Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
އެހެނިހެންލޯބި

ހިރާސް 19

Annora Level 610 Stories100 Login100 Comments100 Stories
March 22, 2021 11 Mins Read
1 Comment

އިވިދިޔަ ވާހަކަ ތަކުން ފެންބޯން ހުރި އިޒާން ކޮށިއަރައިގަތެވެ. ނަމުގައި ފެންބޯން ހުރިނަމަވެސް  އެމީހުން ދެއްކި ހުރިހާ ވާހަކައެއް އިޒާންއަށްއަޑު އިވުނެވެ. އޭނާގެ ދެލޯ ހުރީ ބޮޑުވެފައެވެ. ކުލްސޫމާއައިސް އިޒާންގެ ބުރަކަށިގައި ދެތިންފަހަރު މަޑުމަޑުން ޖަހާލުމުން ހަމަޔަކަށް އެޅިލިއެވެ.

“ކެރާ..އަނެއްކާ މަންމަ..” އިޒާން އަމިއްލަ ނަފްސަށް އިވޭވަރަށް ބުނެލިއެވެ.

އައްޒާމް އާއި ޔާސިރް ގޮވަގޮވަ އޮއްވާ ،އެވަގުތު ހިތައް ވެރިވި ހިޔާލަކުން އިޒާން މިސްރާބް ޖެހި މައްޗަށެވެ. އަލާނިޔަލްގެ ކޮޓަރިއަށެވެ. އޭރު ކުރިމަތިވަމުން އައި ބޯ ވިލާގަނޑުގެ ހިލަމެއް އެފަކީރަކަށް އިހްސާސް ނުވެއެވެ.

***

އަލާނިޔަލް ގެ ކޮޓަރި ކައިރިޔަށް ޖެހިލުމަށްފަހު އެދޮރުގައި ޖަހާލަން އަތްނެގި ކުއްޖާ ހުއްޓުނީ އެތެރެއިން އިވުނުއަންހެން އަޑެއްގެ ސަބަބުންނެވެ. ކުޑަކޮން ހުޅުވިފައި ހުރި ދޮރު އެތެރެ ބަލައިލިއިރު އެއީ ކާކުކަން އެންމެ ބަލައިލުމަކުން ވެސް އިނގުނެވެ. ނަމަވެސް އެހެންވާނީ ކިހިނެތް ހެއްޔެވެ. އޭނާ ހަނދާން ހުންނަން ފެށީންސުރެންވެސް ބައްޕަ އައްޒާމް ބުނެފައިވަނީ މަންމަ ކެރާ މަރުވެފަ ކަމަށެވެ. ނަމަވެސް ކެރާ މަރުވެފައި ހުރި ނަމަ އަލާނިޔަލްގެ ގާތުގައި އެހުރީ ކާކު ހެއްޔެވެ. ސަބަބެއް ނެތި އައްޒާމް ވެސް ކެރާ މަރުވެފައެކޭ ނުބުނާނެކަން އިޒާން އަށް އިޙްސާސްވިއެވެ.

އިޒާން ދޮރާއި ތަންކޮޅެއް ގާތައް ޖެހިލީ ކެރާ ވާހަކަ ދައްކާއަޑަށެވެ. އޭރު އިޒާންގެ ދޮންމޫނުން އޮތްދާ ތިކިތައްވަނީ ހިލުވާލައިފައެވެ. ހިތްވެސް ދިޔައީ ނޭނގޭ ބާރުމިނެއްގައި ތެޅެމުންނެވެ.

“ދަރިފުޅާ.. މިއަދު ހެނދުނު މަންމަ ފެންނާނީ ދަރިފުޅަށް އަލަށްވެސް ..މަންމަ ބޭނުން ދަރިފުޅު މަންމައަށް ފުރިހަމަ އަށް އިތުބާރުކުރަން…ދަރިފުޅު ބައްޕަ އަކީ ތިހީކުރާ ކަހަލަ މާތްމީހެއްނޫން ..މަންމައަށް އަނިޔާ ކުރޭ އިނދެގެން އުޅުން އިރު ވެސް … ދަރިފުޅުގެ ބޮޑުބެ ވެސް އެހާ ގޯސް ..އެނާގެ އަންހެނުންގެ ސުންޕާކަން އެންމެ ބޮޑުވާނީ ..މަންމައާއި ދިމާލަށް އެއްޗިހިން ކިޔާ ..މަންމަ ކަމެއް ކޮށްދިނަސް ބަލައެއް ނުގަނެ ..ދެން އޭނާގެ ކަމަކަށް އިންނާނީ ބައްޕކައިރީގަ މަންމަގެގެ ވިޔާނުދާވާހަކަދެއްކުން.. މަންމަގެ އެއްވެސް ކުށެއްނެތް..އޭނާ ބެނުންވީ މި މުދާ ގަނޑު ..ދަރިފުޅުގެ ބައްޕަގެ ހޮސްޕިޓަލްވެސް ބައްޕަގެ ބޮލަށް އެރިގެން އޭނާ އުޅުނީ ދަރިފުޅުގެ ބޮޑުބެ ޔާސިރުގެ ނަންމައްޗަށް ބަދަލްކުރަން ..އޭރުން އޭނާގެ ދަރި ޔަޒަކްއަށް ލިބޭނެއެންނު މި މުދާގަނޑު.. މަންމައަށް ބައްޕަ އަނިޔާ ކުރާވަރުން މަންމަ ފިލައިގެން ދިޔައީ …އެކަމަކު އޭނާއަށް ދަރިފުޅުމެންކައިރީގައި ދޮގުހަދާފައި ބުނަންއިނގުނީ މަންމަ ނިޔާވެފައޭ..ހާހް… މަންމަގެ މައިންބަފައިންވެސް މަރާލީ ލަވާލްއާއި އައްޒާމް އާއި ޔާސިރް …އެމީހުން ކައިރިން މަންމަ ބޭނުމީ ބަދަލްހިފަން..ދަރިފުޅާ. މަންމަ އަށް އެހީ ވޭ ..” ކެރާގެ ލޮލުން އޭނާ ގަދަކަމުން ބާލަމުން ދިޔަ ކަރުނަތައް ފެނި އަލާނިޔަލްގެ ހިތް ކެރާގެ މައްޗަށް ލެބެން މާގިނަ އިރެއް ނުނެގިއެވެ. އިސާހިތަކު މިއޮތް ހުރިހާދުވަހު ލަވާލް އާއި އައްޒާމާއި ޔާސިރްއަށް އަލާނިޔަލް ކުރި ހުރިހާ އިތުބާރާއި ގަދަރެއް ފެނައްވެގެންދިޔައެވެ.

“އަދި ދަރިފުޅަށް އިނގޭތަ.. އެ ލަވާލްދަރިފުޅަށް މާހެޔޮއެދިގެން އެއުޅެނީ އޭނާގެދަރި  ޔަޒަކަށް އެހޮސްޕިޓަލް ބަދަލް ނުކުރެވި އޮތީ ދަރިފުޅާއި ޒާން އަށް އަށާރަ އަހަރު ނުވާތީ .. ތިޔަ ދެކުދިންނަށް އަށާރަ އަހަރުވީމަ ތިކުދިންގެ ބޮލަށް އެރިގަނެގެން ޔަޒަކުގެ ނަމަށް ހޮސްޕިޓަލް ދޭންވެގެން..”ދޮގު ވާހަކަތަކެއް ދައްކާ ކެރާ ދިޔައީ ، އައްޒާމްމެންނާއިމެދު އަލާނިޔަލްގެ ހިތުގައި އުފެދުނު ނަފްރަތާއި ރުޅިވެރިކަމުގެ އަލިފާނަށް ރަނގަޅަށް ދަރުއަޅާދެމުންނެވެ.

