ލޯބީގެ ހައްގުގައި 15
އަ އަޔާ ގޮއް..ގޮއް..ގޮއްސި، އައަ އަހަރެން އަޔާ ދޫކޮއްލައިފިން، ހު ހު ހުރިހާ އުއްމީދެއް ގ..ގެ..ގެއްލިއްޖެ” އަހަރެންނަށް ބުނެވުނީ އެހާ ވަރަށެވެ.އަހަރެންނަށް ދެން ވީ ގޮތެއް ނޭނގުނެވެ.
އަހަރެންނަށް ހަމަ ހޭވެރިކަން ވީ އިރު އަހަރެން އޮތީ ހޮސްޕިޓަލްގައެވެ.
ކުޑަކޮށް ތެދުވެލުމަށްފަހު ފަރާތް ފަރާތަށް ބަލާލީމެވެ. އޭރު ކައިރީގައި ކަރަމް އިށީނދެގެން އިނެވެ.
” ކިހިނެއްވީ ރީމް، އެއްޗެއް ބޭނުންވީތަ” އަަހަރެން ކުޑަކޮށް ތެދުވެލުމުން ކަރަމް އެހިއެވެ.
އަހަރެން ނޫނެކޭ ބުނެ ދެފަރާތަށް ބޯ ހޫރާލީ މީހަކާ އަނގައިން ބުނާނެ ހިތްވަރު އަަހަރެންގެ ނެތީމައެވެ.
” ރީމް، ދެން އެހާ ބޮޑަށް ނުވިސްނާ، ހުރިހާ ކަމެއްވެސް ރަނގަޅުވާނެ، ޑޮކްޓަރ ބުނީ އަނބުރައިގަތީއޭ، ދެން ކުޑަކޮށް ވަރު ދެރަކޮށް ހުރީމަ އައިވީ ގުޅީ، އެ ހުސްވީމަ ފޮނުވާލާނެ” ކަރަމް އަހަރެންގެ ބޮލުގައި ފިރުމާލަމުން ބުނެލިއެވެ.
ކަރަމްގެ ޖުމްލައިން އަހަރެން ހަމަ އެކަނި ހިނިތުންވެލުން ފިޔަވާ އިތުރު ކަމެއް ނުކުރަމެވެ. އަހަރެން ދެލޯ މަރާލާ ހަމަ ޖެހިލީ އަދިވެސް ވަރުބަލިކަން އިހްސާސް ވާތީއެވެ. އެއާއެކު ވެދިޔަ ކަންތަށް އަހަރެންގެ ލޯ ކުރިމަތީ ފެންނަން ފެށިއެވެ. ވަގުތުން އަހަރެންގެ ލޮލުން ކަރުނަ ނިރާލިއެވެ. އަހަރެން ހިތާ ދިމާލުގައި އަތް އަޅާ ބާރު ކޮއްލީ، ހިތުގަ އެ އަޅަމުންދާ ވޭން ކުޑަކޮށްވެސް ލުއި ނުވާތީއެވެ. އަދި ކުރިޔަށް އޮތް ތަނުގައި އެ ރިހުން އަންނާނީ ގަދަވެގެންކަން އަހަރެންނަށް އެނގެއެވެ.
ޑޮކްޓަރުގެ ހުއްދަ އާއެކު އަހަރެން ގެއަށް ފޮނުވާލިއެވެ. ފޮނުވާލަމުން ގަޑިން ގަޑިއަށް ކެއުމަށާއި ކަންތަކާ ވިސްނާ ފިކުރު ނުކުރުމަށް ޑޮކްޓަރ ނަސޭހަތް ދިނެވެ. ޑޮކްޓަރ ބުންޏެއް ކަމަކު ކަންތަކާ ނުވިސްނާ އަހަރެން އުޅޭނެ ގޮތެއް އަހަރެންނަކަށް ނޭނގުނެވެ. އަހަރެންގެ ހުރިހާ އުފަލެއް ގެއްލިގެން ދިއުމުން އަހަރެންނަށް ނުވިސްނާ ހުރެވޭނެ ހެއްޔެވެ. މަންމަގެ ލޯބިން މަހްރޫމްވެ، މަންމަގެ ރޯލާއި ބައްޕަގެ ރޯލު އަދާ ކުރަމުން އައި އަހަރެންގެ ބައްޕަ ނިޔާވުމުން އަހަރެންނަށް ކެތް ކުރެވޭނެ ހެއްޔެވެ.
