ލޯބީގެ ހައްގުގައި 16

- by - 77- September 25, 2020

ާއަހަރެންނަށް ބުނެވުނީ އެވަރަށެވެ. ކުރިމަތިން ފެނުނު މީހާ ފެނިފައި އަހަރެންގެ ދެލޯ ބޮޑުވިއެވެ.

ގަބޫލު ނުކުރެވިގެން، އަހަރެންނަށް ހީވި ގޮތެއް ކަމަށް ބަލާ އަވަސް އަވަަހަށް ދެލޯ މަރާލާ ހުޅުވާލީމެވެ. އެހެންނަމަވެސް މަންޒަރު ތަފާތެއް ނުވިއެވެ. ކުރިމަތީ ހުރީ ކުރިންވެސް ހުރި މީހާއެވެ. އަހަރެންގެ ހިތަށް ބިރުވެރިކަން ވަނެވެ. ކުރާނެ ކަމެއް، ހަނދާނެ ގޮތެއް ނޭނގި ސިކުނޑި ސުމަކަށް ދިޔައެވެ. މުޅި މީހާގެ ގައިން އޮށްދާ ހިއްލަން ފެށިއެވެ. އެހެން ކަމުން އަތުގެ ނުފުށުން އަހަރެން ނިއްކުރި މަތިން ފާޅުވާން ހުރި ދާތަށް ފުހެލީމެވެ.
” ހޫމް، މާނިއު ކީއްކުރީއޭ” އެމީހާގެ ކުއްލި ބާރުގަދަ އަޑުން އަހަރެން ދިޔައީ ސިހިގެންނެވެ. ދަބަހާ ފޯނުވެސް އަހަރެންގެ އަތުން ވެއްޓުނެވެ. ހަމަ އެއާއެކު އަހަރެން ބިންމައްޗަށް ޖެހުނެވެ. ވެއްޓުނު ގޮތުން އަހަރެންގެ އަތަށް ތަދުވެސް ވިއެވެ. ލޮލުން ކަރުނަ އަންނަން ފެށީ ވީ ތަދެއްގެ ބޮޑުކަމުންނެވެ.

“ހީކުރީ އަޔާޒު ކަމަށްދޯ، ކަންދިމާ ކުރި ގޮތުން އޭރު ފޯނު އޮތީ އަހަރެންގެ އަތުގަ، އެހެންވެ އަހަރެން ނެގީ، އަހަރެންނަށް އެނގޭ އަޔާޒު ކަމަށް ހީކޮއް މިތަނަށް އަންނާނެ ކަން، އަދި ބުނަން ކިތަންމެ ވަރަކަށް ހަޅޭލެވިޔަސް މިތާކަށް އަޔާޒްއެއް ސަލާމަތް ކުރާކަށް ނާންނާނެ، މިހާރު އަދި އަމުދުން އަޔާޒުއަށް ނުގުޅޭނެ، އެއީ އަހަރެން އޭނަ ބޮލަށް އެރިގެން އެހެން ނަމްބަރެއް ހޯދައިފިން، ސޯ ސޭޑް…..” މާނިއު އެހެންބުނެ އަހަރެންނާ ދިމާލަށް އަންނަން ފެށިއެވެ. އަހަރެންގެ ހަށިގަނޑު ބިރުން ރޫރޫ އަޅައިގަތެވެ.

” މާނިއު… ކީއްކުރަން އުޅޭ ގޮތެއް ތީ، ތީ އަޔާގެ އެންމެ ގާތް އެކުވެރިޔާ އެއްނު،ކީއްވެ އަޔާއަށް އެހާ ބޮޑު ލަނޑެއް ތި ދެނީ” އަހަރެން ދެ އަތް ވިއްދަމުން ފަހަތަށް ފަހަތަށް ޖެހެމުން ދިޔައީ ތެދުވާނެ ހިތްވަރު ނެތުމުންނެވެ. އޭރު އަހަރެންގެ އަޑު ވަނީ ކުރެހިފައެވެ.

މާނިއު މަޑު ހިނގުމުގައި އައިސް އަހަރެންގެ ކުރިމަތީ އެއްފައި މައްޗަށް އިށީނެވެ. އަދި ދަހިވެތި ނަޒަރަކުން އަހަރެންގެ ފައިން ފެށިގެން ބޮލާ ހަމައަށް ބަލަމުން ދިޔައެވެ. އެ ބެލުމުން އަހަރެންގެ ހިތްތެޅިގަތެވެ. އެ މޫނުމަތީގައިވަނީ މަކަރުވެެރިކަމާއި އަނިޔާވެެރިކަމެވެ.
” އަހަރެން ވަރަށް ރަނގަޅަށް ކިޔައި ދީފަ އޮންނާނެ ކީއްވެކަން އެގޮތަށް ކަންތަށް ކުރީ، އަހަރެން ލައްވާ ތަކުރާރު ކުރުވަން ބޭނުންވަނީތަ” މާނިއު އަހަރެންގެ އަތް ތިލައިން ފެށިގެން ކޮނޑާ ހަމައަށް އަތް ކާތާލިއެވެ.އަހަރެން ވަގުތުން މާނިއުގެ އަތް ފޮޅުވާލުމަށްފަހު ތެދުވީމެވެ.

