޒާ އެހެން ބުނުމަށްފަހު އިންތަނުން ތެދުވެ ދާން ހިނގައިގަތެވެ.
“މަންމާ އަހަރެން ގަބޫލް, މަންމަގެ އެދުމަށް އަހަރެން ލޯބިވި ބައިވެރިޔާ ދޫކޮއްލައިފިން” ހައިފާ އެ ޖުމްލައިން ހަފީޒާ ގެ ހުރިހާ ދަތްތަކެއް ފެންނަ ވަރަށް ހިނިތުން ވެލިއެވެ. އަދި ގަބޫލް ނުކުރެވޭ ފަދައިން ކީކޭހޭ އަހާލީ ހަފީޒާއަށް އިވުނު ގޮތް ގޯހީ ކަމަށެވެ. އެހެންނަމަވެސް ހައިފާގެ ދުލުން އާ ބަސް ލިބުމާއެކު އަނބުރާލާފަ އައިސް ހައިފާގެ ގައިގަ މަގޭ ދަރިއޭ ކިޔައި ބައްދައިގަތެވެ. ހައިފާގެ ހިތާ ދެކޮޅަށްވެސް އެގޮތަށް ނިންމީ އޭނާގެ މަަންމަގެ ހައްގުގައެވެ. ފަހުން ލިބިދާނެ އެއްވެސް ގެއްލުމަކަށް ވިސްނާނުލައެވެ.
ހަވީރުވުމާއެކު ނަޢުހާގެ މިސްރާބު ޝާމިންގެ ގެއަށް ޖެހިއެވެ. ވެވުނުހާ އެންމެ ނަލަކޮށް ތައްޔާރުވެގެން އެގެއަށް ދިޔައިރު ނަޢުހާގެ ހިތް ނެގިނެގިފައި ޖެހެމުންދިޔައީ ވަރަށް ބާރަށެވެ. މީހާގެ ހިތް އަވަސްވެ, އަތްފައި ތުރުތުރު އަޅާ ކަމުގެ އިހްސާސެއް ވެސް ކުރެވުނެެވެ. އަނެއްކާ އެހާ ރަނގަޅަށް ނުނިދުމުގެ ސަބަބުން ބޮލުގައި ކޮންމެވެސް ވަރަކަށް ރިހެމުންދިޔައެވެ.
ނަޢުހާ އެގެއަށް ވަދެ ސިޓިންގްރޫމަށް ބަލާލިއިރު ޝާމިން ޓީވީ ބަލަން އިނެެވެ. ދޮރުގައި މަޑުމަޑުން ޖަހާލުމާއެކު ޝާމިން ބަލާލިއެވެ. ނަޢުހާ ހުރިތަން ފެނިފައި ޝާމިން ހިނިތުންވެލަމުން އެތެރެއަށް އަންނާށޭ ބުންޏެވެ. ނަޢުހާ ގޮސް ސޯފާގައި އިށީނުމާއެކު ޝާމިން ވެސް ގޮސް އިށީނެވެ.
” ކޮބާތަ, އެކުއްޖާ, ” ނަޢުހާ ވަރަށް ނޫން ކަމަށް ހަދާލާފަ އަހާލިއެވެ. “ނަޢު ހާދަވަރަކަށޭ ތި ހޯދަން އުޅެނީ, ތިހާ ބަލަން ބޭނުންވަންޏާ ހިނގާބަލަ, އެމީހުން އެބައުޅޭ އެ ފަރާތުގަ” އެހެން ބުނެ ނަޢުހާގެ އަތުގަ ހިފައިގެން ބަދިގެއަށް ދިޔައެވެ. ދިޔައިރު ހަމީދު އަދި އަރުޝްވެސް ތިއްބެވެ. ޝާމިން ވަތްގޮތަށް ފުރަތަމަވެސް މީޓް މައި ގާރލް ފުރެންޑް މިހެން ކިޔައި އެމީހުންނަށް ތައާރަފް ކޮއްދިނެެވެ. ހުރިހާ މީހުންވެސް ޝާމިންއަށް މަރުހަބާ ކިޔެވެ. އޭރުވެސް ނަޢުހާއަށް ބެލެމުންދިޔައީ އަރުޝް އާ ދިމާލަށެވެ. އަރުޝްގެ ދިގުވެފައިވާ ތުބުޅިން އިތުރު ޒުވާންކަމެއް ދައްކާ, އެހެން ކުދިން ބުނާހެން ހޮޓް ވެފައި އެހައި ނަލައެވެ. ނަޢުހާ ގޮސް އެމީހުންނާ ބައިވެެރިވެ މޭޒުދޮށުގައި އިށީނެވެ.
