Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ލޯބީގެ ހައްގުގައި 9

Sh@_n@ Level 410 Stories100 Comments100 Login
September 10, 2020 4 Mins Read
11 Comments

” ދޮގު ނަހަދަ ބުނޭ، އަހަރެންގެ ބައްޕައަށް ކީއްކުރީ” އަހަރެންނަށް ރޮވެމުން ބުނެވުނެވެ.
“އަހަ، މީހަކު ރޮއެވަރުގެ ކަމެއް އަދި ނުވޭ، ހަމަ އެކަނި އެންމެ ހަތަރު ގުޅަ ނިދާ ބޭސް ދިނީ” ދޮންމަންމަގެ ޖުމްލައިން އަހަރެންނަށް ހީވީ ފައިދަށުން ބިންގަނޑު ދެމިގަތްހެންނެވެ.

އަތަށް ބާރުލާ ދޮންމަންމަގެ ކޯތާފަތްމަތީ ޖަހަން ހިތަށް އެރި ނަމަވެސް ކެތްކޮއްލީ ބައްޕަ ދެއްކި ވާހަކަ ހަނދާން ވުމުުންނެވެ.އަދި ރީތިކޮށް ދޮންމަންމައާއި ވާހަކަ ދެއްކޭތޯ މަސައްކަތް ކުރީމެވެ.
” އެކަމް، ކީއްވެ ބައްޕައަށް އެހެން ހެދީ، އެއީ ތިމާގެ ފިރިމީހާއެއްނު، އެއްވެސް ރަހްމެއް ނެތީތަ؟ އަހަރެންގެ އަޑު ދިޔައީ ކުރެހެމުންނެވެ.

” ރަޙްމޭ، އަހަރެންގެ….އާނ އަސްލު ތިހެން ކިޔާ އެއްޗެއް ނުހުރޭ ކަންނޭނގެ،އެހެންނޫންނަމަ ނުކެރޭނެ ދޯ އެހެން ހަދާކަށް، އަދި މީ ކުޑަ ވަރެއްނު، ކުރިޔަށް އޮތް ތަނުގަ ވާގޮތް ބަލަން ހުރޭ” ދޮންމަންމަ އެހެންބުނެ ބަންލާފާ ކޮޓަރި ދޮރު ޖެހިއެވެ. އަހަރެންގެ ހަތަރު އުދަރެއް ފެނުޖެހުނެވެ. މިވީ ގޮތުން އަވަހަށް ކައިވެނި ކުރެވޭކަށް ވެސް ނެތެވެ.ކައިވެނި ކޮއްގެން މި ގެއިން ގޮއްސިނަމަ ބައްޕައަށް ދެން ވާނެ ގޮތެއްވެސް ނޭނގެއެވެ އަނެއްކޮޅުން އެ މީހާ އެންމެ ފަހުން މިގެއަށްވެސް އައީއެވެ. އަހަރެންނަށް މޫނުމަތީ އަތް އަޅައިގެން އިނދެ ރޮވެންފެށުނެވެ.

” އަހަރެން ކިހިނެއް ހަދާނީ، އަހަރެން އަޔާވެސް، ބައްޕަވެސް ބޭނުން، އޯ ނޯ….މީ ކޮންފަދަ ކަންތައް ގަނޑެއް” އަހަރެންނަށް ބޮލުގައި ދެތިން ފަހަރަކު ޖަހާލެވުނީ ބޮލަށް ކުރަންފެށި ބާރަކުންނެވެ. އިރުކޮޅަކުއެހެން އިނުމަށްފަހު އަހަރެން ކޮޓަރިއަށް ވަނީމެވެ. ކޮޓަރިއަށް ވަތްތަނާހެން ފޯނު ރިންގްވާންފެށިއެވެ.އަހަރެން ބަލާލި އިރު ގުޅަނީ އަޔާއެވެ. ފޯނު ނަގާކަށް އަހަރެން ގަސްތެއް ނުުކުރަމެވެ. އެހެންކަމުން އަހަރެން ބަލަބަލަ ހުއްޓާ ފޯނު ކެނޑުނެވެ. އަހަރެން މިގަޑީގައި އަޔާއާ ވާހަކަ ދައްކައިފިނަމަ އަހަރެން ރޮއެފަ ހުރި ކަން އަޔާއަށް އެނގޭނެއެވެ. އަދި އަޔާގެ އެތަށް ސުވާލަކާ އަހަރެންނަށް ކުރިމަތިލާން ޖެހޭނެކަން ވެސް އަހަރެންނަށް އެނގެއެވެ. އެހެންކަމުން އަހަރެން އަޅާވެސް ނުލާ ގޮސް ފާހާނާއަށް ވަނީމެވެ.

