Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

އިންތިޒާރު ކުރުން އެދެމޭ ލޯބިވާ ( ފަހު ބައި )

Salaa Level 210 Stories100 Comments
February 7, 2014 12 Mins Read
32 Comments

” ރެއިންގެ ފޮޓޯއެއް ފޮނުވި ނަމަ އަހަރެން ހާދަ އުފާވީހޭ.. ވަރަށް ދެކިލާހިތްވޭ… ހިތައް އަރަނީ މިތަނުން ސަލާމަތްވާނީ ކޮންދުވަހަކުންބާއޭ؟” ދެރަވެފައި މާނިޝް ބުނަމުން ދިޔައެވެ.

********************

މާނިޝް އެ ސިޓީގައި ބޮސްދިނެވެ. މާނިޝްގެ ހިތް ތެންމަމުންދެއެވެ. ބޭނުންވަނީ ކޮންމެވެސް ގޮތަކަށް ނަމަވެސް އޭނާގެ ކުޑަކުޑަ ދުނިޔެއަށް އެނބުރި ދިޔުމަށެވެ. އޭނާ ވިސްނަން ފެށިއެވެ. ޖަލުގައި އުޅޭތާ މިހާރު ކިހާ ދުވަހެއް ހެއްޔެވެ؟ ރާޔާ ކިހާ އެކަނި ވާނެ ހެއްޔެވެ؟ ރާޔާ އަދިވެސް ހުރީ މާނިޝްއަށް ޓަކާކަން މާނިޝްއަށް ޔަޤީންވަނީ ރާޔާގެ ލޯބިވެތި ސިޓީތަކުގައި އޭނާއަށް އެދޭވަރު ބަޔާންކޮއްދީފައިވާތީއެވެ. މާނިޝް އިށީނދެލިއެވެ. އަދި ދެއަތުން ބޮލުގައި ހިފަހައްޓާލުމަށްފަހު ރޯންފެށިއެވެ.

************************

ކޮންމެ އަންހެނަކީވެސް ލޯތްބާއި އަޅާލުން ބޭނުންވާނެ އަންހެނެކެވެ. ޚާއްސަކޮށް ފިރިމީހާގެ ލޯތްބެވެ. އެ އަތުގެ އޯގާތެރިކަމެވެ. އެ ހިތުގެ ހިމާޔަތެވެ. އެ މޭގެ ތަނަވަސްކަމެވެ. އެހެނަސް މިޔަދު ރާޔާއަށް ލިބިފައިވަނީ ކޯއްޗެއްހެއްޔެވެ؟ ހިތްދަތިކަމާއި ރުޔުމެވެ. ވޭނާއި ހޫނެވެ. ހަތަރު ދަރިން ބޮޑުކުރަމުން ދަނީ ރާޔާގެ އުފާތައް ޤުރުބާން ކުރަމުންނެވެ. އެ ކުދިންގެ ސުވާލުތަކާއި ވާހަކަތައް އަޑުއަހާ އަހާ ކަންފަތްވަނީ ބަށް ވެފައެވެ. މިޝްއަލް އާއި މީޝަމް އަދި މާޝާގެ ޝަކުވާތައް މިހާރު އަޑެއް ނީވެއެވެ. އެކުދިންނަށް ވިސްނޭވަރުވެއްޖެއެވެ. ބައްޕަވީ ތަން އެނގެއެވެ. އެކަމަކު ކުޑަދަރިފުޅު މިނީޝާގެ ފަރާތުން މިހާރު އެ ޝަކުވާތަކާ ސުވާލުތައް އަމާޒުވާންފެށިއެވެ. ދޮށްޓަށް ތިބި ތިންކުދިންގެ ފަރާތުން ރާޔާއަށް ދަރިންގެ ފަރާތުންލިބެންވާ އަޅާލުން ލިބެއެވެ.. ރާޔާ އެކުދިންނަށް ދަސްކޮށްދިން ތަރުބިއްޔަތުގެ އަލީގައި އެކުދިން ރަނގަޅަށް އުޅެމުންދެއެވެ. ރާޔާއަކީ ފުރިހަމަ މަންމައެކެވެ. އިސްލާމްދީނުގެ ރިވެތި އާދަތައް ދަސްކޮށްދީ ކުދިން ބެލެހެއްޓުމުގައި ދެވަނައެއް ނެތް މަންމައެކެވެ.

މިނީޝާގެ ސުވާލުތަކުން ރާޔާގެ ބޯ ފިއްސަމުން ދެއެވެ.

” މީއްކޯ.. ބައްޕަ އަންނަ ދުވަސް ވަރަށް ކައިރިވެއްޖޭ… ބައްޕަ އަންނާނެ ބައިވަރު ބައިވަރު ހަދިޔާ ހިފައިގެން.. ކޮއްކޮ ދެން އަބަދު ބައްޕަ ވާހަކަ ދައްކަންޏާ މަންމަ ރޯނެ.. އޭރުން ދޮންބެވެސް ރޯނަން.. ދޮންތަވެސް ރޯނެ.. އޭރުން ކިހިނެތްވާނީ؟؟؟ ” މިޝްއަލް މިނީޝާގެ އަތުގައި ހިފާލިއެވެ. ކައިރީގައި ހުރި ރާޔާ އިސްޖަހާލިއެވެ. މިހާރު އެ ހުރިހާ ކަމަކުން އޭނާ ސަލާމަތްކޮއްދެނީ އޭނާގެ ލޯބިވާ ދަރީންނެވެ. އެކުދިން ރާޔާ ދެކެ އިންތިހާއަށް ލޯބިވެއެވެ.

” އެކަމަކު ދޮންބޭ… ހުރިހާ ކުދިންވެސް ސައިކަލްގަ ބައްޕަޔާ އެކު ސްކޫލަށްދަނީ….” މިނީޝާ ތުންދަމާލުމަށްފަހު ބުނެލިއެވެ. މިޝްއަލް ހީލަމުން ބުންޏެވެ.

” ދޮންބެ ކިޔަވާ ނިންމާފަ އެންމެ ފުރަތަމަވެސް ސައިކަލެއް ގަންނާނީ.. ދެން ކޮއްކޮ ގޮވައިގެން ދާނަން ސްކޫލަށްވެސް.. އޯކޭތަ؟ ” މިނީޝާ ބޯޖަހާލިއެވެ. އަދި ގޮނޑިން ތެދުވެގެން ގޮސް ރިޔާޒްގެ ކޮޓަރިއަށްވަނެވެ.

” މަންމާ… އަޅާނުލާ.. މީއްކޮއަށް އަދި ނުވިސްނެނީ.. ” ރާޔާގެ ކުރިމަތީގައި ހުއްޓި މިޝްއަލް ބުނެލިއެވެ. ރާޔާ ވެފައި ހުރި ދެރަ ފެނުމުން މިޝްއަލްއަށް ކެތެއް ނުވިއެވެ. އޭނާ ފެންކަޅިވިއެވެ.

” މަންމާ… ބައްޕަ ދުރުވާނީ ކޮންދުވަހަކުންތޯ؟ މިހާރު ހަ އަހަރު ވެއްޖެ އެއްނޫންތޯ..”

” ބައްޕަމެންގެ ދުވަސް އިތުރުކޮށްފި އަދި ދެއަހަރަށް.. އޭގެ ފަހުން ހީވޭ ސަލާމަތްވާނެ ހެން.. އެކަމަކު މިހާރުވެސް ވިހި ހާސްރުފިޔާ ދައްކައިގެން ސަލާމަތްކުރެވިދާނެ. އެކަމަކު ކިހިނެތް އެގޮތަށް ބައްޕަ ގެނެވޭނީ؟   ރިޔާޒް ދޮންބެ ވެސް ބޭބީ ލިބުނު ފަހުން ވަރަށް ދަތިކޮށް އެ އުޅެނީ..އެހެންވެ ކެތްތެރިވުން ނޫން ގޮތެއް ނެތް..” މިޝްއަލް ހުރީ ބޮޑު ވިސްނުމެއްގައެވެ. ރާޔާ އަވަސް އަވަހަށް ހިނގައިގަތީ ކޮޓަރިއާއި ދިމާއަށެވެ.

މިޝްއަލް ޖީބަށް އަތްޖަހާލުމަށްފަހު ނުކުތީ ބޭރަށެވެ.

” ވިހި ހާސްރުފިޔާ؟ ހާދަ ބައިވަރެއް؟ ” މީޝަމް ދެލޯ ކުޑަކޮށްލިއެވެ. މިޝްއަލް ބަލާލީ އޭނާގެ މޫނަށެވެ. .

” އާނ،، އެއީ ވަރަށް ބައިވަރު،، އެކަމަކު އިތުރަށް ބައްޕަ އެތާ ހުންނަން ވެއްޖެއްޔާ މަންމަ ދެން ކިހާ ދެރަވާނެ..” މިޝްއަލް މީޝަމްގެ ކޮނޑުގައި އަތްޖައްސާލިއެވެ.

” ދޮންބޭ.. އެކަމަކު އަދިކިރިޔާ އެއްނު ނައިން އަށް މިދިޔައީ.. ކިހިނެތް ރުފިޔާ ހޯދާނީ.. މިހާ ހަމައަށް ކިޔަވާފަ ކިހިނެތް ކިޔެވުން މެދުކަނޑާލާނީ؟ މަންމަ އެހެން ވިޔަކަ ނުވެސްދޭނެ…” މީޝަމް ދެރަވިއެވެ، އޭނާގެ ކިޔެވުން ހުއްޓުމަކަށް އަތުވެދާނެތީއެވެ.

