
ހިތް އެކީ ދެވިއްޖޭ…24
“އާލިޔާ؟؟ ކަލޭ ކީކޭ ހިތައިގެން ފިލައިގެން ދިޔައީ؟ މަށަށް އޭރުވެސް ހީވިޔޭ ކަލޭ ވައްތަރުހެން..” ސައީދާ ބުނެެފައި ކިއާރާ އާއި ދިމާލަށް އައެވެ.. އަދިވެސް އޭނާ ޔަޤީންކުރަން ބޭނުންވީއެވެ. ކިއާރާ އެއްވެސް އެއްޗެއް ނުބުނެ އެހުރިގޮތަށް ހުރީ ހަދާނެ ގޮތެއް ނޭނގިފައެވެ. އޭނާ ސައީދާއަށް ފަސްދީފިނަމަ އޭނާގެ ހަޤީޤަތް ނުފޮރުވޭނެކަން އިނގެއެވެ. މުޅި މާލޭގައި ބަދުނާމް ވާނީ ހަމައެކަނި ކިއާރާއެއްނޫނެވެ. ފަތުހީވެސްމެއެވެ. “ހަމަ މިހާރު ހިނގާ… އަދި މާ ރީތި ވެލައިގެން މާ މުއްސަނދި ވެލައިގެން.. ކޯޗެއްލިބޭނެކަމަށް؟ އޭނނ…” ސައީދާ ބުނެފައި ކިއާރާގެ އަތުގައި ހިފައިފާ ދަމައިގަތެވެ. އޭނާ ސައީދާ ފަހަތުން ދިޔައީ މީ އޭނާގެ ތަޤުދީރުގައި ލިޔެފައިވާ ކަމެކޭ ހިތާއެވެ. ސައީދާ ކިއާރާގެ އަތުގައި ހިފައިފާ ގެންގޮސް ވެއްދީ ވޭނަކަށެވެ.
“ކަލޭ ހީކުރީ ދޯ ސަލާމަތްވެވޭނެކަން؟ ކަލޭ ކޮންމެހެން މަށަށް އޮޅުވަން ނޫޅޭ ބުނޭ ތީ އާލިޔާ ދޯ؟؟” ސައީދާ އޭނާއާއި ިދމާލަށް އިނގިލިދިއްކޮށްލަމުން ބުނެލީ ހިތްހަމަނުޖެހިއެވެ. ކިއާރާ ބޯ ޖަހާލީ ކަރުނަތަށް ފޮހެލަމުންނެވެ. ސައީދާ ކިއާރާގެ އިސްތަށިގަނޑަށް ދަމައިގަތެވެ. ކިއާރާއަށް ތަދުވެގެން “މަންމާ” އޭ ބުނެވުނެވެ. “ކަލޭ މަންމަ އެންމެ ބޭނުންވި ދުވަހު ފިލާ ރައްކާވީނު.. މިއަދު ކަލޭ ޖެހޭނީ މަގޭ ކުރާކަންތަށް ކޮށްދެން މަގޭ ބަދަލަށް އިނގިއްޖެއެއްނު… ކޮންމެހެން މާ ރީތިވެލައިގެން ފަރި ހެދިގެން މުއްސަނދި އަކަށް ވެގެން އުޅޭނު.. ކަލޭ ކަލޭގެ ފެންވަރުން އުޅެބަލަ… ކަލޭ ފެންވަރަކީ މީހުންނަށް ހަށިގަނޑު ވިއްކައިގެން ލާރި ހޯދޭ ކަހަލަ ފެންވަރު…” ކިއާރާ ކޮށްޕާލަމުން ސައީދާ ބުންޏެވެ.. ކިއާރާ އެންމެ އެއްޗެއްވެސް އިތުރަށް ނުބުނެއެވެ. ސައީދާ ކިއާރާ ގޮވައިގެން އެމީހުން އުޅޭ ގެދޮށަށް މަޑުކޮށްލިއެވެ. އަދި ކިއާރާގެ އިސްތަށިގަނޑުގައި ހިފައިގެން ގޭގެ ތެރެއަށް ވަދެގެން ދިޔައެވެ. ކިއާރާއަށް އެއްލިކަޅިން އެ ގޭގެ ނަންފެނުނެވެ. ގޯޅިއެއްގެ ތެރޭގައި ހުރި ތިން އެޕާޓްމެންޓް ތެރޭ ހުރި ހަމައެކަނި ގެއަކީ ކިއާރާ އެ ގެންދާ ގެއެވެ. ސައީދާ ނިމާލްއަށް ގޮވަމުން ކިއާރާ ތަޅުންގަނޑުމައްޗަށް ކޮށްޕާލީ ރަހުމްކުޑަގޮދަކަށެވެ. އެއީ މިހާރު ބޮޑުވެފައި ހުރި އަންހެންކުއްޖެކޭވެސް އޭނާ ހިތަކަށް ނާރައެވެ.