ހެނދުނު ހޭލެވުމާއެކު ފުރަތަމަވެސް އަހަރެން ދިޔައީ ބައްޕަ ކައިރިއަށެވެ. އަހަރެން ގޮސް ދޮރުގައި ޓަކި ޖެހީމެވެ.އެހެންނަމަވެސް އެއްވެސް ހަބަރެއް ނުވިއެވެ. އަަހަރެން ކަންތަށް ބޮޑުވެފައި ދެކޮޅަށް ހިނގާލަ ހިނގާލަ ހުރީމެވެ. އިރުކޮޅެއްނުވެ ދޮންމަންމަ ނިކުތެވެ. އަހަރެން ފެނުމާއެކު ދޮންމަންމަ މަލާމަތުގެ ހިނިތުންވުމަކުން ހިނިތުންވެލިއެވެ. އިސާހިތަކު އަހަރެންގެ ދެލޯ ކަރުނުން ފުރުނެވެ. އަހަރެން ބަލާކަށް ނުހުރެ ގޮސް ދޮންމަންމަގެ ފައިގައި ހިފީމެވެ.
” އާދޭސް ކޮއްފަ މިބުނީ، އަހަރެންގެ ބައްޕައަށް އެހެން ނަހަދާ، އެއީ އަހަރެންގެ މުޅި ދިރިއުޅުން، އަހަރެން ކުޑައިރު މަންމަވަނީ ނިޔާވެފަ،މަންމަގެ ލޯބި ހޯދައި ދިނުމަށްޓަކައި ބައްޕަ ދޮންމަންމައާ ކައިވެނި ކުރީ، އެކަމް މަންމަގެ ލޯބި ނުލިބުން، އެކަމާ އަހަރެން އެއްވެސް ޝަކުވާއެއް ނުކުރަމެއްނު،ދެން އަހަރެންގެ މީހަކަށް ހުރީ ބައްޕަ،އެ ލޯބިން އަހަރެން މަހްރޫމް ނުކުރޭ،އާދޭސްކޮއްފަ މި ބުނީ،އަހަރެންގެ ބައްޕައަށް ދެރަ ގޮތެއް ނަހަދާ، ކުރާ ކަމެއް އަހަރެންނަށް ކުރޭ،ބައްޕައަށް ކަމެއްވެއްޖިއްޔާ އަހަރެން މޮޔަވެސް ވެދާނެ، މޮޔަވެސް ވެދާނެ” އަހަރެންނަށް އަޑުން އަޑުނަގާ ރޮއެ ގަނެވުނެވެ.
އަހަރެންގެ ކަރުނައިން ދޮންމަންމައަށް އެއްވެސް އަސަރެއް ނުކުރާނެކަން އަހަރެންނަށް އެނގެއެވެ.އެހެން ނަމަވެސް އަހަރެން ބޭނުންވީ ދޮންމަންމަ ބުނި ކޮންމެ ކަމެއް ކުރާނެ ކަމުގެ ޔަގީންކަން ދޭޭޭށެވެ.އޭރުން ބައްޕައަށް އެއްކަމެއްވެސް ނުކުރާނެއެވެ.
“އަހަރެން ބުނި ކޮންމެ ކަމެއް ހަމަ ކުރާނަންތަ” ދޮންމަންމަ ޔަގީން ނުވާ ފަދައަކުން އަހާލިއެވެ.އަހަރެން ވަގުތުން ކޮޅަށް ތެދުވެ އާނ އެކޭ ބުނީމެވެ.
” އެހެންވިއްޔާ ރޭގަ އައި ނާޒިމް އާ ކައިވެނި ކުރޭ، އޭނަ އެހެން މަދު މަދުން ޑްރަގު ނެގިޔަސް ވަރަށް ރަނގަޅުވާނެ” ދޮންމަންމަ އެހެންބުނުމާއެކު އަހަރެންނަށް ހީވީ އަހަރެންގެ ކަންކަށި މަތީގަ މީހަކު އެތި ފަހަރަކުން ޖެހި ހެންނެވެ.އަހަރެންނަށް އަނގައިން ނުބުނެވިފައި އިރުކޮޅަކު ހުރެވުނީ ގަބޫލުނުކުރެވިފައެވެ.

