
ހިރާސް 14
“ބައްޕާ..އަހަރެން ބުނެފިން ޒީވާ ކައިރީގައި އަހަރެމެން މީ ސިބިލިންގްސް ނޫނޭ..” ކައިވަން ގެ ވާހަކަ އިވި ޒުހޫރުއަށް އަޑަށް ބާރުލައިފާ ކީކޭހޭ އަހައިލެވިއްޖެއެވެ. ކައިވަން ތުންފަތުގައި ދަތްއަޅައިލިއެވެ.
” ބައްޕާ ޔޫމީންއަކީ ކާކުކަން އިނގޭތަ..ލިވީގެ ޓްވިން..އައި މީން ޒީވާގެ އެއްމާބަނޑު ދައްތަ… ..ޒީވާއާއި ޔޫމީންއަކީ ޓްވިންސް” ޒުހޫރުއަށް ހުއްޓިލެވުނެވެ. އޭރު އޭނާގެ ދެލޯވަނީ ބޮޑުވެފައެވެ.
*****
އޭނާއަށް ބަލައިލެވުނީ ކައިވަންގެ މޫނަށެވެ. “ޔާ ބައްޕާ.. އޭނާއާއި އެއްކޮން ޒީވާ ފޮނުވާލަން ހިނގާއެކޮޅައް މިތަނައް އަލާނިޔަލް އައިސް އެބޯޅެ.. އެހެންވެ ޔަޒަކް އާއި އިޒާން އަދި ޔަމްހާއްތަ ބުނެގެން ޔޫމީން މިކޮޅައް އައީ..ޒީވާއަށް ވަރަށް ނުރައްކާ މިކޮޅު..އަހަރެން ވެސް ނީކިޔާ ގޮވައިގެން އެކޮޅައް ދާން މިއުޅެނީ..ދޮންބެ ނީކިޔާއަށް ގަނެފައިހުރިގެޔެއް އެބަހުރި އެކޮޅުގަ.. ދޮންބެ މަރު ނުވަނީސް ބުނެފައި އޮތީ އެތާގަ އުޅެން ދާންވާނެއޭ ދޮންބެ މެންނާއި އެކު.. މިހާރު ދޮންބެ ވެސް އެންމެ ބޭނުންވާނީ މިނީ ވެސް ރަނގަޅު މުސްތަގުބަލެއް ލިބި އަދި މިނީއަށް ދޮންބެ ހޯދާފައި ހުރި ގޭގަ މިނީއުޅުން .. ޒީވާއަކީ އަހަރަމެންގެ ނަސްލެއްނޫން..އެއީ ޒީވާގެ މީހުން ދިރިއުޅޭތަނަކީ އަދި ޒީވާގެ ނަސްލު …” ކައިވަން ދެއްކި ވާހަކަ ޒުހޫރުއަށް ވެސް ގަބޫލްކުރެވެއެވެ. ނަމަވެސް ޒީޥާއަށް ނުރައްކަލެއް އަތުވެދާނެތީ އޭނާއަށް ވިސްނެނީއެވެ.
“ލަވާ ހޭނާރާ އަދިވެސް.. ޔާސިރް ވެސް އެހާ ހިތްދަތި ހާލުގަ އެއުޅެނީ…. އޭނާއަށް ލަވާލް އަށް އެހީއެއްނުވެ ވޭނެ…ލަވާލްގެ ކާރިޔައް އައިސްފިނަމަ މުޅިއާއިލާގެ ދުވަސް ދުއްވާލާނެކަމައް ޒިރާސް ބުނެފަ އޮތީ.. އައްޒާމްއަށް ވެސް އިޒާން އާއި ދުރުގައި އެޖެހެނީ އުޅެން…. ކިހާ ހެޕީކޮންތަ އަހަރެމެން އެކޮޅުގަ އުޅުނީ..އެކަމަކު ..އާހް” ޒުހޫރުގެ މޫނައް މޮޅިވެރިކަން ފެނިލިއެވެ.
“އަހަރެން މިއުޅެނީ އޭނާއަށް ކިޔައިދޭން ބައެއްކަންކަން.. އޭނާގެ ބޭބެ އަކާއި ދައްތަ އެއް ހުންނަކަން ބުނެދޭނަން.އޭނާ ހަނދާން ނުހުންނާނެ ..އެކަމަކު މަޑުމަޑުން ކަންކަން ކިޔާލަ ދޭނަން ..ބައްޕާ އަސްލު މިހުރިހާ ކަމެއް ދިމާވާ މެދުވެރީ ކީއްވެތަ..އައި މީން މީގެ ތިރީސް ދެއަހަރު ކުރިން ކިހިނެތް ވީ ..” ކައިވަން ބަލައިލީ ދުރުގައި ހިނގަމުންދިޔަ ޒީވާއަށެވެ. އޭރު ޒީހާން އާއި އެކު ޒީވާގޮސް އެރީ ރުސްދީ އެމީހުން ބަލައި އައުމުން އެކާރަށެވެ. ކުލްސޫމާވެސް އެކާރުގެ ފަހަތު ސީޓައް އެރިތަން ފެނުމުން ޒުހޫރުގެ ކާރުގައި ކައިވަން އާއި ޒުހޫރު ވެސް މިސްރާބްޖެހީ ގެޔާދިމާލަށެވެ.
” މީގެ ތިރީސް ދެއަހަރު ކުރިން ދޯ..އެވާހަކަ ނުދައްކަމާ.. އިޒާން ވެސް އެއުޅެނީ ބަދަލު ހިފަން.. އެ ވާހަކަތައް ޔަމްހާ ކިޔައިދިނީމަ ކެރާ ގެ ފަރާތުން ބަދަލް ހިފަން އޭނާ އެއުޅެނީ ..އިޒާންގެ ބައްޕަ އައްޒާމްއަށް ވެސްއަށް އިޒާންއާއި ދުރުވާން ޖެހުނީ އެހެންވެ…އިޒާން ގަބޫލެއް ނުކުރޭ ކެރާއަކީ އޭނާގެ މަންމަކަމަކަށް ވެސް.. ބައްޕަގެ ބެސްޓްފްރެންޑްސް އެއީ އައްޒާމްއާއި ޔާސިރު.. ޔާސިރްއަށް އޭނާގެ ތިން ދަރިން ޔަޒަކްއާއި ޔޫމީންއާއި ޔޫމީންގެ ކޮއްކޮ ގެއްލި، އެކުދިންގެ މަންމަ އަދި އޭނާގެ ލޯބިވާ އަނބިމީހާ ލަވާލް ގެއްލިގެންދިޔައީ ވެސް އެ ހާދިސާގެ ސަބަބުން… ޔާސިރް އެކުރާ ހިތާމައަހަރެންނަށް އިނގޭ..ދެރަވެސް ވޭ އިޒާން ފަކީރު އުޅޭގޮތުންވެސް ..އެކަމުވެސް އަހަރެމެންނަށް ކޮށްދެވޭނެކަމެއްނެތް ..ދަރިފުޅާ އެވާހަކަ ބާއްވަމާ ..” ޒުހޫރް ކާރު ޕާކް ކުރީ ގެޔައް އާދެވިއްޖެ ކަމަށް ބުނުމުންނެވެ. ކައިވަން ޒުހޫރުގެ ފަހަތުން އައިސް، އާދޭސް ކުރަންފެށުމުން ޒުހޫރުގެ ކޮޓާރިއަށް ކައިވަން ވެއްދިއެވެ.