ބައްޕަގެ މަރަށް ދެ ދުވަސްވެސް ނުވަނީސް، އެ ވޭނާ އެ ތަދު، މިހިތުން ފިލާ ނުދަނީސް ފުރާނައިން ލޯބިވި އަޔާގެ ލޯބީގައި ހަގީގީ ކުލަ ޖެހުމުގެ ކުރިން އަހަރެންނަށް ޖެހުނީ އެ ލޯބި މިހިތުން ނެރެ ކަފުންކޮށް ވަޅުލާށެވެ. ކޮންމެ މީހަކަށްވެސް ކެތް ކުރާށޭ ނުވިސްނާށޭ ބުނަން ފަސޭހަ ވެދާނެވެ. އެހެންނަމަވެސް އެމީހެއްގެ ހުރިހާ އުފަލަކާ ހުރިހާ އުއްމީދެއް ގެއްލިއްޖެ ކަމުގެ އިހްސާސް ކުރެވުމުން ކެތް ކުރެވޭނީ ވަކި ކާކަށް ހެއްޔެވެ.
އަހަރެން ދިޔަގޮތަށް ގޮސް ވަނީ ކޮޓަރިއަށެވެ. އަދި ފެންވަރާލާ ނަމޭ ހިތައި ފާހާނައަށް ވަނީމެވެ. އިރުކޮޅެއް ނުވެ ފޯން ރިންގްވާން ފެށުމުން އަހަރެން އަވަސް އަވަސް ކޮއްލައިގެން ނުކުތީމެވެ.އަދި ފޯނު ބަލާލިއިރު ގުޅާފައިން ނަމްބަރ ފެނި އަހަރެންގެ ދެފައިން ވާގި ދިޔަކަހަލައެވެ. ހިތް ތެޅިގަތީ އިންތިހާއަށެވެ. އަހަރެން އަވަހަށް އެނދުމަތީގައި އިށީނދެ ފުންކޮށް ދެފަހަރު ނޭވާލާ ހަމަ ޖެހުނީމެވެ.އަދި ވަރަށް ހިތްވަރާއެކު އަޔާގެ ނަމްބަރއަށް ގުޅާލީމެވެ. އިރުކޮޅެއްނުވެ ފޯނު ނެގިއެވެ. އެހެންނަމަވެސް އަނގައިން ނުބުނެވެ.
އަހަރެން ވަރަށް ހިތްވަރާއެކު އަޔާއޭ ކިޔައި ގޮވާލީމެވެ. އޭރު އަހަރެންގެ ދެލޯ ވަނީ ފެންކަޅިވެފައެވެ.