” މާނިއު، ކަލޭ ތީ ހާދަ ގޮތެއް ނެތް މީހެކޭދޯ، ކަލޭ ހީކުރީ ކަލޭގެ ކޮންމެ ހަރަކާތަކަށް އަހަރެން މަޑުން އިންނާނޭތަ، އެހެން ހީނުކުރޭ، އަހަރެން އަޔާއަށް ގުޅޭ ގޮތް ނުވަންޏާ ވީ ތާކުން ހޯދައިގެންވެސް ކަލޭގެ ވާހަކަ ބުނާނަން، އަދި އެކައިވެނިވެސް ހުއްޓުވާނަން” އަހަރެން އަޑުގެ ނެތްތަނަށް މާނިއުއަށް ބުނީމެވެ. އެއާއެކު މާނިއުގެ އަތުގެ ހަމަލާއެއް އަހަރެންގެ ކޯތާފަތަށް އެރިއެވެ. ޖެހިލެއް ބާރުކަމުން އަހަރެން ބިންމައްޗަށް ޖެހުނެވެ. އަދި އަނގަމަތި ފަޅައިގެން ގޮސް ލޭ އަންނަމުން ދިޔައެވެ. އަދި އެވަރަކުން މާނިއު ހިތްހަމައެއް ނުޖެހުނެވެ.

ބުރުގާ މަތިން އަހަރެންގެ އިސްތަށިގަނޑުގައި ހިފާ ބިންމަތިން ނެގިއެވެ. އަދި ލަތްކެއް ޖަހާ އަހަރެން ހޫރާލިއެވެ.އެއާ އެކު އަހަރެން ގޮސް ޖެހުނީ ފާރު ކައިރީގައި ހުރި ބަސްތާ ތަކެއްގެ މައްޗަށެވެ. އަހަރެންނަށް ވީ ތަދުން ރޮއެ ގަނެވުނެވެ.

” ތަދުވޭދޯ، ދެން ވެސް އަނގަ މައިތިރި ކޮއްފާ، އަމިއްލަ ފުރާނަ ސަލާމަތް ކުރޭ” މާނިއު އަހަރެންނާ ދިމާލަށް އަންނަމުން ބުންޏެވެ.
” އަހަރެންނަށް ކޮންމެ ގޮތެއް ހެދިޔަސް ހެޔޮ، ކަލޭގެ ތި ނުބައި ނުލަފާކަން އަޔާއަށް އަންގާނަން” މިފަހަރުވެސް އަހަރެން މާނިއުއަށް ރައްދު ދިނީމެވެ. އެއާއެކު ސިންގާއެއް މަސްގަނޑަކަށް ޖެހިގަންނަހެން މާނިއު އަހަރެންގެ ގައި މައްޗަށް ޖެހިގަތެވެ. އަދި ޖީބުން ފޮތިގަނޑެއް ނަގާ ގަދަކަމުންް އަހަރެންގެ އަނގައަށް ލެއްވިއެވެ.
މާނިއު މަސައްކަތް ކުރަމުން ދިޔައީ އަހަރެންގެ އިއްފަތްތެރިކަން ފޭރިގަންނާށެވެ. އަޑު ބޭރު ނުވިއެއް ކަމަކު އަހަރެން މާނިއު ކައިރީ ދޫކޮއްލުމަށް އެދި އާދޭސްކުރީމެވެ. އެހެންނަމަވެސް މާނިއުގެ ބޮލަށް ވަނީ ޝައިތާނާ ސަވާރުވެފައެވެ.

ކުއްލިއަކަށް ކޮނޑުމަތީގައި އޮތް ޝޯލްގެ ބަޔަށް ދަމައިގަތުމާއެކު ކޮނޑުމަތީގައި ޖަހާފައި ހުރި ޕިންތަށް ދިޔައީ އަހަރެންގެ ގަޔަށް ހެރިގެންނެވެ. ވީ ތަދުން އަހަރެންގެ ދެލޯ ދިޔައީ މެރިގެންނެވެ. ހަމަ އެއާއެކު އަހަރެންނަށް ބާރަށް ރޮއެގަނެވުނެވެ. އަަހަރެންގެ ހިތުން ދިޔައީ ލޭ ކަރުނަ އޮހެރެމުންނެވެ. އެހެންނަމަވެސް އެ އަޑު އަހާނެ މީހަކު ހުރިހެނެއް ހިޔެއްނުވެއެވެ.

