ހިރާސް 13
ކައިވަން އަށް މިއަދު ކިހިނެތްވެފަ އިންދުވަހެއް ބާއޭ ޒީވާގެ ހިތައް އެރިއެވެ. ޒީވާ ކުޑަކޮން ހިތްހަމަ ނުޖެހުނެވެ. ” މީހަކަށް ފެނިދާނެ..”މަޑުމަޑުން ބުނެލިއެވެ. ނަމަވެސް އެއަޑުގައި ވި ހިތްހަމަނުޖެހުން ސިއްރެއްނުވިއެވެ. “އަހަރެމެންނަކަށް މިހެންނެތް ނޫޅެވޭނެތަ…ވީ އާރ ނޮޓް ސިބިލިންގްސް” ޒީޥާގެ ގައިގާ ހިފަހައްޓާލައިގެން ހުރެ ކައިވަން ސީރިޔަސްކަމާއެކު ބުނެލި އެތިން ޒީޥާއަށް ހީވީ މުޅި ތަންގަނޑު އެނބުރިގެން ދިޔަ ހެންނެވެ.
“ވަޓް” ޒީވާއަށް ހުރެވުނީ ގަބޫލްނުކުރެވިފައެވެ. “ސަމާސާ ކުރާކަހަލަ ގަޑިޔެއްނޫން މިއީ ކައިވަން..” ޒީވާ ތެދުވަންނަން ވެސް ނޭނގިފައި ގަބުވެފައިއިނެވެ. ކައިވަންގެ ސީރިއަސް މޫނުމަތިން އެހަދަނީ ތެދުކަމަށް އޭނާ ހިތް ބުނަން ފެށިއެވެ. އޭނާ ދިރިހުއްޓާ ވަޅުލަނިއްޔޭ ބުންޔަސް އެހާ ބޮޑު ސިހުމެތް ލިބޭނެކަމެއް ނޭނގެއެވެ.
“ދޮގެއްނޫން މިހަދަނީ..އަހަރެން ތެދު ހަދަނީ މި….ސީރިއަސްލީ ވީ އާރ ނޮޓް ފެމެލީ .. އައިމް ސީރިޔަސް ޒީވާ .. ” ކައިވަން ވާހަކަ ދައްކަމުން ދިޔަނަމަވެސް ހުއްޓުން އަރައިފާ ޒީވާއަށް އިނދެވުނެވެ. ކައިވަން ، ޒީވާ އިން ފަޅީ ދޮރު ހުޅުވުމަށްފަހު ދޮރުފަތުގައި އިން ހޯނު ފައްސާލިއެވެ. އެއަށްފަހު ޒީވާ އުފުއްލައިލާގެން ގޮސް ސީޓްގައި ބޭންދުމަށްފަހު ސީޓް ބެލްޓް އަޅުވާލަދިނެވެ. އެ ހުރިހާއިރު ވީއިރުވެސް ހަރަކާތެތް ކޮށްލަންވެސް ނީނގިފައި ޒީވާ އިނެވެ. ކައިވަން ބުނެލި ވާހަކައަކުން އެތައް ކަމެއް އޭނާއަށް އުނދަގޫ ކުރަމުން ދިޔައެވެ.
ޒީވާ ވިސްނިވަރަކަށް ބޮލުގައި ރިހުން އިތުރުވެގެންދިޔައެވެ. ޒީވާގެ ހަނދާނައް އެންމެ ފުރަތަމަވެސް އައީ ކުލްސޫމާ މީގެ ބާރަ އަހަރު ކުރިންފެށިގެން އޭނާއަށް ކުރަމުން އައި ނަފްރަތުތަކެވެ. އެއަނިޔާތަކެވެ. ބުނަމުން އައި ރަހުމްކުޑަބަސްތަކެވެ. ޒީހާންގެ ރުޅިވެރިބަސްތަކާއި އޭނާގެ ދުރުކަމެވެ. އެތައްފަހަރަކު މިގޭން ނުކުންނާށޭ ވެސް ޒީހާން ބުނެއެވެ. ނަމަވެސް ޒީޥާއަށް އެކަމުގެ އަސްލެއް މިއަދާއި ޖެހެންދެން ވެސް ނީނގެއެވެ.
ކައިވަން ދުރުން އުޅުންނަމަވެސް އެމީހުންހާ ރަހުމްކުޑައެއްނޫނެވެ. ކައިވަންއަކީ އެންމެގާތް މިތުރުން ފިޔަވައި އެކަކާއިވެސް މާގާތްގުޅުމެތް ބާއްވާ ޒުވާނެއް ނޫނެވެ. ބީރައްޓެހިކަމަކީ އޭނާގެ މިޒާޖުގެ އެއްބައެވެ. އެކަން ޒީވާ ދަނެއެވެ.
ވިސްނިވަރަކަށް ޒީވާގެ ބޮލުގައި އުފެދިފައިވާ ހައިޖާނުގަނޑު ދިއައީ އޮޅުންބޮޅުން ގަނޑަކަން ވަންނަމުންނެވެ. ފައިބަމުން ދިޔަ ކަރުނަތައް އަތުގެ ނުފުށުން ފުހެލުމައްފަހު ކައިވަން އާއި އޭނާ ކުރިމަތިލިއެވެ.
“ކައިވ” ޒީވާ ބުނަން އުޅުން ޖުމްލަ ހުއްޓުވީ ކައިވަންއެވެ. “ޒީވާ.. އަހަރެމެން ކުރަން މިއުޅޭ ކަންތަކަށް އިހައް ފޯކަސް ކުރަމާ .. މިކަން ނިމުމުން އަހަރެންނަށް އިނގޭ އެއްޗެއްވިއްޔާ އަހަރެން ބުނެދޭނަން ..އަހަރެން ބޭނުމެއް ނުވޭ ޒީވާ އަނދިރީގައި ބަހައްޓާކަށް.. އައި ޕްރޮމިސް..އަހަންނަށް ދުވަހަކު ކަމެއްކޮށްދެންޏާ މިއިން އެއްވެސް ކަމެއް އިނގުނު ކަމަށް ނުހަދާތި ..ޕްލީޒް” ޕޮލިސް ސްޓޭޝަން އެއްފަރާތަކަށް ކާރު ހުއްޓަމުން ޒީވާގެ އަތަށް ފިތާލަމުން ކައިވަން ވާހަކަ ދެއްކީ އާދޭހާއި އެކުއެވެ. ޒީވާ މަޑުމަޑުން ބޯޖަހައިލިއެވެ. ނަމަވެސް އޭނާގެ ހިތް ދިޔައީ ރޮމުންނެވެ. ލިބިފައިވި ސޮކްވެސް ވަކި ކުޑައެއްނޫނެވެ.
ކައިވަން އާއި ޒީވާ އެތެރެޔަށް ވަދެގެން ދިޔައި އިރު އެކި ދިމަ ދިމާލުގައި ފުލުހުން ހެލަމޭލަވަމުންދިޔަ މަންޒަރު ފެނުނެވެ. ކައިވަން ހަލުވި ހިނގުމުގައި ކުރިޔަށް ގޮސްގޮސްފައި ހުއްޓައިލީ މީހަކަށް ގުޅައިލަމުންނެއެވެ. އެހިނދު ކޮންމެވެސް މީހަކު ކައިވަންގެ ނަމުން ގޮވާލިއެވެ. ފުލުސް ޔުނީފޯމުގައި ހުރިއިރު ބަލާބެލުމަށް ކައިވަން އައި އެއް އުމުރެއްގެ ޒުވާނެކެވެ.
