ލޯބީގެ ހައްގުގައި 12

- by - 68- September 16, 2020

އަހަރެން އަވަހަށް މާނިއުއަށް ގުޅަން އުޅުނީމެވެ. އެހެންނަމަވެސް އެ ފޮޓޯ ފޮނުވި ނަމްބަރ އިން ފޮނުވި މެސެޖް ފެނިފައި އަހަރެންނަށް ހީވީ އަހަރެންގެ ބޮލުގައި މީހަކު ބާރު އެތިފަހަރަކުން ޖެހި ހެންނެވެެ.

” މީގެ އެއްވެސް ވާހަކަ އެއް އެއްވެސް މީހަކު ކައިރީ ނުބުނާތި، ބުނެފިނަމަ ދެ ވަނަ ފަހަރަށް އަޔާޒް ނުފެންނާނެ، ޝުކުރު ކުރޭ އަދި އަޔާޒް ސަލާމަތުން ހުރީތީ” ދެތިން ފަހަރު އަހަރެން އެ މެސެޖް ކިޔާލީ ގަބޫލު ނުކުރެވިގެންނެވެ. އެއްކޮޅުން އަހަރެން ހިތް ހަމަ ޖެހުނެވެ.އެއީ އަޔާ ސަލާމަތުން ހުރީތީއެވެ.އަނެއްކޮޅުން ހޯސްލާފައި ކަރުނަ ފައިބައިގަތެވެ.

އަޔާ އެހާލުގައި ވީ އިރު އަހަރެންނަށް އަޔާ ސަލާމަތް ކުރަން އެއްވެސް ކަމެއް ނުކުރެވުނީތީ އަމިއްލަ ނަފުސު ކުއްވެރި ކުރެވުނެވެ އަހަރެން ރޯން ބޭނުން ނުވާތީ ކަރުނަތަށް ފުހެލީމެވެ. ފިޑިންގެ ލިސްޓުގައި ހިމެނި ހަނު ހުންނާކަށް އަހަރެންގެ ހިތަށް އެއްބަހެއް ނުވިއެވެ. އަހަރެންނަށް ބައްޕަ ސަލާމަތެއް ނުކުރެވުނެވެ. އެކަމަކު ކޮންމެ ހާލެއްގަ ވެސް އަޔާ ސަލާމަތް ކުރަން، ޖެހުނު ކޮންމެ ފަދަ ގުރުބާނީއެއްވެސް އަހަރެން ވެދާނަމެވެ.

ކޮޓަރީ ތެރޭ ދެކޮޅަށް އަހަރެން ހިނގަންފެށީމެވެ. ހަނދާނެ ގޮތެއް، އެހީއަށް އެދެން ދާނެ މީހަކު ނޭނގިގެންނެވެ. އެ ފިނި ކޮޓަރީގެ ތެރޭގައިވެސް އަހަރެން ދިޔައީ ދާހިއްލަމުންނެވެ. ނޭވާ ހާސްވެ މެޔަށް ވެސް ދިޔައީ ތަދުވަމުންނެވެ. ކުއްލިއަަކަށް އަހަރެންގެ ދިރިއުޅުން މިފަދަ ހިތްދަތި ގޮތަކަށް ބަދަލުވެދާނެ ކަމަކަށް އަހަރެން ހިޔެއްވެސް ނުކުރަމެވެ. ތަގްދީރު އަހަރެންނާ މިކުޅެނީ ކޮން ފަދަ ބޮޑު ސަމާސާއެއް ހެއްޔެވެ. އަހަރެންނަށް ކުރެވުނީ ކޮން ކުށެއް ބާއޭ އަހަރެންގެ ހިތަށް އަރައެވެ.

” އެ ކިހިނެއް އެނގެނީ އަޔާ ކަމެއް، އަޔާ ގެއްލުމުގެ ފައިދާ އެހެން ބަޔަކު ނަގާ ރުފިޔާ ތަކެއް ހޯދަން ކަން ނޭނގެ އެ އުޅެނީ، އަހަރެން ނުކުރާނަން ގަބޫލެއް، އެކަހަލަ ގަމީސް ކިތަށް މީހުން ލާނެ” އަހަރެން އަމިއްލަ ނަފްސު ހަމަޔަަކަށް އެޅުމަށްޓަކައި އެގޮތަށް ވިސްނަމުން ދިޔައީމެވެ

