Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންލޯބި

ހިރާސް 17

Annora Level 510 Stories100 Login100 Comments100 Stories
March 10, 2021 17 Mins Read
1 Comment

(33 އަހަރު ކުރިން)

ލާމިޒުގެ އާއި ސެވީނާ އެދެމީހުންގެ ހަމައެކަނި ދަރިފުޅު ލަވާލް ގޮވައިގެން ސުވިޒާލޭންޑަށް އައީ ޗުއްޓި ހޭދަކޮށްލުމަށެވެ. މުއްސަނދިވުމުގެ ސަބަބުން ފައިސާގެ ދަތިކަމެއް ނުވެއެވެ. އެދެމަފިރިން، ހުރިހަމައެކަނި ދަރިފުޅު ލަވާލް ގޮވާއިގެން ކޮންމެ އަހަރަކުވެސް އަންނަ ބޮޑު ޗުއްޓީތަކުގައި  އެފަދަ އެތައް ދަތުރު ތަކެއް އެ ކުޑަ އާއިލާ ކުރެއެވެ. އެ ގޮތުން އެފަހަރުގެ ދަތުރު ދިޔައީ ލާމިޒުގެ އުފަން ރަށް ކަމުގައިވާ ސުވިޒާލޭންޑްގެ ޒިއުރިކްއަށެވެ.  ލާމިޒްއަކީ ސުވިޒަލޭންޑްގެ ރައްޔިތެކެވެ. ނަމަވެސް ސެވީނާ ކައިވެނިކޮށްގެން އޭނާ ރާއްޖެއަށް ދިރިއުޅުން ބަދަލްކުރީއެވެ.

ލަވާލްއަކީ  އެދަމަފިރިންގެ ދެލޮލުގެ ނޫރެވެ. ދެލޮލުގެ ފިނިކަމެވެ. ލަވާލްއަށް ފަހު ސެވީނާއަށް ދަރިޔަކު ނުލިބޭނެ ކަމަށް ޑޮކްޓަރުން ބުނެފައިވާތީ އެމީހުން ލަވާލްދެކެ އަދި ވަކިން ބޮޑަށް ލޯބިވެއެވެ.

ލަވާލްއަކީ ފިރިހެނަކު ހިތް ކިޔާނެ ފަދަ ހުރިހާ ސިފައެއް ލިބިފައި ކުއްޖެކެވެ. އުމުރުން ނަވާރަ އަހަރުގެ ލަވާލްއަކީ ހިމަތޮޅިކޮން ހުންނަ މަޑުފިޔާތޮށިކަމެއް ހުންނަ އޮމާން ދޮންހަންގަނޑެއްގެ ވެރިއެވެ. އޭނާގެ ހިތްބައްޓަމަށްވާ މޫނާއި އެންމެ އެކަށޭނާ ހިތިފަތުބުމައެކެވެ. މުށިކުލައިގެ ކަޅި އެއްވާ ބޮޑު ލޮލަށް ހިޔާއެޅިފައިވާ ދިގު އެސްފިޔަތަކެކެވެ.  މަޑުރަތްކުލައިގެ ތުނި ތުންފަތެކެވެ. ބްލޮންޑްކުލައަރާ ފަން އިސްތަށިގަނޑު އޮންނަނީ އަބަދުވެސް ކޮނޑާއި ހަމަޔަށް ކޮށާލައިފައެވެ. ހީލާއިރު ލަވާލުކޮލަށް އެޅޭ އަޑިކޮޅުން ހުރިހާއެންމެންގެ ހިތްތައް އޭނާ ފަތަހަކުރެއެވެ.

***

ސްވިޒާލޭންޑަށް ދެވުމުން ޓެކްސީއެއްގައި ލާމިޒުގެ ގެޔަށް މިސްރާބް ޖެހިއެވެ. ” ބައްޕާ ވަރަށް ދުރުތަ އެއީ .. ” ޑްރައިވަރު ސީޓާއި ޖެހިގެން އިން ސީޓްގައި އިން ލާމިޒްގެ މޫނައް ބަލައިލަމުން ލަވާލް އަހައިލިއެވެ.

 

” އާނ..ދަރިފުޅާ..އެއީ ޒިއުރިކް އަވަށުގެ ނިމޭ ކޮޅުގައިވާ ބޮޑު ޖަންގަލީގެ ނިމޭހިސާބުގައި ހުންނަ ގެޔެއް.. ނިމޭކޮޅޭ ބުންޏަސް އެއީ ހަމަދެން ގާތްގަނޑަކަށްމެދު .. …ދަރިފުޅުގެ ކާފަ މަރުނުވާއިރު ބައްޕައަށް އަޅައިދިން ގެޔެއް އެއީ..ވަރަށް ހިތްފަސޭހަ ހިސާބެއްގަ އަވަށުގެ އެހެންގޭގެޔާއި އެކަހެރިކޮން އިންނަ ދެ ގޭގެ ތެރެއިން އެއްގޭ އެއީ” ލާމިޒް ލޯބިންފުރިފައިވި އަޑަކުން ކިޔާދިނެވެ. “ކީކޭ.. ދެގެޔޭ” ލަވާލްއަށް ލާމިޒް ބުނީ ކީކޭކަން  ނަގައި ނުގަނެވުނެވެ. “ބައްޕަ އެބުނުއްވީ.. ޒިއުރިކްގެ މީހުންއުޅޭ ހިސާބު ނިމި އޮންނަ ޖަންގަލީގެ މެދާއި  ހިސާބުގައި އެކަހެރިކޮން ހުންނަ ދެގޭ ތެރޭން އެއްގެ އެއީ ދަރިފުޅުގެ ގެޔޭ… ދުނިޔޭގެ އެންމެ ބޮޑު އެއް ޖަންގަލި އެއީ ޒިއުރިކް ނިމޭހިސާބުގައި އޮންނަ ޖަންގަލި…އެހެން ބުންޏަސް އަހަރެމެންގެ ގެޔާއި އެޖަންގަލީގަ އެކަހެރިކޮން ދެންހުންނަ ގެޔާއި ދެމެދު ފުދޭވަރަކަށް ދުރު މިން ހުންނާނެ..  ” ސެވީނާ ހިނިތުންވެލަމުން، ލަވާލް އަށް ކިޔައިދެމުން ދިޔައެވެ. ” ދެޓް މީންސް އަޅުގަނޑުމެންގެޔާއި އެ ގޭ އެކަނިއޭ އެ ބިގް ޖަންގަލީގަ ވެސް ހުންނާނީ ދޯ” ސެވީނާ އާއި ލާމީޒް ލަވާލްއަށް ބަލައިލަމުން ބޯޖަހާލިއެވެ.

ލަވާލް ދިޔައީ ކާރުގެ ދޮރުފަތް ކަހައިލާގެން ޒިއުރިކްގެ ހަލަބޮލި މަގުތަކުގައި މީހުންތައް ހޭލަ މޭލަވަމުންދިޔަ މަންޒަރު ބަލަމުންނެވެ. ހަރީފް މޫސުމުގެ ފަހު ދުވަސްތަކެވެ. ހުރިހާ ގަހެއްވެސް ފެންނަނީ ރަތާއި އޮރެންޖްގެ ކުލަތަކުގެ ފަތްތަކުން ފެވިފައިވާތަނެވެ.  ބިންގަނޑު ވެސް ފޮރުވިފައިވަނީ އޮރެންޖްގެ އެކިކުލަ ތަކުގެ ފަތުންނެވެ. ބަލާލަން ނުހަނު ހިތްގައިމެވެ. ލަވާލް އިނީ މިފެންނަ ގުދްރަތީ މިސާލަށް ކަޅި ހިންގާލަ ހިންގާލައެވެ.. އެތުންފަތް މަތީގައި އުފާވެރިކަމުގެ ހިނިތުންވުން ދުވެލަ ދުވެލަ ހުއްޓެވެ.

މީހުން އުޅޭ ހިސާބު ފަހަނަ އަޅައި ޖަންގަލިފެށި ކާރުގައި ހައިސްޕީޑުގައި ގަޑިއިރަކު ދުއްވުނު ފަހުން އެގެޔާއި ހަމަޔަށް އާދެވިއްޖެއެވެ. އޭރު އެންމެން ވެސް  ތިބީ ކާރުގައި މާގިނަ ވަގުތު ހޭދަކުރަންޖެހުމުން ކުޑަކޮން ބޯއަނބުރައިގަނެފައެވެ.. އޭރު ގޭ ބަލަހައްޓަން ގޭގައި ގުންގުޅޭ ސާޅީހަކަށް އަހަރުގެ ފިރިހެނެއް އެމީހުންގެ އިންތިޒާރުގައި ހުއްޓެވެ. ބޭރުން ބަލައިލާއިރު ފެންނަނީ ފަސްބުރީގެ މަޑުނޫކުލައިގެ އިމާރާތެކެވެ. ހަތް ފޫޓް އުސްމިން ގާތްގަނޑަކަށްހުރި ފޫޓްފާރުވަނީ ވިލުނޫކުލައިންނެވެ. ގެޔަށް ވަންނަން ވެގެން، ފޫޓް ފާރުގައި ލާފައިވި ވިލުނޫކުލަ ހުރި ބިޔަގޭޓް ލަވާލް ހުޅުވާލިއެވެ. އެއަށްފަހު ލަވާލް  ގެޔަށް ވަނީ ދުވެފައިކަހަލަ ގޮތަކަށެވެ. ގޭތެރެޔަށް ބަލައިލުމުންފެނުނީ އާސޯހްވާފަދަ މަންޒަރުތަކެކެވެ.. ހިމަ ވޯކްވޭއެއް ހިނގަން އޮތްއިރު އެއްފަރާތުގައިވަނީ ބޮޑު މަސްފެންގަނޑެކެވެ. އަނެއްފަރާތުގައިވަނީ އެކިކުލަކުލައިގެ ބޮޑު ފިނިފެންމާ ބަގީޗާއެކެވެ. ގޭގެ ދޮރު ހުޅުވާލަފައި ގެޔަށް ވަން އިރުވެސް ފާރުތައްވެސް މަޑު ނޫ ކުލައިގެން ޖަރީކޮށްފައެވެ. އެތަނަވަސް ގޭގައިވަނީ އޭރުގެ އެންމެ މޮޅު ލަކުޑިކުލައިގެ ފަރުނީޗަރުތައް ލައި ޒީނެތްތެރިކުރެވިފައެވެ.

ލަވާލް ހުރީ ގެޔާއިމެދު ހިތްހަމަޖެހިފައެވެ. ނޫކުލައަކީ ލަވާލް އަށް އެންމެ ކަމުދާ ކުލައަށް ވެފައި މުޅި ގޭގައިހެން ވަނީ ނުލުގެ އެކި ކުލަތަކުގެ ސާމާނެވެ. އެއީ ލަވާލްއަށް އެގޭ މާބޮޑަށް ކަމުދިޔަކަމުގެ އަސްލެވެ. އޭނާ އެރޭ ކާންއިނދެފައި  ލަވާލް އެއްޗެއް ބުނަން ބޭނުންވެފައި އިންހެން ލާމިޒު އާއި ސެވީނާއަށް ހީވިއެވެ. “ދަރިފުޅާ ކަމެއް ބޭނުންވެފަތަ..” ސެވީނާ އަހާލިއެވެ. “ލައްބަ” ލަވާލް ވަރަށް މަޑުމައިތިރި ވެފައި ބުނެލިއެވެ. ލާމިޒު އަވަހަށް ބުނާށެ ބުނެލިއެވެ. ” އަޅުގަނޑު ބޭނުމީ މިކޮޅުން ކިޔަވަން..މިކޮޅުގަ އުޅެން ބޭނުމީ” ލަވާލް މަޑުމަޑުން އިނދެ ބުނެލިއެވެ. “ޔެސް…ދެންމެ މަންމަވެސް ތިޔަ ވާހަކަ މިދެއްކީ..މިކިޔަނީ ލަވާ ކާރީގަ އަހާފަ ލަވާއަށް ރަނގަޅިއްޔާ  ނިންމަން ވީއޭ މަޑުކުރަން” ސެވީނާ ދެލޯ ވިދައިގަތެވެ. އޭނާވެސް ބޭނުންވަނީ މަޑުކުރާށެވެ. މިގެ ފެނުމުން ސެވީނާގެ ވެސް ހިޔާލުބަދަލުވީއެވެ. ލާމިޒް ވެސް އިނީ އެކަމާ ހިތްހަމަޖެހިފައެވެ.

އޭގެ އަނެއްދުވަހު ލާމިޒު އުޅެންފެށީ ލަވާލް ކޮލެޖައްލުމުގެ މަސައްކަތެވެ.