ނިމާލް ކޮޓަރީގައި އޮވެފައި ނިކުތީ އަތުގައި އޮތް ރާ ފުޅި ބޮމުންނެވެ. ތަޅުންގަނޑުމަތީ އޮތް ކިއާރާ ފެނިފައި ނިމާލްގެ ދެލޯ ބޮޑުވިއެވެ. ހީވީ އައު މުދާގަނޑެއް އަތުޖެހުނު ހެންނެވެ. “ނިމާލް ކަލޭއަށް އިނގެތަ މީ ކާކުކަން؟” ސައީދާ ގެ އަޑު ކުޑަކޮށް ގަދަވިއެވެ. “އަހަރެން ކާކުކަމެއް ބަލަނީ ކީއްކުރަން؟ މުދަލުގެ މައުލޫމާތި ނުހޯދަ ވިއްކާލީމަ މާ ރަނގަޅުވާނޭ.. އަދި އަހަރެންވެސް ކުޑަކޮށް ބޭނުން ހިފާލާފައި” ނިމާލް ބުނެލީ ވިހަ ހިނިތުންވުމަކާއި އެކުގައެވެ. ސައީދާ ދެއަތް އުނަގަނޑުގައި އަޅުވާލިއެވެ. “މީ އާލިޔާ… ނިމާލް މީ އެ އާލިޔާ އަކީ..” ސައީދާ ބުނެލީ އަނގަޔަށް ގޮތެއް ހަދާލާފައެވެ. ނިމާލް ދެލޯ ބޮޑުކޮށްލާފައި ކިއާރާއަށް ބަލައިލިއެވެ. އަދި ކިއާރާ އާއި ކައިރިއަށް ގުދުވެލާފައި ކިއާރާގެ މޫނުގައި ހިފަހައްޓާލިއެވެ.. “ދޮގުނުހަދާ؟” ނިމާލް ބުންޏެވެ. “ހަމަތެދެއްމީ… ކަލޭ އަހާބަލަ މީ ހަމަ އާލިޔާ..” ސައީދާ ބުނެފައި ކިއާރާ އަށް ބަލަމުންދިޔައެވެ. ނިމާލްއަށް ޔަޤީންކުރަން އުނދަގޫވިޔަސް ސައީދާ އެބުނީ ތެދެއްކަން އިނގުނެވެ. “މަށަށް ހެޔޮ ކޮންމެ މީހަކަށް މަގޭ ބޭނުންފުދެނިކޮށް.. އާލިޔާ ނަމަ ކިތަންމެހާވެސް ރަނގަޅު..” ނިމާލް ބުނުމުން ސައީދާ ކިއާރާ ކޮޅަށް ނަގައިފައި ގެންގޮސް ވަކިން ހުރި ކޮޓަރިއަކަށް ކޮށްޕާލިއެވެ. އަދި ބޭރުން ތަޅުލިއެވެ. ކިއާރާ ރޮވުނެވެ. ވަރަށް ބޮޑަށް އޭނާގެ ހިތުގައި ޖެހުނެވެ. ނަމަވެސް މީ ހިތްވަރު ކުރަންވީ ވަގުތެއްނޫންހެއްޔެވެ؟ އޭނާ ހިތްވަރުގަދަ ކުއްޖަކަށް ވެގެން މި އުޅެނީ މި ސައީދާމެން ބޭނުންކަމެއްކުރަން ދިނުމަށް ހެއްޔެވެ؟ ވަގުތު ގެ ބޭނުންހިފާ އޭނާ ދަބަހުގައި އޮތް ފޯނު ނަގައިފާ ފަތުހީއަށް ގުޅާލިއެވެ.
ފަތުހީގެ ފޯނު އޮތީ ނިވިފައިކަމަށް ބުނުމުން ކިއާރާ އަވަސް ހިތަކާއި އެކު ޒާއިން އަށް ގުޅިިއެވެ.. ޒާއިންއަށް ގުޅާ ގުޅާވެސް ފޯނެއްނުނެގިއެވެ. “ޒާންންން… ޑޭޑްޑްޑް.. ޕްލީސްސްސް” ކިއާރާކިޔަމުންދިޔައެވެ.. އެވަގުތު އޭނާ އަށް ދޮރު ހުޅުވޭ އަޑު އިވުމުން ފޯނު އެ ކޮޓަރީގައި އޮތް އެނދުގެ އަޑިއަށް ކޮށްޕާލިއެވެ. ކޮޓަރިއަށް ވަނީ ސައީދާއެވެ. “ކަލޭ ދެން އިތުރަށް މާ ހުސިޔާރުވެއްޖެނަމަ މަގޭ މިދެއަތުން މަރުވާނެކަން ހަނދާންކުރާތި… އަދި ބުނަން… ކަލޭ ދެން ފިލައިފިއްޔާ މަށަށް ނުހޯދޭނޭ ހީނުކުރާތި…” ސައީދާ ބުންޏެވެ. އަދި ކިއާރާގެ އަތުގައި އޮތް ދަބަސް ދަމައިގަތެވެ. “ކަލޭ އުޅެންޖެހޭނީ ކުރިންވެސް އުޅުނުހެން އިނގިއްޖެ އެއްނު..” ސައީދާ ބުނެފައި ދަބަސް ހިފައިގެން ނިކުތެވެ. އަނެއްކާވެސް ބޭރުން ތަޅުލި އަޑު އިވުނެވެ. ކިއާރާ ގޮސް އެތެރޭގައި އިން ތަންޑު އަޅުވާލަމުން އެނދުދަށުން ފޯނު ނެގިއެވެ. އަދި އަނެއްކާވެސް ޒާއިންއަށް ގުޅަންފެށިއެވެ.
އެކޮޅުން ޒާއިން ފޯނު ނެގީ ކިއާރާގެ 12 ވަނަ މިސްކޯލްއާއި އެކުގައެވެ. “ކިޓީ؟ ހާދަ ވަރަކަށް.. ސޮރީ އިނގޭ.. ބޭބެ ކައިރި އެތެރޭގައޭ ހުރީ ކިހިނެއްވީ އަނެއްކާ؟” ކިއާރާ އެއްޗެއް ބުނުމުގެ ކުރިން ޒާއިން ބުނީ ޔަޤީނުންވެސް ކަމެއް ވީކަން އިނގިގެންނެވެ. ކިއާރާ ހުރިތަނަށް ތިރިވެފައި އަނގައިގާ އަތް އަޅާލިއެވެ.
“ޒާން.. މަންމައަށް އިނގިއްޖެ އާލިޔާކަންމީ .. އެން އެން.. މަންމަ ގެނައީ ގެއަކަށް.. އައި ޑޯންޓް ނޯ ދިސް ޕްލޭސް ޒާން… މަންމަ އަށް އިނގުނީ ޒާން.. މަންމަ… ޕާސްޓް ރިޕީޓް ވާން އުޅެނީ ޒާން.. ޕްލީސް ޒާން ހެލްޕް މީ.. ދެން އެ ވޭނެއް އަލަކުން ބޭނުމެއްނުން ތަހައްމަލުކުރާކަށް.. އެކަމް މަންމަ އެކަންވެސް ކުރާނެ ޒާން ޕްލީސް ޕްލީސް ހެލްޕް މީ ޒާން ޕްލީސް..” ކިއާރާ ބުނެލީ ވަރަށް މަޑުންނެވެ. އެވަގުތު ރޮވުނުވެސްމެއެވެ. ނަމަވެސް ހިތްވަރުކޮށްލައިގެން މިތަނަށް ގެނައިރު ހަނދާނަށް އައި ބައެއްޗ އެއްޗެހި ހަނދާންކުރަންފެށިއެވެ. “ވަޓް ވަޓް؟؟؟؟؟؟؟؟ ކި…ކިޓީ އޯ މައި ގޯޑް.. ކިޓީ ފޯނު ނިއްވައިނުލާ….. ނުލާތި އިނގޭ.. އަމް ގޮއިންގް ޓު ޑޫ ސަމްތިން.. ކިޓީ.. ބުނޭ ކޮންތަނެއްކަން.. ޕްލީސް ޕްލީސް ބުނޭ ކޮން ހިސާބެއްކަން އެނީތިންގް.. ޕްލީސް ޕްލީސް.. ކިޓީ އަވަސް…” ޒާއިން ކިޔަންފެށިއެވެ. އޭނާ ގެ ހިތްވަނީ އަވަސްވެފައެވެ.