” އަޅެ ބައްޕާ ދެން ބުނެބަލަ..” ކައިވަން އެ ކޮޓަރީގެ ސޯފާގައި އިނީ އެވާހަކަތައް ކިޔައިދިނުމުންނޫނީ ނުދާނަމޭ ބުނާފަދައަކުންނެވެ.
“ވަރަށް އަވަހަށްކިޔާދޭނަން ..އިންޝާﷲ..އެކަމަކު މިއަދަކު ނޫން ދަރިފުޅާ” އެންމެފަހުން ޒުހޫރު ބުނެލިއެވެ. ކައިވަން ވެސް ބޯ ޖަހައިލަމުން ނުކުމެގެން ދިޔައެވެ.
****
(އެއްމަސް ފަސް)
ދުވަސްތައް ފާއިތް ވަމުންގޮސް ޒައުލް މަރުވިތާ މައްސަރެއް ފާއިތު ވެއްޖެއެވެ. ޒީވާއާއި ޔޫމީން އެކުގައި ހޭދަކުރެވޭ ވަގުތުތައް ގިނަވެ އެންމެގާތް ރަހްމަތްތެރިންނަށް ވެގެންދިޔައެވެ. ކައިވަން އާއި ޒީވާ އާއި ދެމެދުގައި މަޑު މަޑުން ހިނިތުންވުންތައް ބަދަލްކުރެވި އެކުވެރިއެއްފަދައިން ވާހަކަދެކެވެން ފަށައިފިއެވެ.
ޒީޥާއާއި ޔޫމީން ގިނަވަގުތު ހޭދަކުރަނި އެކު އެކީގައެވެ. އެދެމީހުން ކުރާ ކޮންމެ ކަމަކަށް އެކު ކައިވަންއާއި ނީކިޔާ ބައިވެރި ކުރެއެވެ.
ކައިވަން އާއި ޔޫމީންގެ ގުޅުންވެސް ފެންނަނީ ތަންކޮޅެއް ރަނގަޅުވެފައިވާ ތަނެވެ. ނަމަވެސް ތަޅާފޮޅުމާއި ޒުވާބްކުރުމާއި އެކަކު އަނެކަކަށް ވައްބަހުން ޖެހުންވަނީ އާންމުކަމަކަށް ވެފައެވެ. ޒީވާއާއި ނީކިޔާ، އަބަދުވެސް “ޓޮމް އެން ޖެރީ” އޭ ކިޔާ އެދެމީހުންނާ ދިމާކުރެއެވެ.
ހަމައެހެންމެ ޒީހާންވެސް ،ޒީވާއާއި ކައިވަން އާ ވާހަކަ ދައްކަނީ ވަރަށް ލޯބިންނެވެ. ޒީހާން ބޭނުންވީ މާޒީގައި ނުދެވުނު ލޯބި ކޮއްކޮމެންނަށް ދިނުމެވެ. ކައިވަން އާއި ޒީހާން އަދި ޒީވާ އެކުގައި ބޭރަށް ގޮސް ހެދުން އާންމުކަމަކަށްވެ އެ ތިންކުދިންގެ މެދުގައިވި ގުޅުން ނުހަނު ބަދަހިވިއެވެ. ޔޫމީން ވެސް އެމީހުންނާއި އެއްކޮން ބައެއްފަހަރު ދަނީ އެމީހުންގެ އެދުމުގެ މަތިންނެވެ. ޔަޒަކުގެ ކޮއްކޮކަން އިނގުމުން ޒީހާންވެސް ޔޫމީންއާއިމެދު ކޮއްކޮ އެއްފަދައިން ދެކުނެވެ. ޔަޒަކު އާއި ޒީހާން އަކީ އެއްއިރެއްގައި ރަހްމަތްތެރިންނެވެ.
ގޭގެ އެހެން އެޕާޓްމަންޓަކަށް ބަދަލްވެ ނީކިޔާ ބަލަނީ ކައިވަން އެވެ. އެއީ އޭނާ އަމިއްލައަށް ބޭނުންވެގެންނެވެ. ނަމަވެސް ޔިރާއާއި ޒީހާން ވަރަށް ގިނައިން ނީކިޔާއާއި އެކު ވަގުތު ހޭދަކުރަމުން ދިޔުމުގެ ނަތީޖާއަކަށްވީ ނީކިޔާގެ ހިތުގައި އެދެމީހުންނަށްވެސް ލޯބިޖެހި ޔިރާއާއި ޒީހާންއަށް ނީކިޔާ މާފްކުރުމެވެ. ނަމަވެސް ނީކިޔާ ހުންނަނީ ކައިވަން އާއެކުއެވެ. އެއީ ނީކިޔާވެސް ބޭނުންވާ ވިގޮތެވެ.
ވިޔާނުދާ އުޅުމެއް އުޅެމުންދިޔަ ޔިރާއަށް ހަޔާތުގައި ލިބުނު އިބްރަތްތެރި ފިލާވަޅަށްފަހު އޭނާގެ އުޅުން މުޅިން ބަދަލްވެއްޖެއެވެ. ގިނަވަގުތު އޭނާ ހޭދަކުރަނީ އަޅުކަމުގައެވެ. ކުރިން ލައި އުޅުނު ފެޝަން ހެދުންތައް ދޫކޮށް މިހާރު ލައި އުޅެނީވެސް ގަޔައް ދޫ ހެދުމާއި ބޮޑެތިކޮން ހުންނަ ސޯލްއެވެ.
ހަފްތާއެއްފަހުން ، ޒީހާން އާއި ޔިރާގެ ކައިވެނިކުރަން ހަމަޖެހިގެން ދިޔައިރު ޒީހާންގެ ބައްޔައް ބޭސް ކުރުން ހުއްޓައެއްނުލައެވެ. ކައިވެންޏައްފަހު ޒީހާންގެ އިތުރު ބޭސްފަރުވާއަށް، އެދެމީހުން ކެނެޑާއަށް ދިޔުމަށްވަނީ ހަމަޖައްސާފައެވެ.
އެންމެންގެ ބަދަހިވެފައިވާ ގުޅުމާއި ހިލާފައް ޒުހޫރުއާއި ކުލްސޫމާގެ ގުޅުން ފެންނަނީ ހީނަރުވެފައިވާ ތަނެވެ. އެދެމެދުގައި ލެވިފައިވާ ބޯފާރުން ކުލްސޫމާގެ ހިތްދިޔައީ ޒަހަމްވަމުންނެވެ. އޭނާގެ ކަމަކީ ތާއަބަދު ހިތާމަކުރުމެވެ. އޭނާއަށް އެހެން ކަންތައް ކުރެވުމުން މިހާރު ދެރަވެއެވެ.