އެންމެ ފަހަރަކުވެސް އަލާނިޔަލް އިސްއުފުލާ ބަލާލިނަމަ ކެރާގެ މޫނުމަތީގައިވި މަކަރުވެރި ވެރިކަމާއި ނުބައިކަން ހާމަވީހެވެ.

“ކީއްވެ އަހަރެން ކައިރީގައި ތިބުނީ އިޒާން ވެސް ހުއްޓަ..އޭނާ އެންނު ބޮޑީ..” އިސްޖަހައިލާގެން ހުރިގޮތައް ހުރެ އަލާނިޔަލް ބުނެލިއެވެ. ” ސަބަބަކީ އިޒާން ހުންނަނީ އޭނާގެ ބައްޕަގެ ގޮތްގަނޑު.. މަންމަ ކިތަންމެ ވަރަށް އޭނާގެ ގާތުގައި ހަގީގަތް ބުނި ނަމަވެސް އަޑެއް ނާހާނެ ..މަންމަ ވަރަށް ރަނގަޅަށް ތިޔަކުދިންގެ އުޅުމަށް ވާނީ ބަލާފަ..މަންމައަށް އިނގޭ ދަރިފުޅު ތިއީ އެންމެ ބެސްޓްކަން” ނުހަނު ނިޔަނެތިކަމާއެކު ކެރާ ބުނެލިއިރު އެމޫނުމަތީގައިވި މައުސޫމު ކަމުން ހީވަނީ އެހެންފަދަ ކަމެއްހެނެވެ.

” ދަރިފުޅާ ދެން މަންމަ ދަނީ… މަންމައަށް ކޮންމެ ދުވަހަކު ބައްދަލްކުރާކަށް ނާދެވޭނެ.. ބައްޕަ މެންނަށް އިގިއްޖެޔާ ކަމަކު ނުދާނެ.. މަންމައަންނާނަން ޓޫ އިޔާސް ފަހުން ..ދަރިފުޅަށް މަންމަގެ ނޯޓް ތައް ލިބޭނެ އެކަމަކު  ބަރާބަރަށް… މަންމަގެ އެހީ އެއްބޭނުންވަންޏާ ގޯޓު ދެޓް ޖަންގަލް އެން ކޯލް މީ… މަންމަ މިއަދު ހެނދުނު އައިސްފަ ބުނިހެން ކަންތައް ކުރާތި.. އަދި އެއްކަންތައް.. ދަރިފުޅަށްވެސް އިނގެއެންނު ދޯ ދަރިފުޅަކީ އިންސާނެތް ނޫން ކަން .. ދަރިފުޅުގެ އުމުރުން ދިހައަހަރުވަންދެން ބާރުތައް ފޮރުވާށޭ ކިޔާފަ އެ ޖަހާ އިންޖެކްޝަން އެޖަހަނީ ދަރިފުޅުގެ ބާރުތައް ނައްތާލާ ދަރިފުޅުގެ ދުވަސްވެސް ދުއްވާލަން .. މިއަދުން ފެށިގެން އޭތި ނުޖަހާވާނެގޮތެއް ބަލާ..ދެން މަންމަ ދަނީ ..އުންމީދުކުރަން މަންމަގެ ބަސްއަހާ ދަރިފުޅު މަންމަދޫކޮށްފައި ނުދާނެކަމަށް ..” އަލާނިޔަލް ބޯޖަހައިލުމުން އޭނާގެ ގައިގާ ބައްދާލުމަށްފަހު ކެރާ ދިޔުމަށް އެނބުރިގަން އިރު އެމޫނު މަތީގައިވަނީ މަކަރުވެރިކަމުގެ އިންތިހާއެވެ.

ކެރާ ދިޔަދިމާ ބަލަން ހުރެފައި އަލާނިޔަލް ހަޅެއްލަވައިގަތެވެ. “އަހަރެން އަހަރެންގެ މަންއަށް އިންސާފް ހޯދާ ދޭނަން ..” އެމަޑުމައިތިރި ބަސްއެހި އަލަނިޔަލްގެ މޫނުމަތިން މިހާރު ފެނިގެންދަނީ  ފެނިގެންދަނީ ނުރައްކާތެރިކަމެވެ. މަކަރުވެރިކަމެވެ. ޖެހިލުންކުޑަކަމާއި ހަރުކަށި ކަމެވެ. އެ ތުންފަތްމަތީގައި ދުވެލީ ވިހަ ހިނިތުންވުމެކެވެ.

**

ދޮރުބޭރުގައި މިހުރިހާ މަންޒަރެއް ބަލަމުންދިޔަ އިޒާންގެ ހިތުގައި ވަނީ ކެރާއާއިމެދު އިންތިހާއަށް ނަފްރަތު އުފެދިފައިއެވެ. އޭނާގެ ބައްޕަ އާއި ބޮޑުބޭބެ އާއި ކުޑަ މަންމަގެ އޭކިޔައިގެން ކެރާ އެދެއްކި ދޮގުވާހަކަ ތަކެއްކަން އެނާއަށް އިނގެއެވެ. ނަމަވެސް ދެރައީ މީހަކު ހަމަ އައިސް ބުނެލިބުނެލުމަކަށް އަލާނިޔަލް ގަބޫލްކޮށްގެން، ބަނޑުއަޅާނުވިހޭ ނަމަވެސް އުފަންދަރިންހެން މިހުރިހާދުވަހު ބަލާބޮޑުކުރި މީހާގެ މަތިން އަލާނިޔަލް ހަނދާންނައްތާލީމައެވެ. އަދި އެތަކެއް ގުރުބާނީ ތަކެއްވެގެން މިއަދާއި ހަމަޔަށް ކޮންމެ ކަމެއްގައިމެ ވެ ދެގޮތެއްނުވެ އެހީވި އަދި އެހެންކޮންމެ ބައްޕައަކަށް ވެސް ނަމޫނާއެއްފަދަ އުފަން ބައްޕައާއި އެމީހުންނަށްޓަކައި ފުރާނަވެސް ގުރުބާންކުރާވަރުގެ ބޮޑުބޭބެ މަތިން ހަނދާން ނައްތާލީމައެވެ.

އިޒާންގެ ހިތުގައިވަނީ ސަކުވާއެވެ. އަލާނިޔަލް ދޮރާއިދިމާލަށް އަންނަމުން ދިޔަ އަޑުއިވި އަވަސްއަވަހަށް އެތަނުން ދިޔުމަށް މިސްރާބްޖެހި އިޒާން ދިޔައީ ސިއްސާގެންނެވެ. ކައިރީގައި ތިބި ޒުހޫރާއި ޔަޒަކު ވެސް ތިބީ ދެލޯބޮޑުވެފައެވެ. އެމީހުންނަށް ވެސް އެވާހަކަތައް އަޑު އިވުނީކަން އެނާއަށް ޔަގީންވިއެވެ.

އަލާނިޔަލް ނުކުންނަން ވާއިރަށް ޒުހޫރުއަވަސް އަވަހަށް އިޒާންއާއި ޔަޒަކް ގޮވައިގެން ޒުހޫރުމެން އުޅޭ އެޕާޓްމެންޓަށް ވަނެވެ. އޭރުވެސް އިޒާން ހުރީ ގަބުވެފައެވެ. ޔަޒަކު ވެސް ވަނީ ބަސް ހުއްޓިފައެވެ. އެކުދިންގެ ހާލުފެނި ޒުހޫރުގެ ހިތައްވެސް ތަދުވިއެވެ. ނަމަވެސް އޭނާއަށްވަކި ކުރެވޭނެކަމެއް ނެތެވެ.

