ހިތް އެކީ ދެވިއްޖޭ… 26
ހުރިހާ ކަމެއް ރަނގަޅު ތޯ ކިއާރާ ބަލާލުމަށްފަހު އަނެއްކާވެސް ޒާއިން އަށް ގުޅިއެވެ. “އާނ އާނ މި ޖެއްސީއޭ..” ކިއާރާ އެއްޗެއް ބުނުމުގެ ކުރިން ޒާއިން އެހެން ބުންޏެވެ. ކިއާރާ ހީލާފާ އޯކޭ އޭ ބުނެފައި ހޯލްގެ ދޮރުމައްޗަށް ނިކުތެވެ. އިރުކޮޅެއް ނުވެ ޒާއިން އާއި ޝުކޫރުގެ އިތުރުން ފަހުމާ ވެސް އައެވެ. ހޯލްތެރެ ފެނިފައި އެމީހުންގެ ލޯ ތަރަ ތަރަ ޖަހައިގެން ދިޔަކަހަލައެވެ. “ވާވް ކިޓީ.. އިޓްސް އޯވސަމް..” ޒާއިން ކިއާރާ އާއި ކައިރިވެލާފައި ބުންޏެވެ. “އާނ ދެން އެތާ އެތެރޭގައި އޭނީ ކައިވެނި ކުރަން ހަމަޖެހިފައި އިން ތަން… ދެން އެބައަދޭ މިހާރު ގާޒީވެސް.. މިހާރު މައި އަށް އެބަ ގުޅަން.. ބައެއް ފެމިލީ މެމްބަރސްވެސް އަންނަން ފަށާނެ..” ކިއާރާ އެހެން ބުނެފައި ދުރަށް ޖެހުނެވެ.. އަދި ފޯނުން މައިޝާ އަށް ގުޅާލާފައި ފަތުހީއަށް ވެސް ގުޅިއެވެ.. އޭގެ އިތުރަށް ޤާޒީގެ ހަބަރެއްވެސް ބަލައިލިއެވެ.
މައިޝާ މެން އާއިރު އެންމެންވެސް ތިބީ ތައްޔާރަށެވެ. ކައިވެނި ކުރެވިގެން ދިޔައީ އެންމެންގެ ތުންފަތްމަތީވާ ހިނިތުންވުން ދެގުނަ ކޮށްލާފައެވެ. ޒާއިން މައިޝާގެ އަތުގައި ހިފަހައްޓާލައިގެން އެމީހުން ތިބެން ހަމަޖެހިފައި ހުރިތަނަށް ގޮސް ހުއްޓުނެވެ.. އެވަގުތަކީ މީހުން ޕާޓީއަށް އަންނަންފެށިގަޑިއެވެ. ނަމަވެސް ފަތުހީ އަދިވެސް ނާދެއެވެ. ކައިވެނީގައިވެސް ފަތުހީއަށް ބައިވެރިނުވެވުނެވެ. ކިއާރާ އެދެމީހުން ކައިރިއަށް ގޮސް ސެލްޕީއެއް ނަގާލިއެވެ. “ކޮންގްރޭޓްސް މައި.. ޒާން… މާތް ﷲ އަބަދުވެސް ދެކުދިންގެ ލައިފް އަށް އުފާވެރިކަން ގެނެސްދެއްވާ އަބަދުވެސް އެކީ ލައްވާންދޭވެ.. އާމީން..” ކިއާރަ ބުނެލީ ޒާއިން އަދި މައިޝާގެ އަތަށް ފިތާލަމުންނެވެ. “ތެންކްސް ކިޓީ.. އެހާ ޕާރފެކްޓް ވެޑިން ޕްލޭނާރ އަކަށް ވީމަ އެން ބީއިން މައި ބެސްޓް ކޮއްކޮ އެން ބެސްޓް ފްރެންޑް..” ޒާއިން ކިއާރާ ގައިގާ ކުޑަކޮށް ބައްދާލިއެވެ. މައިޝާވެސް ބައްދާލިއެވެ. ކިއާރާ އަކީ މެލޭޝިޔާގައި އުޅުނުއިރު އޭނާގެ އެކުވެރިންނާއި އެކު ތަފާތު ވެޑިން ޕްލޭންތަށް ހެދުމުގައި އުޅުނު ކުއްޖެކެވެ. އެހެންކަމުން އޭނާ އެކަމަށް މާހިރެވެ.
އެންމެން ހޯލްތެރެއަށް ވަދެގެން އައިތަން ފެނުމާއި އެކު ކިއާރާ އެމީހުންނާއި ދުރަށް ޖެހުނެވެ. “މިދަނީ ކާއެއްޗެހިތަށް ބަލަން އިނގޭ؟” ކިއާރާ ބުނެފައި ހިނގައިގަތެވެ. ކާއެއްޗެހިތަށް ހުރިތަނާއި ހަމާއަށް ދިޔައިރު މީރުވަސް ނޭފާތުގައި ޖެހުނެވެ.. ކިއާރާ ފުން ނޭވައެއް ދޫކޮށްލަމުން ލޯ މެރާލެވުނެވެ.. “ހޭ… މީހުން އައިސް އިށީނީމަ މި ތަށިތަށް ކޮންމެ މީހެއްގެ މޭޒަށް ލާނީ އޯކޭ.. އެން ޔާ ދަ ސްޓޭޖް ރެޑީ ކުރައްޗޭ…. ޒާންގެ ލަވައެއްވެސް އިންނާނެ.. ކީޕް އޭން އައި އޮން ދަ ލައިޓްސް ސްޓޭޖަށް ހުރި.. އެން ޗެއަރ ވެސް ރެޑީކޮށްލާ ސްޓޭޖް ކައިރި އޯކޭނު..” ކިއާރާ އައިސް ކިޔަންފެށީ ދެން ކަންތަށް ކުރާނެގޮތެވެ. އެންމެންވެސް ބޯޖަހާލަމުން ކިއާރާ ބުނި ކަންތަކައިގެން އުޅެންފެށިއެވެ. މީހުން އައިސް މައިޝާ މެންނަށް މަރުހަބާ ކިޔާ ގިފްޓް ގެނައި މީހުން އެ އެއްޗެހި ދީ ހަދަންފެށިއެވެ. އެންމެންގެ ވެސް ހެޔޮދުޢާ ވަނީ އެމީހުންނާއި އެކުގައެވެ.
