Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ލޯބީގެ ހައްގުގައި 13

Sh@_n@ Level 410 Stories100 Comments100 Login
September 19, 2020 5 Mins Read
12 Comments

ބަދިގެއަށް ގޮސް ޖޫސްތައްޓެއް ބުއިމަށްފަހު ބޭސް ގުޅައެއް ކާލީ ބޮލުގެ ރިހުމަށް ލުޔެއް ނުލިބުމުންނެވެ. އަދި ސޯފާގަ ޖައްސާލީމެވެ. އަދި އިރުކޮޅެއް ނުވެ ގޭގެ ބެލް މީހަކު އަޅާލުމުން ކަރަމްއަށް ގޮވާލީމެެވެ. ކަރަމްގެ ހަބަރެއް ނުވުމުން އަަހަރެން ގޮސް ދޮރު ހުޅުވީމެވެ. މާ ބޮނޑިން މޫނު ފޮރުވައިގެން ހުރި މީހާ ފެނިފައި އަހަރެންނަށް ހިނިތުންވެވުނެވެ

އަދި އަޔާއޭ ކިޔާ ގޮވާލެވުނީ ވީ އުފަލެއްގެ ބޮޑުކަމުންނެވެ. އެމީހާ އެ މާ ބޮނޑި އެއްފަރާތް ކޮއްލަމުން ހީލިއެވެ. އެމީހާގެ މޫނު ފެނުމާއެކު އަހަރެންގެ މޫނުމަތީގައިވި ހިނިތުންވުން އެއްކޮއް ފިލާ ދިޔައެވެ. އަދި މާޔޫސްކަމާއެކު ކިހިނެއްވީހޭ އަހާލީމެވެ.
” މީހަކު ދިން އެއްޗެއް، ބުނީ ރައްދު ކޮއްދޭށޭ” އެމީހާ އެހެން ބުނެ މާ ބޮނޑި ދިއްކޮއްލިއެވެ. އަހަރެން ސުވާލުން ފުރިފައިވާ ނަޒަރަކުން އެމީހާގެ މޫނަށް ބަލާލީމެވެ.
” ރަނގަޅު ގެއަކަށްތަ ހަމަ ތި އާދެވުނީ” އަހަރެން ގަބޫލު ނުކުރެވިފައި އަހާލީމެވެ.
” ލައްބަ، ހަމަ ރަނގަޅު ގެއެއް، އެމީހާ ބުނި ފްލޯރ މީ، އަދި އެމީހާ ބުނި ހުރިހާ ސިފައެއް އެބަހުރި ތިކުއްޖާ ގައިގަ، އެހެންވީމަ ހަމަ ޔަގީން، ލިބޭ ހާއިރު ކޮއްލާފަ ގުޅާނެކަމަށް ބުނީ، ގުޅުއްވީމަ އެނގިލައްވާނެ ކާކު ފޮނުވި އެއްޗެއްކަން، މި މާ ބޮނޑީގައި ހިފާ” އެމީހާ އެހެން ބުނުމުން އަހަރެން މާ ބޮނޑީގައި ހިފީމެވެ. އެމީހާ ދިއުމުން ދޮރު ޖަހާ މާ ބޮނޑި ހިފައިގެން ކޮޓަރިއަށް ވަނީމެވެ.
އެނދުމަތީގައި އިށީނދެ މާ ބޮނޑިއަށް ރަނގަޅަށް ބަލާލީމެވެ.އެކި ކުލައިގެ ރޯސް ހުރި އިރު އޭގެ ތެރޭގައި ކުޑަ ގަނޑުކޮޅެއް އޮތެވެ. އަހަރެން އެ ނަގާ ކިޔާލީމެވެ.
” އައި އޭމް ކަމިންގް މައި ޕްރިންސެސް، މިސް ޔޫ، އެންޑް ލަވްޔޫ” އެގަނޑު ކޮޅު ކިޔާލުމާއެކު އަހަރެންނަށް އުފަލުން ހަޅޭލަވައިގަނެވުނެވެ. އަދި އެ މާ ބޮނޑީގައި އެތަށް ފަހަރަކު ވަސްގަނެވުނެވެ. ހަމަ އެއާއެކު ލޮލުން ކަރުނަ ފައްދާލީ މާ ގިނަ ދުވަހެއްނުވެ އަޔާއާ ވަކިވާނެކަން ހަނދާންވުމުންނެވެ. ދެލޯ ފުހެލާ ހަމައަކަށް އެޅިލީ އަދި ކުޑަ ދުވަސްކޮޅެއް އޮތީމައެވެ.