***
އާދައިގެ މަތިން ދުވަހެކެވެ. ކުލްސޫމާ އެނދުގައިއޮވެ ވިސްނެންފެށީ އެންމެ ކަމަކާއެވެ. ޒުހޫރު އާއި ޒީހާން އޭނާއަށް މައާފް ކުރާނެ ބާއެވެ. އޭނާ ޒީހާންއާއި ޒުހޫރުގެ މައާފް ބޭނުމެވެ. އޭނާބޭނުންވަނީ ޒީހާންއަށް ނުދެވުނު ލޯބި އަލުން ޒީހާން އަށް ދިމަށެވެ. އާއެކެވެ. އޭނާއަށް ވިސްނިއްޖެއެވެ. ދަރިން ތަފާތު ކުރުމުގެ ހިތިކަން އޭނާގެ އަރުގައި ރަނގަޅައްވެސް ލައިފިއެވެ. އޭނާއަށް އެވަނީ ހަދާނެ ގޮތް ހުސްވެފައެވެ. ތެދުވެ އެނދުގައި އިއްތާލި ކުލްސޫމާއަށް ދިޔައީ ރޮވެމުންނެވެ.
އެހެން އިނދެ އިނދެފައި އޭނާ ބޭރަށް ނުކުތެވެ. މެންދުރުގެ ވަގުތުކަމުން ގޭގައި އެންމެންވެސް އުޅެއެވެ. ބަޔަކު ކާބައިގެ ތެރޭގައި ބަޔަކު ވާހަކަ ދައްކާއަޑަށް ބަލައިލިއިރު ޒީހާންއާއި ޒުހޫރެވެ.
“ބައްޕާ ޓިކެޓް ލިބުނީ މިއަންނަ ހޯމަޔަށް.. އެއީ ކައިވެނި ކުރާ ދުވަސް ހަމަ…ޔިރާގެ އައިޑީ ކާޑްގެ މުއްދަތު ހަމަވެފަ އޮތީމަ މިލަސްވަނީ މިހާރު ..” ޒީހާން ތުމުގައި ޖޫސް ތަށިޖައްސާލަމުން ބުނެލިއެވެ. ” ހޫމް މައިސަރު ބުންޏޭ.. އެކަމަކު އަޅެ ފަހެ އެއީ ބޭބީއެއްތަ..މުއްތަދު ހަމަވީއިރުވެސް ނީނގުން” ޒުހޫރުގެ ޖުމްލައިން ދެން އިވިލީ ޒީހާން ހިނިގަނޑެއްޖަހާލިއަޑެވެ.
ޒުހޫރު އާއި ޒީހާންއަށް ބަލައިލެވުނީ ކުލްސޫމާ މަޑުމަޑުން ގޮވައިލިއަޑަށެވެ.އެމީހުންގެ މޫނައް ފޫހިކަން ވެރިވިތަން ފެނި ކުލްސޫމާއަށް ރޮވިއްޖެއެވެ. އެދެލޮލުން ފައިބަމުންދިޔަ ކަރުނަތައް ފެނި ޒީހާން ހިތައް އުނދަލެއްވިއެވެ. ކިތައްމެ ހިތްހަރުކޮށްގެން އުޅުނަސް ބަނޑުއަޅާ ވިހޭ މަންމަ ވިއްޔާއެވެ. މައާފް ކުރުމަކީ އިސްލާމްދީނުގައި ނުހަނު ބޮޑައް ބާރުއަޅުއްވާ ފައިވާކަމެކެވެ. ޒީހާން ތެދުވެފައިގޮސް ރޮވިފައި ހުރި ކުލްސޫމާގެ ގައިގާ މަޑުމަޑުން ބައްދާލިއެވެ.
ޒީހާންގެ އެއަމަލުން ކުލްސޫމާއަށް އިތުރައް ރޮވުނީއެވެ. ގިސްލެވެން ފެށުނެވެ. “ދަރިފުޅާ..މާފް ކުރޭ މަންމައަށް ..ދަރިފުޅު ބަލިވާހަކަ އެންގިނަމަ ކުރިންވެސް..ދަރިފުޅު ހީކުރީ އެހާ ހިލަ ހިތެއްކަމައްތަ މަންމައޮތީ.. މަންމަ ވަރަށް ދެރަވެއްޖެ މިހެން ކަންތައްވީމާ…ދަރިފުޅުގެ އުފާތަކަށްވުރެން މަންމަގެ އުފާ ކުރިޔައްނެރެވުނީ… މާފްކުރޭ..”ކުލްސޫމާ ރޮމުން އެތަކެއް ފަހަރަކު މައާފައް އެދުނެވެ. އެމަންޒަރުފެނި ޒުހޫރަށްވެސް އަސަރު ކުރިއެވެ. ނަމަވެސް އޭނާ ހަނުހުއްޓެވެ. “މަންމާ ..އަހަރެން މާފް ކޮށްފިން…މާކުރިން ވެސް މާފްކޮށްފަ އޮންނާނީ… ހުއްޓާލަ… މަންމަ އަބަދު ވިސްނަނީ ދޯ ހާދަ ހިކިއްޖެޔޭ..ދެން ނުވިސްނައްޗޭ ” ޒީހާން ،ކުލްސޫމާގެ ކަރުނަތައް ފުހެލަދެމުން ބުނެލިއެވެ.ކުލްސޫމާ ބޯޖައިލީ ދެން ނުވިސްނާނަމޭ ބުނާ ފަދައަކުންނެވެ.
ޒުހޫރަށްވެސް ޒީޙާން ބުނެލިއެއްޗަކުން އެވަގުތުކުލްސޫމާއަށް ބަލައިލެވުނެވެ. ތެދެކެވެ. ކުރިން އޭނާ ގެ ގަޔައް ހިފާލައިފާ ހުންނަ ހެދުން މިހާރު އެހުރީ ގޯންޔެއްހެންނެވެ. ޒުހޫރުގެ ހިތައް ކުށްވެރި އިހްސާސް ކުރެވުނެވެ. އޭނާގެ ސަބަބުން ކުލްސޫމާ ވިސްނަނީއޭ ހިތައްއެރިއެވެ. ޒުހޫރު ގޮސް ކޮޓަރިއަށްވަނެވެ.
ޒީހާންއާއި ވާހަކަ ދައްކާލުމަށް ފަހު ކުލްސޫމާދިޔައި ކޮޓަރިޔަށެވެ. އޭރު ޒުހޫރު އެނދުގައި އިސްޖެހިފައި އިނެވެ. ކުލްސޫމާގޮސް ފުރަތަމަވެސް ޒުހޫރުގެ ފައިބުޑައް ވެއްޓި ދެފައިގައި އޮޅުލައިގަނެވުނެވެ. ” ޒުހޫރު..އިންސާނުން އަހަރެމެންނަކީ…މާފް ކުރޭ..އަހަރެންނަށް ކުށެއް ކުރެވިއްޖެ..އެކަން އިޙްސާސް ވެއްޖެ ..ވަރަށް ބޮޑަށް ވެއްޖެ..އައެމް ސޮރީ..” ރޮމުން ރޮމުން ކުލްސޫމާ ވާހަކަ ދެއްކިއިރު އޭނާ ދެރަވެފައި ހުރި ވަރު ޒުހޫރަށް އަންދާޒާ ކުރެވުނެވެ. ޒުހޫރު ހަރަކާތް އަވަސް ކޮށްލާފައިކުލްސޫމާ ނަގާ އޭނާގެ އުނގުގައި ބައިންދާލިއެވެ. ކިތަންމެ އުމުރުން ދުވަސްވިޔަސް އެދެމެދުގައި ވި ލޯތްބަށް ބަދަލް ނާންނަކަމުގެ ހެއްކެކެވެ.
