ސާރާ އަރުޝްގެ ފަހަތުން ރޮމުން ދުއްވައިގަތެވެ. އޭރު އަރުޝް ގޭތެރެއިން ނުކުންނަނީއެވެ.
” އަރުޝް މަޑުކޮއްބަލަ, ހެޔޮނުވާނެ, އަހަރެންނަށް އިތުބާރުކޮއްބަލަ, ގަސްތުގަ އަހަރެމެން ދުރުކުރުވަން މީހަކު ކުރި ކަމެކޭ އެއީ”އަރުޝް ފަހަތުން ދުއްވައިގަތް ސާރާއަށް ކުއްލިއަކަށް ހުއްޓުމެއް އައީ ގޭތެރެއިން އިވުނު ބާރު އަޑުފަށްގަޑެއްގެ ސަބަބުންނެވެ. ކަރުނަތަށް ފުހެމުން އައި ކޮޅަށް ދުއްވައި ގަނެވުނީ ހިތަށް ލިބުނު ބިރުވެރި އިންޒާރަކުންނެވެ.
ގެއަށް ވަތްއިރު ކޮޓަރި ދޮރު ކައިރިއަށް ވެއްޓިފައި އޮތް އާފިޔާ ފެނިފައި ސާރާގެ ހިތްނުހުއްޓުނީ ކިރިޔާއެވެ. އާފިޔާ ކައިރީގައި އޮތް ގޮނޑިވަނީ ބިންދައިގެން ގޮއްސައެވެ. މަންމާއޭ ގޮވަމުން ސާރާ ދުއްވައިގަތެވެ. އަދި އިށީނދެ އާފިޔާގެ ބޯ އުނގުމަތީ ބޭއްވުމަށްފަހު ކޮލުގައި މަޑުމަޑުން ޖަހާލަމުން ގޮވަންފެށިއެވެ.
” މަންމާ, ކިހިނެއްވީ, ވެއްޓުނީތަ, މަންމާ, ލޯ ހުޅުވަަބަލަ, ސާރާ މިހުރީ އައިސްއޭ” ޕްލީޒް ތެދުވޭ” ސާރާ އާފިޔާގެ މޫނުގައި ފިރުމަމުން ބުންޏެެވެ.
އެހެންނަމަވެސް ވަގުތުވަނީ ފާއިތުވެފައެވެ. ކިތަންމެ ވަރަަކަށް ގޮވިޔަސް އާފިޔާ ދެނެއް ލޮލެއް ނުުހުޅުވާނެއެެވެ. ސާރާއަށް ނޭނގުނު ކަމަކީ އާފިޔާ ދެން އެނބުރި ނާންނާނެކަމެވެ. ސާރާއާއި އަރުޝްގެ ވާހަކަތަށް އަޑުއިވި އާފިޔާގެ ހިތް ހުއްޓުނީއެެވެ. ހުރި ހަމައެކަނި ދަރިފުޅުގެ ބޮލުގައި އެޅުވި އިލްޒާމުން އެފަކީރުގެ މައިލަގޮނޑިއަށް ކެތް ނުވީއެވެ. މުޅި އުމުރުގަވެސް ލޮލުން ކަރުނަ ތިއްކެއް ވެއްޓުނަ ނުދީ އެހާލޯބިން ގެންގުޅެން ދަރިފުޅު މިއަދު ހަޔާތުގަވެސް ފުރަތަމަ ފަހަރަށް މީހަކު ކައިރީ އާދޭސްކުރިތަންފެނި, އެ ދަރިފުޅުގެ ވޭނީ އަޑު އިވި އާފިޔާގެ ހިތް ހަލާކުވީއެެވެ.
