އެ ކީއްވެހޭ ހިތަށް މަގޭ މިހެންވަނީ 32
ރިންގްވަމުންދިޔަ ފޯނު ހަނީފާ ނެގުމާއެކު އަރީޝާ ދިން އުފާވެރި ހަބަރުން ހަނީފާ އުފަލުން ގޮތެއްނެތެވެ. އަދި އެކަމާ ވާހަކަ ދައްކަން އެބަ ގުޅަން ކަމަށް ފޯނު ކަނޑާލިއެވެ. ހަނީފާ އުފަލުން ކިޔާފަ ނުކިޔާނެ އެއްޗެއް ނޭނގުނެވެ. އަމިއްލަ ދަރި އުޅޭނެ އުފާވެރި ދިރިއުޅުން ސިފަވާން ފެށިއެވެ. ގޭގެ ރާނީ ފަދައިން ގޭގެ ވެރިއެއްގެ ގޮތުގައި އުޅޭ މަންޒަރު ސިފަވާން ފެށިއެވެ.
” އަރުޝް, އަހަރެން ވަރަށް ބޮޑު ވާހަކައެއް ބުނަން ބޭނުން, ޕްލީޒް ބައްދަލުކުރެވިދާނެތަ” ސާރާ އަރުޝް ގުޅުމާއެކު ބުންޏެވެ. ސާރާގެ އަޑުން ސީރިއަސްކަން ފާޅުވުމުން އަރުޝް ބޭނުންވީ ވަގުތުން ސާރާއާ ބައްދަލުކުރާށެވެ. އެހެންކަމުން ފޯނު ބޭއްވި ގޮތަށް އެގެއަށް މިސްރާބު ޖެހިއެވެ.
“ވަޓް, ސާރާ މޮޔަވީތަ، ކިހިނެއް އެހެންވާނީ, ނަޢުހާ ތިކަހަލަ ކަމެއް ކުރާނެކަމަކަށް ގަބޫލެއް ނުކުރެވޭ, ސާރާ ކީއްވެ ފަޒީލްއަށް ސަޕޯޓް ވާ ގޮތަށް ތި ވާހަކަ ދައްކަނީ، އިހަށް ދުވަހު އައި މީހެއް އެއީ, ސާރާގެ ފުރާނަ ސަލާމަތް ކޮއްދިނީމަ އޭގެ މާނައަކީ އޭނަ ކުރާ އެކަހަލަ ކަންތަށް އޮއްބާލާ, އޭނަ ދިފާޢު ކުރާށޭތަ؟” އަރުޝް ހިތްހަމަ ނުޖެހިފާ ހުރެ ޖޯލިފަތިން ކޮޅަށް ތެދުވިއެވެ. އަދި ދެކޮޅަށް ހިނގަންފެށީ ސާރާގެ އެބަސްތަށް ގަބޫލްކުރަން ހިތް ދެކޮޅު ހެދުމުންނެވެެ. ދެމީހުންގެ ދެމެދަށް ހަމަހިމޭންކަން ވެރިވީ އަރުޝްވެސް ބަހެއް ނުބުނެ ހުރުމުންނެވެ. ސާރާވެސް ހަގީގަތް ކިޔައިދޭންވީތޯ ހިތާ ސުވާލުކުރެވުނެވެ. ދެމީހުންގެ ދެމެދުގައިވި ހަމަ ހިމޭންކަން ފޫ ދުއް ވާލީ އަރުޝްއެވެ.
” ސާރާ, ނަޢުހާ އެއީ މިރަށު މީހެއް, ކާކު ބޮޑަށް ދަސްވާނީ, ނަޢުހާއެއްނު, އެހެންނޫނަސް ނަޢުހާ އެވަރުގެ ތުހުމަތެއް އަޅުވަން ވީ ކީއްވެ؟” އަރުޝްގެ ވާހަކައިން އަރުޝް ގަބޫލްކުރަން ބޭނުންނުވާ ކަން ހާމަވިއެވެ.
އެހެންނަމަވެސް ހަގީގަތް އެނގިހުރެ ކުށެއްނެތް މީހަކަށް އެކަމުގެ ތުހުމަތު އޮތުމަކީ ސާރާ ހިތް ރުހޭކަމެއް ނޫނެެވެ. އަނެއްކާ އެއީ އަނެކާއަށް ކުރެވޭ ބޭއިންސާފަކަށް ނޫނީ ނުވާނެއެވެ.
” ހަމަ އަރުޝްތަ ތިހެން ތި ވާހަކަ ދައްކަނީ, އަރުޝްއަށް ކީއްވެ ނަޢުހާ ކުށެއްނެތް ކަމަށް ތި ބުނަނީ, އަހަރެން ފަޒީލްއަށް ސަޕޯރޓް
ެދެނީކީ ނޫން, އަދި އަމުދުން އަހަރެން އަންހެނަކަށްވެ ހުރެ ކަމެއްނެތި އެހެން ބުނަންވީ ކީއްކުރަން، ޝާމިންއަށްވެސް ނަޢުހާ ނޭނގޭނެ އަހަރެންނަށް އެނގޭ ވަރަށް ވުރެ ބޮޑަކަށް” ސާރާގެ އަޑާއި ރާގު މަޑުމޮޅިކަމަށް ބަދަލުވީ އެކަމުގައި އަރުޝްގެ އެހީ ނުލިބޭނޭ ހިތް ބުނީތީއެވެ.
” ކީއްވެތަ އަރުޝްއަށް ނުވިސްނެނީ, ނަޢުހާ އަމިއްލައަށް ކުރި ކަމެކޭ އެއީ, ކިހިނެއް ހެދިއްޔާތަ އަރުޝް ގަބޫލް ކުރާނީ, އަހަރެންގެ ފުރާނަނެތް މަސްގަނޑު ފެނުނީމަތަ, އެހެންކަމަށް ވަނީނަމަ, މާ ލަހެއްނުވެ ތި އެދުން ފުރިހަމަވާނެ” އެންމެފަހުން ސާރާގެ މަޑުމޮޅިކަން ކަރުނައިގެ ސިފައިގަ ލޮލުން އަންނަން ފެށިއެވެ. އިތުރަށް ކެތް ނުވުމުން މަޑުކުރުމެއްނެތި ސާރާ ދުވެފަގޮސް ގެއަށް ވަނެވެ.