” ކިހިނެއްވީ،ނުވާނީ ދޯ، އެންމެ ރަނގަޅު” ދޮންމަންމަ އެހެން ބުނުމާއެކު އަހަރެންނަށް ވަގުތުން ނޫނެކޭ ބުނެވުނެވެ.
” އަހަރެން ތިކަން ކޮއްފާނަން، އެކަމަކު އަހަރެންގެ ބައްޕައަށް އެއްވެސް ގެއްލުމެއް ނުދޭނެ ކަމުގެ ކޮން ގެރެންޓީ އެއް އޮތީ” އަހަރެން ދެލޯ ފުހެލަމުން ބުނެލީމެވެ.
“ސަތޭކަ ޕަސަންޓު،އެއްވެސް ގެއްލުމެއް ނުލިބޭނެ” ދޮންމަންމަ އަހަރެންގެ ކޮލުގައި ހިފާލަމުން ބުނެލިއެވެ.ދޮންމަންމަ ހިފިލެއް ބާރުކަމުން އަހަރެންނަށް ތަދުވެސް ވިއެވެ.އެހެންނަމަވެސް އެ ތަދަށް ވުރެން އަހަރެންގެ ހިތަށް ލިބޭ ތަދާ ވޭން މާ ބޮޑެވެ.
” އަހަރެން ތިކައިވެނި ކޮއްގެން ދޮންމަންމައަށް ކޮން ފައިދާއެއް ވަނީ، ކޮންކަމެއްގެ ބަދަލެއް ބޭނުންވެގެން ތިއުޅެނީ” އަހަރެން ދޮންމަންމަގެ މޫނަށް ބަލާލަމުން ބުނެލީމެވެ.ދޮންމަންމަ އެއްޗެއް ވިސްނާފަދައިން ހިނގަމުން ގޮސް ސޯފާގައި އިށީނެވެ. އަދި އަހަރެން ކައިރީ އައުމަށް އެދުނެވެ. އަހަރެން އައިސް ސޯފާ ކައިރީ ކޮޅަށް ހުރީމެވެ.
” ވަރަށް ރަނގަޅު ސުވާލެއް ތީ، ފުރަތަމަ ކަަމަކަށް އަހަރެން މިގެއަށް އައި އެއް ބޭނުން ހާސިލް ވެއްޖެ، އެއީ ވިޔަފާރީގެ 50 ޕަސަންޓް އަހަރެންނަށް ލިބޭގޮތަށް ހެދުން، އެހެންވެ އަހަރެން ކޮންމެ ކަމެއް ކުރިޔަސް ކޮންމެ ގޮތަކަށް އުޅުނަސް ވަރި ނުކުރަން އެ ހުންނަނީ، ވަރި ކޮއްފިއްޔާ އަހަރެންނަށް ފައިދާވާނެތާ، ވަރި ނުކޮއް ހުންނަ އިރުވެސް ރުފިޔާ ބޭނުން ވާނެއެއްނު، އެނގޭތަ، ދެ މިލިޔަން ރުފިޔާ ދޭނަމޭ ނާޒިމް ބުނީ އެކަން ކޮއްދީފިއްޔާ، ރުފިޔާ ލިބޭ އެއްވެސް މަގެއް ދޫކޮއްލާކަށް ނުވާނެ، މަދު ފަހަރަކު ނަސީބު ލައްވާނީ” ދޮންމަންމަ އެހެންބުނެ ހޭންފެށިއެވެ.

އަހަރެން ބައްޕަގެ ވާހަކަ ހަނދާންވެފައި މާ ބޮޑަށް ދެރަވިއެވެ.އަދި ބައްޕަ އެބުނި މަޖުބޫރީ އަކީ މީތާ އޭ އަހަރެންގެ ހިތަށް އެރިއެވެ.
” ބުނަން އެއް މަސް މިދެނީ، ތި ފައްޓައިގެން އުޅޭ ކުޅިގަނޑު ހުއްޓާލާ އަހަރެންނަށް ހެޔޮ ކޮންމެ ގޮތަކުންވިޔަސް، އެެހެންނޫނީ….” ދޮން މަންމަ ސޯފާއިން ތެދުވެ އައިސް އަހަރެންނާ ދިމާލަށް ޝަހާދަތް އިނގިލި ދިއްކޮއްލަމުން ބުނެލިއެވެ.އަދި ގެއިން ނުކުމެގެން ދިޔައެވެ.ދޮންމަންމަ އެދިން ވަރުގަދަ އިންޒާރުން އަހަރެންގެ ހިތަށް ބިރުވެރިކަން ވަނެވެ.

