Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
އެހެނިހެންލޯބި

ހިރާސް 20

Annora Level 610 Stories100 Login100 Comments100 Stories
April 1, 2021 12 Mins Read
0 Comments

ގިސްލަ ގިސްލާފައި ރޮމުންދިޔަ ޔޫމީންއަށް ސިހުމެއްލިބުނީ އޭނާގެ އަތައް މަހާލައިފައިވާ ލަވާލްގެ އަތްތިލަ ތެޅިލިހެން ހީވެގެންނެވެ. އޭނާގެ އެހީ ޔަގީނަށް ވީ ލަވާލްގެ އެސްފިޔަތައް ލަސްލަހުން ތަލުވާލިތަން ފެނިއެވެ. “ދޮންބޭ…” ޔޫމީންގެ ދެލޯ ބޮޑުވެ އަޑުގެ ނެތްތަނަށް ޔަޒަކް އަށް ގޮވިއެވެ.

***

އިސާހިތަކު ސިކުންތުކޮޅެއްގެ ތެރޭގައި ޔަޒަކްއައީ އިޒާންއާއި އެކު ވައިރޯޅިއެއްހާ ހަލުވިކޮންނެވެ. ފަހަތުން ޔަމްހާއާއި މިލާންވެސްއައެވެ. އެންމެންވެސް ތިބީ ވީގޮތެއް ނީނގި ހައިރާންވެފައެވެ. ލަވާލްގެ ހުޅުވާލެވިފައިވި ދެލޯ އެންމެ ފުރަތަމަވެސް ފެނުނީ އިޒާންއަށެވެ. ވަށައިގެން ދިމަދިމާ ބަލަމުން ދިޔައިރު އޭނާ މާ ބޮޑު ހަރަކާތެއް ނުގެނެއެވެ. އޭރު ޔޫމީންއާއި ޔަމްހާ އެކަކު އަނެކަކުގެ ގައިގާ ބައްދާލައިގެން ވީ އިރު އެމީހުންގެ ދެލޮލުގައި ބަބުޅަމުންދަނީ އުފާވެރިކަމުގެ ކަރުނައެވެ. މިލާން ވެސް ޔޫމީންގެ ބޮލުގައި ފިރުމާލިއިރު މޫނުމަތީގައިވަނީ އުފާވެރިކަމެވެ. ނަމަވެސް ރޮވިފައި ހުރި ޔަޒަކްގެ ގައިގާ ބައްދާލީ ޔަޒަކް ރޯތަން ބަލަން މިލާންއަށް ކެތްނުވީމައެވެ.

އިޒާން ކުރިމަތީއިން ރެކްގައި އަޅުވާލެވިފައިވި ސްޓެތޯ ލަވާލްގެ މެޔާދިމާލުގައި ޖައްސާ ބަލާލިއެވެ. އަދި އިންޖެކްޝަނެއް ޖަހާލުމަށްފަހު ލަވާލްގެ ހާލަތު އިތުރަށް ބެލުމަށް އަވަސްވެގަތެވެ. ކައިރީގައި އަތްގާތްކޮށްދޭން މިލާން އައިސް ހުއްޓެވެ. “ޒ..ޒެ..ޒެކް..ޔޫ..މީ..ލިވީ” މަޑުމަޑުން ލަވާލްގެ ދެތުންފަތް ފޫއަޅުވާލައިފާ ނުކުތެވެ. އެވަގުތު ޔަޒަކްގެ އަތުގައި ހިފާލައިގެން އައިސް ޔޫމީން ، ލަވާލްގެ ކުރިމަތީގައިހުއްޓި ދެން ފެނުނީ ލަވާލްގެ ގައިގާ މަޑުމަޑުން ބައްދާލައިފާ ރޯންފެށިތަނެވެ. ލަވާލްއަށް ވެސް އޭރުވަނީ ރޮވިފައެވެ. މަޑުމަޑުން ޔޫމީންގެ ބުރަކަށީގައި ފިރުމާލިއެވެ. އެގާރަ އަހަރަށްފަހު މައިމީހާގެ ފިރުމުން ލިބުމުން ޔޫމީންއަށް ކެތްނުވީއެވެ. އޭރު ޔަޒަކްވެސް ކުޑަކުއްޖެއްހެން، އަނެއްފަޅިން ލަވާލްގެ ގައިގާ ބައްދަލައިގެން އޮވެ ދިޔައީ ރޮމުންނެވެ. އެގޮތުގައި އެތަކެއް އިރެއް ވީ ފަހުން ދެމީހުން ދުރަށް ޖެހުނި އިޒާން ގޮވައިލުމުންނެވެ.

“ކުޑަ މަންމާ…” އިޒާންގެ މޫނުފެނުމުން ލަވާލް ދިއްކޮށްލީ އެނާގެ އަތެވެ. އެ އަތުގައި ބޮސްދިނުމަށްފަހު އިޒާން އެންމެ ފުރަތަމަ ކަމަކަށް ލަވާލްގެ އެގްޒާމިން ހެދުމަށްފަހު ފުރަތަމަ އެދުނީ އޭނާދިން ބޭސްގުޅަކާލުމަށެވެ. އިޒާން މަޑުމަޑުން ލަވާލް ކޮޅަށް ނަގާލީ ލަވާލް ލައްވާ ހިނގާލުމަށެވެ. އިޒާންގެ އެހީ އާއި އެކު ލަވާލް ކޮޅަށް ތެދުވެލިއިރު ވެއްޓިދާނެތީ އިޒާންގެ އަތައް އޭނާ ހުރީ ބާރު ކޮށްގެންނެވެ. ” ކުޑަ މަންމާ ..ނުވެއްޓޭނެ އިންޝާﷲ.. އަހަރެން މިހުރީ ހިފަހައްޓާގެން.. ފިޔަވަޅު އެޅޭތޯ މަސައްކަތް ކުރޭ….. މިހެން ހަދާނީ..”  އިޒާން ލަވާލް ގޮވާގެން ފިޔަވަޅު ނަގާނެ ގޮތް ދައްކާދެމުން ދިޔައެވެ.

ހަނދާންތައް ނެތިގެން ނުދިޔަ ނަމަވެސް ގިނަ ދުވަހު ކޯމާގައި އޮތުމުގެ ސަބަބުން އާންމުކޮންކުރާ ކަންކަން ކުރާނެ ގޮތް  ވަނީ ލަވާލް ހަނދާންނެތިފައެވެ. ހިނގަންވީގޮތް ނޭނގި ކާންވެސް ހަދަންވީ ގޮތެއް ލަވާލްއަކަށް ނޭނގުނެވެ. އެކަންކަމުގެ ސަބަބުންލަވާލް މުޅިން ހަމަޔަކަށް އެޅެން ދެހަފްތާ ނެގިއެވެ. އެދެހަފްތާގައި ޒީވާ މެންނާއި ބައްދަލްކުރަން ޔޫމީންއަކަށް ނުދެވުނެވެ. އެހެންކަމުން ފެމެލީ މީހެއް ހާލު މާބޮޑަށް ގޯސްވެގެން އަވަށުން ބޭރަށް ދާން ޖެހުނީކަމަށް ޔޫމީން، ޒީވާއަށް ގުޅާފައިބުންޏެވެ. ކޮންމެ ދުވަހަކު ވެސް ޔޫމީން ޒީވާއަށް ގުޅާ ހާލުބަލާ ހަދައެވެ.  އެދުވަސްތަކުގައި ޔޫމީން އުޅުނީ އިޒާންގެ ގޭގައެވެ. ލަވާލް އަށް ފަރުވާ ކުރަންފެށީ އިޒާންއެވެ. އެދެ ހަފްތާތެރޭގައި އިޒާންގެ ބެލުމުގެ ދަށުންލަވާލް މުޅިންހެން ފިޓްވިއެވެ. ނަމަވެސް ހިނގުމުގައި އައިބުގޮތެއްހުރެއެވެ . އެހެންވިޔަސް މާބޮޑަށް ފާހަގަ ވާވަރެއް ނުވެއެވެ. ނަމަވެސް ގިނަ ދުވަސް ވާ ވަރަކަށް ހަމަޔަކަށް އެޅޭނެ ކަމަކަށްވާތީ އިޒާން ކޮންމެދުވަހަކު ވެސް ލަވާލް ލައްވާ ހިންގުވާ ކަސްރަތުތައް ކުރުވައެވެ.