ލަވާލްގެ އާއިލާއާއި އެކު  ސުވިޒްލޭންޑަށް ބަދަލްވިފަހުން ހަފްތާއެއްވީ  އެވެ. ވޭތުވެދިޔަ ހަފްތާގެ ތެރޭގައި ލަވާލްއެހާ ބޮޑަކަށް ގެޔަކުންނުނިކުމެއެވެ. އޭނާ އުޅުނީ ބަގީޗާގެ ތެރޭގައި މާމެލާމެލިން ފުރިބާރުވެފައިވާ ގަސްތަކަށް ފެންދީ ،ގޭގެ ތެރޭގައިވާ މަސްފެންގަނޑުގައިވާ މަސްތަކަށް ކާނާދިނުމުގައި އަވަދިނެތިއެވެ.

އިތުރު ހަފްތާއެއް ވެސް އެފަދަ ގޮތެއްގައި ވޭތުވެއްޖެއެވެ.ލަވާލް އައިފަހުން ދެ ހަފްތާވީ އިރު ވެސް ދެފަހަރު ނޫނީ އޭނާ ބޭރަކަށް ނުދެއެވެ. އެވެސް ސެވީނާއާއެކުބާޒާރަ ދިޔުމަށެވެ. އެހެންކަމުން އޭނާ އެދުވަހު ނިންމީ މަންމަ ކާރީގަ އެހުމަށްފަހު ގޭގެ ކާރީގަ އެކަނިން ހިނގާލަން ދިޔުމަށެވެ. ވަރަށް ހުއްދަ ނުދޭން އުޅެފައި ސެވީނާ ހުއްދަ ދިނީ ލަސްނުވެ ގެޔަށް އައުމަށް ބުނެފައެވެ. ” ދެން މަންމާ..އަހަރެން މިހާރު މިއީ ކުޑަކުއްޖެއްވެސް ނޫނޭ ..އަހަރެން އަންނާނަމޭ ..ފްރެންޑެއް ވެސް އަދި ނެތް..އެހެންވެގެން ފޫހި ފިލުވާލަންށޭ މިނުކުތީ..އެނީވޭ ..މަންމަ ބުނީމެއްނު މިގެޔާއިދުރުނޫން ހިސާބެއްގަ އިތުރު ގެޔެއް ހުންނާނެއޭ .. ބުނެލަބަލަ އެގޭ ހުންނާނެ ތަނެއް..” ލަވާލް ސައުގުވެރިކަމާއެކު ސެވީނާގެ މޫނައް ބަލައިލަމުން ބުނެލިއެވެ. “ދަރިޔާ..މި ބޭރު ގައުމެއް ..ފާޑު ފާޑު މީހުންނާއި ވާހަކަ ނުދައްކާ ކުޑަކޮން ތަންތަން ބަލައިލާފަ އާދެ ..މިހާރު ހަތަރެއްޖެހަން ވިހި މިނެޓައް ވީ ..ފަސްގަޑިބައިވާން ވާއިރައް އަންނާތި އިނގޭ..މަންމަ ގުޅިމަ ފޯނު ނަގާތި” ސެވީނާ އޯގާތެރިކަމާއެކު ބުނެލިއެވެ.. “ލައްބަ..ލައްބަ” ލަވާލް އެއްބަސްވިއެވެ. “ދަރިފުޅާ މިރޭ ބޯކޮން ސްނޯ ވެހޭނެ ކަމަށް ލަފާކުރެވޭ ވާހަކަ މޫސުން ކީއިރު ކީ..ކޯޓު ހިފައިގެން ދާތި ކުޑަކޮން ފިނި މިހާރުވެސް ބޭރުތެރެ…” ލާމިޒް ނުކުންނަމުން ގޮވައިލިއެވެ.

ބޯޖަހައިލަމުން ލަވާލް ތައްޔާރުވެލިއެވެ. އަޅިކުލައިގެ ސުވެޓަރަކާއި ހަމަ އެކުލައިގެ ޖިންސްފޮތީގެ ފައިގެ  ތަނބިކައްޓައް ވުރެން ތަންކޮޅެއް މައްޗައްހުރި ތިރިއެއްލުމަށްފަހު، ހުދުކުލައިގެ “ސްލައުޗް” އަކަށް އަރާ ، ހުދުކުލައިގެ “ކެޑް” ބޫޓަކަށްއެރިއެވެ. އެއަށްފަހު ކަޅު ކުލައިގެ އަތްދަބަސް ކޮނޑުގައި އަޅުވާލުމަށްފަހު ކަލޫކުލައިގެ ކެހެރި ކޯޓް އަތައް ލައިގެން ހިނގައިގަތެވެ. ގެއިން ނުކުމެގެން ހިނގަމުން ދިޔައިރު މަގުގެ ދެފަރާތުން ފެންނަނީ ބިޔަ ގަސްގަހެވެ. ފާން އާއި އޯކްގެ އެކިވައްތަރުތަކާއި ވޮލްނަޓް އަދި މައުންޓަން އޭޝްގެ އަދި  އެކިވައްތަރުގެ ޕާމް ގަސްތަކެވެ. ލަވާލް ސައުގުވެރިކަމާއެކު ދެކޮޅު ބަލަމުން ދިޔައެވެ. ހަވީރުގެ ވަގުތުނަމަވެސް ފިނިމޫސުމުގެ ދުވަސްތައް ފެށުމުން މަގުފެންނަނީ ފުދޭވަރަކަށް އަދިކޮންނެވެ.. އިރު އޮއްސިފަވާފަދައެވެ. އަތުގައިވާ ކެމެރާގައި ލަވާލް ދިޔައީ އެމަންޒަރުތައް ރައްކާތެރިކުރަމުންނެވެ.

ލަވާލް ހިނގަމުން ތަންތަން ބަލަމުންދަނިކޮން މިހަކު އޭނާގެ ފަހަތުން އަންނަހެން ހީވިއެވެ. ވަށައިގެން ދިމަދިމާ ބަލަމުން ކުރިޔަށްދިޔަ ލަވާލަށް އާދެވުނީ ކިހާދުރުމިނަކަށް ކަމެއް ނޭނގުނެވެ.  ނަމަވެސް ގެޔާއި ފުދޭވަރަކަށް ދުރަށް އާދެވިއްޖެއެވެ. އާޝޯހްކަންމަތީގައި އޭނާއަށް ކުރިޔަށް އާދެވުނީއެވެ. މަގުގެ އެއްފަރާތުގައި ޕާކްކޮށްފައިވާ ކާރެއް އޭނާގެ ލޮލުގައި އަޅައިގަތެވެ.  އޭނާ އައިކޮޅައް އެނބުރުނީ ގެޔަށް މިސްރާބް ޖެހުމަށެވެ. ނަމަވެސް އޭނާ ހިތްބިރުގަންނަން ފެށީ މީހެއްގެ ފިޔަވަޅުތައް ފަހަތުން އިވިފައެވެ. އޭނާ ބަލާކަށް ނުހުރެ އޭނާގެ ފައިދަށުގައި އޮތް ދަނޑި ގަނޑެއް ނެގިއެވެ. އެހުރި ގޮތަށް ހުރެ ފަހަތަށް އެނބުރި ، ފަހަތުގައިހުރި މީހާގެ ނިއްކުރީގަ ގައި ހުރިބާރެއްލާ ޖަހައިފިއެވެ. ޔަގީނުންވެސް އެމީހަކު ބުރާންތިވާނެއޭ ހިތައް އެރިއެވެ.

ފަހަތުގައި އޭނާއަށްބަލަހައްޓައިގެން ހުރީ ޒުވާން ފިރިހެނެކެވެ. އަނގަޔައް ވައްތަރެއް ޖައްސާލައިގެން ހުރި އިރު އޭނާގެ މޫނުމަތީގައިވެސް ވަނީ ސިހުމެވެ. އޭނާގެ އަތުގައި ކުޑަވަރެއްގެ ދަރުބޮނޑިއެއް އޮތުމުން އެއީ އޭނާއާއި ފޮށެން އުޅުން މީޙެއްނޫންކަން އިނގުނެވެ. އޭނާ ބޮލުގައި އަތް އަޅައިގެން ހުރި ގޮތުން ތަދުވެފައިވާކަން ލަވާލްއަށް އިނގުމުން ދެރަވިއެވެ.

އެޒުވާނާ ހުރީ ކޮނޑާއި ހަމަޔަށް ދިގުކޮށްފައިވާ ކަޅުކުލައިގެ އިސްތަށިގަނޑެކެވެ. އާދައިގެ ވަރަކަށްހުރި ތުނބުޅިއެއް ވަނީ ބަހައްޓަލައިފައެވެ. މާދޮނެއްނޫނެވެ. ނަމަވެސް ކަޅެއްވެސް ނޫނެވެ. ކުލައަލި ހަންގަނޑެކެވެ. އެސްތެޓިކް ފެހިކުލައިގެ ދެލޮލުން ލަވާލް އަށް ބަލަން ހުރިގޮތުން ލަވާލްގެ ގައިގާ ވާހާ ލޯލިތަކެއް ކޮޅައްޖެހުނެވެ. ލަވާލްގެ ހަޔާތުގައި އަދި މިހާ ރީތި ފިރިހެނަކާ ދިމާނުވެއެވެ. އެ މޫނުމަތިން ވެސް ވަރަށް މާތް ފާޑު ޖަހައެވެ.

އޭނާގެ ހިއްސުތައް ހަމައަކަށް އަޅުވާލަމުން އެޒުވާނާ ގާތައް ދިޔައެވެ. “ހޭއި އަމް ސޮރީ ..ބޭޑް ގާއި އެއް އަހަރެންގެ ފަހަތުން ފޮލޯ ކުރަމުން އައީ ކަމައް ހީކުރީ ..ސޮރީ ވަރަށް ތަދުވިތަ..” ލަވާލް އެޒުވާނާއަށް ބަލައިލަމުން އަހައިލިއެވެ. އެހިނދު އެޒުވާނާގެ ފަރާތުން ލުއި ހީލުމެއްގެ އަޑުއިވިލިއެވެ.  ” ހައު ޔޫ ނޯ ދެޓް އައިމް އަ ގުޑް ގާއި ” އެ ޒުވާނާ ސިއްރުވެރި ނަޒަރެއް ލަވާލްގެ މޫނައް ދިނެވެ. ” ބަލާލަފަ ހީވަނީ” ކިރިޔާ ބަނޑައް އިވޭވަރަށް ލަވަލް ބުނެލިއެވެ. އެޒުވާނާ އެހެން ބުނުމުން ލަވާލް ކުޑަކޮން ޖެހިލުން ވީއެވެ. އެކަން އޭނައަށް ހީވީ ކަންނޭގެއެވެ. “ހެހެހެ..އަހަރެން ރަނގަޅުވެދާނެ ..އެކަމް ކޮންމެ ކޮންމެ މީހަކަށް ތިހާ ފަސޭހައިން އިތުބާރު ނުކުރާތި … އެންމެން އަހަރެންހާ ރަނގަޅު ނުވެދާނެ އިނގޭ.އައިމް ޔާސިރް..” އޭނާ ހީލިއެވެ. ބަދަލްގައި ބޯޖަހާލަމުން ލަވާލް ،ވެސް ހިނިތުންވެލިއެވެ. އެހިނދު އެދޮން ކޯތާފަތައް އެޅުނު އަޑިކޮޅު ފެނި ޔާސިރްއަށް ވާއު ބުނެލެވުނެވެ. ލަވާލް ލަދުގަން ނަމަވެސް އެކަން ފޮރުމަށްފަހު އަނެއްކާވެސް އެހީ ބޮލަށް ތަދުވޭހެއްޔެވެ. އަދި މާފައް އެދުނެވެ. އޭނާއަށް ވާހަކަ ދެއްކުނީ ދިވެހިންކަން އިނގުނީ ޔާސިރް ހޭންފެށީމައެވެ.

“ހެހެ..އިޓްސް އޯކޭ ..ނުވޭ ތަދެއް ..އަހަރެން ހަމަ ގުޑް .. އަސްލު އައީ ޒިއުރިކް އަވަށުގައި އުޅޭނެ މުސްކުޅި ދެމަފިރިން..ވަރަށް ގާތް ބަޔެއް އެއީ ..އެމީހުންނަށް ޖަންގައްޔައް ދަރު ކޮޅެއް ވެސް ބަލާ ނާދެވޭނެ ބަލިކަށިކަމުން.. އެހެންވެ އަހަރެން ދަރުކޮޅެއް ގެންގޮސްދޭން މިއައީ ..މިރޭ ސްނޯ ވެހިދާނެ ކަމަށް ލަފާކުރަނީ މޫސުމާއި ބެހޭ އިދަރާއިން ..ސޯ” ޔާސިރު ކިޔާ ދިނެވެ. އެހެން ފަހަރުތަކެކޭ ހިލާފަށް އޭނާ މިފަހަރު ވާހަކަ ދެއްކީ ދިވެހިބަހުންނެވެ.

