ލޯބީގެ ހައްގުގައި 10

- by - 52- September 12, 2020

ބައްޕަ އަހަރެންގެ އަތަށް ހުރިހާ ލިޔެކިޔުމެއް ލައިދިނެވެ. އަހަރެން ފައިލް ހުޅުވާ ގަނޑުތަށް އުކަންފެށީ ގަބޫލުނުކުރެވިގެންނެވެ.

އަހަރެންގެ ލޮލުން ކަރުނަ އަންނަން ފެށީ ވީ އުފަލެއްގެ ބޮޑުކަމުންނެވެ. ބައްޕަގައިގަ ވަރަށް ލޯބިން ބައްދާލީމެވެ.
” ދަރިފުޅާ ދެން ދެރަނުވާތި، އިރާދަކުރެއްވިއްޔާ ހުރިހާ ކަމެއްވެސް މި ހައްލުވީ” ބައްޕަ ވަރަށް ލޯބިން ބުނެލިއެވެ.
” އެކަމް ބައްޕާ،ރީމް އަަށް ފެންނަނީ ދޮންމަންމަ ވަރި ނުކޮށް އަދި ބަހައްޓަން، އަދި މީގެ އެއްވެސް ވާހަކައެއް ނުބުނަން، ހަމަ ރަނގަޅުވެސް ވެދާނެ ނަސޭހަތް ދެންޏާ،އެކަމްދެން ބައްޕަ އަށް އެނގޭނީ ހަނދާނެ ގޮތެއް” އަހަރެން ބައްޕަގެ އަތުގައި ހިފާލަމުން ބުނެލީމެވެ.
” ހޫމް، ބައްޕަ ވިސްނާނަން ތިކަމާ، ތި ފައިލް ދަރިފުޅު ފޮރުވާފަ ބާއްވާ، ދޮންމަންމައަށް އެނގުނަ ނުދޭތި ދަރިފުޅު އަތުގަ އޮތްކަން، ސޯ ދަރިފުޅު ގޭގެ ބޮޑު މީހާއަށް ވީމަ ހިނގާ ސެލެބްރޭޓް ކުރަން ޕާސްތާ ހަދަން” ބައްޕަ ހީލަމުން ބުނެލިއެވެ.ބައްޕަގެ މޫނުމަތިން ފެނުނު އުފާވެރިކަން ފެނިފައި އަހަރެންގެ ހިތް އުފަލުން ފުރުނެވެ.

” ރޭގަނޑުގެ ވަގުތެވެ. އަަހަރެން ތައްޔާރުވެގެން ކޮޓަރިން ނުކުތީ ކޮލެޖަށް ދިއުމަށެވެ.
” ހާދަ ހަމަ ޖެހިފައޭ ތިހުންނަނީ، މަސް ނިމެންް ދެ ހަފްތާއަށް ވީ،އަހަރެން ދެއްކި ވާހަކަ ހަނދާން ނައްތާލާ އަދިވެސް އެނގުޅުން ކުރިޔަށް ގެންދަނީތަ” ދޮންމަންމަ ސޯފާއިން ތެދުވަމުން ބުނެލިއެވެ. އަދި މަޑު ހިނގުމެއްގައި އައިސް އަހަރެންގެ ކުރިމަތީ ހުއްޓުނެެވެ.
” ކިހިނެއްވީ، އަހަރެން ހަމަ ޖެހިފަ ހުރީމަ ކަމު ނުދިޔައީތަ، ހަނދާން އެބަހުރި ދެއްކި ވާހަކަ،އަދި ދެން އޮތީ ދެ ހަފްތާކަންވެސް، މި ޒަމާނުގަ މީހަކާ ރުޅި ވުމަކީ އުނދަގޫ ކަމެއް ނޫނެއްނު، ކޮއްލާ އެންމެ މެސެޖަކުން އެކަން ވާނެ، އެހެންވީމަ ކޮން ކަމަކާ ހާސްވާންވީ، އަދި ބުނަން އަހަރެން މިދަނީ ކޮލެޖަށް، އަހަރެންނަށް އެނގޭ އަހަރެން ބޭރަށް ނުކުންނަ ކޮންމެ ފަހަރަކު އަހަރެންނަށް ފާރަލާން އެ ނާޒިމް އެހެންނޫނީ ކޮންމެވެސް އެހެން މީހަކު ފޮނުވާކަން” އަހަރެން އެހެން ބުނުމަށްފަހު ދޮންމަންމައަަށް އިތުރު އެއްޗެކޭ ބުނުމުގެ ފުރުސަތެއް ނުދީ އެތަނުން ދިޔައީމެވެ.