ސާރާގެ އެ ޖުމްލަ އަރުޝްގެ ކަންފަތާ ހަމައަށް ފޯރީ ހޮނު ގުގުރީގެ ސިފައިގައެވެ. ސާރާ ދިޔަ ދިމާލަށް ހައިރާންވެފައި ބަލަން ހުރެވުނީ މީގެ ކުރިން ސާރާގެ ފަރާތުން އިވުނު ބަސްތަކަކަށް ނުވީމައެވެ. އަރުޝް ހުރީ ސާރާގެ އެ ޖުމްލައިން ހައިރާންވެ, ބުނާނެ އެއްޗެއް ދުލާ ހަމައަށްނައިސް އެއްޗެކޭ ބުނަން ނުކުޅެދިފައެވެ. އެއްފަހަރުވެސް ސާރާގެ ވާހަކަ ހަމަޖެހިގެން އަޑު އެހުނުނަމައޭ އަރުޝް ހިތަަށް އެރިއެވެ. ހަދަންވީ ގޮތެއް ނޭނގި ބޮލުގެ ތެރެއަށް އަތްމަހާލިއެވެ. ސަޕޯޓް ދޭންވީ ކާކަށް ކަމެއް އަރުޝްއަކަށް ނޭނގުނެެވެ. އެއްކޮޅުގައި އެތައްދުވަހެއްގެ އެކުވެރިޔާއެވެ. އަނެއްފަރާތުގައި ފުރާނައިން ލޯބިވާ ސާރާއެވެ.
ސާރާ ކޮޓަރިއަށް ވަތްގޮތަށް ދޮރު ތަޅުލުމަށްފަހު ދޮރުގައި ބުރަކަށި ޖައްސާލާ މަޑުމަޑުން ދޮރު ބުޑުގައި އިށީނެވެ. އޭރު ސާރާގެ ލޮލުން ހިފެހެއްޓުމެއްނެތި ކަރުނަ އަންނަމުންދިޔައެވެ.
” އަރުޝް ކީއްވެތަ ތި ގޮތަށް ތި ދެކެނީ, އަރުޝްއަށްވެސް ޝާމިންއަށް ވެސް ރަނގަޅަކަށޭ އަހަރެން މިހެން މިކިޔަނީ, އެެންމެ ފަހަރަކުވެސް ލޮލުން ފެންނަަ މަންޒަރަށް ނުބަލައި އޭގެ ކުރިން އެ ހިނގީ ކޮންކަމެއްތޯ ބަލައި ހޯދާބަލަ, ފެންނަ ކޮންމެ މަންޒަރަކީ ހަގީގަތެއް ނޫނޭ, އަހަރެންގެ އެހާ ހިތްވަރެއްނެތޭ އަރުޝް ބޭނުންވެގެންނޭ ނަޢުހާ އެ ހުރިހާ ކަމެއް އެކުރަނީކީ ބުނާހާ, ޝާމިންއަށް އެނގިހުރެ ދެރައެކޭ އެދެނީ ބުނާހާ،” ސާރާ ހިތާ ހިތުން ބުނަމުންދިޔައެވެ.
އިރުކޮޅެއްނުވެ ފޯން ރިންގްވާން ފެށުމުން ލޮލުން ފައިބަމުންދާ ކަރުނަތަށް ފުހެލިއެެވެ. އަދި ފޯން ބަލާލިއިރު ގުޅަނީ އަރުޝްކަން އެނގުމުން ފޯނު ކަނޑާލިއެވެ. އެއަށްފަހު ފޯނު ނިވާލާ ބާލީސް ދޮށަށްލިއެވެ.
” އޭ ވައްޑޭ, ވަރަށް ބޮޑު ކަމަކު މި ގުޅީ, ބަދަލުގަ ބުނި ކަމެއް ކޮއްދޭނަން, އެކަމް ކުރިޔަށް އޮތް ދެދުވަސްތެރޭ އަހަރެން ބޭނުން މިކަން ނިންމަން” ނަޢުހާ އެ ގުޅި މީހަކަށް އެހެންބުނެ އިތުރު ވާހަކަވެސް ދައްކަމުންދިޔައެވެ. ނަޢުހާ ހަމަޖެހި ދައްކަމުން ދިޔައީ ކޮން ވާހަކަތަކެއް ކަމެއް ބުނެދޭކަށް ނޭނގެއެެވެ. އެހެންނަމަވެސް އެ ކުރަން އެ އުޅޭ ކަމަކީ ވަރަށް ނުރައްކާތެރި ކަމެއްކަން ނަޢުހާގެ މޫނުމަތިން ހާމަވެއެވެ. ގާތް ގަޑަކަށް އެއްގަޑި އިރުގެ ފޯން ކޯލް ނަޢުހާ ނިންމާލުމަށްފަހު ފުން ނޭވާއެއް ދޫކޮއްލިއެވެ. އަދި ވިހަ ގޮތަކަށް ހީގަތެވެ.
” ސާރާ ޔޫއާރ ފިނިޝްޑް” ނަޢުހާ އެހެންބުނެ އެނދުމަތީ އޮށޯތެވެ. އަދި އަރުޝްގެ ފޮޓޯ ގަޑަށް ބަލާލިއެވެ ” ކީއްކުރާނީ, ސާރާ ކީއްކުރަން އަރުޝްއާ ރައްޓެހިވާންވީ,އަހަރެން ބޭނުންވެގެން އުޅޭ ކޮންމެ މީހަކު ސާރާ ވަރެއްނެތިފަ, އެންމެ ފަހުން އަރުޝްވެސް ދަމައިގަތީނު, އަހަރެން ބަަލާނަން ކިހާ ދުވަހަކުތޯ ސާރާއަށް ތިހެން އުޅެވެނީ, އަރުޝް އެއީ ހަމައެކަނި އަހަރެންގެ މީހެއް,ހަމަ އެކަނި އަހަރެންގެ” ނަޢުހާ ދަތްކުނޑި ވިކާލަމުން ބުނެލިއެވެ. އަދި ހިނިތުންވަމުން އަރުޝްގެ ފޮޓޯގައި އިނގިލި ކާއްތާލުމަށްފަހު ފޯނުގައި އިން އަރުޝްގެ ފޮޓޯގައި ތުންފަތް ޖައްސާލިއެވެ.
“ސާރާ, ސާރާ” އަރުޝް ސާރާއަށް ގޮވަމުން ދޮރުގައި ޓަކި ޖަހަމުން ދިޔައެވެ.
” ސާރާ, ޕްލީޒް ދޮރު ހުޅުވަަބަލަ, ތިހެން ނުހުރެ ހުޅުވާ, މިހިތަށް ވަރަށް ތަދުވޭއެބަ, ކިހިނެއް މިހިތް ސާރާއަށް ދެރަގޮތެއް ވާން އެދޭނީ, ޕްލީޒް ހުޅުވާ,އެހެންނޫނީ ސާރާ މަންމައަށް ގޮވަނީ އިނގޭ” އަރުޝްގެ އަޑު ދިޔައީ ފަހަރަކަށް ވުރެ ފަހަރެއް ބާރުވަމުންނެވެ. އެ އަޑުގައި ކަންބޮޑުވުން ހުއްޓެވެ. އަރުޝް ދޮރުގައި ޓަކި ޓަކި ޖަހާ ހުއްޓާ ސާރާ ވަރަށް މަަޑުމަޑުުން ކުޑަކޮށް ދޮރުހުޅުވާލުމަށްފަހު ގޮސް އެނދުގައި އިށީނެވެ.
