އިންތިޒާރުގައި ހުރިން 13
ލިފްޓް ސުމާގެ ބަޔަށް އައިސް ހުއްޓުމާއި އެކު ތިން މީހުން ނިކުތެވެ. ސުމާ ގެ ހިތް ތެޅެމުން ދިޔައީ އެތަކެއް ދުވަސްތަކެއް….. ނޫނެކެވެ. އެތަށް އަހަރުތަކެއް ފަހުން މާޒިން އެގެއަށް ވަންނާނެތީއެވެ. މާޒިން ސުމާއާއި ވާހަކަ ދައްކާނެނަމައެވެ. ހާލުއަހާލާނެނަމައެވެ. މާޒިންވެސް ހުރީ ނުތަވަސްވެފައެވެ. އެތަކެއް ހަނދާންތަކެއް ގައިދުވެފައިވާ އެގެއަށް އަނެއްކާވެސް މިދަނީ ވަންނާށެވެ. ސުމާ ދޮރުމައްޗަށް އެރުމާއި އެކު ސުމާގެ ފޯނު ރިންގުވިއެވެ. ސުމާ ޒިންއަށް ބަލާލުމަށްފަހު ފޯނުނެގިއެވެ. އަދި ދަބަހުން ތަޅުދަނޑި ހޯދަންފެށީ ފޯނު އެއްއަތުން ހިފަހައްޓާލައިގެން ހުރެގެންނެވެ. “ހަލޯ.. ހުމްމް މިރޭ އާދޭ.. އަފްކޯސް އިންނާނެ ކެއުމެއް.. ހެހެ ރިލޭ.؟؟ އޭނާ އަންނާނެ؟ އޭނާ ގެ ހަށީގައި އެހާ ބާރު ހުރިއްޔާ ގެނޭ އޭނަވެސް.. މަރީދައްތަވެސް………” ސުމާގެ ފޯނު ކަންފަތް ކައިރިން ނައްޓާލިއެވެ. ތަޅުދަނޑި ނުފެނިގެން ދަބަސް ރަނގަޅަށް ހޯދާލުމުގެ ބޭނުމުގައި ފޯނު ކޮނޑުގައި ބާއްވާލަމުން ބޯ އަރިކޮށް ކަންފަތް ޖައްސާލައިގެން އޭނާ ވާހަކަ ދައްކަން ފެށިތަނާ އޭނާގެ ފޯނު ކައްސާލީއެވެ.
ކައިރި ހުރި މާޒިންއަށް ފޯނު ހިފެހެއްޓުނު ކަމެވެ. ސުމާއަށް ދެލޯ ބޮޑުކޮށްލެވިގެން ހުރިގޮތަށް ހުރެވުނީއެވެ. ދެއަތްވެސް ދަބަހަށް ލައިގެން އެ ހުރިގޮތަށެވެ. މާޒިން ސުމާއާއި ދިމާ ބަލައިލުމެއްނެތި ސުމާގެ ފޯނު ކަންފަތުގައި ޖައްސާލައިގެން ސުމާ ކައިރި ހުއްޓެވެ. އެކޮޅުން ހަލޯ ގޮވަނިކޮށް ސުމާ ސިއްސައިގެން ގޮސް ޖަވާބުދިނެވެ. “އާނ.. އާނ… މަރީ…މަރީދައްތަވެސް ގެންނާތި.. ހުމްމް އޯކޭ ބައި..” ސުމާ ދުރުބަލަންހުރި މާޒިންއާއި ދިމާ ބަލަންހުރެ ފޯނަށް ޖަވާބުދިނެވެ. އެކޮޅުން ފޯނު ކަނޑާލިއެއް ކަމަކު މާޒިން އެ ހުރިގޮތަށް ސުމާގެ ކަންފަތުގައި ފޯނު ޖައްސައިގެން ހުރީ ކަނޑާލިކަން ނޭނގޭތިއެވެ. ސުމާއަށް ބޭއިހްތިޔާރުގައި ހެވުނެވެ. ވާހަކަދައްކަން ނުކެރުމުން ސުމާ ބާރަކަށް ކެއްސާލިއެވެ. މާޒިން ކުއްލިއަކަށް ސުމާއާއި ދިމާ ބަލައިލިއެވެ. “ބާއްވައިފި.” ސުމާ އެހެން ބުނެލީ މާޒިންގެ އެ ނަޒަރުން އޭނާއަށް ވީގޮތް ނޭނގުނީކަން އިނގުމުންނެވެ. މާޒިން ފޯނު ކަންފަތުން ނަގައިލިއެވެ. ޒިން އެދެމީހުންނަށް ބަލަންހުރެ ހޭންފެށިއެވެ. އޭނާއަށް ވާނުވާ ނޭނގުނަސް ހެވުނީ ސުމާ ކެއްސާލުމާއި އެކު މާޒިން ސިއްސައިގެން ދިޔަ ގޮތުންނެވެ. ސުމާ ދަބަސް ހޯދަމުން ގޮސް ތަޅުދަނޑިނެގިއެވެ. އަދި ދޮރުހުޅުވާލިއެވެ.