ކޮލެޖް ނިމުނު ގަޑިއަށް އަޔާ އަހަރެން ބަލާ އައެވެ. އަޔާ އައުމުން އަހަރެން ސައިކަލަށް އަރާ ހަމަޖެހިލަމުން އަޔާގެ އުނަގަނޑުގައި ދެއަތުން ހިފާ ބައްދާލީމެވެ. އަހަރެންގެ އެ ހަރަކާތުން އަޔާ ކައިރިއަށް ހިނި އައި ނަމަވެސް އެކަން ނުދައްކާ ސައިކަލް ދުއްވާލިއެވެ.އަހަރެމެން ފުރަތަމަ ދިޔައީ މާލެ ވަށާ ބުރެއް ޖަހާލާށެވެ. އަދި ގާޑިޔަލަކުން ކުރުނބާ ބޮއެގެން ދެން މިސްރާބު ޖެހީ ގެއަށެވެ. ގެއާ ވަރަށް ކައިރިވެފައި ވަނިކޮށް ކުއްލިއަކަށް އޮއްސާލީ ވާރެއެވެ. އަޔާ ސައިކަލް ކުރިއަށް ވުރެން ބާރަށް ދުއްވާލިއެވެ. އަދި ގޭ ދޮށަށް އާދެވުމުން ސައިކަލް މަޑުކޮއްލިއެވެ.އަހަރެން އަވަހަށް ސައިކަލުން ފައިބާ ދުވެފަ ގޮސް އަސްކަނި ދޮށަށް ވަނީމެވެ. އަޔާވެސް ސައިކަލް ޕާކް ކޮއްލުމަށްފަހު އަސްކަނި ދޮށުގައި މަޑުކޮއްލިއެވެ.
އޭރު އަހަރެމެން ދެމީހުން ތިބީ ކޮންމެވެސް ވަރަކަށް ތެމިފައެވެ.

” ދޫނި ދޭ އަވަހަށް ގެއަށް، ގޮސް ތި ތެތް ހެދުން ބަދަލު ކުރޭ، މާ ގިނަ އިރު ތިހެން ހުރީމަ ރޯގާ ޖެހިދާނެ” އަޔާ އަހަރެންގެ ބޮލުގައި ފިރުމާލަމުން ބުނެލިއެވެ.
” ދެން އަޔާ އޯ” އަހަރެން އަޔާގެ އަތުގައި ހިފާ ލަމުން ބުނެލީމެވެ.
” ޑޯންޓް ވޮރީ، އައި އޭމް ފައިން، ތަންކޮޅެއް ތުނި ކޮއްލީމަ ގެއަށްދާނީ” އަޔާ ހިނިތުންވެލަމުން ބުނެލިއެވެ.
” އެހެންވިއްޔާ ތަންކޮޅެއް ތުނިކޮއްލަން ދެން ހިނގާ ގެއަށް”އަހަރެން އަނެއްކާވެސް ބުނީމެވެ.
“ނޫނޭ ދޫނި، އޭރުން ކަމަކު ނުދާނެ، ގޯހެއް ހިނގައިގެން އަހަރެންގެ ދޫނިއަށް ދެރައެއް ލިބޭކަށް އަހަރެން ނޭދެން” އަޔާ އަހަރެންގެ އަތުގައި ތުންފަތް ޖައްސާލަމުން ބުނެލިއެވެ. އަޔާގެ ބަސްތަކުން އަޔާ އަހަރެން ދެެކެ ލޯބިވާ ވަރު އިހްސާސްވިއެވެ. އަދި އަހަރެންނަށް ހިނިތުންވެވުނީ އަޔާ އަހަރެންނާ ދޭތެރޭ ވިސްނާ ވަރު އެނގުމުންނެވެ.

