މާނިޝްގެ އޯގާތެރިކަން ރާޔާއަށް ލިބެން ފެށިއެވެ.ދެކުދިން ގޮވައިގެން އުޅެން އުނދަގޫކަމެއް ކަމަކަށް ރާޔާ ނުދެކެނީ އެހެންވެއެވެ. ހެނދުނު އޮފީހަށް ދާ ގޮތަށް އަންނަނީ ހަވީރެވެ. ދެން އޭނާ ބޭރަށް ނުގޮސް ވަރަށް އިރުވަންދެން ގޭގައި އުޅެއެވެ. ” މާން… މިއަދު ކޮއްކޮ މެރީ ކުރަނީނު… ” އެއްޗެހި ފަތްޖަހަން އިނދެ ރާޔާ ބުނެލިއެވެ. ” ހޫމ…. ” މާނިޝް ހުރީ ރާޔާއަށް ބަލާށެވެ. ” ކީއްވެ ތިބަލަނީ… ” ރާޔާ ލަދުރަކި ގޮތަކަށް އަހާލިއެވެ. ” މިހާރު […]
ވިކާޝް ގެއަށް އައިސް ބަލާލީ އާނިޔާ ކޮބާތޯއެވެ. ގޭތެރެއިން އާނިޔާ ފެންނަން ނެތުމުން އޭނާ މިސްރާބުޖެހީ ގިފިއްޔާއި ދިމާއަށެވެ. ގިފިލި ދޮރާއި އަރާ ހަމަވީތަނުން އާނިޔާ ނުކުތެވެ. އޭނާ ހީލީ ވިކާޝް ފެނުމުންނެވެ، ” ވަރަށް ބަނޑުހައިވެގެން މިއައީ….” ވިކާޝް ބަނޑުގައި އަތްޖައްސާލަމުން ބުނެލިއެވެ. އާނިޔާ ވިކާޝްގެ އަތުގެ މުލައްދަނޑީގައި ހިފާލަމުން ހިނގައިގަތެވެ. ވިކާޝް އެއް އަތުން އާނިޔާގެ އުނގަނޑުގައި ހިފާލިއެވެ. ” މިޔަދުވެސް މީރު އެއްޗެއް ހަދާލީތަ މާ ހެވިފައި ތި ހުންނަނީ ؟ އާނީ […]
” އޭ ނޫން ނޫން… މަ ބޭނުމެއް ނޫން… ” ހެމުން ހެމުން މާނިޝް ބުނެލިއެވެ، ” ހޭ މީ ކަޔެ ނުބޯއެއްޗެއްތަ؟ މާ ނޫންކަމަށް ހެދެނީ… ” ސޮޓީ އެދަޅު މޭޒުމަތީ ބަހައްޓަމުން ބުނެލިއެވެ. ” މިހާރު އެއްކޮށް ދުރުވެއްޖައިން.. ” މާނިޝް ބުނެލިއެވެ. ” މަ ބުނެފާނަން.. އަންހެނުން ގާތު ބުނާނެ ކަމެއް ނެތް އޮފީހުން ކަނޑާލިވާހަކައެއް…އޮފީހަށޭ ކިޔާފަ އާދޭ މިތަނަށް.. ” އެޑަމް ކޯވަރެއް އަނގަޔަށް އަޅާލަމުން ބުނެލިއެވެ. ” މަށަކަށް ދޮގެއް […]
” ދޮންތާ! ރިޔާޒް މިޔަދު އަންނާނެ… ” އައިންތު އެހެން ބުނުމުން ރާޔާ ވަރަށް އުފާކުރިއެވެ. ” އަސްލު؟ އަވަހަށް އުޅޭ ދޯ މީރު ކާއެއްޗެއް ތައްޔާރުކުރަން..” ރާޔާ އާއި އައިންތު އަވަސްވެގަތީ ބަދިގޭގެ މަސައްކަތްތައް ނިންމުމަށެވެ. ” މީރު ކާއެއްޗެއް ހަދަން މާ ބޮޑަށްވެސް ލަސްވެއްޖެ… ” ވަދެގެން އައި ރިޔާޒް އެހެން ބުނުމުން ރާޔާ އާއި އައިންތުއަށް ސިހުން ލިބުނެވެ. ” ވަޓް އަ ސަޕްރައިޒް.. ” ރާޔާ ބުނެލިއެވެ. އައިންތު ހުރީ ލަދުން […]
މިހާރަކަށް އައިސް އަހަންނަށް އަބަދުވެސް ހުރެވެނީ ބިރުގަނެފައެވެ. ފެންނަ ފެނުމަށް ވިކާޝްވެސް ހުންނަނީ އެފަދަ ޙާލެއްގައެވެ. ދެމީހުންގެ ދެމެދުގައި އުފެދިފައިވާ ދުރުމިންވެސް މިހާރު އެކަކު އަނެކަކަށް އިހުސާސްކުރެވެން ފެށިއެވެ. އަހަރެން މިހާ ބިރުން އުޅޭއިރުވެސް ވިކާޝް އަހަރެން އެހެންތަނަކަށް ބަދަލުކުރަން ނޫޅޭތީ އަހަރެންގެ ހިތުގައި ސުވާލު އުފެދިފައިވެއެވެ. އަހަރެމެން މިއުޅެނީ ނާމާންގެއެއްގައިކަން އަހަންނަށް ކަށަވަރެވެ. ޖިންނީންގެ ވާހަކަ އަހަރެން މީގެ ކުރިންވެސް އަހާއުޅެމެވެ. އަނެއްކާ ޖިންނިއެއްގެ ލޮލުގައި އަހަރެން އަޅައިގަތީނޫންބާވައޭ އަހަރެންގެ ހިތަށް އެރިއެވެ. އެކި ޙިޔާލުތަކުގައި […]