ގަޑި ހިިނގާލެއް ލަސްވެގެން އަހަރެންނަށް އިރުކޮޅަކާ ގަޑި ބަލާލެވެ. އަންނާނެ ވަކި އިރެއް ނުބުނާތީ އަހަރެން ހުރީ ތައްޔާރުވެގެންނެވެ. އަދި އިރުކޮޅަކާ ލޯގަނޑުން މީހާ ހުރި ގޮތްވެސް ބަލާލެވެ.ވަގުތު ފާއިތުވަމުންގޮސް ރޭގަނޑު އަށެއް ޖެހިފަހުން އަހަރެން މާޔޫސްކަމާއެކު ކޮޓަރިއަށް ވަނީ އަޔާގެ އެއްވެސް ހަބަރެއް ނުވުމުންނެވެ. އަދި އެނދުގައި ބާލީސް ލައްކޮއްލުމަށްފަހު ހަމަ ޖެހިލީމެވެ. އިރުކޮޅެއް ނުވެ ކަރަމް ދޮރު ހުޅުވާލަފައި މީހަކު ހޯދަން އައިސި ކަމަށް ބުނެލިއެވެ. އަހަރެން އަވަހަށް އެނދުން ތެދުވެގެން ދުއްވައިގަތީމެވެ. އޭރު އަހަރެންގެ ހިތް ނެގިނެގިފައި ޖެހެމުންދެއެވެ.
އަހަރެން ނިކުތް އިރު ކުރިމަތީ ހުރި މީހާ ފެނިފައި އަހަރެންނަށް ހުއްޓެވުނެވެ.
“މާނިއު” އަހަރެންނަށް ބުނެވުނެވެ.
” ހޫމް، ކިހިނެއްވީ،އުއްމީދު ކުރި މީހާއަށް ނުވީމަތަ މޫޑް ކުއްލިއަކަށް އޮފް ވީ” މާނިއު ހީ ގަންނަމުން ބުނެލިއެވެ.
” އަހަރެން ނޫނެކޭ ބުނުމަށްފަހު މާނިއު ކައިރީ އިށީނުމަށް ބުނެލީމެވެ.
” ނޫނޭ، ވަރަށް އަވަހަށް ތަނަކަށް ދާން މިދަނީ،ބައި ދަ ވޭ އަޔާ ސަލާމަތްވެއްޖެ، އެބަ ހުރި މިތާ ތިރީގަ ފޯނެއްގަ” މާނިއު ހިތުން އަހަރެންނަށް އެ ދިނީ އާ ހަބަރެކެވެ. އަހަރެން އަސްލުވެސް ހޭ ބުނީ އަހަރެންނަށް ކުރިން އެނގުންކަން ސިއްރު ކުރުމުގެ ގޮތުންނެވެ.

މާނިއު ނިކުންނަން އުޅުމަށްފަހު އަނެއްކާވެސް އަހަރެންނަށް ބަލާލިއެވެ.
” ރީމްގެ ފޯނު ލިބިދާނެތަ، އަހަރެން ވަރަށް އަވަހަށް މީހަކަށް ގުޅާލަން، އަހަރެން ފޯނު ނިވިފަ އޮތީމަ” މާނިއު އެހެން ބުނުމާއެކު ނުދޭން ހުރެފަވެސް މާނިއު އަތަށް ފޯނު ދިނީ ވަރަށް ބިރުން ހުރެއެވެ. މާނިއު ފޯނު ހިފައިގެން ތަންކޮޅެއް ދުރަށް ޖެހިލިއެވެ.އަހަރެން ސޯފާގައި އިށީނީމެވެ. އިރުކޮޅެއް ނުވެ މާނިއު އައިސް ފޯނު ދިނެވެ. އަދި ޝުކުރު އަދާ ކުރުމަށްފަހު ދަނީ ކަމަށްބުނެ ނުކުތެވެ.