” އަޔާ އެއް ނޫން، އަޔާޒު، އަސްލު އަހަރެން ގުޅީ ޝުކުރު އަދާ ކުރަން ވެގެން، އަހަރެންނަށް ބޭވަފާ ވީތީ، ހިޔެއް ނުކުރަން އެހާ އަވަހަށް އަހަރެންދެކެ ލޯބިވާ މީހަކު ލިބޭނެ ކަމަކަށް، އަހަރެން ނޫނެކޭ ބުނީމަވެސް އަހަރެންގެ އިންތިޒާރުގަ ހުންނާނީ ކިހާ އަހަރެންދެކެ ލޯބިވާތީ، އެކަމް ބައެއް މީހުންނަށް އެއްރޭ އަހަރެން ގެއްލުނީތީ އޭގެ ފައިދާ ނަގައިގެން ،އެންމެ ކުޑަމިނުން ފެނުންތޯ ބަލާލަންވެސް ނޭނގުން” އަޔާ ވަރަށް ހަމަ ޖެހިފައި ވާހަކަ ދެއްކި ނަމަވެސް އަޔާގެ އަޑުގައި ވަނީ ވޭނާ ހިތާމަ އެކުލެވިފައެވެ
އެ ވޭނާ ހިތާމައަކީ އަހަރެންގެ ސަބަބުން ލިބުނު ވޭނާ ހިތާމަކަން އަހަރެން ގަބޫލު ކުރަމެވެ. އެކަމު އަހަރެން އެ ހުރިހާ ކަމެއް ކުރީ ހަމަ އެކަނި އަޔާގެ ހައްގުގަކަން އަޔާ އަށް ވިސްނޭނެ ނަމައެވެ. އަހަރެން ހުރީ އަޔާގެ ވާހަކަ އަޑު އަހާށެވެ. ރައްދުގައި އެއްޗެއް ބުނެފި ނަމަ އަހަރެންނަށް ކެތް ނުވާނެކަން އެނގޭތީއެވެ. އެއްޗެކޭ ނުބުނަން ހުރި ނަމަވެސް އަޔާގެ އެއް ޖުމްލަ ކަންފަތުގައި ގުގުމަމުން ދިޔައެވެ.
” އެހާ ދުވަހު އިންތިޒާރުގަ ޔޭ، ކާކު އަނެއްކާ، އެއީ އެ އަޔާ ފޮރުވި މީހާގެ ކޮއްކޮ ކަންނޭނގެ” އަހަރެންނަށް ހިތާ ހިތުން ބުނެވުނެވެ.
“އަސްލު ގުޅީ ކައިވެނި ކުރަން އުޅޭ ވާހަކަ ބުނަންވެގެން، އަންނަ ހަފްތާގަ، އަހަރެންގެ އެކްސް އަކަށް ވީތީ ދައުވަތު މި ދިނީ” އަޔާ ގެ ޖުމްލައިން އަހަރެންގެ ހިތަށް ދިޔައީ ތޫނު ތަދެއްވެގެންނެވެ. ލޮލުގެ ތެރެއަށް ގިނަވެފައިވާ ކަރުނަތަށް ފައިބައިގަތެވެ.
” ކަ..ކައިވެންޏޭ” އަހަރެންނަށް ގަބޫލު ނުކުރެވިފައި އަޅަ އަޅައިގަންނަމުން ބުނެވުނެވެ.
” ކިހިނެއްވީ، ގަބޫލު ނުކުރެވެނީތަ، މާ އަވަހީ ދޯ، ރީމް ހީކުރީ ރީމް އަހަރެންނަށް ތިހެން ހެދީމަ އަހަރެން ރޮއެ ރޮއެ ހުންނާނެ ކަމަށްތަ، ވަރަށް ބޮޑު ކުންހީއެއް އެއީ، ނަސީބެއް މާނިއު އެހާ ވަރަށް ވިސްނައިދިންކަން އެހެން ނޫންނަމަ ބޭވަފާ ތެރިއެއްގެ ހަނދާނުގައި އުމުރު ހުސްކުރަން ޖެހުނީސް، މާނިއު ކޮއްކޮ އަހަރެންދެެކެ ހާދަހާ ލޯތްބެކޭ އެވަނީ، އެނީވޭސް، އަންނާނެ ކަމަށް އުއްމީދު ކުރަން” އަޔާ އެހެންބުނެ ފޯނު ކަނޑާލިއެވެ.
އަހަރެންނަށް އަޔާ އެ ބުނި ޖުމްލައިން ހުއްޓުން އަރާފަ ހުރެވުނެވެ.