” އޭ އަރޫ ކޮބާތަ, އޭނަ” ޝާމިން އެހެންބުނުމާއެކު އަރުޝް ހީލުމަށްފަހު މިހިރަ އައީނުހޭ ބުންޏެވެ. ދޮރަށް ފުރަގަސް ދީގެން އިން ނަޢުހާއަށް ވަދެގެން އައި މީހެއް ނުފެނެވެ.
” މީޓް މައި ޓްބީ ވައިފް ސާރާ” އަރުޝް އެހެން ބުނުމާއެކު ނަޢުހާއަށް ކުއްލިއަކަށް އަރުޝް އާ ދިމާލަށް ބަލާލެވުނެވެ. އަރުޝް އެކުއްޖާގެ އަތުގައި ހިފާފަ ހުރުމާއެކު ރަނގަޅަށް ބަލާލީ ސާރާއޭ ބުނުމުން އެކަން ގަބޫލް ނުކުރާށެވެ. އެހެންނަމަވެސް ކުރިމަތީ ހުރި ސާރާ ފެނިފައި ނަޢުހާގެ ހިތް ހަސަދައާއި ރުޅިން ފުރުނެވެ.
އިންތަނުން ތެދުވެވުނީ ކުއްލިއަކަށެވެ. ދެން ތިބި މީހުންވެސް ހައިރާންވެފައި ބަލަން ތިއްބެއެވެ. ސާރާއަށް ވެސް ނަޢުހާ ފެނުމާއެކު ދެލޯ ބޮޑުވިއެވެ. ވަގުތުން އިސްޖަހާލެވުނެވެ. ޝާމިން ކަންބޮޑުވެފައި ނަޢުހާ ކައިރިން ކިހިނެއް ވީތޯ ސުވާލުކުރިއެވެ.
“ކަމެއް ނުވޭ, ކުއްލިއަކަށް ސާރާ ފެނުނީމަ, ވަރަށް ގުޅޭ ދެމީހުންވެސް, ތި ދެމީހުންގެ ދެމެދަށް އިތުރު މީހަކު ވަނަ ނުދޭތި, ނޭނގޭނެ މީހެއްގެ ގޮތެއްވެސް, އުޅޭނެ މީހުންގެ ހައްގުތަކަށް އަރައިގަންނަ މީހުންވެސް, އެހެންވެ މި ބުނީ, ވަރަށް ގުޅޭ އިނގޭ” ފުން މާނައެއް އެކުލެވިގެންވާ ގޮތަކަށް ނަޢުހާ ބުނެލިއެވެ. އެ ޖުމްލައިން ސާރާގެ ހިތް ނުބައި ގޮތަކަށް ތެޅިލިއެވެ. އެ ދިނީ ނުބައި ސިގްނަލްއެއް ކަން ސާރާ އަށް ވަގުތުން އެނގުނެވެ. އެހެންނަމަވެސް އެއްޗެއް ބުނާނެ ފުރުސަތު ނުލިބުނީ އަވަހަށް ސައިބޯން ހިނގާށޭ ޝާމިން ބުނުމުންނެވެ. އެކުވެރި މާހައުލެއްގައި ސައި ނިމިގެން ދިޔައީ ތަފާތު ވާހަކަ ދެކެވިގެންނެވެ. ސާރާ މަޑުމަޑުން އެމީހުން ބުނާ ބަސްތަކަށް ބޯ ޖަހާލުން ފިޔަވައި އިތުރު ކަމެއް ނުކުރެވެ.