އަރުޝް ސާރާގެ ފަހަތުން ކޮޓަރިއަށް ވަނުމުންވެސް އަޅާނުލާ އަނެއްފަރާތަށް އެނބުރި އިނެވެ. ހީވަނީ އަރުޝްއަށް ނުބަލަން ހުވާ ކޮއްފައި އިން މީހެއްހެންނެވެ.
އަރުޝް ސާރާގެ ކުރިމަތީ ކުޑަ ކަކޫ ޖަހައިގެން އިނެެވެ. އަދި ވަރަށް ލޯބިން ބުނެލިއެވެ. ” ޕްލީޒް ސާރާ, މިކޮޅު ބަލާބަލަ, އަހަރެންނަށް މާފް ކުރޭ, އަސްލު އަހަރެން ސާރާ އެހެންބުނީމަ ހަގީގަތް ބަލާނުލާ އެހެން ކިޔާކަށް ނުޖެހޭނެ, އަސްލު ވަރަށް ދެރަވެއްޖެ އެހެން ބުނެވުނީމަ” އަރުޝް އެހެންބުނެ ސާރާގެ އުނގުގައި އޮތް ސާރާގެ އަތުގައި ހިފާ ފިތާލުމުން، ސާރާ އަރުޝްއަށް ބަލާލިއެވެ.
ސާރާގެ ދުޅަވެފައިވާ މޫނާއި ފައިބަން ތައްޔާރުވެފައިވާ ކަރުނަތަށް ފެނި އަރުޝްގެ ހިތް ހުއްޓުނު ކަަހަލައެވެ. ސާރާއޭ ކިޔައި އިށީނދެ އިން ސާރާގެ ގައިގަ ބައްދައިގަތެވެ. ވަގުތުން ސާރާގެ ހިފަހައްޓައިފައިވާ ކަރުނަތަށް އޭގެ މަގާމު ދޫކޮށް ސާރާގެ ކޯތާފަތުގައި ބޮސްދެމުންދިޔައެވެ.
” ސާރާ, ޕްލީޒް, އަހަރެންނަށް މާފްކުރޭ, އަހަރެން ސާރާއަށް އިތުބާރު ނުކުރާތީއެއްނުން އެހެން ބުނީ, ދެން ހުއްޓާލާ, ހަމަޖެހިގެން އެވާހަކަ ދައްކާނީ, އަހަރެން ސާރާގެ ކޮންމެ ވާހަކައެއް އަޑު އަހާނަން, ޕްލީޒް ހީލަބަލަ” މިހެންބުނެ ސާރާ ކޮޅަށްނަގާ ސާރާގެ ލޮލުން ފައިބަމުންދާ ކަރުނަތަށް ވަރަށް ލޯތްބާއެކު ފުހެލިއެވެ. ސާރާ އެއްވެސް އެއްޗެއް ނުބުނެ އެ ހުރި ގޮތަށް ހުރީއެވެ.
ޕްލީޒް ހީލާ” އަރުޝް ސާރާގެ ތުންފަތުގައި ކޮއްޓާލަމުން ބުނެލިއެވެ. އެންމެ ފަހުން ސާރާ ހީލުމުން އަރުޝް ސާރާގެ ނިތުގައި ބޮސްދިނެވެ. ސާރާ އަރުޝްގެ ގައިގަ ބައްދާލާ އަރުޝްގެ މޭގައި މޫނު ފޮރުވާލިއެެވެ. އިރުކޮޅަކު އެހެން ހުރުމަށްފަހު ސާރާ ދުރަށް ޖެހިލަން ބޯ ހިއްލާލިއެވެ. އެހެންނަމަވެސް ހަމަ އެ ސިކުންތުގައި އެއަށް ވުރެ ބޮޑަށް ބައްދާގަތެވެ. އެހެން ނުވާންވީ ސަބަބެއްނެތެވެ. ސާރާ އަރުޝްގެ ގައިން ދޫކޮއްލަން އުޅޭ ކޮންމެ ފަހަރަކު ސާރާގެ ހިތް ބިރުގަންނަން ފަށަނީއެވެ. ކޮންމެސް ކަމެއްވާން އުޅެނީއޭ ހިތް ބުނަނީއެެވެ. އަދި ދެން އަރުޝްގެ ފަރާތުން އެ ހިމާޔަތް ނުލިބޭނޭ ހިތް ބުނަނީއެެވެ. އެތަށް އިރެއްވީ އިރުވެސް ސާރާ އެ ހުރިގޮތަށް ހުރީ އެ އިހްސާސްތަށް ކުރެވޭތީއެވެ.
” ހޭއި, ކިހިނެއްވެފަ,ނިދަނީތަ،ނޫނީ ދޫކޮއްލަން ބޭނުންނުވަނީތަ,ހަމަ އެހާ އަރާމް ތަަންމައްޗަކީތަ… ހެހެހހެހ…. އަރުޝްގެ ލާނެއް ހިނިގަޑުން ސާރާ ކައިރިއަށްވެސް ހިނިއައެވެ.
” ހޫމް, އަހަރެންނަށް ވެގެންވަންޏާ ދުވަހަކުވެސް ނުތެދުވާނަން” މިހެން ބުނެ އިތުރަށް ބޮނޑިވެލިއެވެ.
އެދުވަސް ނިމިގެން ދިޔައީ ދެމީހުން އެކި ސަކަރާތުގައެެވެ. ސާރާ ފަޒީލްގެ ވާހަކަ ކިޔައިދޭން ބޭނުންވިޔަސް ބިރުގަންނާތީ ފަސްޖެހެވެނީއެވެ. އެއްކޮޅުން ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް ފަޒީލް އޮއްސިފައިވާ މޫނު ސާރާއަށް ފެނެވެ. ސާރާގެ ހިތަށް ތަދުވެގެންދަނީ އެ ތުހުމަތުން ފަޒީލްގެ ހިތަށް ކުރާނެ އަސަރު ހިތަށް އެރުމުންނެވެ. އެހެންކަމުން ކޮންމެ ގޮތެއް ހަދާފަ ނަމަވެސް ކިޔައިދޭން އަޒުމު ކަނޑައެޅިއެެވެ. އަރުޝް އެހީވާނެކަމުގެ ޔަގީންކަން ސާރާއަށް އޮވެއެވެ.
