ލޯބީގެ ހައްގުގައި 8
އަ”އަ އަހަރެންވެސް ވަރަށް ލޯބިވޭ” އަހަރެން އުފަލުން އަޑު ނުކުންނަނީވެސް ކިރިޔަ ކިރިޔާއެވެ. އަދި އަޔާގެ ކުރިމަތީ އެއްފައި މައްޗަށް އިށީނދެ އެ މަލުގައި އަޔާގެ އަތާ އެއްކޮށް ހިފީމެވެ.
އޭރު އަހަރެންގެ ލޮލުން ފައިބަމުންދަނީ އުފާވެރިކަމުގެ ކަރުނައެވެ. އެހެންނުވާންވީ ސަބަބެއް ނެތެވެ. އަހަރެން ހީކުރީ އަހަރެންގެ އުމުރު ނިމިގެން ދާނީ އަޔާގެ ރައްޓެއްސެއްގެ މަގާމުގައި ހުރެ ކަަމަށެވެ. އެހެންނަމަވެސް އަހަރެންނަށް އަޔާގެ ލޯބި ލިބުނީއެވެ. އެ ލޯތްބަށްޓަކައި އަހަރެންގެ އެތަށް ކަމެއް ބަދަލުކުރީމެވެ. ﷲގެ އިރާދަފުޅުން އަހަރެން ބޭނުންވި ކަންތަށް އެއްވެސް އުނދަގުލަކާ ނުލާ ކާމިޔާބުވީއެވެ.
“އަހަރެން ހީކުރީ އަހަރެންނާ ދޭތެރޭ ދެކެނީ ހަަމަ އެކަނި ރައްޓެއް…..އަހަރެންގެ ޖުމްލަ ފުރިހަމަ ނުކުރެވެނީސް އަޔާ އަހަރެން އަނގަމަތީގައި އަތް އެޅީ އިތުރު ބަހެއް ނުބުނާށޭ ބުނާ ކަހަލަ ގޮތަކަށެވެ. އަޔާގެ މި ހަރަކާތުން ވަގުތުން އަހަރެންގެ އަނގަ ބަންދުވިއެެވެ.
” އަސްލު އަަހަރެންނަށް އެނގޭ ރީމްވެސް އަހަރެން ދެެކެ ލޯބިވާކަން، އޭރު އަހަރެން ނުބުނީ އަހަރެންނަކީ ރީމްއަށް ކިޔަވައި ދޭ ޓީޗަރަކަށް ވެފައި އޭރު ގުޅުމެއް އުފެއްދިއްޖެނަމަ މައްސަލަ ވަރަށް ގޯސް ވެދާނެތީ، އެއީ އެއްވެސް ބަޔަކު ގަބޫލެއް ނުވާނެ ޓީޗަރަކާ ދަރިވަރަކާ އެކަހަލަ ގުޅުމެއް އޮންނާކަށް، ޝައްކެއް ވިޔަސް އެ ދެން ނިމުނީ، ބޭރަށް ބޯ ދިއްކޮއްލަން ނުކެެރޭނެ، އެއްބަޔަކު ކިޔާނެ ޓެސްޓުގަ އަންނާނެ ހުރިހާ އެއްޗެއް ކިޔާދޭނޭ، އެހެންކުދިންނާ ތަފާތު ކުރާނޭ، މިހެން ގޮސް ބައިވަރު އެއްޗެހި، އަދި އަހަރެން ކިހިނެއް އަހަރެންގެ ރީމްއަށް މީހަކު ބަދު ބަސް ބުނާ ވަރުގެ ކަމެއް ކުރަންވީ” އަޔާ އަހަރެންގެ ވަރަށް ލޯބިން ހިފާލަމުން ބުނެލިއެވެ.
” ބައި ދަ ވޭ..މިގެއަށް އައި ފުރަތަމަ ދުވަހު ވެސް އަހަރެންނަަށް ޖެހެނީ މިތާ މިގޮތަށް އިންނަންތަ، ތެދުވާކަށްވެސް ނުބުނާނަންތަ” އަޔާގެ ޖުމްލައިން އަހަރެންނަށް އެއީ ތެދެކޭ ކިޔާ އަޔާގެ އަތުގައި ހިފާ ކޮޅަށް ނެގީމެވެ.