“ކޮބާ އެމީހުން..” ކައިވަން އަހައިލިއެވެ. ” އެބަތިބި ..އަސްލު ވަރަށް ގުޅިފަހުން ދިމާވީ ކައި އާ.. ޒުހޫރުބެ ބުނެފި ދައްތަ ގޮވައިގެން އަންނަ ވާހަކަ …” ކައިވަންގެ ރަހްމަތްތެރި ނޫމާން ވާހަކަ ދެއްކިއެވެ. “އާނ..އަހަރެން ފާހާނަގަ އުޅެނިކޮން އެއީ ..ކިހިނެތް މައުލޫމާތު ލިބުނީ އެމީހުން ކަންތައް” ކައިވަން އަހައިލިއެވެ. އޭރު އެމީހުން ވާހަކަތައް އަޑުއަހަމުން ޒީވާވެސް އައެވެ. “ނޭނގެ ކައި ..ފުލުހުންގެ އިންޓަލިޖެންސްއަށް ލިބުން މައުލޫމާތެއް.. ބޮޑު މީހާ ބުނާގޮތުން ފޯނު ކޯލެއްކަމައް ވަނީ އައީ.. އެމީހަކު ޔިރާގެ ގޭގެ އެޑްރެސް ދީފަ ބުނިއްޔޯ އެގެ ބަލާ ފާސްކުރާށޭ ވަގުތުން..ޑްރަގް ޑީލަރުންނޭ އެތާގަ ތިބީ..މިވަގުތު ގޮސްފިނަމަ ހެކި ވެސް ފެންނާނެއޭ..ފޯނު ކޯލް ކުރި މީހާ ވަގުތުން ކަނޑާލައިފި ..އެ ނަނަބަރަށް ދެން ގުޅިތަނާ ބުނަނީ ބޭނުން ނުކުރާ ނަންބަރެއްކަމަށް..” ނޫމާން ކިޔައިދިނެވެ. ކައިވަންއަށް ޔަގީނާ ގާތައް އެއީ އިޒާންގެ އަމަލެއްކަން އެނގުނެވެ. އެކަމުން ނޭނގެ ހިތަހަމަޖެހުމެތް އެނާއަށް ލިބުނެވެ.
ނޫމާންގެ ފަހަތުން ދެމީހުން ގޮސް ވަދެވުނީ ކުޑަކޮޓަރިގަނޑަކަށެވެ. ދިގު މޭޒެއްގެ ދެކޮޅުގައި ޔިރާއާއި ޒީހާން ބިޑި އަޅުވާފައި ބައިތިއްބާފައިވެއެވެ. އެމީހުންގެ ކައިރީގައި ދެ އޮފިސަރުން މަޑުކޮށްލައިގެން ތިއްބެވެ. ޔިރާގެ ވެސް ރީތި ސިފަތަކެއް ލިބިވިޔަސް އެއްވެސް އުޅުމެތްނެތްތާއޭ ޒީވާގެ ހިތައް އެރިއެވެ.
ކައިވަން ޒިހާން ފެނުމުން ރުޅިގަދަވެގެންގޮސް އަތުންފައިން ގޯހެއް ނުހެދުނީ ޒީވާ އެއަތުގައި ހިފާލަމުންނެވެ. ކައިވަން އަށް ޒީވާއާއި ދިމާއަށް ބަލައިލެވުނެވެ. މައުސޫމު ކަމާއެކު ބަލަހައްޓައިގެން ހުރެ ދެފަރާތައް ބޯހޫރުވައިލުމުން ކައިވަންއަށް މަޖުބޫރުވީ މަޑުންހުރުމަށެވެ. ” ސާރ ..ޒުހޫރު ސާރ އެބަ ދުރުވޭ .. ޒުހޫރު ސާރ އެދެނީ ސާރ އަންނަންދެން މަޑުކުރަން” ނޫމާން ވަރަށް އަދަބުވެރިކަމާއެކު ދެއޮފިސަރުން ގާތު ބުނުމުންއެމީހުންވެސް އެކަމާއި އެއްބަސްވުމުގެ ގޮތުން ބޯޖަހާލިއެވެ. މާގިނައިރަކު މަޑުކުރާކަށް ނުޖެހުނެވެ. ޒުހޫރު އާއި ކުލްސޫމާ އެކުއެކީގައި ކަހަލަ ގޮތަކަށްވަނެވެ. އެމީހުންގެ ފަހަތުން ޔިރާގެ ބައްޕަ މައިސަރު އަދި މަންމަ މާހިދާ ވެސް ވެސް ވަނެވެ. ހުސް ހިތާމަޔާއި ރުޅިން ފޯވެފައިވާ މޫނުތަކެވެ.
ޒުހޫރަށް، ޒީހާން ފެނުމުން ލޭކެކިގެން ދިޔައެވެ. އައިގޮތަށް އައިސް ޒީހާންގެ ގަމީހުގެ ގިރުވާނުގައި ހިފައިގެން އޭނާ ކޮޅައް ނެގިއިރު ޒުހޫރު ހުރީ ރުޅިންގޮސް ހަމައިން ނެއްޓޭވަރުވެފައެވެ. ކައިވަން އަށްވެސް އޭނާގެ ސައުވީސް އަހަރުވީ ހަޔާތުގައި ޒުހޫރު އެވަރަށް ރުޅިއައިސްފައި ހުއްޓައި އެފެނުނީ އަލަށެވެ.
“ކަލޭ މަގޭ ދަރި މަރާލީ ކީއްވެ ..އޭނ..މިހިރަ ފެންނަ ކަލޭގެ ކައިރީގައޭ މަމި އަހަނީ ކަލޭ ކީއްވެހޭ މަގޭ ދަރި މަރާލީ..ކަލެޔަކަށް ނޭނގޭތަ ބަލަ އެއީ ކަލޭގެ އެއްމާބަޑު ބޭބެ ކަމެއް..ކަލޭގެ އުފަލައްޓަކައި އެކުއްޖާ ނުކުރަނީ ކީއް ..” ޒުހޫރު އަޑައް ބާރުލަމުން ވާހަކަދައްކަމުން ދިޔައިރު މުޅިތަނުގައި އެއަޑު ގުގުމަމުން ދިޔައެވެ. ” ޖަވާބު ދާރީވޭ ” ޒުހޫރު ގެ އެއްއަރިޔަކަށް ވާހެން ހުރި އޮފިސަރު މާޒިން ހަރުކަށިކަމާއެކު ބުނެލިއެވެ. ” ކީއްވެހޭ މަރާލީ މިހިރަ ސުންޕާ އެތި ކާރީގަ މިއަހަނީ .. ކަލެޔަށް ކޮންކަމެއް އުނިވީ” ޒުހޫރު ވަހަކަ ދައްކަމުން ގޮސް ރޮވިފައި ހުރެ އަހަމުންދިޔައެވެ.
“ޔިރާ ..ކަލޭ ތިހިފީ ޔާނީގެ މަރުގެ ބަދަލްތަ” ހުރިހާއިރު ހިމެނުން ހުރި މައިސަރު ހަރުކަށިމާއެކު އަހައިލިއެވެ. އެމީހުން އެތަނައް އައުމުގެ ކުރިން ވަނީ ކައިވަން ފޮނުވާލި ވީޑިއޯތަކެއް ފެނިފައެވެ. ދުނިޔޭގައި ހުރިހަމައެކަނި އަންހެންދަރީގެ ނުބައިކަން އެނގި އެމީޙުންނަށްވަނީ ނުހަނު ބޮޑެތި އަސަރުތަކެއް ކޮށްފައެވެ.