ހަވީރުގެ ސަޔަށްފަހު ސާރާ ގެއަށް ދިޔައީ ރޭގަނޑު ދިމާވާނެ ކަމަށް ބުނެފައެވެ. އަރުޝް ކޮޓަރިއަށްވަނީ ފެންވަރާލުމަށެވެ.ހަމީދު ގެއިން ބޭރަށް ނުކުތީ ފޯނެއް އައިސްގެންނެވެ. ސިޓިންގްރޫމްގައި ޝާމިންއާއި ނަޢުހާ އެކަނިވިއެވެ. ނަޢުހާ ވިސްނަމުންދަނީ ސާރާ އަރުޝްގެ ދިރިއުޅުމުން ބޭރުކުރާނެ ގޮތެއް ފެނޭތޯއެވެ. އަރުޝްގެ ބައިވެރި އަކީ ސާރާކަން އެނގުމުން ޔަގީނުންވެސް ކޮންމެފަދަ ހާލެއްގަ ވެސް އެމީހުން ވަކި ކުރަން ބޭނުންވިއެވެ.
“އަރުޝް ހަމަ އަސްލަށްވެސް ސާރާދެކެ ލޯބިވޭތަ, ނޫނީ ސާރާ އަރުޝް ދެކެ ލޯބިވޭތަ” ކުއްލިއަކަށް ނަޢުހާ ކުރި ސުވާލުން ޝާމިންގެ ދެބުމަ ގޮއްޖެހުނެވެ.
“ކިހިނެއްވީ ނަޢު ތިހެން ތި އެހީ, އެދެމީހުން އެކަކު އަނެކަކު ދެކެ އިންތިހާ އަށް ލޯބިވޭ, އަހަރެންނަށް ފެނުނު އެދެމީހުން އެކަކު އަނެކަކަށް ކަރުނަ އެޅި މަންޒަރު” ޝާމިން ހިސާބަކަށް ހިތް ހަމަ ނުޖެހިފަ ހުރެ ބުނެލިއެވެ.
” އަޅޭ, ޝާމް, ހިތް ހަމަ ނުޖެހުނީތަ, އަސްލު އަހަރެން އެހެން އެހީ ސާރާ އެއީ ވަރަށް ނިކަމެތި ކުއްޖެއްވީމަ, އޭނައަށް ދެރަގޮތެއް ވާން ނޭދޭތީ” ނަޢުހާ ވާހަކަ ބަދަލުކޮއްލީ އޭނަގެ މަންޒިލާ ހަމައަށް ނުދަނީސް ބަސްޓް ވެދާނެތީއެވެ. ނަޢުހާގެ ކޮންމެ ވާހަކައެއް ޝާމިން ދިޔައީ ގަބޫލް ކުރަމުންނެވެ.
ދުވަސްތަށް ފާއިތުވަމުންގޮސް އެއްދުވަހެއްގެ އިރާކޮޅުގެ ވަގުތެވެ. ސާރާ ތައްޔާރު ވަމުންދިޔައީ އަރުޝްއާ ބައްދަލު ކުރުމަށެވެ. އަރުޝް ބުނި ގޮތުން ސާރާއަށް އުފާވެރި ހަބަރެއް އޮތީއެވެ. ރަށުގެ ބަނދަރު ސަރަހައްދާ ދިމާލުގެ އޮޅޯށީގައި އަރުޝް އިނީ ސާރާގެ އިންތިޒާރުގައެވެ. ފަހަތުން މީހަކު އައިސް ކަރުކެހިލުމުން އަރުޝް ބަލާލިއެވެ. ސާރާ ހުރިތަން ފެނުމާއެކު އަރުޝް ހިނިތުންވެލިއެވެ. އަދި އަތް ދިއްކޮއްލީ ކައިރިއަށް އައުމަށް އެދިއެވެ.
ސާރާ އައިސް އަރުޝްއާއި ޖެހިގެން އިށީނެވެ. އަރުޝް މަޑުމަޑުން އަތް ފުރަގަހަށް ގެންގޮސް ސާރާގެ އުނަގަނޑުގައި ހިފަހައްޓާލިއެވެ. އަރުޝްގެ މި އަމަލުން ސާރާގެ ގައިން ހީލިއަރާގޮތްވިއެވެ. އެހެން ނަމަވެސް ކެތްކޮއްލައިގެން އިނެވެ.