“ނޭނގެ ޒާން.. ވޭން އެއްގަ ގެނައީ.. ޒާން… މި ގެ.. މި ގެ ހުރީ ގޯ..ގޯޅިއެއް ތެރޭ… ނަން… ގޭގެ ނަން…. ތަ..ތަރި… ހެންވޭރު ތަރިވިލާ…ގޯޅިގައި ހުރީ ތިން އެޕާޓްމެންޓް.. މިގެ އެކަނި ހުރީ ކުޑަ..ކުޑަ ގެއަކަށް… ޒާން…. ޕްލީސް ޕްލީސް މިތަނުން ގެންދޭ ޕްލީސް ޒާން…. ޕްލީސް ޒާން މަންމަ އައިސްދާން ޒާން ޕްލީސް.. އެން ދޮން…ދޮން ބައްޕަ ހީ އިޒް… ހީ ވިލް ޑޫ ސަމްތިން ޓު މީ ފޯރ ޝުއަރ… ޒާން ޕްލީސް ޕްލީސް..” ކިއާރާ ވާހަކަ ދައްކަމުން ދިޔައިރު ތުރުތުރުއަޅައެވެ. “ހެންވޭރު ތިންތަރި….. ކިޓީ އައި އެމް ކަމިން ވިދް ދަ ޕޮލިސް…ޖަސްޓް ވެއިޓް.” ޒާއިން ބުންޏެވެ.. “ނޯ ނޯ ޕޮލިސް ނޫން ޒާން ޕްލީސް ޒާން… ޕޮލިސް….. ނޯ ނޯ ޒާން.. އެހަށް މިތަނުން ގެންދޭ.. ޕޮލިސް ނުގެނެބަ ޕްލީސް ޒާން ޕްލީސް.. ފަހުން އެކަން ކުރެވިދާނެ އެކަމް ޕްލީސް ނޮޓް ނައު ޒާން އެކަނި އައިސްބަ ޕްލީސް އަވަހަށް.. ޒާން ދޭ ވިލް ޑޫ ސަމްތިން…” ކިއާރާ އާދޭސްކުރިއެވެ. “އޯކޭ އޯކޭ.. ކިޓީ މިދަނީ ފޯނު ކަނޑައިނުލާތި އިނގޭ… އެން ހައިޑް އިޓް ސަމްވެއަރ.. އެމީހުންނަށް ނޭނގޭނެގޮތަށް.. ޕްލީސް. އެން ހަބަރު ވައްޗޭ ވެވޭވަރަކުން އަމް ކަނެކްޓެޑް އޯކޭ އެން ޑޯންޓް ލެޓް ދެމް ޓަޗް ޔޫ…. ޕްލީސް.. ފައިޓް ކިޓީ.. ދަންދެން ޖަސްޓް ފައިޓް ފޯރ ޔުއަރ ސެލްފް.. ދޭ އަރ ނޮޓް ޔުއަރ ފެމިލީ އެނީމޯރ.. އެން ކިޓީ އެމީހުން ބުނާ ކަމެއް ކުރަންވެސް ނުޖެހޭނެ… އަމް ގޮއިން ޖަސްޓް ވެއިޓް ” ޒާއިން ކިއާރާ އަށް ކަންތަށް ކުރަންވީގޮތް ބުނެދިނެވެ. އަދި އަވަސް އަވަހަށް އެ ހިސާބަށް ދާން ގެންގުޅޭ ކާރަށް އަރަން ހިނގައިގަތެވެ.
ކިއާރާ ފޯނު ސްކިނީގެ ފަހަތު ޖީބަށް ލިއެވެ. އަދި ލައިގެން ހުރި ޓޮޕް ތަންކޮޅެއް ތިރިއަށް ދަމައިލީ ފޯނު ނުފެންނާނެހެންނެވެ. އޭނާ ދެކޮޅަށް ހިނގާލަ ހިނގާލަ ހުއްޓެވެ. އެ ކޮޓަރިގަނޑަކީ ކުޑަ ކޮޓަރިގަނޑެކެވެ. ސިންގަލް ބެޑް އެނދަކާއި ކުޑަ މޭޒެއް އިންކަމެވެ. ފަންކަލަކަށްވެސް އިނީ ޓޭބަލް ފޭންއެކެވެ. ކިއާރާ ހެއްދެވި ފަރާތަށް އަޅުކަންކުރަމުން ދިޔައީ އޭނާ މިކަމުން ސަލާމަތްވޭތޯއެވެ. ކޮންމެ ވަގުތަކުވެސް މަންމަ އައިސްދާނެއެވެ. އޭނާއަށް ކޮންމެ ކަމެއްވެސް ކޮށްފާނެއެވެ.