” ދިވެހި އިނގޭތަ” ލަވާލް ހައިރާންވެގެން އަހާލީ ޔާސިރް އެއްގޮތަކަށްވެސް ދިވެއްސަކާއި ވައްތަރު ނޫން ވީމައެވެ. ” ޔާ..ޔުނިވާރސިޓީގަ އުޅެފަ ވަރަށް ބައިވަރު ލެންގްއޭޖްތައް އަހަރެން ދަސްކުރިން..އޭގެތެރެއިން ވެސް ފޭވް އެއީ..ފެމެލީ ދެން ތިބި ކުދިންނަށްވެސް ދިވެހި އިނގޭތީ ވަރަށް ފަސޭހަ އަދި ޓޯކް ކުރަން އެމީހުންނާއިވެސް… ހޭއި ޔޫ..އަހަރެންގެ ތައާރަފް ނިމުންއިރުވެސް ތިކުއްޖާގެ ތައާރަފް ނުދޭ” ޔާސިރް އެތާގަ ހުރި ލަކުޑިގަޑެއް މަތީގައި ފައިން އަރައިލަމުން ބުނެލިއެވެ. “އޮހް ސޮރި އައެމް ލަވާލް ..އަ މޯލްޑިވިއަން..އައި ޑޯންޓް ހޭވް އެނީ ފްރެންޑްސް އިން ހިޔާރ ..ސޯ ލެޓްސް ބީ ފްރޭންޑްސް” ލަޥާލް ހުރީ މިރީތި ޒުވާނާއާއި އެކުވެރިވާން ބޭނުންވެފައެވެ.

“އޯކޭ ސުއާރ.. ނައު ޔޫ ހޭވް ވަން ހެހެހެ” ޔާސިރު ހިނިގަނޑެއް ޖަހާލިއިރު އެމޫނުމަތިންފެނުނީ އުފާވެރިކަ

މެވެ. ޔާސިރްގެ ހުނުމުގައި ލަވާލް ވެސް ބައިވެރިވިއެވެ. “ލަވާލް ސިހުނީ އޭނާގެ ފޯނުން މަގްރިބް ނަމާދު ބަންގި އިވިލުމުންނެވެ. “އޯހް ގޯޑް..އަޅޭ މަންމަ ކައިރީގަ ފަސްގަޑިބައިގަ ދާނަމޭ ކިޔާފަ .. އަޅެ ފޯނުވެސް ސައިލޭންޓްގަ..މަންމަ އެބޮއި ވަރަކަށް ގުޅާފަ..ވަން ޓޫ..ފައިވް .ނައިން..އޯމްޖީ ފިފްޓީފައިވް ޓައިމްސް އެބޮއި ގުޅާފަ…އަޅޭ..އަޅޭ” ލަވާލް ހުރިތާ ހުރެ ފުމެންފެށީ މަންމަ ރުޅިއަންނާއޭ ހިތައް އެރުމުންނެވެ. ޔާސިރުއަށް މަޖާވީ ހާސްވެގެން ލަވާލްއުޅެންފެށިގޮތުންނެވެ. ލަވާލް އުޅެމުންދިޔަ މައުސޫމް ގޮތްތައް އަދި އެ ރީތިކަން ޔާސިރުގެ ހިތުގައި ފުރަތަމަ ނަޒަރުން ވެސް ބިންވަޅު ނެގިގެންދިޔައެވެ.   “ހޭއި ހޭއި.ހޯލްޑް އޮން..އައި ވިލް ޑްރޮޕް ޔޫ. ލެޓްސް ގޯ” ޔާސިރް ހިފާލައިގެން ހުރި ދަރުކޮޅު  ކާރުގެ ޑިކީ ތެރެޔަށް އަޅައިލަމުން ޔާސިރު ބުނެލިއެވެ. ނަމަވެސް ހިލޭ ފިރިހެނެއްގެ ކާރަކަށް އެކަނި އަރަން ޖެހުމުންއޭނާ ޖެހިލުން ވެގެން އަރަން ނުކެރިފައި ހުއްޓެވެ.

“ހެލޯ ގެޓް އިން.. ގޯޑް ޕްރޮމިސް އައިލް ޑްރޮޕް ޔޫ ސޭފްލީ ..ޑޯންޓް ވޮރީ ..އިންޝާﷲ ދެވޭނެ ވަރަށް އަވަހަށް ގެޔަށް” ލަވާލްގެ ޖެހިލުންވުން ނަނގައިގަނެވުމުން ޔާސިރު ބުނެލިއެވެ. ލަވާލް އަށް ނުހުރެވިގެން މުސްލިމެއްހޭ ވެސް އަހައިލިއެވެ. ޔާސިރު މޫނުމަތިން ހިނިތުންވުމެއް ފާޅުވެގެންދިޔައެވެ. އަދި އެހިނިތުންވުމުގައި ހުރެ ބޯޖަހައިލިއެވެ. ލަވާލް ވެސް ބޮޑާ ނުހާކަ ކާރަށް އެރީ ގެޔަށް ދާން ބޭނުންވެފައި ހުރުމުންނެވެ.

ލަވާލް އެރުމާއެކު ހެން ހައިސްޕީޑްގައި ޔާސިރް ކާރު ދުއްވާލިއެވެ. ޔާސިރު ބޭނުންވީ ލަވާލް އަވަހަށް ގެޔައް ގެންގޮސްދިމަށެވެ. ނަމަވެސް ލަވާލް އިނީ ޔާސިރް މާބާރަށް ދުއްވަމުންދާތީ ބިރުގަނެފައެވެ.. އެންމެ ފަހުން ލަވަލް މަޑުން ދުއްވަން  ބުނެލުމުން ޔާސިރު ތަންކޮޅެއް މަޑުކޮށްލިއެވެ. އެވަގުތަކީ ސެވީނާ އަނެއްކަވެސް ގުޅަންފެށި ވަގުތެވެ. ” ދަރިފުޅާ.. މަންމަޔާ ބައްޕަ ހާސްވާނެވަރު ނީނގެނީތަ…މަންމަ ކިހައިރެއްތަ ގުޅަނީ.. މިހާރު އެއޮތްގެން ހަތެއް ޖަހަނީ .. ފަސްގަޑިބައިގަ އަންނަން ބުނީ މީހާއެއްނު ތިޔީ..ދެން ނުފޮނުވާނަން ..ފޯނުވެސް ނަގަނީއެއް ނޫނޭ އަދި ..” ސެވީނާ ހުރީ ހާސްވެގެން ގޮސް ރޮވިފައެވެ. “މޯމް މޯމް ..މިދަނީ އޭ.. އަސްލު ކުޑަކަމެއް ދިމާވިއޭ..އެއިޓް ވާންވާއިރަށް ދާނަން ..އޯކޭތަ” ލަވާލް ހަމަބުނުމާއެކު ސެވީނާ އިންކާރު ކުރިއެވެ. އެންމެ މިނެޓެއްވެސް ލަސްނުވެ އައުމަށް އެދުނެވެ. ނަމަވެސް ލަވާލް ކުޑަކޮން ވީގޮތް ކިޔައިދިނުމުން ސެވީނާ އެއްމެފަހުން އެއްބަސްވިއެވެ.

“މަންމަ އެގުޅީ..އަހަރެން މިނެޓަކަށް ގެއްލުނަސް މަންމަމެން ހީވާނީ އެހެން ކަމެއްހެން…ހެހެ އުމް ޔާސިރް..އަހަރެންވެސް ދާނަން ޔާސިރްގެ އާންޓް އާއި މީޓް ކޮށްލަން..އުމް އޯކޭތަ” ލަވާލް މަޑުމަޑުން ބުނެލިއެވެ. ” ލަވާލް އަށް ލަސްނުވަންޏާ އަހަންނަށް ބޮޑަށް ރަނގަޅީ އެގޮއި ..ބިކޯޒް މިހާރު ސްނޯ ވެހޭ އެބަ ..އެގޭގަ އެންމެ ދަރުކޮޅެއްވެސް ނެތް ..އަވަހަށް މިރައްދުކޮށްލަން އަހަރެން ބޭނުންވޭ އެބަ” ޔާސިރު ކިޔާދިނެވެ.  ލަވާލްއަށް މަޑުމަޑުން އޯހް އޭ ބުނެލެވުނެވެ. ” އަހަރެން އޯކޭ ..މަމް ވެސް ބުނެފި އޯކޭ އޭ..” ލަވާލްވެސް ބުނެލިއެވެ. ދެމީހުން ތަފާތު ވާހަކައިގައި ތިބެ މަންޒިލަށް  ފޯރިއެވެ. ޔާސިރުގެ ފަހަތުން ލަވާލްވެސް ވަނެވެ.

އާދައިގެ ގޮތަކަށް ހަދާފައި ހުރި އެގޭ ތެރެޔަށް ވަން އިރު މާގެ ތެރޭގައި ވަނީ އޮރެންޖްކުލައިގެ އަލިކަމެކެވެ. މާގެތެރޭގައި ސޯފާ ގޮނޑިއެއްގައި މުސްކުޅިދެމަފިރިން ކޮންމެވެސް ވާހަކައެއްގައި ތިއްބެވެ. ޔާސިރް ފެނުމުން ވަރަށް ލޯބިން “ހެލޯ މައި ސަން” އޭނާ އެތަނުން ފިރިހެން މީހާ ބުނެލިއެވެ. ޔާސިރު އެ ފިރިހެން މީހާއަށް ބަލައިލިނަމަ އެމީހާގެ މޫނުމަތީގައިވި މަކަރުވެރިކަން އެންމެ ބަލައިލުމަކުންވެސް ޔާސިރު އަށް އިނގޭނެކަން ކަށަވަރެވެ. ނަމަވެސް ލަވާލް އާއި އެކު ވާހަކައެއްގައިކަމުން ޔާސިރުއަށް އެމަންޒަރު ފެންނަ ވަރެއް ނުވިއެވެ.

އެމީހުންނަށް ލަވާލް ފެނުމުން މީކޮންކުއްޖެއްހޭ އެހިއެވެ. ޔާސިރު ކުޑަގޮތަކަށް ދެމީހުންދިމާވިގޮތް ކިޔާދިނެވެ. “ދަރިފުޅުމެން ކާގެންވާނީ ދާން ..ޔާސިރް އަންނަން ވާއިރަށް ދައްތަ ހުންނާނެ ޔާސިރުގެ ފޭވަރިޓް ހަދާފަ..” ސިފްރީނާ ވަރަށް ރީތިކޮން  ބުނެލިއެވެ. އޭނާގެ ކައިރީގައި އިން ޒިރާސް ވެސްއެއީ ތެދެކޭ ބުނެލިއެވެ. “ދައްތަ މެން އެހާ އުނދަލުން ނުކެއްކިޔަސް ރަނގަޅޫވާނެޔޭ ..އަހަރެން ކައްކާލާނަމޭ އައިސް ..މިރޭ ތަންކޮޅެއް އަވަހައް ގެޔަށް ދާން ޖެހޭ ބޭބެ ގެ އަންހެނުން އޮންނާނީ އަބަދު ކޮޓަރީގަ.. ޒާން އަކާއި އަޅައެއްނުލާނެ..  އެންމެ އަހަރެއްގެ ކުއްޖަކަސް ޒާން ނިކަން ހަލަނި..ޔަމްހާ ވެސް ވެއްޖެ ރައްޓެހިންނާއިއެއްކޮން ޕިކްނިކްގޮސް ..،..އަހަރެން ޒާން ކައިރިޔަށް އެބަޖެހޭ ދާން..ބޭބެ ވެސް ވެއްޖެ ވަރަށް މުހިއްމު  ސާޖަރީއަކަށް ގޮސް” ހިނިތުންވެލަމުން ޔާސިރު އެއްފައްޗަކަށް އަމުނާލީ ލަވާލްއަވަހައް ގެޔަށްދާން ބޭނުންވެދާނެތީ އަވަސްކުރަންވެގެނެވެ.

“އެހެންވިއްޔާ އައްޒާމް އާ ކެރާއަށް ކާއެތިކޮޅެއް ވާނެ ބަންދުކޮށްލައިގެން ގެންދަން ..މިއަދު ފިހާރައަށްގޮސް ބޭބީ ޔަމް އާއި ޒާންއަށް ގަން ޔޯގަޓް ކޮޅެއް ހުންނާނެ..ހެހެހެހެ ..އެވެސް ހިފައިގެން ދާތި ދަރިފުޅާ”  ހިނިގަނޑެއް ޖަހާލަމުން ޒިރާސް ބުނެލިއެވެ. ޔާސިރް ގާތައް ވެސް ހިނިއައެވެ.