ކިއާރާ އެމީހުންނާއި އެއްވަރަށް މަސައްކަތްކުރަން އުޅެނިކޮށް އެއްލިކަޅިން ލޮލުގައި އަޅައިގަތީ އެތެރެއަށް ވަދެގެން އައި އަޔާންގެ އާއިލާއެވެ. އަޔާންގެ ބޭބެ އިޝާން އާއި އޭނާގެ އަންހެނުން ރިޝްމާއާއި އެމީހުންގެ 5 އަހަރުގެ ދަރިފުޅު ރިހާނާވެސް އައެވެ. ރިހާނާ ހުރީ ޕީޗް ކުލައިގެ ބޮޑު ހެދުމެއް ލާފައެވެ. އުމުރުން ކުޑަކަމުގައިވިޔަސް އޭނާގެ އިސްތަށިގަނޑު ދިގުވެފައި ފަނެވެ. އިސްތަށިގަނޑު ވަނީ ހާވާލެވިފައިއެއްކަމަކު ބޮލުގައި ބޮޑުމަލެއް އިން ދައްޗެއް އިނެވެ. ކިއާރާއަށް އެ އާއިލާ ފެނުނު މީ ފުރަތަމަ ފަހަރެއްނޫނެވެ. އަހަރީ ޕާޓީގައިވެސް އެމީހުން ތިއްބެވެ. ނަމަވެސް ރިހާނާ ފެނުނު މީ ފުރަތަމަ ފަހަރެވެ. ކިއާރާގެ ނަޒަރު ދެން ހުއްޓުނީ އަނާންއަށެވެ. އަނާން ހުރީ ކަކުލާއި ހަމާއަށް އަރާ ޕީޗް ހެދުމެއްލާފައިއެވެ. އޭނާވެސް ރިހާނާއެކޭ އެއްގޮތަށް ބޮލުގައި މާ ގަނޑުޖަހާލައިފައި އިން އިރު އެ ދިގު އިސްތަށިގަނޑު ވަނީ ހާވާލެވިފައެވެ. އެމީހުންގެ މަންމަ ހަމްނާ ހުރީ ކަޅުކުލައިގެ ދިގުހެދުމެއްގައެވެ. އަދި ޕީޗް ބުރުގަލެއް އަޅައިގެންނެވެ. އަނީލް އާއި އިޝާން އާއި އަޔާން ހުރީ ކަޅުކުލައިގެ ގަމިހެއް ލާފައެވެ. ތިބި ގޮތުން ވަރަަށް ޝާހީ އާއިލާއަކާއި ވައްތަރެވެ.
އެމީހުން އައިގޮތަށް އައިސް މައިޝާ މެންނަށް މަރުހަބާކިޔާ ހެދިއެވެ. އެދެމީހުންނަށް އަޔާން ފެނުމުން އެކަކު އަނެކަކުގެ މޫނަށް ބަލައިލެވުނެވެ. ނަމަވެސް އުފާވެރިކަން ގެއްލުވައިނުލަން ބޭނުންވާތީ ހިނިތުންވުމާއި އެކު އަޔާންއަށް ސަލާމްކުރިއެވެ. “ކޮންގްރޭޓްސް ޒާންބޭ..” އަނާން ބުންޏެވެ.. “ތެންކްސް އަނާ..” ޒާއިން ބުނެލީ އަނާންގެ ކޮލުގައި ފިރުމާލަމުންނެވެ. މައިޝާގެ ނަޒަރު ހުއްޓުނީ ދުރުގައި އަޔާންއަށް ގެއްލިފައި ހުރި ކިއާރާއަށެވެ. ކިއާރާ އަށް އެހެންތަނެއް ނުވެސް ފެންނަފަދައެވެ. “ކިއާ ދަރިފުޅާ!!!” ކިއާރާ ސިހުނީ ފަހަތުން އައި ފަތުހީ ފެނިފައެވެ. “ޑޭޑް!!.. ހާދަ ލަހަކުންނޭ…” ކިއާރާ ބުނެލީ ހާސްކަން ކަނޑުވާލަމުންނެވެ. “އާނ މިކަން ތަށް ނުވެގެންނޭ..” ފަތުހީ އަތުގައި އޮތް ސިޓީއުރަ ދައްކާލިއެވެ. ކިއާރާ ހީލާފައި ފަތުހީއަށް ޝުކުރުއަދާކުރިއެވެ.. އަދި ފަތުހީގެ އަތުގައި ހިފަހައްޓާލައިގެން މައިޝާމެން ތިބި ތަނަށް ދިޔައީ އަޔާންމެން ދުރަށް ޖެހިލުމުންނެވެ.
“ދެކުދިންނަށްވެސް ބާއްޖަވެރި ހަޔާތަކަށް އެދެން.. އަބަދުވެސް އެކީ ވާނެކަމަށް އުއްމީދުކުރަން..” ފަތުހީ ޒާއިން އާއި މައިޝާއާއި ދިމާލަށް އެހެން ބުނެފައި ޒާއިންގެ ކޮނޑުގައި ޖަހާލިއެވެ. ކިއާރާ އެ ހުރިހާ އިރު ހުރީ ފަތުހީ ދެން ދޭނެ އެއްޗަކަށް ކެތްމަދުވެފައެވެ. “މީ ކިއާއާއި ސަރ ގެ ފަރާތުން ދެކުދިންނަށް ދޭ ހަދިޔާ..” ފަތުހީ ސިޓީއުރަ ދެކުދިންނަށް ދިނެވެ. މައިޝާ އޭގާއި ހިފާލާފައި ހުޅުވާލިއެވެ. އެއާއި އެކު އޭނާ ދެލޯ ބޮޑުވިއެވެ. “އޯ…. މައި ….ގޯޑް… އޯ މައި ގޯޑް.!!. ތެންކިޔު ސޯ މަޗް ކިޓީ އެން ފަތުހީ ބޭ.. އަސްލުވެސް ބެސްޓް ގިފްޓް އެވަރރރ..” މައިޝާ ބުނެލެވުނި އިރު އެ ތުންފަތުގައި ވާ ހިނިތުންވުމުން އެ ހަދިޔާ ކަމުދިޔަކަން ހާމަވެއެވެ. މައިޝާ ކިއާރާ ގައިގާ ބައްދައިގަތެވެ. “ކިޓީ މި ހުރިހާ ކަމެއް ކޮށްދިނީމަ އިޓް ވޯސް އިނަފް އޭ..” ޒާއިން ބުންޏެވެ. “އެކަމްވެސް… ޓޭކް އިޓް ޔޫ ޑަމްބޯ..” ކިއާރާ ބުނެލީ ޒާއިންގެ ގައިގާ ޖަހާލާފައެވެ. “ތީގެ ތެރޭ އޮންނާނެ އެޑްރެސް އިވެން ދަ ޑްރައިވަރ ގެ ނަމްވެސް ހުރިހާ އެއްޗެއް.. ޑޭޑް އޭނާއަށް ގުޅަންވެސް ގުޅާނެ އެއަރ ޕޯޓަށް ދާން.. އޯކޭނު… ސޯ އެހެންވީމަ 2 ދުވަސް ފަހުން މައިމެން ދާ ގޮތަށް ގޮސް އަންނާނީ މަހެއް ފަހުން އެން މިއަދުން ފަށައިގެން ކިއާ އެކަނި ދޯ.. މަހެއް ވަންދެން.. އޯކޭ.. ” ކިއާރާ ބުނެލީ ދެރަވާކަމަށް ހަދާލާފައެވެ. އެއާއެކު ދެމީހުންވެސް ހޭންފެށިއެވެ. ފަތުހީ އޮފީސް ބަޔަކު ތިބިތަން ފެނިގެން އެތާ އިށީންނަން ދިޔައެވެ. “ހޭ ޒާން. ޒާންގެ ލަވަ އިންނާނެ އިނގޭ؟ މައި އަށް ޑެޑިކޭޓްކުރާ..” ކިއާރާ ބުންޏެވެ.
