Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

އިންތިޒާރުގައި ހުރިން… 12

Ryn 100 Stories10 Stories1K Comments500 Comments100 Comments100 Login
June 30, 2016 5 Mins Read
21 Comments

 

“އެކަމް ޒިން… އޭނާ 2 ގަ ސުކޫލް އޮންނާނެ އޯކޭ ސޯ އައި ވިލް ކަމް ހިއަރ.. އެން ޒިން ގޮވައިގެން ގޮސް އަނެއްކާ ހޮސްޕިޓަލަށް ވަންނާނީ.. އެގޮތް ރަނގަޅުވާނެދޯ…. ސަރ ކައިރި ވާހަކަ ދައްކާލަން ޖެހޭނީ.. އޯ ގޯޑް..” ސުމާ ނިތްކުރިމަތީ އަތް އަޅައިގެން ހުރެ އެހެން ބުނެލީ ހާސްވެފައެވެ. ޒިން އެކަނި ކުރާކަށް އޭނާވެސް ބޭނުމެއްނުވެއެވެ. “ތިގޮތްވެސް ރަނގަޅޭ…. ސުމް އަށް ނާދެވެންޏާ މިޝްމެންނަށް ގުޅާލާ.. އޭރުން ދާނަން ބަލައި.. ނުދެވެންޏާ ރިލޭ ހުންނާނެއެއްނު.. ރިލޭވެސް ވަރުގަދަ ޗުއްޓީއެއް ނަގައިގެން އެ އުޅެނީ… ނިދުން ނޫން ކަމެއްނުކުރޭ އެހެންވީމަ ޒިންގެ ޒިންމާ އޭނަގެ ބޮލަށް ދޯ ރީހަން..” މީޝްޔާ ހެމުން ހެމުން އެހެން ބުނެލިއެވެ. “ތެދެއް… ސުމް ގުޅާލީމަ މިޝްއަށް ޒިން ރެޑީ ކޮށްލެވިދާނެއެއްނު… ދެން ގޮވައިގެން ދާނީ ރިލޭ…. އަނެއްކާ ސުމް އަށް ޒިން ބަލައި ނުދެވެންޏާވެސް ގުޅާލާ.. އެކަމް ނާދެވެންޏާ ކުރީބައިގަ ބުނަންވާނެ އޭރުން ކަމެއްކޮށްލެވޭނީވެސް ދޯ..” ރީހަން އެހެން ބުނެލުމުން މިޝްޔާވެސް “ތެދެއް” އޭ ބުނެލީ އޭނާއާއި އެއްބައިވެލާށެވެ. “އެކަމް އޭރުންވެެސް ރިލޭއަށް ހުރިހާ އުނދަގުލެއް….” ސުމާ އެކަކަށްވެސް އުނދަގޫކުރާކަށް ބޭނުމެއްނުވެއެވެ. “ނޫނޭ ޔަޤީން އޭނާއަށް އުނދަގުލެއް ނުވާނެކަން.. އޭނާ އެންމެ ބޭނުންވަނީވެސް އެކަންކަން ކުރަންވިއްޔަ…” މިޝްޔާ އެހެން ބުނެލީ ރީހަންއައި ދިމާ ބަލައިލަމުންނެވެ. ސުމާއަށް އެބުނި އެއްޗެއް ނަގައިނުގަނެވުމުން މިޝްޔާއާއި ދިމާލަށް ބަލައިލިއެވެ. “އައި މީން ޒިންގެ ކަންތަށް..އޭނާ ވެސް ބޭބީއެއް ހޯދުމުގެ ކުރިން ދެން ދަސްވާނެއެއްނު އޭނާވެސް އެހާ ލޯބިވޭ ޒިންދެކެ” މިޝްޔާ އަވަސް އަވަހަށް ބުނެލިއެވެ. ސުމާ ބޯ ޖަހާލިއެވެ. “ހުމްމް… އެހެންވީމަ ނާދެވެންޏާ މިޝްއަށް ގުޅާލާނަން އިނގޭ.. އެކަމް ހެނދުނު ގަ ޖެހޭނެ ދޯ ދާން… ޑޭ ކެއަރ އެއްވެސް އިންނަނަމަ އެއްނު…” ސުމާ އަދިވެސް ވިސްނަމުން ދިޔައެވެ. މިޝްޔާމެންނަށް އުނދަގޫވާނޭ އޭނާ ހިތަށް އަރަމުންދިޔައެވެ. “ސުމްމް.. ކާމް ޑައުން… އަހަރެމެން ގެއަކީވެސް ޑޭ ކެއަރ އެކޭ… ޒިން ގެން ގުޅެވޭނޭ.. ސުމް ހާސްކަނޑާލަބަލަ..” ޗޮކެއް ކަނޑާލާފައި ރީހަން ބުނެލިއެވެ.

