ހިތް މިއެދޭ ސޫރައޭ ތީ މަގޭ ( 2ވަނަ ބައި )
” ހޫމ… މިއީ ދޮންބެގެ ވެސް އެޕާރޓްމަންޓެކޭ… އެހެންވީމަ ދޮންބެ އުޅޭނީ މިތާނގައެއްނު… ޔަޝް ހިތްހަމަ ނުޖެހުނީތަ؟ ” ދީނާ ފާޑަކަށް އަހާލިއެވެ.
” ނޫން… އެހެނެއް ނޫން.. ކީއްވެ ހިތްހަމަ ނުޖެހެންވީ؟ އަހަރެން މިދަނީ ގިޓާ ޕްރެކްޓިސްކޮއްލަން… ” އަވަސް އަވަހަށް ޔަޝްމީ ކާ ކޮޓަރިން ނުކުތެވެ.
ސައިތައްޔާރު ކުރުމަށްފަހު ދީނާ އިމްރާންގާތަށް ދިޔައެވެ.
” ދޮންބޭ.. ހިނގާ ސައިބޯން ދަމާ… ” ދީނާގެ ޖުމުލަ އާއި އެކު ކައިރީގައި ހުރި މޭޒުގައި ލެޕްޓޮޕް ބެހެއްޓުމަށްފަހު އިމްރާން ތެދުވިއެވެ.
” ޔަޝް… އިހަށް އާދޭ ސައިބޯން… ” ކާ ކޮޓަރިއާއި ދިމާލަށް ދަމުން ޔަޝްމީގެ ކޮޓަރި ދޮރުހުޅުވާލަމުން ދީނާ ގޮވާލިއެވެ. ޔަޝްމީ ހުރީ ކުޑަކޮށް ރަކިވެފައެވެ. އެކަމަކުވެސް އޭނާ އައެވެ.
” ދޮންބެ ދެން ރާއްޖެތެރޭގެ ދަތުރު ކިހިނެތްތަ؟ ދެން އަހަންނަށް ފަހަރިއެއް ހޯދައިދޭނީ ކޮންދުވަހަކުން؟ ޔަޤިން ތި ދަތުރުގަ ސަޅި ކުއްޖަކު އަތު އަޅުވާލާނެކަން…. ” ރޮށިކޮށަމުން ދީނާ މަޖާގޮތަކަށް ވާހަކަ ދައްކަމުން ދިޔައެވެ.
” ނޫނޭ… ރާއްޖެތެރެއިން ރީތި ކުއްޖަކު ނުދެކެން… އެކަމަކު މާލެ އައި ފަހުން ވަރަށް ރީތި ކުއްޖަކު ފެނިއްޖެ… ” ވައްލޮލުން ޔަޝްމީ އާއި ދިމާއަށް ބަލާލަމުން އިމްރާން ބުނެލިއެވެ. ޔަޝްމީއަށް އެކަން ފާހަގައެއް ނުކުރެވެއެވެ.
” ޔަޝްމީ ހުންނާތީ ދީނާ ވަރަށް ފަޅުފިލާދޯ.. ” ޔަޝްމީ ވާހަކަ ދައްކާ އަޑު އެހުމުގެ ބޭނުމުގައި އިމްރާން ބުނެލިއެވެ. ޔަޝްމީ ސައިތަށި އެއްފަހަރާ ބޯލިއެވެ.
” ހޫނ.. އެކަމު މިހާރު އޭނަ ކޮންމެ ރެޔަކު އަށަކުން އެގާރައަށް ކްލާހަކަށް ދާތީ އެގަޑީގަ ވަރަށް ވައި… ” ދީނާ ޔަޝްމީއަށް ބަލާލިއެވެ. އިމްރާންވެސް ބަލާލީ ޔަޝްމީއަށެވެ. އޭރު ޔަޝްމީ އިނީ ފެންބޯށެވެ. އިމްރާންއަށް ފެނުނީ އެހެން އެއްޗެކެވެ. ޔަޝްމީގެ ހުދު ބިއްލޫރި ކޮޅެއްފަދަ ކަނދުރާގެ ތެރެއިން ފެންތައް ދާތަން ފެންނަހެން ހީވިއެވެ.