“ޒުހޫރުބޭ ..އަޅުގަނޑަށް ކަމެއް ކޮށްދީފާނަންތަ.. އަޅުގަނޑު ބުނަންދެން މިކަން އިހަށް ސިއްރުކޮށްދީބަ… އާދޭސް ކުރަން .. ޕްލީޒް..” އިޒާން، ޒުހޫރުގެ އަތުގައި ހިފާލީ އާދޭހާއިއެކުއެވެ. ” ދަރިފުޅާ..މި ކަން ސިއްރުކޮށްފިއްޔާ ފަހުން މާ އެދެވޭ ނަތީޖާއެއް ނުފެނިދާނެ … އަ..” ޒުހޫރު ދައްކަމުން ދިޔަ ވާހަކަ މެދުކަނޑާލަން ޖެހުނީ އިޒާން ތެދުވެ ޒުހޫރުގެ ފައިދަށައްތިރިވެ ޒުހޫރުގެ ފައިތިލައިގައި ހިފާލުމުންނެވެ.” ބޭބެ ..ޕްލީޒް ..އަޅުގަނޑު ބޭނުމީ ކުޑަ ދުވަސްކޮޅެއް.. ކުރެވޭނެ މާ ބޮޑުކަމެއް ނީންނާނެ އެމީހުންގެ ޕްލޭން ނީނގެނީސް މިވާހަކަ ބައްޕަމެން ގާތު ދައްކާގެން…. މިކަން އިގިއްޖެޔާ ބައްޕަމެން ނުތިބޭނެ މަޑަކުންނެއް.. އަޅުގަނޑަށް އެހީވޭ ..އިހަށް މިވާހަކަ ސިއްރުކޮށްދީ” އިޒާންގެ ވާހަކައަށް ޒުހޫރު ބޯޖަހާލީ އެތައް ގޮތަކަށް ވިސްނުމަށްފަހުއެވެ.

އެދުވަހަށް ފަހުން އެންމެނަށް ފެނިގެންދިޔައީ މުޅިން ތަފާތު އިޒާނެކެވެ. ބަސްމަދުވެފައި އެކަކާއިވެސް  މާ ބޮޑެއްކޮން ވާހަކައެއް ނުދައްކައެވެ. ގިނަވަގުތު ހޭދަކުރަނި ޔަޒަކް އާއި ޒައުލް އާއެކު ލިވިޔާގެ ގާތުގައެވެ. ޒައުލް އާއި އެވާހަކަ ހިއްސާކުރުމުން އޭނާބިރުން އުޅުނު ނަމަވެސް ފަހުން ތިންކުދިން އަޒުމް ކަނޑައެޅީ އެކުއެކީގައި ލިވިޔާ ސަލާމަތް ކުރުމަށް މަސައްކަތް ކުރުމަށެވެ.

އިޒާން އާއި އަލާނިޔަލް ގެ އެކުވެރިކަމާއި ގާތްކަމުގައި މުޅިންހެން ސިއްކަ ޖެހުނެވެ. އެދެމީހުންގެ ދޭތެރޭގައި ބޯ ފާރެއްލެވިގެން ދިޔައީއެވެ. އަލާނިޔަލް އަށް އިޒާންގެ ދުރުކަން ފާހަގަ ނުވާހާ ބޮޑަށް އޭނާގެ އެތެރެހަށީގައި  ދިޔައީ ބަދަލް ހިފުމުގެ ޖޯޝު އާލާވެ ހަރުލަމުންނެވެ. އައްޒާމް އާއި އޭނާ ވާހަކަ ދައްކަނީ މަޖުބޫރުވެގެންނެވެ. އައްޒާމް ކުރާ ސުވާލަކަށް ޖަވާބު ދިނުން ފިޔަވާ އިތުރު އެއްޗެއް އޭނާ ނުބުނެއެވެ. ޔާސިރު އަނގައިން ބުނި ނަމަވެސް  ޔާސިރް އާއި ވާހަކަ ދައްކާނީ ހިތައް އެރިއްޔާއެވެ. ނަމަވެސް ލަވާލް އެއްޗެއް ބުނެފިނަމަ ލަވާލް އާއި ދިމާލަށް ހަޅޭއްލަވައި ގަންނާނީއެވެ. ހިތްދަތިވާފަދަ ބަސްތައް ބުނެ ލަވާލް އާއި ދުރަށް ދާނީއެވެ. އެކަމުގެ ސަބަބުން ލަވާލް ހުންނަނި އިންތިހާއަށް ދެރަވެފައެވެ. ބައެއް ރޭރޭ ނިދަން އޮވެ ޔާސިރްގެ ގައިގާ ބައްދާލައިގެން އޮވެ ރޮވެއެވެ.

ލިވިޔާގެ ގާތުގައި އިޒާން އާއި ޔަޒަކް އަބަދުހެން ތިބުމުން އަލާނިޔަލް ބޭނުންވާހެން ކަންތައް ނުކުރެވެއެވެ. އެކަމާއި އަލާނިޔަލް ހުންނަނީ އިންތިހާއަށް ރުޅިގަދަވެފައެވެ.

……

 

 

 

***************

ޒުހޫރު އެ ފޮޓޯގަނޑު މޭގައި ލައްކޮށްލައިގެން އެ ހިޔާލްތަކަށް ގެނބިފައިވަނިކޮން ހޭވެރިކަން ވީ ކައިނާ ރޯންފެށި އަޑުންނެވެ. އޭރު ކުލްސޫމާ ނާނާ ކިޔަމުންދިޔަ އަޑުއިވެއެވެ. ދެލޮލުން އައިސްފައިވި ކަރުނަތައް އަތުގެ ނުފުށުންފުހެލުމަށްފަހު  ޒުހޫރު މިސްރާބްޖެހި ކައިނާ މަސަލަސް ކުރުމުގައި ކުލްސޫމާއަށް އެހީވުމުގެ ނިޔަތުގައެވެ.

**

ގެޔަށް ފޮށިތައް ވައްދަމުންގޮސް އެންމެފަހުން އިންފޮށި ވައްދަމުން ބަލައިލި ކައިވަންގެ ނަޒަރު ހުއްޓުނީ ކުރިމަތިގަ ހުރި ގޭގެ ދޮރުމައްޗަށް ކާރެއް މަޑުކުރުމުންނެވެ. އޭރު ޒީވާ އާއި ނީކިޔާގެ ނަޒަރުވެސް ހުރީ އެދިމާލަށެވެ. އެކާރު ދޮރު ހުޅޫވާލުމަށްފަހު ނުކުން މީހާފެނި ތިންމީހުން ތިބީ ވަރުގަދަ ސޮކެއްގައެވެ.

“ޔޫމީން..” ޒީވާއާއި ކައިވަން އަނގަބޮޑުކޮށްލާގެން ތިއްބާ ނީކިޔާ ޔޫމީ ދައްތި އޭ ކިޔާފައި ގޮސް ޔޫމީންގެ އަތުތެރެއަށް ވަނެވެ. އޭރު ޔޫމިން ވެސް ހުރީ ވަރުގަދަ ސޮކެއްގައި ޖެހިފައެވެ. “ޔޫ ގައިސް ހިޔާ” ޔޫމީން ނީކިޔާ ގައިގާ ބައްދާލައިގެން ހުރެ އެއްލެމުން އެއްލެމުން ކަހަލަގޮތަކަށް، އައިގޮތަށް އައިސްފައި ކައިވަންއާއި ދިމާލަށް ޔޫމީންގެ މެދު އިނގިލި ދިއްކޮށްލެވުން އިރުވެސް ނީނގެއެވެ. އޭނާ ހުރި އެހާވެސް ބޮޑަށް ހައިރާންވެފައެވެ.