” ކޮއްކޮއެއްނޫން ކިޔެވުން ހުއްޓާލާނީ.. ދޮންބެ.. ” ދެލޯ މަރާ ބާރުކޮއްލަމުން މިޝްއަލް ބުނެލިއެވެ. މީޝަމް ސިހިފައި ބަލާލިއެވެ.

” ކޮއްކޯ.. މަންމައަށްޓަކާ ދޮންބެ ގެ ފުރާނަވެސް ދުއްވާލަފާނަން… ދެން ކެތެއް ނުކުރެވޭނެ.. މިހާރު އަހަރެމެންނަށް މަސައްކަތްކޮއްގެން ރުފިޔާ ހޯދޭނެ.. ވިހިހާސްރުފިޔާ ހޯދާފަ ބައްޕަގެނެސްދޭނަން.. މާތްﷲ އިރާދަފުޅުން އެކަން ކާމިޔާބުވާނެ..”  މިޝްއަލްގެ ޖުމުލައިން މީޝަމްއަށް ވަރަށް އަސަރުކުރިއެވެ.

” ދޮންބެ ވެސް ކިޔެވުން ހުއްޓާލައިގެން ނުވާނެ..” ފަހަތުން އިވުނީ މާޝާގެ އަޑެވެ. ރޮވިފައި ހުރި މާޝާ އައިސް މިޝްއަލްގެ އަތުގައި ހިފިއެވެ.

” އެހެން ގޮތެއް އެބައޮތް..” މާޝާގެ ޖުމުލައިން މީޝަމްއަށް ބަލާލެވުނެވެ.

*******************************

އެރޭގެ ވަގުތެވެ. މާޝާ އައިސް ރިޔާޒްގެ ކޮޓަރިއަށެވެ. އޭރު އައިންތު އިނީ އޭނާގެ ދަރިފުޅު ރީނާޒް ނިންދަވާށެވެ. ރިޔާޒް އުޅެނީ ފާޚާނާގައެވެ.މާޝާ ބަލާލީ އެނދުމަތީގައި އޮތް ރިޔާޒްގެ ފޯނަށެވެ.

” ދައްތާ..ކޮއްކޮ ނިދީދޯ. އަޅެ ހާދަ ލޯތްބޭ.. ދީބަލަ ދޮންބެގެ ފޯން.. ކޮއްކޮގެ ފޮޓޯއެއް ނަގާލަން… ” މާޝާ އެހެން ބުނެ ފޯން ނަގާ އަވަސް އަވަހަށް އެއްޗެއް ބަލާލިއެވެ. އަދި ހީލަމުން ނިދިފައި އޮތް ރީނާޒްގެ ފޮޓޯއެއް ނަގާ ލޯބިދޯއޭ ބުނެލިއެވެ. އައިންތުވެސް އިނީ ރީނާޒްގެ މޫނަށް ބަލާށެވެ.

” މާޝާއްކޮ.. އާދެބަލަ..”  ބޭރުން މީޝަމް ގޮވާލިއަޑަށް މާޝާ އަވަސް އަވަހަށް ނުކުތެވެ.

” ޑަބަލް ނައިން ޑަބަލް ފޯސިކްސް ތްރީ ސިކްސް…. ” މާޝާ ދޮރުން ނުކުތުމާއި އެކު ބާރަށް ސިއްރުސިއްރުން ބުނެލިއެވެ. މިޝްއަލް ވަގުތުން ނަންބަރ ނޯޓް ކޮއްލިއެވެ.

” ވަރަށް ރަނގަޅު އިނގޭ ކޮއްކޮ….” މީޝަމް މާޝާގެ ކޮނޑުގައި ޖަހާލިއެވެ.

**************************

ކަނެއްގައި ލައްވެލައިގެން މާނިޝްއިނެވެ. ކަމަކާ ފިކުރު ކުރާށެވެ. އޭނާގެ މެޔަށް ތަދުވަނީއެވެ. އޭނާގެ ހިތް ފިތޭ ފަދަ އިހުސާސެއް ކުރެވޭ ކަހަލައެވެ. އެހެން ކަހަލަ އިހުސާސްތަކެއް އުނދަގޫތަކެއް ކުރެވޭހެން ހީވެގެން އޭނާ ދެއަތުން މޭގައި ފިރުމާލިއެވެ. އަނގައިގައި އަތް އަޅާފައި ކުޑަކޮށް ކެއްސާލިއެވެ. ނޭވާ ތާށިވާފަދަ ގޮތެއް ވުމުން އޭނާ ތެދުވިއެވެ. އަދި ސެކިޔުރިޓީ ބެލްއަށް އޮބާލިއެވެ.

މާނިޝްގެ ގޮޅިޔަށް ޑޮކްޓަރ ގެނައުމުން ޓެސްޓްތަކެއް ހަދަން ޖެހޭކަމުގައި ބުންޏެވެ. މާނިޝްއަށް އުފާވެރިކަމެއް ލިބުނެވެ. އެއީ އައި ޖީ އެމް އެޗުން ހެދޭ ޓެސްޓެއް ކަމުގައި ޑޮކްޓަރ ބުނުމުންނެވެ. ހިތުގެ ޚާއްސަ ޓެސްޓެއް ހެދުމަށްޓަކައި މާދަމާ މާނިޝް މާލެ ގެންދެވޭނެކަމަށް ޗީފް ދަންނަވައިފިއެވެ. މިފަހަރު  ރާޔާ އާއި އަދި ދަރިންނާއި ބައްދަލްވުމަށްފަހުގައި ނޫނީ ނާންނާނަމޭ މާނިޝްގެ ހިތައް އަރަމުންދެއެވެ.

**********************

” މިޝްއަލް؟؟؟؟” ހައިރާންކަމާއި އެކު ފަޔާޒް ވާހަކަދެއްކިއެވެ. ފޯނުންނެވެ.

” ލައްބަ.. މީ މިޝްއަލް.. ފަޔާބެ ލަސްނުކޮށް އަޅުގަނޑުމެންނަށް ކަމެއް ކޮއްދީފާނަންތަ؟ ” އަވަސް އަވަހަށް މީޝްއަލް ވާހަކަ ދެއްކިއެވެ. އޭނާގެ އަޑުގައި އާދޭހުގެ ރާގެއް އެކުލެވިގެން ވެއެވެ. ފަޔާޒް ތެޅިގަތެވެ،

” އަވަހަށް ބުނޭ… އަވަހށް  ބުނޭ.. ” ފަޔާޒް ހަޤީޤަތުގައި ހާސްވީ ރާޔާއަށް ކަމެއްވީކަމަށް ހީކޮށެވެ.

” އަދިވެސް ބައްޕަ ޖަލުގަ… އަށް އަހަރަށް މުއްދަތު އިތުރުވެއްޖެ.. މަންމަވެސް މިހާރު ހިތާމަކޮށްކޮށް ހަލާކުވަނީ.. ބައްޕަ ސަލާމަތްކުރެވޭނީ 20000 ރުފިޔާ ދެއްކުމުން. ބައްޕަ ސަލާމަތް ވުމަށްފަހު އެ ފައިސާ ދައްކާނަން… ޕްލީޒް” މިޝްއަލްއަށް ރޮވުނެވެ.

” ކޮއްކޯ… ދެރަނުވޭ… ތިހާ ހަމައަށް ތިކަންތައް ދިޔަ އިރުގައިވެސް އަންގާވެސް ނުލާ … ރިޔާޒްގެ ނަންބަރެއްވެސް ނޭނގެ.. “

” ދޮންބެ ނުގުޅާތަ .. އެކަމަކު އެ ފޯނުން ތި ނަންބަރ މި ހޯދީ..”  މިޝްއަލް ވާހަކަ ދެއްކިއެވެ

” ރިޔާޒް ނުގުޅާ.. ބޭބެގެ ފޯން ހަލާކުވީމަ ރިޔާގެ ނަންބަރ ގެއްލުނީ.. އެހެންވެ ރިޔާ ނުގުޅަންޏާ ދެން ނުވެއް ގުޅޭނެ އެއްނު.. މިހާރު މިއުޅެނީ ރަށް ކަޢިރީގައި އޮންނަ ރިސޯޓެއްގަ… މާލެވެސް ނުދަން.. ” ފަޔާޒް ބޭރަށް ނުކުމެލިއެވެ. އޭނާއަށް ރާޔާގެ ހަނދާންތައް އާކޮއްލެވެން އުޅޭހެން ހީވެއްޖެއެވެ. މިޝްއަލްގެ އަޑުޖެހުމުން އެދުވަސްވަރު އޭނާއަށް ކުރެވުނު އިހުސާސްތައް ކުރެވެން ފެށިއެވެ.

” ފައިސާ ފޮނުވާނެ ގޮތެއް ހަމަޖައްސާފަ ގުޅާނަން…” ފަޔާޒް ފޯން ކަނޑާލުމަށްފަހު ދޮންވެލި ބީޗްގައި އިށީނެވެ.

މިޝްއަލް އުފަލުން މާޝާގެ ގައިގައި ބައްދާލިއެވެ.

” މިޔަދު ރުފިޔާ ލިބުނަސް މާދަމާ ގެންނާނަން ބައްޕަ… ކޮއްކޮ މަންމައަށް ސަމާލުވޭ..” މިޝްއަލް އާއި މީޝަމް ވަނީ އެމީހުންގެ ރޫމަށެވެ. މާޝާ ރޫމަށް ދިޔައިރު ރާޔާ އިނީ ނަމާދުކުރާށެވެ. މިނީޝާ އޮތީ ނިދާފައެވެ.