” އާދޭ އިށީންނަން، ބައްޕައަށް ގޮވާލާފަ މި އަންނަނީ” އަހަރެން އެހެން ބުނުމާއެކު އަޔާގެ ދެލޯ ބޮޑުވިއެވެ. އަދި އިށީންނަން އުޅެފަ އަަވަހަށް ތެދުވިއެވެ.
” ބައްޕައޭ، މަށަކަށް ނުކެރޭނެ، އެހާ ލަސްކޮއްފަ މި އައީ ވެސް ރީމް އާ ބައްދަލު ކުރަން، ބައްޕަ ކައިރީ އަހަރެން ވަކި ކީކޭ ކިޔާނީ” އަޔާގެ ޖުމްލައިން އަހަރެން ކައިރިއަށް ވަރަށް ހިނިއައެވެ. އަހަރެން ހޭން ފެށުމުން އަޔާ ތުން ކޮޅު ދަމާލިއެވެ.
” ރީމް ހެނީތަ، އޯކޭ ދަނީ” އަޔާ އެހެން ބުނުމާއެކު އަހަރެން އަޔާގެ އަތުގައި ހިފާ ގެނެސް ސޯފާގައި ބޭންދީމެވެ.
” އެއްވެސް ކަމެއް ނުވާނެ، ޓްރަސްޓް މީ، ބައްޕަ ވަރަށް ކޫލް ވާނެ، އެހެން ނޫނަސް ވަލީ ހޯދަން އަންނަން ޖެހޭނީވެސް ބައްޕަ ކައިރިއަށް ދޯ” އަހަރެން އެހެން ބުނުމާއެކު އަޔާ ބޯ ކަހާލުމަށްފަހު އެ ތެދެކޭ ބުނެލިއެވެ.
އަހަރެން ބައްޕައަށް ގޮވާލުމަށްފަހު އައިސް ސޯފާގައި އިށީނީމެވެ. އަޔާ ވަށައިގެން ނަޒަރު ހިންގާލިއެވެ.
” އަހަ ދަރިފުޅާ، މިއީ އޯ” ބައްޕަ ސޯފާ ކައިރިއަށް އަންނަމުން ބުނެލިއެވެ.
” ބައްޕާ، މީ އަހަރެންގެ ޓީޗަރެއް،އަޔާޒު، އޭރު ނައިސްގެން އުޅުނީމެވެ. ބައްޕައަށް ހަނދާން ކޮއްލަ ދޭ ފަދައިން އަހަރެން ބުނީމެވެ. އަޔާ ބައްޕައަށް ބަލާލުމަށްފަހު ހިނިތުންވެލިއެވެ.އަހަރެން ވައި އަޑުން ބައްޕައާ ސަލާމް ކުރުމަށް ބުނެލީމެވެ. އަޔާ އަވަހަށް ތެދުވެ ގޮސް ބައްޕައާ ސަލާމްކޮއްލާ ކިހިނެއްތޯ އަހާލިއެވެ.
” ބޭބެ ރަނގަޅު، އަޔާޒު ކިހިނެއް، ރީމް އުޅުނޭ ވަރަށް ލަސްވެގެން، އެހެން ކުދިންވެސް އަޔާޒު އަންނަން ދެން މަޑުކޮއްގެން ތިބީ” ބައްޕަހިނިތުންވެލަމުން އަހާލިއެވެ.
” އަޅުގަނޑުވެސް ރަނގަޅު، އޭރު ނާދެވުނީ ކުއްލިއަކަށް މީޓިންގް އަކަށް ދާން ޖެހުނީމަ، ފޯނު ސައިލެންޓަށް ލެވިފަ އޮތީމަ ނޭނގުނީ ގުޅިކަންވެސް” އަޔާ ވަރަށް މަޑުމައިތިރި ކަމާއެކު ބުނެލިއެވެ.