“ތި ދިއްކުރީ މަށާ ދިމާލަށް މެދު އިނގިލި.. ތިރި…ކުރޭ” ކައިވަން ދެލޯ ބޮޑުކޮށްގެން ހުރެ ކަރުބުޑުން އަޑުނެރެގެން ބުނެލިއެވެ.  އެވަގުތު ކައިރީގައި ހުރި ޒީވާގެ ހައިރާންކަން ފިލާ ވާނުވާ އިނގިއްޖެއެވެ. އޭނާގެ ހިނިގަނޑު ދިޔައީ ފަޅައިގެންނެވެ. ޒީވާ އަވަހަށް ގޮސް ނީކިޔާގެ ލޯމަތީގައި އަތްއަޅާލީ ޔޫމީން އަދިވެސް ހުރީ މެދު އިނގިލި ދިއްކޮށްގެން ކަމަށް ވީތީއެވެ.

“ޔޫމީ އިނގިލި..”ހިނިގަނޑު މަތަކުރަން އުޅެއުޅެ ޒީވާއަކަށް އެކަމެއްނުވިއެވެ. ހައްތަހާ ހެވުނީއެވެ. އޭރު ނީކިޔާ ވެސް ހޭ އަޑުއިވެއެވެ. “ދޮންތީ އަތް ނަގާބަ.. އަޅޫ އަށް ފެނިއްޖެ އޭ ޔޫމީ ދައްތިގެ މިޑްލް ފިންގާ” ޔޫމީން އަށް ހޭވެރިކަން ވީ ނީކިޔާ ހެމުން ހެމުން ބުނެލި އެތި އިވިފައެވެ. ޒީވާ އޭނާގެ އަނގަމަތީގައި އަތް އެޅި ނަމަވެސް އެ ނީކިޔާ ހުށިޔާރުކަމާއެކު ޒީވާގެ އަތްދުރުކޮށްލިއެވެ.. “އޮހް..” އެއްފަހަރު ދެލޯބޮޑުކޮށްގެން އަތުގައި އޮތްދަބަހުގައި ބައްދާގަނެގެން ހުރި ކައިވަން އަށް ބަލާލަމުން އަނެއްފަހަރު އޭނާގެ މެދު އިގިއްޔަށް ބަލާލަމުން އަވަސް އަވަހަށް އިނގިލި ތިރިކޮށްލެވުނު ގޮތްވެސް ނީނގެއެވެ. އޭރު ޔޫމީންގެ މޫނުން ލަދުން ރަތްވަނީއެވެ.  އެ މަންޒަރު ފެނި ޒީވާގެ ހިތައް ރަހުމް ވަނެވެ. ނަމަވެސް ކައިވަން އާއި ދިމާލަށް ޔޫމީން އައިގޮތް ސިފަވެ އަދިވެސް ހަމަ އޭނާއަށް ހަމަހެވެނީއެވެ.

“އެނީވޭ.. ޔޫމީ ގެ ގެޔަކީ މިއީތަ” ޒީވާމެން ދިރިއުޅެން ހަމަޖެހިފައިވާ ގެޔާއި ކުރިމައްޗައްވާހެން މަގުގެ އަނެއްފަޅިގައި ވާ އަށްބުރީގެ އިމާރާތައް އިޝާރާތް ކޮށްލަމުން ޒީވާ އަހައިލިއެވެ. “އާނ.. މާ ރަނގަޅަކަށްނު މިދިމާވީ.. ދެން ނުޖެހޭނެ ވިއްޔަ ޒިވީ މެން ހޯދަން ދުވާކަށް ” ޔޫމީން ހުރީ ވަރަށް އުފާވެފައި ކަން އެމޫނުމަތިން ހާމަވެއެވެ. “ހޯން ހޯން ދެން އަބަދު މިގެޔަކަށްނޫން އަންނާނީ..” ކައިވަން ހަށަންބަދެލަމުން ޔޫމީން ރުޅިއަރުވާލުމުގެ ނިޔަތުގައި ބުނެލިއެވެ. ހަމަ ބުނެލުމާއެކު ފެނުނީ ދެލޯ އަޅައިލުމަށްފަހު ފެނުނީ ކައިވަން އާއި ދިމާލަށް މުށްމަޅާލިތަނެވެ. އެދެމީހުން އުޅެންފެށިގޮތުން ޒީވާއާއި ނީކިޔާ ތިބީ ހިނިއައިސްފައެވެ.

“ޒިވީ ހަވީރުން ވާނެ ދޯ ބޭރަށްދާން ..މިގަޑީގަ ފެންވަރާލައިގެން ނަމާދުކޮށްލާފަ ނިދާލާ .. އަހަރެންވެސް މިދަނީ ދާންއިނގޭ.. ބަލައިގެން އުޅޭތި.. ބާއި ގާލްސް” ޔޫމީން ޒީވާ އާއި ނީކިޔާގެ ގައިގާ ވަކިވަކިން ބައްދާލުމަށްފަހު އެނާގެ ގެޔާއިދިމާލަށް ދިޔުމަށް ހިނގައިގަތެވެ. ” ބާއި ދޫންޏާ ބަލާގެން އުޅޭތި..އިންޝާﷲ ހަވީރުން ދިމާވާނެ…” ޒީވާވެސް ބުނެލިއެވެ.

“މަށާ ދިމާލަށް ބާއީ ވެސް ނުބުންޏެއްނު..” ކައިވަން ދެލޯހަނިކޮށްލަމުން ބުނެލިއެވެ. ” ހަހް.. ބާއި ބާއި ޓާޓާ ބާއި ޖާރރކް.. ލަވް ޔޫ މިސްޓާ އެރޮގެންޓް..ހަގް އެއްވެސް ދޭންވީތަ” ޔޫމީން އަނެއްކާ އައިސްފައި ކައިވަން ގެ ދެކޮލުގައި ދެފަރާތުން ބާރުބާރަށް ހިފާލުމަށްފަހު އަނގަޔަށް ވައްތަރެއް ޖައްސާލަމުން ބުނެލިއެވެ. އޭރު ޒީވާއާއި ނީކިޔާ ތިބީ ހިނިއައިސްގެން ހަލާކު ވާވަރުވެފައެވެ. “ހޫމް ހޫމް ބާއި މިސް ސްނިކާރ ޑޫޑްލް …. އައްޗި މަށައް ހެޔޮ ހަގެއް ނުދިނަކަސް .. ކާކު ފިލާފޮއްޗަކާއި އެއްކޮން ހަގް ކުރާނީ… އެހެން ނޫނަސް ދުވާވަސް.ހަހް..” އަންހެން އަޑެއް ނެރެލަމުން ކައިވަން ބުނެލި ބަސްތައް ކިތަންމެ މަޖާކޮން ބުނެލިނަމަވެސް ޔޫމީން ހިތައް ތަދުވެލިއެވެ. އަމިއްލަ އިސްތަށިގަނޑުގައި މަޑުމަޑުން ވަސްބަލައިލެވުނެވެ. އޭނާއާއި ދިމާލަށް ފިލާފޮއްޗެކޭ ބުނުމުން ދެރަވިއެވެ. އިސާހިތަކު ދެލޮލަށް ކަރުނަ ވެސް ޖަމާވެލީ ޔޫމީން އަށް އެނގުމަކާއި ނުލައެވެ. ނަމަވެސް އަވަސް އަވަހަށް ކަރުނަތައް އޮއްބާލަމުން އަވަސް އަވަހަށް ދަނީއޭ ބުނެ ހިނގައިގަތެވެ.