ރާޔާ ނަމާދުކޮށް ނިމުމާއި އެކު މާޝާ ބުނެލިއެވެ

” މަންމަގެ ދުޢާތައް އިޖާބަ ކުރައްވާނެ އިރާދަކުރެއްވިއްޔާ..” ރާޔާ ހީލަމުން ބުރުގާ ބޭލިއެވެ.

” މަންމާ.. ހިނގާބަލަ ހެދުމެއް ގަނެލަން.. ބައްޕައަށް އެންމެ ރީތި އޮރެންޖް ކުލައިގެ ހެދުމެއް ދުށިން އިއްޔެ ސްކޫލުން އައި އިރުގަ.. ޕްލީޒް މަންމަ ލީމަ ވަރަށް ރީތިވާނެ…” މާޝާ ޝަކުވާ ކުރާ ގޮތަކަށް ބުނެލިއެވެ. ރާޔާ ދެފަރާތަށް ބޯހޫރާލިއެވެ

” ހާއްސަ ކަމެއް އޮތީތަ ދަރިފުޅު ހާދަ ނުބުނަން އުޅޭހެން ހީވެޔޭ…” މުސައްލަ އޮޅާލަމުން ރާޔާ ތެދުވެ އެނދުގައި އީށީނެވެ.

” މާދަމާ އެއީ މަންމަ މެންގެ ކައިވެންޏަށް 15  އަހަރުވާ ދުވަހެއްނު..މަންމަ ހަނދާންނެތުނީތަ؟ ” މާޝާ ލޯތްބާއި އެކު ބުނެލުމުން ރާޔާ ހީލިއެވެ.

” މަންމަ ކިހިނެތް ހަނދާންނެތޭނީ؟ އެކަމު އެކަން ދައްކާކަށް ބޭނުމެއްނޫން.. މަންމައަށް އެނގޭ ަބއްޕަވެސް ހަނދާން ކުރާނެކަން.. ދަރިފުޅު ހާދަ ހަނދާންގަދައޭ ދޯ.. ދެން މަންމަ ކީއްތަ ކުރަންވީ؟ ” ރާޔާ ވަރަށް ގަޔާވިއެވެ. ދޮށީ އަންހެން ދަރިފުޅުވެސް ބޮޑުވެ ރާޔާ އާއި ކަންތައްތައް ޝެއަރ ކުރަންވެސް ފެށީއެވެ. ރާޔާގެ ލޮލުން އުފާވެރިކަން ވިދަން ފެށިއެވެ.

” މާދަމާ ރޭ ދޮންބެ އެބައުޅޭ މަންމައަށް ކޭކެއް ފަޅަން.. އަޅުގަނޑު ބުނި ވާހަކަ ނުބުނާތި.. މަންމަ ވަރަށް ރީތިވެލައިގެން ހުންނަންވީ އިނގޭ.. ” މާޝާ ހިނިތުންވުމާއި އެކު ވާހަކަ ދައްކާތަން ބަލަން ކަޅިޖަހާނުލާ ރާޔާ އިނެވެ، އޭނާ މާޝާގެ ދެކޮނޑުގައި ހިފާ ކައިރިއަށް ދަމައިގަތުމަށްފަހު ބައްދާލިއެވެ. އަދި ރޮވޭގޮތްވާ އަޑަކުން ބުނަމުން ދިޔައެވެ.

” ތީ ހަމަ މަންމަގެ ކުޑަކުޑަ މާޝާތަ؟ ދަރިފުޅުމެންނަށް މަންމަ އުފާކޮށްދޭންވެސް އެނގޭތަ މިހާރު؟ ” ރާޔާގެ އަޑުން މާޝާގެ ހިތް ރޮއްވާލިއެވެ.

ރާޔާގެ ދެލޮލުން ފައިބާ ކަރުނަތައް ފޮހެލަދެމުން މާޝާ ބުނެލިއެވެ،

” މަންމާ… މަންމަ ބޭނުންވާ ހުރިހާ އުފަލެއް ހޯދައިދޭން މަސައްކަތްކުރާނަން…” ރާޔާ ހިނިތުންވެލަމުންމާޝާގެ ބޮލުގައި ފިރުމާލިއެވެ.

************************

ޖެހިގެން އައި ދުވަހު މާނިޝް މާލެ ގެނެވުނެވެ. އޭނާގެ ހިތުގައި އެހެން ދުވަސްތަކާއި ޚިލާފަށް ވިންދުޖަހާލެއް އަވަހެވެ. ޖިޕްގައި ހޮސްޕިޓަލަށް ގެންދިޔަ އިރުގައިވެސް އޭނާގެ ހިތް ބާރުބާރަށް ތެޅެއެވެ. މެޔަށްވާ ތަދުން ނޭވާލާންވެސް އުނދަގުލެވެ. އޭނާ މިހާރުވެސް ބޭނުންވަނީ ރާޔާގެ އުނގުތެރޭގައި އޮންނާށެވެ. އޭނާއަށް ކުރެވެމުންދާ އިހުސާސަކީ ބުނެދޭން ދަތި އިހުސާސެކެވެ. ބަލާލާ ކޮންމެ ދިމާއަކުންވެސް ހީވަނީ އޭނާއަށް ވަދާޢީ ސަލާމްކުރާހެންނެވެ. އެދިމާލަކަށް ބަލާނުލާ އެހެން ދިމާއަކަށް ބަލާލުމުންވެސް ފެންނަނީ އެފަދަ ގޮތަކަށެވެ. އޭނާ ދެލޯ މަރާ ބާރުކޮއްލިއެވެ. ޖިޕްގައި އިން ގޮނޑިއަށް އޭނާ ދެމުނެވެ. ދެލޯ ހުޅުވާނެ ބާރެއް އޭނާއަކަށް ނުލިބުނެވެ.

*********************

ރާޔާ މިރޭ ލައިގެން އެހުރީ މާނިޝްއަށް ވަރަށް ރީތި ހެދުމެކެވެ. އޭނާ ތައްޔާރުވަމުން ދިޔައިރު ހީވަނީ އަލަތު ކައިވެނީގެ ރެއަށް ތައްޔާރުވަމުން ދާހެންނެވެ. މާނިޝްގެ ހިޔާލުތައް ހިތުގައި ބިންވަޅުނަގާ ކަނޑަމުންދެއެވެ. ހިނިތުންވުމަކާއި އެކު އޭނާ އަދިވެސް ހުރީ ލޯގަނޑުގެ ކުރިމަތީގައެވެ.

” ފަޔާބެ.. ވަރަށް ބޮޑަށް ޝުކުރިއްޔާ… ރުފިޔާ ގެނެސްދީފި މީހަކު.. މިރޭ އަޅުގަނޑުމެން ގުޅާނަން އެތަނަށް.. ވާނުވާވެސް އަންގާނަން.. ތޭންކިޔޫ ސޯމަޗް… ” މީޝަމް ފޯން ބޭއްވުމަށްފަހު ގޭތެރެއަށް ވަނެވެ. އޭރު މިޝްއަލް އާއި މާޝާ މާ ހާސްވެފައި ހުރިތަން ފެނުމުން ބާރު ފިޔަވަޅުތަކެއްގައި އައިސް ކިހިނެތް ވީތޯ އެހިއެވެ.

” އޮޅުމަކުން މިރޭ ކޭކު ފަޅާ ވާހަކަ އަހަންނަށް ބުނެވުނީ.. އަސްލު މާދަމާ އެއްނު ބައްޕައަށް އާދެވޭނީ.. މިރޭ ޕޮލިސް ސްޓޭޝަނަށް ރުފިޔާ ދިނަސް އައްޑޫން ކިހިނެތް ވަގުތުން ގެންނާނީ.. މަންމަ މިހާރު އެ ރެޑީވަނީ.. ވަރަށް ސަކަރާތް….” މާޝާ ހާސްވުމުން މީޝަމް ދެރަވިއެވެ.

” ކޮއްކޯ ދެރަނުވޭ.. އަދި މިރޭވެސް ވަގުތު އެބައޮތް.. ހިނގާ ދާން.. ފްލައިޓް ހަމަޖައްސަދޭންޖެހޭނެ ރުފިޔާ ދެއްކީމަ.. ކޮއްކޮ މަޑުކުރޭ.. ދޮންބެ އާއި އެކު މިދަނީ ސްޓޭޝަނަށް..” މަންމަ ގާތު ބުނޭ ދޮންބެ އާއި ދެމީހުން ކޭކު ބަލައޭ ދިޔައީ އިނގޭ ….” އެ ދެކުދިން އަވަސް އަވަހަށް ނިކުތެވެ.

” ކޮން ކޭކެއް؟ ” ފަހަތުން އައިންތު ބުނެލިއެވެ. މާޝާ ސިހުނެވެ.

” ސަޕްރައިޒް… ދައްތައަށް ބަސްޓްވީ އޭ ދޯ… ކޮބާ ރީ.. ނިދީތަ؟ ” މައުޟޫ ބަދަލުކޮއްލަމުން މާޝާ ބުނެލިއެވެ.

” ހޫމ.. ނިދިއްޖެ.. މަންމައަށް އެނގޭތަ؟ ” އައިންތު ހީލަމުން ބުނެލިއެވެ. މާޝާ ބޯޖަހާލިއެވެ.

މިޝްއަލް އާއި މީޝަމް ޕޮލިސް ސްޓޭޝަނަށް ގޮސް ޗީފްއާއި ބައްދަލް ކުރުމަށް މަޑުކުރަމުންދިޔައެވެ. ކިޔުގައި އެތައް ވަގުތު ތަކެއް އެތާ ހޭދަކުރުމަށްފަހު އެ ރޫމަށް ވަނެވެ.