ޒީވާ އައި ފަހުން ކޮންމެ ދުވަހަކު ވެސް ޔަޒަކްއައި އިޒާން ޒީޥާ އުޅޭނޫޅޭގޮތް ކޮންމެ ދުވަހަކު މެ ވަރަށް ގާތުން ދިޔައީ ބަލަމުންނެވެ.

ޖެހިގެން އައި ހަފްތާގައި ލަވާލް ހަމަޔަކަށް އެޅުމުން ޔޫމީން ޔަމްހާގެ ކައިރިޔަށް ލަވާލް ގޮވައިގެން ބަދަލްވިއެވެ. ކޮންމެ ދުވަހަކު ހެނދުނު ޒީވާ ބެލްކޮންޏައް ނުކުންނައިރު  ޔޫމީން ލަވާލްގޮވައިގެން ބެލްކޮންޏަށް ނުކުމެއެވެ. އެ މަންޒަރު ފެންނަކޮންމެ ފަހަރަކު ލަވާލް ރޮވެއެވެ. އޭނާވަނީ އޭނާގެ ކުޑަދަރި އާއި ކައިރި އެހެނަސް ދުރުގައެވެ.

 

***

އިޒާން އިނީ ދިހަވަނަ ފަންގިފިލާގައި އިން ބެލްކޮނީގައު ލެޕްޓޮޕް ހިފައިގެން މަސައްކަތެއްގައެވެ. “ޒާން ބޭ..” މިލާން އައިގޮތައް އައިސްފައި ގޮވައިލިއެވެ. “އަހާނ.. މިންމި ..އެއްޗެއް ކައިފިންތަ..” އިޒާން މިލާން ފެނުމުން ލެޕްޓޮޕް ދުރައްޖައްސާލަމުން ހިނިތުންވެލިއެވެ. މިލާން ދިރިއުޅެނީ މިހާރު ވެސް އެގޭގައި އޭނާއަށް ހަމަޖެއްސި އެޕާޓްމެންޓްގައެވެ. “ވާހަކަ އެއްބުނަން ވެގެން.. ” މިލާން އިސްޖަހައިލިއެވެ. “ހޫމް ..އިނގޭ ތިއައީ މިންމި މިގޭން ދާން އެވާހަކަ ދައްކަން ކަން.. ބުނަން .. އަހަރެން މިންމި މިގެޔަށް ގެނައީ ބޭނުމެއް ޖެހުނީ މާ ބޭނުންކޮށްލާފަ އެ ބޭނުން ފުދުނީ އެއްލާލާ ގޮތަކަށް ނޫން.. ކުޑަ މަންމަ ރަނގަޅުވިޔަސް އަހަރެން ގަސްދެއް ނުކުރަން މިންމި ފޮނުވާލާކަށް ..އަހަރެން ދެކެނީ ހަމަ ތިއީ ވެސް ޔޫމީން ފަދައިން އަހަރެންގެ އަމިއްލަ ކޮއްކޮއެއްކަމަށް .. ޕްލީޒް ސްޓޭ..” މިލާންގެ އަތުގައި ހިފާލަމުން އިޒާން ބުނެލިއިރު މިލާން ދައްކަން އައިވާހަތައް އިޒާންއަށް އިނގުނީ ކިހިނެތްހޭ އަޙާފަދައިން ދެލޯ ބޮޑުކޮށްލައިގެން މިލާން އިނެވެ.

“އެކަމަކުވެސް އަހަރެން ކިޔެވުމަށްޓަކައި ފައިސާ ހޯދަންވެސް މަސައްކަތެއް ކުރަންވާނެއްނު..” މިލާން އެންމެފަހުން ބުނެލައިފިއެވެ. “ޕިސްޕިސް މިހިރަ މީހެއް .. އަހަރެން ބުނެފީމެންމު ތިއީ އަހަރެންގެ ކޮއްކޮއެކޭ ..އަމިއްލަ ކޮއްކޮއެއްފަދައޭ ހަމަ..ކޮއްކޮމެންގެ ކިޔެވުމާ އެހެން ހަރަދުތައް ކުރަން އެހީވުމަކީ ބޭބެ މެންގެ ޒިންމާއެއްނޫންތަ..” އިޒާން ދެލޯ ހަނިކޮށްލާގެން އިނދެ ބުނެލިއެވެ. “ދެން އެކަމު ވެސް ” މިލާން ކިރިޔާ ފޫޅަށް އިވޭވަރަށް ވާހަކަ ދެއްކިއެވެ. ” ކޮން ކަމު ކަމު އެއް ކިޔާކަށް .. މިންމި ކިޔަވާ ނިމި އަމިއްލަ ފައިމައްޗަށް ތެދުވެވި ލައިފްއެއް ސްޓާޓް ކުރެވެންދެން މިންމި މިހާރުވެސް ތިހުންނަ އެޕާޓްމެންޓްގަ ހުންނަވީ ..ލާރިޔާ މެދު ނުވިސްނާ..އޯކޭ” މިލާންގެ ބޮލުގައި ފިރުމާލަމުން އިޒާން ވަރަށް ލޯތްބާއިއެކު ބުނެދިންއިރު ރޮވިފައި އިނދެ ސުކުރުއަދާކުރިއެވެ. މިލާން ހެއްވާލަން ކުޑަކުދިންނޭ ރޯނީ ބުނުމުން ކަރުނައިގެ ތެރެއިންވެސް މިލާން އަށް ހެވުނެވެ.

***

އޮފީސް މަސައްކަތްތައް ނިންމާލުމަށް ފަހު އިޒާން ކާރުގައި މިސްރާބް ޖެހީ ޔަޒަކްމެންގެ ގެޔަށެވެ. އޭރު ގަޑިން ރޭގަނޑު ނުވައެއް ޖަހަނީއެވެ. އެގެޔަށް ވަން އިރު ޔަޒަކް އާއި މިލާން އެގޭ އެއްވަނަ ފްލޯ ބެލްކޮނީގައި ތިބީ ކުރިޔަށް ފެންނަން ހުރި އިމާރާތާއި ދިމާލަށް ބަލަހައްޓައިގެންނެވެ. އެކަކު ވެސް އަނެކަކާއި ވާހަކަ އެއް ނުދައްކައެވެ. އިޒާން ވެސް ހައިރާންވެގެން ހުރެ އެމީހުންނާއި ދިމާލަށް ދިޔައެވެ. އޭރު ކުރިމަތީގައި ހުރި ގޭގެ ފުރަތަމަ ފަންގިފިލާއިން ފެނިގެންދަނީ ޒީވާގެ ކޮޓަރިއެވެ.  ކާޓެއިންތައް ކަހާލެވިފައިވުމުން ކޮޓަރީގެ ބޮޑުބައި  ފެނެއެވެ. އެތެރޭގައި ޒީޥާ ހަރަކާތްތެރިވަމުންދިޔަ މަންޒަރު ކިތަންމެހާވެސް ރީތިކޮންފެނެއެވެ.

ކުރު ސޯޓްކޮޅަކާއި އަޅިކުލައި ހޫޑީއެއްގައި ހުރި އިރު ޒީވާ ދިޔައީ ހެއާރ ޑްރަޔާއިން އިސްތަށިގަނޑު ހިއްކަމުންނެވެ.އެހެން އިނދެފައި އިރުކޮޅަކާއި އަމިއްލަޔަށް ހެއާރ ޑްރަޔާ މޫނާއި ދިމާލަށް ދިއްކޮއްލާ އޭގެން ހޫނުވައި މޫނައް އައުމުން ހިނިގަނޑެއް ޖަހާލައެވެ. އެ ވައިތަކުން ޒީވާގެ ފަން އިސްތަށިގަނޑުގައި ވައި އަޅުވާލާ ވިހުރިގެންދާގޮތް މީހަކު ބަލާ ފޫހި ނުވާނެއެވެ. އެމަންޒަރު ފެނި އިޒާންގެ އަނގައިންވެސް ލުއި އެހެނަސް ފިރިހެންވަންތަ ހީގަތުމެއްގެ  އަޑު އިވިލިއެވެ. އެވަގުތު ސިހިފައި މިލާންއާއި  ޔަޒަކް ބަލައިލިއިރު އެމީހުން ވެސް ތިބީ ހައިރާންވެފައެވެ.