“ނޫނޭ..އަހަރެން ހިތްހަރުކޮށްގެން އުޅުނީ ..ކުލްސޫމާއަށް ވިސްނުނީމަވެސް ގޮތުގައި ހުރެވުނީ.. އަހަރެން މާކުރިން ވެސް ކުލްސޫމާއަށް މާފް ކުރިން…އަހަރެންނަށް އެކަމަކު މާފް ކުރޭ” ޒުހޫރު ، އެދެއަތުގެ ތެރޭގައި ކުލްސޫމާ ގަޔާއިލާ ބޮނޑިކޮށްލިއެވެ. ވީ އުފަލެއްގެ ބޮޑުކަމުން ކުލްސޫމާއަށް ދިޔައީ ރޮވެމުންނެވެ. ކުލްސޫމާ ވެސް މަޑުމަޑުން ބޯޖަހައިލިއެވެ. ދެމީހުން އެތަކެއް ވާހަކައެއް އެކަކު އަނެކާއި ހިއްސާކޮށް މާފްކުރިއެވެ. “ޒުހޫރު އަހަރެން އެބައޮތް ވާހަކަ އެއް ބުނަން ވެފަ…”ޒުހޫރު އަވަހަށް ބުނާށޭ ބުނެލިއެވެ. “އަހަރެންގެ އެކުވެރި ކެމީލާ ..އޭނާގެ ދަރިފުޅު އެލަން.. އެއީ ޑޮކްޓަރެއް ..ކިޔަވާގެން ހުރި މޮޅު ކުއްޖެއް ..ޒީވާއާއި ގުޅުވަން ވީނުން…އެމީހުންގެ އެދުމެއް މިއީ..އެލަން ވެސް ވޯކް ކުރަނީ ޒީވާ އުޅޭ ހޮސްޕިޓަލްގަ”
ކުލްސޫމާގެ ވާހަކަ އިވިފައި ޒުހޫރަށް ތެދުވެވުނީ ކޮޅަށެވެ. ” ނޫން..ތީނުވާނެ ކަމެއް ..އެލަން އިންސާނަކަށް ވިޔަސް ޒީޥާގެ ހަގީގަތް އިނގޭނެ ކުލްސޫމާއަށް … ” ޒުހޫރު މޫނުމައްޗަށްވަނީ އެތައް ހާސް ރުލެއް އަރާފައެވެ. “ކަމޯން…މިހާރު އޭނާގެ ގަޔައް ލައްވާ ބޭސް ގުޅަ ކޮންމެދުވަހަކު ލެއްވީމަ އާދައިގެ އިންސާނެއްހެން އުޅެވޭނެ ..” ކުލްސޫމާ އެތަކެއް އާދޭހެއް ކުރުމުން ޒުހޫރު އެއްބަސް ވީ ސަރުތަކާއިއެކުއެވެ. ” ބުނަން ..ޒީވާއަކީ އެހެން ދެމަފިރިއެއްގެ އަމާނާތެއް ..ޒީވާ ބޭނުން ނުވެއްޖެނަމަ ..މި ކައިވެންޏެއް ނުކުރެވޭނެ..އަހަރެންގެ އަމިއްލަ ދަރިންނަށް ވެސް އަހަރެން ނޯންނާނެ މަޖުބޫރު ކުރުވާފައެއް…” ކުލްސޫމާ ބޯޖަހައިލިއެވެ. އަދި އެމީހުން ދެދުވަހެއް އަންނޭނޭ ވާހަކަ ވެސް ބުނެލިއެވެ.
****
ނިދީގައި އޮތް ޒީވާ ދިޔައީ ދެފަރާތައް ތެޅެމުންނެވެ. އޭސީ ވިހީގައި ހުރި އިރުވެސް ޒީވާގެ ގައިން ދިޔައީ އޮތްދާ ހިއްލަމުންނެވެ.. ކުއްލިޔަކަށް ޒީވާއަށް ހޭލެވުނީ ބިރެއްފެނުނު ފަދައިންނެވެ. އޭރު އޭނާދިޔައީ ތުރުތުރު އަޅަމުންނެވެ. ފެނުނީ ހުވަފެނެއްކަން ޔަގީންވިނަމަވެސް އޭނާގެ ހިތުގެ ތެޅުން ވަނީ އިންތިހާއަށް ބާރުވެފައެއެވެ. ތަކުރާރް ކޮން އެ ހުވަފެން ފެންނަތާ އެތަކެއްއަހަރެއް ވަނީ ވެފައެވެ. ކުޑަ އަންހެން ކުއްޖަކާއި ފިރިހެންކުއްޖެކެވެ. މަޑުފެހިކުލައިގެ ގެޔެއްގެ ތެރޭގައިވާ މާ ބަގީޗާއެއްގައި ހުރި އުނދޯއްޔެއްކެވެ. އަންހެންކުއްޖާއާއި ފިރިހެން ކުއްޖާ އެކީ އުނދޯލިހެއްލަނީ އެވެ. އެންމެފަހު ވަގުތު އެހުވަފެނުގައި ހުންނަ އަންހެންކުއްޖާގެ މޫނުމަތިން އޭނާގެ ސޫރަ ސިފަވަނީ ކީއްވެހެއްޔެވެ. އެނދުގައި ދެފައިވައްކޮސްލައިގެން ވިސްނުމަކަށް ގެއްލިފައި ޒީވާއިނެވެ.
އެހެން އިނދެފައި، އޭނާއަށް ސިހިފައި ބަލައިލެވުނީ ކުޑަދޮރުން ބާރު ވައިރޯޅި އެއްވައްދާލިކަހަލަ އަޑެއް އިވުނީމައެވެ. އޭރު ކުޑަދޮރު ދެފަރާތައް ހެލިލަ ހެލިލަ ހުއްޓެވެ. މަޑުމަޑުން އެނދުންފައިބާގެން ގޮސް ކުޑަދޮރު ލައްޕާލިއެވެ. އޭނާ އެނބުރި އަންނަން ހިނގައިގަންތަނާ އެއްޗަކަށް އެރުމުން ބަލާލިއިރު ދޫނިފަތެކެވެ. އޭނާ ހައިރާން ވެފައިހުރެ އެނަގާ ބަލައިލިއިރު އޭނާގެ ދެލޯ ހުރީ ބޮޑުވެފައެވެ. އެއީ އޭނާގެ އެއްޗެއް ނޫނެވެ. ނިދަންވެގެން ކޮޓަރި ކުނިކަހާލިއިރު ގައިމުވެސް އެތާކު އެޔެއް ނޯންނާނެއެވެ. ނަމަވެސް މަޑު އަޅިކުލައިގެ ވިދުމެއްހުންނަ ކަޅު ދިހުންކުލައި އެދޫނިފަތް ދެވަނަ ވިސްނުމަކަށް ނުގޮސް އޭނާގެ އަލަމާރިޔަށް ލީ އޭގެ ޗާލުކަން ފެނިފައެވެ.
