(އެޕިސޯޑް 40) **** “ވަޓްސް ރޯންގް ވިތް ޔޫ” މަޑުމަޑުން އިޒާން ބުނެލިއިރު އޭނާ އިނީ ޒީވާ އުޅޭމުންދިޔަ އާދަޔާއި ހިލާފް ގޮތުން ބިރުގަނެފައެވެ. ޒީވާ އިޒާން އާއި ދިމާ ބަލަން އިނުމަށްފަހު ސީޓް ބެލްޓް ނައްޓާލިއެވެ. ލާފައި ހުރި ޖެކެޓް ބޭލުމަށްފަހު ކާރުގެ ފަހަތު ސީޓައް އެއްލާލިއެވެ. މަޑުމަޑުން އިންތަނުން ތެދުވެ ގޮސް އިޒާންގެ އުނގުގައި އިއްތާލިއެވެ. އިޒާން ހައިރާންވެފައި ހުރިވަރުންއިތުރު ހަރާކާތެއް ގެންނަން ވެސް ނޭނގިފައި އިނެވެ. ކުއްލިޔަކަށް އިޒާން ސިހުނީ ޒީވާ […]
(އެޕިސޯޑު38 ) ކުލާސް ނިމުމުން ޒީޥާގެ ހިތްނެގިނެގިފައި ޖެހެންފެށީ އިޒާން ބައްދަލް ކުރަނާނެކަން އެނގޭތީއެވެ. ޔޫމީން ގާތު ބޭރުގައި މަޑުކުރަންބުނެ ދެން ހޮވުނު އަނެއް ހަކުދިންނާއެކު އޭނާ މަޑުކުރިއެވެ. އެ ހަ ކުދިންގެ ތެރޭގައި ވާނީވެސް ހިމެނެއެވެ. ޒީވާ ފެނުންހާއިރު ތުން އަނބުރާލިގޮތުން ޒީވާގާތައް ހިނިއައެވެ. އެކުއްޖަކާ ހަވާލްވެގެން އައި ލެކްޗަރާސް އިން އައިސް ކުދިންނާއެއްކޮން ގޮސް ޒީވާ އެކަނިވިއެވެ. “ޒީޥާ…” އޭނާ ހިތުގެ ތެޅުން ދެގުނަވީ އިޒާން އައިސް ގޮވާލުމުންނެވެ. *** ޒީވާ އިށީންދެގެން […]
ކައިވަން އެރުމުން ފަހުން އައި ކާރުވެސް ދުއްވާލީ ނިޔަލްގެ ކާރުފަހަތުންނެވެ. އިޒާން އަށް އިތުރު ސިހުމެއް ލިބުނީ އެކާރު އަނބުރާލިގަޑީގައިއޭގައި އިން އަލާނިޔަލް ފެނުމުންނެވެ.ފަހތު ސީޓުގައި އިން އީން ވެސް ފެނުނެވެ. އިޒާން ގެ ބޮލުގައި ހީވީ މީހަކު އެއްޗަކުން ޖެހިހެންނެވެ. ބޯހާސްވި ވަރުން ބޮލުގައިވެސް ރިއްސަންފެށީ އެއެއް މިއެއް ބަލާފަކާއެއްނޫނެވެ. ވާނުވާ ބަލަން ބަލަން އިޒާން ހިތްވަރު ކޮށްލާފައި އެދެ ކާރުގެ ފަހަތުން ދުއްވާލިއެވެ. *** “ޒިވީ.. ކިހިނެތްވެގެން މިއުޅެނީ..” ދުވަމުން ދުވަމުން އައިސްވަން ޔޫމީން […]
( އެޕިސޯޑު 35 ) އެއަޑެއް ދުވަހަކުވެސް ޒީވާއަކަށް ނޯޅޭނެއެވެ. އެއީހަމަ އެއަޑެވެ. އެ ފިރިހެންވަންތަ އަޑެވެ. އެހިތުގެ ހަމަޖެހުން ނަގާލި ހަމައެކަނި ފިރިހެންވަންތައަޑެވެ. ޒީވާގެ ހިތް ތެޅެންފެށީ އެޔެއް މިއެއް ބަލާފަކާއެއްނޫނެވެ. އިސް އުފުލާބަލާލަން ނުކެރި އިނދެފައި ކުއްލިޔަކަށް އޭނާ ބަލައިލިއިރު އެނާގެ ދެލޯ ބޮޑު ވެއްޖެއެވެ. މުޅި ކުއްޖާ ހުދު ވެއްޖެއެވެ. ޒީވާގެ ކައިރީގައި އިން ޔޫމީންއަށް އޭނާއަށް ވަމުންދިޔަގޮތް ސިއްރެއް ނުވިއެވެ. އާއެކެވެ. އެއީ ހަމަ އިޒާންއެވެ. އޭނާ ލޯތްބެވެ. އޭނާގެ […]
އެއަށްފަހު ނާރސްއާއި އެއްކޮން ނުކުމެގެން ދިޔުމުން ކައިވަން އައިސް ޖައްސާލީ ޒީވާގެ އެނދާއި ޖެހިގެން އިން ގޮނޑިގައެވެ. އެހެން އިނދެފައި އޭނާއާއިވީ ފަރާތައް އެނބުރި އޮތް ޒީވާ އާއި ދިމާ ބަލާލަމުން ހަށަންބަނދެލައިފިއެވެ. “ޒީވާ ދެން ތެދުވޭ އިޒާން ހިތުގަ ނުޖައްސާ… މީހު..” ކައިވަން ވާހަކަ ދައްކަ ދައްކާ އިންދާ ޒީޥާ އޭނާގެ އެސްތެޓިކް ފެހި ކުލައިގެ ލޯ ހުޅުވާލުމުން ސިއްސައިގެން ގޮސް ފަހަތައް ދިޔަ ބާރު މިނުގައި ގޮސް ބުރަކަށި ޖެހުނީ ފާރުގައެވެ. އެރުވެސް ޒީވާ […]