” މުޙައްމަދު މާނިޝް..” ފައިސާތައް މޭޒުމަތީގައި ބަހައްޓަމުން މިޝްއަލް ބުނެލިއެވެ.

ޗީފް ވަގުތުން ގުޅާލީ މާނިޝްހުރި ހަޔަރ ސެކިޔުރިޓީ ޖަލަށެވެ. ފޯންގައި ކުޑަ ވަގުތު ކޮޅަކު ހުރުމަށްފަހު ފޯން ބޭއްވިއެވެ.

” އެއީ ތި ދެކުދިންގެ ބައްޕަތޯ؟ ” ޗީފް ރަހީމް ސުވާލުކުރިއެވެ.

” ލައްބަ..” މިޝްއަލް ޖަވާބުދިނެވެ.

” މިހާ ގިނަ ފައިސާތަކެއް ހިފައިގެން ބޮޑުމީހަކާ ނުލައި އައުމުން ވަރަށް ސުވާލު އުފެދޭ،، “  އޭނާ ގޮނޑީގައި ލައްވެގަތެވެ.

” އަޅުގަނޑުމެންނަށް އަދި އަށާރަ އަހަރެއް ނުފުރޭ.. އެކަމަކު އަޅުގަނޑުމެންގެ އާއިލާއަށް ބައްޕަ ވަރަށް މުހިއްމު.. އެހެންވެ ބައްޕަ ސަލާމަތްކުރުމަށްޓަކައި ކޮންމެހެން ބޮޑުމީހަކަށް ވާންޖެހޭތޯ؟ އަޅުގަނޑުމެން ކުޑައިރުއްސުރެން މަންމަ އެކަނިމާއެކަނި ހަތަރު ކުދިން ބަލާ ބޮޑުކުރީ.. އެ މަންމަގެ ހިތައް ކުރާނެ އަސަރު އަޅުގަނޑުމެންނަށް ބަޔާންވެސް ނުކުރެވޭނެ.. އަޅުގަނޑުމެންނަށް އުފާވެރިކަން ދައްކައިގެން އެތެރެއިން ރޮމުން ނުނިދިގެން އެމަންމަ ދުޢާއަށް އަތް އުފުލާނީ ކިތައް ރޭ ތޯ؟ އާދޭސްކޮއްފައި ބުނަން.. އަޅުގަނޑުމެން ދެބެންނަށް މިކަމުގައި އެހީތެރިކަން ފޯރުކޮއްދެއްވާ!!!  އަޅުގަނޑުމެން މި ފައިސާ މި ގެނައީ ތަނެއް ހަލާކު ކޮއްގެންނެއް ނޫން.. ވަގަކަށްވެސް ނޫން..”

މިޝްއަލް ރޮވޭގޮތްވެ ހުރެ ބުނަމުންދިޔައެވެ.

” އަޅުގަނޑުގެ މަންމަ އިސްލާމީ ރިވެތި ގޮތްތައް ދަސްކޮއްދެއްވި.. އަޅުގަނޑުމެން ޙަލާލުގޮތުގަ ގެނެސްފައިހުރި ފައިސާ މިއީ.. ” މީޝަމް އިތުރު ކޮއްލިއެވެ. ދެކުދިންގެ އަސަރުގަދަ ޖުމުލަތަކުން ރަހީމްގެ ހިތް ރަހުމުން ފުރުނެވެ.

” ކޮއްކޮމެންގެ ހިތްވަރަށް ސާބަސް ދެން.. ” ރަހީމު ދެލޮލުގައި އަތްހާކާލަމުން ބުނެލިއެވެ. މިޝްއަލްމެންގެ މޫނުމަތިން އުފާވެރިކަން ފާޅުވިއެވެ. އެވަގުތު މިޝްއަލްގެ ޖީބުން ފޯން ވައިބްރޭޓް ވާން ފެށިއެވެ. މާޝާ ގުޅަނީ ކަމަށް ހިތާ އަޅާނުލާ މިޝްއަލް އިނެވެ.

***********************

” އަދިވެސް ކޭކު ނުގެނޭތަ؟ ހާދަ ލަސްވެއްޖެޔޭ!! ” ސިއްރު ސިއްރުން ރާޔާ ބުނެލިއެވެ. މާޝާ ވެސް ހުރީ އިންތިޒާރުގައެވެ. ދޮރާއި ދިމާއަށް އިރުއިރުކޮޅުން ބެލެނީއެވެ. ހާދަ ލަސްވެއްޖެޔޭ ހިތައް އަރަ އަރައެވެ. ރިޔާޒް ގެއަށް އައިސް ވަތްއިރު އެންމެން މާ ރީތިވެގެން ތިބީމި ހެވިފައި ސުވާލުކުރިއެވެ. އައިންތު ތެދުވެފައި ރިޔާޒް ދިއްކޮއްލި ލެޕްޓޮޕް ބޭގް ހިފައިގެން ކޮޓަރިއަށް ވަނެވެ.

” މާބޮޑުކަމެއް ނުވެ.. ދޮންބެވެސް އާދެބަލަ މިތާ އިށީންނަން…” މާޝާ ރިޔާޒްގެ އަތުގައި ހިފިއެވެ.

***********************

އިމަރޖެންސީ ރޫމުގައި މާނިޝްއަށް ފަރުވާ ދެމުންދެއެވެ. އޭނާގެ ހިތް ހުއްޓެނީއެވެ. ޕަންޕް ކޮއްގެން ނޭވާލައްވަމުންދެއެވެ. ހިތާމަ ކޮށްކޮށް ހިތުގެ ބަލީގެ ޝިކާރައަކަށްވެ މާބޮޑަށްވެސް ބަލިވީއެވެ. އޭނާގެ ހިތުގެ ދިރުމަކީ ރާޔާއެވެ. ހިތުގެ ނޫރަކީ ރާޔާއެވެ. ހިތުގެ ޝިފާއަކީވެސް ރާޔާއެވެ. މާނިޝްގެ ބެލެނިވެރިޔާގެ ނަންބަރަކަށް ދީފައިވާ ނަންބަރަށް އެތައް ފަހަރަކު ޕޮލިހުން ގުޅުމުންވެސް ފޯނެއް ނުނަގައެވެ.

ރަހީމު އަނެއްކާވެސް ކޮންމެވެސް ތަނަކަށް ގުޅާލިއެވެ. މީޝަމް މެން ހެވިފައި ތިބީ އުއްމީދުގެ އަލިކޮޅެއް ދިއްލުނީމައެވެ. އެ ދެކުދިން އެކަކު އަނެކަކުގެ މޫނަށް ބަލަމުން ނިތް އަރުވަމުން ދެއެވެ. މިރޭ މަންމައަށް ލިބިދާނެ ބޮޑު އުފަލަށްޓަކައި ދެކުދިން މިހާރުވެސް ތިބީ އުފަލުންނެވެ. ނަމަވެސް ރަހީމުގެ މޫނުމަތިން ފެނިގެންދިޔަ ނުތަނަވަސް ކަމުގެ ސަބަބުން ދެކުދިންވެސް ބިރުގަނެއްޖެއެވެ. ފޯނު ބޭއްވުމަށްފަހު ރަހީމު ބުނެލިއެވެ.

” ތި ދެކުދިންގެ ބައްޕަ…. ބައްޕަ އޮތީ އައި ޖީ އެމް އެޗްގަ.. ވަރަށް ސީރިއަސް…” ދެކުދިންނަށްވެސް އެއް ފަހަރާ ތެދުވެވުނެވެ.

***********************

މިޝްއަލް ކާރަށް އަރާ ފޯން ބަލާލި އިރު ވަރަށް ގިނަ ފަހަރު ނުދަންނަ ނަންބަރަކުން ގުޅާފައި އޮތެވެ. އެނަންބަރަށް ގުޅުމާއި އެކު އެކޮޅުން ބުންޏެވެ.

” މާނިޝްގެ ޙާލު ވަރަށް ދެރަ .. އައި ޖީ އެމް އެޗްގެ އިމަޖެންސީ ރޫމުގައި … ” މިޝްއަލް ވަގުތުން ފޯން ކަނޑާލުމަށްފަހު ރިޔާޒްއަށް ގުޅިއެވެ.

” ދޮންބޭ.. ބައްޕަ…. ” މިޝްއަލްއަށް ރޮވުމުން މީޝަމް ފޯން އަތުލުމަށްފަހު މަންމައަށް ނާންގާ މަންމަ ގޮވައިގެން އައި ޖީ އެމްއެޗަށް އައުމަށް ބުންޏެވެ. މަންމައަށް ކުއްލިއަކަށް އެނގިއްޖެނަމަ މަންމަގެ ހާލު ގޯސްވެދާނެތީއެވެ.

” ކޮންތާކަށްދާންތަ؟ ” ރާޔާ ހިތްހަމަ ނުޖެހުނީ މިނީޝާ ބާޢްވާފައި ދާން ޖެހޭތީއެވެ.

” ދޮންތަ މާޝާ ގޮވައިގެން ދޭބަލަ ރިޔާ އާޢި އެކު… އަހަރެން މިހުރީނު ގޭގަ.. ” އައިންތު އެހެން ބުނި އިރު ރިޔާޒް ބޭރަށް ނުކުމެއްޖެއެވެ. މާޝާވެސް ނުކުތެވެ. އެންމެ ފަހުން ރާޔާ ޕިސް ޕިސް ކިޔަމުން ނުކުތެވެ.

” އައި ޖީ އެމް އެޗް؟ ” ކާރު މަޑުކޮއްލުމާއި އެކު ރާޔާގެ ހިތް ބާރަށް ތެޅެން ފެށިއެވެ. ރިޔާޒްގެ ފަހަތުން ދުވަމުން ކަހަލަ ގޮތަކަށް ރާޔާ ދިޔައެވެ. މާޝާއަށް އޭރު ރޮވިއްޖެއެވެ.