” ޓީޗަރުންނަކީ ވަރަށް ބިޒީ ބައެއް، އެހާ ހާލުން އަމިއްލަ ދިރިއުޅުމަށްވެސް ވަގުތު ދެވޭނީ، ދަރިފުޅާ ރީމް އަޔާޒުއަށް އެއްޗެއް ކާން ދީފިންތަ، ދޭ ކާން ހަދައިދޭން، ބައްޕަ ނިދަން އޮށޯންނަން މި ދަނީ” އަދި ބައްދަލު ވާނެ ކަމަށްބުނެ ބައްޕަދިޔައެވެ.
އަހަރެން ގޮސް ނޫޑްލިސް، ސްޕެގެޓީ ނަގާ އަޔާއަށް ކާން ހަދާދިނީމެވެ. އަދި އަޔާއާ ޖެހިގެން ގޮނޑީގައި އިށީނީމެވެ.
” ކޮބާ އޭރުވެސް މަ ބުނީމެއްނު ބައްޕަ ވަރަށް ކޫލް ވާނޭ” އަހަރެން އަޔާގެ ތަށި އަޔާގެ ކުރިމަތީ ބަހައްޓަމުން ބުނެލީމެވެ.
“އާނ، ބައްޕަ ވަރަށް ކޫލް، ކުރަން ނުވާ ވަރުގެ ކަމެއް ނޫނެއްނު” އަޔާ އެހެން ބުނެ އަހަރެންގެ އަތުގައި ހިފާލިއެވެ.
” ސާބަސް މީހަކަށް ފެނިދާނެ” އަހަރެން އަޔާގެ އަތުން އަތް ދަމައިގަންނަމުން ބުނެލީމެވެ.
“ކާކަށް ފެންނާނީ، އެހާ ވަރު ކަމެއް ނޫނޭ އެއީ” އެހެން ބުނެ އަޔާ ކާ ތައްޓަށް ސްޕެގެޓީ އަޅަމުންދިޔައެވެ.އަދި ސަމްސަލުން ސްޕެގެޓީ ކޮޅެއް ނަގާ އަހަރެންނަށް ދިއްކޮއްލިއެވެ. އަހަރެން ދެކޮޅު ހެދުމުންވެސް އަޔާ ގޮތެއް ދޫ ނުކުރިއެވެ. އެންމެ ފަހުން އަހަރެން އެ އެތިކޮޅު ކާލީމެވެ. އޭރު އަހަރެން އިނީ ލަދުންގޮސް ކުރާނެ ކަމެއް ނޭނގިފައެވެ. ދެވަނަ ފަހަރަށްވެސް އަޔާ ސްޕެގެޓީ ކޮޅެއް ނަގާ ދިއްކޮއްލިއެވެ.އަހަރެން ލަދުން އިނދެ އަޔާ އަތުން ސަމްސާ އަތުލާ އަޔާއަށް ދިއްކޮއްލީމެވެ. އަޔާ ވަގުތުން އަނގަ ހުޅުވާ އެ އެތި ކޮޅު ކާލަން އުޅުނެވެ.
އެވަގުތަކީ ގޭގެ ދޮރު ހުޅުވުނު އަޑެވެ.އަހަރެން ސިއްސައިގެން ގޮސް އަތުން ސަމްސާވެސް ވެއްޓުނެެވެ. އަހަރެންނަށް ވަގުތުން ކޮޅަށް ތެދުވުނެވެ. އަޔާގެ މޫނުމަތިންވެސް ހާސްކަން ފެންނަމުން ދިޔައެވެ.
“ކަރަމް މިގަޑީ”؛އަހަރެންނަށް ވަރަށް ހާސްވެގެންއަހާލެވުނެވެ. ކަރަމްއަށް ފެނިއްޖެނަމަ ބައްޕައަށް އެކަން އެނގޭކަށް މާ ގިނަ އިރެއްނުވާނެއެވެ. ކަރަމް ސަމްސަލަށް ބަލާލުމަށްފަހު ރީމްއަށް ބަލާލިއެވެ.
