Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ކުރިން އެނގުނުނަމަ (ތޭވީސްވަނަ ބައި)

riya Level 3100 Comments10 Stories
February 9, 2018 3 Mins Read
20 Comments

ޒީކްގެ ފަހަތުގައި ހުރެގެން އަލްޔަން ހިނގަމުންދިޔައެވެ. ކޮޓަރީގެ ދޮރު ހުޅުވާލަމުން އަލްޔަން އެތެރެއަށް ވަންނަން ތަންދެއްކިއެވެ. އެނދު ކައިރީގައި ހުރި ލަކުޑި ގޮނޑިއެއްގައި އަލްޔަން އިށީދެލިއެވެ. އެނދުމަތީގައި އިށީދެލައިގެން އިން ހަފީޒާ ފަރުވާތެރިކަމާއެކު ދެކުދިންގެ މޫނަށް ބަލައިލިއެވެ. މާމަގެ ހަރަކާތްތަކަށް ބަލަންހުރި ޒީކްގެ ހިތުގައި ސުވާލު މާކްތަކުން ފުނިޖެހެމުންދިޔައެވެ. ހުދު ޒީކްއަށްވެސް މާމަ ދައްކަން އެއުޅެނީ ކޮންވާހަކައެއް ކަމެއް ނޭނގެއެވެ.

“އަލްޔަން ހީކުރަން މިދައްކާ ވާހަކައާއި ދޭތެރޭ ވިސްނާނެ ކަމަށް” ހަފީޒާ މަޑުމަޑުން ބުނެލިއެވެ. އެއަޑުގައި ވަނީ މޮޅިވެރިކަމެވެ. އަލްޔަން ބޯޖަހާލިއެވެ. އާއެކޭ ބުނާ ފަދައިންނެވެ.

“އަލްޔަން މިގެއަށް އައީ ކޮންބޭނުމެއްގައި ކަމެއް މާމައަކަށް ނޭނގެ. ޒީކް އެއީ މާމަގެ ހުރި ހަމައެކަނި އުއްމީދަކީ. ޒީކްއަށް ދެރަގޮތެއް ވާކަށް މާމަ ނޭދެން. ޒީކް ނޫނީ މިއާއިލާގައި އިތުރު މީހަކު ހުރީކީ ނޫން. ހުރި ކަމުގައި ވިޔަސް އަހަރެމެންނާއި ހަމައަށް އަންނާނެ ކަމުގެ ޔަގީންކަމެއް ނެތް” ހަފީޒާ ވާހަކަ ދައްކަމުން ދިޔައީ މަޑުމަޑުންނެވެ.

“މާމަ ދުވަހަކުވެސް އާއިލާގެ އެހެން މީހަކު ދުނިޔޭގައި ހުރި ވާހަކައެއް ނުބުނަމެއްނު. އަހަރެން ބޭނުން ގެއްލިފައިވާ އާއިލާ ހޯދަން. މާމަ ބުނެބަލަ ކޮންތާކުތަވީ؟” ޒީކްއަށް އަލަށް އެނގުނު ވާހަކައިގެ ސަބަބުން ވާހަކަ ނުދައްކައި ނުހުރެވުނެވެ. އެވަގުތު ފެންކަޅިވެފައިވާ މާމަގެ ލޮލުން ވެއްޓުނު ކަރުނަތިކިތަކުގެ ސަބަބުން ޒީކްގެ ދެލޯވެސް ފެންކަޅިވެގެން ދިޔައެވެ. މާމަ ދެލޯ ފުހެލަމުން މާޒީ ހަނދާން ކުރަމުން ވާހަކަތައް ކިޔައިދޭން ފެށިއެވެ.

އެއީ މީގެ ވިއްސަކަށް އަހަރުކުރިއެވެ. ހަފީޒާއާއި އުމަރު ވޭތިކުރަމުންދިޔައީ އުފާވެރި ދުވަސްތަކެކެވެ. އެމީހުންގެ ހުރި ހަމައެކަނި ދަރިފުޅު ޒުލްފާގެ ސަބަބުން އެމީހުންގެ އުފާވެރިކަން އިތުރުވެފައިވެއެވެ. ފޯރުންތެރި ދިރިއުޅެއް އުޅެމުންދިޔައިރު ޒުލްފާގެ އެދޭ ހުރިހާ ކަމެއް ކޮށްދެމުންދިޔައީ އުފަލާއެކުގައެވެ. އެއުފާވެރި ދިރިއުޅުމަށް އެޅުނީ ކާކުގެ އެސްފީނާއެއް ކަމެއް ނޭނގެއެވެ. އެ އުފާވެރިކަން ގެއްލިގެން ދިޔައީ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައެވެ.

