Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
އެހެނިހެންލޯބި

ހިރާސް 15

Annora Level 610 Stories100 Login100 Comments100 Stories
February 26, 2021 12 Mins Read
4 Comments

“އެ ގާލްއަކީ ޒީވާ ކަމަށް ވެދާނެ ހަމަ… އެން މޭބީ އިޓް ވޮޒް އިން އަ ސުވިޒަލޭންޑް..” ކައިވަން މާނަފުން ނަޒަރަކުން ބަލައިލިއެވެ. އެއާ އެކު ކީކޭހޭ ޒީވާއަށް އަހައިލެވުނެވެ. ކައިވަން ހިމޭންކަން އިހްތިޔާރު ކުރިއެވެ. “ކައި ..ޕްލީޒް ޓެލްމީ ވަޓްސް ގޮއިން އޮން..މީގެ ބާރަ އަހަރު ކުރިން ކިހިނެތް ވީ ..އަހަރެން މޮޔަ ނުވަނީސް ކިޔާދީ.. ކައި ޕްލީޒް ..” ޒީވާ ، ކައިވަންގެ ފައިދޮށައް ތިރިވެ އާދޭސް ކުރަންފެށިއެވެ.

***

“ނޫން ޒީވާ..ތިހެން އާދޭސް ނުކުރޭ ޒީވާ…އަހަރެންނަށް މަޖުބޫރުނުކުރޭ.. އަހަރެން ވެސް ބޭނުމެއް ނޫން ޒީވާއަށް ކަންކަން ފޮރުވާ އަނދިރީގަ ބަހައްޓާކަށް ..އެކަމަކު ވެސް އަހަރެންނަށް މަޖުބޫރު ސިއްރުކުރަން ޒީވާއަށް ..އެހެންނޫނަސް ޒިވާއަށް ކަންކަން ކިޔާދޭން އެންމެ ހައްގުކަން ބޮޑު މީހަކީ އަހަންނެއް ނޫން..ޒީވަގެ ފުރާނައަށް ދަހިވެތިވެފައި ތިބި ބަޔަކު ވެސް އެބައުޅޭކަން ޒީވާ ވާނެ ހަނދާން ކުރަން … ދެން ނުރޯތި ހުއްޓާލަ އަވަހަށް ..އަހަރެންނާއި އެއްކޮން އުޅޭނީ  ސުވިޒަލޭންޑަށް ދެވެންދެން ވެސް އަދި ދެވުނީމަވެސް…ބެސްޓްފްރެންޑެއްނު ދޯ..އެހެންވީމަ އަހަރެން ބުނާ ގޮތައް ހަދާ..” ޒީވާ ނަގަމުން ކައިވަން އާއި ގާތަށް ލަފާލަމުން ވަރަށް ލޯބިން ބުނެލި އެވެ.

“އަދި ބުނަންތަ..އަހަރެން ކުރިންވެސް ބުނީމެއްނު މިވާހަކަތައް އެނގުމަށްފަހުވެސް ކަމެއް އިނގުނު ކަމައް ހަދާނުލާށޭ ..ޕްލީޒް ޑޯންޓް ފޮގެޓް އެބައުޓް ދެޓް.. ޕްލީޒް ..އަމް ބެގިން ޔޫ..” ޒީވާގެ ދެއަތުގައި ހިފާލަމުން ކައިވަން އާދޭހާއި އެކު ބުނެލިއެވެ. “ޔެސް ކައިވަން… އަހަރެން ހަނދާން ހުންނާނެ .. ބަޓް ޕްރޮމިސް މީ އަދި ކިޔައިދޭނެކަމަށް ހުރިހާ ވާހަކައެއްވެސް..ފަހުން ވިޔަސް..އައި ކޭން ވެއިޓް” ޒީވާ އާދޭހާއިއެކު ބުނެލިއެވެ. ކައިވަން ވެސް އަވަސްއަވަހަށް ބޯޖަހައިލިއެވެ.

“ބައި ދަ ވޭ..އަހަރެން ގެ ފެމިލީގަ ކިތައް މީހުން ތިބޭތަ.. އަހަރެން ދައްތަ އާއި ބޭބެ އަށް ކިޔަނީ ކޮން ނޭމެއްތަ” ޒީވާ އަހައިލިއެވެ. “ޒީވާގެ ބައްޕަގެ ހުންނާނެ ބޭބެ އެއް އަދި ކޮއްކޮއެއް..އެމީހުން ވާނީ ޒީވާގެ އަންކަލް އާއި އާންޓްއަށް.. އަންކަލްގެ ހުންނާނެ ޓޫ ބޯއިސް.. އާންޓް މެރީއެއް ނުކުރެ.. ޒީވާގެ އެއްބަނޑު އެއްބަފާ އެއްވެސް މީހެއްގެ ޑީޓެއިލް އެއްނެތް ދެވޭކަށް .. އައިމީން ޒީވާގެ އެއްމާބަނޑު ދައްތަ އަދި އެއްބަނޑު އެއްބަފާ ބޭބެ ގެ އެއްވެސް ޑީޓެއިލް އެއްނެތް ދެވޭކަށް އަހަންނަކަށް …ސޮރީ..އެކަމަކު މާގިނަ ދުވަހެއްނުވެ އިނގިދާނެ” ކައިވަންގެ ވާހަކައިވި ޒިވާގެ ހިތައް ތަދުވެލިއެވެ. އޭނާއަށް މި އަނދިރި ސިއްރުތައް ލަސްތަކެއްނުވެ އިނގޭނެގޮތް މެދުވެރިކުރެއްވުމަށް އެދި ހިތާހިތުން ހެއްދެވި ފަރާތައް ދުޢާ ކުރެވުނެވެ.

“ވެން އަހަރެމެން ސުވިޒަލޭންޑަށްދަނީ..ކައިގެ ކިޔެވުން ކިހިނެތް ހަދާނީ.. ” ޒީވާ އަހައިލިއެވެ. “ތިއްތިބެގެ ވެޑިން ކަންތައް ނިމުނީމަ ދާންވީ ހަމަ.. ކުރިން މަޑުކޮށްގެން ހުރީ އަސްލު އަހަރެންގެ ކޯސްގެ ރިޒަލްޓް ލިބޭންދެން..” ކައިވަން އިންތަނުން ތެދުވެލީ ޒީވާގެ އަތުގައި ހިފައި ނަގަމުންނެވެ. “ދެން މިހާރު ލިބިއްޖެ ތަ  ރިޒަލްޓް…” ޒީޥާ އަހައިލިއެވެ. “ނޫނޭ މާދަން..މާދަމާ އެއީ ބޮޑު ދުވަހެއް ..އަހަރެންގެ ހިތް ތެޅެނީ ވަކިވަރެއް ބަލާފައެއްނޫން..ހުވާ މިބުނީ …  “ކައިވަން ކިޔައިދިނެވެ. “އެކަމަކު ވާ ދޯ ..ބިރުނުގަނެބަލަ… ރީތި ސިފަތަކެއް ލިބިފަ މާ ޖެންޓްލްކޮން ހުއްޓަސް ހާދަ ފިޑިއޭ ދޯ.. އަހަރެންނަށް ވެސް ތިވަރެއް ނުވޭ ވިއްޔަ” ޒީވާ ހިނިގަނޑެއް ޖަހައިލަމުން ބުނެލިއެވެ. ” ތިބުނީ އަހަރެން ރީއްޗޭތަ ..”ކައިވަން ، ޒީވާގެ މޫނައް ކަތިނަޒަރަކުން ބަލައިލަމުން ބުނެލިއެވެ. އެއާއެކު ޒީވާގެ މުޅިމޫނު ރަތްވެގެން ދިޔައެވެ. “އެހެންނެތް ނޫން” ޒީވާ ލަދުން ހުރެ ބުނެލުމުން ކައިވަން އަށް ހެވުނެވެ.