އެހީވާނެ މީހެއްނެތި އަމިއްލަ މީހާގެ އިއްފަތްތެރިކަން ސަލާމަތް ކުރަން އަހަރެން ދިޔައީ ގަދަހަމުންނެވެ.މާނިއުގެ އެ އަނިޔާ ވެރި އަމަލުން އަޔާގެ ސޫރަ ލޯ ކުރިމަތީ ސިފަވާން ފެށުމުން އަހަރެންނަށް މާ ބޮޑަށް ރޮވުނެވެ. ސަލާމަތްކޮއްދެއްވުން ހިތާ ހިތުން ދުޢާ ކުރެވެމުންދިޔައެވެ. މާނިއުއާ ދެކޮޅަށް ހަނގުރާމަ ކޮށް އަހަރެންގެ ގައިން ހަކަތަ ދާން ފެށިއެވެ. އެހެންނަމަވެސް އަހަރެން މަސައްކަތް ކުރަމުން ދިޔައީ އަހަރެންގެ އަމިއްލަ ނަފްސު އެ ރަހްމެއްނެތް ޖަނަވާރެއް ފަދަ މާނިއުގެ ކިބައިން ސަލާމަތް ވެވޭތޯއެވެ.

ލިބުނު ކުޑަ ހިތްވަރެއްގެ ސަބަބުން އަހަރެން މާނިއުގެ ބަނޑުގައި ފައިން ޖަހާ ކޮއްޕާލީމެވެ. އަދި އަނގައިގަ ވާ ފޮތިގަނޑު ނައްޓާލީމެެވެ އަދި ބިންމައްޗަށް ވެއްޓިފައިވާ ފޯނާއި ދަބަސް ހިފައިގެން ދުއްވައިގަތީމެވެ. ގައިގަ ނެތް ހިތްވަރުލައި ފަހަރަކު ހަރުފަތެއް ގިރާކުރަމުން ފައިބަމުން ދިޔައީމެވެ. އަދި ފޯނު ހުޅުވަން އުޅެ އުޅެ ނުހުޅުވުމުން އަހަރެން ހިތުގެ މިސާލަށް ފައިބަމުން ދިޔައީމެވެ. މުޅިތަން އަނދިރިއެއް ކަމަކު އަހަރެން ބެލީ ވީ އެންމެ އަވަހަކަށް އެތަނުން ދެވޭތޯއެވެ. ތަނަށް ފެތުރިފައިވާ އަނދިރީގެ ނުރައްކަލަށް ވުރެން މާނިއުގެ ނުރައްކާތެރިކަން ބޮޑެވެ.

އެއްވަނަ ބަޔަށް ފައިބާ ކުޑަ ދޮރު ކައިރީ މަޑުކޮއްލީ ކުރިއަށް އެންމެ ފިޔަވަޅެއްވެސް އަޅާނެ ހިތްވަރު ނެތިގެންނެވެ. އަހަރެންނަށް މައި ނޭވާ ލެވެމުން ދިޔައެވެ. އެހެންނަމަވެސް ކުއްލިއަކަށް ބޭރު ގައި ހުރި މީހަކު އަހަރެންގެ ލޮލުގައި އަޅައިގަތެވެ. އާނއެކެވެ. އެއީ އަހަރެންގެ އަޔާއެވެ.އަހަރެން އުފަލުން ގޮތެއް ނެތެވެ. ގޮވާލަން އުޅެނިކޮށް މަތިން މީހަކު ފައިބާ އަޑު އިވުމާއެކު އެއީ މާނިއުކަން އަހަރެންނަށް އެނގުނެވެ. އެހެންކަމުން ބަލާކަށް ނުހުރެ ދުއްވައިގަތީމެވެ. އަދި އެންމެ ތިރިއަށް ގޮސް އެ ގޯޅިން ނުކުތީމެވެ. އޭރު އަޔާ އެތަން ފަހަނައަޅާ ތަންކޮޅެއް ކުރިއަށް ގޮއްސިއެވެ.
” އަ……ޔާ……އަހަރެންނަށް އިތުރު އެއްޗެއް އިތުރު ބަހެއް ނުބުނެވެނީސް އަހަރެންގެ އަނގަމަތީ އަތް އަޅާ އެތެރެއަށް ދަމައިގަތެވެ. އޮތް ހަމަ އެކަނި އުއްމީދުވެސް ގެއްލުނީއެވެ. އަހަރެން ގޮވި އަޑެއް އަޔާއަކަށް ނީވުނެވެ.