” އެކަނިތަ އަންނަނީވެސް؟ ” މަޑުމަޑުން އިމްރާން އެހީ ސީދާ ޔަޝްމީގެ ގާތުއެވެ. ޔަޝްމީ ބޯޖަހާލިއެވެ. ދީނާ އިނީ ކެއުމާއިގެންނެވެ.
” އަހަރެން ޔަޝްމީ ގެންގޮސް ގެނެސްދީ ހަދާފާނަން..އެގަޑީގަ ނުވާނެ އެކަނި އުޅޭކަށް.. ” އިމްރާންގެ އެ އޯގާތެރިކަމެއް ޔަޝްމީ ބޭނުމެއް ނުވިއެވެ.
” ނޫން.. އިމްރާންއަށްވެސް ފަސޭހަކަމަކަށް ނުވާނެ…. އަހަރެންނަށް އޯކޭ އެކަނި އަންނަންވެސް… ” މޭޒުމަތީގައި ހުރި ތަށިތައް ނަގަމުން ޔަޝްމީ ތެދުވިއެވެ. އިމްރާން އިސްޖަހާލިއެވެ. އަވަހަށް ފެންތަށި ބޯލައިގެން އޭނާ ނުކުތީ ސިޓިންގ ރޫމަށެވެ.
” އަޅެ ދޮންބެ އާއި އެކު ކާރުގަ ދާނަމަ… ކިހާ ރަނގަޅުވާނެ… ” ދީނާ އެހެން ބުނުމުން ޔަޝްމީ ލޯ ކުޑަކޮއްލިއެވެ.
” ޕްރައިވޭޓް ކާރެއްތަ؟ “
” ހޫމް… ކާރެއްވެސް އޮވޭ.. އެކަމު އެ ފިނޑި ކަމުން ނުކެރޭނެ ބިޓެއް ގޮވައިން ދުއްވާލަން ދާކަށްވެސް……. ” ދީނާ މޭޒުކައިރިން ތެދުވަމުން ބުނެލިއެވެ.
*******************************
މިރޭގެ މިޔުޒިކް ކްލާހަށް ދިޔުމަށްޓަކާ ރީތި ވެލައިގެން ޔަޝްމީ ނުކުތެވެ. އޭރު ދޮރުމަތީގައި އިމްރާން ހުއްޓެވެ. ކަޅު ޖީންސަކާ ފެހި ކުލައިގެ ޓޮޕެއްގައި މިހުރި ޕަރީއެއްފަދަ އަންހެން ކުއްޖާ އަހަންނާއި އެކު އުދުއްސައިގަންނާނެ ނަމައޭ އިމްރާންގެ ހިތައް އެރިއެވެ. ކަންފަތުގައި ލައިފައިވާ ފެހި ކުލައިގެ އެލޭ އެސް ކޮނޑުގައި ޖެހި ހެލި ހެލި ހުއްޓެވެ. ތުންފަތުގެ މަތިން ކަނާތް ފަރާތުގައި އެއިން ކަޅުތިލައިން އެ ރީތި މޫނު އިތުރަށް ޗާލު ކޮއްލައެވެ. އިމްރާންއަށް ބަލަން ހުރެވުނެވެ. ޔަޝްމީ އިމްރާނަށް ބަލާލި އިރު އޭނާ ބަލަން ހުރުމުން ހީލިއެވެ. އެވަގުތު ދެކޮލުންގައި އިން ޑިންޕަލް ފެނުމުން އެއީ ރީތި ކުއްޖެއްގެ ގޮތުގައި ހިތް ކަށަވަރު ކުރުވިއެވެ. ފުރަގަހުގައި އަޅުވާފައިވާ ގިޓާ ފެނުމާއި އެކު އިމްރާންގެ ހިތުގައި ސުވާލު އުފެދުނެވެ.
” ކޮންތާކަށް ތިދަނީ؟ ” އިމްރާން ކުއްލިއަކަށް ސުވާލުކުރިއެވެ. ޔަޝްމީ ހީލަމުން ބުނެލިއެވެ.