މާޒިން ފުންނޭވައެއްލީ ދޮރު ހުޅުވުމާއި އެކުގައެވެ. އޭނާގެ ލޯ ކުރިމަތީ ހުރިހާ ކަމެއް ސިފަވިކަހަލައެވެ. ސުމާ އެތެރެއަށް ވަދެ ޒިން ކައިރި ބޭބެ އެތެރެއަށް ވެއްދުމަށް އެދުނެވެ. ޒިން މާޒިންގެ އަތުގައި ހިފައިގެން އެތެރެއަށް ވެއްދިއެވެ. ސުމާ އޭސީ އޮންކޮށްލުމަށްފަހު އޭނާގެ ދަބަސް ކޮޓަރިއަށް ލާންދިޔައެވެ. “ޒިން އާދޭ ގައިދޮވެލަން…” ސުމާ ކޮޓަރީގައި ހުރެފައި ޒިންއަށް ގޮވާލިއެވެ. ޒިން އޭރު މާޒިން ސޯފައިގައި ބައިންދަނީއެވެ. “ބޭބޭ.. ޑޯންޓް ގޯ.. އައި ވިލް ބީ ބެކް..” ޒިން އެހެން ބުނެލުމަށްފަހު ދިޔައީ މާޒިންގެ ކައިރިން ނުދާނެކަމުގެ ޕްރޮމިސްވެސް ކުރުވާފައެވެ.
ޒިން ޓީސާޓެއް ލައްވާލާ ސޯއްޓެއް ލެއްވުމަށްފަހު ޒިން ބޭރަށް ފޮނުވާލިއެވެ. ސުމާ ދޮރުމަތީ ހުރީ ކުރާނެކަމެއް ނޭނގިފައެވެ. އޭނާ ބަދިގެއަށް ގޮސް ރީހަންމެން ގޭ އެންމެން އަންނަންވާއިރަށް ކައްކަންވެސް ޖެހެއެވެ. އޭގެ ކުރިން މާޒިންއަށް އެއްޗެއް ހަދައިދެންވެސް އެބަޖެހެއެވެ. ޖިލްބާބް ލައިގެން އޭނާއަށް އެހުރިހާ ކަމެއްނުކުރެވޭނެއެވެ. ސުމާ އެންމެ ފަހުން ނިންމީ އަތުގައި އޮތް އެންމެ ދިގު ޓޮޕްކޮޅުލައިގެން ނިކުތުމަށެވެ. އެހެންކަމުން އޭނާވެސް މޫނުދޮވެ ތާޒަވެލުމަށްފަހު އެ ޓޮޕްކޮޅާއި ސްކިނީއެއް ލާ ވައް ބުރުގަލެއް އަޅައިގެން ނިކުމެލިއެވެ. އޭރު ޒިން އިނީ މާޒިން ގޮވައިގެން އޭނާގެ ކުޅޭ އޭރިޔާ ތެރޭއެވެ. މާޒިންވެސް ކުޑަކުއްޖެއްފަދައިން އޭނާ ކައިރި ކުޅެން އިނެވެ. ސުމާ ހެމުން ހެމުން ބަދިގެއާއި ދިމާލަށް ދިޔައެވެ. އެއަށްފަހު އާދައިގެ މަތިން ޒިން މިގަޑީގައި ބޯލާ ކިރުތަށްޓެއް ގިރައިދީ މާޒިންއަށް ކޮފީތަށްޓެއް ހަދައިދިނެވެ.
ސުމާ ދެތަށި ޓްރޭއަކަށް ލުމަށްފަހު އެދެމީހުން ކައިރިއަށް ދިޔައެވެ. މީހަކު އަންނަހެން ހީވެގެން މާޒިންއަށް ސުމާއާއި ދިމާ ބަލައިލެވުނެވެ. އޭނާގެ ހިތްއަވަސްވިއެވެ. ސުމާާއާއި ކޮންމެ އެއްޗެއްވެސް ގުޅެއެވެ. މާޒިން އަވަސް އަވަހަށް ދުރުބަލާލީ އޭނާގެ ހިތްކޮންޓްރޯލުން ނައްޓަފާނެތީއެވެ. “އަން ޒިން ޔުއަރ ފޭވްރިޓް..” ސުމާ އިށީނދެލަމުން ބުނެލީ ޒިންއަށް އޭނާގެ ކިރުތަށި ދިއްކޮށްލަމުންނެވެ. ސުމާ އެހެންބުުނީ ދެމާނައެކުލެވޭ ގޮތަކަށެވެ. އެއީ މާޒިންއަށްވެސް ސުމާ އެއްލި ޖުމްލައެކެވެ. މާޒިންއަށް ހިނިތުންވެވުނެވެ. އެއީ އޭނާގެވެސް ފޭވްރިޓް ކޮފީތަށީގެ ވަސް އޭނާއަށް ދުވުމުންނެވެ. ޒިންއޭގައި ހިފުމާއި އެކު ސުމާ މާޒިންއާއި ދިމާލަށް ކޮފީތަށި ދިއްކޮށްލިއެވެ. މާޒިން އެތަށީގައި ހިފީ ޒިން އެދެމީހުންނަށް ބަލަން ހުރުމުންނެވެ. ޒިން އޭނާގެ ތަށި ބޯންފެށީ މާޒިން ކޮފީތަށި ނެގުމުންނެވެ. “މަމް ހިއަރ އިޒް ޔުއަރ ސިޕް” ތަށި ސުމާއަށް ދިއްކޮށްލަމުން ޒިން އެހެންބުނެލިއެވެ. އެއީ އޭނާ އަބަދުވެސް ކަންތަށް