އެވަގުތު އެތަނުގައި ހީވީ ބޮމެއް ގޮވިހެންނެވެ. ޔަގީނުންވެސް އެއީތަނުގައި ތިބި ގިނަމީހުންނަށް އާހަބަރެކެވެ. މައިސަރުގެ ދެމަފިރިންނާއި ޒީހާންއާއި ޔިރާ ފިޔަވާއެވެ.
“އޭނނ އަހަރެން މިކުރަނީ ސުވާލެއް” މައިސަރުގެ ބާރު އަޑު އިވިމުން ބިރުންގޮސް ޔިރާގެ ނިއްކުރިން ދާހިއްލާލިއެވެ. ޔިރާ މަޑުމަޑުން ބޯޖަހާލީ އާއެކޭ ބުނުމުގެ ގޮތުނެވެ. އެހިނދު އެ އެންމެގެ ހިތްތަކަށް ގުޑުން ގެނުވީ ޔިރާގެ ކޯތާފަތް މައްޗައް އެރި މާހިދާގެ ހޫނު ހަމަލާތަކުގެ އަޑުންނެވެ. ޒީހާންއަށް ހިތްދިރުވާލެވުނީ އޭނާގެ ސިއްރުތައް ޔިރާއަށް ބޭޒާރުވަނީއޭ ހިތައް އަރާފައެވެ. އޭނާއަށް ކަރުއެލުވާލެވުނެވެ. ” ޔިރާއަށް ތިހީވަނީ އެންމެރަނގަޅައް ތިވިސްނަނީ ޔިރާއޭ..ކަލޭ ހީކުރާހާ ރަނގަޅު މީހެއްނޫން މި ޒީހާން އަކީ ..އެހެންނަމަ ޔިރާއަށް އަށް އޮޅުވާލައިގެން ކުށެއްނެތް އަމިއްލަ ބޭބެ އެހާ ރަހްކުޑަކޮން މަރައެއްނުލާނެ.. “މާހިދާގެ ޖުމްލައިން ޔިރާ އަށް އިސް އުފުލާލެވުނެވެ. “އޮޅުވާލައިގެންނޭ…މަންމާ..ކީކޭތިކިޔަނީ އަހަންނަކަށް ނޭނގޭ ތިކިޔާ އެއްޗެއް ” ޔިރާ ،މާހިދާގެ އަތުގައި ހިފަން އުޅުމުން އޭނާ ޔިރާ ކޮށްޕާލިއެވެ.
“މާހިދާ..ކީކޭތަ ތިކިޔަނީ..ޔާނީ މަރުވީ ބެލްކޮނިން ވެއްޓި އެއްނޫންތަ… ކާކު ، ކާކު މަރާލީ..އަހަރުމެން އެންމެނަށް އަންޑާސްޓޭންޑް ވާހެން ކިޔާދީފާނަނަތް..” ކުލްސޫމާއަށް ނުހުރެވިގެން މާހިދާގެ އަތުގައި ހިފާލަމުން އެދުނެވެ. ނަމަވެސް މާހިދާއަށް ރޮއިގަނެވުނީއެވެ.
“އަހަރެން ކިއަޔިދީފާނަން ވީގޮތް” މައިސަރު، މާހިދާ އަތުލަފިކޮށްލަމުން ކައިރީގައި ހުރި ގޮނޑިއެއްގައި ބައިންދާލަމުން ބުނެލިއެވެ.
” އެއީ މީގެ ތިންއަހަރު ކުރިން … ޔިރާ އުޅުނީ ޒީހާންއާއި ރައްޓެހިވެގެން …ޒީހާންއަށް ޔާނީ ފެނުނީ އަހަރެމެންގެ ގެޔަށް ޔިރާ އާއި އެއްކޮން އައިސް އައިސް.. ޔާނީ ހަގުވާނެ ޔިރާއަށް ވުރެން ދެއަހަރު. ޔިރާއަށްވުރެން ޔާނީ ބަލާލަން ރީތި ވީމަ ޒީހާންގެ ލޮލުގައި އަޅިގަތީ ޔާނީ ..ޒިހާންގެ ބެލުންތަކުން އުނދަގުވެގެން ޔާނީ އަހަރެންގެ ކާރީގަ އެހެން ބުނީ ބައްޕާވެޔޭ އޭނާ މާވަރަކަށޭ ޔާނީ ދިމާ ބަލަނީ.. އަހަންނަށްކުރިން އެކަހަލަ ގޮތަކަށް ހީވެފައެއް ނެތް..އަހަންނަށް ހީވެފައި ވަނީ ޒީހާންއަކީ ވަރަށް ސާލިހް ކުއްޖެކޭ އަހަރެން ނަސޭހަތް ދިނިން ތިންފަހަރު ޒީހާންއަށް އެހެން ނުހެދުމަށް ……އެކަމަކު…އާހް..” އަޑުބެދޭގޮތް ވުމުން މައިސަރު ވާހަކަ މެދުކަނޑާލިއެވެ.
އޭރު ޒީހާން އިސްޖަހާއިގެން ހުރިގޮތައް ހުރީ އެއްވެސް މީހަކާ ހަތަރު ކަޅި ހަމަކުރަން ނުކެރިފައެވެ.
” ޔާނީ އެވާހަކަ ދެއްކިތާ ދުވަސްކޮޅެއްފަހުން ޒީހާން ،ޔާނީގެ ގަޔަށް އަތްލާން މަސައްކަތްކުރަމުން ދިޔައީ..އިނގޭތަ.. ޒައުލް އާއި ޔާނީއަކީ ވަރަށް ގާތް ދެއެކުވެރިން.. ޔާނީ އެކަމަކް އޭރުވަރަށް ލޯބިވި ޒައުލްދެކެ.. ނަމަވެސް ޒައުލްގެ ހިތް އޮތްގޮތް ނީނގޭތީ ނުބުނެ ހުރީ..ޔާނީ އަކީ އަހަރެމެންދެމީހުންގެ ކައިރީގަ ވަރަށް އޯޕެންކޮށް ވާހަކަ ދައްކާކުއްޖެއް…އޭނާ ޒައުލްގެ ވާހަކަ ކިޔާދެމުން ގޮސްއެއްދުވަހު ލޯބިވާ ވާހަކަ ވެސް ބުނީ…އެކަމު ޒީހާން ،ޔާނީއަށް ހެދިގޮތްގޮތް ނުކިޔާދެ..އޭނާގެ ޑައިރީގަ ހުރީ އެވާހަކަ ތައް ބުނެފަ.. އެކުއްޖާ ހުންނަނީ ސިހިސހި މި ޒީހާންއެކޭ ކިޔުނު ސައިތާން ދޭ އިންޒާރުތަކުން…އެކުއްޖާއަށް ބިރުދައްކައިގެން އުޅުނީ ޒައުލް އާއި ޔިރާ މަރާލާނެ ކަމަށް ބުނެ… އެހެން އުޅެނިކޮން އެއްދުވަހު ޔިރާ މާބޮޑަށް ބަލިވެގެން ހޮސްޕިޓަލްގައި އެޑްމިޓް ކުރި..އަހަންނާއި މާހިދާ އާއި ޔާނީ ތިބެތިބެފައި ޔާނީ ކުލާސް އޮތީމަ ގެޔައްދިޔައީ ކުލާހަށްދާން ..އަހަރެން ގެންގޮސްދޭނަމޭ ބުނުމުން ވެސް އެކަނި ދާނެ ކަމަށް ބުނީ ގެޔާއި ހޮސްޕިޓާލް ކައިރިވީމަ .. އެދުވަހު ކިހިނެތް އެކުއްޖާއަށް އިނގޭނީ މިހިރަ ސައިތާނާ އެކުއްޖާ ގެ ފުރާނަޔާ ކުޅެލަފާނެކަމެއް…” ރޮވޭވަރުން މެދުކަނޑަމުން މައިސަރު ވާހަކަ ދެއްކިއެވެ. ބޮޑު ފިރިހެނެތް ކުރިމަތިގައި ހުރެ ރޮމުންދާތީ އެންމެންގެ ހިތްތަކުގައިވެސް ވަނީ ހަމްދަރުދީއެވެ. ފެންކަޅިވެފައިވި ލޯތަކުން އެންމެން ބަލަމުންދިޔައިރު ، ޔިރާ ހުރީ ކަންފަތައް މިއިވޭ ވާހަކަތައް ގަބޫލްކުރަން ދަތިވެފައެވެ. ޔިރާ އަށްބޮޑު ގޯހެއް ހެދިއްޖެކަން އިޙްސާސް ވަމުންދިޔައެވެ. އޭނާގެ އެތެރެހަށީގައި ހީވަނީ ސުނާމީ އެއް އުފެދިފައިވާހެންނެވެ.