” މިދަނީ މިޔުޒިކް ކްލާހަކަށް.. ” ޔަޝްމީ އިސްޖަހާލިއެވެ. އިމްރާން ދެ ފިޔަވަޅުން ޔަޝްމީގެ ގާތަށް އައިސް ހުއްޓުނެވެ.
” އޭ މަވެސް މިއުޅެނީ މިޔުޒިކް ކްލާހަކަށް ދާން…. ” އެހެން ބުނުމާއި އެކު އިމްރާންގެ އަތުގައި އޮތް ފޯން ރިންގްވިއެވެ.
” ހޭ ނިކް… މިދަނިއްޔޭ،، އަދި ގަޑިއެއްވެސް ނުޖެހެ އެއްނު… އޯކޭ އޯކޭ ބަޑީ…. ” އިމްރާން އެހެން ބުނުމުން ކައިރީގައި ހުރި ޔަޝްމީގެ ދެލޯ ބޮޑުވިއެވެ. އޭނާ ހާސްވާގޮތްވިއެވެ. އިމްރާންވެސް އެދަނީ އެތަނަށްކަން އިނގުނެވެ. އަދި އެއީ ނިކްގެ ފްރެންޑެއް ކަންވެސް އިނގުނެވެ.
” އާނ ޔަޝްމީ…. ކޮންތާކު ހުރި ތަނަކަށް ތިދަނީ؟ ” ފޯނު ޖީބަށް ލަމުން އިމްރާން ބުނެލިއެވެ. ގިޓާ ބޭގްގައި ހަރުކޮއްފައިވާ ވާގަނޑަށް ދަމާލަދަމާލަ ހުރި ޔަޝްމީ މަޑުމަޑުން ވާހަކަ ދައްކަން ފެށިއެވެ.
” އިމްރާންވެސް ދާން ތިއުޅޭ ތަނަށް މިދަނީ… ނިކްގެ ކްލާހަށް.. ” ޔަޝްމީ އެހެން ބުނުމުން އިމްރާންއަށް ހީވީ މަތިން ޗާންސް ގަނޑެއް ވައްޓާލިހެންނެވެ.
” ދެން އުޅޭ މަށާއެކު ކާރުގަ ދާން..” މަގު ހުރަސް ކުރުމަށް އެދެމުން އިމްރާން ހިނގައިގަތެވެ. ޔަޝްމީވެސް ދިޔައެވެ.
” ގިޓާ ކުޅެން އެނގޭތަ؟ ” އިމްރާން އެހިއެވެ. ޔަޝްމީ ބޯ ހޫރާލިއެވެ.
” އައްދެ… ދެން ކިހިނެތް ބައިވެރިވަނީ… ވަރަށް ސަޅި ޝޯ އެއް ދޭކަށްނު ނިކް އެ އުޅެނީ… ނިކް ބުނި ގިޓާ ކުޅެން އެނގޭ ކުދިންނަށް ލަވަކިޔާށޭ ދަސްކޮއްދެނީ………” ޔަޝްމީއަށް ބަލާލަމުން އިމްރާން ބުނެލިއެވެ.
” ނިކް އެއީ ރައްޓެއްސެއްތަ؟ ” ޔަޝްމީ އަވަސް އަވަހަށް ބުނެލިއެވެ. އިމްރާން ހޭންފެށިއެވެ.
” އާނ ކިހާ ވަރުގަދަ ރައްޓެއްސެއް… މަޖީދިއްޔާއިން ދެމީހުން އެއްކޮށް ކިޔަވާ ނިންމާފަ އަދި މެލޭގަ އޮތް ދެ އަހަރު ދުވަހުގެ ކޯހެއްވެސް ހެދިން ހަމަ އެއްކޮށް.. އެއީ މިޔުޒިކް އިންސްޓްރަކްޓަރަކަށް ވުމަށް.. އަހަރެން އަސްލު ޝައުޤުވެރިކަން ނުހުންނާތީ ކޯސް ހަދާފަވެސް އެ ކެރިއަރ ދޫކޮއްލީ.. އެކަމު ނިކް ބަލާބަ މަޝްހޫރުކަން.. އަންހެން ކުދިންވެސް އެތިބެނީ މަށަށް މަށަށް ކިޔާލަ ކިޔާލަ… ” އިމްރާންގެ ވާހަކަ އަޑުއަހަން ޝައުޤުވެރިކަމާއި އެކު ޔަޝްމީ އިނެވެ.