ކުރާގޮތެވެ. ކިރުތަށިން އެތިކޮޅެއް އޭނާ އަބަދުވެސް ސުމާއަށް ދެއެވެ. ސުމާ މާޒިންއަށް ބަލައިލުމަށްފަހު ޒިން ދިއްކޮށްލި ތަށިގައި ހިފާ އެތިކޮޅެއް ބޯލިއެވެ. އަދި އަނެއްކާވެސް ޒިންއަތަށް ތަށި ދިނުމަށްފަހު ތެދުވެލީ ބަދިގެއާއި ދިމާލަށް ދާށެވެ. “ބޭބޭ…. ބޭބެއެއް ނުދޭނަންތަ މަންމިއަކަށް؟؟؟” ޒިން އެހެން ބުނެލުމުން ކޮފީތަށި ބޯން އިން މާޒިން ކޮށިއެރިއެވެ. ސުމާގެ ފިޔަވަޅުތަށް ހުއްޓި ދެލޯ ބޮޑުވިއެވެ. އަދި ޒިންއާއި ދިމާލަށްވެސް ބަލައިލެވުނީ ހަމަ އެ ގޮތަށް ހުރެއެވެ. މާޒިން ދެތިން ފަހަރު ކެއްސާލުމަށްފަހު އަމިއްލަ ނަފްސް ކޮންޓްރޯލްކުރިއެވެ. “ޒިން އަބަދު ދެން މަންމިއަށް..” ޒިން އިތުރުކޮށްލިއެވެ. މާޒިން ސުމާއާއި ދިމާ ބަލައިލިއެވެ. ސުމާ ހުރިގޮތުން މަޒިން ކައިރިއަށް ހިނިއައެވެ. “ޒިން އެހެން ނުބުނާނެ އިނގޭ!!… ޒިން އާއި ބޭބެއާއި ތަފާތުވާނޭ..” ސުމާ އެހެން ބުނެލެވުނީ އިހްތިޔާރަކާއި ނުލައެެވެ. ހިތާހިތުން ހަމަ ތަފާތު ވާނެބާއޭ އޭނާ ދިޔައީ ހިތަށްއަރަމުންނެވެ.
……
މާޒިން ސުމާއާއި ދިމާލަށް ބަލައިލިއެވެ. “އެހެންތަ ހަމަ ތަފާތު ވާނެ؟” މާޒިން އެސުވާލުކޮށްލުމުން ސުމާއަށް ބަލައިލެވުނީ ކުއްލިއަކަށެވެ. އެއީ އޭނާ މާޒިން ފަރާތުން އިވޭނެކަމަކަށް ހީވި އެއްޗެއް ނޫނެވެ. “ހަމަ ތަފާތު ވާނެ؟؟؟” މާޒިން ކޮޅަށް ތެދުވެލަމުން އަނެއްކާވެސް ސުވާލުކޮށްލިއެެވެ. ސުމާއަށް އެއްޗެކޭ ބުނަން އުނދަގޫވިއެވެެ. އޭނާ އެއްޗެކޭ ބުނަން އަނގަހުޅުވާލުމާއި އެކު މާޒިން ކޮފީތަށި އޭނާގެ ތުންފަތުގައި ޖައްސާލުމަށްފަހު އޭނާއަށް ބޯންދިނެެވެ. ސުމާއަށް ހުރެވުނީ މާޒިންއާއި ދިމާ ބަލަންށެވެ. އެ ހަރަކާތުން ހަމަ ރަނގަޅަށްވެސް އޭނާ ކޮސްކޮށްލައިފިއެވެ. މާޒިން ތަށި ދުރައްލުމަށްފަހު ޒިން އަށް ޓަޗެއްދިނެވެ. ޒިން ހެމުން ހެމުން ދިޔައީ ސުމާއަށް ވެފައި ހުރިގޮތުންނެވެ.
…..
ސުމާ ސިއްސައިގެން ދިޔައީ މާޒިން ތަށިމުށިމަތީ ކޮފީތަށި ބެހެއްޓިއަޑަށެވެ. ސުމާ އަވަސްއަވަހަށް ބަދިގެއާއި ދިމާލަށް ދިޔައެވެ. ޒިންކް ކައިރި އޭނާ ހުރީ ހިތަށް އެރި އެއްޗެއްގެ ސަބަބުުން ހާސްވެފައެވެ. މާޒިން އޭނާއާއި ވާހަކަ ނުދައްކާ އެހެން ހުރުމުން އޭނާ ދެރަވިއެވެ. ވަރަށް ދެރަވިއެވެ. ސުމާ ދެތިން ފަހަރު ނޭފަތް ދަމާލުމަށްފަހު އެއްޗެހިތަށް ކޮށަން ރެޑީކޮށްލިއެވެ. މިރޭ ބޮޑުކެއްކުމެއް ކައްކަން އެބަޖެހެއެވެ. ސުމާއަށް އިރުއިރުކޮޅާ ޒިންއާއި މާޒިންހޭއަޑު އިވެއެވެ. އެ އަޑާއި އެކު ސުމާގެ ހަރަކާތްތަށް މަޑުވެ އަމިއްލައަށް ހިނިތުންވެލެވެއެވެ. “އޯ ގޯޑް… ޒިންންންންން…! ވައި އޭމް އައި ލަވިން ޔޫ ސޯ މަޗް..” ސުމާ ހިތާހިތުން ކިޔާލިއެވެ. “ސުމާ… ވައި އޭމް އައި ތިންކިން އަބައުޓު ޔޫ” މާޒިން ބަދިގެއާއި ދިމާލަށް އަވަސް ނަޒަރެއް ދެމުން ހިތާހިތުން ކިޔާލިއެވެ.