ޒީވާއާއި ކައިވަން އެކަކު އަނެކަކުގެ މޫނަށް ބަލައިލީ ދެންއިވޭނީ ކޮންކަހަލަ ހަބަރެއްބާއޭ ބުނާފަދައަކުންނެވެ.
ޒުހޫރު ގޮސް މައިސަރުގެ ބުރަކަށީގައި މަޑުމަޑުން ޖަހާލާ ހިތްވަރު ދިނެވެ. ޔިރާ އާއި ޒީހާން ކުރި ކުރިކުށެއްގެ ސަޒާ އެދެމަފިރިންގެ ފަރާތުން ހިފުމަކީ ޒުހޫރު ބޭނުންވާގޮތެއްނޫނޭ މަޑުމަޑުން މައިސަރުގެ ގާތު ބުނެލަމުން އިތުރަށް އިނގެން ބޭނުންވާކަމަށް ވެސް ޒުހޫރު ބުނެލިއެވެ.
” ކުލާހަށް ދާން ވެގެން ނުކުންނަނިކޮން މީހަކު ނެތްވަގުތު ބަލާ ޒީހާން ގެޔަށް ވަނީ…ވަދެ.. ވަދެ އެކުއްޖާގެ އިތްފަތްތެރިކަން ފޭރިގަންނަން މަސައްކަތް ކުރީ ” ވާހަކަ ނުދެއްކިގެން ހުއްޓަމުން ކަހަލަ ގޮތަކަށް މައިސަރު ކިއަޔިދެމުން ދިޔައިރު އެއަޑުގައި މަޑު ތުރުތުރެއް ވެއެވެ. ހިތްވަރުގަދަ ފިރިހެނެތް ނަމަވެސް ކެތްކުރެވޭނީ ވަކިވަރަކަށް ނޫންތާއޭވެ.
ޔިރާ އަށް ހީވީ ހަތަރު އުދަރެސް ފެނު ޖެހުނު ހެންނެވެ. އޭނާ ޒީހާން ބުނެގެން ނުކުރަނީ ކީއް ހެއްޔެވެ. އިވުނު ވާހަކަތަކުން އޭނާގެ ބޮލައް އެންބުރުން އަރައިގެން ދިޔައެވެ. ކައިރީގައިވާ ގޮނޑިއެއްގެ އެހީ އޭނާ ހޯދި އިރު ރުޅިއައިސްގެން ތުރުތުރު އަޅަމުންދިޔައެވެ.
ޔިރާ ޒީޙާންގެ މޫނުމައްޗައް ގޮތްމުށުގެ އެތައް ހަމަލާއެއް އަރުވާލިއެވެ. ރޮމުން ރޮމުން ޒީހާންގެ ކަރުގައި ހިފައިގެން ފިއްތަމުން ދިޔައިރު ޒީހާން ހަނުހުރީއެވެ. އެތަނައްވަން އަންހެން ފުލުހަކު ޔިރާ ދުރުކުރީ ގަދަކަމުން ކަހަލަ ގޮތަކަށެވެ.
ކުލްސޫމާއާއި ޒުހޫރުތިބި އިވިގެން މިދާ ވާހަކަތަކުން ހަރަކާތެއް ގެންނަން ނޭނގި ގަނޑުވެފައެވެ. ކައިވަން އާއި ޒީވާގެ ހިތުގައި ވެސް ވަނީ ޒީހާންއާއި މެދު ސަކުވާއެވެ. އެޒުވާނުންގެ ހިތްތަކުގައިވަނީ ޔާނީއާއި މެދު ހަމްދަރުދީއެވެ. ޔާނީ ދުނިޔޭގައި ހުރިނަމައޭ ހިތައް އެރީ ކިތައް ފަހަރު ކަމެއްނޭނެގެއެވެ.
“ޔާނީ ، އޭނާގެ ހަޔާތުގެ ހުރިހާ ވާހަކައެއް އަދި ޒީހާންގެ އިންޒާރުތަކާއި އޭނާގެ ގަޔައް ޒީހާން އަތްލާން މަސައްކަތްކުރި ވާހަކަ ހިއްސާކޮށްފައި ހުރީ އޭނާގެ ޑައިރީގަ.. ޔާނީ މަރުވިފަހުން ޑައިރީ ފެނުނީ އަހަރުމެންނަށްވެސް…” މާހިދާ ހިތްވަރުކޮށްލާފައި ޖަވާބުދިނީ ފުލުހަކު ކުރި ސުވާލަކަށްށެވެ.
“ދައްތާ ..ޔާނީ މަރުވީ ކިހިނެތް..” މަޑުމަޑުންހުރެފައި ޒީވާއަހައިލިއެވެ. “އެއީ ހަމައެދުވަހު..ޒީހާން އުޅުނީ ޔާނީގެ އިއްފަތްތެރިކަން ފޭރިގަންނަން..އެކަމް އެކަން އޭނާއަކަށް ކާމިޔާބެއް ނުއެއް ވޭ…އޭނާގެ އަތްދަށުން ސަލާމަތްވާން އެކުއްޖާ މީހެއްގެ އެހީއަށް އެދިއާދޭސް ކުރަމުން ބެލްކޮންޏަށްވަނީ.. މީނާ އަތުން ފަނަރަވަނަ ބުރީގެ ބެލްކަނިން ވެއްޓުނީ އެކުއްޖާ..އެވަގުތު ބޭރުގައި ތިބި ބަޔަކު އެކުއްޖާ ނަގައިގަނެގެން ހޮސްޕިޓަލަށް ގެނައީ..އެމީހުން ހީކުރީ ސުސައިޑް އެއް ކަމަށް.. އެމީހުންގެ ފަހަތުން ޒީހާން ވެސް ދިޔަ..އޭނާ ބުނިކަމަށްވަނީ ޔިރާ ހޯދުމަށޭ ގެޔައް އައީ..އައިތަނާ ޔާނީ ފެނުނީއޭ…އޭނާ ޔިރާއަށް ބުނެދިނީ ޔާނީ ރޭޕްކޮށް ބެލްކޮނިން ވައްޓާލީ ޒައުލް ކަމަށް.. ރުހުމުގެ ލޮލަކަށް އައިބެއް ނުފެންނާނެތާ ދޯ.. ޔިރާ ވަގުތުން ގަބޫލްކުރީ ޒީހާން ދެއްކި ދޮގު ވާހަކަތައް..” މައިސަރު ކިޔާދެމުންދިޔައިރު އެކި މީހުންގެ މޫނުތަކުގައި ވަނީ އެކި ސުއޫރުތަކެވެ.