” ގިޓާ ކުޅެން އިނގޭދޯ… ” ޔަޝްމީ އަވަސް އަވަހަށް އެހިއެވެ.
” ދަސްކޮއްދޭންވީތަ؟ ދަސްކޮއްދެވިދާނެ ހަމަ… ވަކި ނިކް އަށްވުރެން އެންމެ ތަންކޮޅެއްވެސް ނުވާނެ ދެރައެއް…… ” އަނެއްކާވެސް ޗާންސް ގަނޑެއް ލިބުނީތީވެ އިމްރާން ހުރީ ވަރަށް އުފަލުންނެވެ.
” އޯކޭ ވަގުތު ވީ ވަރަކުން ދަސްކޮށްދިނަސް…. ..” ޔަޝްމީ ހިތާއި ދެކޮޅަށް ބުނެލިއެވެ.
****************************
ހޯލަށް ވަތްތަނުން ނިކް އައިސް އިމްރާންގައިގައި ޖަހާލުމަށްފަހު ބައްދާލިއެވެ. އިމްރާންގެ ކައިރީގައި ޔަޝްމީ ހުރިތަން ފެނުމުން ނިކް މައިތިރިވިއެވެ. ޔަޝްމީ ނިކްއަށް ބަލާވެސް ނުލާ ގޮސް އިށީނެވެ.
” އެއީ އިއްމަގެ ބިޓްތަ؟ ” ނިކް އަހާލިއެވެ. އިމްރާން ނޫންކަމަށް ހެދިފައި ބުނެލިއެވެ.
” ނޫނޭ… އޭނަ އުޅެނީ އަހަރެންގެ ގޭގަ ކޮއްކޮ އާއި އެކު…. ” އިމްރާން ޔަޝްމީގެ ވާހަކަ ދައްކަން ބޭނުން ނުވާތީ އަވަހަށް އެވާހަކަ އޮއްބާލަން މަސައްކަތް ކުރިއެވެ.
” އެހެންދޯ… މަޖާ ކަމެއް ކުރީމޭ މަ ރޭގަ އޭނައަށް… ” ނިކް ހެމުން ހެމުން ޔަޝްމީއަށް ބަލާލުމުން ޔަޝްމީއަށް އެ ދައްކަނީ އޭނަގެ ވާހަކަ ކަން ޔަޤީންވިއެވެ. އިމްރާން ހިނިތުން ވުމެއްގައި ހުރި ނަމަވެސް ނިކްގެ ވާހަކަ ނިމުނު ތަނާހެން ބުނެލިއެވެ.
” އޭނަ ވަރަށް ލަދުގަތް ދޯ.. އެހެން ހަދާކަށް ނުވާނެއެއްނު ނިކްވެސް ދެން……” ޖީބަށް އަތްޖަހާލަމުން އިމްރާން ބުނެލިއެވެ.
” ކުދިން ހަމަވީ ދޯ.. ކޮބާ މިޔަދު އޮތީ ލަވަ ކިޔުން.. އަހަރެން ފުރަތަމަ ކިޔާލާނަން ލަވައެއް.. ދެން އަމިއްލަ ރާގެއް ހަދަންޖެހޭނީ.. އޯކޭ..” ނިކް މައިކް ނެގިއެވެ. ކުދިންތައް އަޑުއަހަން ރެޑީވިއެވެ. ރޭގެ އެ ކަންތައް ޔަޝްމީ ހަނދާން ނެތުނީ ނިކްގެ ރީތި ސޫރަ ފެނުމުންނެވެ. އަނެއްކާވެސް ޔަޝްމީ ނިކް އާއި ހެދި ދީވާނަ ވެއްޖެއެވެ. ނިކްގެ ރީތި އަޑުން މަޑުމައިތިރި ގޮވެލިފައްޗެއް އިއްވަންފެށިއެވެ.