“ވަޓް…އަޔާ މާނިއުގެ ކޮއްކޮއާ އިންނަން އެ އުޅެނީ، އަޔާ ކިޑްނެޕް ކުރި މީހާ ބުނީ އޭނަގެ ކޮއްކޮ އަޔާދެކެ ލޯބިވާ ވާހަކަ، އަޔާއަށް ވިސްނައިދީގެން އޭނަގެ ކޮއްކޮއާ ގުޅުވާނެ ވާހަކަ، އެހެންވީމަ އަޔާ ކިޑްނެޕް ކުރި މީހަކީ މާނިއު، އަނެއްކާ އަޔާ ބުނި އަހަރެން އަޔާގެ ހަބަރެއް ވީތޯ ވެސް ނުބަލައޭ، އެކަމް އަހަރެން ގުޅި ވަރު އެންމެ ރަނގަޅަށް އެނގޭނީ މާނިއުއަށް، އެހެންވީމަ މިހުރިހާ ނުބައެއް މިހަދަނީ ނާޒިމް އާއި މާނިއު އެއްބަސް ކިޔައިގެން” އަހަރެންނަށް އަޑުގެ ނެތްތަނަށް ބުނެވުނެވެ. އެއާއެކު އަނގަމަތީ އަތް އަޅާ ބާރަށް ރޮއެ ގަނެވުނެވެ.
” އެހެން ނުވާނެ، އަހަރެން ތި ކައިވެނި ކުރިޔަކަ ނުދޭނަން، އަޔާގެ ދިރިއުޅުން ހަލާކުވިޔަކަ ނުދޭނަން، އަޔާއަށް ލަޑު ދިނީ އަޔާގެ އެންމެ ގާތް އެކުވެރިޔާކަން އަޔާއަށް އަންގަދޭނަން” އަހަރެން ދެލޯ ފުހެލަމުން އަވަހަށް އަޔާއަށް ގުޅީމެވެ. އެހެންނަމަވެސް ރިންގްވެ ނިމުން އިރުވެސް އަޔާ ފޯނެއް ނުނަގައެވެ.އަހަރެން އަނެއްކާވެސް އަޔާއަށް ގުޅީ ލަސްކުރެވޭ އެންމެ މިނެޓަކީވެސް އަޔާއަށް ލިބޭ ގެއްލުމަކަށް ވާތީއެވެ.
” ހަލޯ، ޕްލީޒް، އަޔާ، ފޯނު ނުބާއްވާތި، އަހަރެން ވަރަށް ބޮޑު ވާހަކައެއް ބުނަން ވެގެން، އަހަރެން ބޭނުން އަޔާއާ މީޓް ކުރަން،މިރޭ ރަސްފަންނަށް 8 އެހާ އިރު އައިސްދީ، އެކަނި އަންނާނީ، އަހަރެން ދެކެ ހަގީގީ ލޯބި ވީ ނަމަ އަޔާ އަންނާނެ، ޕްލީޒް، ވަރަށް މުހިންމު، ވަގުތު ބޭކާރު ކުރެވޭކަށް ނެތް، އަޔާ ކިޑްނެޕް ކުރީ މާނިއު، އަހަރެން އަޔާއާ ބޭވަފާތެރިވީ ކަމުގެ ގޭމް ޖައްސަން މަޖުބޫރު ކުރުވީވެސް މާނިއު،ވަރަށް ބޮޑަށް އޮޅުވާލާއިގެން އެ އުޅެނީ، ޕްލީޒް އައިސްދީ، ފޯނު ދެއްކޭ ކަހަލަ ވާހަކައެއް ނޫން،ޕްލީޒް” ފޯނު ނެގުމާއެކު އަހަރެންނަށް އެއްނޭވާއިން ބުނެވުނެވެ. އެއާއެކު އަޔާ އާ އެކޭ ބުނުމަށްފަހު އިތުރު ވާހަކައެއް ނުދައްކާ ފޯނު ބޭއްވިއެވެ.