އަތް އަޅާފަ ހުރިލެއް ބާރުކަމުން އަހަރެންގެ ނޭވާވެސް ތާށިވާ ކަހަލައެވެ. މާނިއު އަހަރެން ދަމާފަ ސިޑިން މައްޗަށް އަރުވަމުން ގެން ދިޔައެވެ.އެވަގުތު އަހަރެންގެ އަތުގައި ޖެހުނީ ޝޯލްގައި އިން ޕިނެވެ.ބަލާކަށް ނުހުރެ އެ އަނދިރީގައި މާނިއުގެ މޭގައި ޕިން ޖައްސާ ދަމައިގަތީމެވެ. އެއާއެކު މާނިއު އަޑުގެ ނެތްތަނަށް ހަޅޭލަވައިގަނެ،ބިންމައްޗަށް ތިރިވިއެވެ. އަހަރެން ފުރުސަތުގެ ބޭނުން ހިފައި ފޮޅުވާލުމަށްފަހު ދުއްވައިގަތީމެވެ.ތަންތާ ހިފަހައްޓަމުން ބިއްޖެހެމުން އަހަރެން އެ ހަނި ގޯޅިން ނުކުތީމެވެ. ލޮލު ކޮޅަށް އަޔާގެ އެއްވެސް ނިޝާނެއްވެސް ފެންނާކަށް ނެތެވެ.

މާޔޫސްކަމާއެކު އަހަރެން މަގުމައްޗަށް ނުކުމެ ހަމަޖެހިލެވޭތޯ ޝޯލްވެސް ރަނގަޅު ކޮއްލީމެވެ. އެއީ މީހަކަށް ފެނިއްޖެނަމަ ކަންތަށް ދާނީ ހައްތާ ގޯހުން ކަމަށް ވާތީއެވެ. މަޑު ހިނގުމުގައި ފާރު ކައިރިން ހިނގަމުން ދިޔައީ މީހުންގެ ބެލުންތަކުން ސަލާމަތްވުމަށެވެ.އިރުކޮޅަކާ އަނގަމަތީގަ އަތް އަޅާލެވެނީ ތަދުވާލެއް ބޮޑުކަމުންނެވެ. އަދި ދެލޯ ފުހެލަނީ މީހަކަށް އަހަރެންގެ ހާލަތު އެނގިދާނެތީއެވެ. އިތުރަށް ހިނގާނެ އެއްވެސް ވަރެއް ނެތުމުން އަހަރެން މަޑުކޮއްލީމެވެ. އަދި އެތަނުން ދިޔަ މީހެއްގެ ކައިރީ ބުނެގެން ފޯނު ހޯދާ ކަރަމްއަށް ގުޅުމަށްފަހު ބަލައި އައިސްދިނުމަށް އެދުނީމެވެ.

އަހަރެންގެ އަޑުންވެސް އަހަރެންނަށް ކަމެއް ވެފަ ހުރިކަން ކަރަމް ދެނެ ގަތެވެ. އަހަރެން ގެއަށް ގޮސް ކިޔައިދޭނެ ކަމަށް ބުނެ ފޯނު ބޭއްވީމެވެ. އަދި ފޯނު ދިން މީހާ އަށް ޝުކުރު އަދާ ކުރީމެވެ.

ގާތްގަޑަކަށް ފަނަރަ މިނެޓްފަހުން ކާރު އައެވެ.އަހަރެން ދުވެފަ ގޮސް ކާރަށް އަރާ މޫނުގައި އަތްއަޅާ ރޮއެގަތީމެވެ. އަހަރެން ރޯން ފެށުމުން ޑްރައިވަރުވެސް ހާސްވެފަ ފަހަތަށް ބަލާލިއެވެ.
” ޕް..ޕްލީޒް އަވަހަށް ގެއަށް ގެންގޮސްދީ” އަހަރެން އެ އިން ގޮތަށް ބުނެލީމެވެ. އަވަސް ހަރަކާތާއެކު ޑްރައިވަރު ކާރު ސްޓާރޓް ކޮއްލާ ކާރު ދުއްވާލިއެވެ. އަހަރެން ގެއަށް ދެވެންދެން ހަމަ އެގޮތަށް އިނީމެވެ.