އެންމެން އަތްޖަހާލުމުންވެސް ޔަޝްމީ އިނީއެވެ.
” މިހުރީ އިމްރާން…. ނިކް އާއި އެކު ދަސްކޮށްދިނުމުގައި އެހީތެރިވެދޭނެ… ދެން ޓާސްކް އާއި އެކު ކުރިއަށްދޭ… ” ނިކް ހިނގައިގަތީ ޔަޝްމީ އާއި ދިމާއަށެވެ. ޔަޝްމީ ގިޓާ ނަގައިގެން ނޯޓެއް ހަދަން ނޭނގިގެން އުޅެއެވެ. ނިކް ކުޑަކޮށް ފޮތާއި ދިމާއަށް ގުދުވެލުމަށްފަހު ބުނެލިއެވެ.
” ސޮރީ…. “
އެމަންޒަރު އިމްރާންއަށްވެސް ފެނުނެވެ. އޭނާ އުފާވީ ނިކް ޔަޝްމީގެ ކިބައިން މައާފަށް އެދުމުންނެވެ. ޔަޝްމީ ބަލާލީ ނިކްގެ މޫނަށެވެ. އަދި ހިނިތުންވެލިއެވެ.
” އިޓްސް އޯކޭ.. ” އެ ހިމަ ހިމަ އަޑުން ލޯބިގޮތަކަށް ބުނެލިއެވެ.
” ތޭންކްސް… ” ޔަޝްމީގެ ބުރަކަށީގައި ކުޑަކޮށް ޖަހާލަމުން ކަހަލަ ގޮތަކަށް ނިކް ބުނެލިއެވެ. ޔަޝްމީގެ ގައިން ހީބިހި ނަގައިގަތެވެ. އުފަލުންގޮސް ހަޅޭއްލަވައިގަތުމަށް ބޭނުންވިއެވެ.
ކްލާސް ނިންމާލުމަށްފަހު އިމްރާން އާއި އެކު ދިޔުމަށް ޔަޝްމީ މަޑުކުރިއެވެ. އޭރު ކުދިން ހަދާފައިވާ ނޯޓްތަކަށް މާރކްސް ދިނުމުގައި ނިކް އުޅެއެވެ.
” ޔަޝްމީއަކަށް އެއްވެސް ވަރަކަށް ނޭނގެ އަސްލު މިޔުޒިކެއް.. ދެން ކީއްވެ ބައިވެރިވީ؟ މީ ފުރަތަމަ ޓެސްޓް…. ފެއިލް މިވީ… ބާކީ ހުރި ޓެސްޓް ތަކުން ވަރަށް މަތިން ފާސްވިއްޔާ ނޫނީ ޝޯ އަކަށް ނުހޮވޭނެ…”ގާތް ގޮތަކަށް ނިކް ވާހަކަ ދެއްކިއެވެ. އޭނާ އެހާ ގާތް ކޮއްލީ އިމްރާންގެގޭގައި އުޅޭތީއެވެ. ޔަޝްމީ އެއްވެސް އެއްޗެއް ނުބުނެއެވެ. ނިކްއަށް ބަލަހައްޓައިގެ.ން ހުރީއެވ
” ނިކް އަހަރެމެން ދަނީ އިނގޭ….” އިމްރާން ބުނެލިއެވެ. ނިކް ބޯޖަހާލިއެވެ.
ކާރަށް އެރުމާއި އެކު އިމްރާން ވާހަކަ ދައްކަން ފެށިއެވެ
” މާދަމާ އެބައޮތް ގިޓާ ކުޅުމުން ޓެސްޓް.. ޔަޝްއަށް ނޭނގެދޯ އޭގަ އަތްލާންވެސް…. އަހަރެން ދަސްކޮށްދެންތަ؟ ” އިމްރާން ބޭނުންވެފައިވާލެއް ބޮޑުކަމުން ބުނެލިއެވެ. ޔަޝްމީ ހުރީ އިމްރާންގެ ރަނގަޅުކަންފެނި ވަރަށް އުފާވެފައެވެ. ފަހަރެއްގާވެސް އިމްރާންގެ ހިތުގައި ޔަޝްމީ އާއި މެދު އޮތީ ކިހާވަރެއްގެ ބޮޑު އުއްމީދެއްކަމެއް ޔަޝްމީއަކަށް ކުޑަކޮށްވެސް ނުވިސްނެއެވެ.