“މާ ފޮނިވާނެ ކަމެއް ނެތް އަހަރެން އެހެން ބުނީމަ ކެރެޓް.. ކޯއްޗެއްބޭނުމީ ރަނގަޅައް ޕާސް ވެއްޖެޔާ ..” ޒީވާ ކެރެޓް އޭ ބުނެ ވާހަކަ ދެއްކުމުން ކައިވަން ހުރީ މަޖާވެފައެވެ. އޭނާ ޒީޥާއަށް ދިމާލައް ޓޮމާޓޯ އޭ ވެސް ބުނެލިއެވެ. މީހަކު ޒީވާ ހުންނަތާކު ނޭވާއެއްލިޔަސް ބްލަޝް ވަނީ އޭކިޔާފައެވެ. ޒީޥާ ވެސް ހެމުންހެމުން ކައިވަން ލާފަހުރި ހޫޑީ އަށް ދަމައިގަތެވެ. އެކި މަޖަލުގައި ހިނގަމުން ދިޔައިރު ކައިވަން އަށް ސައިކަލު މަތިން ހަނދާނެއް ނުވިއެވެ. އެމަޖަލުގައި ތިބެ ހިނގާފައި ގެޔާއި ހަމަޔައް ދިޔައެވެ. އޭރުވެސް ފޯރީގައި ދިޔައީ ސަކަޜާތް ގަންނަމުންނެވެ.

“އޭ ..ކެރެޓް ..ކޮބާ ސައިކު.. ” ހަނދާންވެގެން ޒީވާއަހައިލިއެވެ. އޭރު އެމީހުންނަށް ތިބެވުނީ ލިފްޓް ތެރޭގައެވެ.  ކައިވަން ސައިކަލް މަތިން ހަނދާންވީވެސް ދެނެވެ. އެއާއެކު ދެންފެނުނީ ދެމީހުންގެ ހިނިގަނޑު ފަޅައިގެންދިޔަތަނެވެ.

ހެމުން ހެމުން ދެމީހުންވެސް އެމީހެއްގެ ކޮޓަރިޔައް އެމީހަކުވަނީ މާދަމާ ސައިކަލް ބަލާ ދާން ނިންމާފައެވެ.

 

 

****

ބާވީސްވަނަ ބުރީގެ އިމާރާތުގެ ބެލްކޮންޏެވެ. ބެލްކޮނީގައި ރެއިލިންއެއްނުވެއެވެ. އެތަނުން ފެންނަނީ ނުރައްކާތެރިކަމެވެ. އެތަނުން މީހަކު ވެއްޓެން ދިޔަސް ސަލާމަތައް އެދި ހިފާލާނެ އެއްޗެއްވެސް ނުވެއެވެ. އެތާގައި ހުރެ ތިރި ބަލައިލާއިރު މަގުތައްމަތީގައި ހިނގާ ބިނގާވެ އުޅޭ މީހުންތައް ފެންނަނީ ހިނިތަކެއް ފަދައިންނެވެ. ދުއްވަމުންދާ ވެހިކަލްތައް ވެސް ސިފަވެގެންދަނީ ފެއަރީ ލައިޓްސްގެ ހުންނަ ކަހަލަ ކުދި ލައިޓްތައް ފަދައިންނެވެ.

މެންދަމުގެ ހަމަހިމޭން ވަގުތު ބެލްކޮނީގެ ކޮޅުގައި ހުރި އިރުއިރު އެލަންގެ މޫނުމަތީގައިވަނީ ނުރައްކާތެރިކަމެވެ. ކަޅުކުލައިގެ ފައިކުރި ހިމަ ފަޓްލޫނަކާއި ކަޅު ގަމީހެއްގައި އޭނާ ހުރިއިރު ގަމީހުގެ ހުރިހާ ގޮތްތަކެއް ވަނީ ނައްޓާލެވިފައިއެވެ . ޖެހިލާ ލުއި ވައިރޯޅިތަކުން އޭނާލައިގެން ހުރި ގަމީސް ދެއަރިޔަށް ހެލިލަ ހެލިލަ ހުއްޓެވެ. އެކަމުގެ ސަބަބުން އެތަނަވަސް މޭމަތި އަދި އޭނާގެ “ސިކްސް ޕެކްސް އެބްސް” ވަނީ ހާމަޔަށެވެ. އޭނާ އެހެން ހުއްޓައި ފެނިއްޖެ ނަމަ އަންހެންކުދިން މޮޔަ ވެދާނެއެވެ .

އިރުކޮޅަކު އެހެން ހުރެލުމަށްފަހު ގައިގާ ހުރިބާރެއް ލާފައި އޭނާ ހަޅޭއްލަވައިގަތެވެ. އެއަޑު ފަޒާގެ ތެރޭގައި ގުގުމާލަ ގުގުމާލަ ހުއްޓެވެ. އިރުކޮޅެއްފަހުން އޭނާގެ ކުރިމައްޗައް އައިސް ހުއްޓުނު  މީހަކު ފެނި އަނެއްކާވެސް އޭނަގެ މޫނުމައްޗައްވެރިވީ މަކަރުވެރިކަމުން ފުރުގެންވި އަދި ވިހަ ހިނިތުންވުމެކެވެ.

 

“އިޒާން….ހާދަ ފާޅުކަން ބޮޑުގޮތަކަށް މިހާރު ތިޔަ އަހަރެންގެ ބޯކޮޅު ބަލަނީ ” އެ ވިހަ ހިނިތުންވުމުގައި ހުރެ އެލަން ބަލައިލީ ރުޅިވެރިކަމާއެކު އޭނާއަށް ބަލަން ހުރި އިޒާންއަށެވެ.

“ބުނަން ރަނގަޅު ވާހަކައެއް… ކަލޭ، ކަލޭގެ މަންމަ ގޮވައިގެން ފެއްސެން ވެއްޖެ އެންނު މިހާރު …އަމިއްލަ ދަރިއެއްހެން ކަލޭބެލި މީހާ އެވަނީ ކަލޭގެ ސަބަބުން ބަލި ތަންމަތީގަ.. ތިހާ ދަށު ދަރަޖައަކަށް ކަލޭ އަމިއްލައަށް ވެއްޓިގަނެގެން ތިއުޅެނީ ކޮންކަމެއް އުނިކޮށްގެންތަ.. އަހަރެންގެ ހަޔާތް ވެސް ބަރުބާދުކޮށްލީ…އަހަރެން އަޅައެއްނުލަން..އެކަމަކު އަހަރެންގެ ބައްޕަ އާއި އަހަރެން އެމީހެއް ދެކެ އެންމެ ލޯބިވި އަންހެންކުއްޖާގެ ހަޔާތް ކަލޭޔާ ކަލޭގެ މަންމަގެ ސުންޕާ ދެއަތުން  ބަރުބާދު ކޮށްލީ ..އެކަމަކު ވެސް އަހަރުމެން ތިބިން އަޅާނުލާ… އެކަމަކު އަހަރެން ދެން ނުހުންނާނަން ” އިޒާންގެ މޫނުމަތީގައިވަނީ ރުޅިވެރިކަމެވެ. ” ބްރޯ ރިލެކްސް..އަހަރެން ވެސް ކުޑަކޮން އެންޖޯއި ކޮށްލަނީއޭ” އެލަން ބޭނުންވީ އިޒާން ރުޅިއަރުވާލާށެވެ. އެކަން އޭނާ ކާމިޔާބްކުރިއެވެ.

“ވަޓް ދަ ފ*.. ކަލޭ… ބުނަން ވާހަކައެއް އެންޖޯއި ކޮށްބަލަ ކޮންމެވެސް އެހެންގޮތަކަށް ..ކޮންމެހެން އެންމެ ގާތް މީހުންގެ ލައިފް ހަލާކުނުކޮށް..ލިވީ ގެ ލައިފަށް ކަލޭ އަންނަން ހިތައް ވެސް ނާރުވާތި ..ލިވީއަށް އިތުރަށް ކަލޭގެ ފަރާތުން އަނިޔާއެއްވެއްޖެނަމަ މަށައްވުރެން ނުބައިމީހަކު ނުހުންނާނެ..” އިޒާން ޝަހާދަތް އިނގިލި ދިއްކޮށްލަމުން ބުނެލި ބަސް ތަކުގައިވަނީ ޔަގީން ކަމެވެ. އިޒާންގެ ރުޅިވެރިކަން ފެނި އެލަންގެ ހިތައްވެސް ސިހުން ލިބިގެންދިޔަނަމަވެސް އެކަންފޮރުވާލިއެވެ. “ލިވީ..ތާޒާ ކަމެއްނެތް މަލެއް ..ކަލޭ ކީކުރަން ” އެލަންގެބަސްތައް ނުނިމެނީސް އޭނާގެ މޫނުމައްޗައް އަރައިގެންދިޔައީ އިޒާންގެ އަތުގެ ހޫނު ހަމަލާއެކެވެ. އެލަން އަށްހިވީ ހޭވެރިކަން ފިލާދިޔަހެންނެވެ.އަނގަމަތިން ވެސް ލޭގަނޑު އޮހޮރިގަތެވެ. އަރިއަޅައިލި ނަމަވެސް އެނާގެ ފައި ބިމުގައި ހިއްޕާލިއެވެ.

