ގިސްލަ ގިސްލާފައި ރޮމުންދިޔަ ޔޫމީންއަށް ސިހުމެއްލިބުނީ އޭނާގެ އަތައް މަހާލައިފައިވާ ލަވާލްގެ އަތްތިލަ ތެޅިލިހެން ހީވެގެންނެވެ. އޭނާގެ އެހީ ޔަގީނަށް ވީ ލަވާލްގެ އެސްފިޔަތައް ލަސްލަހުން ތަލުވާލިތަން ފެނިއެވެ. “ދޮންބޭ…” ޔޫމީންގެ ދެލޯ ބޮޑުވެ އަޑުގެ ނެތްތަނަށް ޔަޒަކް އަށް ގޮވިއެވެ. *** އިސާހިތަކު ސިކުންތުކޮޅެއްގެ ތެރޭގައި ޔަޒަކްއައީ އިޒާންއާއި އެކު ވައިރޯޅިއެއްހާ ހަލުވިކޮންނެވެ. ފަހަތުން ޔަމްހާއާއި މިލާންވެސްއައެވެ. އެންމެންވެސް ތިބީ ވީގޮތެއް ނީނގި ހައިރާންވެފައެވެ. ލަވާލްގެ ހުޅުވާލެވިފައިވި ދެލޯ އެންމެ ފުރަތަމަވެސް ފެނުނީ އިޒާންއަށެވެ. ވަށައިގެން […]
އިވިދިޔަ ވާހަކަ ތަކުން ފެންބޯން ހުރި އިޒާން ކޮށިއަރައިގަތެވެ. ނަމުގައި ފެންބޯން ހުރިނަމަވެސް އެމީހުން ދެއްކި ހުރިހާ ވާހަކައެއް އިޒާންއަށްއަޑު އިވުނެވެ. އޭނާގެ ދެލޯ ހުރީ ބޮޑުވެފައެވެ. ކުލްސޫމާއައިސް އިޒާންގެ ބުރަކަށިގައި ދެތިންފަހަރު މަޑުމަޑުން ޖަހާލުމުން ހަމަޔަކަށް އެޅިލިއެވެ. “ކެރާ..އަނެއްކާ މަންމަ..” އިޒާން އަމިއްލަ ނަފްސަށް އިވޭވަރަށް ބުނެލިއެވެ. އައްޒާމް އާއި ޔާސިރް ގޮވަގޮވަ އޮއްވާ ،އެވަގުތު ހިތައް ވެރިވި ހިޔާލަކުން އިޒާން މިސްރާބް ޖެހި މައްޗަށެވެ. އަލާނިޔަލްގެ ކޮޓަރިއަށެވެ. އޭރު ކުރިމަތިވަމުން އައި ބޯ ވިލާގަނޑުގެ […]
ލަވާލްގެންގޮސް ތުއްތު ކުއްޖާ އައްޒާމްގެ އަތައް ލައްވާލަ ދިންވަގުތު ވަގުތު އައްޒާމްއަށް ލޯބިން ފުރިގެންވާފަދަ ނަޒަރަކުން އެތުއްތު ކުއްޖާއަށް ބަލައިލެވުނެވެ. “ބޭބޭ ނަމެއް ހޯދާފަތަ އޮންނާނީ ކުރިން…” ޔާސިރް އަހައިލުމުން އައްޒާމް ބޯޖަހައިލިއެވެ. “..އަލާނިޔަލް.. ދަރިފުޅާ އިޒާން ..ދަރިފުޅުގެ ކޮއްކޮ ..ބަލާ..އަލާނިޔަލް.” ޔާސިރުގެ އުރުގައިން އިޒާންގެ ކޯތާފަތައް ބޮސްދިނުމަށްފަހު، މަޑު މަޑުން އަތުގައިވާ ތުއްތުކުއްޖާގެ މޫނުކޮޅުގައި ހިފާލަމުން އައްޒާމް ބުނެލިއެވެ. *** ” ޒާން ..ބަލާ ..ދޫނިޔަށް ނިއު ބޭބީ ކޮއްކި އެއް ލިބުނީ …” ޔާސިރުގެ […]