މާނިއު ދިއަތާ އިރުކޮޅެއް ނުވެ ދޮރުގެ ބެލް އަޅާލުމާއެކު އަހަރެން ދުވެފަ ގޮސް ދޮރު ހުޅުވީމެވެ. ކުރިމަތީ ހެވިފައި ހުރި އަޔާ ފެނިފައި އަހަރެންނަށް ހުރެވުނީ ގަބޫލު ނުކުރެވިފައެވެ. އިސާހިތަކު އަހަރެންގެ ދެ ލޮލުން ކަރުނަ ފައިބައިގަތެވެ. އަހަރެން ރޯތަން ފެނުމުން އަޔާގެ މޫނުމަތީގައިވި ހިނިތުން ވަގުތުން ގެއްލުނެވެ. އަހަރެން އެތެރެއަށް ވަނީ އަޔާ ވަނުމަށް ތަންދެއްކުމަށްފަހު އެވެ. އަހަރެން ފަހަތުން އަޔާވެސް އެތެރެއަށް ވަނެއެވެ.

އަހަރެން ވަކި އެއްޗެކޭ ނުބުނެ ގޮސް ސޯފާގައި އިށީނދެ ދެއަތާ އެކު މޫނު ފޮރުވާލީމެވެ. އަޔާ ފެނުމުން އަހަރެން ވާންވީ އުފާކަމެއް ނުވަތަ ދެރަކަމެއް އަހަރެންނަކަށް ނޭނގެއެވެ. އެނގޭހާވެސް އެއްޗަކީ އަހަރެން ވަކިވާ ދުވަހު އަޔާ ރޯނެ ކަމެވެ. އަހަރެން އެގޮތަށް އިންދާ އަޔާ އަހަރެން ކައިރީ އިށީނދެ އަހަރެންގެ މޫނުމަތިން އަތް ނެގިއެވެ. އަދި އަޔާއާ ދިމާލަށް އަހަރެން އަނބުރާލާ ވަރަށް ލޯތްބާއެކު އަަހަރެންގެ ލޮލުން ފައިބަމުންދާ ކަރުނަތަށް ފުހެލަދިނެވެ.
” ޕްލީޒް ދޫނި ނުރޮއެ، މިހާރު އަޔާ މިހުރީ އައިސައެއްނު، ދެން ނުދާނަމޭ ދޫނި ދޫކޮއްލާފައެއް، ވަރަށް ދެރަވި ބައްޕަ ނިޔާވި ވާހަކަ އަޑު އިވުނީމަ،އަދި އެންމެ ބޭނުންވި ދުވަހު ދޫނި ކައިރީގަ ނުހުރެވުނީމަ، ކުއްލިއަކަށް މިހާ ބޮޑު ކަންތައް ދިމާވީމަ ދޫނި ދެރަވާނެ ވަރު އެނގޭ، އެންމެ ހިނދުކޮޅަކަށް ވެސް ދޫނިގެ ހަނދާންތަށް ފިލައިގެން ނުދޭ، ދޫނިއަށް ވާނެ ގޮތަކާ ދޭތެރޭ ވިސްނުން ނޫން ކަމެއް ނުކުރެވެ” އަހަރެންގެ ނިތަށް ބޮސްދެމުން އަޔާ ބުނެލިއެވެ. އެވަގުތު ކޮޅު މުޅި އުމުރަށް ދެމިގެންދިއުމަށް ހިތް އެދުނު ނަމަވެސް އެކަން ވާން ނެތްކަން އެނގުމުން އިތުރަށް ދެރަވެ ރޮވުނެވެ.