“ހޭ, ލަވް އައި ހޭވް ސަޕްރައިޒް ފޯޔޫ” އަރުޝް އެހެން ބުނުމާއެކު ސާރާ ކޮބާހޭ އަހާލީ، އެ ސަޕްރައިޒަކީ ކޮބާތޯ ބަލާލަން ޝައުގުވެރިވެފައި ހުރި ވަރުންނެވެ. އަރުޝް ފޯނު ނެގުމަށްފަހު ރާއްޖޭގެ އެންމެ މަޝްހޫރު ނޫސް ކަމަށްވާ ހަވީރަށް ލިއެވެ. އަދި ހަބަރެއް ހޯދާލުމަށްފަހު ސާރާއަށް ދައްކާލިއެވެ. ސާރާގެ ދެލޯ ބޮޑުވެގެން ދިޔައީ އެ ނޫހުގައި ލިޔެފައިވާ ހަބަރުންނެވެ. އަދި އަވަސް އަވަހަށް އެ ހަބަރު ކިޔާލިއެވެ. ކިޔަމުން ދިޔައިރު ސާރާގެ ލޮލުން ކަރުނަ އަންނަނަމުން ދިޔައެވެ. އިރުކޮޅެއް ނުވެ މަޑު ގިސްލުމަކަށް ބަދަލުވިއެވެ. ސާރާ އަރުޝްގެ ކޮނޑުގައި ބޯ އަޅާލިއެވެ.
“އަރުޝް ހަމަ އަސްލަށްވެސް ސާރާދެކެ ލޯބިވޭތަ, ނޫނީ ސާރާ އަރުޝް ދެކެ ލޯބިވޭތަ” ކުއްލިއަކަށް ނަޢުހާ ކުރި ސުވާލުން ޝާމިންގެ ދެބުމަ ގޮއްޖެހުނެވެ.
“ކިހިނެއްވީ ނަޢު ތިހެން ތި އެހީ, އެދެމީހުން އެކަކު އަނެކަކު ދެކެ އިންތިހާ އަށް ލޯބިވޭ, އަހަރެންނަށް ފެނުނު އެދެމީހުން އެކަކު އަނެކަކަށް ކަރުނަ އެޅި މަންޒަރު” ޝާމިން ހިސާބަކަށް ހިތް ހަމަ ނުޖެހިފަ ހުރެ ބުނެލިއެވެ.
” އަޅޭ, ޝާމް, ހިތް ހަމަ ނުޖެހުނީތަ, އަސްލު އަހަރެން އެހެން އެހީ ސާރާ އެއީ ވަރަށް ނިކަމެތި ކުއްޖެއްވީމަ, އޭނައަށް ދެރަގޮތެއް ވާން ނޭދޭތީ” ނަޢުހާ ވާހަކަ ބަދަލުކޮއްލީ އޭނަގެ މަންޒިލާ ހަމައަށް ނުދަނީސް ބަސްޓް ވެދާނެތީއެވެ. ނަޢުހާގެ ކޮންމެ ވާހަކައެއް ޝާމިން ދިޔައީ ގަބޫލް ކުރަމުންނެވެ.
ދުވަސްތަށް ފާއިތުވަމުންގޮސް އެއްދުވަހެއްގެ އިރާކޮޅުގެ ވަގުތެވެ. ސާރާ ތައްޔާރު ވަމުންދިޔައީ އަރުޝްއާ ބައްދަލު ކުރުމަށެވެ. އަރުޝް ބުނި ގޮތުން ސާރާއަށް އުފާވެރި ހަބަރެއް އޮތީއެވެ. ރަށުގެ ބަނދަރު ސަރަހައްދާ ދިމާލުގެ އޮޅޯށީގައި އަރުޝް އިނީ ސާރާގެ އިންތިޒާރުގައެވެ. ފަހަތުން މީހަކު އައިސް ކަރުކެހިލުމުން އަރުޝް ބަލާލިއެވެ. ސާރާ ހުރިތަން ފެނުމާއެކު އަރުޝް ހިނިތުންވެލިއެވެ. އަދި އަތް ދިއްކޮއްލީ ކައިރިއަށް އައުމަށް އެދިއެވެ.
ސާރާ އައިސް އަރުޝްއާއި ޖެހިގެން އިށީނެވެ. އަރުޝް މަޑުމަޑުން އަތް ފުރަގަހަށް ގެންގޮސް ސާރާގެ އުނަގަނޑުގައި ހިފަހައްޓާލިއެވެ. އަރުޝްގެ މި އަމަލުން ސާރާގެ ގައިން ހީލިއަރާގޮތްވިއެވެ. އެހެން ނަމަވެސް ކެތްކޮއްލައިގެން އިނެވެ.