ޒުލްފާ ފުރާ ފުރިހަމަވަމުން އައި ދުވަސްވަރު ޒުވާން ފިރިހެން ކުދިންގެ ކަޅި އުކުންތައް އަމާޒުވަމުން ދިޔައެވެ. ޒުލްފާގެ އުމުރުން ފަނަރަ އަހަރު ފުރުނުއިރު ބަލާ މީހަކަށް އެއީ އަށާރަ ނަވާރަ އަހަރުގެ އަންހެން ކުއްޖެކޭ ނޫނީ ނުބުނާނެވެ. ކަޅުކަންގަދަ ބުޅިބުޅި އިސްތަށިގަނޑާ ދޮން ހަށިގަނޑާ ވަރަށް ގުޅެއެވެ. ފެންނަ ކޮންމެ މީހަކު މޮޔަ ކޮށްލާފަދަ ޖާދުވީ ދެލޮލެވެ. ބައްޓަން ރީތި ތުނިތުނި ހަށިގަނޑުގައި ބީހިލުމަށް އެތަށް ޒުވާނުންނެއްގެ ހިތްއެދި ގޮވަމުންދެއެވެ. ނަމަވެސް ސުކޫލް ނިމި ނަވާރަ އަހަރު ފުރުނު އިރުވެސް ޒުލްފާއަށް ކަމުދާ ކަހަލަ ފިރިހެން ކުއްޖަކާ ދިމައެއް ނުވެއެވެ.

ފިރިހެން ކުދިންގެ އާދޭސް ތަކަށް ބީރު ކަންފަތެއް ދެމުން ދިޔަ ޒުލްފާއާއި އަހްމަދު ދިމާވީ ކުޅުދުއްފުއްޓަށް ކުރި ދަތުރެއްގައެވެ. ރީތި ހުސްކޮށްގެން ހުރި ޒުވާން އަންހެން ކުއްޖެއް އަމިއްލައަށް އައިސް ލޯބި ހުށަހެޅުމުން ފުރުސަތުގެ ބޭނުން ހިފަން ބޭނުންވީއެވެ. އަހްމަދުގެ ކޮންމެ އެދުމަކަށް އިޖާބަ ދެމުން ދިޔައީ ފަސްޖެހުމެއް ނެތިއެވެ. ކުޅޭ ކުޅޭ ބުދެއްގެ ގޮތުގައި އަހްމަދު ޒުލްފާ ބޭނުން ކުރަމުން ދިޔައިރު މިކުރެވެނީ ކިހާވަރެއްގެ ކަމެއްކަން ޒުލްފާއަށް އިހްސާސްވެސް ނުކުރެވެއެވެ. ލޯބީގެ އެއްވެސް ތަޖުރިބާއެއް ކޮށްފައިނުވާ ޒުލްފާ އަހްމަދުގެ އަތުގެ ތެރޭގައި ހޭދަކުރަމުން ދިޔައީ އުފާވެރި ވަގުތުތަކެވެ. އެތަކެއް ވައުދާއި އަހްދުތައް ވަމުން ދިޔައެވެ. ދުވަހަކުވެސް ވަކިނުވާނެ ކަމަށް ބުނަމުންނެވެ.