” ދޫނި ދެރަނުވޭ، އެބަޔަކާ ހުރެ ދޫނި އެހާ ވަރަށް ރޮއެފީމެއްނު،އެމީހުން ހޯދާނަން، އަދިވެސް ނޭނގެ ކޮން ބައެއްކަމެއް އެއީ، އެ ރޭ ދަނިކޮށް މީހަކު ވެއްޓިފައި އޮތް ހެން ހީވެގެން އެދިމާލަށް ދިޔައީ، ދިޔަތަނުން ކުއްލިއަކަށް ވަރަށް ބާރަށް އެއްޗެއް ބޮލުގަ ޖެހުނު ކަން އެނގޭ ދެން ވީ ގޮތެއް ނޭނގެ، އޭގެ ފަހުން ދެން ހޭލެވުން އިރު އިނީ ގޮނޑިއެއްގަ ބަނދެފަ، ދޫކޮއްލާށޭ ކިޔާ ވަރަށް އާދޭސް ކުރިން، އެކަމް އެމީހުން ވަކި އެއްޗެކޭ ނުބުނެ، ހަމަ އެކަނި ބުނީ އެއްވެސް ކަމެއް ނުކުރާނަމޭ،މާދަން ދޫކޮއްލާނަމޭ، މޫނު ނިވާ ކޮއްގެން ތިބީމަ ނޭނގުނު ކޮންބައެއް ކަމެއްވެސް، އެކަމު ހައިރާންވީ ކަމަކީ ވީ ކީއްކަން ނޭނގި އެގޮތަށް ހެދީމަ، ނަސީބެއް މާނިއު އައިކަން، އޭނަ ބަޔަކު އުޅޭ ގޮތުން ފާރަ ލަމުން އަންނަނިކޮށް ފެނުނީ، ދެރައީ އެމީހުން ފިލިކަން، އެއްވެސް ތަނަކުން ނުފެނުން” އަޔާ ކަންވީ ގޮތް ކިޔައިދިނުމަށްފަހު ފުން ނޭވާއެއް ލިއެވެ.

” ދެން އެމީހުން ހޯދަން ނޫޅޭ، އަނެއްކާވެސް އިތުރު ކަމެއް އެމީހުން ކޮއްފާނެ” އަހަރެން އަޔާގެ ދެ އަތުގައި ހިފާލަމުން ބުނެލީމެވެ.
” އޯކޭ ދޫނި ބުނީތީ އެކަން މިހުއްޓާލީ، ދެން ކޮންމެސް ކަހަލަ ކައި އެއްޗެއް ދީބަ، ވަރަށް ހައި” އަޔާ ބަނޑުގައި އަތް ކާތާލަމުން ބުނެލިއެވެ.

އަހަރެން މި އަންނަނީ ކަމަށް ބުނެ ގޮސް ތައްޓަކަށް ބަތާއި ރިހަ އަޅައިގެން ގެނެސްދިނީމެވެ. އަަަޔާ މަޑުމަޑުން އިނދެ ކަމުން ދިޔައެވެ. ވަކި ހިސާބަކުން ކެއުން ހުއްޓާލުމަށްފަހު ސަމްސަލުން ބަތްކޮޅެއް ނަގާ އަހަރެންނަށް ދިއްކޮއްލިއެވެ.އަހަރެން އެ އެތި ކޮޅު ކާލީމެވެ. އަދި ކައި ނިމިގެން އެތަށް ވާހަކައެއް ދައްކަން ސޯފާގައި ތިބީމެވެ. ވަގުތުތަށް ދިޔަ ގޮތެއް ވެސް އަހަރެންނަކަށް ނޭނގުނެވެ. އަޔާ ގެއަށް ދިއުމަށްޓަކައި ތެދުވިއެވެ.އަހަރެންވެސް އަޔާ ފަހަތުން ދޮރާ ހަމައަށް ދިޔައީމެވެ. އަޔާ މާދަން އަންނާނެ ކަމަށް ބުނެ ދިޔައެވެ.

އަހަރެން ދޮރު ލެއްޕުމަށްފަހު ކޮޓަރިއަށް ވަނީމެވެ. އަދި ނިދާ އެއްޗެހި ލައިގެން އަރާ އެނދުމަތީ އޮށޯތީމެވެ. އެއާއެކު މިރޭ އެ ހޭދަ ކުރެވުނު އުފާވެރި ވަގުތުތަށް ލޯ މަތީ ސިފަވެ ހިނިތުންވެވުނެވެ. އަދި ކައިރީގަ ހުރި ފެންފުޅިން ފެން ފޮދެއް ބޯލާ އަނެއްކާވެސް ހަމަ ޖެހިލީމެވެ.