ޒީވާ މެންނާއި ފުރަގަސްދީގެން ހުރުމުން ޔޫމީންގެ މޫނަށް އަރާފޭބިކުލަވަރުތައް އެމީހުންނަކަށް ނުފެނެއެވެ. ނަމަވެސް ކައިވަން އަށް އެމަންޒަރު ފެނުނެވެ. އޭނާގެ ތުންފަތުގައި ދަތް އަޅާލެވުނީ އެހެންނެވެ. ޔޫމީން ދެރަވީ އޭ ހިތައް އެރުމުން އޭނާގެ ހިތައް ވެސް ތަދުވެލިއެވެ. ނަމަވެސް އަވަސް އަވަހަށް ދެފަރާތައް ބޯހޫރުވާލީ  އެކަމަށް އެއްބަސް ނުވާންވެގެންނެވެ.

ޔޫމީން ދިޔުމުން ޒީވާއާއި ނީކިޔާ އަދި ކައިވަން ގޭތެރެއަށްމިސްރާބް ޖެހިއެވެ. އެންމެ ފުރަތަމަ ގެޔަށް ވަނީ ނީކިޔާއެވެ. ވަށާގެން އެނބުރި އެނބުރި އުޅުނުގޮތުން ކައިވަން އާއި ޒީވާއާއި ތިބީ ހެވިފައެވެ. ގޭގެ އެތެރޭގެ ރީތިކަން ފެނިވެސް ޒީވާމެންގެ ހިތައް ހަމަޖެހުންގެނުވިއެވެ.

ގޭގެ ބޭރު އަޅިކުލައިން ފެނުނު ނަމަވެސް ގޭގެ އެތެރޭގައި އެއްކޮންވަނީ ދަނބުކުލަ އާއި ހުދުކުލައެވެ. ހުރިހާ ފާރުތަކެއްގައި އަދި ހުރިހާ ކޮޓަރިއެއްގެ ވެސް އަދި ބަދިގެޔާއި ސިޓިން ރޫމުގެ ފަރުނީޗަރުތައް ވަނީ ހުދު ކުލައެވެ. ގޭގެ އެތެރޭގައި އެއްބައިން އަނެއްބަޔަށް ދެވޭހެން ވަނީ ލިފްޓް ހަރުކުރެވިފައެވެ.

ގޭގެ ގްރައުންޑް ފްލޯގައި ވަނީ ސްޓޯ ރޫމްއަކާއި ގަރާޖެކެވެ.  ގޭ ފަސްބުރިއަށް ނަގާފައިވާއިރު އެންމެ ފުރަތަމަ ބުރީގައިވަނީ ތިން ކޮޓަރިޔާއި ކައްކާ ބަޔަކާއި ބޮޑު ސިޓިންގ ރޫމެކެވެ. ދެވަނަ އަދި ތިންވަނަ ބުރީގައި ވެސް ތިންކޮޓަރިއާއި ކައްކާބައެއްވާއިރު ފުރަތަމަ ބުރިޔާއި ހިލާފަށް އެދެބައިގައި ސިޓިންގްރޫމެއް ނެތެވެ.

ހަތަރުވަނަ ފަންގިފިލާ ގައި ވަނީ ކުޑަ ސިޓިން ރޫމް ކޮޅެއްލާފައިއެވެ. އެތަންކޮޅުގައިވަނީ  ޕީއެސް އާއި ތަފާތު ގޭމްތައް ކުޅެވޭހެންނެވެ.  ހަމަ އެބާއިގައި ލައިބްރަރީއަކާއި ސްޓަޑީ ރޫމްއެއްގެ އިތުރުން ދެންވަނީ ގެސްޓް ޜޫމެކެވެ. ފަސްވަނަ ފަންގިފިލާގައި ވަނީ ހަމައެކަނި ދެ ގެސްޓް ރޫމްއެވެ. ދެން އޮތީ ބޮޑު ޓެރެސްއެކެވެ.  އެތާގައި އެއްފަޅީގައި ވަނީ މާމެލާމެލީގެ ބޮޑު ބަގީޗާއެކެވެ. އަނެއް ފަރާތުގައިވަނީ ބޮޑު ސްވިމިންގްޕޫލެކެވެ.  މާމެލާމެލި އިނދާފައިވާ ތާގެ މެދުގައި ވަނީ ކުޑަ ހަޓެއް ހަދައި، ވަށައިގެ ލަކުޑި ގޮނޑި ޖަހާ ކޮފީބޮއެ އަދި ފޮތްކިޔަން އިނދެވޭހެން ހިޔާ ކުރެވިފައެވެ. ކައިރީގައި ސޯފާ އަކާއި ކޮފީމޭކަރެއް ވެސް ވެއެވެ. އެތާގައި އިންނައިރު ވަށައިގެންވެސް ފެންނަނީ މާގަސްތަކެވެ. ސްވިމިންޕޫލްގައި ތިބޭ މީހުންނަށް ހަޓްތެރޭގައި ތިބޭ މީހުން ނުފެންނާނެހެން އެތަންވަނީ ފަރުމާ ކުރެވިފައެވެ. ޓެރެސް ބައި ފެށޭ ހިސާބުން  އެ ހަޓަށް ދެވޭހެން ވަނީ އަޅިކުލައިގެ ގަލުން ހިމަ ވޯކްވޭއެއްހަދާފައެވެ.

ތިންމީހުންނަށްވެސް ގެ ވަރަށް ކަމުދިޔައެވެ. ޒީވާއާއި ނީކިޔާ ބޭނުންވީ އެއްވަނަ ފްލޯގައިގައި އުޅޭށެވެ. އެހެން ނަމަވެސް ކައިވަން ބޭނުން ވީ ދެވަނަ ފްލޯއެވެ. އެންމެ ފަހުން ތިންމީހުން ބަހުސް ކޮށްފައި ނިމުނީ ޒީވާއާއި ނީކިޔާ އެއްވަނަ ފްލޯގައި އުޅޭގޮތަށެވެ. ކައިވަން އެކަންޏަށް ދެވަނަ ފްލޯއެވެ. ނަމަވެސް ކައިވަން ވެސް ކާގޮތައް ހަމަޖެހުނީ ޒީވާމެން ކައިރިންނެވެ. ތިންވަނަ ފްލޯ ކައިވަން ބެނުން ވި ބައެއް ކަންކަމަށް ބަދަލް ގެނެސްފައި ހަމައެކަނި ނީކިޔާއަށް ހާއްސަކުރާށެވެ. އެކަމު އޭނާ ތަންކޮޅެއް ބޮޑުވެ އެކަނިން އުޅެވޭ ވަރުވީމައެވެ.

***

ޒީވާ އެންމެ ފުރަތަމަ ވެސް ގޮސް ވަނީ ނީކިޔާގެ ރޫމަށެވެ. އޭރު ކޮޓަރީގެ މެދުގައިވާ ކިންގް ސައިޒްއެނދުގައި އޭރު ނީކިޔާ ޖައްސާލައިގެން އޮތެވެ. ހުދުކުލައިގެ އެނދުގެ ދެފަރާތުގައި ދެސައިޑް ޓޭބަލްވެއެވެ. ވަންނަ ދޮރުގެ އެއްފަޅީގައި ހަތަރު ދޮރުފަތް ލީ ބޮޑު އަލަމާރިއެއްވާއިރު ވަންނަ ދޮރުގެ އަނެއްފަރާތުގައިވަނީ ހަތަރު މީހުންގެ ޖާގައިގެ ސޯފާ ސެޓަކާއިއޭގެ ކުރިމަތީގައި ހުރިފާރުގައި ހެޔޮވަރުވަރެއްގެ ފަތި ޓީޥީއެއް ހަރުކޮށްލާފައިވެއެވެ. އަލަމާރި ހުރިދިމާލުގައި ސްޓަޑީ ޓޭބަލްއެއްވެސް ވެއެވެ.