ޔާސިރް އާއެކޭ ބުނެލަމުން ބޯވެސް ޖަހާލިއެވެ. އެގޭން ކެއުމަށްފަހު ޔާސިރް އާއި ލަވާލް  ގެޔަށް ދަމުން އެދަމަފިރިންނާއި ސަލާމްކުރިއެވެ. އަދި ސުކުރު އަދާކުރުމަށްފަހު ދާންވެގެން ހިނގައިގަތެވެ. ޔާސިރު އެމީހުންދިންތަކެތި އަޅާފައިވާ ކޮތަޅު ފަހަތު ސީޓާށް ލުމަށް ކާރު ސްޓާޓް ކޮށްލީ ލަވާލް ކުރިޔަށް އެރުމުންނެވެ.

“ޔާސިރްގެ ގެ ހުންނަނީ ކޮންތާކު ..ފެމެލީ މީހުންގެ ވާހަކަތަ ދެންމެ ތިކީ..އެމީހުން ކޮބާ..” ލަވާލް އަހައިލިއެވެ. “އަހަރެންގެ ގެ ހުންނާނެ މިއަވައް ނިމޭ ހިސާބުގައި އެކަހެރިކޮން … ލަވާލްގެ ގެޔާއި އަހަރެމެން އުޅޭ ގޭ އެކަނި ހުންނާނީ އެ ސަރަހައްދުގައި ވެސް” ޔާސިރު ބުނެލުމުން ލަވާލްއަށް ބަލައިލެވުނީ އޭނަ އުޅެނީ އެތާގަ ކަން އިނގުނީ ކިހިނެތްހޭ އަހާފަދަ ގޮތަކައްށެވެ. ޔާސިރް ހިނގަނޑެއް ޖަހާލިއެވެ. “ކަމޯން އެތަނުން ފެނުނީމަ އިގިއްޖެއޭ އެގޭގަ އުޅޭ ކުއްޖެއްކަން..” ޔާސިރު ޖަވާބް ދިނެވެ. ލަވާލް އޯހް އޭ ބުނަމުން އޭނާ އެންމެ ކުރިން ކުރި ސުވާލް ތަކުރާރް ކޮށްލިއެވެ. “އެ އަސްލު އަހަރެންގެ ބޭބެގެ ގޯތި ..އަހަންނާއި އަހަރެންގެ ކޮއްކޮ،  ބައްޕަގެ ގޯތީގަ ކުރިން އުޅުނީ … އެއީ ޖެނީވާގަ ވެސް ފޮރެސްޓް ހިސާބުގަ ހުންނަގެޔެއް..ދެން ބޭބެ އައްޒާމް ބުނެގެން އަހަންނާއި އަހަރެންގެ އަންހެންކޮއްކޮ ޔަމްހާ  ބަދަލް ވީ ބޭބެގެ ގެޔަށް … ބޭބެ އުޅޭނީ މެރީކޮށްގެން ކުޑަ ބޭބީ އެއްވެސް ހުންނާނެ . އެއީ ވަން އިޔާރގެ އިޒާން… ބޭބެގެ ވައިފް ކެރާ މިހާރް ވެސް ޕްރެގް ….ވިހަން ތައްޔާރު ވެފަ..ވަރަށް ވިއާޑް ވާނެ ..އަބަދު ރޫމްގަ ހެހެހެ…ލަވާ އޭޖް ވާނީ ގާތް ގަނޑަކަށް ޔަމްޙާ..ހިނގާ މާދަން މީޓްވެލަންދާން އެމީހުންނާ..ވަރަށް ސްވީޓް ވާނެ އެންމެން ވެސް ކެރާ ނޫނީ…” ޔާސިރް އޭނާގެ އާއިލާ ކިޔާދިނުމަށް ފަހު އެގެޔަށް ދާން ދައުވަތް ދިނެވެ.

ލަވާލް ވަގުތުން އާއެކޭބުނެލިއެވެ. އޭނާވެސް ހުރީ އެކުވެރިން ބޭނުންވެފައެވެ. ކޮލެޖް ހުޅުވުމުގައި އަދި މަސްއަރެއް އޮތުމުން ބޭނުންވަރަކަށް މަޖާކޮށްލެވޭނެއެވެ.

“ޔާސިރު ޖޮބްގަތަ އުޅެނީ” ލަވާލް އަހައިލިއެވެ. ޔާސިރް ހީލަމުން ލަވާލްއަށް ބަލައިލިއެވެ. “ޔާ..އައެމް އަ ޑޮކްޓާރ …ނިޔުރޯ ސާޖަން އެއް.. ” ލަވާލް ދެލޯ ބޮޑުވިއެވެ. ޔާސިރް އަށް ބަލައިލާފައި އެއީ ޑޮކްޓަރެއްހެން އެއްގޮތަކަށް ވެސް ލަވާލްއަކަށް ހީނުވެއެވެ. ލަވާލް ގަބޫލެއް ނުކުރެވޭނެއޭ ބުނެލިއެވެ. ” ގޯޑް ޕްރޮމިސް..އައި އޭމް..ބޭބެގެ ހޮސްޕިޓަލްގަ ވޯކް ކުރަނީ.. އަޑު އަހަންތަ ޒެންޓްރަސް ހޮސްޕިޓަލް..އެއީ އަހަރެންގެ ބޭބެގެ ތަނެއް.. ބޭބެ އާއި އަހަރެން ވެސް މިއީ އެތާގެ ޑޮކްޓާރސްއިން..ޔަމްހާ ވެސް މެޑިސިން އެ ހަދަނީ މިހާރު..އެކަމް ބުނަން އަހަރެން މިއީ އެތާގެ ޑިރެކްޓާރ..އެން އަހަރެން މިދުވަސްކޮޅު މިހުރީ ޗުއްޓީގަ އިނގޭ ” ޔާސިރު ކިއައިދިނުމުން ލަވާލް އިނީ އަޖައިބްވެފައެވެ. ޒެންޓްރަސް ހޮސްޕިޓަލްގެ އޭބުނުމުން ނޭނގޭނެ މީހަކު މިދުނިޔެއަކު ނުހުންނާނެއެވެ. އެތަން ހުޅުވިތާ އަދި މިވީ ފަސްއަހަރެވެ. ނަމަވެސް މިހާރު، ދުނިޔޭގެ އެންމެ މަސްހޫރު އެއް ހޮސްޕިޓަލް އެތަން ވަނީ ވެފައެވެ.  އެތަނުން ލިބޭ ހިދުމަތުގެ އަގުހެޔޮވެފައި ފެންވަރު ރަނގަޅު ކަމުގެ ވާހަކައެންމެންވެސް ދައްކައެވެ.  ޔާސިރު އަކީ އެތާގެ ޑިރެކްޓާރ ކަމައްބުނުމުން އޭނާ އިނީ ހަމަ ރަނގަޅައްވެސް އަނގަހުޅުވިފައެވެ. ޔާސިރް އިނީ ލަވާލް އަށް ވެފައި އިންގޮތުން ހެވިފައެވެ.

އޭރު ގެޔާއިހަމަޔަށް ވަނީ އާދެވިފައެވެ. ދެމީހުންގެ ފޯނު ނަމްބަރު އެކަކު އަނެކަކަށް ބަދަލް ކުރިއެވެ.

ލަވާލްގެޔަށް އިރު ސެވީނާއާއި ލާމިޒް ސޯފާގައި ތިއްބެވެ.

ދެމީހުންގެ މޫނުމަތީގައި ހިތްހަމަނުޖެހުން ނަގައިގަނެވުމުން ލަވާލްއަށް ހިންދިރުވާލެވުނެވެ. އެހެންކަމުން އޭނާލަސްވުމަށް މެދުވެރިވި ކަންތައްތައް ތަފްސީލްކޮން ކިޔައިދިނެވެ. އަލިފުން ޔާއަށެވެ. ސެވީނާ އާއި ލާމިޒް ވަގުތުން ރުޅިފިނިވިއެވެ. އަދި އެއްދުވަހަކުން ލަވާލްއަލައް ހޯދި ރަހްމަތްތެރި ކުއްޖާ ގެނެސްދޭން އެދުނެވެ. ލަވާލް ބޯޖަހާލިއެވެ. ” އޭނާގެ ފެމެލީ ޔޯ އުޅެނީ އެއްކަލަގޭގަ ..އެގެޔައްދާން އިންވައިޓް ކުރި މާދަން އަށް..އޯކޭތަ ދިޔަސް” ލަވާލް އަހައިލިއެވެ. އެހާ އުއްމީދާއި އެކު އެހުމުން ލާމިޒްއާއި ސެވީނާ ބޯ ޖަހާލީ އެހާ ލަސްނުވުމަށް ބުނެފައެވެ. ލަވާލް އުފާވެފައި ހުރެ ނިދަން ދިޔައީ މާދަންއަވަހައް ހޭލުމަށެވެ. ކޮޓަރިޔައް ވަދެ ފެންވަރައިލާގެން ނަމާދުކޮށްލައިގެން ފޯނުބަލައިލިއިރު ޔާސިރްގެ މެސެޖެއް އިނެވެ. މާދަން  އަސްރު ނަމާދުކޮށްގެން ބަލާއަންނާނަމޭ ބުނެފައެވެ. ލަވާލް އޯކޭ އޭ ކިޔާފަ  މެސެޖެއްކޮށްލާފައި ނިދަން ޖައްސާލިއެވެ. ނަމަވެސް ބާލީހުގައި ބައްދާލައިގެން އޮތީ ދެލޮލަށް ނިދި ނައުމުންނެވެ. ޔާސިރުގެ ފިރިހެންވަންތަކަން ލަވާލްގެ ހިތުގައި ބިންވަޅު އެންމެ ފުރަތަމަ ފެނިލުމުންވެސް ނެގުނެވެ. ފުރަތަމަ ނަޒަރުން ލޯބިވުމަކީ މިއީބާއޭ އޭނާގެ ހިތައް އެރިއެވެ.

**

ޔާސިރު އަނގައިން މަޑު ރާގެއް އަޅުވާލަމުން ، ކުރިމަތީގައި ފެންނަން ހުރި ބާރަ ބުރީގެ އިމާރާތައް ވަދެގެން ދިޔައިރު އޭނާއަށް ހުރި ހިނިތުންވެވިފައެވެ. އެ މަންޒަރު ނުކުމެގެން އައި އައްޒާމްއަސް ފެނި ހިނިއައެވެ. “އަންހެން ކުއްޖެއް ފެނުނީދޯ.. އެހެންވެ ތިޔަހެން ހޭނީ” އައްޒާމް އަށް ނުހުރެވިގެން ދިމާކޮށްލިއެވެ. އައްޒާމް އާއި ޔާސިރު ދެމެދުގައި ހަމައެކަނި އޮންނަނީ އެއްބަނޑު އެއްބަފާ ކަމުގެ ގުޅުމެއްނޫނެވެ. ރަހުމަތްތެރިކަން ވެސްއިންތިހާ އެވެ. މަޑުމަޑުން ޔާސިރު ބޯޖަހައިލިއެވެ. އެދުވަހުގެ ހާދިސާކިޔުމުން އައްޒާމްގެ މޫނުމަތިން ފެނުނީ ނުތަނަވަސްކަމެވެ. “ޔޭސީ..ލަވާލް…ޝީ އިޒް ހިޔުމަން.. އަހަރެމެންދުނިޔޭގެ އެކަކުވެސް ތިގުޅުމަކަށް މަރުހަބާ ނުކިޔާނެ..ކުށެއް ތިޔަކީ ޔެސީ…އަދަބް ލިބޭނެ.. ޑޯންޓް ޑޫ އެނީތިންގް ސްޓުޕިޑް”
އައްޒާމް ނުތަނަވަސްވެފައިވާ ހާލު ބުނެލިއެވެ.

“އަހަރެން އެކަމާ ވިސްނާނަން” ހަގީގަތުގައި ޔާސިރުގެ ހިތައް އުނދަގު ކުރަމުންދަނީ އެކަމެވެ. މާދަން ލަވާލް އެގެޔައް އަންނާނެ ވާހަކަ  ބުނެ ޔާސިރް ދުރައް ހިނގައިގަތެވެ. ނަމަވެސް އޭނާ ލަވާލް ބޭނުމެވެ. ދުނިޔޭގެ އެންމެންނާއި ސިއްރުން ވެސް އޭނާ ލަވާލް ހާސިލްކުރަން ބޭނުންވިއެވެ. އެންމެ ފުރަތަމަ ފެނިލުމުން ވެސް އޭނާއަށް ލަވާލް ވަރަށް ހާއްސަވިއެވެ.