(33 އަހަރު ކުރިން) ލާމިޒުގެ އާއި ސެވީނާ އެދެމީހުންގެ ހަމައެކަނި ދަރިފުޅު ލަވާލް ގޮވައިގެން ސުވިޒާލޭންޑަށް އައީ ޗުއްޓި ހޭދަކޮށްލުމަށެވެ. މުއްސަނދިވުމުގެ ސަބަބުން ފައިސާގެ ދަތިކަމެއް ނުވެއެވެ. އެދެމަފިރިން، ހުރިހަމައެކަނި ދަރިފުޅު ލަވާލް ގޮވާއިގެން ކޮންމެ އަހަރަކުވެސް އަންނަ ބޮޑު ޗުއްޓީތަކުގައި އެފަދަ އެތައް ދަތުރު ތަކެއް އެ ކުޑަ އާއިލާ ކުރެއެވެ. އެ ގޮތުން އެފަހަރުގެ ދަތުރު ދިޔައީ ލާމިޒުގެ އުފަން ރަށް ކަމުގައިވާ ސުވިޒާލޭންޑްގެ ޒިއުރިކްއަށެވެ. ލާމިޒްއަކީ ސުވިޒަލޭންޑްގެ ރައްޔިތެކެވެ. ނަމަވެސް ސެވީނާ ކައިވެނިކޮށްގެން […]
“މަންމައަށް ހީވަނީ ޒީވާ ގަބޫލްހެން..ދޯ..” އެއްޗެއް ނުބުނެ ހަމަހިމޭންވެފައި އިން ޒިވާގެ މޫނައް ބަލައިލަމުން ކުލްސޫމާ ބުނެލި ބަސްތަކުން ޒީވާއަށް ހިންދިރުވާލެވެނެވެ. *** ޔޫމީން އާއި ކައިވަން ދެލޯ ބޮޑުކޮށްގެން ތިބެ އެކަކު އަނެކަކަށް ބަލަމުން ދިޔައީ މިވަނީ ކިހިނެތްހޭ އަހާފަދަ ގޮތަކަށެވެ. ޔޫމީން ހުރީ ޔަޒަކުއާއި އިޒާން ދެކެ ރުޅިއައިސްފައެވެ. މިފަދަ ގޮތަކަށް ކަންތައް ވެގެންދާއިރު އެމީހުންނަށް ނޭނގި ނުތިބޭނެކަން މިއީ ދުވާލް ފަދައިން ޔޫމީން އަށް އިނގެއެވެ. ނަމަވެސް ދެން ކުރެވޭނެ ކަމެއް ނެތްތާއެވެ. […]
“އެ ގާލްއަކީ ޒީވާ ކަމަށް ވެދާނެ ހަމަ… އެން މޭބީ އިޓް ވޮޒް އިން އަ ސުވިޒަލޭންޑް..” ކައިވަން މާނަފުން ނަޒަރަކުން ބަލައިލިއެވެ. އެއާ އެކު ކީކޭހޭ ޒީވާއަށް އަހައިލެވުނެވެ. ކައިވަން ހިމޭންކަން އިހްތިޔާރު ކުރިއެވެ. “ކައި ..ޕްލީޒް ޓެލްމީ ވަޓްސް ގޮއިން އޮން..މީގެ ބާރަ އަހަރު ކުރިން ކިހިނެތް ވީ ..އަހަރެން މޮޔަ ނުވަނީސް ކިޔާދީ.. ކައި ޕްލީޒް ..” ޒީވާ ، ކައިވަންގެ ފައިދޮށައް ތިރިވެ އާދޭސް ކުރަންފެށިއެވެ. *** “ނޫން ޒީވާ..ތިހެން އާދޭސް […]