“ދޮންތީ މި ރޫމްގަ ޓޮއިލެޓް ނެތީތަ..” ކަރުކެހިލަމުން ވާހަކަ ދެއްކި ނީކިޔާގެ އަޑަށް އަލަމާރީގައި ނީކިޔާގެ ހެދުންތައް އަޅުވާ ނިންމާލި ޒީވާގެ ނަޒަރު އެކިދިމަދިމާލަށް ހުއްޓުނެވެ.  ޒީވާގެ ލޮލުގައިވެސް އަޅައެއް ނުގަތެވެ.  “އަންނާނަން ކުޑޭ ހޯދައިގެން ..” ޒީވާ ނުކުންނަން ހިނގައިގަން ވަގުތުވީ ކައިވަން ވެސްއައިސް ވަން ވަގުތެވެ. “އާނ ..ކައި .. ހޯދަން މިދަނީ … ކޮބާ  ފާހާނާ މި ރޫމްގެ ..” ޒީވާ އެއްބުމަ ހިއްލާލަމުން އަހައިލިއެވެ. ކައިވަން އެހުރިގޮތެއް ހުރެ  އިނގިލިން ދައްކާލީ އަލަމާރިއެވެ. “ކައި ..އަލަމާރި އެއްނޫނޭ.. ޓޮއިލެޓް..ފާ ހާ ނާ.” ޒީވާ ހީކުރީ ކައިވަން އަށް ޒީވާ ބުނި އެއްޗެއް ނީނގުނީ ކަމަށެވެ. ދެން ވެސް އަނގައިން ބަހެއް ނުބުނެ ކައިވަން އިޝާރާތް ކޮށްލީ އަލަމާރިއާއި ދިމާލަށެވެ.  “ސީރިއަސްލީ ޑޫޑް..” ދެލޯ ހަނިކޮށްލަމުން ޒީވާ ބާރުބާރަށް ބުނެލިއެވެ. އޭރު ނީކިޔާ އަނގަމަތީގައި އަތް އަޅައިގެން އިނީ ބާރަށް ހެވިދާނެތީ އެވެ. ކުރިންވެސްވާނީ އެހެންކަން ކުޑަކުޑަ ނީކިޔާއަށް އިނގެއެވެ. ކައިވަން ވެސް ދެލޯ ހަނިކޮށްލިއެވެ. “އަޙްމަދު ކައިވަން ޒުހޫރް .. އާރ ޔޫ އައުޓް އޮފް ޔުއާރ މައިންޑް ރައިޓް ނައު.. ސީރިއަސްލީ ހާހް..” ޒީވާ ގާތައް އޭރުވަނީ ރުޅި އައިސްފައެވެ.

“ޕިސްޕިސް…. ސަންތިމަރިޔަބާ …މަށައް ނެތެންނު ތެދެއްވެސް ހެދޭކަށް ..ދެން ހަދާނީ ދޮގު .. ފާހާނާ މިއިނީ މަގޭ ބޮލުމެދުގާ ..އާން އެހެންޏަ..”ކައިވަން ވެސް އަނގަޔަށް ވައްތަރެއް ޖައްސައިގެން ހުރެ ދިމާކޮށްލީ ކޮޓަރިން ނުކުންނާށެވެ. “އޭ .. ތިހެންނެއް ނުދެވޭނެ ބުނެފާ ނޫނީ ..ހަމަ މިހާރު ދައްކާ ޓޮއިލެޓް..” ކައިވަންގެ އިސްތަށިގަނޑަށް ދަމަމުން ޒީވާ ބުނެލިއެވެ.. ” ސާބަސް ..ޒީވާއަށް ހަމަ ސާބަސް .. އަޅެ އެންމެ ފަހަރަކުވެސް ގޮސްފަ ބަލާބަލަ ..ހަމަ ހުއްޓާނުލާ މިކިޔަނީ އެންނު އެއީ އޭ ފާހާނަ..” ވާހަކަ ދައްކަމުން ގޮސް ކައިވަން އަނެއްކާވެސް އަލަމާރިޔާއި ދިމާލަށް އިޝާރާތް ކުރިއެވެ. އޭރު ކައިވަން ގާތައް ވެސް ހުރީ ރުޅިއައިސްފައެވެ.

“ބަލަ އަލަމާރިކޮބާހޭ ކިޔާފަތަ މަށައް އެހުނީ.. މަ ނުދެނެ ހުރިން އަލަމާރިޔަށް ކަމެއް މީހުން ފާހާނަކުރ…” ޒީޥާ ވާހަކަ ދައްކަ ދައްކާ ހުއްޓާ ކައިވަން ޒީވާގެ އަތުގައި ހިފައިގެން ގޮސް ހުޅުވާފައި ދައްކައިލީ އަލަމާރީގެ އެންމެ ބިއްދޮށައް އިން ދޮރުގެ އެތެރެއެވެ. އެއާއެކު ބުނަން އުޅުނު ބަސްހުއްޓުނެވެ. ދެލޯބޮޑުކޮށްލާގެން ހުރެން އެއްފަހަރު ހުޅުވިގެން ދިޔަ ދޮރުގެ އެތެރެޔަށް އަނެއްފަހަރު ކައިވަންގެ މޫނަށް ބަލާލިއެވެ. ނުހޭން ހުއްޓަސް ކައިވަން އާއި ނީކިޔާއަށް ހެވިއްޖެއެވެ. ހަތަރު ދޮރުފަތްލީ އަލަމާރީގެ އެންމެ ބިއްދޮށައް އިން ދޮރުފަތުގައި އިން ތަޅު ވެސް ޒީވާގެ ލޮލުގައި އަޅައިގަތީ ދެނެވެ. ޢާއެކެވެ. އެއީ ހަމަ ފާހާނައެވެ. އަލަމާރީގެ ދޮރާއި އެއްކުލައިގައި އިނުމުން ޒީވާއަށް އޮޅުނީއެވެ.ހަގީގަތަކީ އެކޮޓަރީގައި އިން ތިންދޮރުފަތް އިން އަލަމާރިއެކެވެ. “އަޅުގަ އަށް ވެސް ނީނގުން ފުރަތަމަ ..އެކަމު ފަހުން އިނގުން .. ދޮންތި ރޫމަށް ވަނީމަ ލަނޑު ދޭން މިހުރީ..” ނީކިޔާ ފޮނިވެލާފައި ބުނެލަމުން ކައިވަން އަށް ވެސް ބާރަށް ހޭންފެށުނެވެ.

ޒީވާ ހޭންހުރި ކައިވަންއާއި ދިމާ ބަލާލަމުން ސޮރީ އޭ ބުނެލައިފިއެވެ. އަވަސް އަވަހަށް އެތާގައި ނުހުންނަށް ނުކުމެގެން ދިޔައީ ލަދުގަންވަރުންނެވެ. އޭނާ ނުކުން ވަގުތު ކައިވަން އާއި ނީކިޔާ ކުރިޔަށްވުރެން ބާރަށް ހޭންފެށިއަޑުއިވުނެވެ. ޒީވާވެސް އަޑުނީވޭ ވަރަށް ހެމުން ގޮސް އޭނާގެ ކޮޓަރިއަށް ވަދެ ދޮރުޖެހިއެވެ.

****

ފެންވަރާލައިގެން ނަމާދުކޮށްގެން ޔޫމީން އެނދުގައި ޖައްސާލީ ވަރުބަލި ވެފައި ހުރިވަރުންނެވެ. އޭނާއަށްހޭލެވުނީ އަސްރުވާން އުޅެނިކޮންނެވެ. އޭރު މީހާ ހުރީ ބަނޑުހައިވެގެން ގޮސް ހާންތިވެފައެވެ. ޔޫމީން ތިރިޔަށް ދާންއުޅެފައިވެސް ބަންގި ގޮވަން ފެށުމުން މަޑުކޮށްލީ ނަމާދުކޮށްލައިގެން ދިޔުމަށެވެ.