އިރުކޮޅެއް ނުވެ އަޔާގެ ކޯލުން އަހަރެން ސިހުން ގެނުވިއެވެ. އަަވަހަށް ފޯނު ނަގާ ކަންފަތުގައި ޖެހީމެވެ.
” ގެއަށް އާދެވުނީމަ މި ގުޅީ، ދެން ނިދާލާ އިނގޭ، މާދަން ހެނދުނު ދާނަން، ގުޑް ނައިޓް، މިސްޔޫ ލަވް” އަޔާ އެހެން ބުނުމުން އަހަރެންވެސް ގުޑް ނައިޓް ކިޔާ ފޯނު ބޭއްވީމެވެ. އަދި ނިދޭތޯ ދެލޯ މަރާލީމެވެ.

ދެބަ ދޭތެރެއިން އަހަރެންނަށް ހީވަމުންދިޔައީ މީހަކު އަހަރެންގެ ގައިގަ އަތްލާހެންނެވެ. ދެލޯ ހުޅުވަން އުޅެ އުޅެ އަހަރެންނަށް ލޯ ހުޅުވޭ ގޮތެއް ނުވިއެވެ. އިރުކޮޅެއްނުވެ އަހަރެންނަށް ވީ ގޮތެއްވެސް ނޭނގުނެވެ.

އަހަރެންނަށް ހޭލެވުނު އިރު ބޮލުގައި ކޮންމެވެސް ވަރަކަށް ރިހުން ހުއްޓެވެ. ބޮލުގައި އަތް އަޅާލުމަށްފަހު ތެދުވަން މަސައްކަތް ކުރީމެވެ. ތެދުވަން އުޅެނިކޮށް މީހެއްގެ ގައިގަ އަތްލެވުނު ހެން ހީވެގެން އަހަރެން އެނދުމަތި ބަލާލީމެވެ. އެނދުމަތީ އޮތް މީހާފެނިފައި އަހަރެންނަށް ހަޅޭލަވައި ގަނެވުނެވެ. އެއާއެކު އެމީހާ ކިހިނެއްވީހޭ ކިޔައި ތެދުވިއެވެ.

” ނާޒިމް،ކާކު ކަލޭ މިތަނަށް ވެއްދީ، މިތާ ކީއްތި ކުރަނީ، ކަލޭ ލަދެއް ވެސް ނުގަނޭތަ، ހަމަ މިހާރު މިތަނުން ނުކުމޭ” އަހަރެން ރުޅި ގަދަވެގެން ތުރުތުރު އަޅައެވެ.

” މިތަނަށް ގެނެއްސަ އަދި ނޭނގޭ ކަމަށް އެބަ ހަދަ އެއްނު، ރޭގެ ކަހަލަ ރެއެއް ދުވަހަކުވެސް މީހަކަށް ނުލިބޭނެ، ހާދަހާ…….” ނާޒިމް އެހެން ބުނުމާއެކު އަހަރެންގެ އަތުގެ ހޫނު ހަމަލާއެއް ނާޒިމްގެ ކަންކަށިމަތީ ޖެހީމެވެ. ނާޒިމް ކޯތާފަތުގައި އަތް އުނގުޅާލިއެވެ. އަދި އަހަރެންގެ އަތުގައި ހިފާ އެނދުމައްޗަށް އެއްލާލިއެވެ.

ނާޒިމްގެ ރުޅިވެރި މޫނު ފެނުމާއެކު އަހަރެން ބިރުން ހަލާކުވާ ވަރުވިއެވެ. އެހެން ނަމަވެސް އަހަރެން އެކަން ނުދައްކާ ވޭތޯ އެނދުމަތިން ތެދުވަން މަސައްކަތް ކުރީމެވެ. އެހެންނަމަވެސް ނާޒިމް މާ ހުށިޔާރެވެ. އަހަރެން ތެދުވިޔަ ނުދީ ހިފަހައްޓަން އަހަރެންގެ ގައިމައްޗަށް އަރާ އަތުގަ ހިފައްޓައްމުން ދިޔައެވެ. އެ އޮއް ވަރުގަދަ މީހާގެ ކުރިމަތީ އަހަރެންގެ ގައިން ބާރު ދާހެންވެސް ހީވިއެވެ. ކުއްލިއަކަށް ކޮޓަރީގެ ދޮރު ހުޅުވުނެވެ. އެއާއެކު އަހަރެންނަށް ސިހިފައި ބަލާލެވުނެވެ.