އައްޒާމް އަށް ހިނގައިގަންނަންވެސް ހުރީ ނޭނގިފައެވެ. ކުރިމަތިވެގެން އަންނަން އުޅޭ ތޫފާނުގެ ހިލަން އޭނާއަށްވިފަދަ ބެލުމަކުން ޔާސިރު ދިޔަ ދިމާލައް ބަލައިލިއެވެ.

އެމީހުންގެ ވާހަކަ އަހަން ކުޑަދޮރާއި ނިވާވެގެން ހުރި ކެރާގެ އަތް ހުރީ މުއްކެވިފައެވެ.

ކެރާ ސިކުންތުކޮޅެއް ތެރޭގައި އޭނާގެ ބޮޑުވެފައިވި ބަނޑާއި އެކު އޭނާގެ ހަލުވިމިނުގައި ޖަންގައްޔާއި ދިމާލައް ދުއްވައިގަތެވެ. އާދައިގެ އިންސާނަކަށް އޭނާ ފެނުންނަމަ ސިފަވާނީ ވައިރޯޅިއެއްފަދައިންނެވެ. އެހާވެސް ހަލުވި އެވެ.

ކެރާ ދިޔަ ގޮތައް ގޮސް މަޑުކޮށްލީ ކޯރެއްގެ އައްސޭރިފަށުގައެވެ. އިނދެ އިނދެފައި ހަޅޭއްލަވައިގަތެވެ. އެމޫނުގައި ރުޅިވެރިކަން ފެނި މީހަކު ރޫރޫ އަޅައިގެންދާހާވެއެވެ. އޭނާގެ ކަޅުދިހުންކުލަ އަރާ ދިގު އިސްތަށިގަނޑުގައި ދެއަތުން ހިފާ ދަމާލީ ރުޅިގަދަވިވަރުންނެވެ.

***

ކެރާ މާ ބާރަށް ދާން ފެށުމުން އައްޒާމް ވެސް ދިޔައީ ވީ ގޮތެއް ބަލާލުމަށެވެ. އައްޒާމްއަށް ފެނުނީ ކެރާ ވަލާއި ދިމާލައް ދަނިކޮންނެވެ. އެހެންކަމުން އޭނާގެ ފަހަތުން އައްޒާމް އައީއެވެ.

” ތިހާ ރުޅިގަދަ ނުވޭ..ބަދަލް ހިފާ..ކެރާ އެހާ ލޯބިވިއިރުވެސް ޔެސީ ކެރާ ދޫކޮށްލީ ” އޭނާގެ ކުރިމައްޗައް ހުއްޓުނީ ސިފްރީނާއެވެ. އޭނާގެ ގާތުގައި ޒިރާސް ވެސް ނުލަފާ ހިނިތުންވުމެއްގައި ހުއްޓެވެ. މަކަރުވެރިކަމުން ފުރިގެންވި މޫނުތަކެކެވެ.

ޔާސިރް އަށާއި އައްޒާމަށް އަދި ޔަމްހާއަށް އެހާ ލޯބިން އަންކަލް އާއި އާންޓީ ކިޔާދީފައި އުޅުނީ ކެރާގެ މައިންބަފައިންކަމެއް އައްޒާމް އަކަށް ނޭނގެއެވެ. މި މީހުންގެ މޫނުމަތީގައިވާ މަކަރުވެރިކަން ފެނި އައްޒާމް އެއޮތްހުރިހާ ދުވަހަކު އެމީހުނަށްކުރި އިތުބާރު ފެނައްވެގެން ދިޔައެވެ.  އައްޒާމްއާއި ކެރާ އިނުމުގެ ކުރިން ކެރާ ބުނާ ގޮތުން އޭނާގެ އާއިލާ ވަނީ މަރުވެފައެވެ.

“އާން މަންމާ..މަށައް ޔާސިރް ފެނުނީ ރައްޓެހިންނާއި އެއްކޮން ބީޗައް ގޮސްގެން އުޅެނިކޮން. އޭގެފަހުން އޭނާ އާއި އެކުވެރިވެ އަހަރެން އޭނާދެކެ ލޯބިވީ ..އަހަރެން އޭނާގެ ފަހަތުން ސަލާމް ޖަހަމުން ދުވިން ރައްޓެހިވާން އެކަމުވެސް އޭނާ ލޯބިނުވާކަމައް ބުނެ އަހަރެންނަށް އިންޒާރުދިނީ ދުރުން އުޅެން .. އަހަރެން ކިހިނެތް އަހަރެންގެ އަލަތު ލޯބި މަތިން ހަނދާން ނައްތާލާނީ އެހާފަސޭހައިން… އަހަރެން ދެން އިނީ އޭނާގެ ބޭބެ އައްޒާމްއާ..އަހަރެން އައްޒާމް ދެކެ ލޯބިވާކަމައް ދަޅަދައްކައިގެން އިނަސް ކުޑަވެސް ލޯއްބެއް އަހަރެންނުވޭ އައްޒާމް ދެކެއެއް…. ހަމައެކަނި ބޭނުމަކީ ކުއްޖަކު ހޯދުމަށްފަހު އައްޒާމް މަރާލުން ..އޭރަށް އެކުއްޖާ އޮތުމުން އިތުރަށް ޔާސިރް އަށް މަޖުބޫރުވާނެ އަހަންނާއި ގުޅެން ..ޔާސިރުގެ ބޭބެގެ ދަރިޔަށްޓަކައި އަހަންނާއި ގުޅޭނެކަމަށް އަހަރެން ބެލީ… ނަމަވެސް އަހަރެންނަށް ހެދުނު މިސްޓޭކަކުން  އިތުރު އުނދަގުލެއް ބަނޑުގަ މިއޮތީ..އާގް.. ދެން އެންމެ ފުރަތަމަ ކަމަކަށް އޮންނާނީ އެ ދިޔަ ތައްޔާރު ކުރުމަށްފަހު އައްޒާމްގަޔައް އެޅުން..އޭރުން އޭނާގެ ފުރާނަ ވަކިވާނެ ..މަށައް އޭރުން ޔާސިރް ވެސް ލިބޭނެ ..އެއިންސި އެއީ ކާކުތަ..މަށައް ޖެހޭނީ ޔާސިރު ލިބެން އެއީ ހަމައެކަނި އަހަރެންގެ މީހެއް..ބައްޕަ ތީ އަހަރެމެންގެ  ނަސްލުގެ ވެރިޔާ ބައްޕައޭނާއަށް ހުކުމް އިއްވާ ..އިންސާނުންނާއި އަހަރެމެން ނަސްލުގެ މީހުންނަށް ނުގުޅޭވޭނެކަން ބުނެދީ..އަހަންނަށް ޔާސިރު ނުލިބިއްޖެޔާ އެ އިންސިވެސް ޔާސިރުވެސް އައްޒާމްވެސް މަށައް ލިބުނު ކުޑައެތިވެސް ނައްތާލާނަން..އަދި ބަނޑުގައި އޮތްއެތި ވެސް ..އަހަރެން އެ އައްޒާމް މަންމަވެސް ނެތިކޮށްލީ އޭނާ އަހަންނާއި ޔާސިރް ގުޅުމަށް ނުރުހުންވާތީ …ހަނގުރާމައެއްކޮށްގެން ވެސް އަހަންނަށް ހެޔޮ ޔާސިރް ލިބެންޔާ…” ރުޅިގަދަވެގެންގޮސް ކެރާ އެއްފައްޗަކަށް އޭނާގެ ބަސްތައް އަމުނާލިއިރު ބުނަން ނުވާ އެއްޗެއް ބުނެވިއްޖެކަން އޭނާއަށް އިހްސާސްވިނަމަވެސް އަޅައެއްނުލިއެވެ. އޭރު ކެރާގެ މަޑު މުށިކުލައިގެ ދެލޯ ކްރިމްސަން ކުލައިން ވިދާލަ ވިދާލަ ހުއްޓެވެ. ރުޅިން އޭނާ ކެކެނީއެވެ.

އެމީހުންގެ ވާހަކަތައް އަހަން ގަސްތަކުގެ ބިއްދޮށުގައި ބޮދައިގެން އޮތް އައްޒާމްއަށް ހީވީ އޭނާގެ ކައްފަތައް ހޮނުގުގުރި ޖެހިހެންނެވެ.  މިހުރިހާ ދުވަހު ވެސް ކެރާ އޭނާ ދެކެ ލޯބިވާކަމަށްބުނެ އެ ދެއްކީ ތަޅަތާއެވެ. ކައިވެނީގެކުރިން އޭނާއަށް ފެނުނު އޯގާތެރި ހެޔޮލަފާ ކެރާގެ މިޒާޖް ކައިވެނީގެ ފަހުން  އަޅާލުންކުޑަ ކަމާއި ނުބައި ނުލަފާ ކަމަށް ބަދަލްވިއެވެ. އޭގެ އަސްލަކީ މިއީތާއޭ ހިތައް އެރިއެވެ. ދެން އޭނާ ހަދަންވީގޮތެއް ވިސްނާލިއެވެ.

އޭނާއާއި ދޭތެރޭ އެހެން ކަންތައް ކުރީތީވެސް ފިލާވަޅެއްދޭން އައްޒާމް ބޭނުންވިއެވެ. އޭނާގެ ކޮއްކޮމެންނާއި ލޯބިވާ ދަރިފުޅު  އަދި އެއިންސިކުއްޖާގެ ކުށެއްނެތި އެމީހުންނަށް އެއްވެސް ދެރައެއް ލިބުނަ ނުދޭން އައްޒާމް އަޒުމް ކަނޑައެޅިއެވެ. ލޯބިވާ މީހުންނަށް ކާމިޔާބް ލިބެންޖެހޭނެއެވެ. އެއީ އޭނާ ގަބޫލް ކުރާގޮތެވެ. ޒިރާސްގެ އަނބިމީހާ ސިފްރީނާ އަކީވެސް އިންސިއަކާއި އެމީހުން ނަސްލުގެ މީހެއްގެ ދަރިއެކެވެ. އެހެންކަމުން  ޔާސިރްއަށް ވެސް އިނދެވެން ޖެހޭނެއެވެ. މާގިނަ ދުވަހު ލަވާލް އާއި ޔާސިރް ރައްޓެހިވެގެން އުޅެންޏާ،  އެދެމީހުން ދުރުކުރުމަށްޓަކައި ލަވާލްއަށް އަށް ވެސް ދެރައެއްދީފާނެއެވެ. ޔާސިރްއާއި ލަވާލް ކައިވެނިކުރެވިއްޖެނަމަ  ލަވާލްގެ ފުރާނަ ސަލާމަތްކުރަން ވެސް ފަސޭހަ ވެގެން ދާނެއެވެ.  އެމީހުންގެ ދިފާއުގަ އެނުލަފާ ޖައްބާރުންތަކާއި އޭނާ ހަނގުރާމަ ކުރަން ޖެހިއްޖެނަމަ އެކަންވެސް ކުރާނެއެވެ. އަދި ހާއްސަކޮން އޭނާގެ ލޯބިވާ މަންމަގެ މަރުގެ ބަދަލް ހޯދަން އައްޒާމް އަޒުމްކަނޑައެޅިއެވެ.

އައްޒާމް އަށް ޒިރާސްގެ އަސްލު ސޫރަ ވެސް އެރޭ ފެނިގެންދިޔައެވެ. ވަރުގަދަ ސޮކެއްޖެހުންނަމަވެސް އެމީހުންގެ ޕްލޭން ދެނެގަތުމަށްޓަކައި އިހަށް އައްޒާމް ހަނު ހުންނަން ގަސްތުކުރިއެވެ.

 

އައްޒާމް ގެޔައްވަންއިރު އޭނާގެ ދެލޮލުގައި ކަރުނައިގެ އަސަރު ހުރުމުން ޔާސިރް ސުވާލް ކުރިއެވެ. ވެފައި ހުރި ދެރައިން އެއްވެސް ކަމެއް ސިއްރުކުރަން ނުހަދާ އައްޒާމް ޔާސިރަށް ކިޔައިދިނެވެ. ނަމަވެސް އެއްކަންތައް ފިޔަވައެވެ.