“ބޭބީ ބޯއި.. ބޭބެއަށް ދައްކަބަ ބައްޕިގެ ފޮޓޯ މިތަނުން..” މާޒިން އެހެން ބުނެލީ ސިޓިންގްރޫމްގައި ހުރި ފޮޓޯ ފްރޭމްތަކަށް ބަލަންހުރެއެވެ. ފާރުގައި ހުރި ފޮޓޯތަކުގައި ހުރީ ޒިންއާއި ސުމާ އެކަންޏެވެ. ބައްޕައެއް ސަނާއެއް އިތުރު މީހެއްނެތެވެ، ޒިން އެތާ ހުރި ވަތްގަނޑެއް ހުޅުވާލިއެވެ. އަދި އޭގައި އޮތް ފްރޭމްއެއް ނަގާފައި ދައްކާލިއެވެ. އޭގައި ހުރީ ސުމާއެވެ. ދެން ހުރީ ފިރިހެނެކެވެ. ސުމާ ހުރީ އެ ފިރިހެންމީހާގެ އެއްކޮނޑަށް އަތް ވައްޓާލައިގެން އަނެއް އަތުން ‘ޕީސް’ ސައިން ދައްކައިގެންނެވެ. އެ ފިިރިހެންމީހަކީ މެލޭޝިޔާ މީހެއްކަންނޭނގެއެވެ. ދެމީހުން ހިނިތުންވެލާފައި ހުރިގޮތުން ހީވަނީ ވަރަށް އުފާވެރި ބައެއްހެންނެނެވެ. އެކަކު އަނެކަކުދެކެ ނުލާހިކު ލޯބިވާހެންނެވެ. އެމީހަކީ މާޒިން ދެކިފައިވާ މީހެއްނޫނެވެ. އެ ފިރިހެންމީހާއާއި ޒިންއާއި އެއްވެސް ތަފާތެއްނެތެވެ. މާޒިންއަށް އެ ފޮޓޮއަށް ބަލަން ހުރެވުނެވެ. ސުމާ ހުރި ހިސާބުގައި އަތްހާކާލުމަށްފަހު ޒިން އަތަށް އެ ފޮޓޯ ފްރޭމްދިނެވެ. އަދި އެއީ ސީކްރެޓެއްކަމަށް ބުނެ ޒިން ހައްދާލިއެވެ. މާޒިންއަށް އިތުރަށް ސުމާދެކެ ރުޅިއާދެވުނެވެ. “ބޭބީ ބޯއި.. ބޭބެ ދެން ދަނީ އިނގޭ..” އިތުރަށް ހުންނަން މާޒިން ބޭނުން ނުވުމުން އެހެން ބުނެލިއެވެ. ނަމަވެސް ޒިން މާޒިންގެ އަތުގައި ހިފާލިއެވެ. އަދި މައުސޫމްގޮތަކަށް މާޒިންއާއި ދިމާލަށް ބަލަންހުއްޓެވެ. “ބޭބޭ…. ޕްލީސް..” ޒިން އިސްޖަހާލިއެވެ. މާޒިން ޒިންގެ ބޮލުގައި ފިރުމާލުމަށްފަހު އޯކޭ އޭ ބުނެލާ އަނެއްކާވެސް ޒިން ކައިރި އިށިނދެލިއެވެ. ކިތަންމެ އިންނަން ބޭނުންނުވިޔަސް ޒިން ދެރަކޮށްލަން ހިތްނޭދެނީއެވެ.