ޔިރާއަށް އިނގޭނެ ޔާނީ ، ޒައުލްދެކެ ލޯބިވީވަރު ..އެދުވަހު ޒީހާން އުޅުން ގޮތުން ހީވަނީ ވަރަށް ހެޔޮއެދޭ މީހެއްހެން.. އެދުވަހު އަހަންނަށް ހީވީ އަހަރެންގެ ދުނިޔެ ހުއްޓުނުހެން.. އަހަރެންގެ ލޯބި ކުޑަ ދަރިފުޅު މަރެއް ނުވޭ ހޮސްޕިޓަލަށް ގެނައިރަކު..އެކަމަކު ކިރިޔަ ކިރިޔަ ދުނިޔޭގަ އޮތްކަން..ޔާނީ މަރުމަތީގައި އޭނާއާއި ބެހެން ޒީހާން އުޅުން ކަމަށް ބުނި..ގައިގަ އަތްލަން އުޅޭތީ ދުވެފައިދިޔައީ ބެލްކޮންޏަށް ކަމަށް ވެސް ބުނި ނަމަވެސް ޒީހާން ރޭޕް ނުކުރާ ކަމަށް ބުނީ ….ނަމަވެސް ގަދަހަދަނިކޮން ބެލްކޮނިން އޭނާ ދޫވީ ކަމަށް ބުނީ ޒީހާން އަތުން…ޒީހާން ގަސްދުގައި ޔާނީ މަރައިނުލިޔަސް އެގޮތައް މެދުވެރިވީ ޒީހާންއާއިހެދި…. އޭނާގެ ޑައިރީ އޮތްތަން ބުނެދިނީ ވާހަކަ ދައްކާނެ ހަކަތް ނެތިގެން ..ޔާނީ އެދުނީ އެންމެ ކަމަކަށް އެއީ ޔިރާއަށް ކަންކަން ސިއްރުކުރަން ..އަހަރެމެން ވެސް ބޭނުންވި ޔާނީއަށް އިންސާފް ހޯދަން..ޒީހާން ގަސްދުގަ ނޫނަސް ޒީހާންގެ ސަބަބުން ޔާނީ އަހަރެމެންނަށް ގެއްލުނީ..ޒީހާން ކުރި ކުށުގެ އަދަބް އޭނާއަށް ދޭން އަހަރެމެން ބޭނުންވީ ..އާދޭސްކުރީމަ ވެސް ޔާނީ ބޭނުންވީ ޔިރާ އުފަލުގަ ހުންނަން..އެ ކުއްޖާގެ ފަހު ނޭވާ ވެސް މިކެހިވެރި ދުނިޔެއަށްދޫކުރީ ޔިރާ އަށް ހެޔޮ އެދިގެން ….އެކަމު ޔިރާ ،ޔާނީއަށް އަނިޔާވެރިވި އަނިޔާވެރިޔާ އާއި ބައިވެރިވެގެން އިތުރު ފުރާނައެއް ދުއްވާލީ…އެވެސް ޔާނީ އެމީހެއް ދެކެ އެންމެ ލޯބިވި މީހާގެ ފުރާނަ…” މާހިދާގެ ގައިގާ ހިފަހައްޓާލަމުން މައިސަރު ޖަވާބުދިނެވެ. އެދެމަފިރިންނަށް ގިސްލެވެމުން ދިޔައެވެ.
ޒުހޫރު ހިތުގައި ޖެހުނުވަރުން ޒީހާންގެ މޫނާއި ގަޔަށް ހައެއްކަބޮނޑި އަޅާލަމުން އޭނާގެ އަނގަމަތިން ލޭގަނޑު އޮހިގަތީ ވެހިލި ވާރޭހެންނެވެ. “ކަލޭ ..ކަލޭ ..ކުށެއްނެތި އަމިއްލަ ބޭބެ މެރީ ކީއްވެ…އޭނާ މަރައިލީ ކީއްވެހޭ.. ..ބަލަ ކަލެޔާއޭ އެންމެން އެ ސުވާލްކުރަނީ” ޒުހޫރު ދުރުކޮށްލުމަށްފަހު ކުލްސޫމާ ޒީޙާންގެ ގަމީހުގެ ގިރުވާނުގައި ހިފައި ދަމައިގަންނަމުން ހަޅޭއްލަވައިގަތެވެ.
“އަހަރެމެން އަތުން މަރުވީ ޒައުލް ..އެކަމަކު އެއީ އިއްތިފާގު..” ޔިރާގެ ޖަވާބުން އެންމެން އޭނާއާއި ދިމާލައް ބަލައިލިއެވެ. ޔިރާގެ ވާހަކަ އެތަނުން އެކަކުވެސް ގަބޫލް ކުރިހެނެއް ހިޔެއް ނުވެއެވެ. “ހަތިމްގަ އަތްލަން ކެރޭނެ” ކައިވަން ހަށަން ބަދެލަމުން ކުރި ސުވާލައް ޔިރާ ބޯޖަހައިލިއެވެ. ޒީހާން ވެސް މަޑުމަޑުން ބޯޖަހައިލިއެވެ.