އަހަރެން ސޯފާގައި އިށީނދެ މޫނުމަތީގައި އަތްއަޅާލީމެވެ. އަދި އަޔާއާ ދޭތެރޭ ވިސްނާލެވުމުން ލޮލުން ކަރުނަ އަންނަންފެށިއެވެ.
” އަހަރެންނަށް މާފްކުރޭ އަޔާ، އަހަރެން އަޔާދެެކެ ވަރަށް ލޯބިވޭ، އެކަމަކު އަޔާއަށް ވުރެ ކުރެން އަހަރެންގެ ދިރިއުޅުމަށް އައީ އަހަރެންގެ ބައްޕަ، އެ ބައްޕަ އަހަރެންނަށްޓަކައި ވަރަށް ކެތްކޮއްފި،ވަރަށް ގުރުބާން ވެއްޖެ، ބައްޕައަށްޓަކައި އަހަރެން މިޖެހެނީ އަޔާގެ ލޯބި ގުރުބާން ކުރަން، އަހަރެންނަށް މާފްކުރޭ،މަޑުމަޑުން އަހަރެން ޖެހޭނީ އަޔާ އަހަރެންގެ މަތިން ފޫހިކުރުވަން، އެހެން ނޫނީ އަޔާ މޫވް އޮން ނުކުރާނެ،” އަހަރެންނަށް އެތަށް އިރަކު ރޯން އެގޮތަށް އިނދެވުނެވެ.

މީހަކު ބެލް އަޅާ އަޑު އިވުމާއެކު އަހަރެނަ ދިޔައީ ސިއްސައިގެންނެވެ. އަދި ދެލޯ ފުހެލަމުން ގޮސް ދޮރުހުޅުވީމެވެ. ކުރިމަތީ ހުރީ ކަރަމްއެވެ. އަހަރެން ފެނުމުން ކަރަމް ހީލިއެވެ.

” ކަރަމް ކޮންތާކުން ތިއައީ” ކަރަމް އާ އެއްކޮއް ބަދިގެފަރާތަށް ދަމުން އަހާލިއެވެ.
” އަހަރެން ބާޒާރުދަނީ،އެއްވެސް މީހަކު ނުތެދުވަނީ، އެހެންވެ އަވަހަށް ދަނީ” ގެނައި ކޮތަޅުތަކުގަ ހުރި ތަރުކާރީތަށް ތައްޓަކަށް އަޅަމުން ބުނެލިއެވެ.
” ދެން ރޭގަ ޔޯ،ކޮންތާކަށް ދިޔައީ” އަހަރެން އަނެއްކާވެސް އަހާލީމެވެ.
” އެ ދައްތަ ބުނަނީ ދައްތަ ރައްޓެހި މީހަކު އަންނަނީ، އެހެންވީމަ ގޭގަ ހުންނަން ބޭނުން ނެތީ،އެހެންވެ އަހަރެންދަނީ” ކަރަމް ތަރުކާރީތަށް ދޮންނަމުން ބުނެލިއެވެ.

އަހަރެން އެއްވެސް އެއްޗެކޭ ނުބުނެ ގޮސް ކޮޓަރިއަށް ވަނީމެވެ. ކޮޓަރިއަަށް ވަދެ އެނދުގައި އިށީނދެލީމެވެ. އަދި ކައިރީގަ އޮން ފޯނު ނަގާ ބަލާލީމެވެ. އެއާއެކު އަހަރެންގެ ދެލޯ ބޮޑުވިއެވެ. އަޔާގެ ތިރީސް ދެ މިސްކޯލް އޮތެވެ.އަދި އެތަށް މެސެޖެއް އޮތެވެ.އަހަރެންގެ ލޮލުން އަނެއްކާވެސް ކަރުނަ އަންނަން ފެށިއެވެ. ހިތްވަރުކޮއްލާފަ ދެލޯ ފުހެލަމުން އަޔާއަށް ގުޅާލީމެވެ. ރިންގްވި ތަނާހެން ފޯނު ކަނޑާލާފަ ގުޅިއެވެ.ހީވީ އަހަރެން ގުޅާތޯ ބަލަ ބަލަ އިންހެންނެވެ.