ވީއެއްވެސް ކަމެއް ނޭނގޭ ހާލު ސުމާ އެމީހުންނާއި ދިމާލަށް ދިޔައީ ތަށިތަށް ބަލައެވެ. މާޒިން ސުމާއާއި ދިމާލަށް ބަލައިލީ ރުޅިވެރި ނަޒަރަކުންނެވެ. ސުމާއަށް މާޒިން ފެނުމާއި އެކު ފިޔަވަޅުތަށް ހުއްޓުނެވެ. ނަމަވެސް އޭނާ އަވަސްއަވަހަށް ތަށިތަށް ނަގައިގެން އެތަނުން ދާން ހިނގައިގަތެވެ. އޭނާ ރުޅިއައީ ކީއްވެބާއޭ ސުމާ ހިތަށްއަރަމުންދިޔައެވެ. ސުމާ ބަދިގެއަށް އައިސް މަޑުކޮށްލިއެވެ. އޭނާއަށް ސިފަވަމުން ދިޔައީ މާޒިންގެ އެ ނަޒަރެވެ. ކުއްލިއަކަށް މާޒިންއަށް އެވީ ކީއްވެބާއެވެ؟ އުނދަގޫވީހެއްޔެވެ؟ އުނދަގޫވިކަން ޔަޤީނެވެ. “ޒިންން.. ދޭ ކޮޓަރިއަށް ދެން.. މިހާރު މީ ކުޅޭ ގަޑިއެއްނޫނެއްނު ދޯ.. ބޭ..ބޭބެ ޖެހޭނެ ދާންވެސް.. ދެން ފަހުން މަޖާކުރާނީ އިނގޭ.. ދޭ ރޫމްއަށް ގޮސް ޓެބްއިން ޤުރުއާން އަޅުވާލައިގެން ކިޔަން…. މަންމި ދާނަން މިކަން ނިންމާލާފަ.. ” ސުމާ އެހެން ބުނެލީ ޒިންއަށް އިވޭނެހެން ތަންކޮޅެއް ބާރަށެވެ. ބަދިގެއިން ނިކުންނާކަށްވެސް ދެނެއް އޭނާއަކަށް ނުކެރޭނެއެވެ. މާޒިންއަށް ނުދެވިފައި އެއިނީ ޒިން އިނީމަކަން އޭނާއަށް ހީވިއެވެ. ޒިން ތުންދަމާލިއެވެ. “ތެދެއް.. ބޭބެ އަންނާނަން ފަހުން އިނގޭ… ބަސްއަހައިގެން ކިޔަވާލާ..” މާޒިން ބުނެލިއެވެ. “ޕްރޮމިސް؟” ޒިން އަހާލިއެވެ. މާޒިން “ޕްރޮމިސް”އޭ ބުނެލުމުން ޒިން މާޒިން ގައިގާ ބައްދާލުމަށްފަހު ކޮޓަރިއަށް ދިޔައެވެ. ސުމާ ހީކުރީ މާޒިންވެސް ދާނެކަމަށެވެ. ހަމަގައިމުވެސް ދެނެއް ސުމާ އަކަށް މާޒިންގެ ކުރިމައްޗަށް އަރާކަށް ނުކެރޭނެއެވެ. އެ ނަޒަރުން އޭނާގެ ހިތް ކަތިލައިފިއެވެ. ހިތް ރޮއްވާލައިފިއެވެ.
ސުމާ އެއްޗެހިތަށް ކޮށަން ހުއްޓާ ސިއްސައިގެން ދިޔައީ މީހަކު އޭނާގެ ފަހަތުން އައިސް އަތުގައި ހިފުމުންނެވެ. ސުމާ ފަހަތަށް އެނބުރުނީ އެ އަތް ދަމައިގަންނަމުންނެވެ. ކުރިމަތީ ހުރި މާޒިން ފެނި ސުމާގެ ހިތްއަވަސްވިއެވެ. “ހީކުރީތަ ތިހެން އުޅެވޭނަކަަމަށް؟” މާޒިން އަހާލިއެވެ. އަޑުގައިވަނީ ނުރުހުމެވެ. ސުމާ މާޒިންއާއި ދިމާލަށް ސުވާލުގެ ނަޒަރަކުން ބަލައިލިއެވެ. “ކީއްވެ ސުމާ ކީއްވެ؟؟؟؟ އަނގަ ފުޅާކޮށްލާފަ ލޯބިވެޔޭ ބުނެލެވުނެއްނު އެކަމް ބޭވަފާތެރިވީވެސް ހަމަ ސުމާއެއްނު…. އަދި ގޮތްކުޑަކަމުން އެ ކުއްޖާއަށްވެސް މާޒިންއޭ ކީ.” ސުމާގެ އަތަށް ފިތާލަމުން މާޒިން އެހެން ބުނެލިއެވެ. ސުމާގެ މެޔަށް ހޫނު ފެންއެއްޗެއް އޮއްސާލިފަދައެވެ. ސުމާ އެއްޗެކޭ ބުނުމުގެ ކުރިން ކަރުނަތަށް އޭނާގެ ލޮލުން އަންނަންފެށިއެވެ. އަގަހުޅުވައިނުލެވުމުން ސުމާ ބޯ ހޫރާލީ ތިއީ ތެދެއްނޫނޭ ބުނާފަދަ ގޮތަކަށެވެ. މާޒިން ސުމާގެ އަތަށް ތަދުކުރަމުން ދިޔައެވެ. “ކީއްވެހޭ ސުމާ އޭރު ބުނީ ލޯބިވެޔޭ؟؟؟؟ ކީއްވެ ބުނީ ވެއިޓްކުރާނަމޭ ޒިން ލޯބިނުވިޔަސް؟؟” މާޒިން ސުމާ ކޮށްޕާލަމުން ބުނެލިއެވެ. ސުމާ ގޮސް ޖެހުނީ ފާރުގައެވެ. އޭނާގެ އަނގައިން މަޑުއާހެއް ނިކުތެވެ. ނަމަވެސް އޭނާއަށް ދެލޯ ބޮޑުކޮށްލައިގެން މާޒިންއާއި ދިމާލަށް ބެލުން ނޫންކަމެއް ނުކުރެވުނެވެ. މާޒިން މިފަދަ ގޮތަކަށް ވާހަކަ ދައްކަންޖެހޭ ސަބަބެއް އޭނާއަށް ނުވިސްނުނެވެ. “ސުމާ ތީ ބޮޑު ބޭވަފާތެރިއެއް.. ލޯބިވެޔޭ ކިޔައިގެން އުޅުނު ދޮގުވެރިއެއް…. ބޮޑު ކެހިވެރިއެއް…. ނަސީބެއް އޭރު ދުރަށް ދެވުނުކަން…” މާޒިން ސުމާއާއި ކައިރިވެލަމުން ބުނެލިއެވެ. އޭނާގެ ރުޅިގަނޑު ކޮންޓްރޯލްކުރަން އޭނާއަށް ވަރަށް އުނދަގުލެވެ. ކުރިމަތީ ހުރީ އޭނާގެ ފުރާނަފަދައިން ލޯބިވާ ސުމާއެވެ. ނަމަވެސް މިވަގުތު އެ ރުޅިގަނޑުގައި ސުމާގެ ކަރުގައި ހިފާ އެއްލާލަންވެސް އޭނާ ބޭނުންވިއެވެ.