“ޔާ ޔާ… މޭކް އިޓް ރެޑީ މީހުން މިހާރު އައުން އެ ނިމެނީ.. އިރުކޮޅަކުން ދެން ދާނަން އޯކޭނު.” ޒާއިން ބުންޏެވެ. ކިއާރާ ބޯޖަހާލިއެވެ. “ކޮން ލަވައެއްތަ ކިޔަން އުޅެނީ؟” މައިޝާ އަހާލީ އޭނާއަށް އެކަން ނޭނގޭތީއެވެ. “ސަޕް އެކޭ މައި.. ދެން މިދަނީ ރެޑީ ކުރަން… އޯކޭ އެން މައި.. އެން ޒާންގެ މޭޒް އޭނީ އެންމެ ކުރިއަށް… އިރުކޮޅެއްވަންދެން ތިބެފަ މީހުން ނައިއްޔާ އެތާ ގޮސް އިށީނދޭ..” ކިއާރާ ބުނެލީ އެހެން މޭޒުތަކާއި ތަފާތުގޮތަކަށް އިން މޭޒަށް އިޝާރާތްކުރަމުންނެވެ. އެއަށްފަހު އޭނާ ދިޔައީ ކުރިންވެސް ކުރަން ހުރި މަސައްކަތްތަކަށެވެ. ކިއާރާ ތަށިތަށް އެކި މޭޒުތަކަށް ގެންދިޔުމުގައި އުޅެނިކޮށް ސިހުނީ ފަހަތުން މީހަކު އޭނާގެ ހެދުމަށް ދަމާލަމުންނެވެ. ކިއަރާ ފަހަތަށް ބަލައިލިއިރު ފެނުނީ ކުޑަ ކުޑަ ރިހާނާއެވެ. ކިއާރާ ހިނިތުންވެލާފައި އޭނާއާއި އެއްވަރު ވާނެހެން ގުދުވެލިއެވެ.
“ހޭ ޕްރިންސެސް.. ކިހިނެއްވީ؟” ކިއާރާ އަހާލީ ރިހާނާގެ މަޑުކޮލުގައި ހިފާލަމުންނެވެ. ކުއްލިއަކަށް އޭނާ ސިހުނީ ރިހާނާ ކައިރިއަށް އައިސް ހުއްޓުނު އަޔާން ފެނިފައެވެ. “ހަންކޮ ދޭ މަންމި ކައިރިއަށް… މަންމި ބުނެއެއްނު ނުދަންނަ މީހުން އާއި ވާހަކަ ނުދައްކާށޭ…. އަދި ހާއްސަކޮށް މިކަހަލަ މީހުންނާ..” އަޔާން ބުންޏެވެ. ކިއާރާ ކޮޅަށް ތެދުވެލާފައި އަޔާންއަށް ފަސްދީ އޭނާގެ ކަންތަކުގައި އުޅެންފެށިއެވެ. ނަމަވެސް އޭނާގެ ސިކުނޑީގައި އެނބުރެމުން ދިޔައީ އެ ޖުމްލައެވެ. އޭނާ ހިންދިރުވާލި ނަމަވެސް ހިތުގައި ވަރަށް ބޮޑަށްޖެހުނެވެ. އޭނާއަށް ކުރެވުނު ކުށަކީ ކޮބައިބާއެވެ؟ ކިއާރާ އެ މަސައްކަތް މީހަކާ ހަވާލުކުރުމަށްފަހު ވަކިން ހަދާލެވިފައި އިން ސްޓޭޖްކައިރިއަށް ދިޔައެވެ. ފޮތިގަނޑަކުން ފަހަތް ފޮރުވާލެވިފައިވާތީ އެތާނގަ ހުރި ސްޕީކަރތަކާއި އެހެން އެއްޗެހި ވަނީ ފޮރުވިފައެވެ. އެ ފޮތިގަނޑުގައި ވަނީ ރީތިގޮތަކަށް ޒާއިން ވެޑްސް މައިޝާ ޖަހާލެވިފައެވެ. ސްޓޭޖްދިޔައީ އެކި ކުލައިން ދިއްލެމުންނެވެ. ކިއާރާ ބެކްސްޓޭޖްގައި މަޑުކޮށްލިއެވެ. އަދި ހަމަޖެހިލިއެވެ. އޭނާ ރޯކަށް ނުޖެހޭނެއެވެ. އަޔާން އަކީ މިހާރު އެއްވެސް މީހެއްނޫނެވެ. ކިއާރާ ބެކްސްޓޭޖްގައި އުޅުނު މީހުން ކައިރި ޖަހާފައި ހުރި ރާގް ބަދަލުކުރަން ބުނެ ދެން އޮތް ޒާއިންގެ ލަވަޔަށް ރެޑީ ކުރުމުގައި އުޅުނެވެ. ލެޕްޓޮޕުން ޒާއިން ކިޔަން އުޅޭ ލަވައިގެ ޓްރެކް ފެންނާނެހެން ބޭންދީ ފަސޭހައަކަށެވެ.
އެތަށް އިރަކު ކިއާރާ ބެކްސްޓޭޖްގައި އިނެވެ. އޭނާ ސިހުނީ މީހަކު ފަހަތުން ގޮވާލުމުންނެވެ. އެއީ ޒާއިން ގެ ދެބެންގެ ދެދަރި ކޮއްކޮ ސަމާހް އެވެ. އޭނާއާއި އެކު މިކަމުގައި އެންމެ އިސްރޯލެއް އަދާކުރީ ސަމާހްއެވެ. ކުޑަކޮށް ދެމީހުންގެ މެދުގައި އެކުވެރިކަންވެސް ވަނީ އުފެދުނެވެ. “އޭ ކިއާ … ޒާން މެން އިށީނދެއްޖެ.. ދެން؟” ސަމާހް ބުންޏެވެ.. “އޯކޭ ސޭމް ރެޑީ ދޯ އެނައުންސް ކުރަން.. އޯކޭ ދޭ ޒާން ގޮވައިގެން އަންނަން..” ކިއާރާ ބުނެލުމުން ސަމާހް ބޯ ޖަހާލާފައި ދިޔައެވެ.
ސަމާހް އިރުކޮޅެއްނުވެ ޒާއިން ގޮވައިގެން އައެވެ. “ހޭ ޒާން ސީ ޓްރެކްތަށް ރެޑީ ދެން ޒާން ހަމަ ގޮސް ނަން ގޮވީމަ އިށީންނަންވީ.. ފުރަތަމަ މި ޓްރެކްތޯ ބަލާ އަވަހަށް..” ކިއާރާ ލެޕް ޓޮޕް ކައިރިއަށް ގޮސް ޒާއިންއަށް ލެޕްޓޮޕްގައި ހުރި ޓްރެކްތަށް ދެއްކިއެވެ. “އާނ އޯކޭ…. 3 ވަނަ ލަވައަށް ފަހު ކިޓީ އާއި އެކު އޯކޭ.. ސޭމް ތިން ވަނަ ލަވަ ކީމަ ސޭމް އަރާފަ ބުނާތި އެހެން އޯކޭ..” ޒާއިން ކިޔައިދިނެވެ.. “އެންމެ ރަނގަޅު..” ސަމާހް އެހެން ބުންޏެވެ. ހުރިހާ ކަމެއްވެސް ދިޔައީ ވަރަށް ފުރިހަކަމާއި ފަސޭހަކަމާއި އެކުގައެވެ. ކިއާރާ ކަންތަށްތަށް ހަމަޖައްސާފައިވަނީ އެއްވެސް އުނދަގުލެއް ވާނެހެންނެއްނޫނެވެ. ކަމެއް ކުޑަކޮށް ގޯސްވިޔަސް އެކަން އޭނާ ރަނގަޅުކޮށްލައެވެ.