” ހަބަރުދާރު ..ކަލޭގެ މުޑުދާރު ދުލުން ލިވީގެ ނަން ވެސް ނުގަންނާތި..އެކުއްޖާގެ އިއްފަތްތެރިކަން ފޭރިގަނެފަ އެވަރުންވެސް ކަލޭޔާ ކަލޭގެ މަންމަގެ ހިތްނުފުރެނީތަ…ބައްޕައަށާއި ބޮޑުބެ އަށް ދެވުނު އަނިޔާ ވެސް ކުޑަވެގެންތަ ތިއުޅެނީ..ލިވީ އަށް ކަލޭގެ ފަރާތުން ކުޑިފުކެއްހާ އަނިޔާ އެއް ލިބުނަސް ހަދާނެގޮތް އިނގޭނީ މަށައް… އަދި ބުނަން ވާހަކައެއް މިލާންއާއި ވެސް ވައި އެޅިލިޔަސް ނިމުނީ..މަށައް އިނގޭ ކަލޭ މިލާންދެކެ ލޯބިވާ ކަން..އެއްކުލާހެއްގަ އުޅެ ކިޔެވިކަންވެސް އިނގޭ ..މިލާންއަށްވެސް އިނގޭ ކަލޭގެ ނުބައިކަން ..މިލާން ކަލޭދެކެ ލޯބިވާތީ ކަލޭޔާ ގުޅެން ތައްޔާރުގަ ހުއްޓަ ކަލޭ ލިވީގެ ހަޔާތް ބަރުބާދުކޮށްލީ.. ..އެހެންވެ މިލާން ކަލޭގެ މަތިން ހަނދާން ނައްތާލީ.. ކަލޭ ލިވީ ދެކެ ލޯބި ނުވާއިރުވެސް އެކުއްޖާގެ ހަޔާތް ބަރުބާދުކޮށްލީ ކަލޭގެ މަންމަގެ މަންމަގެ ދޮގު ވާހަކަ ތަކުގެ އަވާއިގަ ޖެހިގެން …ރީތިކޮން ބުނެލިނަމަ ބައްޕަ ހުރީ އެ ހޮސްޕިޓަލް ކަލެޔަށް ދޭން… އެންމެ ގާތް މީހުންގެ ފުރާނަޔާ ކުޅެލައިގެން ކަލެޔަށް ނުވާނެ މާ މޮޅުތަކެއް…. ކަމެއް ކުރަން ހިތުލިޔަސް ހަނދާން ކުރާތި މި އިޒާން އެބަހުރިކަން އެމީހުންގެ ދިފާއުގަ..އެ އެންމެންގެ ދިފާއުގަ …އެނީވޭ… އަހަރެންގެ ބެސްޓްފްރެންޑް ޔަޒަކް އާއި މިލާން މިހާރު އުޅެނީ ގުޅިގެން..ހަހް…” އިޒާންގެ ވާހަކަތައް އިވުނު އެލަންއަށް ހީވީ އޭނާގެ މުޅި ދުނިޔެ ހުއްޓުނުހެންނެވެ. އޭނާގެ ލޭ ދިޔައީ ކެކިގެންނެވެ. ބުނާނެ އެއްޗެއް ނޭނގިފައި ހުރިއިރު އޭނާގެ މޫނުމައްޗައް ވެރިވެގަތީ ބަޔާކުރަންދަތި އަސަރު ތަކެކެވެ. އިޒާންގެ މޫނައް ވެރިކުރުވި މައުނަވީ ހިނިތުންވުމުގައި ހުރެ އެތަނުން ދިޔުމަށް ހިނގައިގަތެވެ.

“ކަލެޔަށް ހީވަނީތަ ތިހެން ބުނެފައި ދިޔާމަ އަހަރެންގެ އަޒުމަށް ގުޑުން އަރާނެޔޭ… ލިވިޔާގެ މުޅި ހަޔާތް އަހަރެން ބަރުބާދު ކޮށްލާނަން ..މިލާން ވެސް ޖެހޭނީ މަށައް ލިބެން..ޔަޒަކު ޖެހޭނީ މިލާންއާއި ދުރުވާން..ކަލެޔަށް ލިވީ ލިބުނަކަ ވެސް ނުދޭނަން..” ފަސްދީ ދިޔަ އިޒާންއަށް އިއްވުމުގެ ބޭނުގައި އެލަން ގޮވައިލި ނަމަވެސް އިޒާން އަޅައިލުމެއްނެތި ތުންފުމެމުން އެތަނުން ދިޔައެވެ.  ފަސް އެނބުރި ބަލައިނުލައި އެއް ހިއްލާލައިގެން ދެއަތައް ހޫރައިލުމުންނެވެ.

***

އަރާމްކޮން ނިދިފައި އޮތް ޒީވާ އަށް މޫނު ކުނި ކޮށްލެވުނީ ހަތަރެއް ޖެހުމުން ގަޑި ސޯނާވި އަޑުންނެވެ. ކަންނެތް ގޮތަކަށް މޯޅިއަކަށް ދެމިލާފައި ތެދުވެ ފެންވަރާލީ ބަންގިގޮވުމުގެ ކުރިން ސައިހަދާލުމުގެ ބޭނުމުގައެވެ. އަވަސްކޮށްލައިގެން ނުކުމެ ބަދިގެޔަށް ވަންއިރު ކޮފީއެއް ބޯން އިން ކުލްސޫމާ ފެނި އެނާ ދިޔައީ ސިއްސައިގެންނެވެ. ވޭތުވެދިޔަ މައްސަރުގައި ކުލްސޫމާ އޭނާއަކާއި ވާހަކައެއް ނުދައްކައެވެ. އަދި އޭނާގެ ހަމަލާއެއް ވެސް ނާދެއެވެ.  ޒައުލް ވަކިވެދިޔުމުގެ ހިތާމައިގަ ކަންނޭގެއެވެ.

ކުލްސޫމާފެނި ޒީވާ ސިހުން ނަމަވެސް ހިތް ހަމަޔަކަށް އަޅުވާލައިގެން ސައިހެދުމަށް އަވަސް ވެގަތެވެ. އުދުންމަތީގައި ހުރި ތެލިތައް ހޫނުހެން ހީވެގެން ބަލާލިއިރު ފެނުނު މަންޒަރުން ޒީވާގެ ދެލޯ ބޮޑުވިއެވެ. އެއް ތެލީގަ ރިހަ ހުރި އިރު އަނެއް ތެލީގަ އަލުވި ހަނާ ކޮށްފައެވެ. ހައިރާންވިވަރުން ކުލްސޫމާގެ މޫނަށް ޒީވާއަށް ބަލައިލެވުނެވެ. “އަހަރެން އެހުރީ މަސް ރިހަ އާއި ހަނާކުރި  އަލުވި ހަދާފަ..ރޮށި ފިހެލާ ދެން..”ކުލްސޫމާ މަޑުމައިތިރިކޮން ބުނެލި ޖުމްލަތައް އިވި އިތުރައް ޒީވާގެ ދެލޯ ބޮޑުވެ އަނަގހުޅުވިއްޖެއެވެ. ކުލްސޫމާގެ މޫނުމަތިން އިހު ހުންނަ ހަރުކަށިކަމެއް ނުވެއެވެ. މާތް ފާޑު ޖަހައެވެ. އެހުރިގޮތައް ހުރެ ޒީޥާ ބޯޖަހައިލިއިރު ކުލްސޫމާގާތައް ހުރީ ހިނިއައިސްފައެވެ. ” މަންމަ ދެކެ ބިރުންދޯ..ޒީވާ..މަންމައަށް މާފް ކޮށްދޭތި ..މިހުރިހާ ދުވަހަކު ކަންތައް ކުރެވިފަ ހުރީ ގޯސްކޮން ކަން އިނގިއްޖެ މިހާރު.. ހިތްބުރަނުކޮށް މާފް ކޮށްދީ މަންމައަށް ” ކުލްސޫމާ އިންތަނުން ތެދުވެ އައިސް ޒީވާގެ އަތުގައި ހިފާލަމުން ވާހަކަދައްކަންފެށިއެވެ. އޭރު ކުލްސޫމާގެ ދެލޯ ވަނީ ފެންކަޅިވެފައިއެވެ. އެ ކުރަނީ އެކްޓްނޫންކަން އެކަރުނަތަކާއި މޫނުމަތީގައިވި އަސަރުތަކުން ޒީވާއަށް ފަޙުމްވިއެވެ.