އެތަށްއިރަކު އެމީހުން ސުމާ ކައިރި ވާހަކަ ދައްކަން ތިބިއެވެ. އަދި ސުމާ ހިތްހަމަޖައްސާލުމަށްފަހު އެދެމީހުން ދިޔައީ މާދަމާ އަންނާނަން ކަމުގައި ބުނެފައެވެ. އެމީހުން ދިޔުމާއި އެކު ސުމާގެ ހިތް އަވަސްވިއެވެ. އޭނާ ބިރުގަންނަނީއެވެ. ޒިން އާއި ދުރުގައި އެހާ ގިނައިރު އުޅެން ޖެހޭނެތީއެވެ. ޒިން އަނެއްކާ އެކަމަށް ބުނާނީ ކީކޭބާއެވެ؟ އޭނާ ހިތްހަމަޖެހޭނެބާއެވެ. އެފަދަ ވިސްނުމެއްގައި ސުމާ ހުރުމަށްފަހު ގަޑިބަލައިލީ ޒިން ބަލައިދާ ގަޑި ކައިރިވީތޯ ބަލާލާށެވެ.

…..

ޒިން ގޮވައިގެން އަންނަމުން ސުމާ ޒިން ކައިރި އެވާހަކަ ބުނެލިއެވެ. ޒިން ވަކި އެއްޗެއް ނުބުނެވެ. ނަމަވެސް އޭނާ ދެރަވީކަން ޔަޤީނެވެ. “ޒިންންންންން.. މަންމި ކީއްކުރަންވީ ދެން؟؟؟” ޒިން އެއްޗެއް ނުބުނެ ހުރުމުން ސުމާއަށް އުނދަގޫވެގެން ޒިން ގެ އެހާ ކުރު އަދި އެހާ ދިގު ނޫން އިސްތަށިގަނޑަށް މަޑުމަޑުން ދަމާލިއެވެ. ޒިން ހޭންފެށިއެވެ. “މަންމީ.. ޒިން އަށް އޯކޭ އޭ މަންމި ދިޔަސް.. އެކަމް ޒިން ވަލަށްށް މިސްވާނެ.. މަންމި ޒިން އަށް ގުޅަންޗޭ.. ޒިން ކައިރިއަށް އަންނަންޗޭ… ” ޒިންހެމުން ހެމުން އެހެން ބުނެލީ ސުމާ ހާސްކޮށްލެވުނީމައެވެ. “ޕިސް ޕިސް… ޒިންވެސް ދޯ މިހާރު ބޮޑުވެގެން މަންމި ހާސްކުރަނީ…. އެކަމް ޒިންއަށް ހުރެވޭނެތަ  ރީހަންބެ މެންގޭގަ؟” ސުމާ އަހާލިއެވެ. ޒިން ވަގުތުން ބޯ ޖަހާލިއެވެ. ސުމާ ހިނގުން ހުއްޓާލާފައި ޒިންގެ ގައިގާ ބައްދާލިއެވެ. “ތެންކިޔު ބޭބީ. މަންމިއަށް ވަރަށް ބޮޑު ކަމެއް ތި ކޮށްދިނީ..” ސުމާ ބުނެލިއެވެ. ޒިން ވެސް ބައްދާލިއެވެ. “މަންމީ. އައިސްކޯން…” ޒިންއަށް ކުއްލިއަކަށް އައިސްކޯން ގެ ފޮޓޯ ކުރަހާފައި އިން ފިހާރައެއް ފެނިގެން އެދިމާލަށް އިޝާރާތްކޮށްލިއެވެ. “އޯކޭ އާދޭ އައިސްކޯން ބޯންދާން.. މައި ގުޑްބޮއި އަށް ޖެހޭނެއްނު ގަނެދެން މިއަދު ދޯ..” ސުމާ ޒިންގެ ކޮލުގައި ހިފާލަމުން ބުނެލިއެވެ. އެއަށްފަހު އެ ފިހާރައަށްވަދެ އައިސްކޯނެއް ޒިންއަށް ގަނެދިނެވެ. ސުމާ އައިސްކޯން ބޯން ބޭނުންނުވީ އޭނާ ރޯގައި ޖެހިފައި ހުރުމުންނެވެ. އިއްޔެ ވާރޭއައި ތެމުމުގެ ސަބަބުން އޭނާގެ މުޅިން ސަކަރާތްވީއެވެ.