އަހަރެން ވަަރަށް އާދޭސްކޮއްގެން ވާރޭ ތުނިކޮއްލަންދެން އަހަރެން އެތަނުގައި އަޔާ ކައިރީ ހުރުމަށް އެއްބަސް ވިއެވެ. އަހަރެން އަޔާގެ އަތުގައިހިފާލަމުން އަޔާގެ ކޮނޑުގައި ކުޑަކޮށް ބޯ އަޅާލީމެވެ. އަދި މަގުމައްޗަށް ނަޒަރު ހިންގާލީމެވެ.މަގުމަތީގަ މީހުން ހޭލަ މޭލައަށް އުޅެމުން ދިޔައެވެ. ދުއްވާ އެއްޗެހި މަދުވިނަމަވެސް ގްރޫޕް ހަދާފަ ވާރެއާ ތެމެންދާ މީހުން މަގުމަތީ އުޅޭލެއް މަދެއް ނޫނެވެ. އެތާ ހުންނަތާ ގާތް ގަޑަކަށް ގަޑި އިރެއް ވީ ތަނާހެން ވާރޭ ތުނިކޮއްލިއެވެ. ވާރޭ ތުނިކޮއްލުމާއެކު އަޔާ ދާންވީ ދޯ އޭ ބުނެލިއެވެ. އަޔާގެ އެ ޖުމްލައިން ނޭނގޭ ސަބަބަކާ ހުރެ އަހަރެންގެ ހިތަށް ވަރަށް ތަދުވިއެވެ. އެހެންކަމުން އަހަރެން ކުރިއަށް ވުރެ ބޮޑަށް އަޔާގެ އަތުގައި ހިފާ ބާރުކޮއްލީމެވެ.
” ސާބަސް ދޫނިއަށް، ދާ ވާހަކަ ބުނީމަ އަދި ހިފެހެއްޓީއެއްނު، ދޫކޮއްލީމަ އެއްނު ދެވޭނީ، އަނެއްކާ ވާރޭ ބޯ ކޮއްލަފާނެ، ގެއަށް ދާ ގޮތަށް ގުޅާނަމޭ” އަޔާ އެހެން ބުނެ އަހަރެންގެ ކޮލުގައި ހިފާލިއެވެ.އަހަރެން ގަދަކަމުން ހިނިތުންވެލީމެވެ. އަޔާ ދާން އުޅުމުން އަނެއްކާވެސް އަޔާގެ އަތުގައި އަހަރެން ހިފެހެއްޓީމެވެ.އަޔާ ދެފަރާތަށް ބޯހޫރާލަމުން ހީލިއެވެ.އަދި އަހަރެން ގައިގަ ބައްދާލިއެވެ.އަހަރެންނަށް ދެލޯ މަރާލެވުނީ އަބަދުވެސް އެ ހިމާޔަތް އެދެމޭ ބުނާ ގޮތަށެވެ.