“އެކަމަކު ފުރަގަހުން އަޔާ އާ ހާދަ ވައްތަރޭ، މެސެޖެއް ކުރަންވީ ކަންނޭނގެ” އަހަރެން އަމިއްލަ ނަފްސަށް ބުނީމެވެ.
” އަހަރެން ކިހިނެއް އެއީ އަޔާޒްކަން ގަބޫލު ކުރާނީ” އަހަރެން ތުރުތުރު އަޅަމުންދާ އަތުން އެ ނަމްބަރ އަށް މެސެޖްކުރީމެވެ. އިރުކޮޅެއް ނުވެ އެ ނަމްބަރއިން ފޮނުވީ ފޮޓޯއެކެވެ. އަހަރެންގެ ތުރުތުރު އަޅަމުންދާ އަތުން ވަރަށް ހިތްވަރުކޮއްފައި އެ ފޮޓޯ ބަލާލީމެވެ.

އެއީ ދެވަނަ ދެމީހެއް ނޫނެވެ.އެއީ އަހަރެންގެ އަޔާއެވެ. ގޮނޑީގައި ބަނދެފައި އިން އިރު އަޔާގެ ދެލޯ ވަނީ މެރިފައެވެ. އެ ލޮބުވެތި މޫނުގައި އަހަރެންނަށް އެތަށް ފަހަރަކު ބޮސް ދެވުނެވެ. އަހަރެން އަނގަމަތީ އަތް އަޅާ ރޯންފެށީމެވެ. އަހަރެންގެ ހިތް ހީވީ ކުދި ކުދި ވިހެންނެވެ. ދެވަނަ ފަހަރަށް އެ ހިތް މަލަން އަޅާ ފާރު ފޮރުވަން އުޅުނަސް އުމުރު ދުވަހު އެ ވޭން އަހަރެންގެ ހިތުގައި ވާނެކަން ޔަގީނެވެ.

އަހަރެންނަށް ސިހުން ގެނުވީ އެ ނަމްބަރ އިން ގުޅާތަން ފެނުމުންނެވެ. އަހަރެން އަވަސް އަވަހަށް ފޯނު ނަގާ ކަންފަތުގައި ޖެހީމެވެ.
” ކޮބާ؟ ގަބޫލު ކުރެވިއްޖެދޯ” ފޯނު ނެގުމާއެކު އެކޮޅުން ބުނި އަޑު އިވުނެވެ.
” ބޭނުންވެގެން ތި އުޅެނީ ކޮން ކަމެއް، އަޔާ ކަލެއަށް ކޮން ދެރައެއް ދިނީ، ކަލޭ ބުނި އެއްޗެއް އަހަރެން ދީފާނަން، ބުނި ވަރަކަށް ރުފިޔާވެސް ދީފާނަން، އަހަރެންނަށް ހަމަ އެކަނި އަޔާ ދީ،އާދޭސް ކޮއްފަ މިބުނީ” އަހަރެން އާދޭހާ އެކު ބުނީމެވެ.
” ހެހެހެ…ރޯންވެސް އެނގޭދޯ، އެހެންވީމަ އަހަރެންގެ ކޮއްކޮ ކިހާ ރުއިމެއް ރޯނެ، ތި ރުއިމަކުން އަހަރެންގެ ހިތަށް އެއްވެސް އަސަރެއް ނުކުރޭ، ކަލޭގެ ސަބަބުން އަޔާޒް އަހަރެންގެ ކޮއްކޮގެ ލޯބީގައި ކޮޅުފައިން ޖެހީ، އަހަރެން ކޮއްކޮގެ އުފަލަށްޓަކައި ކުރަން ޖެހުނު ކޮންމެ ކަމެއްވެސް އަހަރެން ކުރާނަން،އަހަރެންގެ ކޮއްކޮއަށް އަޔާޒް ނުލިބެންޏާ އަޔާޒުގެ ދުވަސް ދުއްވާލުމަކީ އަހަރެންނަށް އުނދަގޫ ކަމެއް ނޫން” އެމީހާގެ ޖުމްލައިން އަހަރެންނަށް ނޫނެކޭ ކިޔާ ހަޅޭލަވައިގަނެވުނެވެ.