“އަހަރެން މާފްކޮށްފިން މަންމައަށް މާކުރިންވެސް…މަންމަ ތިހެން މާފައް އެދުނީމަ އަހަރެން ވަރަށް ލަދުގަނޭ..” ކުލްސޫމާގެ ދެލޮލުން އައިސްފައިހުރި ކަރުނަތައް ފުހެލަދެމުން ޒީވާ ވާހަކަ ދެއްކިއިރު މޫނުމަތީގައިވި ހިތްހެޔޮކަންފެނި ކުލްސޫމާގެ ހިތައް އަސަރު ކުރި އެވެ. ކުލްސޫމާ ޒީވާގެ ގައިގާ ބައްދާލިއެވެ. “އެކަމަކު އަހަރެން ސައި ހަދާށޭ މިއައީ..” ޒީވާ ފުއް މޮޑެލަމުން ބުނެލިއެވެ. “ދެން ޒީވާ އެކަންޏަކަށް ނުޖެހޭނެ ތިހުރިހާ ބުރައެއް އުފުލާކަށް މަންމަ ވެސް ކުރާނަން ހުރިހާ މަސައްކަތެއް .. ޑިއުޓީ އަށް ހެނދުނު ދާންޖެހޭ ދުވަސްދުވަހު މިގަޑީގަ އެހާ އަވަހައް ނުހޭލާތި ދެން…ނިދާލަ ..މަންމަގެ އެއްވެސް މައްސަލައެއް ނީންނާނެ” ކުލްސޫމާ ޒީވާގެ ބުރަކަށީގައި ފިރުމާލަމުން ބުނެލިއެވެ.

” އެކަމަކު މަންމައަށް އެކަނި ހުރިހާ ކަމެއް ޖައްސާފަ އަހަރެން ނިދާނީ ކިހިނެތް… އަހަރެން ވެސް ހެލްޕް ވާނަމޭ” ޒީވާ، ކުލްސޫމާގެ ގައިގާ ކުޑަކޮން ބައްދާލަމުން އަތުގައި ހުރި ހިކިފުށުން ފުއްކޮޅެއް ކުލްސޫމާގެ ގައިގާ ހާކައިލިއެވެ. ” ލާނެއް ކުއްޖާ” ކުލްސޫމާ ހެމުން ހެމުން ގޮސް ފުއް ހުރިތަންތަން ދޮވެލިއެވެ. “އަހަރެން މިއަދު އޮފް ..މި ވިސްނަނީ ހަވީރު ކައިވަން އާއި ޔޫމީން ގޮވައިގެން ވިލިގިއްޔައް މުދައް ދިޔުމަށް .. މިނީ ވެސް ގޮވައިގެން ދާނީ” ޒީވާ ބުނެލިއެވެ.

“އެހެންތަ ..ހަވީރު ދޯ ދަނީ… މެންދުރު އަންނާނެ ބަޔަކު ޒީވާއާ ބައްދަލު ކޮށްލަން..” ކުލްސޫމާގެ ވާހަކަ އިވި ޒީވާއަށް، ކުލްސުމާ އާއި ދިމާލަށް ބަލައިލެވުނީ ކޮންބައެއްތޯ ސުވާލްކޮށްލިފަދައިންނެވެ. އެވަގުތު ކުލްސޫމާ ޒީވާގެ އަތުގައި ހިފާލިއެވެ.

 

“ދަރިފުޅާ..ހިތައް ނާރުވާތި… މަންމަ މާފަށް އެދުނީ އެކަން ބޭނުންވެފައި ހުރިވަރުންނޭ..އެހެންނެއް ނޫން އިނގޭ.. މަންމަމެން އެދެން މިއުޅޭ ކަމަށް ދަރިފުޅު ގަބޫލް ނޫނިއްޔާ މައްސަލަ އެއްނެތް ނޯ އޭ ބުންޏަސް.. މަޖުބޫރެއް ނުކުރުވާނަން … މަންމަގެ ރަހްމަތްތެރި ކެމީލާ އަންނާނެ މިއަދު އޭނާގެ ދަރިފުލު ގޮވައިގެން ޒީވާއާ މީޓް ކުރަން ..އެމީހުންގެ ދަރިފުޅާއި ޒީވާއާއި ދެކުދިންގެ ކައިވެންޏަށް  އޭނާ އެދެނީ ..މިބުނީ ކެމީލާގެ ދަރި އެލަން، ޒީވާއާއި ކައިވެނިކުރަން ބޭނުންވަނީ .. އެލަން އަށް ދަރިފުޅު ފެނިގެން ކަމުދިޔައްޔޯ.. މަންމައަކަށް ވެސް ނީނގޭ ކޮންތާކުން ފެނިކަމެއް.. އެލަން ކެމީލާއަށް ޒީވާގެ ފޮޓޯއެއް ދެއްކީމަ އިނގުނިއްޔޯ ދަރިފުޅުކަން.. އޭނާ މަންމަގެ ކައިރިގަ ވަރަށް އެދެފި އެކަމައް.. ބައްޕަ ކާރީގަ ވެސް މަންމަ ބުނިން އެވާހަކަ.. މަންމަ ވެސް ބައްޕަ ވެސް ބޭނުންވަނީ ޒީވާ އަމިއްލައަށް ބޭނުންވެގެން ނިންމާ ގޮތް..” ކުލްސޫމަ ،ޒީވާގެ ނިއްކުރިމައްޗަށް ފައިބާފައި ހުރި އިސްތަށިކޮޅު ކަންފަތް ކައިރިޔައް ލައްވައިލަ ދެމުން ބުނެލި ބަސްތައް އިވި ހައިރާންވިވަރުން ޒީވާ ހުރީ ބުނާނެ އެއްޗެއްވެސް ނުވިސްނިފައެވެ. އޭނާ އަދި އެފަދަ ކަމަކާއި ނުވެސް ވިސްނައެވެ.އޭނާއަށް ކަމުދާކަހަލަ މީހަކާއި އަދި ދިމާވެސް ނުވެއެވެ. ލޯބި ނުވާ މީހަކާއި އިދެގެން އުޅުމަކީ ކިހާ އުދަނގޫ ކަމަކަށް ވާނެހެއްޔެވެ. ޒީވާގެ ހިތައް އެވަގުތު އައީ އޭނާ ދަންނަ އެލަންގެ ނަމެވެ.. އެއީ ކީއްވެކަމެއް އޭނާއަކަށް ނޭނގެއެވެ. އެ ހިލޔާލުގެ ސަބަބުން ވަގުތުން ދެފަރާތައް ބޯ ހޫރާލެވުނެވެ. އެހެން ވާނީ ކިހިނެތް ހެއްޔެވެ. އެ އެލަން އޭނާއާއި ދިމާވިތާ އަދި މަހެއް ވެސް ނުވޭ ވިއްޔާއެވެ. ކުލްސޫމާގެ ވާހަކަތަކުން އޭނާގެ އުފާވެރި މޫޑް ވެސް ގެއްލިއްޖެއެވެ. ނަމަވެސް ބޭރުފުށުން އޭނާ ގަދަކަމުން ދައްކާލި ހިނިތުންވުން އެއީ “ފޭކު” ކަމެއް ކުލްސޫމާއަކަށް ނަނގައިއެއް ނުގަނެވުނެވެ.

ކުލްސޫމާގެ ވާހަކަތަކުން ޒީވާގެ ހިތް ނުތަނަވަސްކަމުން ފުރާލިއެވެ. ނަމަވެސް އޭނާ ބޯޖަހައިލީ އެމީހުންނާއި ބައްދަލުކުރަން އެއްބަސްކަމަށް އަންގާލުމަށެވެ. ކުލްސުމާ ވަގުތުން އެދުނީ އެހެންކުދިންނަށް އަދި ސިއްރުކުރުމަށެވެ.

ރޮށިފިހެ ނިންމާލުމަށްފަހު އޭނާ އަވަސްވެގަތީ ކޮޓަރިޔަށް ދިޔުމަށެވެ. މެންދުރު ވާންވާއިރަށް ލާނެ ހެދުމެއްނަގާ އިސްތިރިކުރުމުގެ ނިޔަތުގައެވެ.