އައްޒާމްގެ ވާހަކަ އިވި ޔާސިރުގެ އެސްތެޓިކް ފެހި ދެލޮލުން އަލިފާންކަނި ބުރައިގަތެވެ. އައްޒާމް އެދުނީ ލަވާލްދެކެ ލޯބިވަންޏާ ވީހާވެސް އަވަހަކަށް ކައިވެނި ކުރުމަށެވެ. ނޫނީ ލަވާލްގެ ފުރާނައަށް ނުރައްކާ ވެދާނެއެވެ.

“ބޭބޭ..ކެރާ އަހަރެން ފަހަތުން އުޅުންވާހަކަ ކުރިން ނުބުނެވުނީމަ ސޮރީ..އަހަރެން ހީކުރީ އޭނާ ފަހުން އުޅުން ގޮތުން އަހަރެން މަތިން ހަނދާން ނައްތާލައިފާ ބޭބެ ދެކެ އަސްލަށް ވެސް ލޯބި ވީއޭ” ޔާސިރް ދެރަވެލައިފައި ބުނުމުން އައްޒާމް އެކަމެއް ނޫންކަމަށް ބުންޏެވެ. ހުދު އޭނާ ވެސް ހީކުރީ ކެރާ އުޅުނުގޮތުން އަސްލަށް ވެސް އޭނާ ދެކެ ލޯބިވަނީ ކަމަށެވެ. ދެމީހުންވެގެން އެތައް އިރަކު މަސްވަރާކުރުމަށްފަހު އަރާމްކޮށްލަން  ދެމީހުންވެސް އެމީހެއްގެ ކޮޓަރިޔަށް އެމީހަކު ދިޔައެވެ.

***

ލަވާލް ކަޅުކުލައިގެ ޖިންސްއަކާއި މަޑު ފިޔާތޮށިކުލައި ގަމީހެއްލުމަށްފަހު ކަޅުކުލައިގެ ކެޑް ބޫޓަކަށް އެރިއެވެ. އަޅިކުލައިގެ ކޯޓް ގަޔައް މަހާލަމުން ހަމައެކުލައިގެ ކޯރިއެއް ބޮލުގައި އަޅައިލިއެވެ. އެހިނދު ފޯނު ރިންގުވާން ފެށުމުން ބަލައިލިއިރު ޔާސިރުގެ ނަން އަރައިފާ ވާތަން ފެނި އޭނާގެ ހިތައް އެނގުން ވެލިއެވެ. ތިރީގައިކަމަށް ބުނުމުން ސެވީނާ ގާތުދަނީއޭ ބުނުމުން ނުކުން އިރު ޔާސިރު އޭނާގެ ކަޅުކުލައިގެ ވޯލްވޯ ގައި ލެގިލައިގެން ހުރީ ނުހަނު ސްމާޓްކޮންނެވެ. ކަޅުކުލައިގެ ޖިންސަކާއި ކަޅުކުލައިގެ ގަމީހެއްގެ މަތިން ކަޅު ކޯޓެއް ލާފައިވާއިރު ލަވާލްއަށްހުރެވުނީ އެސްފިޔަ ޖަހާލަންވެސް ނޭނގިފައެވެ. ޔާސިރުވެސް ހުރީ ލަވާލްގެ ޗާލުކަމުގައިޖެހި ދުނިޔެމަތީގައި ހިނގާ ކަންކަން ފަހުމް ނުވާ ހިސާބުގައެވެ.

އިރުކޮޅެއްފަހުން ދެމީހުންނަށް ހޭވެރިކަން ވެގެން ބޯހަލުވާލެވުނީ އެއްފަހަރަކާއެވެ. ދެމީޙުންނަށްވެސް އެކަކު އަނެކާއިދިމަލަށް ވެސް ބަލައިލެވުނީ ރަކި ހިނިތުންވުމަކާއިއެކުއެވެ.

ކާރުގައި އެކިއެކި ވާހަކައިގައި ތިބެ ޔާސިރްމެން އުޅޭ ގެޔައް އާދެވުނެވެ. ލަވާލްގެ ކޮންމެ އެއް ވެސް ޔާސިރްގެ ހިތް ދިޔައީ ފަތަހަކުރަމުންނެވެ. އެ މައުސޫމްކަމާއި އަންހެންވަންތަކަން ފެނި އޭނާގެ އަމިއްލަ ނަފްސުހަމަޔަކަށް އަޅުވާލައިގެން ހުންނަނީ ވަރަށް ވަރުންނެވެ.

ކާރުންފޭބިއިރު އައްޒާމް އާއި ޔަމްހާ އެމީހުންނާއިދިމާލައް ބަލަހައްޓައިގެން ހުރިއިރުމޫނުތައް މަތީގައިވަނީ ހިތްހެޔޮކަމެވެ. ޔަމްހާއައިގޮތައް ލަވާލްގެ ގައިގާ ކުޑަކޮން ބައްދާލިއެވެ. އޭނާއަށް އިސާހިތަކު ފިނިވިއެވެ. “ވެލްކަމް ޓު އަވާރ ހޯމް ލަވާ..” އައްޒާމް ވެސް ހިނިތުންވެލައިގެން އައިސް ސަލާމް ކުރިއެވެ. ޔަމްހާއެކެ އެއްފަދައިން ނުހަނު ފިނި އަތެކެވެ.  ލަވާލްގެހުންނަ އެކުވެރި މިޒާޖުގެ ސަބަބުން އެންމެންވެސް ނުހަނު އަވަހައެކުވެރިވިއެވެ. ލޯބި ފުއްކޮޅެއްފަދަ އިޒާން ވެސް ލަވާލް އާއި ދޯޅަވިއެވެ.  އެންމެން މާ ސަކަރާތް ޖަހާއަޑު އިވިގެން ނުކުން އިރު ފެނުނު މަންޒަރުން ކެރާ އަދައިގަތެވެ.  ރީތިކަން ހުސްކޮށްފައިވާ ހޫރުޕަރިއެއްފަދަ ލަވާލް އަށް ބަލަހައްޓައިގެން ޔާސިރު އިނީ ވަރަށް ލޯބިންނެވެ. ޔަމްހާއާއި އައްޒާމް އެކަމާ ދިމާކުރަނީ އެވެ. ލަޥާލް ލަދުގަތުމުން އެމޫނައްވެރިވި ޖަންބުކުލައިތުރައް އެމޫނު ޗާލުކުރުވިއެވެ.  ކެރާ ހުރީ ލަވާލްއާއި ހަސަދަވެރިވެގެންނެވެ.

އެއްލިކަޅިއަކުން ކެރާ ފެނުމުން ލަވާލް “ހެލޯ” އޭބުނެ ސަލާމް ކޮށްލަންވެގެން ތެދުވެ ދިޔަތަނާ ކެރާ ދެލޯއަޅައިލަމުން ދިޔައެވެ. އައްޒާމް އިނީ ކެރާ ކަންތައް ކުރިގޮތުން ލަދުގަނެފައެވެ. ” އިގްނޯ ހާރ..ޑޯންޓް ޓޯކް ޓް ދެޓް އީވިލް ކުއީން” ޔާސިރު ބުނެލި އެތި ސިޑިން އެރި ކެރާ އަށް އިވުމުން އިތުރަށް ރުޅިގަދަވިއެވެ.

ސިޑީގެ ދަގަނޑު އަތްގަނޑުގައި ޖަހާލި ޖަހާލީނުން ބިންދާލިއެވެ. އޭނާ ކުޑަދޮރުން ބޭރަށް ފުންމާލީ އެތަނުން ދިޔުމަށެވެ. ފުންމާލި ވަގުތު އޭނާގެ އުނަގަނޑުން މައްޗައް އުފުލި ފާޅުވީ ކަޅު ދިހުންކުލަ އަރާ ވަރައެކެވެ. އުދުހެމުން ގޮސް ފަޒާގެތެރެޔަށް އޭނާ ޢައިބުވިއެވެ.

**

ލަޥާލް އިނީ ކެރާ އަމަލް ކުރިގޮތުން ދެރަވެފައެވެ.. ނަމަވެސް ޔަމްހާ އެއީ އޭނާގެ ވައްތަރުކަމައް ބުންޏެވެ. އައްޒާމް އާއި ޔާސިރުވެސް އެއީ އަޅާލަން ޖެހޭވަރުގެ ކަމެއްނޫންކަމައް ބުނެލިއެވެ.

އެދުވަހު އެގޭން ކެއުމަށްފަހު ގެޔައްދިޔައީ ނުހަނު ހިތްހަމަޖެހިފަހުރެއެވެ.

އޭގެފަހުން ދުވަސްތަކެއް ފާއިތުވެގެން ދިޔައިރު ޔާސިރު އާއި ލަޥާލްގެ ހިތުގައި އެކަކު އަނެކަކާއި މެދު އުފެދިފައިވާ އިހްސާސްތައް ދިޔައީ އެތައް ގުނައެއް ފުންވަމުންނެވެ. ދެހިތުގައިވަނީ އެކަކު އަނެކަކާއިމެދު އުފެދިފައިވާ ތެދުވެރި ލޯތްބެވެ.

ލަވާލްގެ ގެޔައް ޔާސިރު އާއި އައްޒާމް އަދި ޔަމްހާ އެތައްފަހަރަކު އައުމުގެ ނަތީޖާއަކަށްވީ ސެވީނާއާއި ލާމިޒު ވެސް އެމީހުންނާއި ގުޅުންބަދަހިވުމެވެ. ހާއްސަކޮން ޔާސިރް އެދެމަފިރިންނަށް ވަރަށް ކަމުދިޔައެވެ. ޔަމްހާއާއި ލަވާލް އެންމެ ގާތް ރަހްމަތްތެރިންނަށްވެ ހުރިހާ ސިއްރުތަކެއް ކިޔާދޭންފެށިއެވެ. ނަމަވެސް އެއް ސިއްރު ޔަމްހާ ވެސް ޔާސިރްވެސް ދިޔައީ ލަވާލް އަށް ސިއްރުކުރަމުންނެވެ.  މަސްލަހަތައްޓަކައި އެމީހުންނަށް އިހައް  އެ ކަން އޮއްބާލަންޖެހުނީއެވެ.

އެގޮތުގައި ހޭދަވެގެން މައްސަރެއް ފާއިތުވެއްޖެއެވެ. ލަވާލް ކޮލެޖައް ދާން އޮތް ދުވަހުގެ ރޭ  ޔާސިރު ލޯބި ހުށަހެޅިއެވެ. އަދި ކައިވެންޏައް އެހިއެވެ.  ލަވާލް ވަގުތުން އާއެކޭ ބުނެލިއެވެ. ލަވާލް މައިބަފައިންނައް އެހަބަރު ދިމުން އެމީހުން ބެނުންވީ ވީ އެންމެ އަވަހަކަށް އެކައިވެނި ކުރުވުމަށެވެ. ސަބަބަކީ ސެވީނާއާއި ލާމިޒް ވިޔަފާރި ދަތުރެއްގައި ރާއްޖެ ދާން ޖެހުމުންނެވެ.

ޖެހިގެން އައި ހަފްތާގައި އެކައިވެނީ ކުރެވިގެން ދިޔައިއެވެ. އެންމެން އުފާފާޅުކުރުމުގައި އަވަދިނެތި އުޅުން އިރުއެދުވަހު ކެރާ އަލިފާނުގެ ނަޒަރަކުން ލަވާލް އަށް ބަލައިލަމުން  އެތަނުން ދިޔައެވެ.

**

ކައިވެނީގެ ރަސްމިއްޔާތައްފަހު ،ލަވާލް ލޯގަނޑުގެ ދޮށުގައި ހުރެ ތައްޔާރުވަމުން ދިޔައީ ޔާސިރު ފާހަނައިން ނުކުންނަން  ވާއިރަށެވެ. އޭނާ ގަޑި ބަލައިލީ މަންމަ މެން ފުރުވަން ދިޔުމަށް ހަމަޖެހިފައިވި ގަޑި ކައިރިވޭތޯއެވެ.  ސެވީނާމެންގެ ރާއްޖެ ދަތުރު މާމުހިއްމުވެގެން އަވަސްކޮށްލަން ޖެހުނީއެވެ. ސެވީނާއާއި ލާމިޒް ހުރީ އެމީހުންގެ ހުރި ހަމައެކަނި ދަރިފުޅުގެ ކައިވެންޏައްފަހު އެހާ އަވަހަށް ދުރައް ދާންޖެހުމުން ދެރަވެފައެވެ. އެމީހުން މަޑުކުރަން އުޅުމުން ލަވާލް އެކަމަށް މަނާކުރުމުން އެމީހުން އެންމެ ފަހުންދާން ނިންމިއެވެ.