ސާރާ ތުރުތުރު އަޅަމުންދާ އަތުން އާފިޔާގެ ނޭފަތް ކައިރީ އިނގިލި ޖައްސާލަން މަޖުބޫރުވީ އެވަގުތު އެކަން ކުރަން ހިތް ބުނީތީއެވެ. އެތަށް އިރެއްވީ އިރުވެސް އާފިޔާގެ ނޭވާގެ އިހްސާސް އިނގިއްޔަށް ނުވުމުން ސާރާ އަށް ދެލޯ މަރާލެވުނެވެ.
“ނޫން, ނޫން, ” ސާރާއަށް އަޑުން އަޑުނަގާ ހަޅޭ ލަވައިގަނެވުނެވެ. އާފިޔާގެ ފުރާނަ ނެތް މަސްގަނޑުގައި އޮޅުލަމުން ސާރާ ރޮމުންދިޔައެވެ. އާފިޔާ ސާރާއާ ވަކިވީ ކަމަކަށް ސާރާ ގަބޫލްކުރާކަށް ބޭނުމެއްނުވިއެެވެ. އެކަން ސާރާގެ ވާހަކަތަކުންވެސް ހާމަވިއެވެ
” މަަންމާ, ކޮން ސާމާސާއެއްތީ, ތިކަހަލަ ސަމާސާއެއް ސާރާއަކަށް ކަމަކުނުދޭ, ހަމަ މިހާރު ތެދުވޭ, އަރުޝްވެސް ގޮއްސި ސާރާ އެކަނިކޮއްލާފަ, މަންމަވެސް ސާރާ ދޫކޮއްލާފަ ދަނީތަ, އެކަމަކު މަންމަ ބުނީމެއްނުދޯ ސާރާ ދޫކޮއްފަ ނުދާނަމޭ,އަޅެ ދެން ލޯ ހުޅުވާލަބަލަ, ރޭގަވެސް ކިހާ ލޯބިން ވާހަކަދެއްކިން, އެކަމަކު މިހާރު ރުޅިއައިސަ, ތީ އެއްވެސް ގޮތެއްނޫން” ސާރާ އާފިޔާގެ މޫނުގައި ފިރުމަމުން ކިޔަމުންދިޔައެވެ. އެ މަންޒަރު ލޮލަށް ފެނުނު މީހެއްގެ ހިތް ފަޅައިގެންދާހާ ސާރާއަށް ކޮއްފައިވާ އަސަރުބޮޑެެވެ.
” އޯކޭ، މަންމަ ލޯ ނުހުޅުވާނަންދޯ, މަޑުކުރޭ އެބައަންނަން މީހަކު ގޮވައިގެން” ސާރާ މިހެންބުނެ އާފިޔާ މަޑުމަޑުން އެ އޮތް ތަނުގައި ބާއްވާ ލުމަށްފަހު ލޯ ފުހެމުން ދުވަމުން ގެއިން ނުކުތެެވެ.
މަގުމައްޗަށް ނުކުމެ ފަރާތް ފަރާތަށް ހޯދާލިއެވެ. އެއްވެސް މީހެއްގެ ހިލަމެއްނުވުމުން މާޔޫސްކަމާއެކު ގޭތެރެއަށް ވަންނަން ހިނގައިގަތެވެ. އެހެންނަމަވެސް މަގުގެ އަނެއްފަރާތުން ފަންތަކެއް ހިފައިގެން އަންނަ މީހާ ފެނިފައި ގައިގަ ހުރި ބާރަކަށް ދުއްވައިގަތެވެ.