ކިއާރާ އެހެން ހުއްޓާ ދޮރު ބޭރުން ތަޅު ހުޅުވި އަޑުއިވުނެވެ. ކިއާރާ ލައިގެން ހުރި ޓޮޕަށް އަނެއްކާވެސް ދަމާލިއެވެ. އެކޮޅުން ބާރަކަށް ދޮރުގައި ޖަހާލިއެވެ. “ޒާން އެ އައީ .. ޒާން ކަމް ސޫން..” ކިއާރާ އެހެން ބުނެލީ ޒާންއަށް އިވޭނެކަމަށެވެ. ކިއާރާ ގޮސް ދޮރު އެތެރެއިން ހުޅުވިއެވެ.. ސައީދާ އައިސް ކިއާރާ ކޮށްޕާލިއެވެ. “މީ ކަލޭގެ މެހެލް އެއް ނޫނޭ ތަޅުލައިގެން ގެންގުޅެން…” ސައީދާ ބުންޏެވެ. “މަންމާ!! މަންމައަކަށް ނޭނގޭތަ އަޅު..އަޅުގަނޑު މިހިރީ ބޮޑުވެފައޭ، މީ މަންމަ ބޭނުންތާކަށް އެއްލާލާފައި ތަދުކޮށް ހަދާ އެ ކުޑަ އާލިޔާއެއްނޫނޭ….އެހެންނޫނަސް މިހާރު މިއުޅެނީ ވަޒީފާއެއްގައި.. ރަނގަޅު މުސާރަ ލިބޭނެ ހެޔޮނުވާނެ ތިކަން ދޫކޮށްލަބަ… ޕްލީސް މަންމާ…. މަހަކު ލިބޭ ހުރިހާ ލާރިއެއް ދީފާނަން އެކަމް ހެޔޮނުވާނެ މަންމާ ޕްލީސް…” ކިއާރާ ދެއަތް ޖޯޑްކުރަމުން ބުންޏެވެ. “ކަލޭ މަށަށް މަންމަ ނުކިޔާތި!!؟؟ އަދި ބުނަން މާ މޮޅުވެގެން މަށަށް މަގޭ ކުރަންވީ ކަންތަށް ނުކިޔައިދީ.. ކަލޭ އުޅޭނީ މަގޭ ބުނާގޮތަށް.. މަގޭ ބުނާ ކަމެއްކޮށްގެން… އިނގިއްޖެއެއްނު..” ސައީދާ ބުނެލީ ކިއާރާގެ އައްސާލެވިފައިވާ އިސްތަށިގަނޑަށް ދަމައިގަންނަމުންނެވެ.
“ކީއްކުރަން މަންމަ ބުނާ ގޮތް ހަދަންވީ؟ މަންމަ ދުވަހަކުވެސް މަންމަ އެއްގެ ވާޖިބް އަދައިކޮށްދިނިންތަ؟ ކިޔަވަންދަނީ އެކަނި؟ ކިޔަވަނީ އެކަނި.. ޔުނީފޯރމް ދޮވެ އިސްތިރިކޮށްލަނީ އެކަނި… އެންމެ ކުޑައިރުންސުރެ ކައްކާ ކަނީ އެކަނި.. ލާ ހެދުމެއް ދޮންނަނީ އެކަނި.. މަންމައާއި ދޮންބައްޕަގެ އެއްޗެހި ދޮވެ ސައިހަދައި ކާން ހަދާ… އެ ހުރިހާ ކަމެއް ކުރަން.. ކިޔަވަމުން ފިހާރައެއްގަ ވަޒީފާ އަދާކުރަމުން މަންމަމެންގެ ތިބޭނުންތަށް ފުއްދަމުން.. އެންމެ ފަހަރަކުވެސް ކުޑަމިނުން ހާލު ބަލާލިންތަ.. ހާލެއްނޫން.. ދަރިފުޅޭ ކިޔާފަ ގޮވާލިންތަ؟ އަޅުގަނޑު ޝަކުވާ ކުރިންތަ؟ ނުކުރަން.. ދުވަހަކުވެސް ނުކުރަން؟ އެކަމް މިއަދު ކީއްވެ.. ކީއްކުރަން މަންމަ ބުނާ ކަންތަށް ކުރަންވީކީ؟ މަންމަ ތީ ކާކު؟ ދެންމެ ތިބުނީ މަންމަ ނުކިޔާށޭ.. ދެން އެހެންވީމަ މަންމަ ތި ކޮން ހައްޤަކުން އަމުރު ކުރަނީ؟؟؟ ކޮން ހައްޤަކުން؟؟” ކިއާރާ ބުނެފައި ސައީދާ އާއި ދުރަށް ނަޒަރު ހިންގާލިއެވެ. އޭނާ ތެދުވަންވެސް ނޫޅުނެވެ.. ސައީދާ ކިއާރާ ގުދުވެލާފައި ކިއާރާގެ ކޮލުގައި ޖަހަން އަތް މަޅާލިނަމަވެސް ކިއާރާ އެ އަތުގައި ހިފައިލިއެވެ. އަދި ދުރަށްލިއެވެ. “މަންމައަކަށް މިއަދު ނޯންނާނެ ޖެހުމުގެ ހައްޤެއްވެސް.. މަންމަ ނުކިޔާށޭ ނު ބުނީ…. ދެން ބުނެބަ… ކީއްކުރަން ކޮން ހައިސިއްޔަތަކުން ތި އަމުރުކުރަނީ؟ ތި ޖަހަނީ؟؟ މަންމަ ނުކިޔެންޏާ މިހާރު ކޮން ގުޅުމެއް އޮތީ މިދޭތެރޭ؟” ކިއާރާ ތެދުވެލަމުން ބުންޏެވެ. ހިތުގައި ޖެހުނެއްކަމަކު އެ ދެލޮލުން ކަރުނަތަށް ފައިބަން ތައްޔާރުގައި ހުރިއެއްކަމަކު އޭނާ ބޭނުންވީ މިއަދު ސައީދާ އާއި ކުރިމަތިލާށެވެ. އެނާ އަކީ ކުރީގެ އެ އާލިޔާ ނޫންކަން ދައްކާށެވެ.
“ކަލޭ ހާދަ އަނގަ ގަދަ ވެގެން ތިއުޅެނީ ރީތި ބޮނޑިއެއް ދޭނަމޭ..” ސައީދާ ބުނެލީ ދަތްކުނޑިވިކާލާފައެވެ. އެއަށްފަހު ނިކުމެގެން ދިޔައެވެ. “ޒާން ޕްލީސް ޕްލީސް އެދިޔައީ ދޮން ބައްޕަ ބަލައި… ޒާން ޕްލީސް ޕްލީސް.. ޕްލީސް..” ކިއާރާ ބުނެލީ ޒާއިންއަށް އިވޭވަރަށެވެ. އޭނާ އެ ނިކަމެތިކަން ސައީދާއަށް ފޮރުވާލީ އަމިއްލަ ހަށިގަނޑަށްޓަކައި އަމިއްލަ ނަފްސަށްޓަކައި އޭނާ ތެދުވަންށެވެ. ރައްކާތެރިކުރަންށެވެ.
……..
ކާރުގައި އިން ޒާއިން އަށް އެ ހުރިހާ އެއްޗެއް އިވެނީ ހެޑްސެޓް ޖަހާލައިގެން ހުރީމައެވެ. އޭނާގެ ކާރުގެ ދުވެލި ބާރެވެ. ހެންވޭރަށް ގޮސް އޭނާ އެކި ތަންތަން ބަލަންފެށިއެވެ.