އިވެމުން ދިޔަ ރާގް ނިއްވާލުމުން ކެއުމައިގެން އުޅުނު މީހުން ސްޓޭޖްއަށް ނަޒަރު ހިންގާލިއެވެ. މައިޝާވެސް އިނީ ހިނިތުންވުމާއި އެކު އެ ދިމާ ބަލަންށެވެ. ސްޓޭޖްގެ ފަހަތުން ވަތް ސަމާހް ހިނިތުންވުމާއި އެކު މައިކް ހިފަހައްޓާލިއެވެ. “އެންމެންނަށްވެސް މަރުހަބާ މި ޕާޓީއަށް.. މި ޕާޓީ ގެ ގުރޫމް އަކީ އެހެންމިހުންގެ ޕާޓީސް ތަކުގައި ލަވަ ކިޔާ ފަޅުފިލުވައިދޭ ކުއްޖެއްކަމުން އޭނާ އަމިއްލަ ޕާޓީގައި އެކަހަލަ ކަމެއް ނުކުރަންޏާ ދެން އެ ކުރާ ކަމުގެ ބޭނުމެއް ކޮބައިތޯ؟ އެހެންނޫންތޯ؟ އެހެންކަމުން މިއަދުގެ މި ޕާޓީގެ ގްރޫމް.. ޒާއިން ޝަކޫރު އަށް އަޅުގަނޑު ސްޓޭޖް ހަވާލުކޮށްލަން މި ޕާޓީގެ ފަޅު ފިލުވައިދީ ފޯރި އަރުވާލުމަށް…” ސަމާހް ފަހު ބައި ތަންކޮޅެއް ބާރަށް ބުނެލުމަށްފަހު ފައިބައިގެން ދިޔައެވެ. ޒާއިން އެ ކުޑަ ސްޓޭޖަށް އެރިއެވެ.. އަދި ފުރަތަމަވެސް މައިޝާއަށް ބަލައިލިއެވެ.. ބައެއް އަންހެންކުދިންގެ ހަޅޭކުގެ އަޑުއިވުނެވެ.
“ތެންކްސް.. އަޅުގަނޑު މިރޭގެ ލަވަތަށް ހަދިޔާކޮށްލަނީ އަޅުގަނޑުގެ ލޯބިވާ ވައިފް އައިޝަތު މައިޝާ ނަސީމްއަށް…” ޒާއިން ބުނެފައި މައިޝާއަށް އެއްލޯމަރާލިއެވެ. އެއަށްފަހު ފުން ނޭވައެއް އޭނާ ދޫކުރިއެވެ. ޓްރެކް ގެ އަޑު އިވިގެން ދިޔައީ ދެނެވެ.
“މީ ފުރާނައިން ވެވޭ ވައުދެކޭ….
ލޯބިވާތީ ކިޔައިދޭނަމޭ….
ހިތް ވަނީ ދޭ ހިތޭ… މަރުވިޔަސް މީ ތެދޭ…
އެކުގަ ނިމިގެން ދިޔުން ބޭނުމޭ….
ސިއްރުން ސިއްރުން ބުނަންހޭ ތެދޭ
ހާދަ ރީއްޗޭ ކަލާ ހީލުމުން….
ކަޅިރަވަގައި ތިވާ ތޫނުކަން..
ގައިމެ ކަތިލައިފިޔޭ ޝާއިރުން….
…
…..” އެ ލަވަ ނިމުމާއި އެކު އެންމެންގެ ތަރުހީބު ލިބިގެން ދިޔައެވެ. މައިޝާ އިނީ ފެންކަޅިވެފައެވެ. އުފަލުންގޮސް އޭނާއަށް ރޮވެންފެށުނީއެވެ. “އައި ލަވް ޔޫ” ވައި އަޑުން މައިޝާ ބުނެލީ ޒާއިން ބަލާލުމުންނެވެ. ޒާއިން ދެން އިން ލަވަވެސް ކިޔަންފެށިއެވެ..
“ފުރަތަމަ ނަޒަރުން ހަމަ އެހިނދުން… ތިޔަ ސޫރަ ހިތުގައި ބިންވަޅު ނެގުނޭ….
ފޮނި ފޮނި އިޝްޤުން… ހިތް މަސްތުން ފުރުވާތި ހިނދުގައި ހިތް އެކު ދެވުނޭ…
ތި ލޯތްބަށް މިހިތް އާދަވޭ އާދަވޭ.. ކަލާދެކެ ވަރަށް ލޯބިވޭ ލޯބިވޭ……
…..”
އެ ލަވައިގެ ނިމުމާއި އެކު ޒާއިން އަނެއްލަވަވެސް ކިޔައިލިއެވެ. ކިއާރާ ދިޔައީ ދެން އިންނާނީ އޭނާގެ ލަވައެއް ކަމުން ތައްޔާރުވުމުގައެވެ. ދެތިން ފަހަރު ކަރުކެހިލާ ލަވައިގެ ބައިތުތަށް ކިޔާލައެވެ.
“ސާދަ ވިލޭރޭ ހަނދުފަދަ ޗާލު ރީތި މޫނު މިރޭ ފޮރުވުމުން.. އޮއުވޯ……
އެކަނިވެފައިވާ ތަރިތަށް ގޮވަނީއޭ މިރޭ އަންނާށޭ… އަންނާށޭ….
ހިތް ހަމަ ޖެހުމެއް ނުލިބޭ ނުފެނުމުން ތި ރީތި ސޫރަ
ހާދަހާ ހިތަށް ތަދުވޭ ނުފެނުމުން ކަލާގެ ސޫރަ.. ޗާލޭ….
…..
…”
ލަވަ ނިމިގެން ދިޔުމާއި އެކު ޒާއިން މައިޝާއަށް އެއްލޯމަރާލިއެވެ. ސަމާހް ސްޓޭޖަށް އެރީއެވަގުތުއެވެ. “ދެން އިންނާނީ ހަމަ ޒާއިންގެ ފަދައިން މޮޅު ލަވަ ކިޔުންތެރިއެއް… ޒާއިންއާއި މައިޝާ ގެ ބެސްޓް ފްރެންޑް ހަމަ އެގޮތަށް ޒާއިންގެ ނުވި ކޮއްކޮ ކިއާރާ….” ސަމާހް އެހެން ބުނެލުމުން އެންމެން ހޭންފެށިއެވެ. ޒާއިން ސަމާހް ގައިގާ ޖަހާލިއެވެ. ކިއާރާ ސްޓޭޖު މައްޗަށް އަރައިގެން އައީ ލައިގެން ހުރި ހެދުން ހިއްލާލައިގެންނެވެ. އޭނާ އައިސް ސަމާހް ގައިގާ ބޮނޑިއެއް އެޅިއެވެ. އަދި އެންމެންނަށް ނަޒަރު ހިންގާލިއެވެ. އެންމެ ކުރިމަތީ އިން މައިޝާ އަށް ކިއާރާ އެއް ލޯ މަރާލިއެވެ. މައިޝާ އުފަލުން ހީވަނީ އެހެން ގޮތެއް ހެންނެވެ. ސަމާހް މައިކް ކިއާރާއާއި ހަވާލްކޮށްފައި ފޭބިއެވެ. ކިއާރާ ފުން ނޭވައެއް ދޫކޮށްލިއެވެ. އަދި އިސްޖަހާލުމުގެ ކުރިން މީހުންގެ ތެރެއިން ފެންނަން އިން އަޔާންއަށް ބަލައިލިއެވެ. އޭނާ އިނީ އިސްޖަހައިގެންނެވެ. ކިއާރާވެސް އިސްޖަހާލިއެވެ. ޓްރެކް ފެށިގެން ދިޔައީ ދެނެވެ. އަޔާންއަށް ކިއާރާގެ ހާލު ބުނެދެން ނުޖެހޭނެކަން ކިއާރާއަށް އިނގެއެވެ. ލަވައިގެ ގޮތަށް އޭނާ އަޔާންއަށް އޭނާގެ ވޭން ހިއްސާކޮށްލަން ބޭނުންވީ ދާދި ދެންމެ ބުނި ޖުމްލަ އަދިވެސް ހިތުގައި ހަރުލާފާ ހުރުމުންނެވެ.
“ފެނުނީމާ ދުރުން… ޖާދޫވީ ޕަރީ..