އައި ސީ ޔޫ ދޮރުމަތިން މިޝްއަލްމެންނާއި ބައްދަލް ވެވުނު ވަގުތު ރާޔާގެ ފައި ތުރުތުރު އަޅައިގަތެވެ.

” ދަރިފުޅު؟ ކިހިނެތްވީ؟ ކާކު އޮތީ މިތާ؟ ” ނޭނގިފައި ހުރެ ރާޔާ އަހާލިއެވެ. ހަމަ ގައިމުވެސް ގެއިން އެއްވެސް މީހަކު ބަލި ނުވާކަން ރާޔާއަށް ކަށަވަރެވެ. ނަމަވެސް މިޝްއަލް އާއި މީޝަމްގެ މޫނުމަތިން ފެންނަން ހުރި ރުޔުމުގެ އަސަރުން ރާޔާ ބިރުގަންނަ ގޮތްވިއެވެ.

” ބަ…. ބައްޕަ” މީޝަމްގެ ޖުމުލައިން ރާޔާއަށް ހިފާލެވުނީ ރިޔާޒްގެ އަތުގެ މުލައްދަނޑީގައެވެ.

” މަންމަ އެތެރެއަށް ވަންނަންވީ ނޫންތޯ؟ ” ހުއްޓަ ހުއްޓަމުން މީޝަމް ބުންޏެވެ. ރާޔާ މަޑުމަޑުން ރިޔާޒްގެ ފުރަގަހަށް ޖެހެމުންދެއެވެ. ރިޔާޒް ދެލޯމަރާލިއެވެ. ދޮންތައާއި ކުރިމަތިލާނެ ހިތްވަރެއް ނެތްކަހަލައެވެ.

” ނު.. ނޫން… ނޫން… ނުކެރެނޭ! ” ރާޔާ ހިންދިރުވާލިއެވެ. ހަ އަހަރުވަންދެން ކުރި އިންތިޒާރުގެ ނިމުން ދެކެން ބޭނުމީ އެހެނެއް ނޫނެވެ. އެހާ ހިތާމަވެރިކޮށެއްވެސް ނޫނެވެ. މާޝާ މަޑުމަޑުން ރާޔާގެ އަތުގައި ހިފިއެވެ. އެވަގުތު ވެސް ރާޔާ ކެތްކުރިއެވެ. މަޑުމަޑުން އެތެރެއަށް ވަނުމަށް ފައި ހަރަކާތް ކޮއްލިވަގުތު އޭނާ ތުރުތުރު އަޅަން ފެށިއެވެ. އައި ސީޔޫގެ ދޮރު ހުޅުވާލީ ރިޔާޒްއެވެ. ރާޔާ ދެލޯ ކުޑަކޮށްގެން ހުރެ އެތެރެއަށް ވަތް ވަގުތު  ފުރަތަމަވެސް ފެނުނީ މާނިޝް އޮތް އެނދެވެ. އޭނާ އޮތީ ހިމޭންވެފައެވެ. ގައިގެ އެތަން މިތަނަށް ނަރުތައް ގުޅާފައި ހުއްޓެވެ. ރާޔާއަށް ހުއްޓުނެވެ. އަދި ފުރަގަސްދިނެވެ. އެވަގުތު ވަރަށް ބާރަށް ތިން ޑޮކްޓަރުން އައިސް މާނިޝްގެ މޭގައި އެއްޗެއް ތަތްކޮއްފައި ނައްޓަމުން ދެއެވެ.

” ބައްޕާ؟ ” މާޝާއަށް ގޮވާލެވުމާއި އެކު ރާޔާ ވެސް ބަލާލިއެވެ. މާނީޝް ބާރުބާރަށް އަޑެއް ލައްވައެވެ. ޑޮކްޓަރުން މަސައްކަތްކުރަމުންދަނީ އޭނާ ނޭވާލެއްވޭތޯއެވެ. ރާޔާއަށް ކެތްތެރިކަން ލިބުނީ ކިހިނެތްކަމެއް ނޭނގުނެވެ. މާޝާއަށް ފެނުނީ ރާޔާގޮސް މާނިޝްގެ ކައިރީގައި ހުއްޓައެވެ. ރާޔާ މާނީޝްގެ ބޮލުގައި ފިރުމަމުން ގޮވަމުން ދެއެވެ. އޭރުވެސް މާނިޝް އޮތީ ހުއްޓުން އަރާފައެވެ.

” އިހަށް ބޭރުގައި މަޑުކޮއްލާ… ” ނަރސް އެހެން ބުނުމުންވެސް ރާޔާ މާނިޝްގެ ބޮލުގައި ފިރުމަމުން މޫނަށް ބޮސްދެމުން ދެއެވެ.

” ސޮރީ…. ” ޑޮކްޓަރުންގެ މަސައްކަތް ނިންމާލުމާއި އެކު މެޝިންތައްވެސް ނިވުނެވެ. ރާޔާއަށް މައްޗަށް ބަލާލެވުނެވެ. އޭރު މިޝްއަލް އާއި މީޝަމްގެ އިތުރުން ރިޔާޒްވެސް އެތެރެއަށް ވަނެވެ. މާނިޝްގެ ނޭފަތަށް ގުޅާފައިހުރި އެއްޗެހިތައް ނައްޓާލުމާއި އެކު އެ މޫނު ރީތިކޮށް ފެނުނެވެ. ރާޔާއަށް ގިސްލެވުނެވެ. ކަޅިޖަހާނުލާ ތިން ކުދިން ތިބީ މާނިޝްގެ މޫނަށް ބަލާށެވެ. ބައްޕާއޭ ކިޔާ ގޮވާލަން ބޭނުންވެފައެވެ. ރިޔާޒް ރާޔާގެ ދެކޮނޑުގައި ހިފުމާއި އެކު ރާޔާ ފޮޅުވާލިއެވެ. އަދި ތުރުތުރު އަޅާ އަތަކުން މާނިޝްގެ މޫނުގައި އަތްޖައްސާލިއެވެ. އަދި މަޑުމަޑުން ގުދުވަމުން ގޮސް ރާޔާގެ މޫނު މާނިޝްގެ މޫނުގައި ޖައްސާލިއެވެ.

” މާން….. ތިހެން ނަހަދާ.. އަހަރެން މިހުރީ މާންއަށްޓަކާ މުޅި އުމުރަށްވެސް އިންތިޒާރުގަ… އަހަރެންވެސް ގެންދޭ،،، މާން… އަހަރެން ނުލާ ނުދޭ… މާން…މާންއަށްޓަކާ އަހަރެން ކިތައް އަހަރު ވަފާތެރިކަމާއި އިއްފަތްތެރިކަމާއި އެކު މޮި ހޭދަކުރީ.. އަދިވެސް މިއީ މާންގެ ރެއިން އޭ.. އަހަރެމެންގެ ދިރިއުޅުމުގަ ދިމާވަމުންދިޔަ ކޮންމެ ކަމަކަށް މާންއަށް މަޢާފްކުރަމުންދިޔައީ ލޯބިވާތީ،، މާން،، އަހަރެން ކުރި އިންތިޒާރުގެ ނިމުމަކަށް މާންގެ ފުރާނަނެތް ހަށިގަނޑު… ބޭނުމެއްނޫން،،، ހެޔޮނުވާނެ މާން،،

” ހުއްޓަމުން ރާޔާ ބުނެލިއެވެ. އޭނާއަށް ހީވާގޮތުން އޭނާގެ ހިތްވެސް ހުއްޓެނީއެވެ. ރާޔާގެ ހަކަތަ ހުސްވާންފެށިއެވެ. ލޮލުން ފައިބާ ކަރުނަތަކުން މާނިޝްގެ މޫނު ދޮވެވެމުންދެއެވެ.

ދިގު މުއްދަތަކަށްފަހު މާން ފެނުނީ މަރުވެފައި އޮތް މައްޔިތެއްގެ ސިފައިގައެވެ. އުފާވެރިކަމުން ހިތްދަތިކަމަށް ބަދަލުވެގެން ދިޔަ ދިރިއުޅުން ހުއްޓުމަކަށް އައީއެވެ. ލޯތްބަށްޓަކއި ފެންބޮވައިގެންފައި ހުރި ކެތްތެރި އަނބިމީހާއަށް ފަހު ވަގުތުގައިވެސް އެ ލިބުނީ ހިތްދަތިކަމެވެ. ދުނިޔޭގައި ދިރި ހުންނަން ބޭނުންވީ ފިރިމީހާއަށްޓަކައެވެ. ނަމަވެސް ދެން އޭނާ ދިރިހުރުމުގެ ބޭނުމަކީ ކޮބާހެއްޔެވެ؟ ދަރިންނަށްވުރެން ލޯބިވާ ފިރިމީހާ  ބީވެ ދިޔައީ ލޯމަތީގައެވެ.