ސުބުހާނައްލޯހި، ކޮންފަދަ ކަންތައް ގަޑެއް މީ، އެންމެ ގާތް އެކުވެރިޔާ ވިއްޔަ، ލޯތްބަކީ ގަދަބާރުން ހޯދޭނެ އެއްޗެއް ނޫން، ކީއްވެތަ އެމީހުންނަށް ނުވިސްނެނީ، ނަސީބެއް އަޔާ ގުޅިކަން، އެހެން ނޫންނަމަ އަހަރެންނަކަށް ނޭނގޭނެ މިހުރިހާ ނުބަޔަކީ މާނިއުކަން، މާނިއު ހިޔެއް ނުކުރާނެ އަޔާ އަހަރެން ކައިރީ އެ ހުރިހާ އެއްޗެކޭ ކިޔާނެ ކަމަކަށް، މިރޭ އަޔާއަށް ހުރިހާ އެއްޗެއް ކިޔައިދޭނަން” އަހަރެން އާ އަޒުމާއެކީ އަމިއްލަ ނަފްސަށް ބުނީމެވެ.
ވަގުތު ފާއިތުވާލެއް ލަސްވެގެން އަހަރެން ސިޓިންގްރޫމްގައި ގަޑިއަށް ބަލަބަލަ އިނީމެވެ. އިރުކޮޅެއް ނުވެ ކޮޓަރިން ނުކުމެގެން އައީ ދޮންމަންމައެވެ. ދޮންމަންމަގެ މޫނުމަތިން ދެރަވުމުގެ އެއްވެސް ނިޝާނެއް ފެންނާކަށް ނެތެވެ.
” ވަރަށް ޑިސަޕޮއިންޓްވެފަ ދޯ ތިހިރީ ނާޒިމްއާ އަހަރެން ނީންނާނެ ކަން އެނގޭތީ” ދޮންމަންމަ އަހަރެންނާ އަރާ ހަމަވުމުން އަހަރެން ބުނެލީމެވެ.
” ނޫނޭ، އަހަރެން ކޮންކަމަކާ ޑިސަޕޮއިންޓު ވާންވީ، ދެންވެސް ގެއާ މުދަލާ ލިބޭނީ މަށަށް، ގައިމުވެސް ހުވަފަތް ވެފަ އިނީމަ މި މުދާ ބަހާނެތާ،ކަލޭގެ ބައްޕަ ބުނީ މުދާ ބެހުމާ އެ ހުރިހާ އެއްޗަކަށް ބަދަލު ގެނައި ވާހަކަ، އަހަރެން ނުވިސްނާ ހުއްޓާ އަހަރެންގެ ސޮއެ ބޭނުން ކޮއްގެން ބަދަލު ގެނެސްފި، ޔަގީނުންވެސް ހުވަފަތް ވީމަ ލިބެން ޖެހޭނެއެއްނު، މި މުދަލާ ހުރިހާ އެއްޗެއް ބަލަހައްޓާނެ އިތުރު މީހަކު ނެތެއްނު” ދޮންމަންމަ ވަރަށް ހަމަ ޖެހިލާފަ ބުންޏެވެ.
ދޮންމަންމަ ބުނާ ގޮތުން ދޮންމަންމަ ވަރި ނުކުރެވެ. ބައްޕަ ހަމައެކަނި ބުނީ އެ ލިޔެކިޔުންތަކަށް ބަދަލު ގެނައި ވާހަކައެވެ.
” ރަނގަޅު ވާހަކައެއް، މިހުރިހާ މުދާ ބަލަހައްޓާނެ މީހަކު ބޭނުންވާނެ، ދޮންމަންމަ ހާސްނުވޭ، ބައްޕަގެ ދަރި އަދި ދުނިޔޭގަ އެބަހުރ،ި މިހުރިހާ މުދަލަކާ ގެއާ، ބައްޕަގެ ހުރިހާ އެއްޗެއް މިވަނީ އަހަރެންގެ ނަން މަތީގައި، މިވަރު ކައިވަތެއް ވެސް ލިބޭނީ އަހަރެން ދިނިއްޔާ” އަހަރެން ދޮންމަންމަގެ ކުރިމައްޗަށް އަރާ ބުނެލީމެވެ. އަހަރެންގެ ޖުމްލައިން ދޮންމަންމަ ހުރީ ގަބޫލު ނުކުރެވިފައެވެ.