*************
ނިކް ގެއަށް އައިސް ވަތް ވަގުތު ނިކްގެ މަންމަ ޝަކީލާ ބުނެލިއެވެ.
” ވަރަށް ގިނަ ކުދިން އުޅޭދޯ ކްލާހުގަ…ވަރަށް ގިނަ ދޯ ރާއްޖެ ތެރޭގެ ކަޓު ކުދިން… ” ޝަކީލާ ކާން އިން މޭބިސްކަދުރު ތަށި މޭޒުމަތީ ބެހެއްޓިއެވެ. ނިކް އައި ގޮތަށް އައިސް ސޯފާއަށް ވެއްޓިގަތެވެ.
” ކަމޯން މަމް… އަހަންނަކަށް ނޭނގެ އެތަނުން އެޔެއް މިއެއް… އަހަރެން ރާއްޖޭގެ ކުއްޖަކާ މެރީ ކޮއްފާނެތީ މަމް ކީއްވެތަ ކަންބޮޑުވަނީ..؟ މިއީ އެއްނު އަހަރެމެންގެ ލޮބުވެތި ޤައުމު… ” ނިކް ނުރުހުން ފާޅުކުރިއެވެ. ޝަކީލާ މޫނު ހަދާލިއެވެ.
” ރާއްޖޭގެ އަންހެން ކުއްޖަކަށް މި ތަނަވަސްކަން ލިބުނީމަ ފޮނިވާނެ… އަދި ނިކް ކަހަލަ މަޝްހޫރު މޮޅު މިޔުޒީޝަނެއްގެ އަތްބަކަށް ވެވުމުން އެމީހުންގެ ދަރަޖަ ހަނދާން ނެތޭނެ.. ” ޝަކީލާގެ ވާހަކަ ހުންނަ ގޮތުން ނިކް އަނެއްކާވެސް ރުޅިއައެވެ.
” މަމް ބޭނުންވަނީ ޔޫރަޕް ތައިލޭންޑް ހިސާބުގެ ކުއްޖަކާ ދަރިފުޅު މެރީކުރަން…….. ” ޝަކީލާ އެހެން ބުނުމުން ނިކް ފުންމައިގެން ތެދުވިއެވެ.
” މަމް ބުނެފިއްޔާ އަހަރެން ތިހެންވެސް ކަންތައް ކޮއްފާނަން… ” ނިކް ހިނގައިގަތެވެ. ޝަކީލާ ހިނިތުންވެލިއެވެ.
ގިޓާ ހިފައިގެން ޔަޝްމީ އިނީ ސިޓިންގ ރޫމްގައެވެ. ދީނާ އޮތީ ނިދާފައެވެ. ޔަޝްމީ ސިހުނީ ފަހަތުން އިމްރާން އައިސް ޔަޝްމީ ވަށާލުމުންނެވެ. ޔަޝްމީ ތެޅިގަތެވެ. ނަމަވެސް އިމްރާންގެ މޭމަތީގައި ޔަޝްމީ އިނީ ފިތިފައެވެ. އިމްރާން މަޑުމަޑުން ޔަޝްމީގެ އަތުގައި ހިފާ ގިޓާގެ ކަންވާރުތަކުގައި ޖައްސާލިއެވެ. ޔަޝްމީ ފިނިވަމުންދިޔައެވެ. އެއީ ފިރެހެނެއްގެ ކައިރީގައި މިހާ ގާތުގައި އިންނަން ޖެހުނު ފުރަތަމަ ދުވަސްކަމުންނެވެ. ޔަޝްމީ ކުޑަކޮށް ތެޅިލިއެވެ. އިމްރާންގެ ހިތް ކިޔަމަންވެގަތެވެ. ޔަޝްމީ ގިޓާ ދިއްކޮއްލިއެވެ. އޭނާއަށް ނުރުހުމުގެ ގޮތުން އެއްވެސް އެއްޗެއް ބުނާކަށް ނުކެރުނެވެ. އިމްރާން ގިޓާގައި ހިފިއެވެ. އަދި މަޑުމައިތިރި ރޮމޭންޓިކް ރާގެއް ކުޅެދޭން ފެށިއެވެ. ޔަޝްމީގެ ހިޔާލުތައް އެނބުރެމުންދަނީ ނިކް އާއި އެކުގައެވެ. މިހާރު ކުރިއަށްވުރެން ބޮޑަށް ނިކް އާއި މެދު ވިސްނަންފެށުނެވެ. އިމްރާންއަށްފަހު ޔަޝްމީ ގިޓާގައި ހިފިއެވެ. ކުރިއަށްވުރެން ރަނގަޅަށް އޭނާ މިހާރު ގިޓާ ޖަހައެވެ.