އައިސްކޯން ބޮމުން ދިޔަ ޒިންގެ އަތުގައި ހިފައިގެން ސުމާ ހިނގައިފައި ދިޔައެވެ. ކުއްލިއަކަށް އެޅުނު ގޯޅިއަކުން ނިކުތް މީހެއްގެ ގައިގާ ޒިންޖެހި އޭނާ ގެ އައިސްކޯން ވެއްޓުނެވެ. ޒިންއަށާއި ސުމާއަށް ތިރިއަށް ބަލައިލެވުނެވެ. އެ މީހާ ލައިގެން ހުރި ކަޅު ފަޓުލޫނުގައި ޒިންގެ އައިސްކޯން ޖެހިފައި ހުއްޓެވެ. ސުމާއަށާއި ޒިންއަށް އެއްފަހަރާ އެމީހާގެ މޫނަށް ބަލައިލީ ހާސްވެފައި ހުރެއެވެ. ސުމާ އަށް އޭނާ ފެނުމާއި އެކު ދެލޯބޮޑުވެ ހިތްއަވަސްވިއެވެ. ޒިންގެ ދެރަވެފައިވާ އަދި ހާސްވެފައިވާ މޫނަށް އުޖާލާކަމެއްއައެވެ. “ބޭބޭ…..” ޒިން ބުނެލީ ކުރިމަތީ ހުރި މާޒިންއަށެވެ. ސުމާއާއި ދިމާލަށް ބަލަންހުރި މާޒިން ސިއްސައިގެން ދިޔައީ ޒިން ގޮވާލިއަޑަށެވެ. “ބޭބޭ.. ސޮރީ..” ޒިން ބުނެލިއެވެ. އޭރު އޭނާ ބަލަންހުރީ މާޒިންގެ ފަޓުލޫނަށެވެ. ސުމާގެ އޭރު ހުރީ މާޒިންއަށް ގޮސް ހުސްވެފައެވެ. މާޒިން އެއްވެސް ކަމެއްވެސް އަދި އެއްޗެއްވެސް ނުބުނެ އެ ހުރިތާ ހުރެވުނީ ކުރާނެކަމެއްނޭނގިފައެވެ. އެ ލޯބި ލޯބި ޒިން އުރާލާ ލޯބިކޮށްލަން ބޭނުންވިއެެވެ. ނަމަވެސް އެއީ ސުމާގެ ބޭވަފާތެރިކަމުގެ ނިޝާނެކެވެ. އެކަމް އެއީވެސް ކުޑަކުޑަ ކުއްޖެއްތާއެވެ. ސުމާދެކެ އަންނަ ރުޅި އެކުއްޖާއަށް ބާލާކަށްނުވާނެއެވެ. މާޒިން ލޯ މަރާލުމަށްފަހު ފުން ނޭވައެއް ދޫކޮށްލިއެވެ. ޒިން އޭނާގެ ދަބަހުން ޓިޝޫއަކާއި އޭނާ ބޯން ގެންގުޅޭ ފެންފުޅި ނަގައި ސާފުކޮށްދޭން އުޅުނީ މާޒިން އެއްޗެކޭ ނުބުނެ ހުރުމުން މަޒިން ރުޅިއައީ ކަމަށް ހިތާއެވެ. “އިޓްސް އޯކޭ ބޭބީ ބޯއި… ދެންވެސް ބަލައިގެން ހިނގަންޗޭ އިނގޭ..” މާޒިން ޒިންއާއި އެއްވަރުވާނެހެން އިށީނދެލަމުން ބުނެލީ ޒިންގެ ފަން އިސްތަށިގަނޑާއި ކުޅެލަމުންނެވެ. “އާދޭ އައިސްކޯންއެއް ދޭނަން ބޭބެ” މާޒިން ޒިންގެ އަތުގައި ހިފައިފައި ހިނގައިގަތެވެ. ޒިން ސުމާގެ އަތުން ދޫކޮށްލުމަށްފަހު ސުމާއާއި ދިމާ ބަލައިލާ މާޒިންއާއި އެކު ދާން ހިނގައިގަތެވެ.