” ޔޫ ޖަސްޓް ލާފް..” މިލާން އަހައިލީ ގަބޫލްނުކުރެވުނީމައެވެ. އޭރު ޔަޒަކް ކައިރީގައި ހުރި އިރު އެމޫނުމަތީގައިވަނީ ލާނެތްކަމެވެ. ” ހޫ ލާފް .. މީ .. ނޯ ވޭ..” އިޒާން ދެކޮނޑު އަރުވާލަމުން ބެލްކޮނީގެ އެއް ފަރާތެއްގައި ބީޗް ޗެއާރ ބައްޓަމައް ހުރި ގޮނޑިއެއްގައި ރީއްޗަށް ހަމަޖެހިލީއެވެ.  ޔަޒަކް ބޯހޫރައިލާފަ އައިސް އިޒާންގެ ކޮނޑުމައްޗައް ވެއްޓި ދިމާކުރަންފެށިއެވެ.

“ހޫމް ޒެކް އަހަރެންނާ ތި ދިމާކުރަނީ ..އަހަރެން ޒެކްއާއި ދިމާކުރަން ފަށައިފިއްޔާ ޔަގީން ބިރުން ދުވެ ފިލާނެ ކަން މިލާން ގޮވާގެން..” އިޒާން ވެސް ދޫދޭކަށް ބޭނުމެއް ނުވިއެވެ. ” ހޫމް ހޫމް .. އަހަރެން ނުގަނޭ ލަދެއް .. މަ ނުހުންނަމޭ ލިވީ ނިދާ ފަ އޮންނައިރު އަލިވިލެންދެން އޭނާގެ މޫނާ ދިމާ ބަލަން ހޭލާ އެއް..” ޔަޒަކް ބުނެލި ވާހަކައިން މިލާންއަށް ވެސް ހިނިގަނޑެއް ޖަހައިލެވުނެވެ. އޭރު އިޒާން ބޯ ކަހާލަ ކަހާލަ ހުރި އިރު އޭނާއަށް ވެސް ހުރީ ހެވިފައެވެ. ” ހޫމް މަށެއް ނުބުނާނަން މަށައް ފެނުނޭ ތިމީހުންގެ ހޮޓް ލިޕް ކިސެސް ސީންތައް ހައެއްކަ ފަހަރު.. ” އިޒާން ބުނެލި ވާހަކައިން މިލާން އާއި ޔަޒަކްގެ މުޅި މޫނު ރަތްވިއެވެ.  އޭރު އިޒާން ހުރީ މި މީޙުންނަށް މިވާ ގޮތްގޮތުން ބަނޑަށް ހީހީއެވެ.  ” ކޮބާ ކޮބާ ..ފައިނަލީ ” އިޒާން ބަލައިލިއިރު ޔަޒަކް އައިސް އިޒާން ކަރުގައި ހިފާލީ މިލާން ލަދުގަންނަވާލީ ކީއްވެހޭ ކިޔާފައެވެ.

” ހަހަހާ.. ފަހަރި އެއްނޫން ކަންނޭގެ ލަދުގަތީ ” އެތަނަށް އައިސް ހުއްޓުނު ޔޫމީން ވެސް ހުރީ ހިނިއައިސްފައެވެ. ޔޫމީންގެ ވާހަކައިން އޭނާއަށް ވެސް ވީގޮތް އިނގިއްޖެކަން  އިނގުމުން ޔަޒަކް އިތުރަށް ލަދުގަނެ އަވަހަށް އެތަނުން ދާންއުޅެންފެށިއެވެ. މިލާން ހުރީ ލަދުން ގޮސްއިސްއުފުލާލަންވެސް ނުކެރިފައެވެ.  ޔަޒަކްއަށް ވީގޮތުން ޔޫމީންއަށް ބާރު ބާރަށް ހޭންފެށުނެވެ. ” ޒާން ހީވަނީ ދުވަހަކު ވެސް ކިސް ނުކުރާ ހެން.. އައި ތިންކް އައި ސޯ ޔޫ ފޯ ޓައިމްސް ” ހަށަން ބުނެލަމުން ޔަޒަކް ބުނެލިއިރު  އިޒާން ފާޑަކަށް ހެވިފައި ހުއްޓެވެ. ” ސީރިޔަސްލީ..” މިލާން އާއި ޔޫމީން އެއްއަޑުން ބުނެލިއިރު  ދެލޮލާއި އަނގަ ބޮޑުކޮށްލައިގެން ދެމީހުންވެސް ތިބި އިރު ހީވީ ދެންމެ ދެންމެ  ސޮނި ފައިބާ ފާނެހެންނެވެ.

” ހޫމް ..” ޔަޒަކް އެހެން ބުނެލުމުން އިޒާން ބޯކަހާލިތަން ފެނުމުން ޔަޒަކް އެހަދަނީ ތެދުކަން ހާމަވެ މިލާން އާއި ޔޫމީން ހުރީ ހަމަ ރަނގަޅަށް ވެސް ހައިރާންވެފައެވެ. އެގޮތުގައި އެތަކެއް އިރަކު އެކަކު އަނެކާއި ދިމާކުރަން ތިބުމަށްފަހު އިޒާން ދުރަށް ޖެހިލީ ފޯނެއް އައިސްގެންނެވެ. އެއް އަތުން ފޯނު ކަންފަތުގައި ޖައްސާލައިގެން ހުރެ އަނެއް އަތުން ރެއިލިންގްގައި އަތް އަޅުވާލައިގެން ހުރެ ޒީވާގެ އެޕާޓްމަންޓާއި ދިމާލަށް ބަލަން ހުރި އިޒާންގެ ތުންފަތްމަތީގައި ދުވެލް ދުވެލަ ހުރީ މައުނަވީ ހިނިތުންވުމެކެވެ.

އޭރު ބެލްކޮނީގައި  ޒީވާ ލެޕްޓޮޕް ހިފާލައިގެން އިނެވެ. އެ ލޯބި މޫނު ފެނުމުން އިޒާންގެ ފިރިހެންވަންތަ މޫނަށް އަޖައިބެއްފަދަ ހިތްހަމަޖެހުމެއް ވެރިވެގަތެވެ. ފޯނުކޯލް ނިމުމުން ފޯނު ޒޫމް ކޮށްލައިގެން ހުރެ ހައެއްކަ ފޮޓޯވެސް ކެމެރާގައި ރައްކާކޮށްލިއެވެ. ކަޅުކުލައިގެ އަތްކުރު ޓީސާޓާއި ކަޅުކުލައިގެ ޖިންސްގައި އިޒާން ފެންނަނީ ނުހަނު ހިތްގައިމުކޮންނެވެ. އަތުގައި ވާ ނާރުތައް ފުފިފައި ހުރިއިރު މަސްލްސްތަކުގެ ވަރުގަދަކަމުން އަންހެން ކުއްޖަކު މޮޔަވާހާ  އިޒާން ސްމާޓެވެ. ތުނި ކޮން ކޮށާލެވިފައިވި ތުނބުޅީގައި އެއް އަތުން އަތްހިނގާލިއެވެ.  އަނެއް އަތުން ކަނދުރާޔާ ހިސާބަށް އަރާ މަޑު ރާޅުބާނީ ކަމެއް ހުރި ފަން އިސްތަށިގަނޑުގެ ތެރެއަށް އަތް ލައިގެން ހުރި އިޒާންގެ މަޑުރަތްކަމެއް ހުރި ތުންފަތުގައި ދަތް އަޅާލެވުނީ ޔަޒަކް ބުނެލި ވާހަކަ ހަނދާންވެފައެވެ. “ކިސް” މަޑުމަޑުން އިޒާންއަށް އެހެން ބުނެލި އިރު އިޒާން އަށް ބަލާލެވުނީ ޒީވާގެ ފިނިފެންމާ ކުލައިގެ ތުންފަތަށެވެ. އެހަނދާންތައް ހަނދާންވުމާއެކު އޭނާގެ ދެލޯ ކަރުނުން ފުރުނެވެ.