އަޔާގެ ގައިން ދޫކޮއްލަން ބޭނުން ނުވެފައި އަހަރެންނަށް ހުރެވުނެވެ. އެހެންނަަމަވެސް އިރުކޮޅަކު އެހެން ހުރުމަށްފަހު އަޔާ އަހަރެން ދުރުކޮއްލިއެވެ.
“ކޮންކަމަކާތަ ދޫނި ދެރަވެގެން ތިއުޅެނީ، ގެއަށް ދާ ގޮތަށް ގުޅާނަމޭ، ތިހެން އުޅޭތީ ދާނެ ހިތްވަރު ނުލިބިގެން މިއުޅެނީ، ޕްލީޒް ސްމައިލް ކޮއްލާ” އަޔާ އެހެން ބުނެ އަހަރެންގެ ނިތުގައި ބޮސްދިނެވެ.
” އަހަރެން ގަދަ ކަމުން ހިނިތުންވެލީ އަޔާ ދެރަވެދާނެތީއެވެ. އަޔާ ފޮނުވާލަން މިހިތް އެއްގޮތަކަށްވެސް އެއްބަހެއް ނުވިއެވެ. ނޭނގޭ ސަބަބަކާ ހުރެ އަހަރެންގެ ހިތް ބިރުގަންނަނީއެވެ.ކޮންމެވެސް ބޮޑު ކަމެއް ވާން އުޅޭ ކަހަލަ އިހްސާސެއް ކުރެވެނީއެވެ. އަޔާ ކައިރީ ބުނަން ބޭނުންވި ނަމަވެސް ހިތްވަރެއް ނުލިބުނެވެ.
އަޔާ ދިއުމުގެ ކުރިން އަނެއްކާވެސް އަހަރެންގެ ގައިގަ ބައްދާލިއެވެ. އަދި ކަންފަތް ދޮށުގައި ވަރަށް ލޯބިވާ ވާހަކަ ބުނެލިއެވެ. އަހަރެންނަށް ބުނަން ނޭނގޭ އިހްސާސެއް ކުރެވުނެވެ. އަޔާ އަހަރެންގެ ގަތް އަތް ދޫކޮއްލިއެވެ. އަހަރެން އަޔާގެ ދެ އަތުގައި ހިފާ ދެ އަތަށް ބޮސްދިނީމެވެ. އަޔާ ހިނިތުންވެލަމުން އަސްކަނި ދޮށުން ނުކުމެ ސައިކަލަށް އަރާ ހަމަޖެހިލިއެވެ. އަދި އަތުން ހަނާއަޅާލަމުން ސައިކަލް ދުއްވާލިއެވެ. އަޔާ ދިޔަ ދިމާ ބަލަން ހުރީމެވެ. އަދި ލޮލު ކޮޅަށް އަޔާ ގެއްލުމުން އިރުކޮޅަކު އެހެން ހުރުމަށްފަހު އަހަރެން އެތެރެއަށް ވަނީމެވެ.

އަހަރެން ގެއަށް ދިޔަ ގޮތަށް ފުރަތަމަ ވެސްވަނީ ކޮޓަރިއަށެވެ. އަދި ފާހާނާއަށް ވަދެ ހެދުން ބަދަލު ކޮއްގެން އައިސް އެނދުގައި ޖައްސާލީމެވެ.އަދި ފޯނު ނަގާ ބަލާލީމެވެ. އަޔާގެ އެއްވެސް މިސްކޯލެެއް އަދި މެސެޖެއް އައިސަ ނެތުމުން އަހަރެން ހައިރާންވިއެވެ. ސަބަބަކީ އަޔާ އެގޮތަށް ގުޅާ ނަމޭ ބުނެފަ އޮއްވާ ނުގުޅުނަސް ނުގުޅުނީ ކީއްވެކަން މެސެޖަކުން އަންގާތީއެވެ.
” އަދި ނުދެވެނީ ކަންނޭނގެ، ނޫނީ ގޮސް އެއްޗެހި ބަދަލު ކުރަނީ ކަންނޭނގެ، ހަމަ ޖެހިގެން ގުޅަންދެން މަޑުކޮއްލާނީ” އަހަރެން އެހެން ހިތަށް އަރާ ކޮޓަރިން ނުކުމެ އައިސް އަލަމާރިން އާފަލެއް ނަގާ ކާންފެށީމެވެ. އަދި ކަމުން ކަމުން ކޮޓަރިއަށް ވަދެ ދޮރު ޖެހީމެވެ. އަދި އެނދުގައި އިށީންނަމުން ފޯނު ބަލާލީމެވެ. އަޔާގެ އެއްވެސް ހަބަރެއް ނުވިއެވެ. އަހަރެންގެ ހިތަށް ބިރުވެރިކަންވަނީ ދެނެެވެ.ދެލޯ ކަރުނުން ފާއްދާލީ ހިނދުކޮޅެއްގެ ތެރޭގައެވެ. ކާން އިން އާފަލުން އެންމެ އެތިކޮޅެއްވެސް ދެން އިތުރަކަށް ނުދިރުނެވެ.