****
އިޒާން ގެޔައް ވަދެގެން ދިޔަ ބާރުމިނުގައި އޭނާ ލައިގަތީ އެތެރެއިން ނުކުން މީހެއްގެ ގައިގައެވެ. “އޭއި އޭއި..ދަރިފުޅާ..ބޮޑު ފިރިހެނަކަށް ވީ އިރު ވެސް ކުޑަ ކުއްޖެއްހެން އުޅެނީ” އިޒާން ސިހިފައި ބަލައިލިއިރު ކުރިމަތީގައި ހުރި މީހާ ފެނި އޭނާ ވެފައި ހުރި ހާސްކަން ފިލާ މޫނައް އުފާވެރިކަން ވަނެވެ. “ބައްޕާ..”އިޒާން އައި ގޮތައް އައިސް ފުޅާ ހިނިތުންވުމެއް ވެރިކުރުވައިގެން ހުރި އައްޒާމްގެ ގައިގާ ބައްދާލިއެވެ. “އައި މިސް ޔޫ ސޯ މަޗް މައި ސަން.. “އައްޒާމް ވަރަށް ލޯބިން އިޒާންގެ ނިތައް ބޮސްދިނެވެ. ” މިސް ޔޫ ޓޫ ޑޭޑް..ބޮޑުބެ ކޮބާތަ…ކިހިނެތްތަ..” އިޒާން ،އައްޒާމް ގޮވައިގެން ސޯފާގައި އިށީނެވެ. “ހާލު ރަނގަޅު..ދެން ދަރިފުޅަށްވެސް އިނގެއެންނު ބޮޑުބެއަށް ކަންކަމާއި ވިސްނަން ޖެހިފައިވާ ވަރު..ބައްޕަ ވާހަކަ އެއް ބުނަންވެފަ އެބޮއި..”އައްޒާމް މޫނުންފެނުން ސިރިޔަސް ކަމަށް ބަލަން އިނދެފައި ކޮން ވާހަކަ އެއްހޭ އިޒާން އަހާއިލިއެވެ.
“ކެރާ މިހާރު އުޅެނީ ކުލްސޫމާ ބޮލަށް ވަދެގެން ލިވީ އާއި ޑިފީގެ ކައިވެނި ހަމަޖައްސަންވެގެން..އެކަމަކު އަހަރެން ދުނިޔޭގަ ހުއްޓަ ނުވާނެ ކަމެއް އެއީ .. ދަރިފުޅާ.. ޔޫމީ ކައިރީ ބުނެގެން އަވަހަށް ލިވީ މިކޮޅަށް ގެންނަން ހިނގާ .ބައްޕަ މިއައީ ޔަޒަކް އާއި ވެސް ވާހަކަ ދައްކާފަ.. އޭނާ ބޭނުންވަނީ ލިވީ ވަގުތުން މިކޮޅަށް ގެންނަން ..އެކަމަކު މާދަން ލިވީ އާއި ބައްދަލްކުރަން ކެރާ ދާނެ އެލަން ގޮޥާގެން ..ލިވީ ނޫނެކޭ ބުނެފިއްޔާ އެމީހުންގެ ޕްލޭނަށް އުނދަގޫ ވާނެ އޭރުން އީޒީ ޥާނެ އަހަރެމެންނަށް..”އައްޒާމް ހާސްވެފައި ބުނެލިއެވެ . އިޒާންގެ ބޮލުގައި ރިއްސައިގަތެވެ. އޭނާއަށް ދެލޯ މަރައިލެވުނެވެ. ” ބޮޑުބެ ބުނީ ކީކޭ.. ” އިޒާން ލޯމަރައިގެން އިންގޮތައް އިނދެ ބުނެލިއެވެ. “ބޮޑުބެ އަށް އިނގޭ ޒާން ، ލިވީ އުޅޭ ނޫޅޭ ގޮތް ބަލާކަން..ކޮންމެ ރެޔަކު ނިދާފަ އޮންނައިރު އަލިވިލެންދެން ލިވީއަށް ބަލަން ހުންނަ ކަން ވެސް ބޮޑުބެއަށް އިނގޭ.. ބޮޑުބެ އެހީ ޒާން އަދިވެސް ލިވީ ދެކެ ހަމަ އެހާ ލޯބިވޭހޭ..” އައްޒާމް ބުނެލިއެއްޗަކުން އިޒާންއަށް އެމޫނަށް ބަލައިލެވުނެވެ.
އައްޒާމް ދެން އިނދެފައި ބުނެލިއެއްޗަކުން ހައިރާންވިވަރުން އިޒާންއަށް ކޮޅައް ތެދުވެވުނެވެ.
***
ރޭގަނޑުގެ އެވަގުތު ފެންނަނީ އުޑުބައްދަމުން އައި ކަޅުބޯ ވިލާތަކެވެ. ޒީވާ ޑިއުޓީ ނިންމާލުމަށްފަހު ހޮސްޕިޓަލް ބޭރުގައި މަޑުކޮށްލިއިރު ދޮރުމަތީގައި ހުރި އެލަން ފެނި ޒީވާގެ މޫނުމަތިން ފާޅުވީ ހިނިތުންވުމެކެވެ. “ހޭއި ..ބަލާ ނައިސްގެންތަ..އަހަރެން ގެންގޮސްދީފާނަން..”އެލަން އައިސް ޒީޥާ ކައިރިޔަށް އައިސް ހުއްޓެމެން ބުނެލިއެވެ. ފާއިތުވި ދިޔަ މަސްއަރުގައި އެލަން އަދި ޒީވާގެ ރަހްމަތްތެރިކަން ވަނީ ބަދަހިވެފައެވެ. ނަމަވެސް އެދެމެދުގައި ހުރަސް ނުކުރެވޭވެ ފާރެއް ވާހެން ޒީޥާއަށް އަބަދުވެސް އިހްސާސް ވެއެވެ. އެއީ ކީއްވެ ކަމެއް ހުދު އޭނާއަކަށް ނޭނގެއެވެ. “ނޯ.. ތޭންކްސް …އަހަރެން ފްރެންޑަކާއި އެކު ދާނަން..” ޒީޥާ ދޮގުހެދީ އެލަން އަށް އެހާ ބޮޑަށް އިތުބާރު ނުކުރެވޭތީއެވެ. އޯކޭ އޭކިޔާފައި ހިނގައިގަން އިރު އެލަންގެ މޫނުމަތީގައިވީ މަކަރުވެރިކަމުން ފުރިފައިވި ހިނިތުންވުމެކެވެ. އެ ހިނިތުންވުމުގައި އެލަން ގޮސް އޮބައިލިއެވެ.
މިއަދު ޔޫމީން ހެދުނު ޑިއުޓީ ކަމުން ޒީވާއާއި ދިމާވާ ގޮތެއް ނުވެއެވެ. ގަޑި ބަލައިލި އިރު އެގާރަޖަހަނީ އެވެ. އެކަކަށް ވެސް އެހާ ލަސްވެފައި ހުރުމުން އުނދަގު ކުރާކަށް ނުކެރުނެވެ. އެހެން ދުވަސް ތަކުގައި ވެސް އޭނާ އެކަނިން ގެޔައްދާތީވެ ޖެހިލުމެއްނެތި ހިނގާގަތީ ގެޔަށް ދިޔުމަށެވެ. އޭނާއަށް ދެވުނީ ތަންކޮޅަކަށެވެ. ހޮސްޕިޓަލުގެ ކުރިމަތިގައި ބޮޑު ފިރިހެން ގުރޫޕެއް އޮތެވެ. ޒީވާ ގަތީ ބިރެވެ. މީގެ ދުވަސްކޮޅެއް ކުރިން ހިނގާދިޔަ ކަންތައް ހަނދާން ވުމުން ކުޑަކޮން ދުވެލާފައި ގޮސް އަނެއްކާވެސް ހޮސްޕިޓަލަށް ވަނެވެ.