އިސާހިތަކު ސްނޯ ވެހެން ފެށުމުން ޒީވާއޭނާގެ މަސައްކަތް ހުއްޓާފައި މިސްރާބްޖެހީ ކޮޓަރިޔަށް ވަނުމަށެވެ. ކޮޓަރިއަށް ވަދެ ހުރިހާ ދިމާލެއްގައި ހުރި ކާޓެންތައް ތިރިކޮށްލާ އެނދާއި ދިމާލަށް އިން ކާޓޭން ޒީވާ  އިންގޮތައް ބޭންދިއެވެ. އޭނާ ކޮޓަރިއަށް ވަދެ ނިދަން ވެގެން އޮށުވެލި އިރު ވެސް އިޒާން ހަމަ އެތާގައި ހުއްޓެވެ. ޒީވާ ނިދާހާ އިރު ކޮށްފައި އިޒާން ގޮސް އެގެޔަށް ވަނެވެ. ޒީވާގެ ކޮޓަރިޔަށް ވަދެ އޭނާ ކޮންމެ ރެޔަކުވެސް މަޑުކޮށްލާ ކަނުގައި ހުއްޓެވެ. އޭނާ އެތާގައި ހުންނަތާ އިރުގަނޑެއް ފަހުން އޭނާއަށް  ބަލައިލެވުނީ ޒީވާ އެއްޗެކޭ ކިޔާހެން ހީވެގެންނެވެ. ބަލައިލިއިރު އޭނާ އޮތީ ދާހިއްލާ ފޯވެފައެވެ. ދެފަރާތައް މޫނު އަނބުރަމުން ދިޔައިރު ހީވީ ބިރުވެރި ހުވަފެނެއް ބަލަމުން ދިޔަހެންނެވެ.

***

“ބަގީޗާގެ ތެރޭގައިވާ އުނދޯއްޔެކެވެ. ފިނި މޫސުމުގެ ދުވަސްތައް ކަމުގައިވާތީ ހޫނުމުސުމުގައި ހެދޭ ޒާތުގެ ގަސްތައް ވެސް ވަނީ ހަލާކު ވާން ފަށައިފައެވެ. ބަގީޗާ ތެރޭގައި ދެއަންހެން ކުދިން ހީ ސަކަރާތް ޖަހަމުންދިޔައެވެ. ދެން އެތަނަށް އައީ ފިރިހެން ކުއްޖެކެވެ. އެ ފިރިހެން ކުއްޖާ އައުމުން އެއް އަންހެން ކުއްޖަކުއެތަނުން ދިޔައެވެ. އެ ފިރހެންކުއްޖާ އާއި އެތަނުން އަނެއް އަންހެންކުއްޖާ ފެންނަމުންދިޔަ  އުނދޯލީގައި އިށީނދެލިއެވެ.

އެ އެކާވީހަކަށް އަހަރުގެ ފިރިހެން ކުއްޖާގެ އަތުގައި ހިފާލައިގެން އެއިނީ އެގާރަ އަހަރުގެ އަންހެންކުއްޖެކެވެ. އަންހެން ކުއްޖާގެ މޫނުމަތީން ފެންނަނީ އުފާވެރިކަމެވެ.   ” ކޮބާ .. މިއާދެވުނީއޭ.. އިއްޔެ ލިވީ ބުނަން އުޅުނު ވާހަކަ ބުނޭ..” އެ ފިރިހެންކުއްޖާގެ ސުވާލުން އަންހެންކުއްޖާގެ މޫނަށް ނުތަނަވަސްކަން ވެރިވިއެވެ.  “ޒާން .. ޑިފީ ބަލަނީ އެހެން ގޮތަކަށް .. މަންމަ ކައިރީގައި ނުކެރޭނެ ބުނާކަށް.. ހީވަނީ ލިވީ ގާގަ އަތްލަން އުޅޭހެން…ދެން ނޭނގެ ވަރަށް ފާޑަކަށް އޭނައުޅެނީ  ” އެއަންހެން ކުއްޖާ ފިރިހެން ކުއްޖާގެ އަތުގައި ކުރިއަށްވުރެން ބާރަށް ހިފާލިއެވެ. އެވަގުތު ފިރިހެން ކުއްޖާއަށް އަންހެންކުއްޖާއާއި ދިމާލަށް ބަލައިލެވުނީ ކަންބޮޑުވެފައިވި ނަޒަރެއްދެމުންނެވެ. “ކީއްވެ .. ކީއްވެ ތި ވަހަކަ ނުބުނީ ކުރިން ..މީގެ މަންތް އެއް ކުރިން އަހަރެމެން ރިލޭޝަންޝިޕެއް ސްޓާޓް ކުރި ރޭ ވީ ޕްރޮމިސްޑް އީޗް އަދާ ނޮޓް ޓް ކީޕް އެނީތިން ސީކްރެޓް.. ކީއްވެ ލިވީ.. އަހަރެންނަށް އެހީވެޥޭނީ ވެސް ބުނީމައެންނު …” އެ ފިރިހެން ކުއްޖާ ، އަންހެންކުއްޖާގެ މޫނުގެ ދެފަރާތުން ހިފަހައްޓާލައިގެން އިނދެ ބުނެލިއެވެ.  އޭރު އޭނާގެ މޫނު މަތީގައިވަނީ ސަކުވާއެވެ. ” އޯކޭ ލިވީ .. އަހަރެން ބުނާހެން ވާނީ ދެން އުޅެން.. ކުޑަ މަންމަ ކައިރީގައި މިވާހަކަ އަހަރެން ބުނާނަން.. ލިވީ އަށް ނޭނގޭ ކަންތައްތަކެއް އެބަހުރި.. މިހާރު އަހަރެން ކުލާހަށްދާ ގަޑި ޖެހުނީ … އަހަރެން މާދަން ކިޔައިދޭނަން.. އިންޝާ ﷲ.. ބަޓް އަހަރެން ބުނާގޮތައް ހަދާތި..” އެ ފިރިހެން ކުއްޖާ ، އަންހެންކުއްޖާގެ ބޮލުގައި ފިރުމާލަމުން ބުނެލިއެވެ.  “..ޔެސް ޒާން ބުނާހެން ހަދާނީ .. ސޮރީ އިނގޭ .. ދެން އެހެނެއް ނުވާނެ ..” އަންހެން ކުއްޖާ މަޑުމަޑުން ބުނެލާފައި އިންތަނުން ތެދުވިއެވެ. އޭރު ފިރިހެން ކުއްޖާ ހައިރާންވެފައި ބަލަން އިންދައި އަންހެންކުއްޖާ މަޑުމަޑުން ކޮރާލައިފާ އެ ފިރިހެންކުއްޖާގެ ތުންފަތުގައި ބޮސްދިނެވެ.

****

“މަންމާ..” ފުންމާގެން ތެދުވި ޒީޥާ ފެނި އިޒާން އެދާއި  ފާރާއި ދޭތެރެއަށް ނިވާވެލެވުނެވެ. ޒީވާ އެނދުގައި އެކިފަރާތައް ނަޒަރު ހުއްޓާލަމުން ފޯނު ހާދައިގެން ކައިވަން ގުޅާލިއެވެ. ފަސްވަރަކަށް މިނެޓް ތެރޭގައި ކައިވަން އައި އިރު ވެސް ޒީވާ ތުރުތުރު އަޅަމުން ދިޔައެވެ. ” ޒާން.. ޑިފީ ..ނައު ކުޑަ މަންމަ.. ..ނައު ކުޑަ އަންހެން ކުއްޖެއް.. އަޅެ އެއީ ކޮން ބައެއްތަ..” ޒީވާއަށް ވެފަ އިންގޮތުން ކައިވަންގެ ހިތުގައި ވެސް ހަމްދަރުދީ އުފެދުނެވެ.