ކައިރިން ފެނި ވިޔޭ އަންތަރީސް….” ޒާއިން ކިޔައިލީ މައިޝާއަށް ބަލަން ހުރެއެވެ.
“ފެނުނީމާ ބެލޭ…. ނުބަލާ ނުހުރެވޭ…..
ލޯ އެންމެ ބޭނުންވި ނޫރު ތީ އިނގޭ…
ތީއޭ ކުރަހާލާފަ ވާ ތަސްވީރު ހިތްމަގޭ…..
ފެނުނީމާ ބެލޭ ނުބަލާ ނުހުރެވޭ….” ކިއާރާ ކީއިރު އޭނާގެ ނަޒަރު ސީދާ ހުރީ އަޔާންއަށެވެ. ތެދެކެވެ.ފެނުނީމާ ނުބަލާ ހުންނާނީ ކިހިނެއްހެއްޔެވެ؟ އޭނާގެ ލޯ އެންމެ ބޭނުންވި ނޫރަކީ އަޔާންއެވެ. ހިތުގައި ކުރަހާލެވިފައިވާ ތަސްވީރަކީ އެއީއެވެ.
“ހީލީމާ ކަލާ ހާދަ ފަރިއޭ ހަނދެކޭ ބުނާހާ ފުރިހަމައޭ”
“އަތްލީމާ ހިތުން ވިންދު ޖަހައޭ… ތައުރީފް ކުރާހާ ތި ރަކި ވޭ…
އިހްސާސް ކުރާހާ ބުނެނުދެވޭ.. ހިތް ކުރަހާ ކުރެހިންތަށް ސީދާ ވީ ބާ އޭ….”
…..
..
…
އެދެމީހުންގެ ލަވަ ނިމުމާއި އެކު އެންމެންގެ ތައުރީފް ލިބެމުންދިޔައެވެ. ސަމާހް ސްޓޭޖަށް އެރިއެވެ..
“ގްރޫމް ދެން ދޭ އަވަހަށް އިންނަން… ދެން ހުރީ ދެކުދިންނަށްވެސް ހާއްސަ ލަވަތަކެއް…” ސަމާހް ބުންޏެވެ.. ޒާއިން ނިތްއަރުވާލައިފާ މައިކް ސަމާހްއަށް ދީފައި ހިނގައިގަތެވެ. އަދި މައިޝާ ކައިރި އިށީނެވެ. މައިޝާ ޒާއިން ގައިގާ ބައްދައިލީ ޝުކުރު އަދާކުރަމުންނެވެ. ސަމާހް ކިއާރާ އަށް ސްޓޭޖް ހަވާލުކޮށްލަމުން ފޭބިއެވެ.
ކިއާރާ ޒާއިންއަށާއި މައިޝާއަށް ބަލައިލިއެވެ. ކިއާރާލައިގެން ހުރި މެކްސީ ކުޑަކޮށް ތަޅުވާލަމުން އިސްޖަހާލާފައި ލޯ މެރިއެވެ.
“އޯގާވީ ހިތަކުން އެދުނީމޭ އުފަލުން…
ފޮރުވީމޭ ހިތުގައި ވީ ލޯބި ނުފޮހެވޭހެން…
އެހަނދާން އަދު އާވީމާ
މިދެލޯ ވެސް ފުރެނީއޭ…
އަބަދާއި އަބަދު ވީމޭ ތިޔަ ލޯބި ލިބޭތޯ ދެންންންން..” ހިސާބަކަށް ނުކިޔެނިސް އޭނާގެ ހިތްރޮއެގަތެވެ. ދެލޯ ކަރުނުން ފުރުނެވެ. ނަމަވެސް އެ ދެލޮލުގައިވާ ކަރުނަ ފޭބިޔަ ނުދިނުމަށް ކިއާރާ މަސައްކަތްކުރިއިރު އޭނާ ބަލަމުން ދިޔައީ އަޔާންއަށެވެ. ކުޑަވެސް އިޝާރާތެއްކޮށްލާތޯއެވެ. އެންމެ ފަހަރަކުވެސް އޭނާ ކައިރި ކިއާރާ ލޯބިވާކަން ގަބޫލުކުރަމޭ ބުނޭތޯއެވެ.
“ހިތުގެ ހާލަކީ މީޔޭ.. އިސްނަގާ ބުނަނީހޭ..
އިސްނަގާ ބުނަނީހޭ.. މިގޮތުގައި އުޅެނީ ހޭ….
ލޯބީގައި އެންމެން ހުވަފެންތަށް ދެކެޔޭ..
ނޭނގޭ ހޭ އެކަމުން އުފަލާއި ދިރުން ލިބެޔޭ..
އޭގެ ނަސީބު ލިބިފައި ނެތުމުން ނާ އުންމީދު ވެޔޭ..
ދޫވިޔޭ ހިތާ ޖާނާ، އޭގެ ޒާތުގައި، ނެއް އުފާތަކެއް އެދިގެން އިންތިޒާރުގައި…” ކިއާރާގެ ލަވައިގެ ކޮންމެ ބައިތަކާއި އެކު ހޯލްތެރޭގެ އަޑުމަޑުވެއެވެ. އެ ލަވަ އޭނާ އެކިޔަނީ ވަރަށް އަސަރާއިއެކުގައެވެ. ހިތާއި ޔަޤީނުންވެސް ކުޅެލައިފިއެވެ. އަޔާންއަށް ވެސް އުނދަގޫވިއެވެ. އޭނާއަށް ޝާހީނާ މަތިން ހަނދާންވަމުންދިޔައެވެ. ރުޅި ގަދަވަމުންދިޔައީ އެހެންވެއެވެ.
ކިއާރާ ފުންނޭވައެއް ދޫކޮށްލީ ކަރުނަތަށް އޭގެ މަގާމަށް ދޫކޮށްލަމުންނެވެ. އޭނާ ހިނިތުންވެލިއެވެ. އަމިއްލަ ނަފްސަށް މަލާމަތްކޮށްލިއެވެ. ލޯބިނުވެޔޭ ބުންޏަސް މިހާ ކުޑަލަވަޔަކުންވެސް އޭނާގެ ހިތަށް ވީވަރު ބަލާބަލާށެވެ. އިސްޖަހާލެވިފައި ހުރުމުން އެ އިން އެއްވެސް ކަމެއް އެކަކަށްވެސް ނޭނގެއެވެ.
…
……
………………..