” އާނ، ކިހިނެއްވީ،ބޭބެ ބުނެގެން ފިހާރަ ދަނީ، މީހުން ގިނަ ވަނީ، އެހެންވެ ލަސްވަނީ” ކަރަމް އަހަރެންނަށް ބަލާލަމުން ބުނެލިއެވެ. އަހަރެން ހިތަށް އަރަމުން ދިޔައީ ،ކަރަމްއަށް ފެނުން ބާއޭ، ނޫނީ ނުފެންނަ ކަމަށް ހެދީ ބާއެވެ. ކަރަމް ކައިރީ ފެނުން ތޯއަހައިފިނަމަ ބޭޒާރުވީއެވެ.އަހަރެން އެއްޗެކޭ ނުބުނެ ހުރުމުން ކަރަމް އަނެއްކާވެސް ވާހަކަ ދެއްކިއެވެ.
” ރީމް ،އަލަމާރީގައި ޖޫސް ހުންނަނީ އެއްނު، އަހަރެން މިތަން ސާފު ކުރަނީ” ރީމް އެހެން ބުނެ ގެނައި ކޮތަޅުތަށް ބަހައްޓަމުން އެތަން ސާފު ކޮއްލިއެވެ.އަޔާވެސް ވަކި އެއްޗެކޭ ނުބުނެ ކައި ނިމިގެން ދަނީ ކަމަށް ބުނެ ދިޔައެވެ.
އެދުވަހަށްފަހު އަހަރެންނާ އަޔާގެ ނަން ލޯބިވެރިންގެ ލިސްޓުގައި ލިޔެވިގެންދިޔައެވެ. ލޯބީގެ ބަގީޗާގައި އެތަކެއް މަލެއް ފޮޅުވަމުން ދިޔައީމެވެ. އެހެން މީހުން ފަދައިން ވަކިނުވާން އެތަކެއް ވައުދެއް ވަމުންދިޔައީމެވެ. އަހަރެމެން ގަސްތުކޮއްގެން ތިބީ ދެ އަހަރުފަހުން ކައިވެނި ކުރާ ގޮތަށެވެ.އެއީ އަޔާގެ ނިންމުމެވެ.އަޔާ ބޭނުންވަނީ އަހަރެން ފުރަތަމަ ކިޔަވާށެެވެ.އެހެން ކަމުން ޕްރައިމަރީ ޓީޗިންގެ ޑިޕްލޮމާއަށް އަހަރެން ފޯމް ލީމެވެ. ނަސީބު ދިމާ ކުރި ގޮތުން ކޯސްވެސް ލިބުނެވެ. ކޯސް ލިބި ވަރަށް އަމާން ކަމާއެކު ދުވަސްތަށް ދެއެވެ.
އަވަސް އަރުވާލައިގެން ކަންތަށް ނުނިންމުމަށް އަޔާ އަބަދުވެސް އަހަރެންނަށް ނަސޭހަތް ދެއެވެ. އަޔާ ކަހަލަ ރަނގަޅު މީހަކު ލިބުމުން އަހަރެން ހުރީ ވަރަށް އުފަލުންނެވެ.ކިޔެވުމުގައި އަޔާގެ އެހީ ތެރިކަން ފުރިހަމައަށް ލިބެމުންދިޔައެވެ. އަންނަން އޮތް ކޮޅިގަނޑުގެ ބާރުމިން އަހަރެންނަށް ކުޑަކޮއްވެސް ހިލަމެއް ނުވެއެވެ.
އަހަރެން އަޔާއާ ރައްޓެހި ވެގެން އުޅޭކަން ބައްޕައަށްވެސް އެންގީމެވެ. ބައްޕަ އަހަރެންގެ ގުޅުމާ ގަބޫލެވެ. އެކަމާ އަހަރެން ހުރީ ވަރަށް އުފަލުންނެވެ.
އަހަރެން ތައްޔާރު ވަމުންދިޔައީ އަޔާއާ ބައްދަލު ކުރުމަށް ދިއުމަށެވެ. އަހަރެން އަތުގަ އޮތް ކަނޑު ނޫ ކުލައިގެ ހެދުމާއި މެރޫން ޝޯލް އެއް އަޅައިގެން އަހަރެން ތައްޔާރުވީމެވެ. ގެއިން ނުކުމެގެން ދިޔައީމެވެ.ވަކި ހިސާބަކުން މީހަކު އަހަރެންގެ ފަހަތުން އަންނަ ކަހަލަ އިހްސާސެއް އަހަރެންނަށް ކުރެވުނެވެ. އެހެންނަމަވެސް ފަހަތް ބަލާލާކަށް ނުކެރުނެވެ. އެންމެފަހުން އަހަރެން ދުއްވައިގަތީމެވެ. ދުވަމުން ދުވަމުން ރަސްފަންނަށް ދިޔައިރު އަހަރެން ހުރީ ވަރުބަލިވެފައެވެ.މީހާއަށް މައި ނޭވާ ލެވޭ ވަރުވެއެވެ.