“މާޒިން؟ ތި ކިޔޭ އެއްޗެއް އިނގޭތަ އެބަ؟” ސުމާ އަށް އެންމެ ފަހުން ބުނެލެވުނެވެ. އޭރު އޭނާއަށް ވަނީ ރަނގަޅަށްވެސް ރޮވިފައެވެ. “އާނ އެބަ އިނގޭ މި ކިޔޭ އެއްޗެއް.. ހީނުކުރަންޗޭ ތި ކަރުނަތަކުން މިހިތަށް ކަމެއްވާނެހެން..” ސުމާ އާއި ދާދި ގާތުގައި މަޑުކޮށްލަމުން މާޒިން ބުނެލިއެވެ. “ތީ ބޮޑު ކެހިވެރިއެއް.. ޔޫ ޑޯންޓް ޑިސާރވ ސަމްވަން ޓު ލަވް.. ޔޫ ޖަސްޓް ގޯ ޓު ހެލް… އައި ހޭޓް ޔޫ ސުމާ އައި ހޭޓް ޔޫ..” މާޒިން ކައިރި އޮތް ވަޅި ނަގަމުންް ބުނެލިއެވެ. ސުމާ ބިރުން ތުރު ތުރުއަޅައިގަތެވެ. “މާޒިން؟؟؟ މޮޔަ ވީތަ..” ސުމާ ހަޅޭލަވައިގަތެވެ. “މޮޔަ ނުވިއްޔާ ދެރައެއްނު… ” މާޒިން ސުމާއާއި ދިމާ ވަޅި ދިއްކޮށްލަމުން ބުނެލިއެވެ. ސުމާ އިތުރަށް ފާރާއި ޖެހި ފިތުނެވެ. “ހިތަށް އަރާ ހަމަ މިހާރު މި ހަރާލާފަ އުމުރަށް ތި އަންހެނާގެ ކިބައިންނާއި ހަދާންތަކުން ސަލާމަތްވާން… އެކަމް ކީއްކުރާނީ….. ބޭވަފާތެރިކަމުގެ އެ ނިޝާނަށްޓަކައިވެސް..” މާޒިން ވަޅި ސުމާއާއި ކައިރިކޮށްލުމަށްފަހު އެއްލާލިއެވެ. އަދި އެތަނުން ދާން ހިނގައިގަތެވެ.
“މާޒިން….!!!!!! ލިސެން ޓޫ މީ ޓޫ!!!!! އަހަރެން ވީ ލޯތްބަށް ބަރޯސާ ނުކުރާ މީހަކަށް އަހަރެންގެ ލޯބި ނުދެވުނުކަންވެސް އެއީ ނަސީ… ނަސީބެއް….. ގަބޫލުކުރަން ލޯބިނުދެވޭނެކަން ގަބޫލުކުރަން ނުވެވޭނެކަން ލޯތްބެއް.. އެކަމް ހިއެއްނުކުރަން އަހަރެންގެ ލޯބި މާޒިންގެ ކުރިމަތީގައި ތިހާ ކުޑަކަމަކަށް.. އެއަށް ކުޑަވެސް ގަދަރެއް ނެތްކަން…. މިހުރިހާ ދުވަހުވެސް އެއްޗެކޭ ނުބުނެ އުޅުނީނު…. ހިތަށްއެރީ މާޒިން އަށް އިނގޭނޭ ގަބޫލުކުރާނޭ ލޯބިވާކަން… އެވަރުވެސް މިހިތަށް ހަމަޖެހުން ލިބޭ… ލޯބިވެރިޔާ ލޯބިނުވިޔަސް ލޯބިވާކަން ގަބޫލުކުރާތީ…. ގަދަރު ކުރާތީ…. އެކަމް…. ނޯ.. ޔޫ ޖަސްޓް… މާޒިން ހަމަ މިހާރު މިގޭން ނިކުމޭ.. ޖަސްޓް ގެޓްދަ ހެލް އައުޓް އޮފް ހިއަރ… އެން ޔެސް ދެން ނުވާނެ.. ނުވާނެ އައިސްގެން…މާޒިން މޫނު އަނބުރާލާފަ އަބަދު ދާއިރު މި ދިރިއުޅުން ކުދިކުދިވޭ.. ނޫން… ވަނީކީ ނޫން.. ކުދި ކުދިކޮށްލާފަ ދަނީ…ހަމަ އަބަދުވެސް… އައިއްސާ އަނެއްކާވެސް ދަންޏާ ކީއްކުރަން އަންނަނީކީ… އެކަމް ދެން ހެޔޮޮ.. ނައު ސްޓޮޕް އިޓް.. ދެން ނާންނާތި ކުރިމައްޗަށްވެސް އިތުރަށް މި ދިރިއުޅުމުގައި ކުދިކޮށްލެވޭނެ ބަރުބާދުކޮށްލެވޭނެ އެއްޗެއް ނެތް.. އައި ޖަސްޓް ހޭވް ޒިން ދެޓްސް އޯލް… ދެން ނެތް ބާރެއް އެ ހުރިހާ ކަމެއް ހޭންޑްލް ކުރެވޭނެ….. މިއަދު.. މިއަދު ތި މާޒިންއަށްޓަކައި ވިންދުޖަހަމުން