” މޫސަބޭ, ހިނގާބަލަ, އަހަރެންގެ މަަންމަ އެބައޮތް ވެއްޓިފައި, ގޮވާގޮވާ ލޯ ހުޅުވާވެސް ނުލި, އާދޭސްކޮއްފަ މި ބުނީ މަންމަ ހޮސްޕިޓަލަށް ގެންގޮސްދީ” ސާރާ މޫސަބޭ ކައިރީ އާދޭސްކުރަމުން ބުންޏެވެ. ސާރާގެ ވާހަކައާއި ސާރާގެ ހާލަތު ރަނގަޅު ނޫންކަން މޫސަބެގެ ހަވަނަ ހިއްސު ބުނަން ފެށުމާއެކު ފަންތަށް ހުރިތަނުގައި ބަހައްޓާފައި އެގެއާއި ދިމާލަށް ދުއްވައިގަތެވެ. އެވަގުތަކީ ހަަލީމަތުވެސް ފެންބަނޑިޔަލެއް ކިހިލި ޖަހައިގެން އައި ވަގުތެެވެ. މޫސަބެއާއި ސާރާ ދުވެފައި ދިޔަ މަންޒަރު ފެނި ކަމެއް ގޯސްވެއްޖެކަން ހަލީމަތުގެ ސިކުނޑިއަށް ނަގައިގަނެވުނެވެ. އެހެންކަމުން ބަނޑިޔަލަކާ ބަނޑިޔަލެއް ދޫކޮއްލުމަށްފަހު އޭނަވެސް އެގެއާއި ދިމާލަށް ދުއްވައިގަތެވެ.
ުމޫސަބެއަށް ވެއްޓިފައި އޮތް އާފިޔާ ފެނިފައި ވަގުތުން ފޯނު ނަގާ މީހަކަށް ގުޅިއެވެ. އޭރު ހަލީމަތުވެސް އެގެއަށް ވަދެއްޖެއެވެ. ހަލީމަތަށްވެސް އާފިޔާވެއްޓިފައި އޮއްވާ ފެނުނެެވެ. ހަލީމަތު އައިސް ސާރާގެ ކޮނޑުގައި އަތް އަޅާލުމާއެކު ސާރާ ހަލީމަތުގެ ގައިގަ ބައްދައިގަތެވެ. ސާރާގެ އެ އަމަލުން ހަލީމަތުއަށްވެސް ރަނގަޅަށް ރޮވިއްޖެ”
“ހަަލީމަތު. އެހަށް އެމަންޖެ ގޮވައިގެން ގޮސް ހަމަޖައްސަބަލަ، އެމްބިއުލެންސް އެބައާދޭ” މޫސަބޭ ހަލީމަތަށް ބުނެލިއެެވެ.
“ނޫން, ނުދާނަން, މަންމައާއި އެކު ސާރާ ދާނަން, ތިއުޅެނީ ސާރާއަށް މަަންމަ ފޮރުވަންވެގެން” ސާރާ ހަލީމަތްގެ ގައިން އަތް ދޫކޮއްލަމުން ބުނެލިއެެވެ. އެވަގުތަކީ އެމްބިއުލެންސް އައި ވަގުތެވެ.
” މޫސަބޭ ބަލައިގެން އަރުވައްޗޭ, މަންމައަށް ތަދުވެދާނެ”
އާފިޔާ އުފުއްލައިލައިގެން އެމްބިއުލެންސް އަށް އެރުވި އިރު ސާރާވެސް ފަހަތުން ދަމުން ބުންޏެވެ. އޭރުވެސް ސާރާގެ ލޮލުން ކަރުނަ ހިފެހެއްޓުމެއްނެތި އަންނަމުންދެއެެވެ.
ހޮސްޕިޓަލަށް އާފިޔާ ގެންދިޔަ ގޮތަށް އެމަޖެންސީއަށް ވެއްދިއެވެ. ސާރާ އެމަޖެންސީ ރޫމްގެ ދޮރުމަތީގައި ދެކޮޅަށް ހިނގާލަ ހިނގާލަ ހުއްޓެވެ.
ބޭސް އަޅާ ކޮޓަރިން ފައިގައި ބޭސް އަޅައިގެން ކޮރު ޖަހަމުން ނިކުތް ފަޒީލްއަށް ފުރަގަސްދީގެން ހުރި މީހަކު ސާރާއާ ވައްތަރުވެގެން އެދިމާލަށް ދެވުނެެވެ. ކުއްލިއަކަށް ސާރާގެ ދުޅަވެފައިވާ މޫނު ފެނުމާއެކު ފަޒީލްގެ ހިތަށް ތަދު އިހްސާސްވެގެން ދިޔައެވެ. ސާރާއޭ ކިޔައި އެދިމާލަށް ހިނގައިގަތެވެ.