“ހޭ, ލަވް އައި ހޭވް ސަޕްރައިޒް ފޯޔޫ” އަރުޝް އެހެން ބުނުމާއެކު ސާރާ ކޮބާހޭ އަހާލީ، އެ ސަޕްރައިޒަކީ ކޮބާތޯ ބަލާލަން ޝައުގުވެރިވެފައި ހުރި ވަރުންނެވެ. އަރުޝް ފޯނު ނެގުމަށްފަހު ރާއްޖޭގެ އެންމެ މަޝްހޫރު ނޫސް ކަމަށްވާ ހަވީރަށް ލިއެވެ. އަދި ހަބަރެއް ހޯދާލުމަށްފަހު ސާރާއަށް ދައްކާލިއެވެ. ސާރާގެ ދެލޯ ބޮޑުވެގެން ދިޔައީ އެ ނޫހުގައި ލިޔެފައިވާ ހަބަރުންނެވެ. އަދި އަވަސް އަވަހަށް އެ ހަބަރު ކިޔާލިއެވެ. ކިޔަމުން ދިޔައިރު ސާރާގެ ލޮލުން ކަރުނަ އަންނަނަމުން ދިޔައެވެ. އިރުކޮޅެއް ނުވެ މަޑު ގިސްލުމަކަށް ބަދަލުވިއެވެ. ސާރާ އަރުޝްގެ ކޮނޑުގައި ބޯ އަޅާލީ އިތުރަށް ރޮވެން
ެފެށުމުންނެވެ.
“ޕްލީޒް ސްވީޓް ހާރޓް ދެން ނުރޮއެ, އެކަންވެސް އެ ނިމުނީ, ދެން ލާ ހިކެއްނޫން ނަޢުފަލް އަށް ސަލާމަތް ވެގެން އަންނާކަށް, އެތަކެއް ކުށެއްގަ އޭނަ އެހެރީ ބެދިފަ, އެހާވަރަށް ފާރަލައިގެން އޭނަ އަތުލައި ގަނެވުނީ, އަސްލު މާލެ ދިޔައީ އެ ބޭނުމުގަ, މިހާރުދެން އަހަރެމެންގެ ދިރިއުޅުމަށް ވަންނާނެ އިތުރު މީހަކު ނުހުންނާނެވެ” އަރުޝް ގެ ވާހަކައިން ސާރާއަށް ހިތްހަމަޖެހުން ލިބުނެއް ކަމަކު ހިތުގެ ކަނަކުން ބޮޑު ކަމެއް ވާން އުޅޭކަމުގެ ސިގްނަލް ދިޔައީ ލިބެމުންނެވެ. ނަޢުހާ މިއަދު ފޮނުވާލި ބަހުގެ ހަމަލާއިން ނަޢުހާއާ ދޭތެރޭ ސަމާލުވުމަށް ހިތް ދިޔައީ ގޮވަމުންނެވެ.
” ނޫން އަރޫ, އަހަރެމެންގެ ލައިފްއަށް ވަންނާނެ މީހުން ހުސް ވީކީ ނޫން, އަދި ކުރިއަށް އޮތީ, ނަޢުފަލް އާ ހިސާބުން ނުނިންމާ،, ވަރަށް ބޮޑު ތޫފާނެއް އަންނަން އުޅޭ ކަމުގެ އިހްސާސް ކުރެވޭ” ސާރާގެ ކޮންމެ ލަފްޒެއް ވީ އޭނާގެ ހިތުގައެވެ. ދުލުން ބޭރުކުރާހާ ހިތްވަރެއް ސާރާއަކަށް ނުލިބުނެވެ.
ނުނިމޭ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
9 Comments!
Comments are closed.




Nice story, waiting for next part
Saara ah dheragotheh nuhadhaathi
Hii all readers, here 19 th part. Uhmeedhu kuran kamudhaane kamah.
Thank you Nash..❤❤❤?❤
Anonymous❤❤❤?❤ vaa goii balamaa dhw
ᑎIᑕE ?????
Abain dhw mistake eh. Repeat vefa… Bt vvvvvvvvvv reeethi MashaAllah ???????alhe saaraa ah dhera gotheh nuhadhahchey…. Vv kuru mi part bt reethi.. Nxt part avahah up kohdhehchey Darling luv u ?????????????alhe saaraa buneba arush kairi nauha ge vaahaka…. ???????
Kobaa furathama part?
Ran’galhu ingey repeat vefa eba huri bodu thaneh