….
ނިމާލް ގޮވައިގެން ސައީދާ އައުމާއި އެކު ކިއާރާ ފަހަތަށް ޖެހިލިއެވެ. އެ ބައްޕަގެ އަމަލުތަށް ކިއާރާއަށް އިނގެއެވެ. ކިއާރާ ބޯ ދެކޮޅަށް ހަރަކާތްކޮށްލީ ކިއާރާއާއި ދިމާލަށް އައި ނިމާލް އަށެވެ. ނިމާލް އައިގޮތަށް އައިސް ކިއާރާގެ ކަރުގެ އެއްފަޅީގައި ހިފާފާ އެނދާއި ދިމާލަށް އެއްލާލިއެވެ. “ކަލޭ ކީކޭ ހިތާ ތިއުޅެނީ މިތަނަށް އައިންސުރެ އަނގަ ހުއްޓާނުލާ.. ކަލޭ މާ މޮޅު ކަމެއް ކުރެވުނީތަ؟ މާ މުއްސަނދިވީމަ ހީނުކުރައްޗޭ އަހަރެމެންނާއި އައިސް ޖަދަލު ކުރެވޭނެކޭ.. މިތާ ހިނގާނީ އަހަރެންގެ އަމުރު…” ނިމާލް ބުންޏެވެ.
ކިއާރާ ގަތްބިރެއްގެ ސަބަބުން ރޮވުނެވެ. އޭނާއަށް ސިފަވަމުން ދިޔައީ ނިމާލް އެރޭ އައިގޮތެވެ. އޭގެ އިތުރަށް އައި މީހުންނެވެ. ކިއާރާ ތުރު ތުރުއަޅައިގަތެވެ. ނިމާލް ކިއާރާ އާއި ކައިރިވެލި ވަގުތަކީ ޒާއިން އައިސް ދޮރުގައި ތަޅަންފެށިއަޑެވެ. ކިއާރާއަށް އެއައީ ޒާއިންކަން އިނގުނެވެ. ދޮރުމަތީ ހުރި ސައީދާ އެ ކޮޓަރީގެ ދޮރު ލައްޕާލާފައި ދިޔައީ އައީ ކާކުތޯ ބަލަންށެވެ. ނިމާލް ހިނިގަނޑެއް ޖަހާލިއެވެ. އަދި ކިއާރާ ގެ ދޮން މޫނުގައި އަތް ބީއްސާލިއެވެ. ހަށިގަނޑުގެ ކޮންމެ ގުނަވަނަކަށް އޭނާ ބަލައިލީ ދަހިވެތި ގޮތަކަށެވެ. އެވަގުތު އޭނާވެސް އަދި ކިއާރާވެސް ސިހުނީ ދޮރު ގައި މީހަކު ޖަހާ ހަލާކުކޮށްލިއަޑަށެވެ. ނިމާލް އޮތްގޮތް ފެނި ދޮރުމަތީ ހުރި ޒާއިން ގެ ރުޅީ ކޮންޓްރޯލުން ބޭރުވިއެވެ. އައިގޮތަށް އައިސް ނިމާލްގެ ކަރުގައި ހިފައިފާ ފާރާއި ދިމާލަށް ގެންދިޔައިރު އޭނާ ތުރު ތުރުއަޅައެވެ. “ކަލޭ ކީކޭ ހިތާ ތި އުޅުނީ؟ ހީނުކުރައްޗޭ މިއަދު ބޭނުންގޮތެއް ހެދޭނޭ..” ޒާއިން ނިމާލްގެ ކަރަށް ބާރުކޮށްފިތާލުމުން އޭނާ ނޭވައި ލާން އުނދަގޫވިއެވެ. އަދި ދެލޯ ބޮޑުކޮށްލިއެވެ.
ޒާއިން ނިމާލްގެ ކަރުން ދޫކޮށްލީ ކުއްލިއަކަށެވެ. ނިމާލް ތަޅުންގަނޑުމައްޗަށް ވެއްޓި ނޭވާ ލާން މަސައްކަތްކުރި ވަގުތު ޒާއިން ކިއާރާގެ އަތުގައި ހިފައިފާ ނެގިއެވެ. އަދި ކިއާރާ ގޮވައިގެން ދުއްވައިގަތެވެ. ސިޓިންގް ރޫމްއަށް ވެއްޓިފައި އޮތް ސައީދާ ފެނި ކިއާރާ އަނގަމަތީ އަތް އަޅާލެވުނެވެ. “މަންމާ!!” ކިއާރާ ޒާއިންގެ އަތުން އަތް ދަމައިގަނެފައި ސައީދާ ކައިރިއަށް ދުއްވައިގަތެވެ. “ކިޓީ!!” ޒާއިން ކިއާރާ ގެ އަތުގައި އަނެއްކާވެސް ހިފައިފާ ދުއްވައިގަތެވެ. އަދި ގެއިން ބޭރަށް ނުކުތީ ކިއާރާ ގަދަކަމުންހެން ގެންދަމުންނެވެ. ގޯޅި ކުރިމަތީ ހުއްޓައިފައި އިން ކާރަށް ކިއާރާ އަރުވާފައި ޒާއިން އައިސް އެކާރުގައި އިށީނދެލިއެވެ. އަދި ފޯނުން މީހަކަށް ގުޅާލިއެވެ. ކިއާރާ ލޯގަނޑުގައި މޫނު ޖަހާލައިގެން އިނދެ ރޮމުންދިޔައެވެ. “މަންމާ!!!!!” ކިއާރާ ރޮމުން ބުންޏެވެ. “ހަލޯ.. އޭ އަޒީ..އާނ އަވަހަށް އާދޭ އެން މިކަން ނުވާނެ ފަޅާ އަރައިގެން މިބުނީ މަ މި ހަބަރު ދިންކަމުގެ.. އެމީހުން އެބަތިބި އެތާނގަ… ފުޅިތަށްވެސް ހުރި ސިޓިންގް ރޫމްގައިވެސް.. އަވަހަށް އައިއްޔާ ރަނގަޅި އެން ޕްލީސް މިކަން ބާއްވާ ޕެޓްރޯލިން ގައި އުޅެނިކޮށް ފަޅާ އެރި އެއްޗެއް ގޮތުގައި.. އޯކޭ އެއްނު.. އާނ އެކޭޔަޤީނޭ … ޓްރަސްޓް މީ އެމީހުން އެބަތިބި.. އަވަހަށް އައިއްޔާ ވާނީ… ޔެސް.. އޯކޭ ހަބަރު ވައްޗޭ..” ޒާއިން އެހެން ބުނެފައި ފޯނު ބޭއްވިއެވެ. އަދި އަވަހަށް ތަންކޮޅެއް ދުރަށް ދުއްވާލިއެވެ. ކިއާރާ އޭރުވެސް އެ އިންގޮތަށް އިނދެ މަންމައަށް ގޮވަމުންދިޔައެވެ. ޒާއިން ކާރުޕާކްކޮށްލުމަށްފަހު ކިއާރާގެ ކޮނޑުގައި އަތް އަޅާލިއެވެ. ކިއާރާ ޒާއިންގެ އަތް ދުރަށްލިއެވެ.