ކޮޓަރީގެ ތެރޭގައި ދެކޮޅަށް ހިނގަން ފެށުނީ އަޔާއަށް ގުޅަމުންނެެވެ. އަޔާ ދިޔަފަހުން ގަޑި އިރެއްވަނީއެވެ. އެވަރަށް ގުޅި އިރުވެސް ފޯނު ނުނަގާ ތާންގާ، ބިޒީ ވެސް ނުކޮއްލައެވެ. އަހަރެން ނުރޮވޭތޯ ވަރަށް ކެތް ކުރަމުން ދިޔައީމެވެ.އެހެންނަމަވެސް އަހަރެންގެ ލޮލުން ކަރުނަ އަންނަންފެށިއެވެ. ދެލޯ ފުހެލަމުން އަނެއްކާވެސް އަޔާއަށް ގުޅާލީމެވެ. ފޯނު ނިއްވާލާފަ ކަމަށް ބުނުމުން އަހަރެންނަށް ގަބޫލު ނުކުރެވިފައި އަނެއްކާވެސް ގުޅާލީމެވެ. މިފަހަރުވެސް ބުނަނީ ނިއްވާލާފަ ކަމަށެވެ. އަހަރެން ގޮތް ހުސްވި ކަހަލައެވެ. އެނދުމަތީ އިށީނދެލަމުން މޫނުމަތީ އަތް އަޅާ ރޯންފެށުނީ އަޔާގެ އެއްވެސް ހަބަރެއް ނުވުމުންނެވެ.
“ޔަގީން އަ..އަ އަހަރެން ތަޅުވަންވެގެން، ކުރިން ރޭ އަހަރެން ފޯނު ނުނަގާތީ، އަޔާ، ތިކަަހަލަ ސަމާސާ އަހަރެންނަކަށް ކަމަކު ނުދޭ، އަހަރެންދެކެ ލޯބިވަންޏާ ތި ގޮތަކަށް ނަހަދާނެ، ޕްލީޒް ފޯނު ހުޅުވާ،ކޮއްމެސް ހަބަރެއް ވޭބަލަ، އާދޭސްކޮއްފަ މި ބުނީ ގުޅާބަލަ” އަހަރެންގެ ރުއިމުގެ އަޑު މަޑު ގިސްލުމަކަށް ބަދަލުވެގެންދިޔައެވެ.

ކުއްލިއަކަށް ފޯނު ރިންގްވާން ފެށުމާއެކު އަހަރެން އުފަލުން އަވަހަށް ފޯނު ބަލާލީމެވެ. ގުޅަނީ އަޔާގެ ރައްޓެއްހި މާނިއުއެވެ. އަހަރެންގެ މޫނަށް ވެރިވި އުފާވެރިކަން ވަގުތުން ގެއްލުނެވެ. ދުވަހަކުވެސް މިހާ ލަސްވެފަ ހުއްޓާ އެއިން މީހަކު ނުގުޅާ ހުރެފަ މިރޭ ގުޅާތީ އަހަރެންގެ ހިތަށް ރަނގަޅަށްވެސް ބިރުވެރިކަން ވަނެވެ. ތުރުތުރު އަޅަމުންދާ އަތުން އަހަރެން ފޯނު ނެގީމެވެ.
” ހޭ،ރީމް ، ކޮބާ އަޔާ، އަޔާގެ ގޭ މީހުން އޭނަ ލަސްވެެގެން ގުޅައިފި، ފޯނު ވެސް ނިއްވާލާފަ އޮތީ” މާނިއުގެ ޖުމްލައިން އަހަރެންނަށް ރޮއެ ގަނެވުނެވެ.އަހަރެން ރޯން ފެށުމުން މާނިއު ކަންތަށް ބޮޑުވިއެވެ.އަދި ކީއްވެތޯ ތި ރޮނީ އަހާލިއެވެ.

” މާނިއު، މާނިއުވެސް އަހަރެންނަށް ސަމާސާ ކުރަނީދޯ، ތި ދެމީހުން ރާވައިގެން ދޯ ތި އުޅެނީ، ކޮބާ އަޔާ، އަޔާ ކައިރީ ބުނޭ ތިކަހަލަ ސަމާސާ އަހަރެންނަށް ކަމަކު ނުދޭ” އަހަރެން ނޭފަތުން ފައިބަމުން ދާ ފެންތަން ފުހެލަމުން ބުނެލީމެވެ.