ފަސް ދުވަހުގެ ދަތުރަކަށްފަހު ޒުލްފާ ފުރައިގެން ރަށަށް ދިޔައީ ދާން ބޭނުންވެގެނެއް ނޫނެވެ. އަހްމަދުގެ ލޮލުން ފެނުނު ކަރުނަ އެއީ ދެއްކުންތެރި އެއްޗަކަށް ވެގެން ހިނގައިދާނެ ކަމަކަށް ޒުލްފާއަކަށް ނުވިސްނެއެވެ. ދޮޅުމަހެއް ހައި ދުވަސްފާއިތުވެގެން ދިޔައިރު އާދަޔާ ހިލާފަށް ޒުލްފާ ބަލިވާން ފަށައިފިއެވެ. މޭނުބައި ކުރުމާއި ހޮޑުލުން އާއްމު ކަމަކަށް ވެއްޖެއެވެ. ހޮސްޕިޓަލަށް ގޮވައިގެން ގޮސް ޓެސްޓް ހެދުމުން ލިބުނު ހަބަރަކުން ހަފީޒާ ދުނިޔެއިން މޮޔަނުވީ ކިރިޔާއެވެ. ރަނގަޅު ތަރުބިއްޔަތެއް ނުދެވުނީބާއޭ ހަފީޒާގެ ހިތަށް އެރިއެވެ. ޒުލްފާ ކައިރިން ދަރިފުޅުގެ ބައްޕައަކީ ކާކުތޯ އޮޅުން ފިލުވުމަށް ކުރި މަސައްކަތުން އަހްމަދުގެ ނަން ފިޔަވައި އިތުރު އެއްވެސް އެއްޗެއް ނޭނގުނެވެ. އުމަރަށް އެހަބަރު ލިބުމުން އެއީ ބަރުދާސްތު ކުރެވޭވަރުގެ ހިތާމައަކަށް ނުވިއެވެ. ހާޓް އެޓޭކެއްގައި މިދުނިޔެއާ އަލްވަދާއުކީ ޒުލްފާގެ ބަނޑަށް ތިންމަހުގައެވެ. ހަފީޒާއަށް ހަނދާނެގޮތް ހުސްވިއެވެ. ގޭގެއަށް މަސައްކަތް ކޮށްދީގެން ޒުލްފާއަށް ފައިދާހުރި ކާނާ ކާންދެވޭތޯ ހަފީޒާ މަސައްކަތް ކުރެއެވެ. ނަމަވެސް ދުވަހެއް ދުވަހަކަށް ޒުލްފާގެ ހަށިގަނޑު ދިޔައީ ނިކަމެތި ވަމުންނެވެ. ދުވާލު ހަތަރު ދަމުހެން ހޭދަކުރަމުން ދިޔައީ ރޮއި ހިތާމަ ކުރުމުގައެވެ. ހަފީޒާ ދޭ ނަސޭހަތަކުން ކުރާ ފައިދާއެއް ނޯވެއެވެ.

ޒުލްފާ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް ގެނެވުނީ މާބޮޑަށް ބަލިވުމުންނެވެ. އޭރު ޒުލްފާގެ ބަނޑަށް އަށްމަސް ފުރިއްޖެއެވެ. ޒުލްފާގެ ހާލު މާބޮޑަށް ދެރަވުމުން ސިޒޭރިއަން ހެދުމަށް ނިންމިއެވެ. އެއްމާބަނޑު ދެކުދިންނާއެކު އޮޕަރޭޝަން ޓީއޭޓަރުން ޒުލްފާގެ ފުރާނަނެތް މަސްގަނޑު ނެރެވުނުތަން ފެނުމާއެކު ހަފީޒާގެ ހެއަށް ގޮތްވިއެވެ. އެކަނިވެރިކަން އިހްސާސްކުރެވިގެން ދިޔައެވެ. ލަޔާންގެ އެހީތެރިކަން ހަފީޒާއަށް ލިބުނީ ހަދާނެ ގޮތްހުސްވެފައި ވަނިކޮށެވެ. ލަޔާންގެ އެހީތެރިކަމާއެކު ޒުލްފާގެ ޖަނާޒާގެ ހުރިހާކަމެއްކޮށް ނިންމުނެވެ. ހަފީޒާއާއި އެކުގައި ލަޔާންގެ ދެމަފިރިން އެރަށުގައި ދުވަސްކޮޅަކު ތިއްބެވެ. މާލެއަށް ދަމުން ދިޔައީ ޒުލްފާގެ ފިރިހެން ދަރިފުޅު ގޮވައިގެންނެވެ. ރަނގަޅަށް ބަލާނެ ކަމުގެ ފުރިހަމަ ޔަގީންކަން ދެމުންނެވެ. ޒީކް ބޮޑުވަމުން އައީ ހަފީޒާގެ ބެލުމުގެ ދަށުގައި ހުރެގެންނެވެ. ދުވަހަކުވެސް މަންމަ ނެތް ކަމުގެ އިހްސާސްވިޔަކަ ނުދެއެވެ.

ހަފީޒާގެ ލޮލުން އޮހޮރެމުންދިޔަ ކަރުނަތައް ފުހެލަމުން ހިނިތުންވެލުމަށް މަސައްކަތްކުރިއެވެ. އަލްޔަންއަށްވެސް ބުނާނެ އެއްޗެއް ނޭގިފައި ބަލަހައްޓައިގެން އިނދެވުނީއެވެ.