ނަމާދުން އަވަދިވެގެން ޔޫމީން ގޮސް ބެލްކޮނިން ބޭރަށް ބޯ ދިއްކޮށްލީ މޫސުން އޮތްގޮތެއް ބަލާލުމަށެވެ. ސްނޯ ފޭބުން މަޑު ޖެހިލާފައި އޮތްނަމަވެސް އެއްކޮން ނުހުއްޓެއެވެ. ތުނިތުނިކޮން ވެހިލަ ވެހިލައެވެ. ދޮރުލައްޕާލުމަށްފަހު ޔޫމީން މިސްރާބްޖެހީ އެއްޗެއް ކާލުމަށް ބަދިގެޔަށް ދިޔުމަށެވެ. ނިދުމުގެ ކުރިން އެއްޗެއް ކާލުމަށް ޔަމްހާ ބުނީމަ ވެސް ނިދިއައިސްފައި ހުރިލެއް ބޮޑުކަމުން އޭނާ ނިދީއެވެ.  ކޮޓަރިން ނިކުން ވަގުތު އޭނާގެ ނޭފަތުގައި ޖެހުނީ އެނާއަށް އެންމެ މީރު ކުޅިމަހުގެ ވަހެވެ. “ޒާންބޭ.. ” އުފާވެލާފައި ޔޫމީން ގޮސް ބަދިގެއަށް ވަންއިރު ޔަޒަކް އާއި އިޒާން ތިބީ ކައްކާށެވެ. ” ޕްރިންސެސް ” ޔަޒަކް އައިގޮތައް އައިސް ޔޫމީންގެ ގައިގާ  ބާރުބާރަށް ބައްދާލީނުން  ހީވީ ކަށިތައް ވެސް  މުގުރުނުހެންނެވެ. “އައުޗް  ދޮންބޭ .. ” ޔޫމީންއަށް ތަދުވެގެން ބުނެވުނެވެ. ވަގުތުން ޔަޒަކް  މާފަށް އެދެމުން ޔޫމީންގެ ގައިން  ދުކޮށްލިއެވެ. ނަމަވެސް އަނެއްކާވެސް ފެނުނީ ޔޫމީންގެ ގައިގާ ބައްދާލިތަނެވެ. ނަމަވެސް މިފަހަރު މަޑުމަޑުންނެވެ. ” ވެލްކަމް ހޯމް ..” ޔަޒަކު ދުރައް ޖެހިލުމުން އިޒާންވެސް ޔޫމީންގެ ގައިގާ ބައްދާލިއެވެ. “ހޯހޯ ..އަހަރެން ގެޔޭ މިއީ ކުރިންވެސް.. ވެލްކަމް ކިޔާކަށް..” ހިނިގަނޑެއް ޖަހާލަމުން ޔޫމީން ބުނެލިއިރު ޔަޒަކް އާއި އިޒާންވެސް އެހުނުމުގައި ބައިވެރިވިއެވެ.

“މިސް ވިޔޭ ކުއްޖާ..” ޔޫމީންގެ ބޮލުގައި ފިރުމާލަމުން ޔަޒަކް ބުނެލިއެވެ. “އަހަރެންވެސް އޭ.. ދީބަ ކާއެއްޗެއް ..ވަރަށް ހަންގްރީ.. އަހަރެން ހަމަ ރޫމުން ބޭރަށް ބޯދިއްކޮށްލިތަނާ ދޮވައިފި ޒާންބެ ހަދާ މީރު ކުޅިމަސްގަނޑުގެ މީރުވަސް …” ޔޫމީން ދު ނެރެލަމުން ބުނެލިތަނާ ފެނުނީ ޔަޒަކްއާއި އިޒާންއާއި ދެމީހުންނަޒަރެއް ބަދަލްކޮށްލިތަނެވެ. މެޒުމަތީގައި މަތި ޖަހާފައި ހުރި ތަށިތަކުގެ މަތި އެދެމީހުން ހިއްލަން ފެށިއެވެ. ޔޫމީންއަށް ދެލޯ ބޮޑުކޮށްލެވުނެވެ. އެތާގައި ވަނީ ޔޫމީންއަށް އެންމެ ކަމުދާ ކާއެއްޗިސްއެވެ. އިޒާންގެ އަތުން ތައްޔާރުކޮށްފައިވާ ޔޫމީން އަށް އެންމެ މީރު ކުޅިމަހާއި ލޮނުމެދު ފަރާޓާއެވެ. މޮންގޯލިއަން ޗިކެން ފްރައިޑް ރައިސް އާއި ޝްރިމްޕް ސެލެޑްއެވެ. ބްލެކް ބެރީ ޗީޒް ކޭކާއި އެޕަލް ސައިޑާއެވެ.

“އަޅޭސް.. ތެންކިއު.. ތެންކިއު .. ބޮޑުކޮން ތެންކިއު” ދެއަތް ޖޯޑްކޮށްލާގެން ހުރި ޔޫމީން އިޒާން އާއި ޔަޒަކްގެ ގައިގާ އަނެއްކާވެސް ބައްދާލިއެވެ. އެދެމީހުން އެއީ ކަމެއްނޫން ކަމަށް ބުނެ ޔޫމީންގެ ކޮލުގައި ހިފާލިއެވެ.

“އާދޭ އަހަންނާ ބައިވެރިވާން ޔޫމީން ކާން ފަށަމުން ބުނެލިއެވެ. ނުކާން ވަރަށް ވަރުދައްކާލާފައިވެސް އެންމެފަހުން ދެމީހުން ކާން އިއްތީ ޔޫމީން ކުރުނުކުރުމުންނެވެ. “ދޮންތަ ހާދަ ލަސްވެއްޖެޔޭ ..” ޔަޒަކް އަތުގައި އަޅާފައިވާ ގަޑިޔަށްބަލައިލަމުން ބުނެލިއެވެ. ކުރިން މަންމަ ކިޔާފައި ގޮވިނަމަވެސް ޔަމްހާގެ އެދުމުގެ މަތިން ޔަޒަކް އާއި ޔޫމީން، ޔަމްހާއަށް ދޮންތަ ކިޔާފައި މުހާތަބު ކުރަންފެށީ އިޒާންގެ އަމިއްލަ ގޭގައި ލަވާލް އެދުމަތިކުރެވިފައިވި ހަބަރު ޔަޒަކްއަށް ލިބުންދުވަހުގެ ފަހުންނެވެ.  “ކޮންތާކަށް ދިޔައީ …ގައިމު އަހަރެން ރޫމަށް ވަން އިރު އުޅޭ” ޔޫމީން އަހައިލިއެވެ. “އަހަރެމެން ގޭގަ ވީ .. ކުޑަ މަންމަ ކައިރީގަ…”  އިޒާން އިނދެފައި ބުނެލުމުން ޔޫމީންއަށް އެމޫނަށް ބަލައިލެވުނެވެ.