އެމަޖެންސީ ރޫމުން ނިކުތް ޑޮކްޓަރ މާޔޫސްކަމާއެކު ދިން ހަބަރުން ސާރާ ގަބުވި ކަަހަލައެވެ. ދެފަރާތަށް ބޯ ހޫރަމުން ފަހަރަކު ފިޔަވަޅެއް ކުރިޔަށް އަޅަމުންދިޔައެެވެ.
” ނޫން, ނޫން, ކީއްވެތަ ޑޮކްޓަރ ދޮގު ހަދަނީ, މަންމަ ނިދާފައޭ އެއޮތީ” އެހެންބުނެ ދުވެފަ ގޮސް އެމެޖެންސީ ރޫމަށް ވަނެވެ. އަދި އާފިޔާއަށް ގޮވަންފެށިއެވެ.
ސާރާގެ ރިހޭ ފައި މައްޗަށް ފޮއެ ވެއްޓުނީއެެވެ. ދިރި ހުރުމަށް ހުރި ހަމަައެކަނި ހިތްވަރު ސާރާ ދޫކޮށް އަބަދުގެ އަބަދަށް ވަކިވީއެެވެ.
މުޅި އެމަޖެންސީ ރޫމްގަ ހިފާފައިވަނީ ސާރާގެ ގިސްލުމުގެ އަޑެވެ. އެތާ އިތުރު ބަޔަކު ނެތުން އެއީ ނަސީބެކެެވެ. މޮޔައަކު ފަދައިން އާފިޔާއަށް ގޮވަމުން ދިޔައިރު ސާރާގެ މުޅި މޫނުވަނީ ރޮއެރޮއެ ދުޅަވެފައެވެ. އެހެންނުވާންވީ ސަބަބެއްނެތެވެ. އަރުޝް ސާރާ ދޫކޮއްލާފަ ދިޔަތާ އަދި ގިނައިރެއް ނުވެ, އާފިޔާ ވެސް އެ ދިޔައީއެެވެ.
އެތަނަށް ވަދެގެން އައި ފަޒީލް ފެނިފައި ސާރާ ފަޒީލް ކައިރިއަަށް ދިޔައެވެ.
” ފަޒީލް, ނިކަން ބަލާބަލަ, ޑޮކްޓަރު ބުނީ މަންމަ މަރުވިއްޔޯ, އަޅެ އެހެންވާނެތަ, އެއީ އެއްވެސް އެއްޗެއް އެނގޭ މީހެއްނޫން, އެހެން ޑޮކްޓަރަކަށް މަަންމަ ދައްކަބަލަ, ފަޒީލް ގަބޫލް ކުރާނަމެއްނު އަހަރެން ދައްކާ ވާހަކަ, ޕްލީޒް, މަންމަ އަހަރެންނާ ވަކި ނުކުރޭ, އަހަރެންގެ އެކަކުވެސް ނެތޭ, އަރުޝްވެސް އަހަރެން ދޫކޮއްލާފަ ގޮއްސި, އަހަރެން ދެއްކި އެއްވެސް ވާހަކައެއް އަޑު ނޭހި, އަހަރެން ނުކުރާ ކަމެއް ބޮލުގަ އަޅުވާފަ, އަރުޝް އެދިޔައީ, ދެން ހުރީ އަހަރެންގެ މަންމަ، އެ މަންމަ ވަކި ނުކުރޭ ފަޒީލް” ސާރާ ރޮމުން ރޮމުން ފަޒީލްގެ ކޮނޑުގައި ބޯ އަޅާލިއެވެ. ފަޒީލް ހުރީ ސާރާ އަރުޝްއޭ ކިޔާފަ ބުނި ވާހަކައިން ގަބޫލްކުރަން ދަތިވެފައެވެ. އެހެންކަމުން ސާރާ އެހެންބުނީ މާ ބޮޑަށް ދެރަވެފައި ހުރީމަ ކަމަށް ނިންމިއެެވެ.