ރާޔާ ގެ ގައިގައި ހިފަހައްޓައިގެން ރިޔާޒް ރާޔާ ނެގިއެވެ. އޭރުވެސް މާނިޝް އޮތީ އަރާމު ނިންޖަކުން ނިދާފައެވެ. މުޅި އުމުރަށް ހެއްޔެވެ؟ އޭނާ ދެން އެނބުރިއެއް ނާންނާނެ ހެއްޔެވެ؟ ކެތްތެރިކަމާއި އެކު އިންތިޒާރުކުރުމުން އަނބިމީހާ އާއި މެދު ތަޢުރީފުކޮށް ޝުކުރުކޮއްލާކަށްވެސް ލޮލެއް ނުހުޅުވާނު ހެއްޔެވެ؟ ވަފާތެރިކަމުގެ ބަދަލަށް ކުޑަނަމަވެސް ލޯތްބެއް ދިނުމަށް ތި ދެއަތެއް ދިއްކޮށެއް ނުލާނަންހެއްޔެވެ؟ އެކަނިމާ އެކަނި އޮވެ ނިދާ ހެދި ދިގު ދުވަސްތަކުގެ ބަދަލުގައި އެ އަނބިމީހާއަށް ތި ހަށިގަނޑުން މީރުކަމެއް ނުދޭނަން ހެއްޔެވެ؟ ނިކަމެތިވަމުން އައި އަނބިމީހާ އިތުރަށް ނިކަމެތިކޮއްލަނީ ހެއްޔެވެ؟ޙަޔާތުގައި އުފާވެރިކަމުގައި ލިބުނު މަދު ދުވަސްތަކުގެ ހަނދާނުގައި އުމުރު ހޭދަކޮއްލި މި ލޯބިވާއަށްޓަކައި ތިޔަ ބީހުމެއް ދެނެއް ނުލިބޭނެ ހެއްޔެވެ؟

ރާޔާގެ ހިތުގެ ޝަކުވާތައް ގިނަވަމުންދެއެވެ. ރާޔާ އަދިވެސް ހުރީ މާނީޝްއަށް ބަލާށެވެ. އޭނާގެ ދެލޯ ހުޅުވާށެވެ. ހިތް ބުނެއެވެ.

ނާރސް އައިސް ހުދު ފޮތިގަނޑު މާނިޝްގެ މޫނުގައި އަޅަން އުޅުމުން އެ އަތުގައި ހިފެހެއްޓީ މިޝްއަލްއެވެ.

” ކުޑަ ސިކުންތު ކޮޅެއް މަންމައަށްދެއްވާ…” ނަރސް ހައިރާންވިއެވެ.

” ނިޔާވެއްޖެ..” ނަރސް ދެރަވެފައި ހުރެ ބުންޏެވެ.

” ތީ ދޮގެއް..” ރާޔާ ބުނެލިއެވެ. އެންމެން ބަލާލީ މާނިޝް އާއި ދިމާއަށެވެ.

” މަންމާ…. ތިކަހަލަ ވާހަކަ ނުދައްކާ..” މާޝާ ހިތައް ކެތް ނުކުރެވިގެން ބުނެލިއެވެ. ރިޔާޒް ރާޔާގެ ކޮނޑުގައި ހިފައިގެން އެނބުރިގަތެވެ.

” ރެއިން….” ބަލިބަލި އަޑަކުން މާނިޝް ގޮވާލިއެވެ. ކައިރީގައި ހުރި ނަރސް ސިހުނެވެ. ރާޔާ ހެވެމުން ހެވެމުން އައިސް މާނިޝްގެ ގައިގައި އޮޅުލަން ފެށިއެވެ. ނަރސް ދުއްވައިގަތެވެ.

” މާން….. މާން… ” މާނިޝްގެ މޫނުގައި ފިރުމަމުން ރާޔާ ރޮމުން ހެމުން ދިޔައެވެ.

ޑޮކްޓަރުންނަ ދުރުވެ ބަލާލިއެވެ.

” ހިތް ހުއްޓިފައި އޭރު އޮތީ.. އެއްގޮތަކަށްވެސް ނޭވާ ވެސް ނުލާ އޭރު.. “

” އެކަމަކު އުއްމީދުކަނޑާލާ މަރުވެފައިކަމަށް ނިންމާކަށް ނުވާނެ އެއްނު ނުބަލާ…” ރިޔާޒް ރުޅިގަދަވިއެވެ.

” ދޮންބޭ.. އަޅާނުލާ…ޑޮކްޓަރުންނަށްވުރެން ބާރުވެރި ފަރާތެއްވޭ!! ބައްޕަގެ ހިތުގެ ވިންދު ހުއްޓުމަކަށް އައިކަން ޑޮކްޓަރުންގެ ލޮލަށް ފެނުމުގެ ކުޅަދާނަކަން ދެއްވި މާތް ﷲ ގެ ކުޅަދުންވަންތަކަން ދެކިލައްވާ.!! އެއްވެސް އިންސާނަކަށް ދެރަގޮތެއް މެދުވެރިއެއް ނުކުރައްވާނެ.. ރެޔާ ދުވާލު މަންމަ ކުރެއްވި ދުޢާ އިޖާބަކުރައްވައިފި. އަލްޙަމްދު ލިއްލާހި….” މީޝަމް ރިޔާޒްއަށް ބުނެލިއެވެ.

” ވަޅުލި ފަހުން ހޭ އެރިނަމަޔޯ….؟ ” އައިސްފައި ހުރި ރުޅިން ރިޔާޒް ބާރަށް ބުނެލިއެވެ. ޑޮކްޓަރުން މަޢާފަށް އެދުނެވެ.

ރާޔާ އޭރުވެސް މާނީޝްގެ ގައިގައި ފިރުމަމުން ދެއެވެ.

” ދުވަހަކުވެސް ދޫކޮށެއް ނުލާނަން…” ރާޔާ ކިޔަމުން ދެއެވެ. މާނިޝްއަށް އެއްވެސް އެއްޗެއް އަދިވެސް ނުބުނެވެއެވެ.

” ބައްޕާ…” މާޝާ ގޮވާލިއެވެ.

މާނިޝް މެރެމުންދާ ދެލޮލުން މާޝާއަށް ބަލާލަމުން ލޯ މަރާލިއެވެ.

*********************

މާނިޝް ގެއަށް ދޫކޮއްލެވުނީ ނުކުޅެދޭ މީހެއްގެ ގޮތުގައެވެ. އޭނާއަށް ހަމައެކަނި ފެންނަ ކަމެވެ.  ހަރަކާތެއް ނުކުރެވެއެވެ. އަޑެއް ނީވެއެވެ. ވާހަކއެއް ނުދެއްކެއެވެ.އޭނާއަށް ރެއިންގެ ނަމުން ގޮވާލެވުން ފިޔަވާ އެއްވެސް އެއްޗެއް ފަހުން ނުބުނެވުނެވެ. އެއްކޮށް ބަލިމީހަކަށް ވީއެވެ. އެއީ ނާރެއްގެ ސަބަބުން ވީކަމެއްގެ ގޮތުގައި ޑޮކްޓަރުން ބުނެއެވެ. ގެއަށް އައި ވަގުތު މީއްކޮ ފެނުމާއި އެކު މާނިޝްގެ ލޮލުން ކަރުނަ ފައިބައި ގަތެވެ. އެނޫން ކަމެއް އޭނާއަކަށް ނުކުރެވެއެވެ. އެ ދެލޮލުން ކަރުނަ ފޮހެފޮހެ ރާޔާ ވަރުބަލިވެއްޖެއެވެ. ފެންނަން ހުރުމަށްވުރެން ނުފެނި ހުރުން މާ ހިތައް ފަސޭހަކަމުގައި ވިއެވެ.

މާނިޝް އޮތީ އެވެ. ރާޔާ މަޑުމަޑުން ކޮޓަރިއަށް ވަނެވެ. އަދި އެނދުގެ މަގަތުގައި އިށީނެވެ. އޭނާ މާނިޝްގެ މޭގައި ބޯޖައްސާލިއެވެ. އޭނާއަށް އުނދަގޫވެއެވެ. މާނިޝްއަށް އެދެވެނީއެވެ. ނަމަވެސް އެއީ ބަލިމީހެކެވެ. އޭނާއަށް އެކަމުގެ ކުޅަދާނަކަން ލިބިގެނެއް ނުވެއެވެ. ނަމަވެސް މާނިޝް ފެނުމުން ކުރީގެ އުފާވެރި ރޭތައް މަތިން ހަނދާންވާތީ ރާޔާއަށް ރޮވެއެވެ. ރާޔާ މަޑުމަޑުން މާނިޝްގެ ކޮލުގައި ތުންފަތް ޖައްސާލިއެވެ. އަދި ވަރަށް ލޯބިން ބައްދާލިއެވެ. މާނިޝްގެ ދެލޮލުން ކަރުނަ ފައިބަން ފެށިއެވެ. ރާޔާއަށް ކެތެއް ނުވިއެވެ. ދުވެފައި ގޮސް ފާޚާނާއަށް ވަދެ ރޮމުން ދިޔައެވެ.

********************

އެ ޙާލުގައި އެއް ހަފްތާ ވުމާއި އެކު ރިޔާޒް މާނިޝް ގޮވައިގެން އިންޑިޔާގެ ދުރު ހިސާބަކަށް ދިޔައެވެ. ރާޔާ ރެއާއި ދުވާލު ދުޢާކުރެއެވެ. އޭނާގެ ދަރީންވެސް އަބަދާއި އަބަދު ކެނޑި ނޭޅީ އަޅުކަމުގައްޔާއި ދުޢާ ކުރުމުގައި ދެމި ތިއްބެވެ. މާނިޝްގެ ޙާލުބަލަން ކޮންމެ ދުވަހެއްގެ އެއްފަހަރު ރާޔާ ގުޅައެވެ.

” އިތުރު ކަމަކަށް އައި ބަދަލަކީ އަޑު އިވުން.. އަޑުއިވުން ފިޔަވާ އެއްވެސް ބަދަލެއް ނާދެ…އެކަމަކު ދޮންތަ މިހާރު ވާހަކަ ނުދައްކާތި.. މާލެ ގޮސް ވާހަކަ ދައްކާނީ؟ އެހެން ނޫނީ މާ ސަކަރާތްވެދާނެ.. ” ރިޔާޒް ފޯން ބޭއްވިއެވެ. ރާޔާޝުކުރު ކޮއްލިއެވެ.