“ޒިވީ .. ފަސްޓް ހަމަޖެހީ.. މިއަންނަނީ މިނީ ރޫމަށް ލާފަ.. ނިދަނިދާ  ހޭލައިގެން ނުނިދަންވެގެން އަހަރެންގެ ރޫމަށް ގޮސް އަހަރެން ހޭލައްވާލީ .. މިހާރު އެބައިން ގޭމް ކުޅެން … އެބަ އަންނަން އޭނާ ރޫމަށް ލާފަ …” ކައިވަން އަވަހަށް އަންނާނަމޭ ބުނުމުން ޒީޥާ ބޯޖަހައިލިއެވެ.

“އަޅެ ކީއްވެތަ.. އެ ފިރިހެން ކުއްޖާގެ ފޭސް ނުފެންނަނީ.. ވައި ވީ ކިސްޑް .. ” ޒީޥާއަށް އަމިއްލަ ތުންފަތުގައި އަތް ޖައްސާލެވުނެވެ. އެއަޑު ފިލާހުރި އިޒާންއަށް ވެސް އިވުނެވެ. އޭނާއަށް ވެސް ލިބުނީ ހައިރާންކަމެވެ. އެ ހިނދު ކައިވަން އަލުން އަނބުރާ އައި އަޑު އިވުނެވެ.

އެއްވެސް ފޮރުވުމެއްނެތި ތަފްސީލްކޮން ހުވަފެނުގެ ވާހަކަ ކިޔައިދިނެވެ. އެންމެ ފަހުން ބުނެލި ވާހަކަތައް ކައިވަން ގާތު ބުނަން ޖެހުމުން ލަދުވެސްގަތެވެ.

“ކައި.. އަހަރެންނަށް ހީވަނީ ..އަހަރެންގެ ގަޔަށް މި ލައްވާ ބޭސްގުޅަޔާއި ލެންސާއި ދުރުވާންވީ ހެން ..” ޒީވާގެ ބަސްތައް އިވި ވަގުތުން ކައިވަން އަށް ނޯ އޭ ބުނެވުނެވެ. “ނޯވޭ .. ބަޓް ބޭސް ބޭނުން ކުރާތި ބަޓް އިފްޔޫ ވޯންޓް ތި ލެންސް ނެގިދާނެ ..ޒިވީ އިނގޭނު ދޯ މެމޮރީސްތައް ލޫޒް ވެފަ ކަން.. މެމޮރީސްތައް ރިޓާން ވަންދެން އަހަރެން ބުނާގޮތައް ހަދާ..އައެމް ޔުއާރ ބެސްޓީ އެންޑް ބްރަދާ ޓޫ.. ސޯ އަހަރެން ބުނާހެން ހަދާ.. އަހަރެން ޒީޥާއަށް ދެރަގޮތެއް ނުބުނާނެކަން އެނގެންވާނެ މިހާ ދުވަސް ވާއިރު ދެން  ” ކައިވަން ބުނެލިއެވެ.

“ޔާ… ބަޓް …ކޮން ބައެއްތަ އެއީ.. ކައި.. އައި ނޯ ކައި އަށް އިނގޭކަން… ބަޓް ކީއްވެތަ އަހަރެން އަނދިރީގަ ބަހައްޓަނީ.. ތިމީހުން ނުބުންޔަސް އަހަންނަށް އިނގޭ އަހަންނާ ޔޫމީން ގެ އޮންނަނީ އާދައިގެ ގުޅުމެއްނޫންކަން.. އަހަރެންނަށް ހާދަ ޙާޓްވެޔޭ މައިންބަފައިންނާއި ދައްތަ އާއި ބޭބެއެއް ހުންނަކަން އެނގި އެމީހުންނަށް ނުފެނި އުޅެން ” ޒީވާގެ މޫނަށް ވެރިވި މާޔޫސްކަން ފެނި ކައިވަން ވަގުތުން އެދެއަތުގައި ހިފާލިއެވެ.

“ޒީވާ ..އަނދިރީގަ ބަހައްޓަނީ އެންނޫން.. އަހަރެން ޒީވާގެ މަންމައާއި ޒީޥާ ބައްދަލްކުރުވާނަން .. ބަޓް އަހަންނަށް ޓައިމްސް ދީ.. އަހަރެން ބޭނުމެއް ނޫން އަހަރެންގެ ބެސްޓްފްރެންޑް ރޯތަން ބަލާކަށް.. ” ކައިވަން އާދޭހާއި އެކު ބުނެލިއެވެ. އެތައް އިރަކު ވާހަކަ ދެއްކުމަށްފަހު ޒީޥާހަމަޔަކަށް އެޅިލުމުން ކައިވަން ބޭރަށް ނުކުތެވެ.

ތަންވަޅު ބަލާފައި އެދެމީހުން ކުރެ އެކަކަށް ވެސް ނުފެނި އިޒާން ވެސް އެކޮޓަރިން ބޭރަށް ދެމިގަތެވެ.

****

މެންދުރުގެ ވަގުތެވެ. ޒީވާ ހުރީ ގޭގެ ބަގީޗާ ތެރޭގައި އެވެ. އޭނާ ވިސްނަމުންދިޔައީ އޭނާއަށް މިހާރަކަށް އައިސް ފެންނަ ހުވަފެންތަކާއި ކުރިމަތިވަމުން އަންނަ ކަންތައްތަކާއި މެދުގައެވެ. އޭނާގެ ބޯވަނީ ރަނގަޅަށްވެސް ހާސްވެފައެވެ. އެހެން ހުއްޓާ ނީކިޔާއައިސްވަނެވެ.

 

“ދޮންތީ.. އައިފަހުން ޔޫމީ ދައްތި ނުފެނެ.. މިހާރު ޓޫ ވީކްސް ވީ … ފަސްޓް ޑޭ ބުނި އަންނާނަމޭ .. ބަޓް އަދިވެސް ނާދޭ..” ނީކިޔާ ހުރީ ޔޫމީން ނާންނާތީ ސަކުވާ ކޮށްލަކޮށްލައެވެ. “ޔޫމީ ދައްތި އާންޓް އެއް ވަރަށް ބޮޑަށް ބަލިވެގެން ކުއްލިޔަކަށް ދާން ޖެހުނީ އެހެންއަވަށަކަށް .. ޔޫމީ ދައްތި އަށްނާދެވުނަސް ކޮންމެ ދުވަހަކު ގުޅަ އެންނު ދޯ .. އެހެންނޫނަސް ދޮންތި އާއި ކޫބެ ކޮންމެދުވަހަކު ވެސް މިނީ ގޮވައިގެން ހިނގާލަން ދަމެންނު ދޯ … ” ޒީވާ ނީކިޔާ ހިތްހަމަޖައްސާދޭން މަސައްކަތް ކުރިނަމަވެސް ނީކިޔާގެ ސަކުވާތައް ވީ އިތުރެވެ.