“އޯގާވި ހިތަކުން އެދުނީމޭ އުފަލުން…
ފޮރުވީމޭ ހިތުގައި ވީ ލޯބި ނުފޮހެވޭހެން…
އަދު ލޯބި ވެވިއްޖޭ ދެން ދުރުގާ ހަމަ ހުރެވޭހޭ؟
ބުނެދޭނެ ގޮތެއް ނޭނގޭ އަދު ވާން މަޖުބޫރު ދެން…
ލޯބި ވެސް ވެވިއްޖޭ ދެން.. ހިތް އެކީ ދެވިއްޖޭ…
ހިތް އެކީ ދެވިއްޖޭ ދެން ލޯބިވެސް ވެވިއްޖޭ…” ކިއާރާ ލަވަ ނިންމާލަމުން ހިންދިރުވާލިއެވެ. އޭނާ އިސްއުފުލާ ބަލައިލުމެއްނެތި ސްޓޭޖުން ފައިބައިގެން ދިޔައީ ޝުކުރިއްޔާ އޭ ބުނެފައެވެ. ސްޓޭޖަށް އަރަ އަރަ ހުރި ސަމާހް ކިއާރާ އަށް ބަލައިލާފައި ސްޓޭޖަށް އެރިއެވެ. “ދެން އޮތް ލަވައަކީ މި ރާއްޖޭގައި ނަން ހިނގާ އެންމެ މޮޅު އެއް ފަންނާނު އަރޫޝާ އެން ހާރ ބޭންޑް ….” ސަމާހް އެހެން ބުންޏެވެ. އަރޫޝާ އަކީ މަޝްހޫރު ފަންނާނެކެވެ. ލަވަކިޔުމާއި އެކްޓިންގައި ވަރަށް މަތީ ރޯލެއް އަދާކުރަމުން އަންނަ ހީވާގި ޒުވާން ތަރިއެކެވެ. ސަމާޙް ސްޓޭޖުން ފައިބައިގެން ދިޔުމާއި އެކު އިވިގެން ދިޔައީ އަރޫޝާގެ ހިތްގައިމު ލަވަތަކެވެ. އޭނާގެ ބޭންޑާއި އެކުގައެވެ
ކިއާރާ މީހުންނަށް ނުފެންނާނެހެން ދުރު ދުރުން ލާފައި ގޮސް ހޯލް ތެރެއިން ނިކުތެވެ. އަދި ދުރަށް ގޮސް ހުއްޓުނެވެ.. ކަރުނައަކަށްފަހު ކަރުނައެއް އެ ދެލޮލުން ފައިބައިގެން ދިޔައެވެ. އެކަމްވެސް އޭނާ ދިޔައީ ހެމުންނެވެ. “އައި ލަވް ޔޫ އަޔާން…” ކިއާރާ ބުނެލީ ހިތާއި ވި ފަޅީގައި އަތް އަޅާލަމުންނެވެ. އެއަށްފަހު ހީލާފައި ކަރުނަތަށް ފޮހުނެވެ. “ދީސް ޓިއާރސް… އަޔާން!! ހެހެހެ..” ކިއާރާ އަމިއްލަ އަމިއްލައަށް އެހެން ބުންޏެވެ. ކިއާރާ ސިހުނީ ފަހަތުން މީހަކު އައިސް އޭނާގެ ކޮނޑުގައި އަތް އަޅާލުމުންނެވެ. ފަސް އެނބުރުނުއިރު ހުރީ ޒާއިންއެވެ. ކިއާރާ ޒާއިންއަށް ފުޅާ ހިނިތުންވުމެއް ދިނެވެ.. “ކީއްވެ ބޭރުގައި ހިނގާ އަވަހަށް އެތެރެއަށް.. އަރޫގެ ލަވަތަށް އަންނަނީނު..” ކިއާރާ އެހެން ބުނެފައި ޒާއިންގެ އަތުގައި ހިފިއެވެ.. އަދި ދާން ހިނގައިގަތެވެ. “މަޑުކޮށްބަ ކިޓީ… ޑޯންޓް ޔޫ ޓްރައި ޓު އެކްޓް އިންފްރޮންޓް އޮފް މީ އިނގޭ..” ޒާއިން ބުންޏެވެ.. ހޯލް އިން ނިކުތް އަޔާން އަށް އެއަޑު އިވި އެމީހުންނަށް ބަލައިލެވުނެވެ. އެކަމް އެމީހުންނަކަށް އެކަމެއް ނޭނގެއެވެ. “ކަމޯން ޒާން، އެކްޓެއް ނުކުރަމޭ… އަމް ފައިން ޔާ ގަބޫލުކުރަން ދެންމެ ކިޔުނު ލަވައިން ވަރަށް ދެރަވިކަން އަޔާން އާއި މެދު ވިސްނުނުކަން އެކަމް ނުވިސްނާ ވަގުތެއް ނުދެޔޭ، އެހެންނޫނަސް އަމް ފައިން އެން ސީރިއަސްކޮށް މިހެން ރޮވުނަސް މިހާރު އަންނަނީ ހިނި، ކޮޒް، ކިތަށްފަހަރު އަޔާން އައި ހޭޓް ޔޫ އޭ ދެން ނުވިސްނާނަމޭ ބުނިން އެކަމް މިކަހަލަ ކުޑަ ލަވަޔަކުން މިވަރު ކޮށްލައިފި… އަމް ސްޓްރޯން އިނަފް ޓު ހޭންޑްލް ދިސް ޒާން، މި ފޭކް ހިނިތުންވުމެއް ނޫނޭ، މީ އަސްލުވެސް ހެނީއޭ…. ވެވުނު ވަރުގަދަ ލޮތްބަކާއި ހެދި..” ކިއާރާ ބަނޑުގައި އަތް އަޅާލައިގެން ހުރެ ހެމުން ބުންޏެވެ. “ކިޓީ!! ލިސެން!! އިނގެޔޭ ކިޓީ ތި ކިޔާ އެއްޗެހި ކިޔަަސް ހިތުގައި އޮތް އެއްޗެއް.. ކިޓީ ހިތަށް މިހާރު އިސްކަން ނުދިނަސް ތި ހިތް އެއްފަރާތްކޮށް އެ އަޑު ނޭހިޔަސް އައި ކޭން… އެން ބުނަން ލޯބި ވެވުނިއްޔާ ޖެހޭނީ ލޯބި ހޯދަން މަސައްކަތްކުރަން.. ތިހެން ގިވް އަޕް ކޮށްގެން ލޯބި ފޮރުވައިގެން ހުރީމަ ނުވާނެ އެކައްޗަކަށްވެސް ކިޓީ ތިންކް އަބައުޓް އިޓް.. ތި ހިތުގައި އޮތް އެއްޗެއްވެސް އަޑުއަހާބަލަ ކުޑަމިނުން..” ޒާއިން ބުނެލީ ދެބުމަ ގޮށްޖަހާލަމުންނެވެ. ކިއާރާ ހިތްވަރުގަދަ ވާން އޭނާ އެދުނެއްކަމަކު އެދުނީ މިކަމަކަށް ނޫނެވެ. ރޮމުން ރޮމުން ގޮސް ހޭނީ ކާކުހެއްޔެވެ؟ އޭނާ މާ ބޮޑަށް ހިތުގެ އެދުންތަށް އެއްފަރާތްކުރަނީއެވެ. އެއީ އެހެންވެގެން ވާ ގޮތެކެވެ.