މަޑުނޫކުލައިގެ ކެޑް ބޫޓަކައް އަރައިލަމުން ލޯގަނޑުދޮށުގައި ހުރެ އޭނާ ލައިގެން ހުރި އަޅިކުލައިގެ ކެހެރި ހެދުމަށް ނަޒަރު ހިންގާލުމަށްފަހު ސެވީނާއަށް ގޮވަމުން ނުކުތެވެ.

ލަވާލް ލަސް ލަހުން ހިނގަމުން އައިސް ސިޑިން ފޭބިއިރު ކުރިމަތިވަމުން އަންނަ ތޫފާނުގެ ހިލަމެއް އޭނާއަކަށް ނުވެއެވެ.

ލަވާލް ތިރިޔަށް ފޭބިއިރު ހީވީ އޭނާގެ ދުނިޔެ ހުއްޓުން ހެންނެވެ. ފުރަތަމަ ވެސް ފެނުނީ ލެއިންކަޅިވެފައިވާ އޭނާގެ މަންމައާއި ބައްޕަގެ ހަށިގަނޑެވެ. ޓައިލްސް މައްޗަށް ވަނީ ދެމީހުންދެމިފައެވެ.  ލަވާލް ގެ މައިބަފައިންގެ އެތަން މިތަނައް ވަނީ ތޫނު އެއްޗަކުން ހަމަލާދީ ޒަހަމް ކޮށްލާފައި އެވެ. ސެވީނާގެ ދެލޯ ބޮޑުވެފައިވާއިރު ހަރަކާތެއް ނެތެވެ. ސެވީނާގެ ވިންދު ޗެކް ކޮށްލިއިރު އޭނާއަށް ރޮއިގަނެވުނެވެ.  ލާމިޒުއާއި ދިމާލައް ދިމާލައް ބަލައިލިއިރު ތެޅިލިތަންފެނުނެވެ. ރޮމުން ރޮމުން ގޮސް ލާމިޒް ގާތައް ލަޥާލްއަށް ވެއްޓިގަނެވުނެވެ. އެއަޑަށް ޔާސިރްވެސް ދުވެފައި އައެވެ. ސެވީނާގެ ކަރުގައި އިނގިލި ޖައްސާލިއިރު އޭނާގެ ފުރާނަ ނެތްކަން އެނގުމުން ފެންކަޅިވިއެވެ. ސެވީނާގެ ދެލޯ އޭނާގެ އަތުން މަރާލަދިނުމަށްފަހު ޔާސިރް ދުވެފައި ލަވާލް އާއި ދިމާލައް މިސްރާބްޖެހިއެވެ.

“ދަރި..ދަރިފުޅާ.. ސަލާމ..ސަލާ..މަތް ވޭ..ކެ.ރާ.. އަންނާ..ނެ” ލާމިޒް އެހެން ބުނެވުނީ ވަރަށް އުނދަލުންނެވެ. އޭނާއަށް ނޭވާވެސް ނުލެވިގެން ތޭޅޭން ފެށިއެވެ. އިރުކޮޅެއްފަހުން ލާމިޒް ޝަހާދަތުގެ ދެކަލިމަ ކީކަން އިނގުނެވެ. އޭނާގެ ހަރާކާތްތައް މަޑުޖެހިލުމުން ބަލައިލިއިރު އެއްވެސްހަރަކާތެއްނެތެވެ. ލާމިޒްވެސް މިކެހިވެރި ދުނިޔެއާއި އަލްވަދާއުކީއެވެ. ލަވާލްއަށް ހީވީ އޭނާގެ މުޅިދުނިޔެ ހުއްޓުނު ހެންނެވެ. ރޮއި ރޮއި ލަވާލްގެ ދެލޯވަނީ ދުޅަވެފައެވެ. ޔަމްހާއާއި އައްޒާމް އާއި އޭނާގެ ލޯބިވާ ފިރިމީހާ ޔާސިރް ނެތްނަމަ އޭނާ ދުނިޔެއިން މޮޔަ ވީހެވެ.

ސެވީނާ މެން ވަޅުލުމަށްފަހު ލަވާލްގެޔައް ވަދެފައި ދިޔަގޮތައް ގޮސް އިށީނީ ސޯފާގައެވެ. އޭރުވެސް އެދޮލުގައިވަނީ ކަރުނައިގެ އަސަރެވެ. ” ލަވާ ދެން ހުއްޓާލާ.. ތިވަރަށް ރޮންޏާއޭގެ އަސަރު ކުރާނެ ލަވާ ގެ މައިންބަފައިންނަށް..އަހަންނަށް އިގޭ ދެރަވާނެކަން އެފަދަ ގޮތަކަށް ޕޭރެންޓްސް ވަކިވީމަ.. ބަޓް އައި ޕްރޮމިސް ކެރާއަކަށް އެހާ ފަސޭހައިން ސަލާމަތެއް ނުވޭނެ..ޝީ ހޭޒް ޓް ޕޭ ފޯރ ދިސް” އޯގާތެރިކަމާއެކު ލަވާލްއަށް ވިސްނައިދެމުން ދިޔަ ޔާސިރުގެ އެންމެ ފަހު ޖުމްލަ ބޭރުކޮށްލީ ރުޅިވެރިކަމާއެކުއެއެވެ.

“ޔެސީ ..ކީއްވެތަ އޭނާ އަހަރެންދެކެ ރުޅިއަޔަސް މަންމައާއި ބައްޕައަށް ގެއްލުންދިނީ ..އަހަންނަކަށް ނޭނގޭ ކިހިނެތް ވެގެންކަމެއް އޭނާ އަހަރެންދެކެ އެހާ ރުޅިއެއް އެ އަންނަނީ ވެސް..ޔެސީ ބުނެބަލަ..އަހަރެން ހަނދާނެތް ނުވޭ އަހަންނަށް އޭނާ ރުޅިއަންނަވަރު ކަމެއް ކުރެވުނު ކަމެއް …އޭނަ، އަހަންނާއި މެދު އަޅެ ކޮން ހަސަދަ އެއްތަ ލާގަންނަން ވެސް އޮންނާނީ ..ޔެސީ ..އަހަންނަށް ހީވަނީ ޔެސީ އަހަންނަށް ކަންކަން ސިއްރު ކުރާ ހެން ..ބުނެދީ..ހެޔޮނުވާނެ …” ލަވާލް ރޮމުން ރޮމުން ވާހަކަ ދެއްކިއެވެ. ޔާސިރު ލަވާލްގައިގާ ބައްދާލަމުން ރުއިން ހުއްޓާލުމަށް އެދުނެވެ.  ނަމަވެސް ލަވާލް ދިޔައީ އޭނާ އަނދިރީގައި ނުބެހެއްޓުމަށް އެދި އާދޭސްކުރަމުންނެވެ. ” އެއީ އަހަންނަކީ އިންސާނެއް ނޫން ވީމަ. ލަވާ ތިއީ އިންސިއެއްވީމަ ..ކެރާ ބޭނުންވަނީ އަހަރެން ކަމަށް ވީމާ..އޭނާ އަހަރެންދެކެ ލޯބިވާތީ.. އެކަމަކު އޭނާ ދެކެ އަހަރެން ލޯބި ނުވާތީ.. އަހަރެން ލަވާ ދެކެ ލޯބިވާތީ ..”އެންމެ ފަހުން ޔާސިރަށް ބުނެވުނެވެ. އެވަގުތު ލަވާލް ބިރެއްފެނިގެން ފަހަތައް ޖެހިލިހެން ފަހަތައް ޖެހިލިއެވެ.

 

“ކީކޭ..ބުނޭ ތީ ދޮގެކޭ ..ޕްލީޒް ބުނޭ ތީ ދޮގެކޭ.ނޫން” ކުރިޔައްވުރެން ބާރަށް ރޮއިގަންނަމުން އޭނާ ވަލާއި ދިމާލައްދުއްވައިގަތެވެ. ޔާސިރް ވެސް ލަވާލްގެ ފަހަތުން ދުއްވައިގަތެވެ . ނަމަވެސް ދޮރުން ވަދެގެންއައި އައްޒާމް އާއި ޔަމްހާ އޭނާ ހުއްޓުވީ މިވަގުތު ލަވާލް، ޔާސިރުދައްކާ ވާހަކަ އަޑު ނާހާނެތީ އެވެ.

ލަވާލް ރޮމުން ރޮމުން ވަލުތެރޭގައި އެތައް އިރަކު ދުވުމަށްފަހު ހުއްޓުނެވެ. އޭރުއޭނާއަށް މާނޭވާ ލެވެއެވެ. ވަރުބަލިކަމުން އޭނައަށް އޮވެވުނީ ކުޑަކޮން ގުދުވެލައިގެންނެވެ. އެވަގުތު މީހެއްގެ ހިލަން ވުމުން އޭނާ ކޮޅައް ޖެހުނެވެ. ކުރިމަތީގައި ހުރީ އައްޒާމެވެ. އޭނާގެ މޫނުމަތީގައި ވަނީ ހަމަދަރުދީއެވެ. ލަވާލް ފަހަތައް ޖެހިލިއެވެ. ލަވާލްގެ މޫނުމަތިން ފެނިލި ޖެހިލުންވުން އައްޒާމް ހިތައް އުނދަގު ކުރުވިއެވެ. “ލަވާ..ބޭބެ މިއައީ އެންމެ ވާހަކަ އެއް ބުނެލަން ..ބޭބެ ދައްކާ ވާހަކަ އަޑުއަހާބަލަ..އަހަރެމެންނަކީ ގޯސްބައެއްނޫން …” އައްޒާމް އާދޭސް ކުރަމުން ބުނެލިއެވެ. އައްޒާމް އައުމަށް އެދުމުން ބިރުން ހުރިނަމަވެސް ލަވާލްވެސް ގޮސްފަ  މަގުގެ އެއްފަރާތުގައި ޕާކުކޮށްފައިވާ އައްޒާމްގެ ކާރަށް އޭނާއާއި އެކު އެރިއެވެ.

“ލަވާ..އަޑު އަހާ ރަނގަޅަށް ..ޔެސީގެ ކުށެއްނޫން އެއީ އޭނާ މިކަން ސިއްރުކުރުން ..އަހަރެން ބުނީ އެހެން ހަދަން ..ސަބަބަކީ ލަވާލް ފުރާނައަށް މިކަންތައް އިނގިއްޖެ ނަމަ ނުރައްކާވެދާނެތީ” އައްޒާމް ލަވާލްއަށް ހުރިހާ ވާހަކައެއް ކިޔާދިން އިރު ލަވާލް އިނީ އަނގަހުޅުވިފައެވެ. ކެރާގެ ނުބައިކަން ހާމަވުމުން އޭނާ ރުޅިން ރަތްވިއެވެ. ” ލަވާ ހިނގާ އަހަރެމެންގެޔަށް ދާން …އަދި އެއްކަންތައް ..އަހަރެމެން އެންމެން މިތިބީ ލަޥާ ޔާ އެއްކޮން …ލަވާގެ ޕޭރެންޓްސް އަދި އަހަރެމެންގެ މަންމަގެ މަރުގެ ބަދަލް އަހރެން ހިފާނަން.. ބަޓް ހިނގާ ދާން..ލަވާގެ ލަގެޖް ހިފައިގެން  ޔެސީ އެބަ ވެއިޓްކުރޭ އަހަރެންގެ ގޭގަ ލަވާއަށް…ލަވާ އިޒާންއަކީ ބާރުތަކެއް ލިބިފައިހުރި ކުއްޖެއް ..އެކަމަކު ބިރުގަންނަން ޖެހޭވަރުގެ ކަމެއް ނެތް..އޭނާގެ އުމުރުން ދިހައެއް ވަންދެން އަހަރެމެން މިޖަހާ އިންޖެކްސަން އިން އެބާރުތައް ފޮރުވާލެވިފައިވާނީ” އައްޒާމް ބުނެލިއެވެ. ލަވާލް ބޯޖަހައިލިއެވެ.

ޔާސިރު ސިޓިންގްރޫމުގައި އިނދެފައި ނުކުތީ ކާރުގެ ބަރުގޮނުގެ އަޑުއިވިފައެވެ. އެވަގުތު އޭގެން ފޭބި ލަވާލްފެނިފައި އޭނާގެ ހިތައް ލިބުނީ އަޖައިބެއްފަދަ ހަމަޖެހުމެކެވެ. އޭނާ ސުކުރުގެ ނަޒަރަކުން އައްޒާމަށް ބަލައިލެވުނެވެ.

