ކާރުގެ ބިއްލޫރި ގަނޑު ތަޅައިގެން ގޮސް ،ޒައުލް ދިޔައީ ވިއްސާގެންނެވެ. އެދިޔަ ބާރު މިނުގައި މަގުބައްތިޔަކައް ހުރި ދަގަނޑުހޮޅީގައި ޒައުލް ޖެހި ތިރީގައިވާ ގާފުންޏަކަށް ގުޅަޔަކަށް ޖެހުނެވެ. އިސާހިތަކު ހިސާބުގަނޑުގައި ލޭގެ ކޯރެއް އުފެދި ގެންދިޔައެވެ. *** ޒައުލް ފޯނައް ގުޅަމުން ދިޔަ ޒީވާއަށް ސިހުމެއް ލިބުނީ އިވިގެންދިޔަ ބާރުގަދަ އަޑުފަށުންނެވެ. ލިބުނު ސިހުމުގައި އޭނާގެ އަތުން ފޯނު ވެސް ދޫވެގެން ދިޔައެވެ. އަވަސްއަވަހަށް ގުދުވެ ފޯނު ނަގައިގެން ތެދުވިއިރު އޭނާގެ ހިތައް ނޭނގޭފަދަ ބިރުވެރިކަމެއް ވަދެފިއެފިއެވެ. […]
ލިވިންރޫމުގައި ނުހަނު ބުރަކޮން ޒައުލް އިނީ އޮފީސް މަސައްކަތެއްކުރުމަށެވެ. ކުއްލިއަކަށް ނީކިޔާ ދުވަމުން ދުވަމުން އައިސް ވަނެވެ. ޒައުލް ދިޔައީ ސިއްސައިގެންނެވެ. އެ މައުސޫމް މޫނުމަތީގައިވި ބިރުވެރިކަން ޒައުލަށް ނަނގައިގަނެވުނެވެ. “ދަރިފުޅާ..ބައްޕި ދެންމެއެއްނު މިއައީ މާމަމެން ބަޔަށް ލާފަ.. ކިހިނެތް ވެފަ ތިހުރީ ދަރިފުޅާ.. އޭއި ދޫނީ ..ހެލޯ” ޒައުލް ވާހަކަ ދައްކަ ދައްކަ ހުއްޓައި ނީކިޔާ ދުވަމުން ދުވަމުން ގޮސް ކޮޓަރިޔަށް ވަނެވެ. ދުވަހަކުވެސް ނީކިޔާ އުޅުން ގޮތެއް ނޫންކަމުން ޒައުލް ވަރަސް ކަންބޮޑުވިއެވެ. ޒައުލް […]
ބަލަބަލާހުއްތާ ޔޫމީން އެ ދޮރައް އޮބާލުމުން އެކެހިގެން ގޮސް ފާޅުވި ލިފްޓައްއެރިއެވެ. ޔަޒަކު ވެސް ބަސްއަހާ ކުޑަ ކުއްޖެއް ފަދައިން ޔޫމީންގެ އަތުގައި ހިފާލައިގެން ގޮސް އެރިއެވެ. ލިފްޓް ތިރިޔަށް ދާން ފެށުމުން ބިރުގަން ނަމަވެސް ލިފްޓް ހުއްޓުމުން ފެނިލި މަންޒަރުން ހީވީ ޔަޒަކުގެ ފެނުމުގެ ހިއްސު ކެނޑިގެން ދިޔަ ހެންނެވެ. *** އެންމެ ގާތް އެކުވެރިޔާ އިން ހާލު ފެނި އޭނާއަށް ދެލޯބޮޑުކޮށް ލެވުނެވެ. އެފަދަގަތަކަށް އިޒާން ރޯން ހުރި މަންޒަރު އޭނާއަށް މިފެނުނީ އެތަކެއް […]
ފްލޯރަލް ޓޮޕެއްލާފައި ފިޓްކޮން ހުރި ޖިންސެއްގައިހުރި އެ އަންހެންމީހާ ދިޔަގޮތަށްގޮސް އެ އެޒުވާނާގައިގާ ބައްދާލިއެވެ. “ދަރިފުޅާ.. އައި މިސް ޔޫ ސޯ މަޗް..އާފްޓާރ ޓްވެލް އިޔާރސް މަންމައަށް މަންމަގެ ދަރިފުޅު މިފެނުނީ.. ” ކެމީލާ ވާހަކަ ދައްކަމުން ދިޔައިރު އޭނާގެ ލޮލުން ކަރުނައިގެ އަސަރު ފެނުނެވެ. “މޯމް ދެން ނުރޮއެ.. އަހަރެން މިއައީއެންނު.. މީގެ ބާރަ އަހަރު ކުރިންވެސް އަހަރެން ބުނީމެއްނު ބާރަ އަހަރުފަހުން އަންނާނަމޭ” އޭނާ ވާޙަކަ ދެއްކިއިރު މޫނުމަތީގައިވާ ވިހަ ހިނިތުންވުމުން އެމޫނުގައިވާ ނުރައްކާތެރި […]