ދިޔަ އެ ފަޅިވެފައިވާ ހިތްވެސް އިތުރަށް ފަޅިވެއްޖެ… ޔޫ ޖަސްޓް ނޯ ޓު ހާރޓް ޕީޕަލް…. މާޒިންއަކަށް ނޭނގެ އެހެންމީހުން ތިމީހަކަށްޓަކައި އުފުލާ ބުރައެއް.. ކުރާ ކަންތަކެއް.. ޖަސްޓް ގޯ މާޒިން ޖަސްޓް ގޯ.. އައި ހޭޓް ޔޫ ސޯ މަޗް… ސޯމަޗް.. ..” ސުމާ ބޭރަށް އިނގިލި ދިއްކޮށްލަމުން ބުނެލިއެވެ. އޭނާވެސް ރުޅިއައެވެ. އެހެންނަމަވެސް އޭނާ ދިޔައީ ރޮމުންނެވެ. “ސުމާ!!! އަހަރެން ކުރިމަތީ ދެން ތި ލޯބީގެ ބަހަނާތަކެއް ނުދެއްކޭނެ… ތި ދުލުން ލޯބި އެބަސްވެސް އިވެނީ…… ޖަސްޓް ލީވް އިޓް…. އެން އައި ހޭޓް ޔޫ މޯރ… އައި ހޭޓް ޔޫ މޯރ.. ތި ސޫރަދެކެވެސް ތި އިންސާނާ ދެކެވެސް…..” މާޒިން އެހެން ބުނެލުމަށްފަހު ނިކުމެގެން ދިޔައެވެ. ސުމާ އޭނާގެ ހިތުގައި އަތްއަޅާލިއެވެ. އަދި ހުރިތަނަށް ތިރިވެވުނެވެ.
އޭނާ ބުނަން ބޭނުންނުވާ އެތަށް އެއްޗެއްބުނެވުނެވެ. ނަމަވެސް އެންމެ ފަހަރަކުވެސް ތެދެއްނުބުނެވެ. އެއަށްވުރެ ބޮޑަށް އެހިތް އޮތީ ކުދި ކުދިވެފައެވެ. މާޒިން އެހާ ގޯސްވެދާނެބާއޭ އޭނާ ހިތަށް އަރަމުންދިޔައެވެ. ސުމާ އެތާ އިނދެގެން އެތަށް އިރަކު ރުޔެވެ. ނަމަވެސް ކެތްކޮށްލައިގެން ތެދުވެލީ ކުރަންޖެހޭ މަސައްކަތްތަށް ގިނަކަމުންނެވެ. ސުމާ އޭނާގެ ލޮލުން ކަރުނަތަށް މިނިވަންކަމާއި އެކު ދޫކުރަމުން މަސައްކަތް ކުރަމުން ދިޔައެވެ
ނުނިމޭ.
7956 Comments
Comments are closed.
hey guys… i know its not going the way u want i mean the story but aslu mi story ga include kuran hamajehifa huri parts eii even tho u ppl dont like.. n maaxin ah truth ingumaa blah blah.. i just wanna say in the end it will be great.. n truth never hides… n yeah there are like 5 more parts i think… . anyway thankyw n story liye vx nimihje hopefully it will b over in this week…. ok so thankxx for reading.. c u tomorrow night in sha allah.. n keep praying.. bless 😉
Yeyyyy Hg…… ???stwriii up vithww bala balaaa indhr hama thi up khdhiny…?? adhi stwri nuvx kiyan ingey…. Hahaa kiyaalrfa cmnt eh vahttaalaanan ingey…boooom boooom????
hahahaha okk ? full full ????
V rythi nd dhn maazin ah hageegaiy ingeynee kihineh thr …
lets wait for the last ep… ? thankyw .?
Woww… v v v reethi… dhen Sumaa vejje ehnu Maazin ah haqeeqaiy angan… thedhah buninama Maazin eyna akah ehaa nafuratheh nukureehehnu…
hehe thnkyw ??