ކީއްވެ ޒާން..އެހެންހެދީ ކީއްވެ؟. މަންމަ…. މަންމަ ވެއްޓިފައޭ އޮތީ….” ކިއާރާ ބުނެލީ ރުޅިއައިއްސައެވެ. “ކިޓީ.. ސީ… އެމީހުން ކެއަރ ނުކުރެއޭ ދެން ވައި އާރ ޔޫ ޑުއިން ދެޓް… ކިޓީ ބުނީމެއްނު އޭނާ ކައިރި ކޮން ހައްޤެއްހޭ ކިޔާފަ އެ ހުރިހާ އެއްޗެއް..” ޒާއިން ބުންޏެވެ. “އެއީ މަންމައަށް ވިސްނައިދޭންށޭ.. އެހެން ކަމެއްވެގެނެއްނޫނޭ އެކަމް ޒާން…..” ކިއާރާ އެހެން ބުނެފައި ޒާއިންގެ ގައިގާ ބައްދައިގަތެވެ. ޒާއިން ލާފައި ހުރި ޓީސާޓުގައި ކިއާރާ ހިފަހައްޓައިގެން ހުރިއިރު އެ ދެލޮލުން ފައިބަމުން ދިޔަ ކަރުނައެއް ދިޔައީ ޓީސާޓު ތެންމަމުންނެވެ. “ޝްޝް ކިޓީ … ދެން ހުއްޓާލާ މިހާރު އޯކޭ ވިއްޔޭ އެގެން.. ދެން އެމީހުން ޖަލަށް ދާނީ ކިޓީގެ ސަބަބަކުންނޫން އެމީހުންގެ ސަބަބުން…” ޒާއިން ކިއާރާގެ އިސްތަށިގަނޑުގައި ފިރުމަމުން ބުނެލިއެވެ. “އެކަމް…. ޒާން…… މަންމަ……. ހީ އިޒް މައި މަމް…..” ކިއާރާ ބުނެލީ ޒާއިންގެ މޫނަށް ބަލައިލަމުންނެވެ. އޭރު ދެމީހުންގެ މޫނު ހުރީ ޖެހޭ ނުޖެހޭ ހިސާބުގައެވެ. ޒާއިން ފުންނޭވައެއް ދޫކޮށްލާފައި ކިއާރާގެ މޫނުގައި ހިފަހައްޓާލިއެވެ. “ސީ… މަންމަ ކިޔާވަރުގެ މީހެއްނޫން އެއީކީ .. އޯކޭ.. ދެން ހިނގާ ގެއަށް ދޯ… އެން ދެން އެހެންނޫނަސް ދެއަރ ގޭމް އިޒް އޯވަރ..” ޒާއިން ބުންޏެވެ އަދި ކިއާރާގެ ނިތްކުރިމައްޗަށް ބޮސްދިނެވެ. ކިއާރާ އަކީ ކޮންކަހަލަ ކުއްޖެއްބާއެވެ؟ އެހާމެ ހިތްސާފެވެ. އަދިވެސް އެ އުޅެނީ މަންމަ ސަލާމަތްކުރަންށެވެ.
ކިއާރާ ޒާއިންގެ ގައިގާ އަނެއްކާވެސް ބައްދާލިއެވެ. “ޒާން.. އިނގޭތަ… ހީ ވޯސް ގޮއިން ޓު………..” ކިއާރާ ބުނަން އުޅުނު އެތި ހުއްޓާލާފައި އިތުރަށް ރޮއެގަތެވެ. “އޭނާއަކަށް ނުކެރޭނޭ އެއްވެސް ކަމެއްކުރާކަށް… ނައު އެކަންތަށް ނިމުނީނު ދޯ… ހިނގާ ދެން ދާން.. ގެއަށް..” ޒާއިން ކިއާރާގެ އިސްތަށިގަނޑަށް ބޮސްދީފައި އޭނާ ދުރަށް ލީ އޯގާތެރިކަމާއި އެކުގައެވެ. ކިއާރާ އެންމެ ހިތުގައި ޖެހުނީ އަޔާންގެ ސަބަބުންނެވެ. ވަގުތުން އަޔާންގެ ލޯބި އެ ހިތުންވެސް ފޮހެލަން ބޭނުންވިއެވެ. ނަމަވެސް ކުރާނީ ކީއްހެއްޔެވެ؟ އެއީ އެހާ ފަސޭހައިން ނެރެލޭވެނެ އެއްޗެއް ނަމަ ނެރެލިތާ ކިތަންމެ އަހަރެއްވެދާނެއެވެ.