ސުމާއަށް ހުރިތާ ހުރެވުނީއެވެ. ތަޤުދީރު އެދެމީހުން އަބަދު ގުޅުވަނީ ކީއްވެހެއްޔެވެ؟ މާޒިންގެ ކޮންމެ ހަރަކާތެއްގައިވަނީ މަޖުބޫރުކަމެވެ. ސުމާއަށް އެކަން މިއަދު ފާހަގަވިއެެވެ. ސުމާއާއި ޒިންއާއި ގުޅުމެއް އޮންނާތީ އޭނާ ޒިންއާއި ވެސް ވާހަަކަ ނުދައްކާ އެދުވަހު ދިޔައީއެވެ. މިއަދުވެސް އޭނާ އެކަން އެކުރީ މަޖުބޫރެއްވެގެން ކަންނޭނގެއެވެ. ކުޑަކުއްޖެކޭ ހިތާއެވެ. މާޒިންއަށް އުނދަގޫވާކަމުގެ އިހްސާސްމިއަދުވެސް ސުމާއަށް ވިއެެވެ. ސުމާ ގެ ދެލޯ ކަރުނުން ފުރުނެވެ. އެ ހުރިތާ ހުރިއިރު މާޒިންމެންނާއި ދިމާ ފަސްއެނބުރި ބަލައިވެސްނުލައެވެ.

ޒިން ދަބަހުން ޓިޝޫއެއް ނަގައި މާޒިންއަތަށް ދިނީ އެތަން ސާފުކޮށްލުމަށްޓަކައެވެ. މާޒިން ޓިޝޫއިން ސާފުކޮށްލުމަށްފަހު ޒިން ދިން ފެންފުޅިން ކުޑަ ފެންކޮޅެއް އަޅާލާ ސާފުކޮށްލިއެވެ. ޒިންގެ މޫނުމައްޗަށް ފުޅާ ހިނިތުންވުމެއް ވެރިވިއެވެ. “މަންމި އެހެރީ ނުބޯންތަ ބޭބީ؟؟” މާޒިން ފިހާރަދޮށުގައި މަޑުކޮށްލާފައި އެހެން ބުނެލީ ސުމާއަށް ބަލައިލަމުންނެވެ. “މަންމި ހުރީ ލޯގާ ޖެހިފަ… ބޭބެއަށް އިނގޭތަ ޒިން އިއްޔެ ސުކޫލު ނިމުނުއިރު ވާލޭ ވެހެނީ ދެން މަންމި ހުރީ އެއްކޮށް ތެމިފަ.. އެކަމް ޒިން ތެމެވުނީ ކުޑަކޮށް.. މަންމި ކުދަ ނުލާ އާދެވުނީ” ޒިން ބުނެލީ މާޒިންއާއި ދިމާ ބަލައިލަމުންނެވެ. “އެހެންތަ.. މަންމަ ކައިރި ބުނޭ ދެން ވެސް ކުޑަ ގެންގުޅޭށޭ… މިދުވަސްކޮޅު ހަމަ ކުއްލި ކުއްލިއަށް ވާރޭ ވެހެނީ.. ޒިންގެ ބޭގަށްވެސް ކުޑައެއް ލާށޭ” މާޒިން އެހެން ބުނެލީ ސުމާއާއި ދިމާ ބަލައިލަމުންނެވެ. އެހެން އެވީ އޭނާގެ ސަބަބުންނޭ ހިތަށްއެރިއެވެ. ފަހުންގޮސް ކުޑަ ދެވުނުނަމައެވެ. އެވަރެއް ސުމާއަކަށް ނުވީހެވެ. އޭނާގެ އެންމެ ފޭވްރިޓް އައިސްކޯންއަށް އިންކާރެއް ނުކުރީހެވެ. މާޒިން އެ ވިސްނުމުގައި ހުރެފައި ފިހާރަތެރެއަށްވަނެވެ. ސުމާ ފަސްއެނބުރި ބަލައިލީ އެވަގުތުގައެވެ. އޭނާގެ އަނގައިން މަޑުއާހެއްނިކުތެވެ. އަމިއްލަ ނަފްސް ކޮންޓްރޯލްކުރި ސުމާއަށް ބޭއިހްތިޔާރުގައި ހިނިތުންވެވުނެވެ. މާޒިންއަށް ޒިންއަށް ކިޔާ ނަން އިނގޭނެބާއެވެ؟ އިނގޭނަމަ މާޒިންދެކެ ސުމާ އަދިވެސް ލޯބިވާނެކަން އެނާއަށް ޔަޤީންވާނެއެވެ.