” ހޫމް” އަހަރެން ފޯން ނަގާ ކަންފަތުގައި ޖައްސާލަމުން ބުނެވުނީ ހަމަ ހަމައެކަނި އެހެންނެވެ.
” ޕްރިންސެސް، ކޮންތާކު ތިއުޅެނީ،ރޭގަ ވެސް އަހަރެން ހާދަ ގުޅީމޭ، ހަބަރެއް ނުވީމަ އަހަރެންގެ ހިތް ބިރުން ކިރިޔާ ހަލާކު ނުވީ، އެކަހަލަ ކަންތަށް ނުކުރައްޗޭ، އަހަރެން މޮޔަވެސް ވެދާނެއެއްނު” އަޔާގެ އެ ލޯބި ވެތި ބަސްތަކުން އަހަރެންގެ ހިތަށް ދިޔައީ ތަދުވަމުންނެވެ. ރޮވެން ފެށުމާއެކު އަނގަމަތީގަ އަތް އަޅާލީމެވެ.

” ލޯބިވާ ޕްލީޒް އަނގައިން ބުނެބަލަ، އަހަރެންނަށް ހާދަ ހީވޭ ކަމެއް ވެއްޖެހެން” އަޔާ އެހެން ބުނުމާއެކު އަހަރެން އަވަހަށް ދެލޯ ފުހެލާ ހަމައަކަށް އެޅެލީމެވެ.

” ނޫނޭ، އަނެއްހެން މާ ބޮޑު ކަމެއް ނުވޭ،ކުޑަކޮއް ބޮލުގަ ރިއްސާތީ ރޭގަ އުޅުނީ، ބޭސް ކައިގެން ޖައްސާލިތަނާ ނިދުނީ، ދެންމެ މި ހޭލެވުނީ” އަހަރެން އެހެން ބުނެ އާ ފުރޭގޮތް ހަދާލީމެވެ.

” އޯ މައި ސްލީޕިން ބިއުޓީ، ކުރިންވެސް ތިހެން ބުނެލިނަމަ، އޭރުން އަހަރެން މިހާ ހާސް ނުވާނެއެއްނުު،އެކަމް މިހާރު ދެން ހިތް ހަމަ ޖެހިއްޖެ” އަޔާ އެހެންބުނުމާއެކު އަހަރެން ފާހާނާއަށް ވަންނަން އުޅޭތީ ފަހުން ގުޅާނެކަމަށް ބުނެލީމެވެ.
” އޯކޭ ދޫންޏާ، ބަލައިގެން އުޅެއްޗޭ” އަޔާ ވަރަށް ލޯބިން އެހެންބުނެލިއެވެ. އަހަރެން އާނ އެކޭބުނުމަށްފަހު އަވަހަށް ފޯނު ކަނޑާލީމެވެ.

ދުވަސްތަށް ފާއިތުވަމުންގޮސް ދޮންމަންމަ ބުނި އެއްމަހުގެ ތެރެއިން އެއް ހަފްތާ ނިމިގެން ދިޔައީއެވެ. ނިމުނުދުވަސްތަކުގެ ތެރޭގައި އަހަރެންނަށް ކިޔެވުމަށްވެސް ފަރުވާ ކުޑަކުރެވުނެވެ.ކްލާހުގައި އިނެއް ކަމަކު ސިކުނޑިން އަބަދުވެސް ވިސްނެނީ ބައްޕައާ އަޔާ ދޭތެރޭގައެވެ. އަޔާގެ ފަރާތުން ލިބެމުންދާ ލޯބީގެސަބަބުން އަޔާއަށް ދެރައެއް ދޭނެހާ ހިތްވަރެއް އަހަރެންނަކަށް ނުލިބުނެވެ. އަޔާގެ ލޯބިވެތި ބަސްތަކުން އަހަރެންގެ ހިތްވަރު އެލުވާލައެވެ. އެ ވިސްނުމުގައި އިންދާ ބައްޕަ އައިސް އަހަރެންގެ ބޮލުގައި ފިރުމާލިއެވެ.