****

އިޒާންގެ ގެޔަށް ވަން ޔަމްހާ ދެކޮޅުބަލައިލީ މީހެއްގެ ހިލަމެއް ވޭތޯ އެވެ. މީހަކު ނެތްކަން ޔަގީންވުމުން އޭނާ މައްޗައް އެރީ ޔަޒަކްގެ މަންމަ އޮތް ފަންގިފިލާއަށެވެ. ދޮރު ހުޅުވާލުމަށްފަހު އެތެރެއަށް ޔަމްހާ ވަނެވެ. އޭރު އެއްފަރާތެއްގައި ސޯފާގައި މިލާން އޮތެވެ. އޭނާ އަށް އޮތީ ނިދިފައެވެ. މޭމަތީގައި ވާހަކަ ފޮތެއް އޮތުމުން ފޮތް ކިޔަން އޮއްވާ ނިދުނީކަން ހާމަވެއެވެ. ޔަމްހާގެ މޫނަށް ހިނިތުންވުމެއް ވެރިވީ މިލާން އޮތްލެއް ލޯބިކަމުންނެވެ.  ޔަމްޙާ އޭނާގެ ފޯނު ނަގާ އެ މަންޒަރު ރައްކާ ކޮށްލީ ޔަޒަކް އަށް ދެއްކުމުގެ ނިޔަތުގައެވެ. އެހެން ހިތައް އެރުމުން އޭނާގެ މޫނުމަތީގައި ދުވެލީ ލާނެއް ހިނިތުންވުމެކެވެ. މިލާންގެ މޭމަތީގައިވި ފޮތް ނެގުމަށްފަހު ސޯފާ ކުރިމަތީގައި ވާ މޭޒުމަތީގައި ބޭއްވުމަށްފަހު ކުއިލްޓެއްނަގާ މިލާންގެ ގައިމަތީގައި އަޅައިލިއެވެ.

އެއަށްފަހު ކުރިމަތީގައިވި އެނދުގައި އޮތް މީހާގެ ކައިރިޔަށް އޭނާ ދިޔައެވެ. ސޯފާގެ ގާތުގައި ވާގޮނޑިއެއް ގެނެސްފައި އެނދާއި ކައިރިކޮށްލަމުން އޭނާ ހަމަޖެހިލަމުން އެނދުގައިވި އަންހެން މީހާއަށް ފުންނަޒަރެއް ދިންއިރު ޔަމްހާގެ ދެލޯ ފެންކަޅިވިއެވެ. “ލަވާލް.. ލަވާ ދެން ތެދުވޭ… ޔޫމީ ގެނެސްފި ލިވީ.. މިހާރު ލިވީ ވަނީ ލަވާލް އާ އެއްފަސްގަނޑެއްގަ…ލިވީ ވަނީ ލަވާލް އާ ނުހަނު ގާތުގަ..” ޔަމްހާ ވާހަކަ ދައްކަމުން ދިޔައިރު އެދެލޮލުން ކަރުނަތައް ފައިބަމުން ދިޔައެވެ. “ލަވާ އަށް އިނގޭތަ ޔާސިރްބޭ ހާދަ ހިތާމައެއް ކުރެޔޭ .. ލަވާލް އާއި ކުދިންގެ ސަލާމަތައްޓަކައި ޔާސިރްބޭ އެހުންނަނީ ދުރުގަ…އެކަމަކު ލަވާ ތެދުވަތީމަ ޔާސިރްބޭ އަންނާނޭ އަހަރެންގެ ހިތްބުނަނީ .. އަޅެ ތެދުވެބަލަ.. ލަވާ..” ވާހަކަ ދައްކަމުން ގޮސް ޔަމްހާ އަށް ހަމަ ރަނގަޅަށްވެސް ރޮވިއްޖެއެވެ.  އެތަކެއް ވާހަކަތަކެއް ލަވާލްއާއި ވާހަކަ ދައްކަމުން ދިޔަ ޔަމްހާ އަށް ދިޔައީ ގިސްލެވެމުންނެވެ. ނަމަވެސް ކަރުނަތައް އޮއްބާލުމަށްމަސައްކަތް ކުރަމުން އެތަކެއް ވާހަކައެއް ދެއްކިއެވެ. އެއީ ކޮންމެ ދުވަހަކުގެ ވެސް އާދައެވެ. އެގޮތައް އެތައް އިރަކު ވާޙަކަ ދެއްކުމަށް އޭނާ އިނދެދާނެއެވެ.

އިރުގަނޑެއްފަހުން ކޮޓަރީގެ ދޮރު ހުޅުވާލިއަޑަށް ޔަމްހާ ސިހިފައި ބަލާލިއިރު ޔޫމީން އާއި ޔަޒަކް އެވެ. އޭރު އެމީހުން ވަން އަޑަށް މިލާންއަށް ވެސް ހޭލެވުނެވެ. ޔަމްހާ އިޒާން ކޮބާތޯ އެހުމުން އިޒާންވީ އޭނާގެ ބައިގައި ކަމަށް ޔަޒަކް ބުނެލިއެވެ. ޔޫމީންގެ ހަމަހިމޭންކަން ފެނި އޭނާ ބޭނުންވަނީ ލަވާލްއާއި އެކު އެނިވެލަންކަން ވިސްނި ތިން މީހުން ނުކުމަތެވެ.

މަޑުމަޑުން ޔޫމީން އައިސް ލަވާލްގެ ނިތުގައި ނުހަނު ލޯބިން ބޮސްދިނެވެ. “އައި މިސް ޔޫ މޯމް …ޕްލީޒް ވޭކް އަޕް..” ކުރެހިފައިވި އަޑަކުން ބުނެލިއިރު ޔޫމީންގެ ދެލޮލުގައި ކަރުނައިގެ އަސަރުވިއެވެ. ލަވާލްގެ ބޮލުގައި ފިރުމާލަ ފިރުމާލަ އިން ޔޫމީން އިން އިރު، އިރުކޮޅަކާއި ޔޫމީންގެ އަތައް މެހިފައިވި ލަވާލްގެ އަތުގައި ބޮސްދެއެވެ. އެކަމުން ލަވާލްދެކެ ވާ ލޯބި ހާމަވެއެވެ. ކޯމާގައި އެގާރަ އަހަރުވަންދެން ލަވާލް އޮތުމުގެ ސަބަބުން ފެންނަނީ ނުހަނު ބަލިކަށިވެ އަނަރޫފަވެފައިވާތަނެވެ. ޔޫމީން ރާއްޖެ ދިޔުމުގެ ކުރިންނަށް ވުރެންވެސް ލަވާލް މިހާރު އަނަރޫފައެވެ.   އެ މަންޒަރު ފެނި ނުރޯން ހިތްވަރު ކުރި ނަމަވެސް ޔޫމީންގެ ބަޑިފަޅައިގެންދިޔައެވެ.

ގިސްލަ ގިސްލާފައި ރޮމުންދިޔަ ޔޫމީންއަށް ސިހުމެއްލިބުނީ އޭނާގެ އަތައް މަހާލައިފައިވާ ލަވާލްގެ އަތްތިލަ ތެޅިލިހެން ހީވެގެންނެވެ. އޭނާގެ އެހީ ޔަގީނަށް ވީ ލަވާލްގެ އެސްފިޔަތައް ލަސްލަހުން ތަލުވާލިތަން ފެނިއެވެ. “ދޮންބޭ…” ޔޫމީންގެ ދެލޯ ބޮޑުވެ އަޑުގެ ނެތްތަނަށް ޔަޒަކް އަށް ގޮވިއެވެ.

****

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Annora

Level 610 Stories100 Login100 Comments100 Stories

Weaving tales that linger long after the last page.🤍 Turning imagination into unforgettable stories.🤍 Every story is a journey; come take a trip with me.🤍 Capturing the magic in everyday moments.🤍 Crafting narratives that touch the heart and mind. 🤍 🤍🤍🤍

Other Articles

Previous

ޤާތިލް-9

Next

ތިޔަ ލޯތްބަށް އެދެމޭ – 10

Next
March 23, 2021

ތިޔަ ލޯތްބަށް އެދެމޭ – 10

Previews
March 22, 2021

ޤާތިލް-9

One Comment

  1. Lailac Baby says:
    March 22, 2021 at 1:59 pm

    Ooow ??the stry is really interesting ??? waiting for next part ????? stay safe ??

Comments are closed.

Next Episodeހިރާސް 20←


All Right Reserved!