އަހަރެން ދިޔައިރު އަޔާ ފޯނާކުޅެން އިނެވެ.އަހަރެން ފެނުމާއެކު އަޔާގެ ނިތަށް ރޫ އަރައިގެން ދިޔައެވެ.
” ހާދަ ދާ ހިއްލާފަ،ކިހިނެއްވީ”އަޔާ ފޯނު ބޭއްވުމަށްފަހު އަހަރެންގެ އަތުގައި ހިފާލަމުން ބުނެލިއެވެ.
” ހާސް ވާނެ އެއްނު، ގެއިން ފެށިގެން މިހިސާބަށް އައި އިރު އަހަރެންނަށް ހީވި އަހަރެންގެ ފަހަތުން މީހަކު އައި ހެން، އެހެންވެ ދުވަމުން ދުވަމުން މިއައީ” އަހަރެން ނޭވާ ހަމަޔަކަށް އަޅުވާލަމުން ބުނެލީމެވެ.
” ސާބަސް ރީމްއަށް، މަގުމަތީ މީހުން ނޫޅޭ އިރެއް ދާނެތަ، އަބަދުވެސް ކޮންމެސްތާކަށް މީހުން ގޮސް ގޮސް އެ ތިބެނީ” އަޔާ އަހަރެން ހަމައަކަށް އަޅުވަމުންބުނެލިއެވެ.
” އެހެންވިޔަސް ހެޔޮ، ދެން އަޔާ އަންނަން ވާނީ ގެއަށް، ބައްޕަވެސްއެހާ ހިތް ހަމަ އެއް ނުޖެހޭނެ އަބަދު ބޭރަށް ދަންޏާ،ބައްޕަވެސް އޯކޭވާނެ އެގޮތް” އަހަރެން އަޔާގެ ކޮނޑުގައި ބޯއަޅާލަމުން ބުނެލީމެވެ.
އަޔާއާ ބައްދަލު ކުރުމަށްފަހު އަހަރެން ގެއަށް ދިޔައީމެވެ. ގެޔަށް ވަތް އިރު ދޮންމަންމަ ސިޓިންގްރޫމްގައި އިނެވެ. އަދި ދޮންމަންމަ ކައިރީގައި އިން މީހާ ފެނިފައި އަހަރެންގެ ހަތަރެސްފައިގައި ތަޅު އެޅުވުނު ކަހަލައެވެ. ކުރިއަށް އެންމެ ފިޔަވަޅެއްވެސް ނޭޅުނެވެ.
އަހަރެން ފެނުމާއެކު އެމީހާގެ ތުންފަތުގައިވީ ވިހަ ހިނިތުންވުމެކެވެ. އަދި އަހަރެންނާ ދިމާލަށް އެއްލޯ މަރާލިއެވެ. އަހަރެންނަށް އަހަރެންގެ އަތް މުއް ކަވާލެވުނެވެ. އަހަރެން ދިޔައީ އަހަރެންގެ ރުޅި ކޮންޓްރޯލް ކުރެވޭތޯ މަސައްކަތް ކުރަމުންނެވެ.ދޮންމަންމަ އަހަރެންނަށް ބަލާލުމަށްފަހު އެބަ އަންނަމޭ ބުނެ ކޮޓަރިއަށް ވަނެވެ.އަހަރެންވެސް އަވަހަށް ބެލީ އެތަނުން ދެވޭތޯއެވެ.އެހެންނަމަވެސް އެމީހާގެ އަވަސް ހަރަކާތާ އެކީ އަހަރެން އަތުގައި ހިފެހެއްޓިއެވެ.