” ނޫން ނޫން، އަޔާ އަށް އެއްވެސް ކަމެއް ނުކުރާތި، ވިސްނަ ބަލަ،މީހެއްގެ ލޯބި ކިހިނެއް ގަދަކަމުން ހޯދާނީ، ލޯބި ނުވާ މީހަކާ އެއްކޮއް ނޫޅެވޭނެ،އަޔާ ލޯބިވަނީ އަހަރެން ދެކެ، އަދި އަހަރެންވެސް އަޔާދެކެ އިންތިހާއަށް ލޯބިވޭ” އަހަރެން ހިތްވަރު ކޮއްފައި ބުނީމެވެ.

” އަހަރެންނަށް ނަސޭހަތް ދޭން ތީ ކާކު، ކަލޭ އަޔާޒު ދެކެ ތިހާ ލޯބިވަންޏާ އެކަން ސާބިތު ކޮއްދީބަލަ، އެހެންނޫނީ އަޔާޒްގެ ފުރާނަ ނެތް މަސްގަނޑު ބަލަން ހުރޭ” އެމީހާ އެހެން ބުނުމާއެކު އަހަރެން ބުނާނެ އެއްޗެއް ނޭނގިފައި އިރުކޮޅަކު ހުރެވުނެވެ.

” ހެހެހ.ކޮބާ، ތީ ވާ ވަރަކީ، ނަމުގަ ލޯބިވެޔޯ އެކަމަކު ސާބިތުކޮއްދޭކަަށް ނުކެރުން” އެމީހާ ހިނިގަނޑެއް ޖަހާލަމުން ބުނެލިއެވެ.
” ތި ކުރެވެނީ ވަރަށް ބޮޑު ކުންހީއެއް، އަޔާއަށް ޓަކައި، އެ ލޯބީގެ ހައްގުގައި އަހަރެން ކޮންމެ ފަދަ ގުރުބާނީ އެއްވެސް ވެދާނަން” އަހަރެން ކެރި ހުރެ އެމީހާއަށް ބުނީމެވެ. އެމީހާގެ ބަސް އިރުކޮޅަކަށް ހުއްޓުނެވެ. އެހެންނަމަވެސް އިރުކޮޅަކު ވިސްނަން ހުރެފައި ބުނެލިއެވެ.

” ބުނަންތަ، އަހަރެން ފުރަތަމަ އުޅުނީ ކަލޭގެ ދުވަސް ދުއްވާލަން، އެކަމު އޭރުން ވާނެ ގޮތަކީ ކަލޭގެ ހަނދާނުގައި އުމުރު ދުވަހު އަޔާޒު ހުންނާނެ، އޭރުން ދެން ވާނެ ގޮތަކީ އަޔާޒު އެހެންމީހަކާ ނުވެސް ގުޅޭނެ، އަހަރެންގެ ކޮއްކޮއަށް އަޔާޒު ލިބޭނެ ހަމަ އެކަނި ގޮތަކީ ކަލޭ އަޔާޒުއަށް ބޭ ވަފާތެރިވުން” އެމީހާގެ ޖުމްލައިން އަހަރެންގެ ދެލޯ ބޮޑުވިއެވެ. އަދި ވާހަކަ ދެއްކޭތޯ މަސައްކަތް ކުރީމެވެ.އެހެންނަމަވެސް އަހަރެންގެ ވާހަކަ އެ މީހާ ހުއްޓުވިއެވެ.

މަޑުކުރޭ،އަދި އަހަރެން ދައްކަން ހުރި ވާހަކަ ނުނިމޭ، ކަލޭ ބޭވަފާތެރި ވީމާ އޭރުން އަޔާޒުއަށް މަޖުބޫރު ވާނެ އެހެން މީހެއްގެ އެހީ، ބޭވަފާތެރިއެއް މަތިން ހަނދާން ކުރާކަށްވެސް ބޭނުމެއް ނުވާނެ، އެންޑް ޑޯންޓް ވޮރީ، އަހަރެން އަޔާޒުއަށް ވިސްނައިދީގެން އަހަރެންގެ ކޮއްކޮއާ ގުޅުވާނަން” އެމީހާ ހޭންފެށީ ނުރައްކާތެރި ގޮތަކަށެވެ.