އަރުޝް ސާރާއާ ބައްދަލު ކުރަން ރަށުގެ ހޮޅުއަށި ހުރި ދިމާލަށް ދިޔައެެވެ. އަރުޝް ސިހުނީ ފިރިހެން ކުއްޖަކާ ވާހަކަދައްކަން ހުރި ސާރާ ފެނިފައެވެ. އަރުޝް އެހިސާބަށް ދިއުމުގެ ކުރިން އެމީހަކު ދިޔައެވެ. ސާރާ އެނބުރުންތަނުން އަރުޝް ފެނިފައި ދިޔައީ ސިއްސައިގެންނެވެ.
” އަހަ, ކޮންއިރަކު އައީ, ސިއްސައިގެންނޭ ދިޔައީ” ސާރާ އަރުޝް ފެނުމާއެކު ބުނެލިއެވެ.
” ކާކު އެ ދިޔައީ” ސާރާ ކުރި ސުވާލަށް ޖަވާބު ދިނުމުގެ ބަދަލުގައި އަރުޝްވެސް ކުރީ ސުވާލެކެވެ.
” އެއީ ދޯ.. ކްލާސް ކުއްޖެއް މިތަނަށް އަންނަތަން ފެނިގެން ވާހަކަ ދައްކަން މަޑުކޮއްލީ” ސާރާ ކަންތަށްވީ ގޮތް އޮޅުންފިލުވައިދިނެވެ. އަދި އަރުޝްގެ އަތުގައި ހިފައިގެން ގޮސް އޮޅޯށީގައި އިށީނެވެ.
އެހެންނަމަވެސް އެހެން ރޭރެޔާ ހިލާފަށް އަރުޝްގެ ފަރާތުން ޝައުގުވެރިކަމެއް ނުފެނެއެވެ. ކޮންމެސް ކަމަކަށް ގެއްލިފަ އިންކަން ފާހަގަވެގެން ސާރާ ސުވާލުވެސް ކުރިއެވެ. އެހެން ނަމަވެސް އެކަށީގެންވާ ރަނގަޅު ޖަވާބެއް ނުލިބެއެެވެ.
” ސާރާ ދުވަހަކުވެސް އަހަރެންނަށް އޮޅުވާލިންތަ” އަރުޝް ކުރި ސުވާލުން ސާރާގެ ދެލޯ ބޮޑުވިއެވެ. އަދި އަރުޝްގެ ކޮނޑުގައި އަޅާފައިވާ ބޯ ހިއްލާލެވުނެވެ. އަރުޝް އެކަހަލަ ސުވާލެއް ކުރާނެކަމަކަށް ސާރާ ފަހަރެއްގަވެސް އުއްމީދެއް ނުކުރެއެވެ. ސާރާގެ ލޯތްބަށް އިތުބާރު ނެތީބާއޭ ސާރާ ހިތަށް އަރަމުންދިޔައެވެ.
” ކީ… ކޭ, ސާރާއަށް އަޅަ އަޅައަޅައި ގަންނަމުން އަހާލެވުނެވެ.
” މިއަހަނީ ސާރާ މަށަށް އޮޅުވާލިންހޭ, ދޮގު ހެދިންހޭ” އަރުޝް އިންތަނުން ތެދުވެ އަހާލިއެވެ. އަރުޝްގެ ރާގާއި އަޑުގައި ހަރުކަށިކަން ހުއްޓެވެ.
” އަރުޝް ކިހިނެއް ވެގެން ތިއުޅެނީ, އަހަރެން ދުވަހަކުވެސް އަރުޝްއަށް މަކަރެއް އަދި އޮޅުވައެއްވެސް ނުލަން, އަހަރެން އަރުޝްދެކެ އިންތިހާއަށް ލޯބިވަން” އޭރު ސާރާގެ އަޑު ރަނގަޅަށްވެސް ކުރެހިއްޖެއެެވެ.
” އަހަރެން ހިޔެއް ނުކުރަން އަރުޝް އަހަރެންގެ ލޯތްބާމެދު ޝައްކު ކުރާނެކަމަކަށް”ސާރާ މިހެން ބުނެ ގެއަށް ދިއުމަށް ހިނގައިގަތެވެ. އެންމެ އިރުކޮޅަކުވެސް ސާރާ އެތަނުގަ ހުންނަން ކެތް ނުވީއެވެ.
ކުއްލިއަކަށް އަރުޝް ސާރާގެ އަތުގައި ހިފާ ކުއްލިއެއްޖެހިއެވެ. ނުވިސްނާ ހުރި ސާރާ އައިސް ޖެހުނީ އަރުޝްގެ މޭމަތީއެވެ. ސާރާ އަށް ނުދެވޭނެހެން އަރުޝްވަނީ ސާރާ ރަނގަޅަށް އަތުން ހިފަހައްޓާފައެވެ. ސާރާ އަރުޝްއާ ދިމާލަށް ނުބަލަން މަސައްކަތް ކުރަމުންދިޔައެވެ. އެހެންނަމަވެސް އަރުޝް ދެން އެކުރި ކަމަކުން ސާރާއަށްވެސް އެކަމުގައި ފުރިހަމައަށް އިޖާބަދެވުނެވެ. ދެމީހުންގެ ދެމެދަށް ހިޔަންޏަކަށްވެސް ނުވަދެވޭހާ ދެމީހުން ތިބީ ގާތްވެފައެވެ.
ދެމީހުންނަށް ހަމަ ބިމަށް އާދެވުނީ އަރުޝްގެ ފޯން ރިންގްވާންފެށިއަޑަށެވެ. އޭރު ސާރާގެ މޫނުވަނީ ލަދުން ގޮސް ހަލާކުވާ ވަރުވެފަައެވެ. މިގަޑީގަ ކާކު ބާއޭ ކިޔަމުން އަރުޝް ފޯނު ނަގާ ބަލާލިއެވެ. އަރުޝްގެ މޫޑް އެއްކޮއް ބަދަލްވިތަން ސާރާއަށް ފެނުނެވެ. ސާރާ ހުރީ މިވަނީ ކީއްކަން ނޭނގިފައެވެ.
” އަރުޝް, ކާކުތަ ގުޅީ ” ސާރާ އަރުޝްގެ ކޮނޑުގައި އަތްއަޅާލަމުން ބުނެލިއެެވެ.