ސުވިޒަލޭންޑަށް ބަދަލްވިފަހުން ވޭތުވެދިޔަ ދުވަސްތަކުގައި ޒީވާއާއި ކައިވަން ނީކިޔާ ގޮވައިގެން ކޮންމެ ދުވަހަކުވެސް ބޭރަށް ދެއެވެ. އެގޮތަށް ދާ ދުވަސްތަކުގައި ކައިވަންގެ “ބެސްޓް ފްރެންޑް” ވިޝާން އާއި އޭނާގެ އަންހެނުން ޔުނާ ވެސް އެކުގައި ބައިވެރިވެއެވެ. ވަރަށް ގިނައިން އެމީހުން އެންމެން އެކުގައި ޒީވާމެންގެ ގޭގައި ކެއްކުންތައް ވެސް ކައްކާހަދައެވެ. ވިސާން އާއި ޔުނާ ސުވިޒާލޭންޑަށް ދިރިއުޅުން ބަދަލްކުރީ ކައިވެންޏަށްފަހުއެވެ. ވިޝާންއަކީ ޑޮކްޓަރެކެވެ. ޔުނާ އަކީ ނަރުހެކެވެ. ދެމީހުންވެސް މަސައްކަތްކުރަނީ އެއްހޮސްޕިޓަލެއްގައެވެ. ކުރިން ޔުނާ ރާއްޖޭގައި މަސައްކަތްކުރީ ޒީވާ އާއި އެކު އެއް ހޮސްޕިޓަލްގައި ކަމަށްވުމުން އޭރުވެސް ދެމީހުން އެކުވެރިއެވެ. މިހާރު އެއްކޮން އުޅެވި ކުރިޔަށްވުރެން ވެސް ބޮޑަށް ވަނީ އެކުވެރިވެވިފައެވެ. ވިޝާންއާއި ޔުނާ ދިރިއުޅެނީ ޒީވާމެން އުޅޭ ގެޔާ މާދުރުނޫން ހިސާބެއްގައި ހުރިގެއެއްގައެވެ.

**

އާދުވަހަކަށް މަރުހަބާ ކީނަމަވެސް ފިނި މޫސުން ކަމުގައިވާތީ އިރުގެ ރަންދޯދިތަކުގެ ހިލަމެއް ނުވެއެވެ. ފަތިސް ނަމާދުކޮށްލައިގެން ޒީވާ އަވަސްވެގަތީ ނީކިޔާ ނަމާދުކުރުވަން ބަހައްޓާފައި ކައިވަން ހޭލައިގެން އަންނަން ވާއިރަށް ކާއެއްޗެއް ހެދުމަށެވެ. އަތްމަތި އަވަސްކޮށްލައިގެން ޕޭން ކޭކު ފިހެ ސޮސެޖް އަދި ނަގެޓްސް ތެލުލުމަށްފަހު މޭޒަށް ނެގިއެވެ. ޕާން ޓޯސްޓް ކުރުމަށް ޖައްސާފައި ކަބަޑަކުން ދެތިން ސޯސްފުޅި އާއި ޕޭންކޭކްއަށް އަޅާ ދެވައްތަރެއް ގެ ސިރަޕް މޭޒަށް ނެގިއެވެ. އެހިނދު އޭނާގެ ނޭފަތުގައި ޖެހުނީ ޓޯސްޓުތައް އަނދާ ވަހެވެ. ” އަޅެސް .. އަދި އަވަސްކުރަން އުޅެންޔާ ލަސްވާނީ ..” ތުންދަމާލަމުން އަނދާފައި ހުރި ޓޯސްޓްތައް ނެގުމަށްފަހު އަލުން ޓޯސްޓްހެދިއެވެ.

ކައިވަން އާއި ނީކިޔާ ބަދިގެޔަށް ވަނީ ޒީޥާ މޭޒަށް ޖޭމް އާއި ބަޓާރ ނަގަނިކޮންނެވެ. އޭރު ބަދިގެތެރޭގައި ހިފާލައިފާ ވަނީ އެނދި ޓޮސްޓްތަކުގެ ވަހެވެ. “މިނީ.. ދޮންތި މިއަދު އަހަރުމެންނަށް އެނދި ކާއެއްޗިސް ދޭ ދުވަހަކީ ކަންނޭގެ” ކައިވަން އައިސް ޒީވާގެ އިސްތަށިގަނޑަށް ދަމާލަމުން ޒީވާއާއި ދިމާކޮށްލިއެވެ. ޒީވާ ތުން ދަމާލައިގެން ހުރެ ކުސްތަޅާއިލިއެވެ. ” މާ ފޮންޏެއް ވާނެ ކަމެއް ނެތް …ހަދާފަ ހުރިއެތިކޮޅު ވެސް ފޮރުވަފާނަން..” ޒީވާ ކައިވަން ބޮލަށް ދަމާލަމުން ބުނެލިއެވެ. ކައިވަން ވެސް ހިނިގަނޑެއް ޖަހާލައިފާ ކާންއިންތިއެވެ. ކައިވަން އާއި ނީކިޔާ އަދި ޒީވާއަށް އޮރެންޖް ޖޫސް އަޅައިލުމަށްފަހު ޒީވާ ވެސް ކާން އިށިނެވެ.

“ކެރޮޓް ބިރެއް ނުގަނޭ ތަ.. މާދާން ނޫން އަނެއް ދުވަހު ކިޔެވުން ފެށޭނެ  އައިމް ސޯ ނާވަސް… ” ކައިވަން އާއި ދިމާލަށް ބަލައިލަމުން ޒީވާ އަހައިލިއެވެ. ” ނޮޓް މަޗް.. މިނީ ވެސް މާދަން ނޫން  އަނެއްދުވަހު ދޯ ސުކޫލްއަށްދަނީ..” ކައިވަން ނީކިޔާ އަށް ބަލައިލަމުން ޒީވާއާއި ސުވާލް ކޮށްލިއެވެ. “ޔާ .. އަހަރެން ވެސް ކައިވަން ވެސް އަދި ޔޫމީއަށް ވެސް ދާންޖެހޭނީ މޯނިން ގަ  އެއިޓް އަށް..  ނިމޭނީ އެކެއް ޖަހާއިރު… ނަސީބެއް މިނީއަށް ދޭއްޖަހާއިރު ދާން ޖެހެނީ ..” ނީކިޔާ އާއި އެއްގަޑިއެއްގައި އެމީހުންނަށްވެސް ދާންޖެހިދާނެތީ  ޒީވާހުރީ ނުހަނު ކަންބޮޑުވެފައެވެ. މިއަދު ޒީވާ ބޭނުންވީ ޔުނިވާރިސިޓީ އަށް ދާން ވާއިރަށް ކުޑަކޮން ބާޒާރު ކޮށްލާށެވެ. ކައިވަންވެސް އެކަމަށް ތާއީދުކުރިއެވެ. އެހެންކަމުން މިއަދު ހަވީރު ހިނގާލުމުގެ ބަދަލުގައި ބާޒާރަށް ދާން ނިންމިއެވެ. “އާނނ. ރޭގ ޔޫމީ އައޭ .. އަހރެންގެ ކާރު ލިބުނީމަ އެއާވެގެން އުޅެނިކޮން އައީ.. ޒީވާ ނިދާފައޭ ބުނީމާ އޯކޭ އޭ ބުނެ ބުނީ މާދަން އަންނާނަމޭ ” ކައިވަްގެ ވާހަަ އިވުމުން ޔުމީންއަށް ގުޅާނެ ކަމަށްބުނެ ޒީޥާ އަވސްވެގަތީ ކެޔުމަށެވެ.