” ޔާ..ޔޫމީ އަށް އެނގެއެންނު ޒެން ދެރަވާނެ ވަރު.. އޫމް.. އެބަ އޮތް ގޮތެއް ” ވިސްނާލަން ހުރެފައި އޭނާގެ ހިތުގައި އޮތްއެތި ޔަޒަކު ބުނެލަން އުޅުން ވަގުތު ޔޫމީން ހުއްޓުވިއެވެ. ” ވެއިޓް ..އަހަރެން ވިސްނާފިން އެކޮޅަށް ދާން ..އަހަރެންނަށް އިނގޭ ޒެން އެހާ އަވަހަށް ނުދާނެކަން އުއްމީދު ކަޑާލައިފަ އެއް..ބައްޕަގެ ފަރާތުން ދޮންބެއަށް ލިބިފައިވާ ޕަވާރސް އަހަންނަށް ލިބިފައި ނެތަސް އޭނާ ހުންނާނެތަން މަށައް އިނގޭ .. ލެޓްސް ވެއިޓް ..ހަމަ އެންމެ ވީކެއް […]
“ލިވީ.. އައިލް ބީ ބެކް ސޫން..ޖަސްޓް ވެއިޓް ” ޔަޒަކު ގޮވަ ގޮވާއޮއްވައި އިޒާން ދިޔަގޮތަށް ގޮސް އޭނާ ދިރިއުޅޭ ދިހަވަނަ ފަންގިފިލާއިން ބޭރަށް ފުންމަލިއެވެ. *** ޔަޒަކު އޭނާގެ ހަލުވިމިނުގައި ގޮސް ރެއިލިންގް މަތިން ބޯ ނެރެގެން ބޭރު ބަލަން ފެށިއެވެ. އިޒާން ޖެހިތާ ލަކުނު ވެސް ނެތެވެ. އެންމެގާތް އެކުވެރިޔާ ދެރަވާނެ ވަރާއި ހިތައް ރުޅިވެރިކަން ވެރިވާނެ ވަރު ކުރިން ވެސް އޭނާއަށް އަންދާޒާކުރެވެއެވެ. ނަމަވެސް އެހާ އަވަހަށްދާން އިޒާން ނިންމަފާނެކަމަކަށް ޔަޒަކްގެ ހިތަކަށްނާރަ […]
“ޒީވާ…” ހުރިތަނަށް ގަނޑުވެފައި އިން ޒައުލަށާއި ގިސްލާ ރޯން އިން ޒީވާ އަށް ސިހުމެތް ލިބުނީ ރުޅިއައިސް ރަތްވެފައިވި ޒުހޫރުގެ ބާރު އަޑުންނެވެ. ޒުހޫރުގެ ފަހަތުގައި ހުރި ސޫރަ ފެނި ޒީވާ އަށް ލިބުނީ ބޮޑުޝޮކެކެވެ. **** އޭނާ ބަލިވެގެން ވެސް ނޫނީ އެހެންގޮތަކުން ވެސް އޭނާ އާއި ގުޅިފައިވާ ކަމަކަށް ޒީހާން އައިސްފާނެ ކަމަކަށް ޒީވާ ހުވަފެނުންވެސް ނުދެކެއެވެ. ޒީވާ އަށް އަނެއްކާ ވެސް ބަލާލެވުނީ ޒުހޫރުގެ ރުޅިއައިސްފައިވި މޫނަށެވެ. ” ކީ..ކީކޭ ބައްޕާ” ހިތްހަމަނުޖެހިފައިވާ […]
“ލި..ލި..ވ” ޒީވާ ބޮލުގައި ދެއަތުން ހިފައިގެން ނަގާދިލައިގެން ކެތްނުވެގެން ހުރިދިމާއަށް ތިރިވެވުން ވަގުތު ކޮންމެވެސް ބަޔަކު ގޮވާ އަޑު އިވުނެވެ. ތަންތަން ނުސާފުވަމުންގޮސް އޭނާ އަރިއަޅާލިއެވެ. ދެން ވީ ގޮތެއް އޭނާއަކަށް ނޭނގުނެވެ. **** ހޮސްޕިޓަލްގެ ޕްރައިވެޓް ރޫމެއް ތެރޭގައިވާ އެނދެއްގައި ޒީވާ ވަނީ އެޑްމިޓް ކުރެވިފައެވެ. އެއްވެސް ހަރަކާތެއް ނެތެވެ. ނުހަނު މައުސޫމްކޮން ލޯމަރާލައިގެން އޮތް އިރު އެމޫނު މަތިން ފެނިގެންދަނީ ވަރުބަލިކަމެވެ. މީގެ އިރުކޮޅެއް ކުރިން މުޅި ކުއްޖާ ހުދުވެފައިވި ނަމަވެސް މިހާރު މަޑުމަޑުން […]
ރުޅި އައިސްގެން ފަޅައިގެން ދާވަރު ވެފައި ހުރި ނިޔަލްގެ ކުރިމަތިން އިސާހިތަކު ދުންގަނޑެއް ފާޅުވިއެވެ. އިޒާންގެ ލޮލުން ފެނިލީ ބިރުވެރިކަމެވެ. ސިކުންތު ކޮޅެއް ފަހުން ދުންތައް ސާފުވި އިރު ނިޔަލް ފެންނާކަށް ނެތެވެ. އިޒާން ހާސްވެގެން ތެޅިގަތީ ދެނެވެ. ނިޔަލް އަށް ގޮވަމުން ވަށައިގެން އެނބުރެން ފެށިއެވެ. *** އިޒާންގެ ގާތަށް އައީ ނުލަފާ ހިންޏެވެ. އިޒާން އެކްޓް ކުރަންވެސް މޮޅީއޭ ނިޔަލްގެ ހިތަށް އެރިއެވެ. ދެންމެ އޭނާ ނުފެނިގެން ބުމަރެއްހެން މުޅިތާގައި އެނބުރުނު މީހާވިއްޔާއެވެ. ހަމައެ […]