“ނޭނގެ އުނދަގޫ ކުރާ މީހެއް, އަޅާނުލާ, ހިނގާދާން, އެއްކޮއް މޫޑް އޮފްވެއްޖެ” އަރުޝް ސާރާގެ އަތުގައި ހިފައިގެން ހިނގައި ގަތުމުން ސާރާ ބަސްއަހާ ކުޑަކުއްޖެއް ފަދައިން އެއްވެސް ސުވާލެއް ނުކޮށް ދިޔައެވެ.
ސާރާ ގެޔަށް ދިޔަގޮތަށް ވެސް ވިސްނެންފެށީ އަރުޝް މިރޭ އެކުރި ސުވާލާ ދޭތެރޭގައެވެ. އަދި މިރޭ އެ ހިނގި ފޮނިފޮނި ވަގުތުކޮޅު ހަނދާންވެ ސާރާގެ މޫނަށް ޖަންބުކުލަ އަރައިގެންދިޔައެވެ. ސާރާ ފޯން ރިންގްވާންފެށިއަޑަށް ބަލާލިއެވެ. ގުޅަނީ އަރުޝްކަމުން އެނދުމަތީ ހަމަޖެހިލަމުން ފޯން ނަގާ ހަލޯއޭ ބުނެލިއެވެ. އެހެންނަމަވެސް އަރުޝް އެކޮޅުން ބުނި ޖުމްލައިން ސާރާއަށް ވަގުތުން ކޮޅަށް ތެދުވެވުނެވެ. އިސާހިތަކު ދެލޯ ފުރެންދެން ކަރުނަ ޖަމާވިއެވެ.
” ކީއްވެ, ކުއްލިއަކަށް, އެހާ އަވަހަށް ފުރަނީ, ކޮން އިރަކުން އަންނަނީ” ސާރާ ކުޑަކުއްޖެއް ފަދައިން ކުސް ޖަހާލުމަށްފަހު ބުންޏެވެ.
” އަހަރެންގެ ލޯބި ލޯބި ބޭބީ, ބަސްއަހާބަލަ, މާދަން ދާނަމޭ،, ކުއްލިއަކަށް ދާން ޖެހުނީއޭ, ކެތްކޮއްލާ, މިހާރު މިއުޅެނީ ފޮށި ތައްޔާރު ކުރަން, ގުޅާނަން ފަހުން, ނިދި އަންނަންޏާ ނިދާލާ އިނގޭ”މިހެން ބުނެ އަރުޝް ފޯނު ބޭއްވިއެވެ. ސާރާވެސް ފޯނު ބޭއްވުމަށްފަހު ހަމަޖެހިލިއެެވެ. އެވަގުތަކީ އާފިޔާ އައިސް ވަތް ވަގުތެވެ.
” ދަރިފުޅު, ނުނިދާތަ, މަންމަ އުނދޯލީގައި އޮއްވާ ނިދުނީ” އާފިޔާ އައިސް އެނދުގައި އިށީންނަމުން ސާރާގެ ބޮލުގައި ފިރުމާލުމަށްފަހު ބުނެލިއެވެ
” ސާރާ އުޅުނީމޭ މަންމައަށް ގޮވަން, އެކަމް މަންމަ މާ ލޯބިކޮށް ނިދާލާފަ އޮތީމަ ނުގޮވީ” ސާރާ އާފިޔާގެ ނޭފަތުގައި ވަރަށް ލޯބިން މަޑުމަޑުން ހިފާލަމުން ބުނެލިއެވެ. އަދި އާފިޔާގެ އުނގުގައި ބޯ އަޅައިލައިގެން އޮތެވެ.
” ދަރިފުޅު ކޮން ދުވަހަކުން ބޮޑުވާނީ, ކުޑަކުދިން އުޅޭހެން ވިއްޔަ ތިއުޅެނީ” އާފިޔާ ސާރާގެ ކަންފަތުގެ ފުއްޓަތްކެއް ޖަހާލަމުން ބުނެލިއެވެ.
” މި ސާރާ ދުވަހަކުވެސް މަަންމައަށް ބޮޑެއްނުވާނެ, މަންމަ ތިއުޅެނީ ސާރާ ބޮޑު މީހަކަށް ހަދައިގެން”ސާރާ ތުންކޮޅު ދަމާލުމުން އާފިޔާ ހީގަތެވެ. އާފިޔާގެ ލޮލުން ކަރުނަ ނިރާލީ ސާރާ, ސާރާގެ އެ އުޅުމުން ސާރާގެ ބައްޕައާއި ވައްތަރުކަމުންނެވެ.
” ތިބުނީ ތެދެއް, މި މަންމައަކަށް ސާރާ ދުވަހަކުވެސް ބޮޑެއްނުވާނެ, ތީ މަންމަގެ ލޯބި ލޯބި ބަސްއަހާ ސާރާއެއްނު, މަންމަ އަށް އެނގޭ މަންމަގެ މި ސާރާއަކީ އެހެން ކުދިންނަށް ހުރި ނަމޫނާއެއްކަން, ބަސްއަހާ އުޅުންހުރި, މީހުންނަށް އިހްތިރާމްކުރާ ކުއްޖެއްކަން, މަންމަ ވަރަށް ލޯބިވޭ އިނގޭ ދަރިފުޅުދެކެ” މިހެން ބުނެ ލޯތްބާއެކު ސާރާގެ ނިތުގައި ބޮސްދިނެެވެ.
އަދި މަޑުމަޑުން ސާރާގެ ބޮލުގައި ފިރުމަންފެށިއެެވެ. އިސާހިތަކު ސާރާގެ ދެލޯ ނިދިން ފުރުނެވެ. އެހެން ކަމުން ޝަހާދަތް ކިޔުމަށްފަހު ދެލޯ މަރާލިއެވެ.
ފަތިހު ބަންގީގެ އަޑަށް ސާރާއަށް ހޭލެވުނެެވެ. އެހެންކަމުން ނަމާދު ކުރުމަށް އާފިޔާއަށް ގޮވުމަށްފަހު ދެމައިން އެއްކޮށް ފަތިސް ނަަމާދު ކޮއްލިއެެވެ. އަދި އާދައިގެ މަތިން ކޮންމެ ދުވަހަކު ކުރާފަދައިން މަގުމަތި ކުނި ކަހާލިއެެވެ. ވަގުތަކީ ހެނދުނު ކަމަށްވުމުން މީހުން ވަރަށް މަދެވެ.
ސާރާ އިންތިޒާރުކުރަމުން ދިޔައީ އަރުޝް އަންނާނެ އިރަކަށެެވެ. އަރުޝް ފޯނު ނިވާލާފައި އޮތުމުން ގުޅޭ ގޮތް ނުވިއެވެ. މާޔޫސްކަމާއެކު ވަގުތު ގުނަމުން ދިޔަ ސާރާއަށް ދޮރާ ދިމާލަށް ބަލައިލެވުނީ މީހަކު ކޮޓަރީގެ ދޮރު ހުޅުވި އަޑަށެެވެ.