އެންމެފަހުން ކައިވަން އަށް ގުޅިއެވެ. ” އޭނ..އާދެވޭނެތަ އަހަރެން ބަލާ..” ޒީޥާ ބުނެލިއެވެ. “ހޫމްމް..އޫމްމް ..ހޭ..ގޭސްސް…ފުޅިއޭ..” ކައިވަންގެ އަޑުއިވުމުން ޒީޥާގެ ހިނިގަނޑު ދިޔައީ ފަޅައިގެންނެވެ. ވާހަކަދެއްކިއިރު ކައިވަން ހީވަނީ އަމަލްވެފައިވާހެންނެވެ. ކައިވަން ވާހަކަ ދެއްކި ގޮތުން އޭނާ ނިދަނީކަން ޒީވާއަށް އިނގުނެވެ. ނަމަވެސް ޒީޥާހޭންފެށި ތަނާހެން ކައިވަން ޖެހުނީ ކޮޅަށެވެ. ބޯކަހާލައިފާ ކައިވަން ކިހިނެތް ވީހޭ އަހައިލާފިއެވެ. “ސާބަސް މީހަކު އަދި ނުނިދިގެން އުޅެންވެއްޖެތަ..އަހަރެން ބަލާ އާދެވޭނެހޭ” ހެމުން ހެމުން ޒީވާބުނެލިއެވެ. ކައިވަން ވެސް މިދަނީ އޭ ބުނެލިއިރު އޭނާ ހުރީ ލަދުގަނެފައެވެ.
ފޯނު ބޭއްވިފަހުން ވެސް ޒީވާއަށް ހެވެނީއެވެ. މާދަން ޔޫމީން ކައިރީގައި މިރޭގެ ވާހަކަކިޔަން އޭނާ ނިންމިއެވެ. އޭރަށް އަނެއްކާ ކައިވަން އާއި ޔޫމީން ދެމީހުން ދެމީހުންގެ ހަނގުރާމަ ފެށޭނެއެވެ. އޭރުން އަދި މާމަޖާވާނެއޭ ހިތައް އެރުމުން އަނެއްކާވެސް އޭނާއަށް ހެވުނެވެ. ދިހަވަރަކަށް މިނެޓް ފަހުން ކައިވަން ސައިކަލުގައި އައިސް މަޑުކޮށްލިއެވެ. ކަލުކުލައިގެ ހޫޑީއަކާއި އަޅިކުލައިގެ ޓްރެކްޝޫޓްގައި ކައިވަން ބަލާލަން ވަރަށް ފުރިހަމައެވެ. ހޫޑީގެ ހުޑު ބޮލުގައި އަޅުވާލައިފާވާއިރު އެފަންއިސްތަށިކޮޅުން ބައެއްވަނީ ނިއްކުރިއަށް ފައިބާފައެވެ. ޒީޥާގެ ހިތްތެޅިލިއެވެ. ނަމަވެސް ހަމަޔަކަށް އަޅުވާލައިފާ ހިނިގަނޑެއް ޖަހާލި އަދިވެސް ކައިވަން ހުރީ ލަދުގަނެފައިކަން އިނގުމުންނެވެ.
“ހޭނެކަމެއް ނެތް ..އެހެންވެސް ވާނެ.އަހަރެން ދަރިފުޅު ނިއްދަވަން އޮއްތާލާއިރަށް ނިދެނީ މިހާރު މާ އަވަހަށް ކޮންމެރެޔަކުވެސް… ” ކައިވަނި ބުނެލިއެތިން އަނެއްކާވެސް ޒީވާއަށްހެވުނެވެ. “ހޫމް ހޫމް ޑެޑީ ދޯ މިއުޅެނީ ..މާދަން ޔޫމީކައިރީ ބުނާނަން..ހުންނާނެ މަޖާ އޭރަށް”ޒީޥާގެ އަނގައިގާ އެއްބުރި އޮއްވާ ކައިވަން މަނާކުރަންފެށިއެވެ. “ހޫމް ދެން މާ ބެސްޓީސް ވިއްޔަ ދޯ ތިދެމީހުން..ދެން ކިޔާނެތާ ދޯ އަހަރެން ނުކިޔާށޭ ބުންޔަސް..” ކައިވަން އަނގަޔައް ގޮތެއް ހަދާލަމުން ބުނެލިއެވެ. ” ހޯހޯ..ސަމްވަން އިސް ޖެލެސް..ހެހެހެ…” ދޫނެރެލަމުން ސައިކަލްފަހަތައް ޒީވާއަރައިލިއެވެ. “އޭނ..އަހަރެން ބޭނުން ވާހަކައެއް ބުނަން ..ކައި ވެސް ތިހުންނަނީ… އަހަރެންނަށް ކިޔާދޭން ބުނި ވާހަކަ ކޮބާ..މިހާރު މަންތެއް ވީ..މިރޭ ކިޔާދޭން ޖެހޭނެ” ޒީވާގެ މޫނައް ސީރިޔަސްކަން ވެރިވެގެންދިޔައެވެ. ކައިވަންގެ ހިތް ތެޅިލައިފިއެވެ. އޭނާ މިރޭމިއައީ އެއްވެސް ވަރަކަށް އެވާހަކައަކަށް ތައްޔާރު ވެގެންނެތް ނޫނެވެ. ނަމަވެސް އޭނަ މިރޭ އެކަން ޒީވާއަށް ކޮށްދޭނެއެވެ.
ކައިވަން ސައިކަލް ދުއްވަމުން ގޮސް މަޑުކޮށްލީ ޕާކެއްގެ ކައިރިޔަށެވެ. ތަންކޮޅެއް އަނދިރި ދިމާލެއްގައިހުރި ބެންޗެއްގައި ގޮސް ކައިވަން އިށީންނީ ޒީވާގާތުވެސް އިށީންނަން ބުނެފައެވެ. އެމީހުންތިބި ހިސާބު ފެންނަނީ ވަރަށް އަދިރިކޮށެވެ. ދުރުންދާ ބަޔަކަށް އެތާގައި ބަޔަކު ތިބިކަމެއްވެސްނޭނގޭ ހާ އަނދިރިއެވެ.