“ޒާން އައި ޓްރައިޑް…. އައި ވެއިޓެޑް އެކަމް ލޯބި ހޯދަންވީ އެކަހަލަ މީހެއްގެތަ؟ ނުބުނާށޭ ބުނީމަ ވެސް ބުނީ އެން އޭނާގެ އަމިއްލަ އަތުން… މި ހިތުގެ ރާޖާ އޭނާގެ އަމިއްލަ އަތުން ކޮށްޕާލީ ކޮންފަދަ ބޮޑު އަލިފާންގަނޑަކަށް؟؟ އެކަހަލަ މީހެއްތަ ހޯދަންވީ ޒާން؟ ބުނެބަ؟؟ އެކަހަލަ މީހެއް ؟؟؟” ކިއާރާ ބުންޏެވެ. ބުނި ގޮތުން ބުނީ ދެރަވެފައި ކަމެއް ރުޅިއައިއްސާކަމެއް އުފާވެފައިކަމެއް ޒާއިންއަކަށް ނަގައެއްނުގަނެވުނެވެ.. “ޒާން އޭނާ ހޯދުމަށްވުރެ ރަނގަޅުވާނެ މިހެން ހުއްޓަސް…. ކޮޒް އޭނާ ރެސްޕެކްޓެއް ނުކުރެ ކިއާ އަކަށް.. މި ލޮތްބަށް ގަދަރެއް ނުކުރެ… އިތުބާރެއްނުކުރެ… ލޮތްބެއްވެސް ނޫނޭ ބުނީ.. އެކަމް މި ހުރިހާ އަހަރު.. ޒާން 7 އަހަރު މި ހިތުގައި ބަދަލުވުމެއް ނެތި އޮތީ އެ ލޯބި…. މީހެއްގެ ފިރިއެއްކަންވެސް އެނގިހުރެ… އެހެންމީހެއްގެ ހައްޤެއްކަން އެނގިހުރެ…..” ކިއާރާ ބުނެފައި ހޯލްތެރެއަށް ވަދެގެން ދިޔައެވެ. . ޒާއިން ފުން ނޭވައެއް ދޫކޮށްލިއެވެ. އަދި ބޮލުގައި ހިފަހައްޓާލާފައި އޭނާ ފަސްއެނބުރުނީ ދާންށެވެ. އެވަގުތު ކުރިމައްޗަށް އެރި އަޔާން ފެނި ފުރަތަމަ އޭނާ ސިހުނީއެވެ. ނަމަވެސް ދެން އައީ ރުޅިއެވެ. އެއްޗެއް ބުނެވިދާނެތީ އޭނާ އަޔާންއަށް ފަސްދީ ހިނގައިގަންނަންއުޅުނެވެ. “ޒާއިން….” އަޔާން ގޮވިއެވެ.. “ކިއާރާ އެހެން ބުނީ ކީއްވެ؟” ޒާއިން ހުއްޓުމުން އަޔާން އެހިއެވެ.
“ދެން ކީއްކުރަން ތިބަލަނީ އަޔާން އޭނާއަށް ދޭން އުޅުނު ބަދަލު ދެވިއްޖެއެއްނު އެހެންނޫނަސް އަޔާން ނުޖެހޭނެ ކަންނޭނގެ ތިހުރިހާ އެއްޗެއް އޮޅުން ފިލުވާކަށް.. އަޔާން އެ ހައްޤު ތި ދެއަތުން ނިގުޅައިގަނެފީމެއްނު… ” ޒާއިން އެހެން ބުނެފައި އެތެރެއަށް ވަނެވެ. އަޔާން އަމިއްލަ ބޮލުގައި ދެއަތުން ހިފަހައްޓާލިއެވެ. އޭނާއަށް އިވެމުންދިޔައީ ކިއާރާގެ އަޑެވެ. ކިއާރާ ރުއިރުއިމެވެ.
10864 Comments
Comments are closed.
V inthizaaru kohfin mi vaahaka ah. Balabalaa huhta up thi kohdhiny. Thanx ryn. Reethi vaane kan igey adhi nukiyaa coment kohly mi
Hey guys! So So So sorry for making u guys wait for so long! Actually i went to meet my doc and class bunk khlaafa dhiyaee dhn free v ma thought evaguthu up kuran but class ge time nunimeythyve class ah again dhaan jehuny! Sorry. See you guys tonight. Enjoy 😉
Seriously mi story v vai mihaaru.. Abdhu lava aa music aa Dhen v v western… Raajjeyaa gulhun huti evves. Kameh nei.. Everyone so overeacting
Dehn nukeema v ehnu dho..vaey kiyaafa vs vaane kiyan..this is da one of the best story I have read so far..
Hey Sweetey, Rajjeyga noolheyey dhivehi vantha dhivehinneh. emmenves loabi kuranee western style ah. ehenveema I dont think there is a problem in that. Mihharu ves magah nikumelaabala. Bururugaa nalhaa kudhi laafa thibey hedhun. And burugaa alhaafe hama western style hedhun alhaafe. e’ee dhivehin mihaaru. Look at all wedding parties. Most of the wedding concepts are christian style. so dont create a fuss out of it. Kokko wedding ge plan akee kobaibaa Maldivian tha western tha. Ihah amilla ah islaah velaa
Storyga massala akee western vumeh noon. 62 episodes ge story eh mee. 26 episodes dhiyaee offeehun geyah gein offeehan zaain n kiyara. Loabee reethi hiyyhaimu episodes thakeh annaane kamuge ummeedhu konme dhuvahkuves belenee. Ekamaku jehenee ehthaaku. Aslu loabeeege vaahaka akah vee iru mihaathanah aiiru koba ekahaka ehves hiyygaimu episodeh. Ayaan fennairah kiyara ah rovifa saeedha fennairah birun fiyykendifa. Still hoping for some changes. Now really BORED
I agree with you Nuku
dhen thi varah bored ey kiyaafah vaahaka kiyany keyh kuran….. V foohi vey thi kahala comments kuraathy ???
kae mennah dhuvahakuves kameh rangalheh nuvaane.. Ryn ur best n keep it up…☺
Kudhin kudhin mihaaru thiulhenee thankolheh romantic thankolheh nukeegen tha ?kehkohlabala… kehtheri kamuge meyvaa varah foni vaane dhen bunelabala othee konme story eh eh gotheh nuvaane dw and konme story eh hama readers beynun gothakah nunimey ne dw ekam dhen hingaa balamaa vaa goi adhi mi thaa maa kameh nuhigaafa fahun thankolheh gina kanthah thah ves hingaa faane… and run buni dw mihaaru mee tru stry ekey like emeehunge life ga hingaa fa huri kanthah thakei so seven though the eaters want but she can’t change the way she is writing the story cx it’s true and it happened in the past… ☺☺☺
Anyways ryn story is awesome
Ryn*
Even*
Readers*
Haadha inthixaareh koffa hutta ey up mi v. Hope mi part vs v v salhi vaane kamah
So touching.. waiting for tonight. Mirey ves 2 parts up kohla dhecehy pls ???
Nice..
Kyp it up
Woooow.finally.ayaan ah kommes eccheh eba visney dho ..huuh.ayaan kada ey thi ulhey goi.btw those songs ❤❤❤my favs ❤?…see ya tonight
alhey enme salhi hisaabun thi ninmaaly….
btw varah inthixaaruvex kurevihje mibayah…..
n yea eagerly waitin for tonightx episode
Can’t wait tonight.
vv reethi …nigth ga up kuraa episode v dhigu kohlaathi
Nice.. mirey 2part upkohdhyba plxxxxxxxxxxx
heevany mee rynge life story hen.. ehnve dhw kudhin commnt kuryma eha afaseyhain rulhi aadheveny. and mood off vegen ulheny..
Waiting for next part. . luv the story… mirey vx 2 part up koh dhehcheyyy. . ?? luv yuh ryn .. ???
Ma sha allaah vvvv loabi mirey 2 part up kohdhyba plx plx plx……
Vvv salhi.. Miadhu 3 parts upvane dhw.. Plx plx ryn
Woww!! Ryn its awesome :-* waiting for the next part
Wow!!! Next part Kn irakun?? Mi part vv salhi ingey
Ryn…vaahaka vv reethi…azu bunelan beynumee negetive commnts kuraa kudhinnah alhaa nulaashey….ulheyne ehen ulhey meehun ves….enme rangalhu vaanee alhaanulaa kuriyah dhiyun…see u tnyt…love u…
Woww!! Nice waiting for the next part
Hama rovijje
Best story ever <3
Waiting for tonight vara vara salhi mipart
Mi vaahaka varah reethi. Abadhuves mi vaahaka ah inthizaaru kurevry.
Gud
Mi story v reethi.
v v v reethi waiting for nxt part
mee emme inthizaaru kurevey vaahaka esfiyge….❤❤❤?