. ކިއާރާ ދެލޮލުން ފޭބި ކަރުނަތަށް ފޮހެލިއެވެ. މިއަދަށް ވާވަރު ވީއޭ ހިތަށް ބުނެދިނެވެ. އަދި ހިތްހަމަޖައްސާލުމުގެ ގޮތުން ފުން ނޭވައެއް ދޫކުރިއެވެ. . “ޒާން އިނގޭތަ؟ މަންމަ ކައިރި ކާކުކަން ބު..ބުނީ..” ކިއާރާ މޭގައި އަތްއަޅާލީ އެ ހިތަށް ތަދުވާ އިހްސާސްއޭނާއަށް ވެގެންނެވެ. “އަ…އަޔާން… އަޔާން ބުނީ…. ޒާން އައި ޑޯންޓް ވޯންޓް ހިމް.. އަޔާން ކީއްވެ އެހެން ހެދީ ޒާން…. ކީއްވެ.. ބުނިން ނުބުނާށޭ އިނގެންޖެހޭނެ ދޯ ކަމެއް ވެގެންކަން ނުބުނާށޭ އިޝާރާތްކުރީ ވާހަކައޮޅުވާލީ…..” ކިއާރާ އެހެން ބުނެފައި ދެލޯ ހަނިކޮށްލިއެވެ. “ވަޓް ދަ…. ވައި ދަ ހެލް ޑިޑް ހީ… އޯ މައި ގޯޑް..” ޒާއިން ބުނެލީ ނިތްކުރިމަތީ އަތްއަޅާލަމުންނެވެ. ކިއާރާއާއި މެދު އޭނާ ހަމްދަރުދީވެވުނެވެ. ނަމަވެސް އިތުރަށް އޭނާ ބުނާނީވެސް ވަކި ކީކޭ ހެއްޔެވެ؟
އެހެން އިނދެ އިރު އިރުކޮޅާ ކިއާރާ ނޭފަތްދަމާލައެވެ. ކިއާރާ ގެއަށް ނައިސްގެން އޭރު ފަތުހީ ގުޅާކަންވެސް ކިއާރާއަށް ނޭނގުނީ އޭރު ބިރުން ފޯނު ސައިލެންޓަށް ލެވުމުންނެވެ. ކާރު ގެއަށް ހުއްޓާލުމާއި އެކު ކިއާރާ ޒާއިންއަށް ބަލައިލިއެވެ. ޒާއިން ކާރުން ފައިބާފައި ކިއާރާ އިން ފަޅި ހުޅުވިއެވެ.. އަދި ކިއާރާގެ އަތުގައި ހިފައިފާ ނެރުނެވެ. އޭނާގެ ކޮނޑުގައި ހިފަހައްޓައިގެން ކިއާރާ އާއި އެއްވަރަށް ހިނގަމުން ގޮސް ގެއަށް ވަނެވެ. ކިއާރާގެ ހަބަރެއްނުވެގެން ސިޓިންގްރޫމްގައި ގުޅާ ގުޅާ އިން ފަތުހީ އަށް އެމީހުން ފެނި ތެދުވެވުނެވެ. އަދި އެމީހުންނާއި ދިމާލަށް އާދެވުނީ އަވަސް ހިނގުމެއްގައެވެ.
ކިއާރާ ފަތުހީގައިގާ ބައްދަައިގަތެވެ. ފަތުހީ ޒާއިންއަށް ބަލައިލީ ވީ ގޮތް އަހަންށެވެ. ޒާއިން ފަހުންނޭ ބުނީ އަތުގެ އިޝާރާތުންނެވެ. “ކިޓީ ދޭ ކޮޓަރިއަށް ގޮސް ފެންވަރާލަން އިނގޭ އޭރަށް ވާއިރަށް ދާނަން އޯކޭ ނު..؟ އެން އެ ހަބަރުވެސް ހޯދާލަންޖެހޭނު ދޯ.. ދޭ އަވަހަށް އިނގޭ..” ޒާއިން ބުނެލީ ކިއާރާގެ ބޮލުގައި ފިރުމާލަމުންނެވެ. ކިއާރާ ފަތުހީއާއި ދުރަށްޖެހުނެވެ. އަދި ފަތުހީ އަށް ހިނިތުންވުމެއްްވެސް ދިނެވެ. “އައި ލަވް ޔޫ ޑޭޑް..” ކިއާރާ އެހެން ބުނެފައި ހިނގައިގަތީވެސް ރީތި ހިނިތުންވުމަކާއި އެކުގައެވެ. މިއަދު އޭނާ ފިކުރުކުރާވަރުގެ މީހެއް ނެތެވެ. އަމިއްލަ ނަފްސާއި ބައްޕައާއި ޒާއިން އަދި މައިޝާ ފިޔަވައެވެ. އިތުރު މީހެއް އެ ދިރިއުޅުމަކު ބޭނުމެއްނޫނެވެ. އެ 3 މީހުން ކިއާރާއަށް ދެރަގޮތެއް ނަހަދާނެއެވެ. އެހެންވީމާ ބޭކާރުމީހުންނަށް ޓަކައި އެ ކަރުނަތަށް ބޭކާރު ކުރަނީ ކީއްކުރަންހެއްޔެވެ؟ ކިއާރާ ސިކުނޑިއަށް އިސްކަންދޭން ފެށިފަހުން އަމިއްލައަށްވެސް އެނާ ހިތްވަރުގަދަކަން ފާހަގަކުރެވިގެން ދިޔައެވެ. ވިސްނޭގޮތުގެ ސަބަބުން އަމިއްލަ ނަފްސް ހަމަޔަކަށް އަޅުވާލެވެއެވެ.
47 Comments!
Comments are closed.
So before this thing go out of limit.. I just wanna tell u guys one thing. I told kiaaraa-ayaan part and aaliyaa part eii dhe true vaahaka eh ehkhlaafa and so ya aaliyaa ah v girl faced all these but I even added kuda kh change khfa ey amihla ah so don’t get confused. There will b parts edited. And to b honest I didn’t even say that she is still going through it. I didn’t say anything related to that except saying that aaliya part is true and I edited few parts too ey. You know sometimes u just make one thing a mess which really makes everything so complicate. And just stop overreacting on things which is not about u. nd I just wanna say that it’s not something like faleehaii okay? If she wants her life story to b shown as an imaginary story like this than there’s no big deal in it. And its her opinion for me to tell u guys whether it’s a real life story or imaginary. It’s her life her way to show what she suffered, she went through! You shouldn’t make it this big tbh cx it could b any girl. Any girl, who’s going through this and may read all things u wrote, u know how bad she may feel when she see things like this, being kind a rude and giving opinions about her life? I never mentioned that she never did take a help but may b she did but the world is so cruel? The ones she seek help from may never cared? God knows.! I told u guys before also that I won’t mind if u comment anything about my story and mistakes, instead I will improve them but I will mind if it’s about something I care about.
And if u feel it’s all a mess it’s all so damn foohi or what so ever then I kindly request to not read it instead of commenting how u hate it! Tbh u can just say cx of this and that ey mi story hady just don’t say anything about the things the girl in it is going through. It’s just a friendly req. may b she just wanted to pour her heart out telling or writing or what so ever what she felt every part every minute of her life.