***

ކަކުލައްވުރެން ތަންކޮޅެއް މައްޗައްހުރި ކަޅުކުލައިގެ ސޯޓްކޮޅަކާއި މަޑު މުށިކުލައިގެ އަތްދިގު ޓީސާޓްގައިހުރި ހުރި ޔޫމީން ތަރުތީބެއް ނެތްގޮތުގައި ހޭވިފައިވާ ފަން ދިގު އިސްތަށިގަނޑު އިތުރައްހާވާލީ އައިސްފައި ހުރި ރުޅިންނެވެ. އެނދުގައި ދެފައިވައްކޮށްލައިގެން އިންއިރު އިނީ މޫނު ވެސް ކުނިކޮށްލައިގެންނެވެ. ދެލޯ އަޅައިލައިގެން ނޭފަތްކުނިކޮށްގެން އަނގަޔައް ޖައްސާލައިގެން އިން ވައްތަރުން ނުހޭން އުޅުނަސް ކައިވަން އަށް ހެވުނެވެ.

“އަހަރެން ގޮވީމަ ރުޅިއައިސްފަ ތި އިނީ މިހާރު …ބަލަ ކަނބުލޮޔަށް އިނގޭތަ ގަނޑިން ވީ އިރެއް…އެގާރަގަޑި ބައި ވީ އެ.. އޮބާމާއެއް ޓްރަމްޕެއް ޖަސްޓިން ބީބާރ އެއްވެސް ނާންނާނެ މަންޖެ ނިދިން ހޭލައްވާކައް… ” ކައިވަންގެ ވާހަކައަޑުއަހަން އިން ޔޫމީން ފެނުނީ އަނގަހަދައިލުމަށްފަހު އެދުމަތީގައި ހުރި ކުޝަން ތައް ނަގާ އަތުކޮޅައް ކައިވަންއާއި ދިމާލައް ހޫރައިލިތަނެވެ. އެރުވެސް ކައިވަންއަށް އަށް ހުރެވުނީ އެލާނެތް ހިނިތުނުވުމުގައެވެ. “އޯހް ..އޯހް..މިހާރު އިނގިއްޖެ އަހަރެން މިވަރައް ވާހަކަ ދައްކާއިރުވެސް އެއްޗެއް ނުބުނެ ބެޑުން ވެސް ނުވެސް ތެދުވެ އިންނަނީ ކީއްވެކަން..” ކައިވަން ބުނެލި ވާހަކަ އަކުން ޔޫމީންއަށް ދެލޯ ހަނިކޮށްލައިފައި ބަލައިލެވިއްޖެއެވެ. “އަހަރެން މަންޖެ އުރައިލައިގެން ގޮސް  ފެންވަރުވާލަތޯނު..” ކައިވަން ބުނެލި ވާހަކައަކުން ދެލޮ އަޅައިލައިގެން ހުރި ޔޫމީން ދިޔައީ ކެކިގެންނެވެ.. “ކައިވަނޫ…ހަންޑިގަނޑޫ.ޔޫއާ ޑެޑް..” ފުންމާއިގެން އައި ގޮތައް އައިސް ޔޫމީން ޖެހިގަތީ ކައިވަން ކޮނޑަށެވެ. ކައިވަންއަށް ނުވެއްޓި ފައި ބިމުގައި ޖައްސައިލެވުނީ ކިރިޔާއެވެ. އެވަރު ވެސް އެވީ ޔޫމީން ކުޑަވީމައެވެ.

ކޮނޑައް އެރި އެރީނުން ކައިވަންގެ ކޮނޑުގައި ޔޫމީން ދަތްއަޅައިލީ އޭނާއަށް އެޅުނުހާ ބާރަކަށެވެ. އެވަގުތު ކައިވަން ވީ ތަދުން ޔޫމީން ނަގާއެދައް ވައްޓައިލިއެވެ. ދެލޯބޮޑުކޮށްގެން ހުރެ ކައިވަން ދިޔައީ ޔޫމީން ދަތްއެޅިތަނުގައި ނަގާ ދިލައިން ކެތްނުވެގެން ފިރުމަމުންނެވެ. ބަލައިލިއިރު އެތަންކޮޅު އިނީ ނޫފައިގަނެފައެވެ. ޔޫމީން ދަތްތަކުގެ ނިސާންތައް އަރައިފައިވާއިރު އެއްދިމާލުން ތަންކޮޅެއް އިނީ ކަނޑައިގެންވެސް ގޮސްފައެވެ. އޭރު ނުލަފާ ވައްތަރަކަށް ހެވިލާފައި ޔޫމީން އެނދުގައި ބަންޑުންއޮތެވެ. ފިލްމުތަކުގައި ފެންނަ ފަދަ ވިލަން އެއް ސިފައިގަ އިން ކުޑަ އިބްލީހެކޭ ކައިވަންގެ ހިތައް އެރިއެވެ.  ކައިވަން ބަލާކައް ނުހުރެ ސައިޑް ޓޭބަލްމަތީގައި އިން ފެންފުޅި ނަގާ ހުރިގޮތައް ޔޫމީންގެ ބޮލައް އަޅައިލީ ޔޫމީންއަށް އެ ހަމަލާއިން ރެކޭނެ ފުރުސަތެއްވެސް ނުލިބޭހާ ހަލުވިގޮންނެވެ. އެވަގުތު ޔޫމީން އަޑުގެ ނެތްތަނައް ހަޅޭއްވައިގަތެވެ. ހަލުވި ކޮން ދުވެލައިފަ ގޮސް ގާތުގައި ހުރި ޑްރެސިން ޓޭބަލްމަތީގައި އިން ގަދަ ރަތް ކުލައިގެ ލިޕްސްޓިކް ފުޅި ހިފައިގެން އައި އިރު ހުއްޓިފައި އަނގަބޮޑު ކޮށްލައިގެން ހުރި ކައިވަން އަށް ޔޫމީން ސިފަވީ ބަނޑުހައިވެފައިވާ މިނިކާވަގެއްގެ ސިފައިގައެވެ. ކައިވަންއަށް ހަރަކާތެއް ގެންނަންވެސް ނީނގިފައިހުރިއިރު ހުރީ ވެސް ދެލޯވެސް ބޮޑުކޮށްލައިގެންނެވެ. އެއައި ގޮތައް އައިސް ކައިވަންގެ މުނު އެތަން މިތަނުގައި ލިޕްސްޓިކް ހާކައިލިއެވެ. ކައިވަން އަށް ހޭވެރިކަން ވެގެން ރުޅި މޫނު ހަދައިލާފައި ޔޫމީން ނަގައި އަތްދަނޑި މައްޗައް ލައިގެން ދިމާކޮށްލީ ބަދިގެޔާއި ދިމާލަށެވެ. އޭރުވެސް ޔޫމީން ގަދަހަދައި ހަޅޭއްލަވަމުން ދިޔައެވެ. އެއަޑުތަކުގެ އަޑުގަދަވީ  ކައިވަން ، އޭނާގެ އިސްކޮޅުހުރި ފުއްބާލިދީއާއި ދިމާލައް މިސްރާބް ޖަހާލިތަން ފެނިއެވެ. އެދިޔަގޮތައް ގޮސް އެއްވެސް އަސަރެއްނެތް މޫނެއް ދައްކައިލައިގެން ކައިވަން، ޔޫމީން ވައްޓާލި އެ ފުއްބާލިދީއަށެވެ.

**

މެންދުރަށް ކެއްކުމަށްފަހު ޒީވާ އައީ، ކުލްސޫމާގެ އެދުމަކަށް ޔޫމީން ބަލައިދިޔަ ކައިވަން ލަސްވެގެން ޔޫމީންގެ އެޕާޓްމަންޓަށް އެދެމީހުން ހޯދުމަށެވެ. އެތަކެއް ފަހަރަކު އައިސްފައިވުމުން އެ އެޕާޓްމަންޓްގެ ކޯޑް ޒީވާ ހިތު ދަހެވެ. ކޯޑް ޖަހާލަ ޖަހާލަ ހުއްޓައި ލިފްޓުން ފައިބައިގެން އައި ޒީހާން އާއި ޔިރާ ފެނި ޒީވާ ހިނިތުންވެލިއެވެ. އެދެމީހުންވެސް ހިތްހެޔޮ ހިނިތުންވުއްމެއްގައި ޒީވާއާއި ދިމާލައް އައެވެ. ޒީހާންމެން ހުއްޓި ޒީވާއާއި ވާހަކަ ދައްކަން ހުޅުވާލި އަނގަ ލައްޕާލަން ޖެހުނީ ޔޫމީންގެ އެޕާޓްމަންޓުން އިވިގެންދިޔަ ބާރު ހަޅޭކުގެ އަޑުންނެވެ. ތިންމީހުން ވެސް ދިޔައީ ސިއްސައިގެންނެވެ.