“އެކަމަކު ޕްލޭންކުރިން..އެއީ ހުރިހާ މޮޅެއް އޭނާއަށް ލިބޭތީ ..ސްވިޒަލޭންޑްގައި އުޅުނުއިރުވެސް ރާއްޖޭގައި އުޅުނުއިރުވެސް އެންމެންގެ ދުލުކުރީގައި އޭނާގެ މޮޅުކަމާއި ރީތިކަމުގެ ވާހަކަ… މަންމަ ވެސް އޭނާއާއި ދިމާލައް ފޭވަރިޓްއޭ ކީ އަހަރެންގެ ކުރިމަތީގަ… ދެން ކައިވަން ލިބުނީ .. ދެން ހަމަ ކީ ކައިވަންގެ މޮޅުކަމާއި ރީތިކަމުގެ ވާހަކަ …އަހަރެން ކިޔަވަން ދައްވުމަކީ އަހަރެން ކުރާނެ ކަމެއް ނޫން،..އަހަރެން މަސައްކަތް ކުރިން..އެކަމް ފެއިލްވަނީ.. އެންމެން އެއްވަރު މޮޅެއް ނުވާނެ..ފަސް އިނގިލި ވަނީ ފަސްވަރު ކަމެއް މަންމަ ނުދަނެ ..ސައުގު ނެތް ކަމެއް ނުކުރެވޭނެ އެކަކަށް ވެސް….އެކަމުވެސް މަންމަ ބޭނުންވީ އަހަރެން މޮޅު ޕައިލެޓަކަށްވާން ..ކުޑަކޮންވެސް ސައުގެއް ނެތް އެކަމަކަށް..އަހަރެން އާދޭސް ކުރިން އަހަރެން ބޭނުންވާ ދާއިރާއަކުން ކިޔަވަން ޗާންސް ދޭށޭ ބުނެ ..އެކަމް މަންމަ މަޖުބޫރު ކުރީ އާއިލާ ދޫކޮށްފަ ގެއިން ނުކުމެގެން ދާންށޭ ޖެހޭނީ ބުނެ… ޕައިލެޓްކަން ނުކިޔަވައިފިއްޔާ…. އަހަރެން ބޭނުންވީ އަމިއްލަ މަސައްކަތުން ވިޔަފާރި އެއްފަށަން…އެއަށްވުރެން ކުރަން ބޭނުންވި ކަމެއް އަހަރެންގެ ހަޔާތުގަ ނެތް..އެކަމަކު މަންމަ، މަންމަގެ ހުވަފެންތައް ކުރިޔައް ނެރުނީ… އަހަރެން ހުއްޓަ ޒައުލް ކައިރީބުނީ ކޮން ދާއިރާއަކުންހޭ ކިޔަވަން ބޭނުމީ …އޭނާއަށް އޭނާ ބޭނުންވި ދާއިރާއަކުން ކިޔަވަންލިބުން…އެހެން މީހުން ކާރީ އަހަރެންނަށް އެއްވެސް ކަމެއް ނުވެއޭ އަހަރެން ކަޑައޭ، ނުއެއްކިޔަވައޭ ކިޔާފަ ،އަދި ދެން އަހަރެންގެ ކަޑަ ކަމެއް ހުރީ ވިއްޔާ ދައްކާފަ ކިތައް ދުވަހު އެހެން މީހުން ކުރިމަތީގަ ލަދުގަންނަވާލިން..ޒައުލް މޮޅުކޮށްގެން މީހުންގެ ކައިރީ ދައްކަނީވެސް އަހަރެންގެ ކުރިމަތީގަ..އެއީ ހަސަދަވެރިކަން ފެށުނު ހިސާބަކީ.. އަހަރެންގެ މުޅި ހަޔާތް މަންމަގެ އަތުން ތި ބަރުބާދުކޮށްލީ…” ޒީހާން ވާހަކަދައްކަމުން ގޮސް އެންމެ ފަހު ޖުމްލަޔާއެއްކޮން އޭނާއަށް ރަނގަޅައްވެސް ރޮވިއްޖެއެވެ.
“އަހަރެން މަސައްކަތް ކުރިން މަންމަ ބުނި ދާއިރާއިން ކުރިޔައް ދާން އެކަމް ވެސް ފެއިލްވަނީ.. އަހަރެންދެކެ ރުޅި އަންނަނީ ޒައުލްހާ މޮޅުވެފަ ރީތި ނުވީމަ.. އަހަރެން ފެއިލް ވިއްޔޭ ކިޔާފަ އެންމެފަހުން އަހަރެން އަތުން ގޭގަހުންނަ ކުލި ނަގަންފެށީ މަންމަ..ބައްޕަ ކައިރީގަ ބުނެފިއްޔާ މަންމައަމިއްލައަށް މަރުވާނަމޭ ބުނީ ..އަމިއްލަ ގޭގަ އަހަރެން މިއުޅުނީ މިއޮއްހާ ދުވަހު ކުއްޔައް… އަށްއަހަރު ވަންދެން…ޒައުލް އަށް ފްރީކޮން އުޅެވޭ ކައިވަންއަށް ވެސް ޒީވާއަށް ވެސް…އަހަރެން މީ އެހެންމީހަކު ދަރިއެއްތަ.. އަހަރެން ވެސް ހިތެއް އޮންނަނީ .. ” ޒީހާން ،ކުލްސޫމާއާއި ދިމާލައް ބުނެލީ ފޫހި ނަޒަރެއް ދެމުންނެވެ.
ކައިވަން ކެތްނުވެގެން އައިސް ޒީހާންގެ ގައިގާ ބައްދާލެވިއްޖެއެވެ. ކައިވަންއަށް ވެސް ޒީހާނެ ވާހަކަތަކުން އަސަރު ކުރީއެވެ. އޭނާގެ މަންމަދެކެ އިންތިހާއަށް ރުޅިއާދެވުނެވެ. ކުރިން އެކަން ކައިވަން އަށް އިނގުންނަމަ އޭނާ ޒީހާންއަށް އެހީ ވާނެއެވެ.
“އެކަމަކު ތިއްތިބޭ ..ދޮންބެގެ ކުށެއްނެތޭއްނު..މަންމައަށް އަށް ވިސްނައިދިންނަމަ” ފަހަތުގައި ޒީޥާ ހުރުމަށްފަހު ޒީހާންގާތައްއައިރު އޭނާއަށް ވެސް ދިޔައީ ރޮވެމުންނެވެ. “އަހަރެން ކިތައްފަހަރު ޓްރައި ކުރިން… މަންމަގެ ޖަވާބަކަށް ވަނީ ގެއިން ނުކުންނާށޭ ޖެހޭނީ ..ފިލައިގެން ދެފަހަރު އުޅުނިން ދާން ..އެކަމަކު ވެސް އަހަރެން ބޭންކް އެކައުންޓް ވެސް ފްރީޒް ކޮށްލީ މަންމަ…ޕާސްޕޯޓް ވެސް ފޮރުވީ…އެހިސާބުން އަހަރެން މުޅިން މާޔޫސްވީ ..ގޯސްމަގު އިހްތިޔާރް ކުރެވުނީވެސް އެހެންވެ…ގޯސް ރައްޓެހިންނާއި ޖެހުނީ އެހެންވެ…ދޮންބެ ރަނގަޅު..ވަރަށް ރަނގަޅު…ގަބޫލްކުރަން ..އެކަމު ވަކި ވަރަކަށް ކަންކަން ގޯސް ވީމަ އަހަރެންވެސް އަދި އެހެން މީހަކުވިޔަސް ބަދަލްވާނެ ޒީވާ…ޒީވާ އަހަންނަށް މާފް ކޮށްދޭތި ..މިހާތަނައް ޒީވާއާއި މެދު ކަންތައް ކުރެވުނީ ރަނގަޅަކަށް ނޫން..ވަރަށްބޮޑަށް ސޮރީ ..ތިއްތިބޭ މާގިން ދުވަހަކު ދުނިޔޭގަ ހުންނާނެކަމެއް ނޭނގޭ ..މާފް ކޮށްދޭތި ..” ޒީވާގެ އަތުގައި ހިފާލަމުން ޒީހާން ބުނެލިއެތިން ޒީވާއާއި ކައިވަންއަށް އެއްފަހަރާހެން ބަލައިލެވުނެވެ.
ޒީހާންގެ ވާހަކައިން ކުލްސޫމާއަށް ތިރީގައި އިށިންދެވުނެވެނެވެ. އޭނާއަށް ރޮއެގަނެވިއްޖެވެ.
ޒުހޫރު އަށް ވެސް ޒީހާންއާއި މެދު މިފަހަރު ބަލައިލެވުނީ ހަމްދަރުދީގެ ނަޒަރަކުންނެވެ. ކުލްސޫމާގެ ވައްތަރު އޭނާއަށް ކުރިންވެސް އިނގެއެވެ. އެކަމު ކުލްސޫމާ މިހާ ދަށް ފެންވަރަކަށް ވެއްޓިދާނެ ކަމެއް ޒުހޫރު ހިޔެއްނުކުރެއެވެ.