” ކަލޭ އެންމެ ފަހުން މިގެޔަށް ވެސް އައީތަ، ހަމަ މިހާރު އަހަރެންގެ އަތުން ދޫކުރޭ، އެހެންނޫނީ……އަހަރެންނަށް ބުނެވުނީ އެހާ ހިސާބަށެވެ. އެމީހާ އަހަރެން ހޫރާލުމާއެކު އަހަރެން ގޮސް ޖެހުނީ ސޯފާ މައްޗަށެވެ. އަތުގަ އޮތް ދަބަސްވެސް ދިޔައީ ވިއްސައިގެންނެވެ
” އެހެން ނޫނީ ކީއް ކުރެވޭނީ، އަޅެ ބުނެބަލަ، ކީއްހޭ ކުރެވޭނީ” އެމީހާ އަހަރެންގެއަތުގައި އަތް ކާތަމުން ހަޅޭލަވައިގަތެވެ. އެމީހާގެ އެ ހަރަކާތުން އަހަރެންނަށް އަޑުން އަޑުނަގާ ރޮވެންފެށުނެެވެ.
” އާދޭސްކޮއްފަ މި ބުނީ، އަހަރެން ދޫކޮއްލާ، އަހަރެންނަށްވުރެ މާ ރަނގަޅު މީހުންވާނެ،ޕްލީޒް އަހަރެން ދޫކޮއްލާ” އަހަރެން އެމީހާގެ ކުރިމަތީ ދެ އަތް ޖޯޑް ކޮއްފައި އާދޭސް ކުރީމެވެ.
“ކާކަށް އަޑު އިއްވަން ރޯކަށް، ތި އަޑު އަހާނެމީހަކު މިގެއަކު ނެތް، ހީވޭތަ އަހަރެން ތި އާދޭހުގެ އަޑު އަހާނޭ، އަހަރެންނާ އިންނަން އެހީމާ އަހަރެންނަށް ދިން ޖަވާބު ހަނދާން ނެތުނީތަ،އަދިވެސް މި ކޯތާފަތުން އެ ދިލަ ނުކެޑޭ،މިހާރުވެސް މި ބުނަނީ ކުރިއަށް މިއޮތް މަހެއްދާ ދުވަހުގެ ތެރޭގައި ތީ އަހަރެންގެ އަތްބަކަށް ހަދާނަން” އެމީހާ ވަރު ގަދަ އިންޒާރެއް ދިނުމަށްފަހު ގެއިން ނުކުމެގެން ދިޔައެވެ.އަހަރެން އިނީ އެބުނި ޖުމްލައިން ގުޑިލަންވެސް ނޭނގިފައެވެ. އަނގަމަތީ އަތް އަޅާ ރޯން ފެށީމެވެ. އެތަށް އިރަކު އެހެން އިނުމަށްފަހު މަޑު ހިނގުމުގައި ދަބަސް ނަަގައިގެން ގޮސް ކޮޓަރިއަށް ވަދެ ތަޅުލީމެވެ.އަދި ގޮސް އެނދުމައްޗަށް ވެއްޓި ގަނެ އަނެއްކާވެސް ރޯންފެށީމެވެ.
އަޔާ ކައިރީ މިރޭ ހިނގި ކަންތަށް ބުނަން އަހަރެން ވަރަށް ބޭނުންވިއެވެ.އެހެން ނަމަވެސް އެހާ ހިތްވަރެއް އަހަރެންގެ ނެތެވެ. މި ކަމަކީ ދޮންމަންމަ ކުރުވާ ކަމެއްކަން އަހަރެންނަށް ޔަގީންވެއެވެ.ދޮންމަންމަ އެމީހާ އާ ދިމާކުރީ ކިހިނެއްކަމެއް އަހަރެންނަކަށް ނޭނގެއެވެ އަދި އެމީހާއަކީ އަހަރެންނާ ހެދި އުޅޭ މީހެއްކަން ދޮން މަންމައަށް އެނގުނީ ކިހިނެއް ބާއޭ ހިތަށް އަރަމުންދިޔައެވެ. އެތަކެއް ސުވާލުން އަހަރެންގެ ސިކުނޑިއަށް ބާރު ކުރަމުންދެއެވެ. ކުއްލިއަކަށް އަހަރެންގެ ސިކުނޑިއަށް އައި ހިޔާލުން އަވަހަށް ދެލޯ ފުހެލުމަށްފަހު ފޯނު ނެގީ އަޔާއަށް ގުޅުމަށެވެ. އެހެންނަމަވެސް ކަރަމް ފަސް ފަހަރު ގުޅާފަ އޮތް ތަން ފެނުމުން އަވަހަށް ކަރަމްއަށް ގުޅީމެވެ.