*********************
ޝޯ ފެށޭ ދުވަސް ކައިރިވާ ވަރަކަށް ކްލާހުން ފެއިލްވަމުންދާކުދިންވެސް އިތުރުވަމުންދެއެވެ. ފެއިލް ނުވެ ހުންނަން ޔަޝްމީ ބޭނުންވާ ސަބަބަކީ ނިކް ގެއްލިދާނެތީއެވެ. މިހާ ދުވަސް ވީ އިރުވެސް ނިކްގެ ފަރާތުން އެއްވެސް ކަހަލަ އެންގުމެއްވެސް ލިބިފައި ނުވާތީ އެކަމާ ޔަޝްމީ ކަންބޮޑުވާން ފެށިއެވެ. ޔަޝްމީ ބޭނުންވަނީ ނިކް އާއި އެކު އެކަނި ވެލުމަށެވެ. އޭނާއަށް ނިކްގެ ފަރާތުން އެދެވޭ ބަދަލުތަކެއް ނުފެންނަންޏާ ކޮންމެ ރެއަކު ކީއްކުރަން ވޭތުކުރާ ވަގުތު ތަކެއްހެއްޔެވެ؟
މިރޭ ކޮންމެވެސް ގޮތެއް ނިންމުމަށް ޔަޝްމީ ބޭނުންވެއެވެ. އޭނާ މިރޭ ނިކް އާއި ބައްދަލް ކުރަން ބޭނުމެވެ. ހިތުގެ ޙާލަތު ބަޔާންކޮއްދޭންވެސް ބޭނުންވެއެވެ. އެކަމަކު އެކަން އެހެންވާނީ އިމްރާން މިރޭ ކްލާހަށް ނުދިޔައްޔާއެވެ. އެކަން ކުރާނީ ކިހިނެތް ހެއްޔެވެ؟ އެކަމާ ވިސްނަމުން ކޮޓަރީގައި ދެކޮޅަށް ހިނގާލަ ހިނގާލަ ހުއްޓާ ރަނގަޅު ހިޔާލެއް އައެވެ. ޔަޝްމީ އަވަސް އަވަހަށް ގަޑި ބަލާލިއެވެ. އަށެއް ޖަހަން ބައިގަޑި އިރަށް ވެއްޖެއެވެ. އޭނާ ހިނިތުން ވުމާއި އެކު ސިޓިންގ ރޫމަށް ނުކުތެވެ.
ސިޓިންގ ރޫމުގައި ދީނާ އިނެވެ. އަތުގައި އޮތް ވާހަކަ ފޮތުގެ ތެރެއަށް ގެއްލިފައެވެ. ކޮޓަރި ދޮރުމަތީގައި އިރުކޮޅަކު ހުރެލުމަށްފަހު މަޑުމަޑުން ޔަޝްމީ ކުރިއަށް ހިނގައިގަތެވެ. އިމްރާންގެ ކޮޓަރިއާއި ދިމާއަށް ބަލަމުން ދީނާގެ ކުރިމައްޗަށް އެރިއެވެ. ދީނާ ކަހާތާ ހިރުވާވެސް ނުލިއެވެ. ދީނާގެ ސަމާލުކަމެއް ނުލިބުމުން ޔަޝްމީ ދީނާއަށް ގޮވާލިއެވެ. ދީނާ ސިއްސައިގެންގޮސް އަތުން ވާހަކަ ފޮތް ދޫކޮއްލިއެވެ.