Aslu ayaan akee meega side character ehtha. Eynage life ge ehves kameh annany kee noon. Abadhu kiyara n zaain. Kiyara ah vegen aifahun mi vaahakage hurihaa episodes ga same thing repeating again n again. Konme dhuvahaku 3 hatharu parts ehfaharaa upkohleema kiyuntherin hevifa thihbas alhugandah hama buneveynee miee vrh ottareh neiy liyntherikan dhah vaahaka akey. Dhen mihen buneema enmen mashaa dhimaa ah keki araigathas i just dnt care. Liyuntheriya hadhdhaafa behehtuma vure hageegathah buneema eynayah ves visneyne.
I agree with you. Mi sitega vaahaka hit vanee konmehen reethivegen neh noon. Dhuvaalaku 6 faharu up kohlanikoh hit vee. Mi vaahaka varah reechchey bunaa category ah fethen gaaiy ves nuvey. Mi comment neyge jahaane kameh ves
Aslu ves thedheh thee.. Abadhu vx kiyaa kiyaa kiyaa… Same thing repeating all over again every day.. Ayaan ge life ge ehves kameh nei.. Feshun iruga salhi.. Both side ge stories vx genesdheythee.. Dhn mihen buneema bunaane dhen nukeema vee nun hey hadiyya… Ryn akee emme trust kurevey eh writer.. Ehen ve kiyenee ves.. But expecting for a change engey ryn.. Anehn story reethi.. Ekm abadhu kiyaa kiyaa v ma kamaku nudhey.. Ayaan ge bai ves geneslabala.. What actually happened in the past 7 yrs.. ?? how and why he changed so much from that frendly lovable ayaan to that arrogant stupid ayaan ?
ASLU VVV BORING , KEEH VAA BAAA E VV REETHI E MI BUNANEE THEN NEYGE VVAA FOOHI STORY E MEE
ASLU REECHE NOON VV VAI, KIYAN FASHAAFA VES MIHAARU VV FOOHI VEJJJE
Haadha kei madhu readers ulhe eyy.
Ayaan life ge part vx annaane ennu adhi.. Readera beynun gothaakah nuvaane dhw stry ga ehh. Its upto the writer.
Story vrh salhi.. 🙂 Hatharu fas epsde up kuraathyky nun.hama reethy vahaka.. :-p
Yes.. You are right.. Actually this story has a really different plot and different presentations… But yah same incidents occur again nd again.. But the words said,and the actions are not same at all.. Different stories have different styles, because the authors are also different.. Some may not like the way this story is brought, but this is amazing to me.. It’s not a problem if you don’t like.. Bcz all don’t have same tastes.. I just wanna say this is a great story and ryn is a great story writer..
Bodah heevanee kiarage bai mihaaru bodukoh e genesdhenee kiara akee meegai victim ah veemahen. Dhen ehen noonas ayan ge life ayan kiyaidheynee kiaraa ah hen bodah heevanee. Eyrah reethivaanee. Shukuriyya vaahaka up kohdheythee ehaa avahah
V reeeeethi mi part ves mihaaru inthizaaru mikurevenee mireah avahah jahaala dheythi ingey RYN
mi site ge story thah thihaa boring ihyaa nd mi vaahaka thihaa foohiyaa dhen nukema veehnu… hama boring ey kiyaafa vex anehkaavex next part up kohlaa irah kiyaane.. btw ryn dis story is awesome . just lurv it… waiting for the next part ??
i agree wid u zee ..
V reeethi mi bai vx …
Nice mi part vx next part ge inthixaaru ga
Vaahaka varah reethi.
N negetive comments ah alhaanulahchey.
Vaahaka hadi eyh bunyas vaahaka reethi vyma ehnu vaahaka kiyun continue kuraany
Asli negetive comment ah balachchey. Improve kureveynee e comment kiyaigen.
Ryn thee molhu vaahaka liyuntherieh. And kurimagugaives liyan visnaanama improve kuran beynunvaane. So take those negative coments in possitive way.
Kiha thaahiru…ma fahuru vefa cristian style ashey kiyaa iru…kobaa ladhu… majaa vefa comment kurumuge badhaluga cristian n yahoodeen muslimunah hadhaa goi visnaafa fahuru verivaan feney… aan ehenyaa fahe maa reethi kameh viya kureveny thimmana mrn ulheyny ehnney kiyaa iru… dnt mihen bunyma kaaliyas heyo..
Jst perfecr..
M speechless.☺?
Next part avas avas.. love the story much n Ryn ur the bst ???
Mivaahaka varah reethi.
Mirey 2 to 3 part update kihdhehchey….
Waitin for the next part
ryn please upload little more episodes i mean 4 episode a day 😉
Binaa kurani faadu kiyaa koments kurumakee rangalhu kameh. Goahen noon mi story eh. N Ryn is best writer. episode dhiguviyas vaahakaiga aslu genes dhey kanthathah madhukan faahaga kurevey. Ibaaraaih thakuga kuh hunnakan ves faahaga kurevey.
Hageegathakee 62 episodes ah dhigukuran jeheyvaruge kameh noonkan mivaahaka akee. Ginaee haasaru. Mi ee dhogen noon. Hama varah kiyaahithun feshi vaahakeh mee. Ekamaku ehves kameh nuhigaa ehvaamakah dheni dhemi hunnathaa kondhuvaheh. Ayaan beykaaruvefa only kiara. Dhen ithurah mi dhigu nudhanmaa reethi twist eh genebala. Ayaan ge character ves foohikohkaafa mihaaru miothey. Ryn rulhi ayas ehen meehun rulhi ayas mee dhigeh kamakah nuvaane.
Agree with you
Hadi iraku reeche ke nubuneveyne
Ryn avahah up kohbala…dying to read next par…he he ?
ryn vaahaka v reethi. but vaahakaiga romantic bai madhee. hope upcoming stories ga ebai ves himeneyne Kamah. vaahaka dha goi reethi ekam hope kuran after so many years kiayara ge character akee thankolheh strong character akah vanekamah. not so weak. once again vaahaka vvvvv reethi.?
Ryn buni Miee nimifa in vaahaka ekey.. Kihineh ebaa baa rangalhu kuraany.. Ranghu kuranya up vaaleh las vaane… Vaahaka rythi.. Aharen mihaaru inthixaaru kurany kiara n ayaan rychah tok kuraa dhuvahakah edhemyhun dheytherey loabi ufedheyne dhuvahakah..
Aslu hageegathakee mithanugai comment kuraa konmey meehakahves mi story reethikan. But konmey kamakaaves faadu kiyumaki aharun dhivehin ge aadhaey. Mi story ga ves hama mi vani mihen. So ryn don’t care about the comments too much.
mioh ulhey baeh dhww sahaadheh mi bunyy ..thy dhn boduvaru kanneynge .. gaboolukuran faadu vess kiyan jeheyne kan .. ekm thi gothah cmnt kurumuge kurin anekaage ihsaasthakahvess visnaalun rangalhu kanneynge … like nuvanyaavess ryhchah bunebala …eyrun dhww writr kuriyah oiythaanga improve kuraanyvess … ekm like nuvaa kameh point out kuranvess thigothah cmnt kuraakah nujehey .. eahthure rythi koh buneven onnaane .. becux of ppl like u writrs vess vaahaka liyun huhtaalany .. so plxx .. dnt be so rude when u cmnt ..
Asluves mihairu esfiya ga v gina vaahaka thah ebahuri huhtifa.. Evaahakathah nukiyeythyves varah dheravey.. Mihen adhi gavaaidhun up kuraa liyuntheriakaa dhimaalah nuvaane ehchehi kiyaakah.. Ryn ge story thakaky rythi story thakeh.
Alhaanulaa….meehaku rulhi naana gothakah kameh nukureveyne mithaku