” އަދި ބުނަން، އަހަރެންނަށް އޯކޭ، އިއްދަ ހަމަވަންދެން މިގޭގަ ހުއްޓަސް، ހަމަވަން ވާއިރަށް ތަނެއް ހޯދަން ފަށާ އަވަހަށް” އަހަރެން އެހެން ބުނެ ގޮސް ކޮޓަރިއަށް ވަނީމެވެ.
ރޭގަނޑު ހަތް ގަޑި ބައި ވުމާއެކު އަހަރެން ގެއިން ނުކުމެގެން ރަސްފަންނަށް މިސްރާބު ޖެހީމެވެ. މަޑު ހިނގުމުގައި ގޮސް އެތަނުން ގޮނޑިއެއްގައި ހަމަ ޖެހިލާ އިށީނީމެވެ. އެހިސާބުން މަދު މަދުން ނަމަވެސް މީހުން ފެންނަމުން ދެއެވެ. އިރުކޮޅަކާ އަހަރެންނަށް ގަޑިއަށް ބަލާލެވެއެވެ. މިހާރު އަށެއް ޖަހަން ފަސް މިނެޓަށް ވީއެވެ. ގަޑި ކައިރި ވާ ވަރަކަށް އަހަރެންގެ ހިތް ދިޔައީ އޮބި ނޯންނަ ވަރަށް ތެޅެމުންނެވެ. އަޔާގެ ކުރިމައްޗަށް އަރާ ވާހަކަ ދައްކަން ހިތްވަރު ލިބޭނެ ބާއޭ އަހަރެންގެ ހިތަށް އަރަމުންދިޔައެވެ.
އިރުކޮޅެއް ނުވެ ފޯނަށް މެސެޖެއް އައުމުން އަހަރެން ބަލާލީމެވެ. އެއީ އަޔާގެ މެސެޖެކެވެ. އަހަރެން އަވަސް އަވަހަށް އެ މެސެޖް ކީމެވެ.
” ސޮރީ، ލަސްވީމަ، ކުޑަ ކަމެއް ޖެހިގެން މިއުޅެނީ، ހެންވޭރު ފިނިހިޔާ އެގެ ކައިރިއަށް އައިސްދީ އޭރުން ހަމަ ޖެހިގެން ތި ވާހަކަ ދެއްކޭނީ” އަހަރެންނަށް މެސެޖް ކިޔާ ނިމުން ގޮތަށް ޕިސްޕިސް ޖަހާލެވުނެވެ.
” އަޅެ، މާފަންނުން، ހެންވޭރަށް ދާން، ކިހާ ދެރަކަމެއް، ކޮންމެ ގޮތެއް ވިޔަސް ނުގޮސް ވާކަށް ނެތް، މާނިއުގެ ކަންތަށް އެބަޖެހޭ ނިންމަން” އަހަރެން ހިތާ ހިތުން އެހެން ބުނެ ޓެކްސީއެއް ހޯދައިގެން އެ އެޑްރެހަށް ދިޔުމަށް ދަތުރު ފެށީމެވެ.
ގާތް ގަޑަކަށް ފަނަރަ މިނެޓްގެ ދަތުރަކަށްފަހު އެ ބުނި ތަނަށް ދެވުނެވެ. އެތަން އިންނަނީ ހިމަ ގޯޅި ގަޑެއްގެ ތެރޭގައެވެ. އެހިސާބަށް ގޮސް އަހަރެން އަޔާއަށް ގުޅީމެވެ. ފޯނު ބިޒީ ކޮއްލުމަށްފަހު ފޮނުވީ މެސެޖެކެވެ.