ގެއަށް ދެވުމާއެކު އަހަރެން ދުވެފަ ގޮސް ވަނީ ފާހާނާއަށެވެ. ކަރަމް އަހަރެންނަށް ގޮވި ނަމަވެސް އަހަރެން އިވޭ ކަމަށް ނަހަދަމެވެ. ފާހާނާއަށް ވަތްގޮތަށް އަހަރެން މާ ގަނޑު ދޫކޮއްލީމެވެ. އެއާއެކު ނަގަންފެށީ ދިލައެވެ. މާނިއުގެ ހަޑި މުޑުދާރު އަމަލުތަށް ދިޔައީ އަހަރެންގެ ލޯ ކުރިމަތީ ސިފަވަމުންނެވެ.އަދި ގައިގަ ހަޑި ހުރެގެން ދޮންނަ ފަދައިން އަހަރެން ދިޔައީ މާނިއު އަހަރެންގެ ގައިގަ އަތްލި ކޮންމެ ތަނެއް ދޮންނަމުންނެވެ. އަހަރެންގެ ހިތް ހީވަނީ ކަފާ ކުދިކުދި ކުރާހެންނެެވެ. މޭގެ ދިލަ ނެގުންދަނީ އިތުރުވަމުންނެވެ. ބޮލުގެ އަޅާ ވޭނުގެ ރިހުން ދަނީ ގަދަ ވަމުންނެވެ. މުޅި ދުނިޔެ ވެސް އަހަރެންނަށް ކެހި ދީފިއެވެ. އިތުބާރު ކުރާނީ ކާކަށް ކަމެއް އަހަރެންނަކަށް ނޭނގެއެވެ. ގިނަ ފަހަރު ލަނޑު ދޭނީ އެންމެ ކައިރީ އުޅޭ މީހާކަން މިއަދު އަހަރެންގެ ލޯ ކުރިމަތިން މި އޮތީ ފެންނާށެވެ.

ތެތް އެއްޗެހި ބަދަލު ކުރުމަށްފަހު އަހަރެން އެނދަށް އަރާ އޮށޯތީމެވެ. އަދި ގައިގަ އަޅާ ވޭނުން ފަރާތަކަށް ގުޑިލަންވެސް ނޭނގިފައި އޮވެ ވުނެެވެ. ދެލޯ މެެރިލާ އިރަށް އަަހަރެންނަށް ފެންނަމުންދަނީ މާނިއުގެ އެ ހީލަތްތެރި މަކަރުން ފުރިގެންވާ މޫނެވެ. ކުއްލިއަކަށް އެއްޗެއް ހަނދާންވާ ފަދައިން ފޯނު ހޯދަން ފެށީމެވެ. ފޯނު ފެނުމާއެކު އަހަރެން އެ ހުޅުވޭތޯ މަސައްކަތް ކުރަމުން ދިޔައީމެވެ.އެހެންނަމަވެސް ނުހުޅުވުމުން ފޯނު ޗާޒަށް ޖެހުމަށްފަހު ބޭއްވީ އެ އަށް ވެފަ އޮތް ގޮތެއް ބަލާލަން މިރޭ ދެން ނުދެވޭނެތީއެވެ. އެހެން ކަމުން މާޔޫސް ކަމާއެކު އަހަރެން އަނެއްކާވެސް އޮތީމެވެ. އެކި ކަހަލަ ވިސްނުން ތަކުން އަހަރެންގެ ސިކުނޑި ދިޔައީ ގޮވަމުންނެވެ.

” އަޔާ، ޕްލީޒް، އެންމެ ފަހަރަކު ވަށައިގެން އުޅޭ މީހުންނަށް ވިސްނާލަބަލަ، މާނިއު އެއީ ވަރަށް ނުބައި ނުލަފާ މީހެކޭ، އެނގޭތަ، މާނިއު އަހަރެން ރޭޕް ކުރަން އުޅުނީ، ގަބޫލު ކުރެވޭތަ، އަނެއްކާ އަޔާއަށް ހާދަ ބޮޑު ލަނޑެކޭ އެދެނީ، އަހަރެން އަޔާއަށްޓަކައި މި ލޯބި ގުރުބާން ކުރީ، އަޔާއަށް ދެރަގޮތެއް ވާން ނޭދޭތީ،އަޔާ އަހަރެންދެކެ ވީ ލޯބި ތިހިތުން ފުހެލީތަ، އެއީ އެއްވެސް އަސްލެއް ނެތް ވައުދާ ހުވާ ތަކަކަށް ދެކެނީތަ،ކީއްވެ ކީއްވެ އަޔާ” އަހަރެންނަށް އަނެއްކާވެސް ރޮއެ ގަނެވުނެވެ. އެގޮތަށް އޮވެ އަހަރެންނަަށް ނިދުނީ ކޮން އިރަކު ކަމެއްވެސް ނޭނގެއެވެ.