ދަބަހެއް ކޮނޑުގައި އަޅުވައިގެން ވަދެގެން އައި އަރުޝް ފެނިފައި ސާރާގެ ހިތަށް ތަދުވިއެެވެ. ރުއިމުގެ ސަބަބުން ދެލޯ ދުޅަވެފައިވާ އަރުޝް އެއްވެސް ހަރަކާތެއް ނެތި ސާރާގެ ކުރިމަތީ ހުއްޓުނެވެ. ސާރާ އަރުޝް ދެރަވެފައި ހުުރުމުން ހިތްހަމަޖައްސައި ދިނުމުގެ ގޮތުން ބައްދާލިއެެވެ.
” ތިހާ ވަރަށް ރޮއެފަ ތިހުރީ ހަމަ އަރުޝްތަ, އެނގޭ ދެރަވާނެކަން ދާން ޖެހޭތީ, އެކަމް ބުނާނެ އެހެން މީހުން ކައިރީ ދެރަނުވާށޭ, އަދި އަންނާނަމެއްނު، ދެރަނުވެބަލަ”ސާރާ އެ އޮތްގޮތަށް އޮވެ ބުނެލިއެވެ.
” ތިކަހަލަ މަކަރުވެރިއެއް ކައިރިއަށް ކާކު އަންނާނީ, އެކަކުވެސް ނާންނާނެ” އަރުޝްގެ ޖުމްލައިން ސާރާ ބޯ ހިއްލާލުމަށްފަހު އަރުޝްއަށް ދިމާލަށް ބަލާލީ ހައިރާންވި ވަރުންނެެވެ.
“މަކަރޭ, ކާކަށް, އަހަރެން މަކަރު ހެދީ, އަރުޝް ކީކޭ ކިޔަން ތިއުޅެނީ” މިހެން ބުނެ އަރުޝްގެ މޫނުގައި ހިފެހެއްޓުމަށް އަތް ދިއްކޮއްލި ވަގުތު އަރުޝް ސާރާގެ އަތުގެ މުލަށްދަނޑީގައި ހިފެހެއްޓިއެވެ. ސާރާއަށް އަރުޝްގެ މޫނުމަތީގައިވާ ރުޅިވެރިކަމާއި ނަފްރަތު ފެނި ހީބިހި ނަގައިގަތެވެ.
” ހަބަރުދާރު, އަހަރެންގެ ގައިގަ އަތްނުލާތި, ފަހަރެއްގަވެސް ހިޔެއްނުކުރަން ސާރާ އަހަރެންނަށް ތިހެން ހަދާނެ ކަމަކަށް, އަހަރެންގެ ހިތާ ފުރާނައިން ސާރާދެކެ ލޯބިވިން, ސާރާ ދެއްކި ކޮންމެ ވާހަކައެއް ގަބޫލްކުރިން, އެކަމް ފަހަރެއްގަވެސް ހިޔެއްނުކުރަން ސާރާ ތީ މީހުންގެ ތަންމަތި ފަޅުފިލުވައިދޭ މީހެއްކަމަކަށް އަދި ނުހައްގުން މީހަކަށް އަނިޔާ ދޭނެ މީހެއް ކަމަކަށް” މިހެން ބުނެ ސާރާގެ އަތުން ދޫކޮއްލިއެެވެ.
އަރުޝްގެ ދުލުން ބޭރުވަމުންދާ ރަހްމެއްނެތް ކޮންމެ ބަހެއް ސާރާގެ ހިތް ދިޔައީ ތޮރުފާ ކުދިކުދި ކުރަމުންނެވެ. ހޯސްލާފައި ސާރާގެ ލޮލުން ކަރުނަ އޮހިގަތެވެ. މިހާތަނަށް ދުވަހަކުވެސް މީހަކު ސާރާއާ ދިމާލަށް އެފަދަ ހަޑިމުޑުދާރު ބަހެއް ބުނެފައެއްނެތެވެ.
” ހުއްޓާލާ އަރުޝް, ހުއްޓާލާ،” މިހެންބުނެ ސާރާ މޭގައި އަތް އަޅައިގެން ހުރި ތަނަށް ތިރިވިއެވެ. މީހާ ގިސްލެވޭ ވަރުން ވާހަކަ ދެއްކެނީވެސް ވަރަށް ވަރުންނެވެ. އަރުޝް ހުރި ގޮތަށް ހުރީއެވެ. ކުއްލިއަކަށް އަރުޝްއަށް މިވީ ކިހިނެއްކަން ދެނެގަންނަން އުނދަގޫވިއެެވެ. ކޮންމެސް މީހަކު ކޮންމެސް އެއްޗެއް ކިޔައިގެންނޭ ސާރާގެ ހިތް ބުނަމުންދިޔައެވެ.
” އަރުޝްއަށް ކަމަކު ނުޖެހޭނެ, ތިކަހަލަ ދޮގު ވާހަކަ ދައްކާކަށް, އަރުޝް އަހަރެން ބޭނުން ނުވަންޏާ ރީތި ގޮތުގަ ދިއައިމަ ނިމުނީނު, އަހަރެން ދުވަހަކުވެސް އުޅެފަ ހުރި ގޮތެއް ނޫން އެއީ, ތިވަރުގެ ތުހުމަތެއް ނޭޅުވިޔަސް އަރުޝް ދޭބަލަ, އަހަރެންގެ އެއްވެސް ކުށެއްނެތި އަހަރެންގެ ބޮލުގައި ތިފަދަ ބޮޑު އިލްޒާމެއް އެޅުވި އިރު އަހަރެންނަށް ކުރި އިތުބާރު ކޮބާ” ސާރާ އޭރުވެސް ދެކަކޫ މައްޗަށް ތިރިވެ އިނދެ ރޮމުން ގިސްލަ ގިސްލާފައި ބުނަމުންދިޔައެވެ.
ކުއްލިއަކަށް އަރުޝް ސާރާގެ އަތުގެ މުލައްދަނޑީގައި ހިފާ ކޮޅަށް ނެގިއެވެ. އަދި ދެކޮނޑުގައި ހިފާ ތަޅުވާގަތެވެ.
” އިލްޒާމޭ, އަހަރެން ސާރާދެކެ ވީ ހަގީގީ ލޯތްބޭ, އަހަރެންގެ ހިތުން ދުވަހަކުވެސް ނުފިލާނެ ސާރާ ތިދިން ދެރައެއް, ދުވަހަކުވެސް ނުފިލާނެ, ސާރާގެ ކޮންމެ އަމަލެއްގަ ވަނީ ދެއްކުންތެރިކަން, ރީތި ސިފައެއް ހުއްޓަސް ތީ………. ” އަރުޝް ވާހަކަ މެދުކަނޑާލުމަށްފަހު ލޮލުން ފޭބި ކަރުނަތަށް ފުހެލިއެވެ.