“މާމާ ފަހުން އެމީހުންގެ ހަބަރެއް ނުވޭތަ؟” އަވަސްވެފައިވާ ހިތަކައިގެން ޒީކްއަށް އަހައި ލެވުނެވެ.

“ރާއްޖެއިން ބޭރަށް ބަދަލުވަންދެން ސިޓީ ފޮނުވި. ފޮޓޯވެސް ފޮނުވާނެ. ފަހުން ރާއްޖެ ނާންނަނީ ހެން ހީވަނީ” ހަފީޒާ ބުނެލިއެވެ.
“ލަޔާން ކިޔާ ވިޔަފާރިވެރިއެއް އުޅޭނެ މާލޭގަ. ވެދާނެދޯ އެކަކަށްވެސް” އަލްޔަން ވިސްނަން އިނދެފައި ބުނެލިއެވެ. އެވަގުތު ޒީކްގެ މޫނު މަތިން ފެނިގެން ދިޔައީ އުފާވެރިކަމެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

riya

Level 3100 Comments10 Stories

Other Articles

Previous

ހިތާ ފުރާނައިން… (34)

Next

ޒާރާ (25)

Next
February 9, 2018

ޒާރާ (25)

Previews
February 9, 2018

ހިތާ ފުރާނައިން… (34)

20 Comments!

  1. riya says:
    February 9, 2018 at 11:04 pm

    kiheneh hurihaa kiyuntherin, mi bai than kolheh kuru vaane, naadhamaa hendhunun aabaeh dhigu koh genes dheynan, in sha allah…. baajaveri reakah edhen

  2. Minna says:
    February 9, 2018 at 11:13 pm

    Wow mi part ves varah reethi
    Waitin for the next part

    1. riya says:
      February 10, 2018 at 10:49 pm

      thank you 🙂

  3. Hairaan says:
    February 10, 2018 at 12:08 am

    Wow varah reethi

    1. riya says:
      February 10, 2018 at 11:04 pm

      thank you 🙂

  4. syle says:
    February 10, 2018 at 12:14 am

    So ruaan and zeek me twins Dw..alyan ge bappa akee zeek menge ves bappa Dw…e foruvaigen e ulhey photo akee week ge mamma…alhey waiting waiting for next part

    1. syle says:
      February 10, 2018 at 8:42 am

      *zeek ge mamma

    2. riya says:
      March 3, 2018 at 10:28 pm

      thank u syle, lets see wats going to happen 🙂 🙂 🙂

  5. Blue beauty says:
    February 10, 2018 at 3:32 am

    Wow varah reethi….????

    1. riya says:
      March 3, 2018 at 10:29 pm

      thank u blue beauty 🙂 🙂 🙂

  6. Beauty?? says:
    February 10, 2018 at 11:39 am

    Boom bastic???

    1. riya says:
      March 3, 2018 at 10:30 pm

      🙂 🙂 🙂

  7. Pinky shifoo says:
    February 10, 2018 at 1:11 pm

    Hii riya… Mi part vx hama awesome ???… Varah reethi… Varah curious vehje next part kiyaalan ??… Knme part akah comment nukuriyas regular koh mi story kiyan… Keep up the good work… This story is really interesting ??… Curiously waiting for the next part…

    1. riya says:
      March 3, 2018 at 10:30 pm

      thank u pinky shifoo, 🙂 🙂 🙂

  8. Friends says:
    February 10, 2018 at 1:27 pm

    Dear kobaa today ge part
    Vvv nice stry eh miy
    Upload soon dear

    1. riya says:
      March 3, 2018 at 10:31 pm

      thank u 🙂 🙂 🙂

  9. Aki says:
    February 10, 2018 at 3:19 pm

    koba next part avahah up kohla dheebaa pls

    1. riya says:
      March 3, 2018 at 10:31 pm

      thank u 🙂 🙂 🙂

  10. naayal says:
    February 10, 2018 at 10:42 pm

    Wow,v v v v v reethi
    V interesting
    Waiting for the next part

    1. riya says:
      March 3, 2018 at 10:32 pm

      thank u 🙂 🙂 🙂

Comments are closed.

Next Episodeކުރިން އެނގުނުނަމަ (ސައުވީސްވަނަ ބައި)←


All Right Reserved!