” އޭތް.. ސިއްސައިގެންނޭ ދިޔައީ.. އެންމެ ބިރުވެރި ހަމައިގަ އުޅެނިކޮށް..” ފައި ކައިރިއަށް ވެއްޓިފައި އޮތް ފޮތް ނަގަން ގުދުވަމުން ދީނާ ބުނެލިއެވެ. ޔަޝްމީ އަދިވެސް އިމްރާންގެ ކޮޓަރީގެ ދޮރު ހުޅުވޭތޯ ބަލަމުން ދެއެވެ. ދީނާއަށް އެކަން ފާހަގަ ކުރެވިގެން ދީނާވެސް އެދިމާއަށް ބަލާލިއެވެ.
” އޭތް.. ކިހިނެތްތަވީ؟ ” ދީނާ ދަމާއަޅަމުން ބުނެލިއެވެ. ޔަޝްމީ އަނެއްކާވެސް ހީލިއެވެ. އަދި ހަމަޖެހިލުމަށްފަހު ދީނާގެ އަތުގައި އޮތް ވާހަކަ ފޮތް ދަމައިގަތެވެ.
” މަށަށް ކަމެއް ކޮއްދީބަލަ… ” އާދޭހުގެ ރާގަކަށް ޔަޝްމީ އެހިއެވެ. ދީނާ ތުން އަނބުރާލަމުން ގޮނޑީގެ ތެރެއަށް ވެޑުވިގަތެވެ.
” އަބަދުވެސް ކަންތަކެއް ނޫންތަ މި ކޮއްދެނީ؟ “
” ނޫނެކޭ… އެހެނެއް ނޫނޭ… މިރޭ އިމްރާން ޝޯވ އަށް ދިޔަނުދީ ހިފަހައްޓާލަބަލަ.. ޕްލީޒް… އިމްރާން ހުންނާތީ ނެތޭ ނިކްއަށް ކަމެއް ކޮއްލެވޭކަށްވެސް.. ދީނާ ޕްލީޒް.. ކޮންމެވެސް ގޮތެއް ހަދައިދީބަލަ…” ޔަޝްމީ އެހެން ބުނުމުން ދީނާ ދެފަރާތަށް ބޯހޫރާލިއެވެ،
” އަހަރެން ބުނެފީމެއްނު އަހަރެން އެހާ ހިތްހަމައެއް ނުޖެހެޔޭ ނިކް އާއި ދޭތެރޭގައެއް.. ” ދީނާއަށް އެހެން ބުނެވުނު ވަގުތު ތައްޔާރުވެގެން އިމްރާން ނުކުތްތަން އެމީހުންނަށް ފެނުނެވެ. ގަމީހުގެ އަތުކުރި އޮޅަމުން އޮޅަމުން އިމްރާން އާދެއެވެ. ޔަޝްމީގެ މޫނުމަތި އުދާސްވިއެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
6 Comments!
Comments are closed.



nice
thank u hhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhh thy my fav ltr H.. hehehe
Mibaives hama habeys. araamagu in ekkoh kiyaafa innanee ekamves reethikamun dhevana faharah kiyaahiyyvee. Upload soon 🙂 All the best <3 <3 <3
hey reem where r u.. haadha dhuvaheh vejjey mihen dhimaa nuvany,,, araamaguga mulhin ves cmnts in we both dhimaa vaanee dw.. thy hama e reem dw. 🙂 adhives effaharu kiyany ??? mihaaru gaboolu kohfin reem ah mivaahaka hama v kamudhiyakan.. hehe thankx <3 <3 <3 <3
vrh vrh reathi mibai ves abadhuves vrh thafaathu vaane salaage stories thakuge concept
hi sweet lady gaagaa.. thanx dhen haadha bodakah thi fonikohly me. 🙂