“ބައްޕާ..އަހަރެން ބުނެފިން ޒީވާ ކައިރީގައި އަހަރެމެން މީ ސިބިލިންގްސް ނޫނޭ..” ކައިވަން ގެ ވާހަކަ އިވި ޒުހޫރުއަށް އަޑަށް ބާރުލައިފާ ކީކޭހޭ އަހައިލެވިއްޖެއެވެ. ކައިވަން ތުންފަތުގައި ދަތްއަޅައިލިއެވެ. ” ބައްޕާ ޔޫމީންއަކީ ކާކުކަން އިނގޭތަ..ލިވީގެ ޓްވިން..އައި މީން ޒީވާގެ އެއްމާބަނޑު ދައްތަ… ..ޒީވާއާއި ޔޫމީންއަކީ ޓްވިންސް” ޒުހޫރުއަށް ހުއްޓިލެވުނެވެ. އޭރު އޭނާގެ ދެލޯވަނީ ބޮޑުވެފައެވެ. ***** އޭނާއަށް ބަލައިލެވުނީ ކައިވަންގެ މޫނަށެވެ. “ޔާ ބައްޕާ.. އޭނާއާއި އެއްކޮން ޒީވާ ފޮނުވާލަން ހިނގާއެކޮޅައް މިތަނައް އަލާނިޔަލް އައިސް […]
ކައިވަން އަށް މިއަދު ކިހިނެތްވެފަ އިންދުވަހެއް ބާއޭ ޒީވާގެ ހިތައް އެރިއެވެ. ޒީވާ ކުޑަކޮން ހިތްހަމަ ނުޖެހުނެވެ. ” މީހަކަށް ފެނިދާނެ..”މަޑުމަޑުން ބުނެލިއެވެ. ނަމަވެސް އެއަޑުގައި ވި ހިތްހަމަނުޖެހުން ސިއްރެއްނުވިއެވެ. “އަހަރެމެންނަކަށް މިހެންނެތް ނޫޅެވޭނެތަ…ވީ އާރ ނޮޓް ސިބިލިންގްސް” ޒީޥާގެ ގައިގާ ހިފަހައްޓާލައިގެން ހުރެ ކައިވަން ސީރިޔަސްކަމާއެކު ބުނެލި އެތިން ޒީޥާއަށް ހީވީ މުޅި ތަންގަނޑު އެނބުރިގެން ދިޔަ ހެންނެވެ. “ވަޓް” ޒީވާއަށް ހުރެވުނީ ގަބޫލްނުކުރެވިފައެވެ. “ސަމާސާ ކުރާކަހަލަ ގަޑިޔެއްނޫން މިއީ ކައިވަން..” ޒީވާ ތެދުވަންނަން […]
ޒީވާގެ ބޮލަށް ގޮތެއްވާންފެށިއެވެ. ފުސްފުސްކޮން މަންޒަރެއް އޭނާއަށްފެންނަން ފެށިއެވެ. ** “ޑިފީ..ތިހެން ނަހަދާ ..ޕްލީޒް ..އަހަރެން ޒާން ދެކެ ލޯބިވަނީ..ޕްލީޒް ތިހެން ނަހަދާ.ތަދުވެޔޭ… ދޫކުރޭ..އާދޭސްކޮށްފަ މިބުނީ ދޫކޮށްލާ…މަންމާ…” ގިސްލައިރޮމުން އެގާރަވަރަކަށް އަހަރުގެ އަންހެންކުއްޖަކު ދިޔައީ ،އޭނާގެ ގައިމައްޗަށް ސަވާރުވެގެން އޮތް، ޒުވާން ފިރިހެން ކުއްޖާގެ ގާތުން ސަލާމަތް ވުމަށެވެ. އެފިރިހެނާދިޔައީ އެކުއްޖާގެ އިތްފަތްތެރިކަން ފޭރިގަންނަން މަސައްކަތްކުރަމުންނެވެ. އެ ފިރިހެނާ ދިޔައީ ރޮއި ހަޅޭއްލަވަމުން، އަންހެންކުއްޖާ ކުރަމުންގެންދިޔަ އާދޭސްތަކަށް ބީރުކަންފަތެއް ދެމުންނެވެ. ** ފުސްފުސްކޮން މަންޒަރުތައް ފެނިގެންދިޔައިރު ޒީވާގެ […]