” ނޫނޭ ރީމް، މީ ސަމާސާއެއް ނޫން، އެގޭގެ މީހުން ގުޅާފަ އެހީމަ ރީމްއަށް މި ގުޅީވެސް، އެހެން ނޫނަސް އަޔާ އަކީ އެކަހަލަ ސަމާސާ ކުރާނެ މީހެއް ނޫން” މާނިއުގެ ޖުމްލައިން އަހަރެންގެ ބަޑި ފަޅައިގެން ދިޔައެވެ. އަޑުން އަޑު ނަގާ ރޯން ފެށީމެވެ.

” ދެން އެހެން ވީ އިރު އަޔާ ކޮބާ؟ އަޔާ ދިޔަތަނެއް އެނގޭ އެއްވެސް މީހަކު ނެތީތަ،.މާނިއު…އަހަރެންނަށް އަޔާ ހޯދަދީ، ހެޔޮ ނުވާނެ،އަހަރެންގެ އަޔާއަށް ކޮއްމެސް ކަމެއް ވެއްޖެ، އަހަރެން ގެއަށް ލާފަ ގޮސް ގުޅާނަމޭ ބުނި، އެކަމް އެއްވެސް ހަބަރެއް ނުވެ،ގަޑި އިރަކަށް ވުރެން ގިނަ އިރުވެއްޖެ އެ ފޯނަށް އަހަރެން ގުޅާތާ، ކުރިން ރިންގްވެސް ވޭ، މިހާރު ނިއްވާލާފަ ކަމަށް ބުނަނީ، އާދޭސް ކޮއްފަ މި ބުނީ އަހަރެންގެ އަޔާ ވީ ތާކުން ގެނެސްދީ، އަހަރެން މާނިއު ބުނި ކޮންމެ އެއްޗެއް ދޭނަން، ހަމަ އެކަނި އަހަރެންނަށް އަޔާ ހޯދަދީ، އެއީ އަހަރެންގެ މުޅި ދިރިއުޅުން، މާނިއު ޕްލީޒް” އަހަރެންނަށް ގިސްލަ ގިސްލާފަ ރޮވުނެވެ.

” ރީމް، ޕްލީޒް ތިހެން ނުރޮއެ، ހަމަ ޖެހިބަލަ، އަހަރެންނަށް އިނގޭ ތިދެ މީހުން ލޯބިވާ ވަރު، އަޔާ ދެރަވާނެ ތިހާ ވަރަށް ރޮންޏާ، އަހަރެންވެސް މި ބަލަނީ އަޔާ ފެނޭތޯ، އަޔާ އާ ބެހޭ ކިތަންމެ ކުޑަ މައުލޫމާތެއް ލިބުނަސް ރީމްއަށް ގުޅާނަން، ދެން ނިދޭތޯ އުޅޭ، މާދަން އަހަރެން ގުޅާނަން” އެހެން ބުނެ މާނިއު ފޯނު ބޭއްވިއެވެ.

” ނިދާށޭ، ކިހިނެއް އަހަރެން ނިދާނީ، އަހަރެންގެ އަޔާ ވީ ތަނެއް ވެސް ނޭނގެ،ކިހިނެއް އަހަރެންގެ ލޮލަށް ނިދި އަންނާނީ، މިހެން ވާން އުޅޭނެ ކަން އެނގޭނަމަ އަހަރެން އަޔާ ދިޔަ ނުދިނީމުސް، އަހަރެންގެ ހިތް އޭރުވެސް އަންގާދިން ކަމެއް ވާން އުޅޭކަން، އެކަމް އަހަރެން އަޔާ ދިޔަ ދިނީ، އަޔާ ޕްލީޒް އަހަރެން ކައިރިއަށް އާދޭ” އަހަރެން ބިންމަތީގައި އިށީންދެ އެނދުގައި ބޯ އަޅާލީމެވެ.އަދި ދެލޯ މަރާލުމާއެކު ކަރުނަތަށް އޭގެެ މަގާމު ދޫކޮއް ފައިބައިގަތެވެ. އަހަރެންގެ ލޮލަށް ސިފަ ވަމުން ދިޔައީ މިރޭ އަޔާ އާ އެކު ހޭދަ ކުރެވުނު އުފާވެެރި ވަގުތުކޮޅެވެ.