” ބޭ..ބޭވަފާތެރިވާށޭ.” އަހަރެންނަށް އަޅަ އަޅައި ގަންނަމުން ބުނެވުނެވެ.
” އާނ، ނުވަންޏާ ކުރީބައިގައި ބުނޭ، އަދި ބުނަން މާދަމާ އެންމެ ފުރަތަމަ ހަބަރަކަށް ލިބޭނީ އަނިޔާވެރިކޮށް މަރާލާފަ އޮތް މީހަކު ފެނުން ވާހަކަ، ކުރިއަށް އޮތް ފަސް މިނެޓް ތެރޭގައި ވެސް އެ ހަބަރު ލިބިދާނެ، އަދި ބުނަން އަހަރެންނަކީ ކުރާނަމޭ ބުނާކަމެއް ފަސް ޖެހުމެއްނެތި ކުރާނެ މީހެއްކަން ސާބިތުވެސް ކޮއްދީފާނަން” އެމީހާގެ ޖުމްލައިން އަހަރެން ދެލޯ މަރާލީމެވެ.އިތުރަށް ނުރޮއެ ވޭތޯ ވަރަށް ހިތްވަރު ކުރީމެވެ.

” އޯކޭ، ބުނި ކޮންމެ ކަމެއް އަހަރެން ކުރާނަން، އަހަރެންނާ ދޭތެރޭ އަޔާ ކޮންމެ ގޮތަކަށް ކަންތަށް ކުރިޔަސް އަހަރެންނަށް އޯކޭ، އަހަރެންގެ އަޔާ ދޫކޮއްލާ، އަހަރެންނަށް އަޔާގެ ފުރާނަ މާ މުހިންމު” އަހަރެން އާ އަޒުމަކާ އެކީ ބުނީމެވެ.

” އެންމެ ރަނގަޅު، މާދަން އަޔާޒު ފެންނާނެ، އަޔާޒުއަށް މިއިން އެއްވެސްކަމެއް އަދި ޝައްކެއްވެސް ވިޔަ ދީގެން ނުވާނެ،އަދި އިތުރު މީހަކަށްވެސް މިއިން އެއްވެސް ކަމެއް އެނގިއްޖެނަމަ ދެން ކަންތަށް ވާ ގޮތް ބަލަން ތައްޔާރުވާތި، އަހަރެންގެ މީހުން އަބަދުވެސް ފާރަވެރި ވާނެ، އެމީހާ ވަރުގަަދަ އިންޒާރެއް ދިނެވެ. އަދި މާދަން ގުޅާނެ ކަމަށް ބުނެ ފޯނު ކަނޑާލިއެވެ.

އެމީހާ ފޯނު ބޭއްވުމުން ވެސް އަހަރެންނަށް އެ ހުރި ގޮތަށް ހުރެވުނީއެވެ. ފޯނު ކަންފަތުން ނައްޓުވާލަންވެސް ނޭނގިފައެވެ. އަދި އެނދުމަތީ އޮށޯވެ ފޯނުން އަޔާއާއެކު ނަގާފައިވާ ފޮޓޯ ބަލާލީމެވެ. އެއާ އެކު ހިތަށް ދިޔައީ ތަދުވެގެންނެވެ. އަދި ދެލޯ މަރާލާ ހިތާ ދިމާލުގައި ކުޑަކޮށް ޖަހާލެވުނެވެ. އެއާއެކު ލޮލޮގެ ތެރެއަށް ގިނަވެފައިވާ ކަރުނަތަށް އޭގެ މަގާމު ދޫކޮއް ފައިބައިގަތެވެ.
” އަޔާ، އިރާދަކުރެއްވިއްޔާ މާދަން އަހަރެންނަށް އަޔާ ފެންނާނެ، އެންމެ ފުރަތަމަވެސް ބޭނުންވަނީ ވަރަށް ބާރަށް ބައްދާލަން، ހިތް ފުރޭވަރަށް ތި މޭގަ ބޯ އަޅައިގެން އޮވެ ރޯން،އެންމެ ފަހު ފަހަރަށް، އޭގެ ފަހުން އަހަރެންނަށް ދެން އެ ފުރުސަތެއް ނުލިބޭނެ، އަޔާ ވާނީ މީހެއްގެ ހައްގަކަށް، އަހަރެންނަށް މާފް ކުރޭ އަޔާ، އަހަރެން އަޔާދެކެ މިވާ ލޯބީގެ ހައްގުގައި މިއަދު މިޖެހެނީ މި ލޯބި ކަފުންކޮށް ވަޅުލަން، އަޔާގެ ދިރިހުރުމަށްޓަކައި އަހަރެންގެ ލޯބި މި ގުރުބާން ކުރަނީ،އަހަރެން އަޔާ ދެެކެ ހިތުގެ އެންމެ ފުންމިނުން ލޯބިވަން، އަހަރެން މިހާލުގަ ނިމި ދާން ޖެހުނަސް އަޔާއަށް ދެރަގޮތެއް ވާކަން ނޭދެން، ތީ އަހަރެންގެ ހިތުގެ ރަސްގެފާނު، މިހިތުން ދެން ދުވަހަކުވެސް އެހެން މީހެއްދެކެ ލޯތްބެއް ނުވެވޭނެ، ދުވަހަކުވެސް ނުވެ ވޭނެ” އަހަރެން މޫނުގައި ބާލީސް އަޅައިގެން އޮވެ ރުއީމެވެ.