ތިންމީހުން އެކުގައި ދުވެފައި ކަހަލަ ގޮތަކަށް ވަދެގެން ދިޔައިރު އެމީހުންގެ ފިޔަވަޅުތަކަށް ކުއްލި ހުއްޓުމެއް އައީ ބަދިގެޔާއި ދިމާލުން ފެނުނު މަންޒަރުންނެވެ. އެއާއެކު ދެލޯބޮޑުވެފައިތިބި ތިންމީހުންނަށް ހިނިގަނޑު ފަޅައިލެވުނީ ކުރިމަތީގައި އެކަކު އަނެކަކުގެ އިސްތަށިގަނޑުގައި ހިފައިގަނެގެން ޒުވާބްކުރަމުންދިޔަ ކައިވަން ޔޫމީން ހުރިގޮތް ފެނިއެވެ.

ޔޫމީން ހުރީ ގޮދަން ފުށުން ފެންވަރައިގެންނޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. ފުއް ނެތް ހަމަ އެންމެ ތަންކޮޅެއްވެސް ނެތީއެވެ. ކައިވަންގެ ހާލަކީތޯއެވެ. މުޅިމޫނުގައި ހުރީ ލިޕްސްޓިކުގެ ގަދަރަތް ކުލައާއި ގޮދަން ފުށެވެ.

ޒީވާ އާއި ޒީހާން އާއި ޔިރާގެ ތިބީ ހީހީގޮސް ލޮލުން ފެންއައިސްފައެވެ.

ޒީވާ ބަނޑުގައި އަތް އަޅައިގެން އޮވެ ހެމުންދިޔައިރު ލޮލުން ފެންތައް ދިޔައީ ފައިބަމުންނެވެ. އޭނާ އެދިޔަ ގޮތައް ހަނގުރާމައިގަ ތިބި ކައިވަން އާއި ޔޫމީން ދުރުކުރިއިރު އެދެމީހުންތިބީ ލަދުން ހަލާކުވާވަރުވެފައެވެ. އޭރުވެސް ޒީވާގެ ހުނުމަކަށް ބަދަލެއް ނާދެއެވެ. ވަރަށް އުނދަގުލުން ހުނުން ކޮންޓްރޯލު ކުރުމަށްފަހު ޒީވާ،  ޔޫމީން ފޮނުވާލި ފެންވަރައިގެން އެމީހުންބަޔައް އައުމަށް ބުނެފައެވެ. އަވަސް އަވަހައް ބޯޖަހައިލި ގޮތުން އޭނާ ހުރީ އެތަނުން ދާން ބޭނުންވެފައިކަން އެތާގައި ތިބި އެންމެންނަށް އެ މޫނު ހުރިގޮތުން އެނގުނެވެ. އޭރު ޒީހާން އާއި ޔިރާ ވެސް ދިޔައީ ހުނުން ކޮންޓްރޯލު ކުރުމަށް މަސައްކަތް ކުރުމަށެވެ.  ޔޫމީން ދަމުން ދަމުން ކައިވަންއަށް ބަލައިލި އިރު އޭނާ ހުރީ ދޫނެރެލައިގެންނެވެ. ޔޫމީން، ކައިވަންއަށް ބަލައިލަމުން އަނގަޔައް ޖައްސާލި ވައްތަރުން އެތާގައި ތިބި މީހުންނަށް ނުހީ ކެއްވީ ކިރިޔާއެވެ.

**

ކުލްސޫމާއާއި ޒުހޫރު ސޯފާގައި ވާހަކަ ދައްކާލުމަށް ތިބެލީ ޒީވާމެން ނައިސްގެން ލަސްވެގެންނެވެ. އޭރު ވަކިން އިން ސޯފާއެއްގައި ނީކިޔާ، ކައިނާ އުނގައްލައިގެން އިނީ ޓީޥީ އިން ދައްކަމުންދިޔަ ކާޓޫން ބަލަންވެގެންނެވެ.

ކުއްލިޔަކަށް ސިޓިންރޫމުގައި ތިބި އެންމެންނަށް ސިހުން ލިބުނީ ގޭގެ ދޮރު ހުޅުވާލުމަށްފަހު ބާރު ބާރަށް ސިޑިން އަރައިގެން ދިޔަ ކައިވަން ފެނިއެވެ. އޭރު އެމީހުންގެ ލޯތައް ހުރީ ބޮޑުވެފައެވެ. ވާނީވެސް އެހެންނޫންތާއެވެ. ދާދިދެންމެއަކު ގެއިން ނުކުމެގެން ކައިވަން ދިޔައީ ފެންވަރައިގެން ރީތިވެލައިގެން ނުކުން ގޮތައް ވިއްޔާއެވެ. މިހާރު އެއައީ ކުލައިން ފުށުން ތަތްތެޅިގެންވިއްޔާއެވެ.

ކައިވަން ގޮސް އޮބާލިތަނާ ފެނުނީ ޒީޥާމެން ހެމުން ހެމުން އައިސް ވަންތަނެވެ. ޒުހޫރު ސުވާލް ކުރުމުން ޒީހާން އެމީހުންނަށް ފެނުނު މަންޒަރު ކިޔައިދިނެވެ. އިރުކޮޅަކުން ފެނުނީ އެމީހުންގެ ހިނިގަނޑުވެސް ފަޅައިގެން ދިޔަތަނެވެ. އިރުކޮޅެއްފަހުން ކައިވަން ވެސް ފެންވަރައިގެންއައިސްފިއެވެ. ކައިވަން ރުޅިއަތުވެދާނެތީ ފާޅުގައި އިތުރަށް ހޭން ނުކެރުނަސް އަޑިއަޑިން އެންމެންވެސް ތިބީ ހީލަހީލައެވެ.  “ކޮބާ ކައި.. ކޮންމެ ވެސް ވާހަކަ އެއްބުނަންށޭނު އުޅުނީ..” ޒުހޫރު ހެވިފައި ހުރެ ކައިވަން އަށް ބަލައިލިއިރު ކައިވަން މޫނު ކުނިކޮށްލައިގެން އިނެވެ. އޭނާހުރީ ވަރަށް ރުޅިގަދަވެފައެވެ. ވާނީވެސް އެހެންތާއެވެ. މިއަދު އަދި ކިރިޔާ މެންދުރުވީއެވެ. އެކަމަކު ދެފަހަރު ފެންވަރަން ޖެހިއްޖެ ވިއްޔާއެވެ.

“ހޫމް..ތިއްތިބެ މެން ކައިވެނި މާދަން ކުރެވުނީމަ އަނެއްދުވަހުން އަހަރެމެން ފުރާ ގޮތައް ..” ކުރިން ދުވަހަކު ޒުހޫރު އާއި ހިއްސާކޮށްފައިވާ އެމީހުން ސުވިސަލޭންޑަށް ބަދަލްވާ ވާހަކަ ޒުހޫރުއަށް އަލުން ހަނދާން ކޮށްލަދެމުން ކައިވަން ވާހަކަ ދެއްކިއެވެ.  އެވަގުތު ކުލްސޫމާއާއި ޒުހޫރަށް އެކަކު އަނެކަކުގެ މޫނަށް ބަލައިލެވުނެވެ. “ދަރިފުޅާ..ހާދަ އަވަހަކަށް..” ކުލްސޫމާ ނީދެވިގެން އަހައިލިއެވެ. “ޔާ..އަހަރެން އެކޮޅުން މާސްޓާސް ހަދަން ވެގެން… މިރޭ އަހަރެންގެ ކޯސްގެ ރިޒަލްޓް ވެސް ލިބޭނެ.. އަނެއްކާ ޒީވާ ވެސް މިހާރު ބޭނުންވަނީ އަހަރެން މިހަދާ ކޯސް މެޑިސިން ހަދަން ..ޔޫމީން ވެސްއެކޮޅަށް ދާނެ އަހަރެމެންނާއި އެކު ..އެކޮޅު ސުކޫލްތައް ވެސް މިއަންނަ ވީކުގަ ހުޅުވޭނެ..ސޯ މިނީ ވެސް އަވަހައް ގެންދަން ޖެހޭނެ” ކައިވަން ވާހަކަ ދައްކަމުން ދިޔައިރު އެމޫނުމަތީގައިވީ ސީރިޔަސް ކަމެވެ. “ކާކު ދަރިފުޅަށް ހެލްޕް ވީ އެކޮޅުން މިނީ އަށް ސްކޫލް ހަމަޖައްސާ ހަދަން އެހާ ފަސޭހައިން… ވަރަށް އުނދަގު ކަމެއްނު އެއީ” ޒުހޫރު ހިތުގައި އުފެދުނު ސުވާލް ކޮށްލިއެވެ.