” އަރުޝް އެއްފަހަރުވެސް އަހަރެންނަށް ކުރެވުނު ކަންތަށް ބުނެދީބަލަ, އަހަރެން އަރުޝްދެކެ ވީ ހަގީގީ ލޯ……. ” ސާރާގެ އެ ޖުމްލަ މެދުކެނޑުނީ އަރުޝް ސާރާއާ ދިމާލަށް އިނގިލި ދިއްކޮއްލުމަށްފަހު “ޝްޝްޝްޝް” ބުނުމުންނެެވެ. ސާރާ ދެލޯ ބޮޑުވެފައި އަރުޝްއަށް ބަލަން ހުރެވުނެވެ.
” ތި ދުލުން އަހަރެންދެކެ ލޯބިވޭ ނުބުނާތި، ތީ އަމިއްލަ އުފަލަށް އުޅޭ މީހެއް, ކުށެއްނުކުރަމޭ ބުނާއިރު މީ ކޮންކަމެއް” އަރުޝް ރުޅިއައިސްހުރެ ދަބަހުގެ އަަރިމަތީ ހުރި ޖީބުން ފޮޓޯތަކެއް ނަގާ ސާރާގެ މޫނާ ދިމާލަށް އުކާލިއެވެ.
ސާރާގެ ކަރުނައިން ތެމިފައިވާ މޫނުގައި ބޮސްދިނުމަށްފަހު އެ ފޮޓޯތަށް ސާރާގެ ފައިބުޑަށް ވެއްޓުނެެވެ. ކަރުނުން ފުރިފައިވި ދެލޮލާ އެކު އެއްފަހަރު އަރުޝްގެ މޫނަށް އަނެއްފަހަރު ފޮޓޯތަކަށް ބަލާލިއެވެ. އަދި މަޑުމަޑުން އެއްވެސް އިހްތިޔާރަކާ ނުލާ އިށީނދެ ފޮޓޯތަކަށް ބަލާލިއެެވެ.
ސާރާއަށް ހީވީ ސާރާގެ ފައިދަށުން ބިންގަނޑު ދެމިގަތްހެންނެވެ. ފިރިހެނަކާއެކު ގައިގޯޅިކޮށް ނަގާފައިވާ އެ ފޮޓޯ ތަކަކީ ކޮންމެ މީހަކަށް ފެނުނަސް ލަދު ގަންނާނެހާ ފޮޓޯތަކެކެވެ. ލަދުން އަނެއްފަރާތަށް އެނބުރުނެެވެ. ބުނާނީ ކީކޭ ކަމެއް ހުދު ސާރާއަށް ވެސް ނޭނގުނެެވެ.
” ސާރާ ކީއްވެ އަހަރެންނަށް ތިހެން ތިހެދީ, އަހަރެން ސާރާދެކެވީ ތެދުވެރި ލޯބީގެ ބަދަލު ކިހިނެއް ތިދިނީ, އަހަރެން ހީކުރީ ސާރާތީ އަހަރެންގެ އެކަނިވެރި ހަޔާތް އުޖާލާ ކޮއްދޭނެ ބައިވެރިޔާ ކަމަށް, ެއެކަމް މިއަދު އަހަރެންގެ ހުރިހާ އުފަލެއް ވެއްޔާ ތި މޮޑެލީ” އަރުޝް
އިށީނދެ އިން ސާރާގެ ކައިރީ ކުޑަކަކޫ ޖަހަަމުން ބުންޏެވެ. ސާރާ އެއިން ގޮތަށް އިސްޖަހައިގެން އިނެެވެ. އަނެއްކާވެސް އަރުޝް ސާރާގެ އަތުގައި ހިފާ ކޮޅަށް ނެގިއެވެ. އޭރުވެސް ސާރާގެ ލޮލުން ކަރުނަތަށް ހުއްޓުމެއްނެތި ފައިބަމުންދިޔައެެވެ.
” އަރުޝް, މީ ތެދެއް ނޫން, މީ އަހަރެން ނުވެސް ދަންނަ މީހެއް, އަހަރެން ދުވަހަކުވެސް މިހެން ނޫޅެން, ޕްލީޒް އަހަރެން ދައްކާ ވާހަކަ ގަބޫލްކުރޭ, މީ ހުސްދޮގު” ސާރާ އަރުޝްގެ ގަމީހުގަ ހިފާ ތަޅުވަމުން ބުުނަމުންދިޔައެވެ.
” ސާރާ ހީކުރީ އަހަރެން ފުރަތަމަ ވެސް ގަބޫލް ކުރީކަމަށްތަ, ކިތަންމެ ދުވަހެކޭ އަހަރެން ކައިރީ އެމީހަކު ކިޔަނީ, އެކަމް އަހަރެން ގަބޫލްނުކުރާތީއޭ ހުރީ, އަހަރެން ގަބޫލް ނުކުރީމަ މިއޮތީ ހެކި ފޮނުވާފަ, އަހަރެން އަދި ހިޔެއް ނުކުރަން ސާރާ ނަޢުހާދެކެ ތިހާ ރުޅި އަންނަ ކަމަކަށް, އަހަރެން ކައިރީ ނަޢުހާއޭ ކިޔައިގެން ކީއިރު އެކަމަކީވެސް ފަޒީލް ލައްވާ ތިޔަ ސާރާ ކުރުވި ކަމެކޭ, މިއަދަށްފަހު ތި ސާރާއާ އަހަރެންގެ ގުޅުން ކެނޑުނީ, މީހަކަށް ބޭވަފާތެރި ވުމަކީ ކިހާވޭން ހުރި ކަމެއްކަން އެނގޭނީ ސާރާ ލޯބިވާ މީހަކު ސާރާއަށް ބޭވަފާތެރި ވީމަ, ދެން ދުވަހަކުވެސް ތި ސާރާ ދެކޭކަށް ބޭނުމެއްނޫން, ސާރާގެ ދުނިޔެއަށް ސާރާއަށް މަރުހަބާ, އަހަރެންގެ ހިތް މިއަދު މިވަނީ ކުދި ކުދި ވެފަ, ދުވަހަކުވެސް ސާރާއަށް މާފްނުކުރާނަން” އަރުޝްގެ ކުރެހިފަވާ އަޑުން އެހެން ބުނުމަށްފަހު އެތަނުން ނުކުތެވެ. ސާރާ އަރުޝްގެ ފަހަތުން ރޮމުން ދުއްވައިގަތެވެ. އޭރު އަރުޝް ގޭތެރެއިން ނުކުންނަނީއެވެ.