ކައި ނިމިގެން ތަށިތައް ނަގަން ހުރި ޒީވާ ސިހުމެއް ލިބުނީ އޭނާގެ ފޯނު ރިނގުވާހެން ހީވުމުންނެވެ. ފޯނު އޮތީ ކޮޓަރީގައި ކަމަށްވުމުން އެނާގޮސް ބެލިއިރު ޔޫމީންގެ ސަތޭކައެއްހާ މިސްކޯލްފެނުނެވެ. ” އޯހް މައި ގޯޑް.. ޝީ ވިލް ކިލް މީ.. ” ހިންދިރުވާލުމަށްފަހު ޔޫމީންގެ ނަންބަރަށް ޑައިލްކޮށްލި ޒީވާ ގޮސް ދޮރު ހުޅުވީ ބެލް އަޅަން ފެށުމުންނެވެ. ދޮރުހުޅުވާލުމާއިއެކު އެނާއަށް ފެނުނީ ދެލޯ އަޅައިލާގެން ހުރި ޔޫމީންއެވެ. ޒީވާ ދިޔައީ ސިއްސައިގެންނެވެ. “ސާބަސް.. އަހަރެންނަށް ނޭނގޭ މިހާރު ގުޅުނު އަދަދެއް.. ފޯނު ވެސް ދޮންބޮޑުވެފަ” ފުރަތަމަ ވެސް ފާޑަކަށް ހެވިލާފައި ޒީވާއަށް ކަންފަތް ކަހާލަން ޖެހުނީ ޔޫމީން ހަޅޭއްލަވައިގެންލެއް ބާރު ކަމުންނެވެ. އޭރު ތިރީގައި މާ އަޑުގަދަވެގެން ކައިވަން ވެސް އައިސްފިއެވެ. ޔޫމީން ދިޔަގޮތަށްގޮސް ޖެހިގަތީ ސޯފާއަށެވެ. ” މަންޖެ ކީކުރަން ގެންގުޅޭ ފޯނެއް…. ރޭގަ ވެސް އަހަރެން އައީމޭ އަށެއް ޖެހި އިރު … މީންދަ ސޭކު އާއި ދިމާވީ.. އެހާ އަވަހަށް އައީމަ ވެސް ލިބުނީ ކަމަނާ ފާނު ނިދި ހަބަރު..” ޔޫމީން އިނީ ހަމަ ރަނގަޅަށް ވެސް ރުޅިއައިސްފައެވެ. އޭނާ ، ޒީވާއަށް ގުޅަނީ ރޭންސުރެންވިއްޔާއެވެ.

” މީ.. ސޭކް..” ކައިވަން އަށް އަމިއްލަމޭގައި ޖަހައިލެވުނީ ޔޫމީން އާއި ދިމާ ބަލައިލަމުންނެވެ. ޔޫމީން ވެސް ދެލޯ ކުޑަކޮށްލަމުން ބޯޖަހައިލިއެވެ. ދެން ފެނުނީ ކައިރީގައި އޮތް ކުޝަން ނަގާ ކައިވަން، ޔޫމީންއާއި ދިމާލަށް އެއްލިތަނެވެ. ނަމަވެސް ޔޫމީން ދިރިކޮށްލި ބޮލުގެ ސަބަބުން އެ ހަމަލާއިން ރެކިގަނެވުނެވެ. އެހަމަލާ އެރީ އެވަގުތު އެގެޔަށް ވަން ވިސާންގެ ގަޔަށެވެ.  ކައިވަން އަވަސް އަވަހަށް މާފަށްއެދެވުނެވެ. އޭރު ޒީވާއާއި ޔޫމީން ތިބީ ލާނެތްގޮތަކަށް ހެވިފައެވެ.

“ހޫމް އެންމެ ރަނގަޅޭ..” ކައިވަން ދެލޯ ހަނިކޮށްގެން ހުރެ ޔޫމީންގެ އިސްތަށިގަޑަށް ދަމާލިއެވެ. އޭރު ތަދުވެގެން ޔޫމީން އިނީ އިސްތަށިގަނޑުގައި ހިފައިލާގެންނެވެ. އެތަންފެނުމުން ކައިވަން ދޫނެރެލިއެވެ.

“ހޫމް އެއްކަލަ ދެމީހުން  .. ދެން ހުއްޓާ.. ކެރޮޓް ކަންތައް ހާދަ ފަލައޭ..” ޒީވާ ، ޔޫމީންގެ ބޮލުގައި ފިރުމާލަމުން ބުނެލިއެވެ. ” މީ ކޮން ކުއްޖެއް..” ވިސާން އިނދެފައި އަހައިލީ ޔޫމީން އަށް އިޝާރާތް ކޮށްލަމުންނެވެ. ކައިވަން ، ޔޫމީން އާއި ވިޝާންއެކަކު އަނެއްކަކަށް ތައާރަފް ކޮށްދިނެވެ.

“ކޮބާ ޔުނާ..” ކައިވަން އަހައިލީ ވިސާން އެކަނި އައުމުންނެވެ. އެހެންޏާމުގަ އަންނާނީ އަބަދުވެސް ދެމީހުން އެއްކޮންވިއްޔާއެވެ. “މަ ރޭގަ ހުން އައިސްގެން އުޅުނީމަ އޭނާ ގަބޫލެއްނުވި މިއަދު ޑިއުޓީއަށް ދާކަށް.. އެހެންވެ މަ މިއަދު ސަލާމް ބުނެފަ ނުދަން.. އޭނަ ޑިއުޓީއަށް ލައިދީފަ މިއައީ .. ” ވިޝާން ކިޔައިދިނެވެ. “އޯހް.. ކޮންތާކުތަ އޭނަ ވޯކް ކުރަނީ.. ” ވިޝާންގެ މޫނަށް ބަލައިލަމުން ޒީވާ އަހައިލިއެވެ. “ޒެންޓްރެސް ޔުނިވާސިޓީ ހޮސްޕިޓަލް ގަ..” ވިޝާންގެ އަޑުން ޔޫމީން އަށް ބަލައިލެވުނެވެ. ” ސީރިއަސްލީ.. އެއީ އަހަރެމެން ކިޔަވަންދާ ދާން އުޅޭ ތަން..” ޔޫމީން ބުނެލުމާއި އެކު އެކަކު އަނެކަކާއި ދިމާލަށް ބަލައިލަމުން ހިނިތުންވެލިއެވެ. ” ރަނގަޅަކަށްނު މިދިމާވީ.. އެތާގަ ވެސް ފޫހިވެގެން އުޅޭކަށް ނުޖެހޭނެ ވިއްޔާ.. ކޮންކަހަލަ ދާއިރާ އެއް ޗޫސްކުރީ ތިން މީހުން..ކިތައް އަހަރު ބާކީ އިންނާނީ.” ވިޝާން ، ޒީވާ ގެނެސް ކުރިމަތީގައި ބެހެއްޓި ނަގެޓްސް ތަށިން އެއްޗެއް ނަގާ ސޯސްގައި ޖަހައިލައިގެން އަނގަޔަށް ލަމުން އަހައިލިއެވެ. “ތިން މީހުން ވެސް ނިއުރޯ ސާޖަންސްއަށް .. މަ ނިމޭނެ އަވަހަށް … މަގޭ އެކޮޅުން މާސްޓާސް ހަދައިގެން އައީ.. އެކޮޅުގަ ހަތަރު އަހަރު ކިޔަވާފަ މިއައީ  .. ރާއްޖޭން ވެސް މެޑިސިން ހެދޭނު ވަރަށް މައްޗައް .. އެކަމް ސްޕެޝަލައިޒް ނުވެވެނީ.. މަ މިހާރު ބާކީ އިންނާނީ ސްޕެޝަލައިޒް ވާން އިންނަ ދެއަހަރާއި ހަމަސް އެކަނި .. އެރުން ނިމުނީ މަ ..ދެން ވަންނާނީ މިކޮޅުން ޖޮބް އަށް …. ސޯ …” ކައިވަން ކިޔައިދިނެވެ.

“ދެން މިތިބަ ދޭތި ދޯ.. މި މީހުން ނާސިން ހަދާފަ .. ޑިގްރީ ނިންމާފަ އޭގެން.. އެހެންވެ ދެން މެޑިސިން ހަދަންޏާ މި  މީހުންނަށް ކިޔަވަން ޖެހޭނީ ފަސް އަހަރު ވަންދެން .. ސްޕެޝަލައިޒް ވެފަ ހަމަ .. ” ޒިވާ އާއި ޔޫމީންއަށް ބަލައިލަމުން ކައިވަން ބުނެލިއެވެ. އެމީހުންނާއި ދިމާލަށް “ދޭތި ” އޭ ބުނުމުން ކައިވަން އާއި ދިމާލަށް ޔޫމީން، ތިޔައީ ބޮޑު އެއްޗެއް ނޫން ހޭ ބުނެލިއެވެ. އެމަންޒަރުފެނި ވިޝާންގެ ގާތަށް ވެސް ހިނިއައެވެ.