ދުވަސްތަށް ފާއިތުވަމުން ދިޔައީ ހީ ނުކުރާހާ ހަލުއި މިނުގައެވެ. ހަފްތާއެއް ފާއިތުވެގެން ދިޔައިރު އަހަރެން އެކި ގޮތް ގޮތުން އަޔާގެ ނަމްބަރ ލިބޭތޯ ދިޔައީ މަސައްކަތް ކުރަމުންނެވެ.އެހެންނަމަވެސް ކާމިޔާބުވާ ގޮތެއް ނުވެއެވެ. ކޮލެޖަށް ވެސް ލިބިފަ އިނީ އަޔާގެ ކުރީގެ ނަމްބަރ އެވެ. އޭރު ކުލާހުގައި އުޅުނު ކުދިންނަށްވެސް އަޔާގެ އާ ނަމްބަރ އެނގޭ ކަމަކަށް ނުވިއެވެ. ގެ ހޯދައިގެން ދާން ބޭނުންވި ނަމަވެސް މާނިއުގެ ނުރައްކާ ބޮޑުކަމުން އަހަރެން ގެއިންވެސް ނުނި ކުންނަމެވެ. އަނެއްކޮޅުން ގެއަށްވެސް އެއްވެސް މީހަކު ވެއްދުން ވާނީ މަނާ ކޮއްފަ އެވެ.

މިއަދު މީ އަޔާގެ ކައިވެނި ކުރެވޭ ދުވަހެވެ. އަހަރެން ހަނދާނެއް ގޮތެއް ނޭނގި،އެކަމާ ވިސްނަމުން ދިޔައީމެވެ. އަހަރެން ނިންމީ ކޮންމެ ގޮތެއް ވިޔަސް ވަރިހަމަ ކަަމަށް ބަލާ އެގެއަށް ދާށެވެ. އަތް އުރާލާއިގެން އަޔާގެ ދިރިއުޅުން ހަލާކުވަމުންދާ ތަން ބަލަން އަހަރެންނަކަށް ކެތެއް ނުވާނެއެވެ.

އިރު އޮއްސުމާއެކު އަހަރެން އަޔާމެން ގެއަށް މިސްރާބު ޖެހީމެވެ. އަޔާ އެހެން މީހެއްގެ ހައްގަކަށް ވާތަން ބަލަން އަހަރެން ކެތް ކުރާނީ ކިހިނެއް ހެއްޔެވެ.އަދި އެވެސް މަކަރާއި ހީލަތުންނެވެ.

މުޅި ތަން ވަނީ އެކި ކުލައިގެ ކުލަ ބޮކި ތަކުން ޖަރީ ކޮއްފައެވެ. ކައިވެނި ކުރަން މިހާރު ދަނީ ތައްޔާރު ވަމުންނެވެ. ވަށައިގެން އަތުރާފާ ގޮނޑީގައި މީހަކު އިނެވެ.ބަލާބެލުމަށް އެއީ ކައިވެނި ކޮއްދޭ މީހާއެވެ. އަހަރެން އެތާ ބޭރުގައި ބަލަން ހުރީމެވެ. ވަރަށް ފުރިހަމައަށް އެތަން ވަނީ ޒީނަތްތެރިކޮއްފައެވެ. އަހަރެންގެ ލޮލުން ފައިބަމުންދާ ކަރުނަތަށް އަހަރެންގެ އަތުގެ ނުފުށުން ފުހެލީމެވެ.އަދި އަޔާ ފެނޭތޯ ފަރާތް ފަރާތް ހޯދާލީމެވެ.

ކުއްލިއަކަށް އަހަރެންގެ ލޮލުގައި އަޅައިގަތީ އެދިމާލަށް އަންނަމުންދާ އަޔާއެވެ. ހީވާ ގޮތުން ކައިވެނީގެ މަޖިލީހަށް އަންނަނީއެވެ. އަޔާގެ އެ ރީތިކަން ފެނިފައި އަހަރެންގެ ހިތުން އިރުކޮޅަކަށް ހުއްޓުނު ކަހަލައެވެ. މެރޫން ކުލައިގެ ކޯޓް ފަޓްލޫނުގައި ހުރި އިރު އަޔާގެ ރީތިކަން ދެގުނައަށް ދައްކައެވެ. އަހަރެން އެދިމާލަށް މިސްރާބު ޖެހީމެވެ.

އެހެންނަމަވެސް ބާރު ގަދަ އަތަކުން އަހަރެންގެ އުނަގަނޑުގައި ހިފާ ދަމައިގަތެވެ. އަދި ދަަމަމުން ކަހަލަ ގޮތަކަށް އެތަނުން ގެންދިޔައެވެ. އަހަރެން އެމީހާގެ އަތް ފޮޅުވާލުމަށް ފަހު ބަލާލީމެވެ.އެއީ ނާޒިމްއެވެ.