” ހީ ހޭޒް ބްލަޑް ކެންސާރ” ޔިރާ ރޮއިގަންނަމުން ބިމައް ތިރި ވެލީ ތަނައް ޒަލްޒަލާ އެއް ގެންނަމުންނެވެ.
ޒުހޫރު ފަހަތައް ޖެހެމުން ގޮސް ގޮނޑިޔަށް ތިރިވިއިރު ޒީޥާއަށް ވެސް ރޮވިއްޖެއެވެ. ކުލްސޫމާ ޖެހި ބުދެއްހެން ހުއްޓުން އަރައިފާ އިނެވެ. މާހިދާއާއި މައިސަރުވެސް ޒީހާން އާއިމެދު ހަމްދަރުދީވިއެވެ. ޒީހާންއާއި މެދު އެހިތްތައް ސާފްވެގެންދިޔައެވެ.
“ޒީހާން އެހުރީ ކެންސަރުގެ ލާސްޓް ސްޓޭޖް ގަ..ޑޮކްޓަރުންގެ ވެސް އުއްމީދެއް ނެތް .. އެހެން ފެންނަން ހުއްޓަސް އޭނާ ވަރަށް ބަލި ..އޭނާގެ އެކުވެރި ޑޮކްޓަރެއް އޭނާއަށް ޓްރީޓް ކުރަނީ” ޔިރާ ރޮމުން ރޮމުން އިތުރަށް ކިޔައިދިނެވެ.
ކައިވަން އާއިޒީހާން އެކަކު އަނެކަކުގައިގާ ބައްދާލައިގެން ތިބިއިރު ދެމީހުންނަށް ވެސް ރޮވެމުން ދިޔައެވެ. ޒީވާއަށް ކައިވަންގެ ބުރަކަށިގައި އަތް ޖައްސާލެވުނީ ކައިވަން ކުޑަކުއްޖެއްހެން ރޮމުންދިޔަ މަންޒަރުފެނިއެވެ.
“..ޔާނީ ދޯ.. ކުށެއް ނެތް ކުއްޖެއް ..އެކަމަކު އަހަރެން ބޭނުމެއް ނުވި ޔާނީ ،ޒައުލް އަށް ލިބޭކަށް ..އަހަރެން އޭނާ މަރާލާކަށް ނޫން އުޅުނީ އެއްވެސް ހާލެއްގަ…އަދި ރޭޕް ކުރާކަށް ވެސް ނޫން..އަހަރެން އޭނާ ރޭޕް ކުރަން އުޅުނުނަމަ ކިތައްމެ ދުވަހަކު ކިތައްމެ ޗާންސްއެއް އަހަންނަށް ލިބުން..އެވިސނުމެއް އަހރެން ނުގެންގުޅެން އަހަންނެތް..އަހަރެންގެ ހަމައެކަނި ބޭނުމަކަށްވީ އޭނާއަށް ބިރުދައްކައިގެން ޒައުލްއާއި ދުރުކުރަން..އެދުވަހު އަހަރެން ކައްސާލީ .. ޔާނީ ދިޔައީ ގަދަހަދަމުން .. އެވަގުތު އަހަރެންގެ އަތުން ޔާނީ ދޫވީ ބެލްކޮނިން….ސަލާމަތް ކޮށްދޭން އުޅުނިން އެކަމްވެސް ދޫވީ.. ސީސީޓީވީ ފޫޓޭޖްވެސް އެބަހުރި އެދުވަހުގެ.. އެގޭ ބެލްކޮނިން އަހަރެން އޭތި ނެގީ..އަހަރެން ބޭނުން ނުވީ ޒައުލްއަށް ޔާނީ ލިބެން..އަހަންނަށް ކެރިދާނެ ހަތިމްގަވެސް އަތްލަން ” ޒީހާން ކިޔައިދެމުން އޭނާގެ ޖީބުންނެގި ފެންޑްރައިވް ދިއްކޮށްލީ ފުލުސް އޮފިރަށެވެ.
އެމީހުން އެބެލުމަށްފަހު ބޯޖަހައިލިއެވެ. އޭގައި ވަރަށް ރީތިކޮންވަނީ ޒީހާން ކައްސާލައިގެން ވެއްޓެންދިޔަ މަންޒަރާއި ޔާނީ ގަދަހަދަނިކޮން ބެލްކޮނިން ވެއްޓުނު މަންޒަރު އަރާފައެވެ.
“ޒައުލް މަރާލަން ވެގެން ޕްލޭން ކުރިން ..އެކަމަކު އިއްޔެ އެގޮތަށް އެކްސިޑެންޓް ކޮށްލާފައެއް ނޫން…އެ އެކްސިޑެންޓްވީ ނޭނގުމެއްގެ ތެރޭގަ.. ޒީހާން ކާރު ގޭގައި ބާއްވާފަ އައީ ..އަހަރެންގެ ރައްޓެއްސެއްގެ ޕިކަޕެއް އެއީ..އޭގަ އަސްލު އަހަރުމެން ދިޔައީ އަހަރެންގެ އެޕާޓްމެންޓަށް.. އެކަމު އިއްތިފާގުން ޒައުލްގެ ކާރާއި ޖެހި އެކްސިޑެންޓްވީ… އަހަރެމެން އެތަނުން ފިލީ ނޭނގިތިއްބާ އެފަދަ ކަމެއް ދިމާވުމުން ބިރުން.. އަހަރެން މިހުރީ މުޅިއުމުރުވެސް ޖަލުގައި ހޭދަކުރަން ތައްޔާރައް އެކަމް ޒީހާން ދޫކޮށްލާ..އެއްވެސް އުފަލެއް ނުލިބި އޭނާ އެވަނީ..ހަގީގީ ކުށްވެރިޔަކީ އަހަރެން…ޔާނީގެ މަރުގެ ހަގީގަތް އޮޅުން ނުފިލުވާ ބަދަލް ހިފަން ނުތުމުގެ ނަތީޖާ މިއީ… ޒީހާން ހަމައެކަނި އަހަރެން ބުނިކަމެއް ކުރީ..ދުނިޔޭގަ އުޅެން އޭނާއަށް ލިބިފައިވި މަދު ދުވަސްކޮޅުގެ އުފަލުގައި އުޅެން އަހަރެންބޭނުމީ ..މާތްﷲގެ އިރާދަފުޅުން އެބަލިންއޭނާއަށް ޝިފާ ލިބުނަސް އަހަރެން ބޭނުމެއްނުވޭ ބަދަލް ހިފާކަށް ފަހުންވެސް ..ޔާނީގެ މަރުގެ ހަގީގަތް މިއަދު އިގިއްޖެ..” ޔިރާ ރޮމުންދިޔައިރު މާހިދާއައިސް ބައްދާލީ މައިލަގޮނޑިޔައް ކެތްނުމުންނެއެވެ.
އެންމެނަށް ސިހުމެއް ލިބުނީކުލްސޫމާ ކޮޅަށް ތެދުވުންނެވެ. އެކަމާއި އަޅާލާކަށް ޒުހޫރު ބޭނުމެއް ނުވިއެވެ. އޭނާ ކުލްސޫމާދެކެ މުޅިން ފޫހިވެއްޖެއެވެ. ޒީހަންއާއި މެދު އެ ހިތް ހަމްދަރުދީން ފުރުނެވެ.