އޭރުވެސް ސާރާއަށް ދިޔައީ ގިސްލެވެމުންނެވެ. ފަޒީލްއަށް ސާރާ ގައިގަ އަތްލާން ނުކެރިފަ ހުރީއެެވެ. އިރުކޮޅެއްނުވެ ސާރާގެ ގައިން ވަރު ދޫވެގެން ވެއްޓެންދިޔައެވެ. ފަޒީލް ހުޝިޔާރު ކަމާއިއެކު ސާރާގެ ގައިގަ ހިފަހައްޓާލިއެެވެ. އަދި ޑޮކްޓަރަށް ގޮވަން ފެށުމުން މޫސަބެއާއި އެކު ފޯނުގައި ހުރި ހައުލަތު ވެސް ދުވެފައި އައެެވެ.
” އަވަހަށް އެތެރެއަށް ގެންދަން އުޅޭ, ހަބަރު ހުސްވީ ކަންނޭގެ, އެހާވަރަށް ރޮއެފިއޭ, މޫނު ދައްކަންވީމަ ގެންދާނީ,” ހައުލަތު އެހެން ބުނުމުން ފަޒީލް ސާރާ އުފުއްލާލައިގެން އެނދުގައި ބާއްވައިލިއެވެ.
މޫސަބޭ ޑޮކްޓަރާ ވާހަކަ ދައްކަމުން އެތަނުން ނުކުތެވެ.
ނުނިމޭ
12 Comments
Comments are closed.
Sasha
November 23, 2018 at 3:19 pmvarah kuru
[email protected][email protected]
November 23, 2018 at 3:33 pmSry dear, mi part dhigukoh genesdheynan
[email protected][email protected]
November 23, 2018 at 3:29 pmAssalam alaikum. How all and happy friday. Ehme furathama vess bunelan beynumee varah bodah maaf edhemey mi bai varah kuru v ma. Actually today I am very busy, miadhu full duty v ma ithurah liyan time eh nuvaanethy ebai up kohlee. Anehkaa readers dhen vaa goii engen beynun vefa huhtaa las kuran beynun nuvee. duty ga indhe vess nuliyeveyne Friday v ma, because Friday v busy vaathy. Uhmeedhu kuran readers next bayah inthizaaru kuraane kamah, mi part dhigukoh insha Allah tomorrow genesdheynan
Naju
November 23, 2018 at 8:41 pmWow wow wow Alhey haadha reehchey mi story ?????????
އަރުސް
November 23, 2018 at 11:13 pmވާހަކަ ވަރަށް ސަޅި މާތްﷲ ތިބާގެ ތި ބުރަ މަސައްކަތު ބަރަކާތް ލައްވާށި އާމީން
[email protected][email protected]
November 24, 2018 at 7:55 amShukurihyaa arush❤❤❤?
Gud❤
November 24, 2018 at 7:10 amMihaaru avahah up kuraathii cant wait hama…. hama rovun… vvvvvv reethi maashallah
[email protected][email protected]
November 24, 2018 at 7:56 amThank you so much gud?❤❤??
Zyn♥️
November 24, 2018 at 5:12 pmVarah reethi♥️.but varah kuru?. Next part when??
[email protected][email protected]
November 24, 2018 at 6:30 pmThank you so much zyn. Meege aneh parteh nun ingey, mi part dhigukoh in naane fonuvaafa, kiyaalaathi ingey
Riyaa
November 24, 2018 at 11:06 pmNice
Aru
November 24, 2018 at 11:23 pmWowwww vara salhi masha allah…. Cant wait for next part…???