“ތިޔަ މޫނަށް ލޯ ހުއްޓޭ ގޮތްވޭ.. ތިޔަ ހީލުންފެނި ހައިރާން ހިތްވޭ..

ދީވާނާ ލޯބިންވެއްޖޭ..” ސުމާ ރަކި ހިނިތުންވުމެއްވެރިވީ ހިތާއި ހިތުން އެ ލަވައިގެ ބައި ކިޔައިލެވުމުންނެވެ.

ޒިން މެން ނިކުމެގެން އަންނަތަން ފެނުމާއި އެކު އަނެއްކާވެސް ސުމާގެ ހިތް ތެޅެންފެށިއެވެ.

މާޒިން ސުމާ ކައިރިއަށް އަންނަންފެށިއެވެ. އޭރު މާޒިންގެ ތުންފަތުގައި ވަނީ ހިނިތުންވުމެކެވެ. ސުމާއަށް ހުރެވުނީ އެ މޫނުމައްޗަށް ބަލަންށެވެ. މާޒިން އައިސް ސުމާގެ އަތުގައި ހިފާލިއެވެ. “އަސްލުވެސް މިހާރު ވަރަށް ލޯބި ސުމްކޮ.. އައި ޓޯލްޑް ޔޫ ދޯ ސުމްކޮ ވަރަށް ލޯބިވާނޭ…” މާޒިން ހިނިތުންވެލަމުން ބުނެލިއެވެ. ސުމާ ރަކި ގޮތަކަށް ހީލަމުން އިސްޖަހާލީ ލަދުންނެވެ.

“މަންމީ…. ވައި އާރ ޔޫ ސްމައިލިން؟” ޒިން އައިސް ސުމާ ލައިގެން ހުރި ޖިލްބާބުގައި ހިފާލަމުން ބުނެލިއެވެ. ސުމާ ކުއްލިއަކަށް ސިއްސައިގެން ގޮސް ޒިންއާއި ދިމާލަށް ބަލައިލެވުނެވެ. އަދި ކުރިމަތީ ހުރި މާޒިންއަށް ބަލައިލިއެވެ. “ޒި.ޒިން…..” ސުމާ ދެމީހުންނަށް ބަލާލަމުން ގޮވާލިއެވެ. ހިތާ ހިތުން އޭނާ ގޮވީ މާޒިންއަށެވެ. ނަމަވެސް ބޭރުފުށުން އޭނާ ދެއްކީ ޒިންއަށް ގޮވާކަމެވެ. “ބޭބީ ބޯއި.. ޔޫ ޝުޑް ލާރން ދިވެހި ޓޫ އިނގޭ…. އިންގްލިޝްއިން ޓޯކް ކުރިއަސް އޯކޭވާނެ އެކަމް ދިވެހި ވެސް އިނގެންވާނެ އެއާއި އެއްވަރަށް… އޯކޭ ބޭބީ ބޯއި..؟” މާޒިން ބުނެލިއެވެ. ޒިން ވާހަކަ ދައްކާ ރާގުން ދިވެހިން ވާހަކަ ދައްކަން އުނދަގޫ ކަން އޭނާއަށް ނަގައިގަނެވުނެވެ. ޒިން އަވަސްއަވަހަށް ބޯޖަހާލިއެވެ. “ލައްބަ ބޭބޭ.. ޒިން މިހާރު ގިނައިން ވާހަކަ ދައްކަނީ ދިވެހިންނޭ ދޯ މަންމީ….” ޒިން ސުމާއަށް ބަލައިލުމުން ސުމާ ބޯޖަހާލީ ހިނިތުންވެލަމުންނެވެ.