ޒުހޫރު ނާހާތޯ ދުއާކޮށްލަ ކޮށްލަ އިންސުވާލް ޒުހޫރު ކޮށްލުމުން ކައިވަން އަށް ހިންދިރުވާލެވުނެ. އޭނާއަށް ބަލައިލެވުނީ ދޮރުން ވަދެގެން އައިސް ހުއްޓުނު ޔޫމީންއަށެވެ. ޔޫމީންއަށް ވެސް ޒުހޫރުގެ ސުވާލް އިވުނެވެ. “ޔަ ޔާ..އެއީ އަޅުގަނޑުގެ ފްރެންޑެއްގެ ބޭބެ އޫޅޭނެ އެތާގަ.. ކައިވަން ހެލްޕް އަކަށް އެދުނީމަ އަޅުގަނޑު އޭނާއާއި ވާހަކަ ދައްކައިގެން އެކަން ހަމަޖައްސާލީ..” ޔޫމީންގެ ވާހަކަ އިވިފައި ކައިވަން އަށް ހަމަޖެހުމުގެ ނޭވާއެއްދޫކޮށްލެވުނެވެ. އޭނާއަށް އެހީވާ މީހާގެ ނަންގަންނާކަށް އޭނާ އެއްގޮތަކަށް ވެސް ބޭނުމެއް ނޫނެވެ. ޔޫމީން އޭނަ ސަލާމަތްކޮށްދިނުމުން އޭނާއަށް މޭގައި އަތް އަޅައިލުމަށްފަހު ހަމަޖެހުމުގެ ނޭވާއެއް ދޫކޮށްލެވުނީ އެހެންވެއެވެ.

ކައިވަންއަށް ވެގެންދިޔަގޮތް ޒީވާއަކަށް ސިއްރެއް ނުވިއެވެ. އޭނާ އިނީ އެކަމާއި ހައިރާން ވެސް ވެފައެވެ. ކައިވަން އާއި ޔޫމީން އޭނާއަށް ކަމެއް ސިއްރު ކުރާހެންއިތުރައް ހީވީ ޔޫމީންގެ ބޮލުން ހަމަޖެހިލާގެން ހުރުމަށް ކައިވަން ކުރި އިޝާރާތުންނެވެ. އޭނާ ބަލައިލުމުން ނޭނގޭ ކަމައް ހަދާފައި ދެމީހުންވެސް އޭނާއަށް ހީލިއެވެ. އެހިތުގައި ސައްކުގެ އޮއިވަރު ހިނގައިގަތީ އެވަގުތުއެވެ.

“ބައްޕަ އަށް އެއްޗެއް ބުނަން ދަތި އަދި އިހައް.. މިއަދު މެންދުރުގެ ކެއުމަށްފަހު ފަހުންޒީވާ ފޮނުވުމާއިމެދު އެއްޗެއް ބުނަން އިނގޭނީ ..ތިކުދިންނަށް އެބޮއި ސަޕްރައިޒްއެއް ކެއުމަށްފަހު .. އެހެންވީމަ ޔޫމީ މިއަދު ވާނީ މިގޭން ކާގެން ދާން ..” ޒުހޫރުގެ ވާހަކަ ނިމުމުން ކުލްސޫމާވެސް އެއީ ތެދެކޭ ބުނެ ބޯޖަހައިލިއެވެ.

ސިޓިންރޫމުގައި އާއިލާއާއެކު ވަގުތު ހޭދަކުރަމުން ދިޔަ ޒީވާގެ ހިތްތެޅެމުންދިޔައީ ވަކިވަރެއް ބަލާފަކައެއް ނޫނެވެ. ކިތަންމެ ހަމަޖެހެން މަސައްކަތްކުރި ނަމަވެސް އޭނާއަކަށް ހަމައެއް ނުޖެހެވުނެވެ. އޭސީގެ ފިނިކަން ހުރި ނަމަވެސް އޭނާގެ މޫނުމަތިން ދާ ތިކި ތައް ފާޅުވާން ފަށައިފިއެވެ. އެބުނާ މީހަކު އޭނާގެ ކައިވެންޏަށް އެދި އަންނަ ވަގުތު  މިހާރު މިވަނީ ނުހަނު ގާތްވެފައެވެ.

ޒީވާ އެބަ އަންނަން ކަމަށް ބުނެ ފެންވާރަލަން ދިޔައީ ދާހިއްލާފައި ހުރިލެއް ބޮޑުކަމުންނެވެ. ހުނުފެނުން ފެންވަރައިލުމަށްފަހު ކަކުލާހަމަޔަށް އަރާ އަތްދިގު ފްލޯރަލް ހެދުމެއް ލުމަށްފަހު އައިސްބްލޫ ޖީންސެއް ލިއެވެ. އެ ފަންއިސްތަށިގަނޑުގައި ފުނާއަޅާއޮމާންކޮށްލުމަށް ފަހު ފަހަތައް ދޫކޮށްލިއެވެ. މޭކަޕް ކުރުމަކީ ޒީވާ މާގަޔާ ވާ ކަމެއް ނޫންކަމުން ހަމައެކަނި ފުއްކޮޅެއް ޖަހާލުމަށްފަހު ތިރިޔަށް ދާން މިސްރާބް ޖެހި ވަގުތުވީ ކުލްސޫމާ އައިސް ދޮރުގައި ވެސް ތަޅަންފެށި ވަގުތެވެ. ޒީވާ ގޮސް ދޮރުހުޅުވާލުމުން ކުލްސޫމާ އެތެރެޔަށް ދެމިގަތެވެ. “މާޝާﷲ ހާދަ ލޯބިއޭ ދަރިފުޅު މިއަދު… މަންމަ މިއައީ ޔޫމީ އާއެކު މޭޒުމައްޗައް ކާއެއްޗެތި ނަނގާފަ.. ދެންމެ ގުޅާފަ ކެމީލާ ބުނި މި ނައްޓާލިއޭ.. ހާސް ނުވާތި ދަރިޔާ.. ނޫނެކެ ބުނުމުގެ ފުރުސަތުވެސް އެބޮއި..” ކުލްސޫމާ ޒިޥާގެ މޫނުގައި އެއްއަތުން ފިރުމާލުމަށްފަހު ބުނެލިއެވެ. ހިތް ބިރުގަނެފައި ހުރި ނަމަވެސް ކުލްސޫމާގެ ބަސްތަކުން ކުޑަ ލުޔެއް ޒީވާގެ ހިތައް އިޙްސާސް ކުރެވުނެވެ.

ކުލްސޫމާއާއި އެކުއެކީގައި ޒީވާވެސް އައިސް ސިޓިން ރޫމަށް ނުކުން ވަގުތަކީ ގޭގެ ބެލްވެސް އެޅިވަގުތެވެ. އެންމެން އިށީންނުމަށް ބުނުމަށްފަހު ދޮރު ހުޅުވުމަށް ކުލްސޫމާ ދާތަން ފެނި ޒީވާގެ އިތުރައް ހިތްތެޅެންފެށިއެވެ. އޭރު އޭނާގެ އެތެރެ ހަށީގައި ހިނގަމުންދާ ހައިޖާނުގަނޑު ވަނީ އިންތިހާއަށް ބޮޑުވެފައެވެ. މޫނުމަތިން ހިއްލާލައިފާވާ ދާތިކިތަކުން ވެސްއެކަން ހާމަވެއެވެ.