“ޒީހާން ..އަހަރެން ބޭނުމެއް ނުވޭ ޒީހާންގެ ކައިރިން ބަދަލް ހިފާކަށް މިހާރަކުވެސް އަދި ޔިރާ އެބުނިހެން، މާތް ﷲގެ އިރާދަފުޅުން ފަހުން ތިބައްޔަށް ސިފާ ލިބިދިޔަސް ..ޒީހާންއަށް ތިހެން ވާންޖެހުނީ އެހެން މީހެއްގެ ސަބަބުން އެކަމު ވެސް ބުނެލަން އޮތީ ގޯސް ކަމެއްކުރުގެ ބަދަލްގައި ދެރަވާ ވަގުތުވެސް އަދި އުފާވާ ވަގުތުވެސް ނަމާދުކޮށް ހަދާށޭ..އަޅުކަންތައް ކުރާށޭ..ކުށް ކުރެވުމުން ދުރުހެލިވާނެ އޭރުން..އަހަރެން މާފްކޮށްފިން…އެކަމަކު ބުނަން ޔިރާއާއި ދެކުދިން ކައިވެނިކުރޭ ..” މައިސަރު ގެ އިވުމުން މާހިދާ ވެސް ބޯޖަހައިލިއެވެ.
“އަހަރެންވެސް ބޭނުމެއްނުވޭ ޔިރާގެ ފަރާތުން އަދި ޒީހާންގެ ފަރާތުންއެއްވެސްބަދަލެއް ހިފާކަށް.. ބަދަލް ހިފަން ވީ މީހާކައިރިންއަހަރެން ބަދަލް ހިފާނަން..”ކުލްސޫމާ އާއިދިމާލައް ބަލައިލަމުންޒުހޫރު ބުނެލިއިރު ފެނުނީ ކުލްސޫމާދެކެ ފޫހިވެފަ ހުރިވަރެވެ. ކުލްސޫމާގެ ހިތައް ތަދުވެލިއެވެ.
“ދަރިފުޅާ ކެންސަރު ޖެހިފަ ހުރި ވާހަކަ ކީއްވެ ނުބުނީ.. ކީއްވެތަ…ދަރިފުޅު ނުބުނީ ކީއްވެތަ ކިޔަވަން ބޭނުންވާ ވާހަކަ ” ޒުހޫރު ހުރި ރޮވިފައެވެ. ” އަހަރެން ބަލި ވާހަކަ ބުންޏަސް މަންމައަކަށް ހިޔެއްނުވޭ އެއީ ބޮޑުކަމަކަށް ވެދާނެ ހެންނެއް… ބައްޕަ ކާރީ ކިޔަވަން ބޭނުންވި ވާހަކަ އުޅުނިން ބުނަން.. އެކަމު މަންމަ ކާރީގަ ގެޔައް ގޮސް އަހާބަލަ ކިހިނެތް ހޭ ކަންތައް ކުރީ އެދުވަހު…..ބައްޕާ އަހަރެންވެސް ޔިރާ ވެސް ބޭނުންވަނީ ޖަލުގައި ހޭދަކުރަން މިއޮތް ދުވަސްތައް..އަހަރެންގެ ސަބަބުން ދެމަރެއް ހިނގާދިޔައީ” ޒީޙާން އޭނާގެ ނިންމުން އިއްވާލުމުން ޔިރާ ވެސް ބޯޖަހައިލިއެވެ
“ނޫނޭ ތިބައްޔައް ބޭސް ކޮށްގެން ރަނގަޅުވޭތޯ ބަލާ..” މާހިދާ އާދޭސް ކުރަމުން ޒީޙާންގެ ފައިގަ ހިފާލިއެވެ. ޒީހާން ވަގުތުން މާހިދާ ނެގުމަށް ފަހު ބޯޖަހާލަމުން އެތަކެއް ފަހަރު ، ފަހަރަކު މީހެއްކައިރިން މާފައް އެދުނެވެ. ނަމަވެސް ކުލްސޫމާ ހުރިމީހަކަށް ވެސް ހަދައިނުލުމުން ކުލްސޫމާހަމަރަނގަޅައް ވެސް ހިތުގަ ޖެހުނެވެ. އެންމެންގެ މާފް ލިބުމުން ޒީހާންއަށް ހީވީ ބޮލުން ބޮޑު ބުރައެއް ނެގުނު ހެންނެވެ.
ދެއާއިލާއިންވެސް ޒީހާންއާއި ޔިރާއަށް މާފްކޮށް އެމައްސަލަ ދޫކޮށްލިއެވެ. ނަމަވެސް މަސްތުވާތަކެތީގެ މައްސަލަ ސާބިތުވެފައިވާތީ ފުރަތަމަ ފަހަރުކަމަށްބަލާ ބޮޑުއަދަަދަކުން ޖޫރިމަނާ ކުރިއެވެ.
ފުލުހުންގެ އިދާރާއިން ނުކުން އިރު ކުލްސޫމާ ނޫން ކޮންމެ މީހެއްގެ މޫނުމަތިން ވެސް ފެނިގެންދަނީ ހިތްހަމަޖެހުމެވެ.
ޒީވާއާއި އެއްހަމައެއްގައި ޒީހާން ދާތަން ފެނި ކައިވަން ޒުހޫރުގެ އަތުގައި ހިފާ އެއްކައިރިޔަކަށް ޖެހިލިއެވެ.
“ބައްޕާ..އަހަރެން ބުނެފިން ޒީވާ ކައިރީގައި އަހަރެމެން މީ ސިބިލިންގްސް ނޫނޭ..” ކައިވަން ގެ ވާހަކަ އިވި ޒުހޫރުއަށް އަޑަށް ބާރުލައިފާ ކީކޭހޭ އަހައިލެވިއްޖެއެވެ. ކައިވަން ތުންފަތުގައި ދަތްއަޅައިލިއެވެ.
” ބައްޕާ ޔޫމީންއަކީ ކާކުކަން އިނގޭތަ..ލިވީގެ ޓްވިން..އައި މީން ޒީވާގެ އެއްމާބަނޑު ދައްތަ… ..ޒީވާއާއި ޔޫމީންއަކީ ޓްވިންސް” ޒުހޫރުއަށް ހުއްޓިލެވުނެވެ. އޭރު އޭނާގެ ދެލޯވަނީ ބޮޑުވެފައެވެ.
…….
(ނުނިމޭ)
5 Comments!
Comments are closed.
Varah reethi Maasha Allah ???
Ekam kudakoh olhun araa eba…. Livee akee kaaku???
Youmeen akee zeevaa ge twin tha???
When is tje next part???
Waiting curiously….
awwn ❤️❤️❤️ thank yew dearllx❤️❤️❤️
livy ge part adhi annaane igey ❤️❤️actually zeeva ge kuryge memories thah loose vefa hunnany ..e parts adhi annaane igey dear ❤️❤️❤️sauguveri kamaaeku baaky huri part thah kiyaalaane kamah unmeedhu kuran dear maash❤️❤️❤️ next part insha allah day after tomorrow❤️❤️❤️
salaam ❤️❤️❤️…here is the 13th part of hiraas ❤️❤️..i hope you all will like this one too.❤️❤️.love you dear all readers ❤️❤️stay safe n take care guyxx ❤️❤️❤️❤️insha allah next part will be on soon ❤️❤️
Hi.Annora .yes the stry is very beautiful.and ur a telanted writer.waiting for next part❤️.could u please comment and vote on my poems.???it mean a lot to me ?? stay safe bye ??
awwnnn thanks dear ❤️❤️❤️next one will be on soon insha allah ❤️❤️❤️ insha allah dear i will try to comment all of your works dear❤️❤️