” ދަރިފުޅާ، އެއްވެސް ކަމަކާ ބިރުނުގަނޭ، ދޮންމަންމައަށް ދެން އެއްވެސް ކަމެއް ނުކުރެވޭނެ،ބައްޕަގެ ސޮއެ ބޭނުން ކޮއްގެން ވިޔަފާރީގެ 50 ޕަސަންޓް ލިބޭ ގޮތަށް އޮތް އޮތުން މި އޮތީ ބަދަލު ކޮއްފަ، ބައްޕަވެސް ދޮންމަންމަ ބައްޕައަށް ހެދިހެން ދޮންމަންމަގެ ސޮއެ ހޯދައިގެން މިއޮތީ މިހުރިހާ އެއްޗެއް ދަރިފުޅަށް ލިބޭ ގޮތަށް ބަދަލު ކޮއްފަ” ބައްޕަ މިއަދު ދޮންމަންމަ ވަރި ކުރާނަން” ބައްޕަގެ ވާހަކަތަކުން އަހަރެންނަށް އިނދެވުނީ ގަބޫލް ނުކުރެވިފައެވެ. އަދި ކީކޭތޯ ތި ބުނީ އަހާލެވުނީ ގަބޫލު ނުކުރެވިފައި އިނދެއެވެ
” ބައްޕަ އެހެންވެ ދަރިފުޅު ކައިރީ ބުނީ ކެތްކުރާށޭ، އެއްވެސް އެއްޗެކޭ ނުބުނާށޭ”ބައްޕަ ހިނިތުންވެލިއެވެ.

ބައްޕަ އަަހަރެންގެ އަތަށް ހުރިހާ ލިޔެކިޔުމެއް ލައިދިނެެވެ.އަހަރެން ފައިލް ހުޅުވާ ގަނޑުތަށް އުކަންފެށީ ގަބޫލް ނުކުރެވިގެންނެވެ.

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Sh@_n@

Level 410 Stories100 Comments100 Login

Other Articles

Previous

ޒާޔާ (ހަތާވީސްވަނަ ބައި)

Next

އިންތިހާ – 4

Next
September 10, 2020

އިންތިހާ – 4

Previews
September 10, 2020

ޒާޔާ (ހަތާވީސްވަނަ ބައި)

11 Comments!

  1. Sh@_n@ says:
    September 10, 2020 at 9:29 am

    Salaam. Kihineh hurihaa kudhin,ragalhu vaane kamah uhmeedhu kuran. finally 9th part up vehje.And I think this part too short.sry for that. Insha Allah next part dhigu kohlaanan❤️❤️
    Stay safe ?
    Stay home

  2. ❤️Scarlet❤️ says:
    September 10, 2020 at 10:24 am

    Me first
    Vvvvvvvv Reethi
    Sis, mi story nimenee tha?

    1. Sh@_n@ says:
      September 10, 2020 at 10:28 am

      Thank you so much Scarlet❤️. Adhi nunimey story eh,adhi kuriyah other??❤️

  3. Ram says:
    September 10, 2020 at 11:36 am

    Maasha allah vvvvvv reethi mibai ves❤❤❤❤❤❤?????????????

    1. Sh@_n@ says:
      September 10, 2020 at 11:57 am

      Thank you so much Ram,❤️♥️♥️❤️

  4. sama says:
    September 10, 2020 at 1:23 pm

    yes yes yes
    vvvvvvvvvv reethi mi part ves
    when next

    1. Sh@_n@ says:
      September 10, 2020 at 3:01 pm

      Thanx Sama,Insha Allah Saturday GA❤️

  5. ?Ril? says:
    September 10, 2020 at 5:10 pm

    ❤️Wow ❤️mi part ves ❤️vrh Sali ❤️
    ♥️♥️❤️Masha Allah???????
    ❤️?Fainally hurihaakameh ragalu?♥️❤️ vany dhw???? dhen nujeheyne dhw reem e soraa kaaveni kuraakah?????????? yes yes ??❣️❣️❤️♥️
    Waiting for the next part????????????❣️????
    ❤️❤️Luv uuuu sis❤️❤️❤️
    ❤️❤️❤️Stay safe ❤️❤️

    1. Sh@_n@ says:
      September 10, 2020 at 7:17 pm

      Thank you so much Ril❤️❤️.hingaa balamaa dhen vaagotheh?

  6. -Niha- says:
    September 11, 2020 at 9:17 pm

    varah reethi mi part ves
    when next part????????

  7. Me says:
    September 12, 2020 at 3:20 am

    Koba 8th episode

Comments are closed.

Next Episodeލޯބީގެ ހައްގުގައި 10←


All Right Reserved!