Judge my story give opinions to my story not what the girl went through! Leave it! I’m sorry. Im just lil disappointed so I’m sorry for my words. Or being lil rude. Nights. ?
hey ryn its been a long time dhw…hehhe..miss u alot….vaahaka hama v v reethi…v fahun kiyanfeshee…aslu i was waiting until it ends…then kiyan kamah…ekam.kethei nukurevunu…hheheh…btw hope u r doing well dear .?
Ryyynn
Neyvaa hifahattaalain hunnan jehunee hama
Thank god zaan saved her in time
This story is nice… Yes now days when someone seek to help others will see and laugh.. They dont come to help but instead they ruined it… Anyway once again ur the best… Ryn and shine is the best two writers now in esfiya site. Love u both.. N may allah bless ur work.
First.. Waiting for the next part….
wow v. nice MI part vs
Thnkooo ryn for the amazing stry
Itz kay ryn
Its okay Ryn…
Mirey heevey thankolheh kuru hen ves
But this story omg omg…
dhen ayaan ah ves angabala kia ge past ge vaahaka eyrun they can live a happy life ehnu…
Wowwwww speechless ???. Bt seems like this part is too short. ?
Vvvvvvv reeethi but vvv kuruhen heevany ryn adhi 1 part mirey plx plx…
Yes.. mirey thankolheh kuru hen heevanee
Need one more part ?
Mirey adhi eh part up kohdhyba plxx ?
V salhi.
Ryn dhen anehkkaa ayaan ah kiaa foruvaa…. Buney ayaan kiaa gehlluvaalee ey…. Ayaan ah feel kohdhy ayaan kantha kury goaskoh kan ingey….
Vvvvvvvv reethi mi baives
Vvvvvvv habu….
Finally kiyara hihvaru gadha vanyy….????
Dhn e ayaan gandah kn mes gotheh hadhaabala..
I mean to say dhn eynayah hageegaiyy angabala…
Varah nice ingey…
It’s really an amazing story.. I have been reading each and every part comment nukjriyas vs.. Abadhuvs beleyne up kohllaafa in tho.. Hendhunussuren hiyy thelhey varun nikunna varu vefa ovva thi up kohddhiny.. Thank you ryn:)
And keep up the good work.. ❤❤
Ppl who are not even knowing anything about this are judging that girl u guys really need a life this is just sick! And one most important thing is that this is not against islam religion…. Infact after reading this you guys should get a moral from this and should try to help to stop these kind of things. If you never lived the life of that girl then you cant even judge her…. And i am not telling that we should judge a person like. you are badmouthing a person who went through a lot in their life!!! Actually we also should have the will to change our minset if its wrong
100 paragraphge mazumooneh liyunas kaleymennah kuruvaane
Varah reeti story.Adi mirey upkolhadyba 1 part.v kiyaahithun mihury
Darling ryn. first you disclose its based on a true story. obviously ppl will have an opinion on that girl. no need to be so butt hurt about it ok love. and really writing a huge pharagraph won’t do any good. so calm yourself and sit down.
true story
Guys thinking to upload 25 th part if u wish! and i do accept what ever im getting as a writer so i wont take any comment in a negative way unless its about the girl in it :/ anyway tell me if u wish to have one more part tonight :/
Want ?
thivarah upload nukurias fan madhe nuvaane yey kabulo..
No! Im not so in the mood tonight so will up three parts tomorrow.. i just wanted to finish this crap soon!! Bye tc nights 🙂
Yes yes yes yes. ? please upload kohdheeba next episode please ?
Plx one more to nite
Yes plx
Plx upload 25 the part…plxx ryn
Yes ryn, please upload one more part.. you are improving a lot actually, i have read all your stories and this one is so far the best. Waiting for the next part
yeah…m waitin waiting waitingg waitinggg…?
She told she will upload 3 parts Tmrrw..
Vvv salhi mi part.. Madhan 3 parts.. Yippee
Plxx do somethin to tht ayaan..
This story is jxt awesome…comment nukuriyx hurihaa prt eh vxx kiyn.kyp up the gud work…waitin 4 nxt prt……..
V hivvaru libihje mi vaahaka kiyaafa. I love it
Yes please Ryn… One more part mirey please….
Abadhuwex story warah hit… This part wex warah reethiii…
Keep it up Ryn… M a beeeeg fan of yours… Loves much…???
Yess plx.. If you can… Waiting for next part… Story habeys???… Ayaan guilty feelvaa part ah emme waiting.. Wanna see his reaction…
Next part please!! Eagerly waiting for it. Ryn you be the best, plx ayaan ah kiyaaraage foruvifavaa sirruthah angaaladhy avahah
Manje thihaa varuvanyaa vaahaka nukiyabala… Dhn konme henn ryn aa dhimaalah ehchehi nukiyaa
Plzzz one more partt varah beynun kiyaalan..
And stry varah reethi ..
Dont mind about ppl judging .. Kithamme rangalhah kameh kuriyas ppl do it.. They shld actually read the stry and take the moral instead of judging the girl.. Thi life ga ulhey meehakah vaa varu ingeynee.. N how could u even open ur mouth and tell these things to a person .. Amihhla mom kuraa kanthah?? Aliya strng vyma dhw .. Amihhla hurihaa kameh face kury.. Stop judging the girl cuz she has no wrng and giving ur opinions is nt gonna solve anything.. So stop judging…. Bcux u have no damn idea until u walk in her shoes and dats something which u guys will never risk ??
And rryn ah bunelan othy… Stry varah reethi .. And keep going .. No one is perfect .. So yeah stay calm n cntinue ur wrk.. Haters will hate but we love yah and improve vaany ves liyunu varakah .. !! Varah reethi and love yah ryn ❤❤
Really Want.
He is my mother…..??? Really…?? ?
Sooooooo beautiful ingey rynge stories thah …??
I dont even read dhivehi stories since all the stories have the same concept. Tbh, this one is really really nice. And i do not think it’s “too dramatic”. Things happen. And this story is not based on a minor issue so obviously dramatic vaane dho? I really appreciate the writer for uploading it on time. Be thankful at least? If you dont like it dont read it. Demotivating others wont do you any good. Mistake eh bunan ves reethi goi onnaane without letting people down. This is not crap. The story is really nice. Keep it up Ryn. xx :’) ❤️
Uff ppl read the story and leav a comment if u like or nt
I just love it
Hey ryn. U knw wat ur the best. Just keep going…