އަހަރެން ރޮއެ ރޮއެ ދެލޮލަށް ބަރުވެފާ ވުމާއެކު އިސާހިތަކު އަހަރެންނަށް ނިދުނެވެ. އަހަރެންނަށް ސިއްސައިގެން ގޮސް ހޭލެވުނީ ފޯނު ރިންގްވާ އަޑަށެވެ. އަހަރެންނަށް ބަލާލެވުން އިރު ގުޅަނީ މާނިއުއެވެ. އަހަރެން އަވަސް އަވަހަށް ފޯނު ނެގީމެވެ.
” ހޭ، ރީމް، ބައްދަލު ކޮއްލަން ބޭނުންވޭ އެބަ، 8 އެހާ އިރު ތިގޭ ދޮށަށް ދާނަން” އަހަރެން އެއްޗެކޭ ބުނާނެ ފުރުސަތު ނުދީ މާނިއު އެހެން ބުނެ ފޯނު ބޭއްވިއެވެ. އަހަރެން ގަޑި ބަލާލި އިރު ހެނދުނު ހަތް ގަޑި ބައިވަނީއެވެ. އަހަރެންނަށް އިނދެވުނު ތަން ހަނދާންވީ ދެނެވެ. އަދި ރޭގަ ވީ ކަންތަށް ހަނދާންވެ ދެލޯ ކަރުނުން ފުރުނެވެ. އެހެންނަމަވެސް ދެލޯ ފުހެލުމަށްފަހު މާނިއު އާ ބައްދަލު ކުރަން ދިއުމަށް ތައްޔާރުވީމެވެ.

ތައްޔާރު ވެގެން ކޮޓަރިން ނިކުތް އިރު ކަރަމް ސައި ހަދަނީއެވެ. އަހަރެން ފެނުމުން ސައިބޯން އައުމަށް ބުނެލިއެވެ.އެހެންނަމަވެސް ވަގުތެއް ނެތް ކަމަށް ބުނެ އަހަރެން ނިކުތީމެވެ.
އަހަރެން ގެއިން ނިކުތް ތަނާހެން ރޭގަ އަޔާއާ ދެމީހުން ތިބި ތަން ފެނިފައި އަނެއްކާވެސް އަހަރެންނަށް ރޮވުނެވެ. އަހަރެން ލޮލުން ފައިބަން ފެށި ކަރުނަތަށް ފުހެލީ މީހަކު އަހަރެންގެ ކޮނޑުގައި އަތް ލުމުންނެވެ.

އަހަރެން ބަލާލި އިރު އެއީ މާނިއުއެވެ.އަހަރެން ގަދަ ކަމުން ހިނިތުންވެލަމުން މާނިއު ފަހަތުން ދިޔައީމެވެ. މާނިއު ގޮސްވަނީ ކައިރީގައި ހުރި ކެފޭ އަަކަށެވެ.އަދި އެންމެ އެތެރޭގައިން މޭޒު ދޮށުގައި އިށީނުމަށް އެދުނެވެ.
” ކޯއްޗެއް ބޯން ގެންނާނީ” މާނިއު އަހާލިއެވެ. އަހަރެން އެއްވެސް އެއްޗެއް ބޭނުން ނޫން ކަމަށް ބުނުމުންވެސް މާނިއު ގޮތެއް ދުލެއް ނުކުރިއެވެ. އެހެންކަމުން އަހަރެން ފްރެޝް އޮރެންޖް ޖޫހަކަށް އޯޑަރ ދިނީމެވެ.
” މާނިއު، ކޮބާ އަހަރެންގެ އަޔާ، އެއްވެސް ހަބަރެއް ނުވޭތަ” އަހަރެންގެ ލޮލުން ކަރުނަ ހިލި، އަޑު ކުރެހުނެވެ. އިތުރަށް އެއްޗެކޭ ބުނާނެ ހިތްވަރެއް ނުލިބުމުން އަހަރެން އިސްޖެހީމެވެ.
” ތި ވާހަކަ ދައްކަން މިއުޅެނީ، އަޔާގެ އެއްވެސް ހަބަރެއް ނުވޭ، އެކަމް ފޯނު ފެނިއްޖެ” ލާމިއުގެ އެ ޖުމްލައިން އަހަރެންނަށް ކޮންތާކުންތޯ ވަގުތުން އަހާލެވުނެވެ.
” ފޯނު އޮތީ ސިނާއީ ސަރަހައްދާ ދިމާ ގާތަކެއްގެ ދޭތެރޭގަ” މާނިއު އެހެން ބުނުމުން އަހަރެންނަށް ހިންދިރުވާލެވުނެވެ.
” އެ ކީއްވެ އެ ހިސާބުގަ،ކޮންމެސް މީހަކުއެއްނު ރިންގްވާ ފޯނެެއް ނިއްވާވެސް ލާނީ، އަނެއްކާ އެތަނަށްވެސް ގެންދާނީ” އަހަރެން ސުވާލުން ފުރިގެންވާ ގޮތަކަށް އެހެންބުނީމެވެ.
” ތި ހެނޭ މަ ވެސް މި ކިޔަނީ، އަނެއްކާ އެ ހިސާބަކީ އެގެޔާވެސް ދުރު ހިސާބެއް، ކޮންމެސް މީހެއްގެ ކަމެއް މީ، ހިތަށް އަރަނީ އަޔާ އާ ދުޝްމަން ވާނެ މީހަކު އުޅޭނެ ބާއޭ، ޕޮލިހުންވެސް އެބަ ބަލާ މިހާރު”މާނިއު އެހެން ބުނުމާއެކު އަހަރެންނަށް ދޮންމަންމަގެ ނަން ސިކުނޑިއަށް ވަގުތުން އައެވެ. އެއާ އެކު އަހަރެންގެ ގައިން ހީބިހި ނަގައިގަތެެވެ.އަވަަހަށް ގެއަށް ދާން ހިތް އެދެންފެށިއެވެ. އެހެންކަމުން ހަނދާން ނެތިގެން ބައްޕައަށް ބޭސް ނުދީ އާދެވުނީ ކަމަށް ބުނެ އަހަރެން ގެއަަށް އައީމެވެ.