ކުލްސޫމާގޮސް ދޮރުހުޅުވާލިތަނާ ބޭރުން ވަން އަންހެން މީހާ އޭނާގެ ގައިގާ ބައްދާލުމަށްފަހު ފެނުނީ އުފާވެފައި ހިނިތުންވެލިމނަންޒަރެވެ. “ކެމީ ..ހާދަ ދުވަސްތަކަކަށް ފަހުއޭ މިދިމާ ވީ… ކިހިނެތްތަ..” ކުލްސޫމާ ، ކެމީލާގެ ގައިގާ ބައްދާލައިގެން ހުރުމަށްފަހު ބުނެލިއެވެ. “ޔާ ދޯ ..އަހަރެން ރަނގަޅޭ.. ކޮބާ ކުލްސޫމާ ކިހިނެތް ތަ.. ޒީވާ ޔާ.. އެހެން ކުދިން ކޮބާ”

“އަހަރެން ވެސް ހަމަ ރަނގަޅު.. މިތިބީ ހުރިހާ ކުދިންވެސް ޒީވާ ވެސް މި އިނީ.. ކޮބާ އެލަން ވަންނަގަ ދަރިޔާ ..” ކުލްސޫމާ، ކެމީލާގެ އަތުގައި ހިފާލައިގެން އެތެރެޔަށް ވަންނަމުން ގޮވާލި އަޑަށް އެބުނާ އެލަން އެއް ވަނެވެ.އެ ހިނދު އެ ސޫރަ ފެނި ސޯފާގައި އިށިންދެ ތިބި ޒީވާ އާއި ކައިވަން އަދި ޔޫމީން ކޮޅަށްޖެހުނެވެ.

ތިންމީހުން ތިބީ ވަރުގަދަ ސޮކެއްގައެވެ.

އެ ހައިރާން ކަމުގައި ތިއްބައި ސޯފާގައި އެލަން ހަމަޖެހިލިއެވެ. އޭރު ޔޫމީން އާއި ކައިވަން ވަނީ ރުޅިން ރަތްވާން ފަށައިފައެވެ..

ޔޫމީން ދެއަތްވަނީ މުއްކެވިފައެވެ. އެއީ ދެވަނަ އެހެން މީހެއް ނޫނެވެ. ހަމަ އެ އަލާނިޔަލް އެވެ. ކިތަންމެ ސިފަ ބަދަލްކޮށްގެން ކުލްސޫމާއާއި ޒުހޫރާއި ޒީހާނަށް އޮޅުވާލަން އުޅުނަސް ޔޫމީން އަކަށް ނޯޅޭނެއެވެ. އެއީހަމަ އެދެމީހުންނެވެ. އެއީ އޭނާގެ މުޅި އާއިލާ ބަރުބާދުކޮށްލި މީހުންނެވެ. އެ ކެރާއެވެ. އެ އަލާނިޔަލް އެވެ.

ޔޫމީންގެ ރުޅިވެރި ނަޒަރު ފެނި އެލަން އިނީ ނުލަފާ ހިނިތުންވުމެއް މޫނައް ވެރިކުރުވައިގެނެވެ. އެހެން އިނދެ އިނދެފައި ކައިވަންގެ ރުޅިވެރިކަން ފެނަމުންދާ މޫނަށް ނަޒަރު ހުއްޓާލައި އެއްލޯ މަރައިލާފިއެވެ. އެއަމަލުން ކައިވަންގެ ރުޅި ދިޔައީ ހައްތަހާ ބޮޑުވަމުންނެވެ. ދެއަތް މުއްކަވައިލާގެން އިން އިރު އޭނާއަށް  ކެތްވަނީ ކިރިޔާއެވެ. އޭނާއަށް ވެގެންވާނަމަ އެލަންގެ މޫނައް ގޮށްމުށުގެ އެތިފަހަރުތައް އަރުވާލާނެތާ ކިތަންމެ އިރެކެވެ.

ޒީވާގެ ހާލަކީތޯއެވެ. ޑިއުޓީގައި އުޅޭވަގުތު  މިހާރަކަށް އައިސް އޭނާގެ ގާތްކަން ހޯދަންއުޅޭ ޑޮކްޓަރު އެލަން އެފަދަގޮތަކަށް ފެނުމުން އޭނާއިނީ އިންތިހާއަށް ހިތް ނުތަނަވަސްވެފައެވެ. އެހިތުގެ ކަނަކުން އެކައިވެންޏަށް ދެކޮޅުހަދަން ގޮވާލަންފެށީ އެވަގުތެވެ.

“ހުރިހާ ކުދިން އިހައް ދަމާ ކާން ދޯ ..ކާއެއްޗެތި ހިހޫ ވެދާނެ..”ކުލްސޫމާ ،ކެމީލާގެ އަތުގައި ހިފާލައިގެން ޒުހޫރު އާއި ދެންތިބި މީހުންނަށްވެސް ގޮވާލިއެވެ.

ކެއިން ނިންމާލުމަށްފަހު އެންމެ ފުރަތަމަ ވެސް މޭޒުދޮށުން ތެދުވީ ޒީވާއެވެ. އޭނާއަށް މިއަދު ރަނގަޅަށް ނުވެސް ކެވުނެވެ. އެޅި އެއް ސަމްސާ ބަތްވެސް ކެއީ ގަދަކަމުންނެވެ. ކާން އިއްތިހާ އިރަކު އެލަންގެ ތޫނު ނަޒަރު ހުއްޓިފައި ހުރީ ޒީވާއަށެވެ. ނޭނގޭ ކަމަށް ހަދައިގެން އިނަސް އެ ތޫނު ނަޒަރުން ޒީވާއަށް ދިޔައީ އުނދަގުވަމުންނެވެ.

ހުރިހާ މީހުން ސޯފާތަކުގައި ހަމަޖެހިލުމުން ޒުހޫރު ވާހަކަ ފެއްޓިއެވެ. “ކޮބާ ޒީވާއަށާއި އެލަން އިނގިފަ އޮންނާނީ މިއަދުގެ މިކެއުން ހާއްސަވި ސަބަބު.. ”

“ލައްބަ ބޭބެ.. ޒީވާ ގަބޫލިއްޔާ އަޅުގަނޑު ބޭނުން ވިހާ ވެސް އަވަހަކަށް ޒީވާއާއި ކައިވެނި ކުރަން..”އެލަން ބުނެލި ބަސްތަކުން ކައިވަން އާއި ޔޫމީން އެކުއެކީހެން ކޮޅައްތެދުވުނީ ލިބުނު ހައިރާން ކަމެއްގެ ބޮޑުކަމުންނެވެ.

“ޒީވާ މެރީ ކުރަނީތަ…ނުވެސް ބުނޭ..” ޒީހާން ހައިރާން ވެފައި އަހައިލިއެވެ. ނަމަވެސް ޒީވާ އެއްޗެއް ނުބުނެ އިސްދޮށައް ޖަހައިލިއެވެ.

“މަންމައަށް ހީވަނީ ޒީވާ ގަބޫލްހެން..ދޯ..” އެއްޗެއް ނުބުނެ ހަމަހިމޭންވެފައި އިން ޒީވާގެ މޫނައް ބަލައިލަމުން ކުލްސޫމާ ބުނެލި ބަސްތަކުން ޒީވާއަށް ހިންދިރުވާލެވެނެވެ.

***

(ނުނިމޭ)

 

 

 

 

 

 

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Annora

Level 610 Stories100 Login100 Comments100 Stories

Weaving tales that linger long after the last page.🤍 Turning imagination into unforgettable stories.🤍 Every story is a journey; come take a trip with me.🤍 Capturing the magic in everyday moments.🤍 Crafting narratives that touch the heart and mind. 🤍 🤍🤍🤍

Other Articles

Previous

ރީމާ – 6

Next

އެކުއްޖާ 2 – 21

Next
February 27, 2021

އެކުއްޖާ 2 – 21

Previews
February 26, 2021

ރީމާ – 6

4 Comments!

  1. Annora says:
    February 26, 2021 at 12:59 pm

    salaam ❤️ here is the 15th part of hiraas .. i hope you guyz will like this one.. ❤️❤️
    stay safe❤️❤️❤️
    stay home ❤️❤️❤️

    love you all ❤️❤️❤️

  2. redlailacrose says:
    February 26, 2021 at 3:54 pm

    Nice

  3. s.n.o.w.f.l.a.k.e Maash says:
    February 26, 2021 at 8:18 pm

    Woooow Varah reethi Maasha Allah ????
    When is next part? Waiting curiously ????

    1. Annora says:
      February 27, 2021 at 12:28 pm

      awwnn thankxx dear ❤️❤️❤️v happy vehje maash ah mi part vx kamu dhiyaeema❤️❤️❤️ it means a lot ❤️❤️❤️dear next part insha allah monday ga❤️❤️ stay safe n take care gurl❤️❤️ ly ❤️

Comments are closed.

Next Episodeހިރާސް 16←


All Right Reserved!