“ކައި ..އަހަރެން މިވާހަކަ މިކިޔާދެނީ އަހަރެނަށް ތިޔައްވުރެން ޓްރަސްޓް ކުރެވޭ އިތުރު މީހަކު ނެތީމަ..ވިލް ޔޫ ބީ މައި ބެސްޓްފްރެންޑް..” ޒީވާ ، ކައިވަންގެ ފިރިހެންވަންއަތުގައި ހިފާލަމުން ބުނެލިއިރު ކައިވަންގެ މޫނުމަތީގައިވާ އަސަރުތައް އޭނާއަށް ތަރުޖަމާ ކުރަންދަތިވިއެވެ. “ޔޭސް ..ޔެސް އެނީ ޓައިމް..ޔޫކޭން ސެއާރ އެނީތިން ވިތް މީ.. ބޭނުންވެއްޖެ ކޮންމެ ހިނދެއްގަ އަހަރެން ހުންނާނަން ..ޒިވީ” ކައިވަން، ޒީވާގެ އަތަށް ބާރުކޮށްލަމުން ޒީވަގެ މަޑުމަޑު ކޯތާފަތުގައި ހިފާލަމުން ހީލިއެވެ. ކައިވަން އޭނާއާއި އަލައް މުހާތަބް ކުރިނަމުން ޒީވާގެހިތުގައި އުފާވެރިކަމުގެ ރާޅެއް ޖަހއިލިއެވެ. “ކައި.. އަހަރެންނަށް ވަރަށް އެހެން ހުވަފެނެއް ފެންނަނީ..ކުރިން ފެންނަނީ ދެރޭން އެއްރޭ …މިހާރު ކޮންމެ ރެޔަކު ކަހަލަ ގޮތަކަށް ..އަހަރެން މިހާރު ބިރުގަންނަން ފަށައިފި..” ޒީޥާ އިސްޖަހާލައިގެން އިނދެ ވާހަކަދެއްކިއެވެ.
“ކިހިނެތް ވަނީ ހުވަފެނުގަ..އައި ނީޑް އެވްރީ ސިންގަލް ޑީޓެއިލް….ޓެލް އެވްރީތިން.”ކައިވަން ޒީވާގެ އަތުގައިހިފާލަމުން އެއަތައް މަޑުމަޑުން ފިއްތާލަމުން ބުނެލިއެވެ. ” ބައިވަރު ގަސްތަކުތެރޭގައިވާ މަޑު ފެހިކުލައިގެ ޓަވާރ ޝޭޕަށް ހުންނަ ބޮޑުގެޔެއް… ގޭގެ ވަށައިގެން ވަނީ ބޮޑެތި ބަގީޗާގަސްތަކެއް.. އެގޭތެރޭގައި އޮވޭ ބަގީޗާއެއް ..އެކި ކަހަލަ މާމަލުގެ…ދެން އުޅެނީ އެގާރަ ވަރަކަށް އަހަރުގެ އަންހެން ކުއްޖެއް.. އެކަވީހަކަށް އަހަރުގެ ފިރިހެން ކުއްޖެއް… އަންހެންކުއްޖާގެ ފަހަތުން ފިރިހެންކުއްޖާ ދުވަމުންދިޔަ… ދުވަމުން ގޮސް ބަގީޗާގެ މެދުގައިވާ އުނދޯއްޔެއްގައި ދެކުދިން އިށީންދެ ހެއްލަން ފެށީ… މުޅި މާހައްލުގައވަނީ ދެކުދިންގެ ހުނުމުގެ އަޑު.. ކުއްލިޔަކަށް ހުރިހާއިރު ފުރަގަސްދީގެން ހުރި އަންހެން ކުއްޖާ، ގާތުގައި ފުރަގަސްދީގެން ހުރި ފިރިހެން ކުއްޖާގެ މޫނަށް ބަލާލަނީ..އަހަރެންގެ ސިފަ ހުރީ އެކުއްޖާގެ މޫނުގަ…ކައި..އެންމެރެޔަކުނޫނޭ މިހުވަފެނެއް އަހަރެނަށް މިފެންނަނީ… މީގެ އެތަކެއް އަހަރެއް ކުރިން އަހަރެންގެ އުމުރުން ތޭރަ ވަރަކަށް އަހަރުން ފެށިގެން އެ ހުވަފެން އެއްވެސް ބަދަލެއް ނެތި އަހަންނަށް ދެރޭން އެއްރޭ ކަހަލަ ގޮތަކަށް ފެނޭ.. ކައި އާއެއްކޮން ޓެރެސްގަ އުޅުނީމެއްނު .އެރޭވެސް އަހަރެންނަށް ހޭލެވުނީ އެހުވަފެން ފެނުނީ..” ޒީވާގެ ވާޙަކަ ނިމުންއިރު ކައިވަންގެ މޫނުމަތީގައިވަނީ ހުސްކަމެވެ.
ޒީވާއަށް ނޭނގުނަސް ކައިވަންގެ އެތެރެހަށިގައިވަނީ ހައިޖާނެއް އުފެދިފައެވެ.. ކައިވަންގެ ހިތުގައިވަނީ ބިރުވެރިކަމެވެ. މީގެ ބާރަ އަހަރު ކުރިން އިޒާންގެ ގޭ ހުންނަގޮތް ޒީވާ އެކިޔާދިނީ ހާދަ ތަފްސީލްކޮންނެވެ. ޒީވާގެ ހުވަފެނުގައި ފެނުނުކަމަށް އެބުނި ކަންތައް ބާރައަހަރު ކުރިން ކައިވަން އަށް ހަމަލޮލަށް ވެސް ވަނީ ފެނިފައެވެ. ކައިވަން އިނީ ކުޑަވަރެއްގެ ސޮކްއެއްގައެވެ. ޒީވާގެ ގެއްލިފައިވާ ހަނދާންތައް އެބުރި އަންނަނީ ބާއޭ ހިތައް އެރިއެވެ.
“ޒީވާ ..އަހަރެން ކިޔާދީފާނަން ވާހަކައެއް.. ބިރު ނުގަންނާތި ހާސްނުވާތި ..އަހަރެން މިހުރީ ޒިވީ އާއި އެއްކޮން..” ކައިވަންގެ ދެލޯ ،ޒީވާގެ ދެލޮލާއި ގުޅުވާލަމުން ބުނެލިއެވެ. “ޒީވާ…ޒީވާގެ އަސްލު ނަމެއްނޫން ތިއީ..ޒީވާގެ އަސްލުނަމަކީ ލިވިޔާ..” ކައިވަން ފުރަތަމަ ވެސް ބުނެލިއެއްޗަކުން ޒީޥާގެ ދެލޯ ބޮޑުވެގެން ދިޔައެވެ. ޒީވާ އިނދެފައި ދޮގު ނުހަދާށޭ ވެސް ބުނެލައިފިއެވެ.
” ސުވާލް ނުކުރާތި.. އަހަރެން މިކިޔާދެނީ އަހަރެންނަށް އިނގިފައި ހުރި އެއްޗެއް…ޒީވާ ތިއީ އަސްލު އަހަރެންގެ ބައްޕަގެ ބެސްޓީގެ ދަރިއެއް.. ބައްޕަގެ ބެސްޓްފްރެންޑް ޔާސިރްބެ އާއި ލަވާލް ދައްތަގެ ދަރިޔެއް..ޒީވާ..ޒީވާގެ ހުންނާނެ ޓްވިން އެއް ..އަދި ބޭބެ އެއްވެސް.. އެކަމަކު ޒީވާގެ އަސްލު ޕޭރެންޓްސް އާއި ބޭބެ ވަނީ ވަރަށް ދުރުގަ .. އެކަމަކު ޒީވާގެ ޓްވިންވަނީ ޒީވާއާއި ވަރަށް ކައިރީގައި ވަނީ…އަހަރެން ބުނެއެއް ނުދޭނަން..އޭތި ޖެހޭނީ ޒީޥާ އަމިއްލައަށް ހޯދަން..” ކައިވަން އެއިންގޮތައް އިނދެ ބުނެލިއެވެ.