ދެން ފެށުނީ މިއަދު ހިނގާލަން ދިޔުމާއި ބެހޭ ބަހުސްއެވެ. ޒީވާ އާއި ކައިވަން ބާޒާރަށް ދާ ވާހަކަ ބުނުމުން މާދަމާ އޭދާނީ ޔޫމީން ބުނެލީ އޭނާވެސް ދާންބޭނުންވެފައި ހުރިވަރުންނެވެ.  އެންމެން އެކި އެއްޗިސް ކިޔަމުން ދަނިކޮން ޔޫމީންއަށް ރަނގަޅު ހިޔާލެއް އައެވެ. ” ހިނގާބަ އޯވާނައިޓްއަށް ދާން .. ފަރުބަދަ  ސަރަހައްދައް ދާނީ .. މާދަން ޓެން ހާއިރު އަންނާނީ މިއަދު ހަވީރު ފަހެއްގަ ގޮސް ..” ޔޫމީންގެ ހިޔާލް އެންމެނަށް ވެސް ކަމުދިޔައެވެ. ޔުނާ ޑިއުޓީ ނިމިގެން އައުމުން އެމީހުން ނިންމީ ފަރުބަދަމަތީ ސަރަހައްދެއްގައި އޯވާ ނައިޓް ހެދުމަށެވެ. އޭގެ ކުރިން ގަންނަން ޖެހޭ އެއްޗިސް ހުރުމުން އެމީހުން ނިންމީ ބާޒާރު ކޮށްލަން ދިޔުމަށެވެ. ވިޝާން އާއި އެކު ކައިވާން ދިޔައީ ކައިވަންގެ ކާރުގައި ޓެންޓާއި ލައިޓްސް ގަންނާށެވެ. ޔޫމީންގެ ކާރުގައި އޭނާ އާއި ޒީޥާ، ނީކިޔާ  ގޮވައިގެން ދިޔައީ ކެއުމަށް ބޭނުންވާނެ އެއްޗިސްއާއި އެކު އެހެނިހެން ސާމާނު ގަންނާށެވެ.

***

ކާރުގައި ސާޅިހަކަށް މިނެޓް ހޭދަ ކުރުމަށްފަހު ޒީވާމެންފޭބީ ބޮޑު ސޮޕިން މޯލަކަށެވެ. އަވަށުގެ މެދެއްހާ ހިސާބުގައި ހުރި އެ މޯލަށް ދިޔުމަށް ފުދޭވަރަކަށް ވަގުތު ހޭދަވީ ޓްރެފިކްގައި ޖެހުމުންނެވެ. ދިހަބުރީގެ އެ އިމާރާތުގެ ހައިބަތު ބޮޑުކަމުން މިވެސް އެއްޗިސް ވިއްކާތަނެއް ހޭ ޒީވާއަށް އަހައިލެވުނެވެ. ޔޫމީންގެ ގާތައް ހިނިއައިސްފަ އާއެކޭ ބުނެ އޭނާގެ ފަހަތުން އައުމަށް އިޝާރާތް ކުރިއެވެ. ޒީވާ އެތެރެއަށް ވަންއިރު އެނާގެ ކޮންމެ ހަރަކާތަކަށް ކަޅި ޖަހާނުލާ ބަލަން މީހަކު ހުރިކަމެއް އޭނާއަކަށް ނޭނގެއެވެ. ކަޅުކުލައިގެ ހޫޑިއެއް ލާފައިވީއިރު އޭނާގެ ބޮލާއި އެކު މޫނު ނިވާ ވެފައިވަނީ ލާފައިވި ހޫޑީގެ ހުޑްއިންނެވެ.ލައިގެން ހުރި ޖީންސްގެ ދެޖީބައް އަތްޖަހާލައިގެން ހުރެ އެމީހަކު ވެސް ޒީޥާގެ ފަހަތުން އެތެރެއަށް ވަނެވެ.

ޔޫމީންއާއި އެކު ނީކިޔާ އެކި ކަހަލަ ބުއިންތަކާއި ކަސްޓަޑް އަދި ޔޯގަޓް ހުރި ހަރުތަކާއި ދިމާލަން ދިޔުމުން ޒީވާ ޖެހިލީ ކޭކްތަކާއި ލުއިކާނާ ހުރި ހަރާއި ދިމާލަށެވެ.  ހިތްހަމަޖެހޭ ކަހަލަ ފެނިއްޖެ ނަމަ ހަލާލް ލޯގޯ ޖަހާފަ އިންތޯ ބެލުމަށްފަހު ހިފައިލާގެން ހުރި ޓްރޮލީ ބާސްކެޓަށް ވައްޓާލައެވެ. ފަހަރަކު އެއްޗެއް ލަމުންގޮސް ފެނުނު ޗިކެން ފްލޭވާޑް ޗިޕްސް ޕެކްޓްއާއި ގަޔާވިވަރުން އޭގައި އަތްލިތަނާހެން އެވަގުތުވީ އެހެން މީހަކު ވެސް ހަމަ އޭގައި އަތްލި ވަގުތެވެ. ޒީވާއަށް އެމީހަކަށް ބަލައިލެވުނެވެ. އެމީހަކު ހުރީ ކަޅުކުލައިގެ  ހޫޑިއެއް ލާފައެވެ. އޭނާގެ ބޮލާއި އެކު މޫނު ނިވާ ވެފައިވަނީ ލާފައިވި ހޫޑީގެ ހުޑްއިންނެވެ. ފެންނަ ފެނުމަށް ޖަހަނީ ބިރުވެރި ވައްތަރެކެވެ.

“ހޭއި ލިވީ.. އަހަރެން ބުނީމެންނު ވީ ވިލް މީޓް ސޫން އޭ..” އެމީހާ ހުޑް ތިރި ކޮށްލިއެވެ. އެއާއެކު ފެނިގެންދިޔައީ އޭނާގެ ކަނާއަތު ލޯފިޔަވައި މުޅި މޫނު ވަނީ ކަޅުކުލައިގެ ރަބަރު މާސްކަކުން ނިވާކޮށްފައިވާތަނެވެ. ކަޅުކުލައިގެ ކަޅިން ފެނިގެންދަނީ ނުރައްކާތެރިކަމެވެ. އެއީ ހަމަ އޭނާއެވެ. “ބްލޫ އައި” ހޮސްޕިޓަލްގެ ފާހާނާބަރި ކައިރިން އޭނާއާއި ދިމާކޮށްލި މީހާއެވެ.  އެމީހާ މިސްރާބްޖެހީ ޒީވާއާއި ގާތަށެވެ. ޒީވާގެ އަރުތެރެ ބެދެންފެށިއެވެ. ބިރުން ގޮސް ގައިގާވާހާ ލޯއްޔެއް ކޮޅައްޖެހުނެވެ. އޭނާގެ މޫނު ވަނީ ހުދުވެފައެވެ. ޒީވާގެ އަނގައިން ބަހެއް ބޭރު ނުކުރެވެނީސް އަވަސް ހަރަކާތަކާއި އެކު އޭނާގެ ޖީބުން ނެގި ރުމާލެއް އަޅައިލީ ޒީވާގެ އަނގަޔާއި ނޭފަތް ފަރުދާކޮށްލަމުންނެވެ. ޒީވާ  ގަދަ ހަދަން މަސައްކަތްކުރި ނަމަވެސް ބޮލަށް އެނބުރުން އަރާ އެނާގެ ހޭވެރިކަން ފިލާ އެމީހާގެ އަތްމައްޗަށް ދެމުނެވެ.

*****

(ނުނިމޭ)

 

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Annora

Level 610 Stories100 Login100 Comments100 Stories

Weaving tales that linger long after the last page.🤍 Turning imagination into unforgettable stories.🤍 Every story is a journey; come take a trip with me.🤍 Capturing the magic in everyday moments.🤍 Crafting narratives that touch the heart and mind. 🤍 🤍🤍🤍

Other Articles

Previous

ލޯބި_2

Next

އިމްތިހާން

Next
April 1, 2021

އިމްތިހާން

Previews
April 1, 2021

ލޯބި_2



All Right Reserved!