ގޭގެ ދޮރުހުޅުވާލުމަށްފަހު ދޮންމަންމަ ކޮބާތޯ އެކޮޓަރިއާ ދިމާލަށް އަހަރެން ދިޔައީމެވެ. ދޮރުގައި ޓަކި ޖަހާލުމަށްފަހު ހަބަރެއް ނުވުމުން ތަޅުގައި ހިފާ އަނބުރާލީމެވެ. އިސާހިތަކު ކޮޓަރީގެ ދޮރު ހުޅުވިގެން ދިޔައެވެ. ހަމަ އެއާއެކު ފެނުނު މަންޒަރުން އަހަރެންނަށް ހީވީ ފައިދަށުން ބިންގަނޑު ދެމިގަތްހެންނެވެ. ބައްޕާއޭ ކިޔާ އަޑުގެ ނެތްތަނަށް ހަޅޭލަވައިގަނެ ކޮޓަރި ތެރެއަަށް ދުއްވައިގަނެވުނެެވެ.

ނުނިމޭ

52

You may also like...

10 Responses

ޚިޔާލީ ކުލަތައް ← އެޑްމިން ރެޖިސްޓަރ ކޮށްފައި ވާހަކައިގެ ލިޔުންތެރިޔާ ރެޖިސްޓަރ ނުކުރާ
 1. ❤️❤️❤️Hiii shana ❤️❤️❤️
  ❤️❤️I am fine how about u❤️❤️❤️
  ❤️❤️❤️Vrh sali Mi part ves ❤️❤️❤️
  ❤️❤️❤️Masha Allah keep it up ❤️❤️
  ❤️Aley kihineh thr eveee ayaaa gehluny thr omg 😢😢😭😭😥😥😕😕😯😯😯😯😯😯
  ❤️❤️❤️Hope avaha feneythooo ❤️❤️❤️❤️❤️❤️❤️
  😠😠😠Rageeney Mee dhonmanma ge kameh Huvaa Mibuny 😠😠😠😠😠😠😠😠😠
  Anekaa reeem dad Ah Keeveebaa omg mives 😭😭😥😢edhonmanma ge kameh ey😠😠😠😠😠
  ❤️❤️❤️❤️Vrh curious for next part ❤️❤️❤️
  ❤️❤️❤️Love u ❤️❤️❤️
  ❤️❤️Stay saf❤️❤️❤️

Leave a Reply

Your email address will not be published.