“ޒީވާއަށް ނޭނގުނަސް ޒީޥާގެ އާއިލާ ..އައި މީން ޒީވާގެ ބައްޕަ އާއި ބޭބެ އަދި ޒިވާގެ ޓްވިން ދައްތަ ޒީވާގެ ހާލު ބަލާ ވަރަށް ގާތުން ..އެމީހުން ޒީޥާއާއި ދުރުން އުޅެންވަނީ މަޖުބޫރުވެފަ..ޒީވާގެ ސަލާމަތައް މިއަދު އެހެން އެކަންތައް ކުރަނީ.. ޒީވާގެ މަންމަ އަދި އަހަރެންގެ ލަވާލްދައްތަ ވަނީ ކޯމާއެއް..” ކައިވަންގެ ވާހަކައިން ޒީވާއަށް ކީކޭހޭ އަހައިލެވުނެވެ. ކައިވަންގެ ވާހަކައިގައި އިޒާންގެ ވާހަކަ ނުބުނީ މަސްލަތައް ބަލާފައެވެ.
“ކައި ދޮގުހަދަނީތަ..” ފެންކަޅިވެގެންދިޔަ ޒީޥާއަށް އަހައިލެވުނެވެ. “ނޫން ޒިވީ.. ޒީވާގެ ސިކުޑިން ތިވަނީ މީގެ ބާރަ އަހަރު ކުރީގެ ހަދާންތައް އެކަށް ފުހެވިފަ.. ޒީވާ ހީނުކުރާ ވަރުގެ ބޮޑު ހާދިސާއެއްވަނީ ހިނގާފަ ..ބާރަ އަހަރު ކުރިން.. އަހަރެންގެ މަންމަ ޒީވާއަށް ހަދާ ރަހްކުޑަ ގޮތްގޮތުން ޒީވާއަށް ފީލްވާނެ އަސްލު މަންމަ ނޫން ކަން ..ދޮގެއްތަ މި..”ކައިވަން ބުނެލި ބަހުން ޒީވާގެ ބަޑިފަޅައގެން ދިޔައެވެ. “އަހަރެންނަށް އިނގުނީ ވަރަށްފަހުން.. ރުސްދީ އޭނާގެ ގައުމަށް ދިޔުމުގެ ކުރިން އަހަރެން ކައިރީގަ ބުނީ ..އޭނާއަށް ފެނުން ޒީވާގެ ފަޔައް މަންމަ އުލެއް ހަރާލިތަން.. އެދުވަހު މަންމަ ޒީވާއަށް އަނިޔާ ކޮށްފައި ހިނގައިގަތީވެސް ދޮރު ކައިރިން މަންމައަށް މިހެއްގެ ހިލަން ވުމުން..އެއީ ރުސްދީ ….ދެން އެކަމާ އަޅާނުލާ ޒީވާ … އަހަރެންނާއި އެކު ޒީވާ ގެންދާނަން ސުވިޒަލޭންޑަށް …މިހާރު އިނގިއްޖެއެންނު ޒީވާގެ އާއިލާ ނޫން ކަން..ނުރޮއި ..” ކައިވަން އަށް ،ޒީވާ ރޮމުންދިޔަ މަންޒަރު ބަލަން ކުޅަދާނަ އެއްނުވިއެވެ. “އަހަރެންގެ ބެސްޓްފްރެންޑް ރޮންޏާ އަހަރެންވެސް ދެރަވާނެ އިނގޭ ..” ކައިވަން ،ޒީޥާ ގަޔާލާ ބޮނޑިކޮށްލިއެވެ. ކައިވަންގެ ގައިގާ ބައްދާލައިގެން އިނދެ ޒީވާ ހިތްފުރެންދެން ރޯލުމަށްފަހު ދުރުވެލިއިރު އެމޫނުމަތީގައިވީ މައުނަވީ ހިނިތުންވުމެކެވެ. އަޖައިބެކެވެ. އަޖައިބެއްފަދަ ގޮތަކަށް ކައިވަންގެ ވާހަކައަށް ފަހު ކުއްލިޔަކަށް އޭނާއަށް އެއާއިލާއާއި ދުރުކަން އިހްސާސް ކުރެވިއްޖެއެވެ. ނަމަވެސް ކައިވަންގެ ވާހަކަތަކުން އޭނާއަށް ލިބުނު ހިތްހަމަ ޖެހުން ވަރަށް ބޮޑެވެ. އޭނާގެ ހިތުގައި ސުވާލް އުފެދިފައިވި ބައިވަރު ކަންކަން އަދިވެސް އެބަހުއްޓެވެ. “ކައި ..އަހަރެންގެ ނަމަކީ ލިވިޔާ…އަހަރެންގެ މަންމަ އަށް ކިޔަނީ ލަވާލް ..ބައްޕައަށް ކިޔަނީ ޔާސިރް… އަހަރެންގެ ޓްވިން ދައްތައެއް ހުރޭ ..އަދި އަހަރެންގެ ބޭބެ އެއްވެސް ހުރޭ.. މީގެ ބާރަ އަހަރުކުރިން ..އަހަރެންގެ އުމުރުން އެގާރަ އަހަރުގެ އަހަރެންގެ މެމޮރީސްތައް ވަނީ ލޫސްވެފަ… ރައިޓް” ޒީވާ އަހައިލުމުން ކައިވަން ބޯޖަހާލިއެވެ. “ކައި ..އެ ހުވަފެނުގައި އެވާގޮތައް އެއްޗެއްބުނެބަލަ..”
“އެ ގާލްއަކީ ޒީވާ ކަމަށް ވެދާނެ ހަމަ… އެން މޭބީ އިޓް ވޮޒް އިން އަ ސުވިޒަލޭންޑް..” ކައިވަން މާނަފުން ނަޒަރަކުން ބަލައިލިއެވެ. އެއާ އެކު ކީކޭހޭ ޒީވާއަށް އަހައިލެވުނެވެ. ކައިވަން ހިމޭންކަން އިހްތިޔާރު ކުރިއެވެ. “ކައި ..ޕްލީޒް ޓެލްމީ ވަޓްސް ގޮއިން އޮން..މީގެ ބާރަ އަހަރު ކުރިން ކިހިނެތް ވީ ..އަހަރެން މޮޔަ ނުވަނީސް ކިޔާދީ.. ކައި ޕްލީޒް ..” ޒީވާ ، ކައިވަންގެ ފައިދޮށައް ތިރިވެ އާދޭސް ކުރަންފެށިއެވެ.
*****
(ނުނިމޭ)
3 Comments!
Comments are closed.
salaam ❤️❤️❤️ here is the 14th part of hiraas .❤️❤️❤️. i hope you all will like this part too❤️❤️❤️…next part will be soon insha allah.. ❤️❤️❤️
stay safe ❤️❤️
stay home ❤️❤️
& take care all ❤️❤️
love you guyxx❤️❤️❤️
Nice stry ? waiting for next part ?? stay safe ?? dear ??? bye
V. V. V. V reethi maasha Allah ???
Livee akey zeeva dhw???
Keraa akee kameelaa and elan akee alaaniyal…
Who is ziraas? And izaan ge ‘bodube’ akey kaaku?
When is the next part?
Waiting curiously ???
Stay safe ☺️