“ބޭބޭ އާދޭ ޒިން މެންނާއި އެކު ގެއަށް ދާން..” ޒިން މައުސޫމްގޮތަކަށް މާޒިންއާއި ދިމާ ބަލަންހުރެ ބުނެލިއެވެ. “ނޯ ޒިން.. ބޭބެ ބިޒީ ވާނޭ….” ދެލޯބޮޑުކޮށްލަމުން ވަގުތުން ސުމާ ބުނެލީ ޒިންގެ އަތުގައި ހިފާލަމުންނެވެ. “ބޭބޭ ޕްލީސް…” ޒިން ސުމާ ދައްކާވާހަކަ އަޑުނާހަ އަނެއްކާވެސް މާޒިން ކައިރި ބުނެލިއެވެ. މާޒިންއަށް ނޫނެކޭ ބުނަން އުނދަގޫވީ ޒިން ބުނެލިލެއް ލޯބިކަމުންނެވެ. “ބޭބޭ ޔޫއަރ ނޮޓް ބިޒީ ރައިޓް؟؟” ޒިން ބުނެލީ މާޒިންގެ ފަޓުލޫނުގައި ހިފާލަމުންނެވެ. މާޒިން ފުން ނޭވައެއް ދޫކޮށްލުމަށްފަހު ބޯ ޖަހާލިއެވެ. “ބޭބެ ޒިންމެންނާއި އެކު ދާނަން ގެއަށް؟؟” ޒިން އުފަލުން ބުނެލިއެވެ. މާޒިން ޒިންގެ އިސްތަށިގަނޑައި ކުޅެލަމުން އާއެކޭ ބުނެލިއެވެ. އޭނަ އާއެކޭ ބުނީ ރޭގަނޑު ވާން ކައިރިވެފައި ވާތީއެވެ. މި ގަޑީގައި އެ ދެމީހުން އެކަނި ނުފޮނުވާލަންށެވެ. ގެ ކައިރި ކަމުގައިވިޔަސް މާޒިން ބޭނުންވީ ޒިން ބޭނުންވާ ގޮތް ހެދުމަށެވެ. ޒިން އުފަލުން ފުއްމާލިއެވެ. އޭނާ އަތުގައި އިން އައިސްކޯންވެސް ނުވެއްޓުނީ ކިރިޔާއެވެ. “ޒިން ބަލައިގެން” ސުމާއަށާއި މާޒިންއަށް އެއްފަހަރާ އެހެން ބުނެލެވުނެވެ. އެއްފަހަރާ އެކަކު އަނެކަކުގެ މޫނަށް ބަލައިލެވުނީ އެހެންވެއެވެ. މާޒިން އަވަސް އަވަހަށް ދުރަށް ނަޒަރު ހިންގާލިއެވެ. ސުމާ ބޯގޮވިއެވެ. މާޒިން އަށް އަނެއްކާވެސް މަޖުބޫރީއަކާއި ކުރިމަތި ލާންޖެހުނީއޭހިތަށް އެރިއެވެ.

ޒިން މާޒިންގެ އަތުގައި ހިފައިގެން ދާން ހިނގައިގަތެވެ. ޒިންއަށް މާޒިން ފެނުމާއި އެކު ސުމާ މަތިން ހަނދާންނެތުނު ކަހަލައެވެ. ސުމާ ތުން އަނބުރާލުމަށްފަހު އެދެމީހުންގެ ފަސްފަހަތުން ދާންފެށިއެވެ. “ބޭބެއަށް އިނގޭނެ ދޯ ޒިންމެންގެ… ޒިން ޑްރޮޕް ކުރީމެއްނު…” ޒިން މާޒިން ގެ އަތުގައި ހިފަހައްޓައިގެން ހުރެ ބުނެލިއެވެ. މާޒިން ބޯ ޖަހާލިއެވެ. “ބޭބެއަށް އަބަދުވެސް އިނގޭނެ ގެ..” ސުމާގެ އެ ޖުމްލަ އޮތީ ހިތުތެރޭގައެވެ.