” ކޮންތާކު ތިއުޅެނީ، ގޭގަ އެއްވެސް މީހަކުނެތީ ކީއްވެ” ކަރަމް ފޯނު ނެގުމާއެކު އަހަރެންނަށް އެހުނެވެ.
” މި ރަށު މީހަކާ ބައްދަލު ކުރަނީ، ބޭބެ ގޭގަ ހުންނަނީނު” އަހަރެންނަށް ލިބުނީ އިތުރު ހައިރާން ކަމެކެވެ.އަހަރެން އެހާ ވަރަށް ހަޅޭ ލެވިއިރު ބައްޕަ އަށް އަޑު ނީވުނީ ކީއްވެބާއޭ އަހަރެންގެ ހިތަށް އަރަމުންދިޔައެވެ.
” އަނެއްކާ.. ” އަހަރެންގެ ހިތަށް އެރި އެއްޗަކުން އަހަރެންނަށް ދުއްވައިގަނެވުނެެވެ. އަދި ދުވެފަ ގޮސް ބައްޕަ ކޮޓަރި ދޮރުގައި ވަރަށް ބާރަށް ތަޅަންފެށީމެވެ. އިރުކޮޅެއްނުވެ ދޮންމަންމަ ދޮރު ހުޅުވިއެވެ.
” ކިހިނެއްވެގެންތަ މީހުން ނިދާ ގަޑީގައި އައިސް ދޮރުގައި ތަޅަނީ” ދޮން މަންމަ އާ ފުރޭ ކަމަށް ހަދަމުން ބުނެލިއެވެ.
” ދޮގު ނަަހަދާ ބުނޭ، އަހަރެންގެ ބައްޕައަށް ކީއްކުރީ” އަހަރެންނަށް ރޮވެމުން ބުނެވުނެވެ.
“އަހަ.. މީހަކު ރޮއެ ވަރުގެ ކަމެއް އަދި ނުވޭ، ހަމަ އެކަނި އެންމެ ހަތަރު ގުޅަ ނިދާ ބޭސްދިނީ” ދޮންމަންމަގެ ޖުމްލައިން އަހަރެންނަށް ހީވީ ފައިދަށުން ބިންގަނޑު ދެމިގަތްހެންނެވެ.
ނުނިމޭ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
7 Comments!
Comments are closed.




Hii, hurihaa kudhin.kihineh kudhinge haalu.finally 8th part up vehje. Uhmeedhukuran mi partvess kamudhaane kamah??♥️
Stay safe♥️
yey…. mee first dhw…. shana ge vaahak thah vrh salhi ey ingey….. keep it up….
Thank you so much princess♥️?❤️
???Varah Reethi ❤️❤️❤️❤️❤️❤️Masha Allah ????keep it up dear????
???Stay safe☺️☺️☺️ take care ?????
Thank you so MUCH SHABAKKO10 ♥️
Stay safe dear?♥️
❤️❤️Hiiii sh@n@ ????❤️❤️
???Mi part ves vrh sali ?????????
Masha Allah keep it up ???❤️❤️❤️
And vrh happy❤️❤️❤️ ayaa aa Reem aa guluny maa❤️❤️??????????
Eheheh??? but Mi meehaa gadaa reem ge dhonmanma?? aa hadhaagen nuvaane kameh dhw Pis Pis keekuranee ????
????????Btw sali over all koh???
❤️❤️??Waiting for the next?? ❤️
❤️❤️Luv uuu ❤️❤️??
❤️❤️Stay safe ❤️❤️❤️??
Thank you so much Ril. Varah ufaavehje mi part vess kamudhiyaima♥️?
Stay safe
stay home❤️♥️