ދޮރުމަތީގައި ހުރި އަޔާ ފެނިފައި އަހަރެންގެ ލޮލުން ކަރުން ހިލުނެވެ.އަހަރެންގެ ގައިމަތީގައި އޮތް ނާޒިމް ކޮއްޕާލަމުން ގޮސް ދޮރުމަތީގައި ހުރި އަޔާގެ ގައިގައި ބައްދާގަތީމެވެ. އަދި ނާޒިމް ބެހެން އުޅުނީއޭ ބުނެވުނީ ރޮމުންނެވެ. އެހެންނަމަވެސް އެއްވެސް ޖަވާބެއް ނުލިބުނެވެ.އަޔާގެ އެއްވެސް ހަބަރެއް ނުވުމުން އަހަރެން ބޯ ހިއްލާލާ ބަލާލީމެވެ.
” އަޔާ، ކީއްވެ އެއްޗެކޭ ނުނުނު..ތި ހީކުރާހާ ކަމެއް ނުވެ…….އަހަރެންނަށް ބުނެވުނީ އެހާ ވަރަށެވެ. އަޔާ އަހަރެންގެ ކޮނޑުގައި އަތް އަޅާ ކޮއްޕާލިއެވެ. އަހަރެން ނުވިސްނާ ހުއްޓާ އަޔާގެ އެ އަމަލުން އަހަރެން ބިންމައްޗަށް ވެއްޓުނެވެ.

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Sh@_n@

Level 410 Stories100 Comments100 Login

Other Articles

Previous

އިންތިހާ – 8

Next

ޒާޔާ (ތިރީސްވަނަ ބައި)

Next
September 19, 2020

ޒާޔާ (ތިރީސްވަނަ ބައި)

Previews
September 18, 2020

އިންތިހާ – 8

12 Comments!

  1. Saheena Saleem says:
    September 19, 2020 at 1:59 pm

    Mi vaahaka Haadha reehchey

    1. Sh@_n@ says:
      September 19, 2020 at 2:23 pm

      Thank you so much saheena Saleem?

  2. Sh@_n@ says:
    September 19, 2020 at 2:06 pm

    Salaam hurihaa kudhin, mi part kuru v ma maadhan 14th part upp kohdheynan, thankolheh dhigukohlaafa??❤️❤️

  3. Ram says:
    September 19, 2020 at 2:43 pm

    Maasha allah vvvv reethi mibai ves

    1. Sh@_n@ says:
      September 19, 2020 at 3:10 pm

      Thank you so much Ram?❤️?

  4. unknown queen says:
    September 19, 2020 at 4:26 pm

    Salaam to u too.. vvv reethi mi part vs?♥️??

    1. Sh@_n@ says:
      September 19, 2020 at 4:45 pm

      Thank you so much unknown queen❤️❤️❤️?

  5. Sher says:
    September 19, 2020 at 7:22 pm

    Mashaa allah?❤️?❤️? varah varah reethi mi part vx❤️❤️❤️❤️?????? comment nukurevunas hurihaa part eh vx kiyan???… Ekm ayaa and Reem dhuru nukuruvahchey ☹️☹️… Curiously waiting for the next part???, ly???

    1. Sh@_n@ says:
      September 20, 2020 at 8:14 am

      Thank you so much Sher?❤️❤️❤️

    2. Sh@_n@ says:
      September 20, 2020 at 8:21 am

      Varah ufaavehje hurihaa parteh kiyaafa mifaharu comment kohleema. Ayaa and reem mihaaru vaki viyas fahun gulheyne❤️❤️❤️

  6. ?Ril? says:
    September 20, 2020 at 7:08 am

    Wow mi part ves vrh sali❤️❤️❤️?????
    Masha Allah keep it up sis ❤️❤️????????
    Aley Sis plss reem aa ayaa ah happy life eh deychey ingey❤️❤️❤️????
    Hope everything is going to be fine❤️❤️❤️
    Waiting for the next part ❤️❤️
    Love u sooo muc ❤️❤️
    Stay safe ❤️❤️❤️

    1. Sh@_n@ says:
      September 20, 2020 at 8:16 am

      Thank you so much Ril. Yes reem and ayaa gulheyne, ekm adhi avahehnu?❤️❤️❤️Varah ufaavehje mi partvess kamudhiyaima ❤️❤️❤️

Comments are closed.

Next Episodeލޯބީގެ ހައްގުގައި 14←


All Right Reserved!