ލަވާލްއަށް ފުރަތަމަ ވެސް ނަޒަރު ހިންގާލެވުނީ ކުރިމަތީގައި ފެންނަން ހުރި ބާރަ ބުރީގެ އިމާރާތައްށެވެ. ޓަވާރ ބައްޓަމަށް އިންއިމާރާތުގައި ހަމައެކަނި އިން ބެލްކޮނިކޮޅުއިނީ ދިހަވަނަ ފަންގިފިލާގައިއެވެ. މަޑުފެހިކުލައި އިމާރާތައް ވަނުމަށްފެހިކުލައިގެ ގަލުން ހެދިފައިވާ ފުޅާ ވޯކްވޭ އެއްވެއެވެ. ވޯކްވޭގެ ދެފަރާތުގައިވަނީ މާމަލުގެ ބަގީޗާއެކެވެ. ގޭގެ އިންވަކިކުރަން އުސްބަގީޗާގަސްތަކެއް ޖަހާފައިވާއިރު ބަލާލަން ނުހަނު ޗާލެވެ.

އެގެޔަށް އެތައް ފަހަރަކު އޭނާ އައިނަމަވެސް މިއަދު އެގެޔަށް އޭނާއަށް ބަލައިލެވުނީ ތަފާތު ނަޒަރަކުންނެވެ.

 

ލަވާލްއަށް ބަލަން ހުރި ޔާސިރު ފެނުމުން އޭނާ ބަލާލީ ދުރެވެ. އެ އަމަލުން ޔާސިރުގެ ހިތައް ތަދުވެލިއެވެ.

އެގޮތުގައި ދެހަފްތާފާއިތުވެލިއެވެ. ޔާސިރްމެން ކައިވެނި ކުރި ރޭގެ ފަހުން ކެރާ އަދި އެމީހުންގެ ލޮލަކަށް ނުފެއެވެ. ކެރާގެ ސިއްރު އެންމެނަށްވެސް އިނގޭތީ އަޅައެއް ނުލައެވެ. މަޑުމަޑުން ޔާސިރްއާއި ލަވާލްގެ ދެމެދުގައި އޮތް ގުޅުން ދިޔައީ ރަނގަޅުވެ ބަދަހިވަމުންނެވެ.  ލަވާލް އަމިއްލައަށް ބޭނުންވެގެން ކޮލެޖުން ކެނޑިގެން ލަވާލް ދިޔައީ އަމިއްލަ ދަރިއެއްފަދައިން އިޒާން ވެސް ބަލަމުންނެވެ. އިޒާން ލަވާލްއަށް ގޮވާހަދަނީވެސް މަންމަކިޔާފައެވެ. އެކަމުގެ ސަބަބުން އައްޒާމްގެ ހިތުގައި ލަވާލްއާއިމެދު އަމިއްލަ ކޮއްކޮ އެއްފަދައިން ލޯބިޖެހުނެވެ. އަދި އޭނާގެ ހިތް ލަވާލްއާއިމެދު ސުކުރުން ފުރުނެވެ.

އާދުވަހަކަށް އެރި އިރާއެކު ލަވާލް އުޅުނީ ބޯއަނބުރާ ހޮޑުލަވާ ތީއެވެ. އޭނާގެ ހިތައް އެއްޗެއް އެރުމުން އެހެންކަމުން އެކަކަށް ވެސް ނީނގި އަވަށުތެރޭގައި ހުންނަ ބޭސްފިހާރަޔަކަށް ވަދެ ޓެސްޓް ކިޓެއް ގަނެ ޓެސްޓް ކޮށްލިއެވެ. އޭނާ ދެލޮލުން އުފާވެރިކަމުގެ ކަރުނަތައް ނީރައިލީ ބަނޑުބޮޑުކަމަށް ޓެސްޓް ކިޓުން ދެއްކީމައެވެ.

އޭނާ އެވާހަކަ ގެޔައް ދިޔަގޮތައް ޔާސިރުއާއި ހިއްސާކޮށްލިއެވެ. ޔާސިރުގެ އުފާވެރިކަމުގެ ކޮޅެއް ނެތެވެ. ލަވާލް އުރާލައި އިރު އެދެލޮލުގައި ވަނީ އުފާވެރިކަމުގެ ކަރުނައެވެ. ދެމަފިރިން އެތަކެއްފަހަރު މާތްﷲ އަށް ހަމްދުކުރިއެވެ. ޔަމްހާއާއި އައްޒާމްވެސް ހުރީ ނިކަން އުފާ ވެފައެވެ. ނަމަވެސް އައްޒާމްގެ ހިތައް ނުތަނަވަސްކަން ވެރިވީ އެހަބަރު ކެރާ އަށް އިގިއްޖެނަމަ ވާނެ ގޮތަކާއި މެދު ވިސްނާފައެވެ. އެހަބަރުން ކެރާ ، ޔާސިރު އާއި ލަވާލް އަށް ކޮންމެފަދަ ގެއްލުމެއްވެސް ދީފާނެ އޭނާގެ ހިތުގެ ކަނަކުން ގޮވާލިއެވެ. އޭނާ ، ޔާސިރް ޢާއި ޔަމްހާ އަދި ލޯބިވާ ދަރިފުޅު އިޒާންއަށްޓަކައި ފުރާނަވެސް ގުރުބާން ކޮށްފާނެއެވެ. އަދި ލަވާލް އަށް އަށްޓަކައިވެސްމެއެވެ. އެއީވެސް އޭނާއަށް އަމިއްލަ ކޮއްކޮއެއްފަދަ ކުއްޖެކެވެ.

ސިޓިން ރޫމުގައި ހަތަރު މީހުން ތިބީ އޮލަ ވާހަކައެއްގައެވެ. ކުއްލިޔަކަށް ތިން މީހުންގެ ހިމޭކަން ނަގާލި ޔަމްހާގެ ބާރު ހަޅޭކުގެ އަޑުންނެވެ. އައްޒާމްއާއި ޔާސިރު އެމީހުންނަށްލިބިފައިވާހަލުވި މިނުގައި ސިކުންތެއްގެ ތެރޭގައި ހުރީ ޔަމްހާގެ ކައިރީގައެވެ. ލަވާލް ބިރުގަތްނަމަވެސް އޭނާވެސް އެމީޙުންކައިރިޔަށް ދުވެލައިފާ ދިޔައެވެ.

ޔަމްހާ އަތުގައި އޮތީ ލެއިންކަޅިވެފައިވާ ތުއްތު ތުއްތު ކުއްޖެކެވެ. ތިންމީހުންގެ ދެލޯ ބޮޑު ވިއެވެ. ލަވާލް ބިރުގަންވަރުން ޔާސިރުގެއަތުގައި ހިފާ ފަހަތައް ދަމަންފެށިއެވެ. އޭނާހުރީ މޭނުބައި ކުރާގޮތްވެފައެވެ.

“ޔަމް.. މިކޮން ބޭބީ އެއް..” އައްޒާމް އަހައިލިއެވެ. އޭނާގެ ހިތުގައި ސައްކު ހިނގާލި އެވެ. އެއީ ކެރާގެ ބަނޑުގައިވި ތުއްތުފުރާނައަށް ވެދާނެ ކަމުގައެވެ. ” ކެރާ ގެ..އެ..” ޔަމްހާ ބިރުގަނެފައި ހުރެ އިނގިލި ދިއްކޮށްލީ ލޯގަނޑަށެވެ. “އަހަރެން އަދި އަންނާނަން …ޔާސިރު ލިބެންޖެހޭނީ މަށައް ..ލަޥާލް… އަހަރެން ކަލޭގެ ކައިރިން ބަދަލް ހިފާނަން…ޖަސްޓް ވެއިޓް….ލަވާލް ކަލޭ ދެން ދުއާ ކުރޭ ކަލެއަށް އަންހެންދަރިޔަކު ނުލިބޭތޯ .. ލިބިއްޖެނަމަ ..ކަންތައް ވާ ގޮތް މާ ރަނގަޅެއް ނުވާނެ.. އައްޒާމް މިއޮތީ ކަލޭގެ ދަރި…” ލޯގަނޑުގައި ލެއިން ލިޔެފައިވި އިބާރާތް ކޮޅު ކިޔާނިމުންއިރު ޔާސިރުގެ ދެ އަތްވަނީ މުއްކެވިފައެވެ.  ލަވާލްއަށާއި ލިބެންއުޅޭ ދަރިފުޅައް ގެއްލުމެއް ވެއްޖެޔާ އޭނާ މަޑަކުންނުހުންނާނެއެވެ.  އައްޒާމް އާއި ޔާސިރު އަށް ބަލައިލެވުނީ ޔަމްހާ ގެ އަތުގައިވި ތުއްތު ކުއްޖާއަށެވެ.

ލަވާލް ގެ ހިތުގައިބިރުވެރިކަން އުފެދިގެން ދިޔައީ އިންތިހާއަށެވެ. އޭނާގެ ބަނޑުގައި އަތްޖައްސާލުމަށްފަހު ޔާސިރުގެ އަތުގައި ބާރަށް ހިފަލެވުނެވެ.

“އަހަރެން ސާފް ކޮށްލަފާނަން ..ޔަމް ހެލްޕް މީ..ޔޫ ޓޫ ގެޓް އައުޓް” ލަވާލް އޭނާގެ ބިރު އެއްފަރާތް ކޮށްލުމަށްފަހު ތުއްތު ކުއްޖާ ރޯންފެށުމުން ،އަވަސްވެގަތީ އެކުއްޖާއަށް ހިމާޔަތް ދިނުމަށެވެ. ލަވާލް ބޭނުންވިފަދައިން ޔާސިރު މެން ނުކިތެވެ. ލަވާލްގެ މަސައްކަތުން އެކުއްޖާ ސާފް ކޮށްލިއެވެ. ޔަމްހާ ވެސް ވީވަރަކުން އެހީވިއެވެ. ތުއްތު މޫނު ކޮޅު ފެނުމުން ޔަމްހާ އާއި ލަވާލް އާސޯހްވިއެވެ. “މާޝާﷲ ” ދެމީހުންނަށް އެއްއަޑަކުން ބުނެވުނެވެ. ލަވާލް ތުއްތު ކުއްޖާ ފޮތިކޮޅަކަށް ލުމަށް ފަހުބޭރަށް ނުކުތީ ޔަމްހާއާއި އެކު ތަން ސާފްކޮށްލުމަށްފަހުއެވެ. އޭރު ކުޑަކުޑަ ފުއްކޮޅެއްފަދަ އިޒާން އުރާލައިގެން އައްޒާމް ހުއްޓެވެ. ކައިރިގައި ޔާސިރުވެސް ބަލަން ހުއްޓެވެ. ޔާސިރު އިޒާން އުރައިލިއެވެ.

ލަވާލްގެންގޮސް ތުއްތު ކުއްޖާ އައްޒާމްގެ އަތައް ލައްވާލަ ދިންވަގުތު ވަގުތު އައްޒާމްއަށް ލޯބިން ފުރިގެންވާފަދަ ނަޒަރަކުން އެތުއްތު ކުއްޖާއަށް ބަލައިލެވުނެވެ. “ބޭބޭ ނަމެއް ހޯދާފަތަ އޮންނާނީ ކުރިން…” ޔާސިރް އަހައިލުމުން އައްޒާމް ބޯޖަހައިލިއެވެ.  “..އަލާނިޔަލް.. ދަރިފުޅާ އިޒާން ..ދަރިފުޅުގެ ކޮއްކޮ ..ބަލާ..އަލާނިޔަލް.” ޔާސިރުގެ އުރުގައިން އިޒާންގެ ކޯތާފަތައް ބޮސްދިނުމަށްފަހު، މަޑު މަޑުން އަތުގައިވާ ތުއްތުކުއްޖާގެ މޫނުކޮޅުގައި ހިފާލަމުން އައްޒާމް ބުނެލިއެވެ.

 

****

(ނުނިމޭ)

 

 

Share Article

Follow Me Written By

Annora

Level 510 Stories100 Login100 Comments100 Stories

Weaving tales that linger long after the last page.🤍 Turning imagination into unforgettable stories.🤍 Every story is a journey; come take a trip with me.🤍 Capturing the magic in everyday moments.🤍 Crafting narratives that touch the heart and mind. 🤍 🤍🤍🤍

Other Articles

Previous

ލޯތްބަށްޓަކައި އަހަރެން ހުވާ މަރުވެސް ވެދާނަމޭ

Next

އަބަދުވެސް ވާނަން ގާތުގައި

Next
March 10, 2021

އަބަދުވެސް ވާނަން ގާތުގައި

Previews
March 10, 2021

ލޯތްބަށްޓަކައި އަހަރެން ހުވާ މަރުވެސް ވެދާނަމޭ

One Comment

  1. nonamewriter says:
    March 12, 2021 at 1:00 pm

    Mi vaahaka kiyaa kiyya ves foosseh nuvey varah reethi vaahakaeh ❤️❤️❤️

Comments are closed.


All Right Reserved!