ގެއަށް އައިސް ވަނުމަށްފަހު ކޮޓަރިއަށްވަދެ ތަޅުލިއެވެ. އަދި ދޮރުގައި ލެނގިލުމަށްފަހު މާނޭވާ ލާންފެށިއެވެ. ” މާތްކަލާކޯ…. އެހެން މީހުންގެ ކިބައިން މަގޭ ހިމާޔަތްކުރަން އައި މީހާ އެހުރީ ހުރި ސިފަ.. ދެން އަޅެ އެހެން މީހުން ކިހިނެތްބާ ތިބޭނީ؟ އެހެރަ ބޮލެއް ހީވަނީ ކުރެދިގަހެއް ހެން.. މިހާރު މިއުޅޭ މީހުން އުޅޭ ގޮތެކޭ ހިތައް އަރާ…. ” ކުނޑި ކިޔަމުން ކިޔަމުން ރިޔާޒް ކޮބާތޯ ބަލާލަން ދިޔައިރު ރިޔާޒް އުޅެނީ ކޮޓަރީގައެވެ. ” އޭތް ކޮއްކޯ… މާދަމާ […]
މިވާހަކައަކީ އަޅުގަނޑުމެން މުސްލިމް އަންހެން ކުދިންނަށް މި މުޖުތަމަޢުގައި އާއްމުކޮށް ދިމާވާ މައްސަލަތަކުން ބައެއް ކަންތައްތަކަށް އަލިއަޅުވާލެވިފައިވާ ވާހަކައެކެވެ. އަދި މިވާހަކައިން ޢިބްރަތް ލިބިގަންނާނެކަމަށްްވެސް އުއްމީދުކުރަމެވެ *********************************** ” އަހަރެމެންގެ ދިރިއުޅުމުގަ ޖެހިފައިވާ އެތައް ލައްތަކެއް ނުހަނު އުނދަގުލުން ފިލުވައިދިނީމެވެ. ވަރުގަދައަށް ރާނާފައިވާ އެތައް ފާރެއް ތަޅާ ތިރިކޮއްދިނީމެވެ. އެކަމަކުވެސް މިހިތަށް ޝިފާއެއް ދެވޭވަރު އަދިވެސް ނުވަނީހެއްޔެވެ؟ ދުރުވާކަށް ބޭނުމެއް ނޫނެވެ، އަބަދުވެސް ބޭނުންވަނީ ކައިރީގަ ހުރުމަށެވެ. ވެވެން ހުރި ހުރިހާ ޤުރުބާނީއެއްވެސް މިވަނީ ކަލާއަށްޓަކައެވެ. ކީއްވެކަން […]
ވިކާޝް ބޮލުގައި ދެއަތުން ތަޅަމުން ރޮމުންދާ މަންޒަރު ދެކެން އަހަރެންނަށް ކެތްނުވިޔަސް އަހަރެން އޮތީ އޭނާއަށް އަޅާލެވޭ ފަދަ ޙާލަތެއްގައެއް ނޫނެވެ. އަހަރެން ދެރަވިއެވެ. އެހެނަސް މިވަގުތު މުޙިއްމީ އެކަން ހާމަކުރުމެއް ނޫނެވެ. އަހަރެންގެ ހިތް ބުނަނީ އަހަރެންނަށް ދިމާވާ ކަންކަމުގެ ހަޤީޤަތް ވިކާޝްއަށް އެނގޭނެކަމަށެވެ. ” އަހަރެންނަށް މިހެން މި ވަނީ ކީއްވެ؟ އަހަރެން.. ދެންމެ ވިކާޝް އާއި މި ދެއްކި ވާހަކަތަކުގެ މާނައަކީ ކޮބާ ؟ “ އަހަރެން ވަރަށް އުނދަގުލުން ބުނީމެވެ. ވިކާޝް […]
ސިހިފައި އަހަންނަށް ހޭލެވުނެވެ. އޭރު އަހަންނަށް މާނޭވާ ލެވެއެވެ. ކައިރީގައި ނިދާފައި އޮތް ވިކާޝް ފެނުމުން ހިތްހަމަޖެހުން ލިބުނެވެ. އަހަރެން ގަޑިބަލާލީމެވެ. ގަޑި ފެނުމާއި އެކު ހިތުގައި ބިރުވެރިކަން އުފެދުނެވެ. 2:30 ވީއެވެ. އަހަރެން އޮތީ އަޑެއް އިވޭތޯއެވެ. ނިދަންވެސް ނުކެރިފައެވެ، އެހެން ނުނިދި ތެޅިތެޅި އޮވެ އަހަރެންނަށް ނިދި ޖެހެން ފެށި އިރު ހަތަރެއްވެސް ޖަހާފާނެއެވެ، ************************ ގޯތިތެރޭގައި އެލުވާފައިވާ އުދޯލީގައި އަހަރެން އޮތީމެވެ. ހެއްލާލަ ހެއްލާލައެވެ. ގެ ހުރި މަގުމަތިން ވަރަށް މަދުން ނޫނީ […]