******************

ޖެހިގެން އައި ދުވަހު ރިޔާޒްމެން އެނބުރި މާލެ އައެވެ. އެމީހުން އައީ އަންގާވެސް ނުލައެވެ.

” ސަޕްރައިޒަކަށް އައީ..” ފުރޮޅުލީ ގޮނޑީގައި މާނިޝް ބައިންދައިގެން ރިޔާޒް ވަނެވެ. ހުރިހާ އެންމެން މާނިޝް ވަށާލިއެވެ.

އޭނާގެ މޫނުމަތިން ފެންނަނީ އެ އުދާސްކަމެވެ.

” ބައްޕާ….” މާޝާ ގޮވާލިއެވެ. ނަމަވެސް މިފަހަރުވެސް އެ ދެލޮލުން ފެނުނީ ކަރުނައެވެ. ރާޔާ ދެރަވިއެވެ.  މިނީޝާވެސް ހުރީ މަޑުމަޑުންނެވެ. މިޝްއަލް އާއި މީޝަމްގެ މޫނުމަތިންވެސް ފެންނަނީ ބަނަކަމެވެ. އުއްމީދުކުރި ވަރަށް ވުރެން ކުޑަކޮށް ޝިފާ ލިބުނީތީއެވެ. ނަމަވެސް ޝުކުރު ވެރިވުން ނޫން ގޮތެއް ނެތެވެ.

މިނީޝާ ނިންދެވުމަށްފަހު މާޝާގެ ކައިރީގައި ބާއްވާފައި ރާޔާ އައިސް ކޮޓަރިއަށް ވަނެވެ. މާނިޝް އޮތީ ނުނިދައެވެ. ރާޔާ އެއްޗެހި ބަދަލުކޮއްލައިގެން އައިސް މާނިޝްގެ ކައިރީ އޮށޯތެވެ.

” މާން… އަޑުއިވޭދޯ..” މާނިޝްއަށް ބޯވެސް ހަލުވައެއް ނުލެވެއެވެ.

” މާން.. އަހަރެން މާންއަށްޓަކައި ހުރިހާ ކަމެއްވެސް ކުރަމުން އައީ.. ދެކުނީމެއްނު ދޯ އަހަރެމެންގެ ކުދިން.. ކިހާ ބަސްއަހާ.. ކިހާ ރަނގަޅު.. މާން އާއި ނުލާ އެކުދިން ބޮޑުކުރިޔަސް އަހަރެންގެ ހިތް މިހާރު މިވަނީ ފިހިފަ…. ” ރާޔާ ރޯންފެށިއެވެ.

” ތި ކެތްތެރިކަމާއި ވަފާތެރިކަމާއި އަމާނާތްތެރި ކަމަށްޓަކައި ފަޚުރުވެރިވަން…” މާނިޝްގެ މޭ މަތީގައި ބޯ އަޅާލައިގެން އޮތް ރާޔާ ކޮޅަށް ޖެހުނީ މާންގެ އަޑުންނެވެ.

” ކީ.. ކޭ..” ރާޔާ އަރުތެރެ ބެދޭގޮތްވިއެވެ.

” އާނ.. ތިއީ މިސާލެއްނެތްފަދަ އަތްބެއް.. ” މާނިޝް ވާހަކަ ދެއްކުމުން ރާޔާއަށް އުފަލުން ގޮސް ރޮވުނެވެ.

” ސަޕްރައިޒްވީ ދޯ..” މާނިޝް ހީލިއެވެ. އޭރުވެސް އޭނާއަށް ހަރަކާތެއް ނުކުރެވުނެވެ. ރާޔާ އުފަލުންގޮސް ބައްދާލުމާއި އެކު މާނީޝްގެ ދެއަތުން ރާޔާ ވަށާލާ ފިއްތާލިއެވެ. ރާޔާ ތެޅިގަނެފައި އަނެއްކާވެސް ތެދުވިއެވެ.

” އަނެއް ސަޕްރައިޒް ދޯ… ހަމަ އުފާކޮއްލަން ނުބުނީ….. ” މާނީޝް ރާޔާގެ މޫނަށް ބޮސްދިނެވެ.

” ދެން… އަތުނުޖެހޭ ހަމައަށް ދާނީ.. ” ރާޔާ ތެދުވެގެން ހިނގައިގަތީ ގަސްދުގައެވެ. މާނިޝް އާދޭތޯއެވެ. އޭނާ އުއްމީދުކުރީ ހިނގޭނެ ކަމަށެވެ. ނަމަވެސް މިފަހަރު މާނީޝްގެ މޫނުމަތިން ފެނުނީ އުދާސްކަމާއި ނުތަނަވަސް ކަމެވެ. ރާޔާ މަޑުމަޑުން އައިސް އެނދު ކައިރީ ކޮޅަށް ހުއްޓުނެވެ. މާނިޝް ވަރަށް އުނދަގުލުން ތެދުވެ އިށީނެވެ. ރާޔާގެ އެހީގައެވެ.

” ދޫނި ދެރަނުވޭ.. ތިހާ ވަރު ވީކަމަށްވެސް ޝުކުރު ކުރަން… އަދި ފަހުން ހިނގޭނެ.. ހުރިހާ ކަމެއްވެސް ރަނގަޅުވާނެ.. ” ރާޔާ މާނިޝްގެ ބޮލުގައި ދެ އަތުން ހިފަހައްޓާލިއެވެ. ރާޔާގެ އުނަގަނޑުގައި ދެއަތުން ވަށާލުމަށްފަހު މާނިޝްގެ މޫނު ރާޔާގެ ބަނޑުގައި ޖައްސާލިއެވެ. ރާޔާ މާނީޝްގެ ބޮލުގައި ފިރުމާލިއެވެ.

ކުއްލިއަކަށް ރާޔާ ސިހުނީ މާނިޝް ރާޔާ ނަގާ އުފުއްލާލީމައެވެ. ރާޔާއަށް ލިބުނީ ބުނެދޭން ނޭނގޭ އުފާވެރިކަމެކެވެ. މާނީޝް އެހުރީ ކޮޅަށެވެ. ރާޔާ އަތުތެރޭގައި ބާއްވައިގެންނެވެ.

” ސަޕްރައިޒް…. ” މިފަހަރު އެހެން ބުނީ ރާޔާއެވެ. މާނިޝް މަޑުމަޑުން ރާޔާ އެނދުމަތީ ބާއްވާލިއެވެ.

” ސްޓޮކްގައި ހުރި ހުރިހާ އުފަލެއް ދޫކުރަން މިއުޅެނީ… ހެހެހެހެ ” މާނީޝް ހޭންފެށިއެވެ. ރާޔާ ލަދުން ބިއްދަށަށް ފުރޮޅިގަތެވެ.

***************

ހެނދުނު ހެނދުނާ ޕޮލިސް ގެއަށް އައެވެ.

” މި ދެކުދިން 20000ރުފިޔާ ސްޓޭޝަނާއި ޙަވާލުކޮއްފައި އޮތީ މާނިޝް ސަލާމަތް ކުރުމަށް.. އެފައިސާ އަނބުރާ ދޭންވެގެން މިއައީ… ” އެންމެންގެ މޫނުމަތީގައި ސުވާލުމާކު ޖެހުނެވެ. އެންމެންވެސް ބަލާލީ އެ ދެކުދިންނަށެވެ،

ރަހީމު ކަންތައް ވީގޮތް ސާފުކޮށް ކިޔައިދިނެވެ. ރަހީމާއި އެކު މިޝްއަލްވެސް ފައިސާ ހޯދިގޮތް ކިޔައިދިނެވެ.

” މިއީ ވަރަށް ރަނގަޅު ދެކުދިން…މި ކުދިންނަށް ސެލިޔުޓް ނަގާވަރުވޭ..” ރަހީމު މިޝްއަލްއާއި މީޝަމް އާއި ސަލާމްކޮއްލުމުން މާނިޝް ހުރީ ހަމަ ހައިރާންވެފައެވެ.

ރަހީމް ދިޔުމުން މިޝްއަލް ދެކަންފަތުގައި އަތްޖައްސާލަމުން ރާޔާ އަށް ބަލާލިއެވެ.

” ފަޔާބެއަށް މި ފައިސާކޮޅު ފޮނުވައިދީ ބަލަ ދޮންބޭ..” ރިޔާޒް އަތްމަޅާލީ ލޯބިންނެވެ.

” ފައިސާ ކޮޅޭ؟؟” ރާޔާ އައިސް ލޯބިން ،މީޝަމްގެ ކަންފަތުގައި ހިފިއެވެ.

ގޭތެރެއަށް ހީވަނީ ބަހާރުމޫސުމް އައިސްގެންއުޅޭހެންނެވެ. އުފާވެރިކަމުގައި އެންމެން ހީ ހީ އުޅެނިކޮށް މާނިޝް ރާޔާގެ އަތުގައި ހިފައިގެން ކޮޓަރިއަށް ވަނީ އެންމެންނަށް ސިއްރުންނެވެ.

” ތޭންކިޔޫ ސޯމަޗް… ” މާނިޝް ރާޔާގެ ނިތްކުރިއަށް ބޮސްދިނެވެ. ރާޔާ ހިނިތުން ވެލިއެވެ.

” ހީކުރިންތަ އިންތިޒާރުކުރާނެކަމަށް؟ ” ރާޔާ އަހާލިއެވެ. މާނީޝް ބޯ ޖަހާލިއެވެ.