“އަހަރެންގެ ކިޑްނީ ދޭން ތައްޔާރު..”ޑޮކްޓަރު އައިސްފައި ލިވިޔާގެ ލެފްޓް ކިޑްނީ ފެއިލްވި ހަބަރާއި އެކު ވީ އެންމެ އަވަހަށް ޑޯނާރ އެއް ހޯދަން ބުނުމުން އިޒާން ވަގުތުން އިށީންދެ އިން ގޮނޑިން ތެދުވެ ޑޮކްޓަރު ފަހަތުން މިސްރާބްޖެހިއެވެ. އެ ކުޑަ ވަގުތު ކޮޅު ތެރޭގައި ބަސްބުނާހާ ސިކުންތު ތެރޭގައި އިޒާން ޑޮކްޓަރުފަހަތުން ނުކުމެގެން ދިޔައިރު އެކަކަށް ވެސް އެކަމާއި ދެކޮޅަށް އެއްޗެއްބުނާނެ ވަގުތު ނުލިބެއެވެ. “ކޮބާ ތަ ލަވާ” ލަވާލް ނެތްކަން އެންމެ ފުރަތަމަ ފާހަގަ ވި […]
އެންމެ ފުރަތަމަ ވެސް މިހާ ދުވަސް ވަންދެން ވާހަކަ އަޕްލޯޑު ނުކުރެވި ދިޔުމުން އަޅުގަނޑު ކިޔުންތެރިންގެ އަރިހުން ނިހާޔަތަށް މާފަށް އެދެން. އަޅުގަނޑަށް ވާހަކަ އަޕްލޯޑު ނުކުރެވުނީ އަޅުގަނޑުގެ ލެޕްޓޮޕް ހަލާކުވެ ހުރިހާ އެޕިސޯޑްސް ތަކެއް ގެއްލި ދިޔުމުން. ނަމަވެސް ލެޕްޓޮޕް ރަނގަޅުވުމުން އަދި މިހާރު ހުރިހާ އެޕިސޯޑެއްއަލުން ރައިޓްކޮށް ވެސް ނިމުމުން ހިރާސް މި ވާހަކަ ކުރިޔަށް ގެންދިޔުމަށް އަޅުގަނޑު ވާނީ ނިންމާފަ. ކިޔުންތެރިގެ ސަޕޯޓް ކުރިން ލިބުނު ހެން މިފަހަރުވެސް ލިބޭނެ ކަމަށް އަޅުގަނޑު އުއްމީދު […]
{އެޕިސޯޑު 31 } ޔޫމީންގެ ސަލާމަތައްޓާކައި ލިވިޔާ އެ އެޅިފިޔަވަޅާކީ ލިވިޔާގެ މުޅި ދިރިއުޅުން ބަދަލް ވެގެންދާނެ ފިޔަވަޅުކަމެއް ލިވިޔާއަކަށް އިހްސާސް ނުވެއެވެ. އެފިޔަވަޅަކީ ލިވިޔާގެ މުޅި ދިރިއުޅުން އެފުއް މިފުށައް ޖެހިގެންދިޔަ އަދި ލިވިޔާގެ މުޅި ހަޔާތް ބަނަވެގެންދާނެ ފިޔަވަޅު ކަމެއް އެ ފަކީރަތް އިޙްސާސް ނުވެއެވެ. އެއަށްވުރެން ލިވިޔާ ހުރީ ޔޫމީންގެ ސަލާމަތައް އިސްކަންދީގެންނެވެ. ލިވިޔާ ކާރާއި ދިމާލަށް ދުވަމުންދިޔަ މަންޒަރު ޓެރެހަށް އެރި ކައިވަން އާއި އަލާނިޔަލްގެ ލޮލުގައި އަޅައިގަތެވެ. ދުރުގައި […]
“ވަޓްސް ރޯންގް ބޭބީ.. ޔޫ ކޭންޓް ހައިޑް އެނީތިން ފްރޮމް މީ ..” އިޒާން ލިވިޔާގެ ދެލޮލާއި ހަތަރުކަޅި ހަމަކުރަމުން އަހާލިއިރު ލިވިޔާގެ ދެލޮލަށް ޖަމާވަމުންދިޔަ ކަރުނަތައް އިޒާންއަށް ސިއްރެއްނުވިއެވެ. ލިވިޔާ ކަމެއް ސިއްރު ކުރާކަން އިޒާންއަށް ޔަގީންވީދެނެވެ. “ވަޓް ހެޕެންޑް…ހޫ މޭކްސް ޔޫ ކްރައި” އިޒާން ރުޅިގަދަވަމުންދިޔައީ އޭނާ އެތައް ފަހަރަކު އެހުމުން ވެސް ލިވިޔާ ކަމެއް ނުވާ ކަމައް ބުނަމުންދިޔުމުންނެވެ. “އިޓްސް ނަތިން.. ހަމަ ރޮވުނީ” ގިސްލެވެމުން ދިޔައިރުވެސް ލިވިޔާ ބުނަމުންދިޔައީ އެހެންނެވެ. އަލާނިޔަލްގެ […]