” ކުރިމަތީ ހަދަން ފަށާފަ ހުރި އިމާރާތުގެ ފަސްވަނަ ބުރި” އަހަރެންނަށް މެސެޖް ކިޔާލެވުނެވެ.
އަދި މަޑުމަޑުން ގޮސް އެ އިމާރާތަށް އަރަން ފެށީމެވެ. އަނދިރި ކަމުން އަަހަރެން ދިޔައީ ފޯނުން އަލި ކުރަމުންނެވެ. ފަސްވަނަ ބުރިއަށް އެރުން އިރު އަހަރެންނަށް މައި ނޭވާ ލެވޭ ވަރުވެއެވެ. އެތާނގައި މަޑު އަލިކަމެއް ހުރުމުން ފޯނުން ލައިޓް ނިވާލުމަށްފަހު މަޑު ހިނގުމުގައި އެތެރެއަށް ވަނީމެވެ. ވެފައިވި ވަރުބަލިކަން ގޮނޑީގައި އިން އަޔާފެނިފައި ފިލައިގެން ދިޔައެވެ.ތަންކޮޅެއް ކައިރިއަށް ޖެހިލީ އަޔާގެ މޫނަށް އަނދިރި އެޅިފައި ވުމުން އެހާ ސާފުކޮށް ނޭނގެތީއެވެ.
” އަޔާ ކީއްކުރަން، މިތަނަށް ތި ގެނައީ، އަހަރެން ވަރުބަލި ވެއްޖެ، އެކަމުވެސް ހިތްވަރު ކޮއްލާފަ މިއައީ މާނިއުގެ ވާހަކަ ބުނަން ވެގެން، އަޔާ އަށް އެނގޭތަ މާނިއު…….
އަހަަރެންނަށް ބުނެވުނީ އެވަރަށެވެ. ކުރިމަތިން ފެނުނު މީހާ ފެނިފައި އަހަރެންގެ ދެލޯ ބޮޑުވިއެވެ.
ނުނިމޭ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
18 Comments!
Comments are closed.




Hii hurihaa kudhin.miothy 15th part. Reethi vaane kamah uhmeedhu kuran❤️❤️❤️??
Stay safe❤️
Stay home❤️
VVVV reethi maashs allah???????
Thank you so much Ram❤️??
Vrrrr Reethi mipartves waiting for the next part ☺️☺️☺️☺️☺️☺️☺️
Thank you so much Shaima shaee❤️❤️❤️
Wow mi part ves vrh sali as usual ???❤❤❤???????????????????❤❤❤
Masha Allah ???
Wahtttt Maaniu nuvaane dhw ehen hadhaakah????????? aley keekuraanee dhw??????
And ayaa kaavenikuran thr eoleny?????? hope e kaavenigadu nukureveythooo???
And reem aa ayaa guluvaadeychey ?❤❤ingey sis????❤❤❤❤❤
Waiting for the next part ??❤❤
Love uuuu??❤❤❤
Stay safe??❤❤❤
Thank you so much.asluvess maaniu hurihaa nubaeh hedhee.dhen hingaa vaa gotheh balaalamaa dhw❤️❤️❤️??
Aaan hithaaraa vaahaka thereah vadefaa maaniu karuaalaalaanamey ves?????????????????????????
Hahah. Ril thibunee thedheh.maaniu ah gotheh nahadha neii vaakah???
Varah reethi mi part ves curiously waiting for the next part
Thank you so much starlight vixx❤️❤️❤️
Buniimehnu mi part dhigu kohdheynamey.. alhe dhigu koh genesdheeba pls pls.. haadha reehchey mivaahaka???♥️♥️♥️
Kuree dhw adhivess.dhen part dhigu kohlaanan. Varah ufaavehje story kamu dhiyaima❤️❤️
Vrh reethi mi part ves,.. curiously waiting for the next part..
Thank you Anaa naako❤️❤️
Varah rythi mi story
When is next part?
Thank you so much luyoona❤️❤️maadhan next part?
When next