” ހިއެއްނޫން.. ޔަޤީން ކުރިން… ” މާނިޝް ރާޔާގެ ގައިަގއި ބައްދާލަމުން ކޮޓަރި ތަޅަށް ފިތާލިއެވެ. އެވަގުތު އެންމެން އައިސް ދޮރުގައި ތަޅައިގަތުމާއި އެކު ރާޔާ އާޢި މާނިޝް ބާރަށް ހޭންފެށިއެވެ.

އުފާވެރި ޙަޔާތަކުން އަނެއްކާވެސް ރާޔާގެ ދިރިއުޅުން ފެށިއްޖެއެވެ. ލޯބިވެތި ގުޅުމަކުން ގުޅެވިއްޖެއެވެ. މިހާރު އެއީ ރާޔާ ބޭނުންވާކަހަލަ ފިރިއެކެވެ. ދަރިންނަށް ބައްޕަގެ ލޯބި ލިބެން ފެށިއެވެ. ރާޔާއަށް ފިރިއެއްގެ ހުރިހާ އަޅާލުމެއް ލިބެން ފެށިއެވެ. ރާޔާ އިނީ ބަލަހައްޓައިގެންނެވެ. ކެއުމަށް އިންސާފުކުރަމުން މާނިޝް މީއްކޮއާއި ސަކަރާތްޖަހަމުން ދެއެވެ. ރާޔާ ހިތްހަމަ ޖެހުމުގެ ނޭވާއެއް ދޫކޮއްލުމަށްފަހު އާއިލާ އާއި އެކު ކެއުމަށް އިންސާފުކުރުމުގައި ބައިވެރިވިއެވެ.

ނިމުނީ

Share Article

Follow Me Written By

Salaa

Level 210 Stories100 Comments

my facebook page: https://www.facebook.com/pages/Stories-by-Salaa-Xifah-Angel/157114861119810

Other Articles

Previous

ލަފްޒު

Next

ބިރުވެރި 18+ ލޯބީގެ ވާހަކަ : މަރުޙަބާ 8

Next
February 8, 2014

ބިރުވެރި 18+ ލޯބީގެ ވާހަކަ : މަރުޙަބާ 8

Previews
February 7, 2014

ލަފްޒު

32 Comments!

  1. na says:
    February 7, 2014 at 9:22 pm

    SALAA haadha avahan ninmaale v salhi story…..salaa abadhuves mi kahala lobi vaahaka genes dheyne kaman hope kuran…..salaa ah huriha kamakun ves ufaarikan dhenvaashi……u can be a good story writter keep goin…..and i love this story a lot….salaa ge huriha story enves v v lobi……adhives mikahala feel ge story akah wait kuran……good night

    1. Salaa says:
      February 7, 2014 at 11:02 pm

      thank u sooooo much Na… im v glade to read ur comnt… yes insha allah mikahala loabi loabi ethah vaahaka eh adhi kiyaalan libeyne..
      https://www.facebook.com/pages/Stories-by-Salaa-Xifah-Angel/157114861119810
      like dhinumun u ah update vaane me ge stories.. once again thanx…

  2. happytoo says:
    February 7, 2014 at 9:42 pm

    awesome . . keep it up dear . . and best of luck .. please publish more and more other stories 😉 🙂

    1. Salaa says:
      February 7, 2014 at 11:03 pm

      hellllow Happytoo.. ur name fenifa ves v happy vejje inge 🙂 ok dear hama liyumaaigen kuriah insha allah… Happytoo keep in touch inge

  3. mishty says:
    February 7, 2014 at 9:58 pm

    hi sala, thanx. story reethikamun hama comment nukoh nuhurevuny. hehe. happy ending dhw. vvvvv salhi mivahaka. asluves hama 1 dhuvahun dhw mi kiyuny. n this is the 1st comment dhw. k tgc ige. gn

    1. Salaa says:
      February 7, 2014 at 11:06 pm

      hehehe.. maishty thy anekkaa maanish ge dhariehbaa 🙂 varah name eggothey raayaa n maanish ge dharinnaa.. hehe aslu bunebala.. story kiyamun dhiya iruga hithah eritha maan maruviyye dhen.. jst askin inge… thank u

  4. shifa says:
    February 7, 2014 at 11:18 pm

    bunaane ehcheh ves neygey,,,,, hama ehaa ves reethi.. thanx salaa

    1. Salaa says:
      February 8, 2014 at 3:30 pm

      welcomr shifa.. vaki ehcheh dhen bunaane kameh neh.. raayaa ah maan libunyma ingey v happy vefakan thi huree shifa ves.. heheh 🙂 keep smiling

  5. aju says:
    February 8, 2014 at 1:42 am

    Vaahaka kiyamun dhiya iru ajuge lolun karuna nuhikey , v touchin story eh , bae kudhin eba buney haadha avahakashey thi ninmaalee ekam aju bunaanee ninmun ves v ragalhey , bae writers story maa dhigu kuran hadhaigen onnanee hadi vefa …. adhives salaa ge stories mi site in fennane kama ummeedhu kuran.

    1. mAAnish says:
      February 8, 2014 at 2:40 pm

      thee thedeh…

    2. Salaa says:
      February 8, 2014 at 3:32 pm

      yey aju thank u… adhi insha allah mi site in kuriah oiy thaa me ge stories fennamun dhaane. mi site in me ah libunu lovely fans ge sababun ithurah story liyan shauguveri vejje.. 🙂

  6. mishty says:
    February 8, 2014 at 10:58 am

    hehe. vedhaane dhw ei dhen libey babyge name kamah ;-). manish maruvi kamah doc bunyma asluves heekury eyna maruvy kamah. egady hithah jeheyney ekamah comment kuranves. hehe. ekam dhen visny storyge name ah n hithah ery eha gina dhuvahu wait kohfa eha sad gotheh nuvaaney raayaa akahves. 2 vana faharah kiyanves boring eh nuvaane mi story. anyway hope we’ll myt 1 day insha allah.:-) tgc dear

    1. Salaa says:
      February 8, 2014 at 3:35 pm

      heheh..maan maraali nama ehchehi fasheh kiyaaleemus dho..dhen eheneh nahadhaane ehnu happy ending makes fans happy.. 🙂 yes dear insha allah we ll meet.. tc

  7. me says:
    February 8, 2014 at 11:39 am

    asluves heekury maan maru v kamah, a huriha dhua kuruvaafa salaa hama maan maraaly baaey heekohfa hutta hey ery,,,, thank god, vaahaka v v habeys, adhives mikahala vaahaka thakakah wait kuran, v avahah kiyaalan libeyne kamah unmeedhu kurany, ur stories r grt

    1. Salaa says:
      February 8, 2014 at 3:38 pm

      thanx me….. insha allah dhen ves me ne new stories fennaane.. adhi mi month ga new story eh fashan miulheny. hope u ll read.. 🙂

  8. shaf says:
    February 8, 2014 at 12:20 pm

    thank yew so much vvvvvv salhi story eh hama rangalhahvx rovihje salaa vvv molhu vaahaka liyan

    1. Salaa says:
      February 8, 2014 at 3:41 pm

      WC shaf… ehentha? shaf men kahala kudhin thi kuraa loabi loabi coments thakun foni vegen gossa vaahaka ves reethi kolleveny.. hehehe keep in touch..

  9. aeminath says:
    February 8, 2014 at 12:41 pm

    varah reethi mibaives… All the best salaa 😉
    Eyna marry koggen ulhey, rashuge kujjeh mee 🙂

    1. Salaa says:
      February 8, 2014 at 3:42 pm

      thank u aeminath/// ehentha… so convey my best regs to haxmaththa… 🙂

  10. lady gaagaa says:
    February 8, 2014 at 12:44 pm

    esfiyai ge ehme reathi story mi
    salaa vrh molhu asluves vrh reathi
    vrh dheravei mi story kityaaafa

    1. Salaa says:
      February 8, 2014 at 3:54 pm

      ohh wow.. award trophy emme furathama mi libuny lady gaagaa athun dw.. thank yhu… dhen heelaa.. 🙂

  11. na says:
    February 8, 2014 at 4:03 pm

    story kithanme varakah kiyalias foohi nuvey v hih hama jehey…. v salhi mi story…salaa thy girl eh tha nooney boy eh tha…? mirey ves mi story kiyaaleveyne kan nyge….keep it up salaa 🙂

    1. Salaa says:
      February 8, 2014 at 7:41 pm

      hehehe im a im a girl… thnxxxxxx

  12. shana says:
    February 11, 2014 at 4:04 pm

    (:.nice story. i like this story very much. looking foward for a new story from you salaa. gud luck

  13. sul says:
    February 15, 2014 at 9:02 pm

    Anime fahu part my iruga v v v v v v v v rovunu bunaveany hama v bestey v salhi keep it up

  14. Tho says:
    March 6, 2014 at 1:11 am

    Salaa vareh neh

  15. someone says:
    August 30, 2014 at 2:24 pm

    obi igey meethi…:)

  16. roassy says:
    March 28, 2016 at 10:07 pm

    meehaku dheke hageegee loabi v ma raaya kanthah kuri gothah hama kanthah kureveynee.

  17. roassy says:
    August 6, 2016 at 10:50 pm

    mivaahaka kiunu adhadhehves neyge

  18. Lavaza says:
    September 4, 2016 at 2:21 am

    Foni karuna ehvaaka neytho….

  19. Yoona says:
    October 28, 2016 at 3:03 pm

    Varah varah rythi adhives mivaahaka kiyaa hih vey eba

  20. nonns says:
    April 30, 2017 at 11:16 am

    OMG!!!! Varah reethi mi story. Especially story ge ending. Keep it up!!

Comments are closed.


All Right Reserved!