އާ ދުވަހަކަށް އިރު އެރީއެވެ. އެކި މީހުންނަށް ދުނިޔެ ދައްކަމުންދަނީ އެކި މަންޒަރުތަކެވެ. އެއްބަޔަކަށް އުފާވެރި މަންޒަރުތަށް ދައްކަމުން ދާއިރު އަނެއް ބަޔަކަށް ދަނީ ހިތާމަވެރި މަންޒަރު ދައްކަމުންނެވެ. އެއީ ދުނިޔޭގެ އާދައެވެ. ގުދުރަތުގެ ގާނޫނެވެ.

އަހަރެން ލޯ ގަނޑުގެ ކުރިމަތީ ހުރެ ތައްޔާރުވަމުން ދިޔައީމެވެ. ރޭގަ މޫނުގަ ބާލީސް އަޅައިގެން އޮވެ ނުނިދާ އެހާ ގިނައިރު ރުއިމުގެ ސަބަބުން އަހަރެންގެ މޫނުމަތި ވަނީ ދުޅަވެފައެވެ. ބަލާލި ކޮންމެ މީހަކަށް ފާހަގަވާނީ މޫނުމަތީގައިވާ ވަރުބަލި ކަމާއި މާޔޫސް ކަމެކެވެ. ބޮލުގަ އަޅާވޭނުން ކެތް ނުކުރެވެ. ރީތިވެ ނިމުން ތަނާހެން ރޭގަ ގުޅި ނަމްބަރުން ގުޅަންފެށިއެވެ. އަހަރެން ފޯނު ނަގަމުން ކަންފަތުގައި ޖަހާލީމެވެ.

” އަޔާޒް މިހާރު ވާނީ ސަލާމަތުން ދޫކޮއްލާފަ، ހަނދާން ކުރާތި ކުރިއަށް މިއޮއް ހަފްތާ ނިމެން ވާއިރަށް އޭނައަށް ނުފެންނަ ހިސާބަށް ދާތި، އަދި އަހަރެން ބުނިހެން ދާންޖެހޭނީ އަޔާޒްއަށް ބޭވަފާތެރި ވުމަށްފަހު، އަޔާޒުއަށް ގަބޫލު ކުރެވެންޖެހޭނެ ބޭވަފާތެރިވީކަން، އަދި އެކަން ނުވެއްޖެނަމަ އެނގެ އެއްނު…” އެމީހާ އެހެން ބުނެ ފޯނު ކަނޑާލިއެވެ.

އަޔާ ދޫކޮއްލި ވާހަކަ ބުނުމުން އަހަރެން ހުރީ ވަރަށް އުފާވިއެވެ. އަހަރެން ހުރީ އަޔާ ދެކިލާހިތުން ކެތް މަދުވެފައެވެ. ވަގުތުތަށް ގުނަމުން ދިޔައީ އަޔާގެ ކޯލެއް އަންނާނެ އިރަކަށެވެ. ކޮޓަރިން ނިކުތް އިރު ކަރަމް ސައި ހަދަން އުޅެއެވެ. އަހަރެން ގޮސް ކައި މޭޒު ދޮށުގައި ހުރި ގޮނޑީގައި އިށީނީމެވެ. އިރުކޮޅަކާ ފޯނަށް ބަލާލެވެ.
” ރީމް، ރޭގަ ނުނިދަނީތަ، މޫނުމަތި ދުޅަވެފަ” ކަރަމް އަހަރެންގެ މޫނަށް ބަލާލަމުން ބުނެލިއެވެ.
އަހަރެން ވަކި އެއްޗެކޭ ނުބުނެ އިސްޖަހާލީމެވެ. އަދި ތައްޓަކަށް ސައި އަޅަމުން، ބައްޕަ ސައި ބޮއެފިހޭ އަހާލެވުނެވެ. އަހަރެންނަށް މި ބުނެވުނީ ކީކޭކަން އެނގުމާއެކު ގޮނޑީގައި އިށީނދެ މޫނުމަތީގައި އަތް އަޅާ ރޯންފެށީމެވެ. އަހަރެންގެ ސިކުނޑިން ބައްޕަ ނިޔާވެއްޖެކަން އިރުކޮޅަކަށް ހަނދާން ނެތުނީއެވެ.