“ބޭބެ ކޮބާ ސައިކަލް؟؟؟” ޒިން އަނެއްކާވެސް ސުވާލުކޮށްލިއެވެ. “ސައިކަލު ހަލާކުވެގެން ގަރާޖަށްލާފައޭ ބޭބެ މިއައީ.. .. ޒިން ބޭނުންވީތަ ސައިކަލް..؟” މާޒިން މަޖާ ވެލާފައި އަހާލިއެވެ. ޒިން އަކީ ހާދަ ލޯބި ކުއްޖެކެވެ. އަނގަވެސް އެހާ ގަދައެވެ. ޒިން ހޭންފެށިއެވެ. އަދި ނޫނެކޭ ބުނެލިއެވެ. ސުމާ އެދެމީހުންގެ ފަހަތުން އާއިރު އޭނާއަށް އެދެމީހުން ދައްކާ ވާހަކަ ރަނގަޅަށް އިވެއެވެ. މާޒިން ހާދަ ރަނގަޅެވެ. ޒިން ދެރަނުކޮށްލަން އޭނާ އެހާ ބޮޑު ކަމެއް އެ ކޮށްދެނީއެވެ. “މަންމީ ޔޫއަރ ލާސްޓް..” ޒިން ސުމާއާއި ދިމާލަށް އިނގިލި ދިއްކޮށްލަމުން އެހެން ބުނެލިއެވެ. ސުމާ ތުން ދަމާލީ ދެރަވެފައި ހުރިކަން ދައްކާށެވެ. “މަންމީ.. ޒިން ބޭބެ އަތުގައި ހިފިޔަސް އޯކޭ ވާނޭ.. މަންމި އަތުގައި އަބަދު ހިފަމެއްނު..” ޒިން އެހެން ބުނެލުމުން މާޒިން ހިނިގަނޑެއްޖަހާލި އަޑުއިވުނެވެ. ސުމާއަށްވެސް ހެވުނީ އެހެންވެގެންނެވެ. ޒިން އިތުރު އެއްޗެއް ނުބުނެ ހިނގާފައި ދިޔައެވެ. ސުމާ ފަހަތުގައި ހުރެގެން މާޒިންއާއި ދިމާ ބަލަމުން ހިތް ފުރަމުން ދިޔައެވެ. މާޒިން ލައިފާ ހުރީ މެރޫން ކުލައިގެ ގަމިހަކާއި ކަޅު ފަޓުލޫނެކެވެ. ހީވާގޮތުން އޭނާ އެއީ އޮފީސް މީހެކެވެ. އޭނާ ޑޮކްޓަރަކަށް ވީބާއޭ ސުމާ ހިތަށް އަރަމުންދިޔައެވެ. ގެއާއި ހަމާލަށް ދެވެންދެން ޒިން އޭނާގެ ވާހަކަތަށް ދައްކަމުން މާޒިން ހެއްވަމުން ދިޔައެވެ. ލިފްޓަށް ތިންމީހުން އެރާލިއެވެ. ސުމާ ހުރީ ޒިންގެ އެއްފަޅީގައެވެ. ޒިން މެދުގައި ހުރިއިރު އަނެއްފަޅީގައި މާޒިން ހުއްޓެވެ.

ސުމާއަށާއި މަޒިން އަށް އެއްފަހަރާ ‘7’ ވަނަ ނަމްބަރަށް ފިއްތާލެވުނެވެ. ސުމާ ސިހިފައި އޭނާގެ އަތް ދަމައިގަނެވުނެއްކަމަކު އޭނާގެ އަތް މާޒިންގެ އަތުގައި ޖެހުނެވެ. ޒިން ފާޑަކަށް ހޭންފެށިއެވެ. މާޒިން އަޅައިނުލާ ހުރިގޮތަށް ހުއްޓެވެ. އޭނާގެ މޫނުމަތިން އެއްވެސް އަސަރެއް ފާޅުވާން ނެތުމުން ސުމާވެސް އަޅައިނުލާ ހުއްޓެވެ.