” ހަނދާން ކުރާތި އެންމެ ފިޔަވަޅެއް ކުރިއަށް އެޅިޔަސް މީގަ ހުރި ތޫނުކަން ދައްކާލާނަން” ނާޒިމް އެހެން ބުނެ ދައްކާލީ ވަޅިއެވެ. އަަހަރެން ވަގުތުން ހުއްޓުން އެރިއެވެ. އެއްޗެކޭ ބުނަން އަނގަ ހުޅުވާލިތަނުން ކުއްލިއަކަށް ނާޒިމް އަހަރެންގެ ގައިގަ ބައްދާގަތެވެ. އަހަރެންނަށް ހީވީ އަހަރެންގެ ގައިގަ މީހަކު ކަރަންޓު ޖެއްސިހެންނެވެ. އެހެންކަމުން ނާޒިމް ދުރުކުރެވޭތޯ އުޅުނީމެވެ. އެހެންނަމަވެސް ނާޒިމް ހިފަހައްޓާފައިވަނީ އެއަށް ވުރެން ބާރަށެވެ.
” ޕްލީޒް،ދޫނި އަހަރެން ދޫކޮއްފަ ނުދޭ، އަހަރެންނަށް ކޮން ކުށެއް ކުރެވުނީ، މާނިއު ދެކެ ލޯބިވާ ވާހަކަ ތިބުނީ އަހަރެން ރުޅި އަރުވަންތަ، ބުނޭ ތީ ދޮގެކޭ، ދޫނި ބުނި ކޮންމެ ކަމެއް އަހަރެން ކޮއްފާނަން” ނާޒިމްގެ އެ ބަސްތަކުން އަހަރެން ހުރީ މިވަނީ ކީއްކަން ނޭނގިފައެވެ.އަދި އިންތިހާއަށް ރުޅިގަދަ ވިއެވެ. އެހެންކަމުން ނާޒިމް ކޮއްޕާލީމެވެ.

” ކިހިނެއް ވެގެން ތިއުޅެނީ، ބުނެފީމެއްނު އަހަރެން ލޯބިވަނީ….. އަަހަރެންނަށް ބުނެވުނީ އެވަރަށެވެ. އަނެއްބައި ފުރިހަމަ ކުރީ މާނިއުގެ ނަން ލައިގެންނެވެ. އަހަރެން ހައިރާންވެފައި ބަލާލި އިރު ކުރިމަތީ އަޔާ ހުއްޓެެވެ. އަދި ނާޒިމް މި އެކްޓް ޖެއްސީ އަޔާ ހުރީމަކަން އަހަރެންނަށް އެނގުނެވެ.

” މިހާރު އެހެން މީހެއް ދެކެ، ލާ ހެދުން ގޮތަށް މީހުންވެސް ބަދަލުވޭދޯ” އަޔާގެ އެ ޖުމްލައިން އަހަރެން ދެރަވި ނަމަވެސް ހިތްވަރު ކޮއްލާފަ ވާހަކަ ދައްކަން މަސައްކަތް ކުރީމެވެ.

” އަޔާ، އަހަރެން މިދައްކާ ވާހަަކަ އަޑު އަހާބަލަ، މާނިއު އެއީ ރަނގަޅު މީހެއް ނޫން” އަހަރެންނަށް ވަރަށް ހިތްވަރުން ބުނެވުނެވެ.

” މަށަށް އެނގޭ ތިކަން، ކަލޭގެ ހުށައެޅުން ގަބޫލު ނުކުރީމަ، މިހާރު އޭނަ ގޯސްވީދޯ، ތަންކޮޅެއް އިސްލާހު ވެ ބަލަ” އަޔާގެ ޖުމްލައިން މާނިއު ކޮއްމެސް އެއްޗެކޭ ބުނީކަން އެނގުނެވެ.

ަ” އަދި ބުނަން، ތިކަހަލަ ބޭކާރު މީހުން ދައްކާ ވާހަކަ އަޑުއަހާކަށް އަހަރެންނަށް ވަގުތެއް ނެތް، މި ތަނުން އެތެރެއަށް ވަދެފިއްޔާ އަހަރެންގެ ހުރި ނުލަފާކަން ދައްކާލާނަން، ކައިވެނި ކުރާތަން ބަލަން ބޭނުންވަންޏާ ތިތާ ހުއްޓަސް ހެޔޮ” އަޔާ އެހެން ބުނެ އެތަނުން ދިޔައެވެ. އަހަރެންނަށް ރޮއެ ގަނެވުނެވެ.އަހަރެން އަޔާއަށް ވަރަށް ގޮވީމެވެ. އެހެންނަމަވެސް ބަލާވެސް ނުލާ އަޔާ ދިޔައީއެވެ.