” ރީމް ދެން ނުރޮއެ،ހުރިހާ ކަމެއްވެސް ރަނގަޅުވާނެ” ކަރަމް އަހަރެންގެ ކޮނޑުގައި ފިރުމާލަމުން ބުނެލިއެވެ. އަހަރެން ގޮނޑިން ތެދުވެ ދުވެފަ ގޮސް ކޮޓަރިއަށް ވަދެ އެނދުމައްޗަށް ވެއްޓިގަތީމެވެ.
” ބައްޕާ” އަހަރެންނަށް ހިތާ ހިތުން ކިޔާލެވުނެވެ. އަދި ދެލޯ މަރާލީ ބައްޕައާ އެކު ހޭދަ ކުރެވުނު އުފާވެރި ދުވަސްތަށް ހިތަށް ގެންނަމުންނެވެ. ރޭގަ ނުނިދުމުގެ ސަބަބުން އަހަރެންނަށް ނިދުނު އިރެއްވެސް ނޭނގެއެވެ.

އަހަރެންނަށް ހޭލެވުނީ މެންދުރު ފަސްވީ ފަހުންނެވެ. ހޭލެވުމާއެކު ފުރަތަމަވެސް ބަލާލެވުނީ ފޯނަށެވެ.އެއްވެސް ކޯލެއް މެސެޖެއް ނައުމުން އަހަރެން ހައިރާންވިއެވެ. އަނެއްކާ އަޔާ ދޫނުކޮއްލަނީ ބާއޭ އަހަރެންގެ ހިތަށް އަަރަމުން ދިޔައެވެ. އެހެންނަމަވެސް ހަމަ ޖެހިލީ އަޔާ ހަމަ ޖެހިގެން ގުޅާނޭ ހިތަށް އަރުވަމުންނެވެ.އަހަރެން އަވަަހަށް ތެދުވެ ފާހަނައަށް ވަދެ ފެންވަރާ ހަދައިގެން ނަމާދު ކުރީމެވެ. އަދި ކޮޓަރިން ނުކުތީ ހައިވެފަ ހުރި ވަރުންނެވެ. އެއްވެސް މީހަކު ފެންނަން ނެތުމުން ހިތްހަމަ ޖެހުނެެވެ.

ބަދިގެއަށް ގޮސް ޖޫސްތައްޓެއް ބުއިމަށްފަހު ބޭސް ގުޅައެއް ކާލީ ބޮލުގެ ރިހުމަށް ލުޔެއް ނުލިބުމުންނެވެ. އަދި ސޯފާގަ ޖައްސާލީމެވެ. އިރުކޮޅެއް ނުވެ ގޭގެ ބެލް މީހަކު އަޅާލުމުން ކަރަމްއަށް ގޮވާލީމެެވެ. ކަރަމްގެ ހަބަރެއް ނުވުމުން އަަހަރެން ގޮސް ދޮރު ހުޅުވީމެވެ. މާ ބޮނޑިން މޫނު ފޮރުވައިގެން ހުރި މީހާ ފެނިފައި އަހަރެންނަށް ހިނިތުންވެވުނެވެ

ނުނިމޭ

68

You may also like...

9 Responses

ޚިޔާލީ ކުލަތައް ← އެޑްމިން ރެޖިސްޓަރ ކޮށްފައި ވާހަކައިގެ ލިޔުންތެރިޔާ ރެޖިސްޓަރ ނުކުރާ
  1. Alhey ehen hadhaakah nuvaane she.. I feel soo bad😔
    Well there is no other way for her dhw.. but anyways next avahah up kollacchey 😇😇👍👍👍😉💯💯💯
    Vvv reethi Inge♥️😍😍💯💯

  2. Masha Allah❤️❤️😍😍😍🥰🥰🥰
    Vrh Sali ❤️❤️❤️😍🥰🥰🥰
    Reem uley gothun Hama rovije I ah 😭😭
    And dhen vaane gothaka medu vrh curiouse
    Waiting for the next ❤️❤️❤️
    Ly❤️❤️
    Stay safe❤️❤️

Leave a Reply

Your email address will not be published.