” އަރުޝް މަޑުކޮއްބަލަ, ހެޔޮނުވާނެ, އަހަރެންނަށް އިތުބާރުކޮއްބަލަ, ގަސްތުގަ އަހަރެމެން ދުރުކުރުވަން މީހަކު ކުރި ކަމެކޭ އެއީ”އަރުޝް ފަހަތުން ދުއްވައިގަތް ސާރާއަށް ކުއްލިއަކަށް ހުއްޓުމެއް އައީ ގޭތެރެއިން އިވުނު ބާރު އަޑުފަށްގަޑެއްގެ ސަބަބުންނެވެ. ކަރުނަތަށް ފުހެމުން އައި ކޮޅަށް ދުއްވައި ގަނެވުނީ ހިތަށް ލިބުނު ބިރުވެރި އިންޒާރަކުންނެވެ.
ނުނިމޭ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
41 Comments!
Comments are closed.




Assalam alaikum. Hurihaa kudhinge haalu kihineh, finally 32 Mioh up v. Shana ah vess irukolhakaa beley upp v thw. Hehehh. Anyway mi part lasvi kamah takaa maafah edhen, so story kiyaalaafa story ah comment kohlahchey, luv u all???❤
Shana bunihen ehfaharaa baivaru story up vaan hureema upp kuran fonuvyma lasvany,. Mi story aa Eku vess ebain 4 story up vefa, ehnve faahaga kohlee ekan
Vvvv reethi whn is nxt part avaha up kohlaathi higey waiting for nxt part
Thank you dear yaas?❤❤❤. Insha Allah tomorrow, anehbai liyamun midhany
????Varah reethi mi part
Kihineh baa dhen vaanee. Arush haadha gooheyy Saaraa abadu rohvanee.
Thanx sheez, v avahah leap eh an naane, eyge fahun vaa goii dhen engidhaane thaa
Enauhaa gandah hurihaa molheh,safarukaigdha
Hehehe. Noor dear relax, adhi kuriyah othy ingey???❤
Alheyy arush male gossa anekka mamma hoadho girl aai marry kuranee kuranee dho. Arush vess meehun kiyaaha ehcheh gaboolukuran veytha dhenn
Nunnu. Alhe balamaa dhw
Dhn v foohi abadhu nauha ah kuri libeythy
Shana avahah blog eh hadgaafa fb page eh hadhaa eygen vaahaka publish kurey…,,. Mi site in shana ah kuraa jessumaa unfair dhutthuraa thakun minju vaan
Loabivaa kokko don’t say like that, Ehvess undhaguleh nukurey, and unfair nubuney dear, baivaru storys mi site ga liyey, so ehnve up kuran fonu v ma Gina iru vany, ehn nuny hama ragalhu,
????Amazing
I love this story
Thanx riyaa????
Wow ❤❤ Amazing… Alhey haadha reehchey mi story dear n ehaavx emotional mi part hama rangalhahvx rovihjje ???
Thank you so much naju??
Saara ah thi henn nuhadhaa arush alhey a rush aai saara gulhu vahchey
Dont worry dear?
I love this story❤❤whn next part?
thanx dear girl.v avahah up kohdheynan??
Nice
When is next part???
Wow vara loabiii….. I love it… Vaahaka kiyaa hithun hama abadhuves higovaney…
Hhehehh.thanx aru??
thanx dear girl.v avahah up kohdheynan??
thanx someone ??
Ehen kudhin last part ge comments baiga buny thedheh. Aslu shaana reply kuraagothun varah bolah udhaoo vey. Mihaaru ragalha kuranvaa gotha kuran dhasvesvejje ennu. Dhen ves ehen reethi ko kobba. Please. Dhefaiga hifaa dhefai budah vetti aadheys koffa mibuny
Kudhin fonuvaa comment ga in na reply akun nun tha comment fonuvany.shana akah neygunu ragalhu gothakee kobaa kameh.kurine fonuvany comment thakuge ehme thireega in na reply thanun.ekm fahun fonuvan feshy kudhin kuraa commentga inna reply thanun.mihaaruvess mikurany eashal comment kohfa in na thanuge reply jahaafa in thanun.ragalhu gotheh neygunu
Nauhaa eyy hama Santhi mariyabeh. Nauhaa ge name santhi ah change kureema hunaanee rangalhah. Story varah reethi????❣❣
Heheheh. Change kuran v dhw. Anyways thank you so much
Masha Allah v reethi mi part ves when next part
Thanx dear neesh❤??❤❤
Thikuri goii ragalhu
Massala aky adhives baehfaharu kuryga gothah comment thakah reply fennaathy
Ehen fenunyma aslu varah hadi
Myhunnah shaana rah gamaarey hyvany ehnve
V dhera vey ehen yhunnah hyve ehen bunyma
Aslu myhun ehen ebunany ekama bolah udhagu vegen
So please komme faharaku reply kuraa iru ves ekan visnacchey
I just don’t want myhun ehen shaana aa dheytherey dheken
Thank you so much Eeshal. So kudhin kuraa commentga inna reply Ee dhw ragalhu ehchakee,kuhjaku ehn bunyma Shana eygen comment kurany, ekm thibunaa hen in nany kyve kameh neyge, vedhaane comment nudhaakamah dhefaharah fonuveythy kamah, any ways ones again
thank you so much, Shana ah ehaa varah visnaathy eeshal?❤❤?
Alheyh kaaku thr dheythere jassanii…
Shana plxx next part up kohdhybr???? e nauha ah ragalhu ladeh dheebala v foohi vey abadhu eyna molhuvathy???
Shana ge comment thakun udhagoo vaa kudhin comment nukiyan vee nun hama gaimu ves eyrun bolah udhagoo nuvaane.. vaahaka kiyan beynun vaa nama just read the story only and can go backward without reading the comments if it is annoying for you guys..
And tbh shana this story is awesome.. negative comment thakah nuvisnaa.. you are doing a good job.. this is my first time trying to read ehkon up nukoh in story eh.. otherwise I used to read ehkon upkoh nimifa inna stories thah .. and I love this one.. keep going may God bless you
Thank you so much Afreen. V ufaavehje vaahaka kamudhiaima??❤and keep waiting next part ingey
When nxt part hadha lasvany???and e nauha ah abadhu kuri libeythy v foohi e nauha ah varuhuri ladeh dhybr nikan
Haadha lahunney up kureveni V kiyaahithun mi innanee
Acydi.. kiyan vx nukerun.. vvvvvvvvvv huthuru.. we don’t want next part