Hadha awahaka nihmaalany… ? story reethi hama… huriha part eh Wes best… ?
heheh yeh.. thnkyww 😉
Nice story so far… all is good that ends good…
Wooooooooooooow ryynnnnn………. Stwrii vrh vrh vrh vrh rythiii…..ekm suma r maaxin r dhww…alhey edhemyhun gulheyny knirakun baa…?!!??! Btw maaxin ah truth ingunyma vrh habeyx vrne??stwri ah lyk eh???umwah ehvx????? ryyyn miss u… All da bst ingeyy…. Tvgc?
hahaha. thnkyw lynuu n miss u more tc ??
Vara salhi ekamu hageegai neygi aniyaa libeythy masalayakeee
thnkxx… n everything is not permanent ??tc
Ryn story hama varah habbu ekamaku bunelan othee varah gina english basthah beynunkoffa hureema varah odd ey. Like you have difficulties in it. If u don’t know dhivehi let me teach u well 😛 After a long time comment mi kollee so hope to get a reply for this…
hahaha yeah i know right? i should take classes.. actually i have a valid reason why i use english.. actually i dont have the habit of speaking dhivehi… just suddenly i cant talk in dhiv i will think alot n dhn willl talk… i know dhiv to write n read n to speak too… m just telling i dont have habit to do so.. n another thing is while writing n when it comes to dialogues i be like… the character in it n write what i will say when i will b there in that situation n only English words come out so without even thinking i just write ?? n actually that’s how i end each story i just write whatever comes in mind… ?? sorry if its difficult to read n cx of this comment im replying the comments.. its been a long time without replying comments.. ???? so thnkxx tc
Oh shitoooooo..ryyyyn kihineh mivanyyy…din din.avahha next part
owwwwhhh naanu here haha … keep waiting next part will b soon ???
Ey story nimentha midhany. V reethi v asarugadha mi part. Waitin eagerly for the next part
yup gonna finish.. thnkyw keep waiting ??
Story v v v nice…? Mi story kiyamun mi annany iyye ves v inthizaaru kurin story up veytho… Hama comment eh kohlan handhaan netheny… Ekam story nimeythy dhera vey… ?anyways gudluck… ?
aww thats so sweeeet ? thankyw so much… ???
Story vvvvvvvvvvvvvvvvvvvvvvvvvvv rythi… maaxin suma hurt nukohbala….. dhen suma ves do. …
haha ikr? thankyw ???
Vvvvvvvvvvvvvvvvvvvvvvv salhi…
thankyw ??
Wow very nice…waiting for the next part ??
thnkyw keep waiting ??
V nice. When is nxt part?
thnkxx n in sha Allah tonight ???
Varah reethi. ….zee comment nukuriyas vaahaka kiyan……
Comment nukuriyas vaahaka kiyan ingey…..varah reethi
V nice nxt part?????
thnkxx in sha Allah tonight ??
Wow v nice. Waiting 4 nxt part.
thnkxx keep waiting ??
nameny dhw story….wowwww….. waitin….
yup… hehe thankyw ??
wow… vvv lobi mibaivas
thnkywww ??
Oooops…. Dhn ekamu xin r sum vx dhw…!!!??? kuda kudhin thakeh hn heevanee…. They don’t want to ask about each other…. Ekam dhn ingeyne ehnun knmx dhuvahakun dhw???!!! Vvvv reethi mi part vx… Insha Allah… Keep up your hard word Ryn… Wafting for the next part… And how you Ryn???!! ???
hahaha yes someday they will know ?? thankyw so much n keep waiting… n haan m great if ur great ????
Now 2 comments kohfin??? But ehwes comment eh neenaane keewe… anw Ryn wahaka hama habeys
may be some error occurred while posting.. n thankyw so much 😉
Story hama warah habeys…..
thankyw 😉
Story warah obi hama….
thnkyww 😉
Next part konirakun update vaany.story varah sali
in sha Allah tonight i will upload it.. thankyw 😉
Ryn story is very nice…Are u from kulhudhuffushi?
thankyww.. 😉 n kulhudhuhfushi..??? i dont even remember its atoll -_- but i heard about it n i went there too once… n so i just know that its far far far away from where i came from. n why kulhudhuhfushi ey buny? am i talking in that style 😮
Rinnuu…?? Looooong time dhw cmnt eh nuvahttaalaathaa.. ? Spo sorry dear.. Ekm nukko kiyan ingey hurihAa part eh vs.. Hama habbu..?
Ekm dhn thi maaxin gandu dhwww ??
Hagygaii haaama kohbbaa poor sumaa.. ???
And ekka riley aa sumaa aa nugulhu vaathyy ?
Nd vrh salhi ingey hama manzaru fenna kahala
Tc miss u aneh part avassss… ???
hahahaha lol thankx n its ok i know that u read it even tho u dont. comment ?? thankx n hahaha gonna upload it soon n miss u more ?
Ryn How are?. ahumed ammu ge vaahaka eh ga Ryn ge nameuga comment kohfa in kujjhe ves buny k.fushi eheve hama ahaly thy e ryn tho…..Hdh k…..
i am great if ur great … owwh ehntha may be that’s ehn ryn eh.. ???