” އަޔާ،ޕްލީޒް، އެންމެ ފަހަރަކު އަހަރެން މިދައްކާ ވާހަކަ އަޑު އަހާބަލަ، އަހަރެން ހަގީގަތުގަވެސް އަޔާ ދެެކެ ވަރަށް ލޯބިވޭ، އަހަރެންނަށް މަޖުބޫރު ކުރީ މާނިއު” އަހަރެން އަޑުގެ ނެތްތަނަށް ހަޅޭ ލެވީމެވެ. އެހެންނަަމަވެސް އަޔާގެ ބޮލަށް މާނިއުވަނީ ވަރަށް ރަނގަޅަށް އެރިފައެވެ. ކައިވެނި ކުރާނެ ތަން ބަލާނެ ހިތްވަރު އަހަރެންގެ ނެތެވެ.އެހެން ކަމުން އަހަރެން އެތަނުން ދާން މަސައްކަތް ކުރީމެވެ.އެހެންނަމަވެސް ނާޒިމް އަހަރެންގެ ބުރަކަށީގައި ވަޅި ޖެއްސިއެވެ. އަހަރެންގެ ހިތް ހީވަނީ ވިރިގެން ފައިބައި ހެންނެވެ. އެ މަންޒަރު ބަލާނެ ހިތްވަރު ނެތުމުން އަހަރެން ދެލޯ މަރާލީމެވެ.

ކައިވެނި ކުރާ މަޖިލީސް ފަށާ އަޔާ އަނގައިން އަނބި ގަބޫލު ކޮއްފީމޭ ބުނި އަޑު އަހަރެންނަށް އިވުނީ ހޮނު ގުގުރީގެ ސިފައިގައެވެ. ރޮއެ ރޮއެ އިނދެފަ ވަގުތުން ހުއްޓުން އެރިއެވެ. އެމީހުން ތިބި ހިސާބަކީ މާ ދުރުނޫން ހިސާބެއް ކަމުގައި ވުމުން މަންޒަރުވެސް ވަރަށް ރީތިކޮށް ފެނެވެ. އަހަރެންނަށް އިތުރަށް ކެތް ނުވުމުން އަނގަމަތީ އަތް އަޅާ ދުއްވައިގަތީމެވެ. ތަންތަން ނުފެންނަ ވަރަށް ލޮލުގައި ވަނީ ކަރުނައެވެ. ބަލާ ނުލާ މަގު ހުރަސް ކުރަނިކޮށް ކުއްލިއަކަށް އައި ކާރަކުން ޖެހި އަހަރެން ވިއްސައިގެން ދިޔައެވެ. ވެއްޓުނު ގޮތުން އަހަރެންނަށް ހިރިވެސް ނުލެވުނެވެ. ދެލޯ މެރެމުން ގޮސް އަހަރެންނަށް އެއްކޮށް ދެލޯ މެރުނެވެ.

2 އަހަރުފަސް

” ދަރިފުޅޫ މަންމައަށް އެ އޮތީ ނިދިފަ، މަންމައަށް އުނދަގޫ ވެދާނެ، އާދެ ބައްޕި ކައިރިއަށް” ދެބަ ދޭތެރޭން އިމްރާން އެހެން ބުނި އަޑު އަހަރެންނަށް އިވުނެވެ.

ނުނިމޭ

77

You may also like...

10 Responses

ޚިޔާލީ ކުލަތައް ← އެޑްމިން ރެޖިސްޓަރ ކޮށްފައި ވާހަކައިގެ ލިޔުންތެރިޔާ ރެޖިސްޓަރ ނުކުރާ
 1. Whattttttttttt ayaa marry kureetha
  No way
  Btw varah sali Mi part ves
  Vrh deraveje Mi part kiyaafaa
  Mi maaniu haadha nulafaey dhw naazim ves
  Aley reeem accident vee thr no way
  Reem ves marry kureetha
  ވަރަށް ކިއުރިއަސް ނެކްސްޓް ޕާރޓް އަށް
  އަވަހަށް އަށް ކޮށްލަދޭއްޖޭ އަނެއްބާ
  Luv uu
  Stay safe

 2. Varah reethi mi prt vx 💜💜💜
  Whn nxt? ❤️❤️❤️☺️☺️☺️☺️☺️
  Tc☺️😉😉
  Lysm❤️❤️❤️❤️❤️

Leave a Reply

Your email address will not be published.