-ނުނިމޭ-

Share Article

Follow Me Written By

Ryn

100 Stories10 Stories1K Comments500 Comments100 Comments100 Login

Hello! I love reading stories and writing obv. I hope my stories will make you happy. Don't forget that reading is what gives you more knowledge about the world. Don't stop reading. Visit my facebook page RYN'S stories. Thankyou

Other Articles

Previous

މަންޝާ (ސައްބީސްވަނަ ބައި)

Next

ނޭދެމޭ ވަކިވުމެއް… ހާދަހާ ލޯބިވޭ 62

Next
July 1, 2016

ނޭދެމޭ ވަކިވުމެއް… ހާދަހާ ލޯބިވޭ 62

Previews
June 30, 2016

މަންޝާ (ސައްބީސްވަނަ ބައި)

21 Comments!

  1. Ryn says:
    June 30, 2016 at 11:51 pm

    hey guys.. i know its friday.. its 12 right? so friday start v nu… anyway from today i will start to upload my story daily n its almost finished.. so will meet u tomorrow night? okay? n yeah ramadan is going to end so soon.. just in a blink… ok so hope we will meet before eid… 😉 May Allah bless u all <3

  2. saa says:
    July 1, 2016 at 12:01 am

    Nice…. ekam varah kuru…. dhigukohla dhehchey….. plxxxx

  3. naaanu says:
    July 1, 2016 at 12:08 am

    Heyyy ryyyn.mihaaru v comment nukurevey dho….sorry..vaahaka varah salhi ingeyyy…ekam ebbai thanthaa vaahaka gina hen heevey mibunyy thankolheh beykaaru bai.ehnvias vaahaka hama best.miss yuh ingeyyy..dhen maazin ah vejje ennu sum ge hageegai angan dho ?e fakeeru haadha dhera eh vaaney.anyways waiting next part ah ????

  4. Mishee says:
    July 1, 2016 at 12:10 am

    Wow… Awsem…
    So happy daily koh kiyaalan libeythee…
    Waiting ….
    Thanks Ryn ??

  5. Ushaa says:
    July 1, 2016 at 12:33 am

    Vvvvvvvvvvvvvvvvvvvvvvvvvv nyc… mi prtvx…

  6. shima says:
    July 1, 2016 at 12:53 am

    Hadha dhigu inthizarakah fahu ey mi kiyaalan mi libeny… daily koh up kohdhen yamun warah best waane . That’s a great news… see you soon than…

  7. nym says:
    July 1, 2016 at 1:17 am

    Story is nice.. bt dhn maazin ah hageegaiy angaba dho.. maa ginadhuvahu mihen vanyaa boring vaane ryn.. waiting for the next part..

  8. Vidha says:
    July 1, 2016 at 2:35 am

    Varah salhi mi part ves

  9. Purplish says:
    July 1, 2016 at 3:03 am

    Alhe maazin ah sumge hageegai angaa happy ending eh gennahche

  10. Blue Lady says:
    July 1, 2016 at 3:08 am

    Awesome….

  11. Lady in red says:
    July 1, 2016 at 3:34 am

    Mi part vvvvvvv salhi. Waiting for da next part. Avahah up kohdhechea.

  12. ken? says:
    July 1, 2016 at 3:44 am

    alhey ryn mi part haadha kuruhen heeveye…ekam dn happy ingry daily up kohdheynamey buneema…btw maazin ah ekkkala photo fennaane nama..?

  13. Saajidh says:
    July 1, 2016 at 3:51 am

    V reethi… vaahaka kuriah gendhaa goiy v kamudhey… ekam English bai maa body… dhen vaahakaehga ebai madhukollahchey…

  14. ria says:
    July 1, 2016 at 4:09 am

    V v salhi mi part ves . Waiting 4 next part.

  15. naju says:
    July 1, 2016 at 4:28 am

    DHn vehje ehnun maxin ah angan eyy shum dhathage kuhjehkan nys storyy

  16. Appy says:
    July 1, 2016 at 8:35 am

    Awwwn thankx ryn daily kon kiyaalan libeythy….soo happy …btw story v v v salhi alhe dhn maaxin ah ingeyny kon dhuvahakuntha? ? ? ???

  17. Ameesha says:
    July 1, 2016 at 9:19 am

    Varah reethi mi part vx…
    Wiatting for next part…
    And keep up your hard work

  18. Firaa says:
    July 1, 2016 at 10:32 am

    Zin baby maa lhakoh vaahaka dhakkuvaathy v odu aslu evaru kudhinnah ingeyne akuruthah kiyan

  19. Sinookko says:
    July 1, 2016 at 11:13 am

    Mirey next part ah inthizaarukuraanan

  20. same says:
    July 1, 2016 at 2:14 pm

    Awsome….

  21. Marsh says:
    July 1, 2016 at 3:46 pm

    Vvvv cute mi part ves

Comments are closed.


All Right Reserved!