އެވަގުތު ކުއްލިޔަކަށް ދޮރު ހުޅުވިގެން ދިޔަ އަޑަށް ބަލާލި އިރު ދޮރުމަތީގައިހުރި ކުލްސޫމާ ފެނުމުން ޒީވާގެ މޭގަނޑު އަނގަޔަށް އަންނަވަރު ވިއެވެ. ***** ދުވަސްވަރަކީ ހުޅަނގު މޫސުމުގެ ވެސް އެންމެ ވިއްސާރަ ދުވަސްވަރަށް ވުމުން އާދުވަހަކަށް މަރުހަބާ ކީ ނަމަވެސް އިރުގެ ދޯދިތަކުގެ ހިލަމެއް ނުވެއެވެ. ބޯކޮން ވާރޭ ނުވެހުނު ނަމަވެސް މުޅި އުދަރެސް ވަނީ ކަޅު ވިލާތަކުން ބައްދާލައިފައެވެ. ޖަހާލާ ގުގުރިތަކުންނާއި ވިދާލާ ވިދުވަރުގެ އަލިން ހިތްތަކުގެ ހަމަޖެހުން ގެއްލިގެންދެއެވެ. އެ ފިނި ހެނދުނު އަރާމުކޮން […]
ފަޒާގައި ހިފާފައިވަނީ ތެއްފިނިކަމެވެ. އިރުކޮޅެއް ކުރިން ބޯކޮން ވެހުނު ވާރޭ ހުއްޓުމަކަށް އައި ނަމަވެސް އަދިވެސް ދަނީ ހިމަފޮދު ވާރޭގެ އަސަރު ކުރަމުންނެވެ. ޖެހިލާ ބާރު ފިނި ވައިރޯޅިތަކުން ގައިން ހީބިހި ހަލުވާލައި ތުރުތުރު އަޅައެވެ. އެ ވައިރޯޅި ތަކަށް ކެއްނުވެގެން ގަސްގަހުގެ ފަތްތައް ދިޔައީ ފަޒާގައި ނަށަމުންނެވެ. އަސުރުގެ ބަންގިގޮވި ފަހުން އަދި މިވީ ކުޑަ އިރުކޮޅެއް ނަމަވެސް ވިއްސާރައިގެ ސަބަބުން ހީވަނީ އިރުއޮށްސިފަވާހެންނެވެ. ކޮޓަރީގެ ކުޑަ ބެލްކަނިކޮޅުން ފެންނަމުންމިދާ މިހިތްގައިމު މަންޒަރަށް ގެއްލި ހުސްވެއިން […]
ޒީވާ އަކީ އާދަޔާއި ހިލާފް ރީތި ސިފަ ތަކެއް ލިބިފައިވާ ކިޔަމަންތެރި ރަނގަޅު ސާލިހު ކުއްޖެކެވެ. ނަމަވެސް ޒީވާގެ ބައްޕަ ޒުހޫރު ފިޔަވައި، މުޅި އާއިލާއިންވަނީ ސަބަބެއް ނެތި ޒީވާ ބާކީ ކޮށްލާފައެވެ. ހަމައެކަނި ބައްޕަ ޒުހޫރު ގެ އަޅާލުމާއި ލޯބި ލިބި މަންމަ ކުލްސޫމާ އަދި މުޅި އާއިލާގެ ނަފްރަތުގެ އަމާޒް ފަތްގަނޑަކަށް ޒީވާ ވަނީ ވެފައެވެ. ބޮޑެތި އަނިޔާތައް ނިކަމެތި ޒީވާ އަށް ކޮންމެ ދުވަހަކު ވެސް ލިބެއެވެ. ނަމަވެސް މިހުރިހާ ކަމެއް ޒީވާ […]