
ހިރާސް 16
“މަންމައަށް ހީވަނީ ޒީވާ ގަބޫލްހެން..ދޯ..” އެއްޗެއް ނުބުނެ ހަމަހިމޭންވެފައި އިން ޒިވާގެ މޫނައް ބަލައިލަމުން ކުލްސޫމާ ބުނެލި ބަސްތަކުން ޒީވާއަށް ހިންދިރުވާލެވެނެވެ.
***
ޔޫމީން އާއި ކައިވަން ދެލޯ ބޮޑުކޮށްގެން ތިބެ އެކަކު އަނެކަކަށް ބަލަމުން ދިޔައީ މިވަނީ ކިހިނެތްހޭ އަހާފަދަ ގޮތަކަށެވެ. ޔޫމީން ހުރީ ޔަޒަކުއާއި އިޒާން ދެކެ ރުޅިއައިސްފައެވެ. މިފަދަ ގޮތަކަށް ކަންތައް ވެގެންދާއިރު އެމީހުންނަށް ނޭނގި ނުތިބޭނެކަން މިއީ ދުވާލް ފަދައިން ޔޫމީން އަށް އިނގެއެވެ. ނަމަވެސް ދެން ކުރެވޭނެ ކަމެއް ނެތްތާއެވެ. ދެން އޮތީ އެ ކައިވެންޏަށް ޒީވާ ނޫނެކޭ ބުނޭތޯ ދުއާކޮށްލަކޮށްލަ ހުރުމެވެ.
“މަންމަ..އަހަރެން ބޭނުމެއް ނޫން.. އައެމް ސޮރީ ” ޒީވާގެ ބަސްތައް އިއްވާލުމަށްފަހު ހަލުވިކަމާއެކު ސިޑިން އަރައިގެން ދިޔަ މަންޒަރު ފެނި ޔޫމީން އާއި ކައިވަންއަށް ހަމަޖެހުމުގެ ނެވާއެއްލެވުނެވެ.
ޒުހޫރުއާއި ކުލްސޫމާ އުއްމީދާއިއެކު ބަލަހައްޓައިގެން ތިއްބައި އެ ކައިވެންޏަށް ދެކޮޅު ހަދަން ޖެހުމުން ޒީވާ ދެރަވިއެވެ. ނަމަވެސް ލޯބި ނުވާ މީހަކާއި ކައިވެނި ކޮށްގެން އޭނާއަށް އޮތީ ވަކި ކޮން އުފަލެއް ހެއްޔެވެ. އެހެންނޫނަސް އެލަންގެ މިޒާޖު ހުންނަގޮތުން ޒީވާ އެހާ ގަޔާއެއްނުވެއެވެ. އަބަދުހެން ޑިއުޓީގައި އުޅޭ ވަގުތު ވެސް ޒީވާއަށް ބަލަން ހުރެއެވެ. އެނަޒަރުން ޒިވާއަށް ނުހަނު އުނދަގުވެއެވެ.
**
“ކެމީ ..އައެމް ސޮރީ..ޒީއްކޮ ބޭނުންވާ ގޮތް ނޫން އިތުރު ގޮތެއް ހަދާ މަޖުބޫރު ކުރާކަށް އަހަރެން ބޭނުމެއްނޫން..އަމް ސޮރީ” ޒުހޫރު، އެލަންގެ ކޮނޑުގައި ފިރުމާލުމަށްފަހު ދިޔައީ ޒީވާގެ ގާތަށެވެ. އޭނާގެ ފަހަތުން ޒީހާން އާއި ޔިރާ ވެސް ދިޔައެވެ . ކުލްސޫމާ ވެސް ޒުހޫރުގެ ވާހަކަޔާއި އެއްބައިވެލުމަށްފަހު ދެރަވެލާފައި ކެމީލާގެ ގާތުން މާފަށް އެދުނެވެ.
“އިޓްސް އޯކޭ ޑިއާރ..އަހަރެންގެ ހިތަކު ބުރަކަމެއް ނެތް.. އަހަރެންގެ ދުއާ އަކީ ޒީވާ ވެސް އެލަން ފަދައިން ކައިވެނި ކުރަން ބޭނުންވާނެ ދުވަހެއް އަވަސް މުސްތަގުބަލެއްގައި ދެއްކެވުން.. ” ރުޅި އައިސްގެން ތުރުތުރު އަޅާ ހާލު ދެ ދަތްޕިލާ ޖައްސާލައިގެން އިނދެ ގަދަކަމުން ކަހަލަ ގޮތަކަށް ހިނިތުންވެލައިގެން ކެމިލާ ބުނެލިއެވެ. އޭރު ޒީވާ ދެކެ އައި ރުޅިން އޭނާއަށް ކެތްވަނީ އެއްނޫނެވެ. “އިހައް އަހަރެން މިވަގުތު ގޮސްލަނީ އިނގޭ ..ފަހުން ދިމާ ވާނެ އަދި..” ކެމީލާގެ “ފޭކް” ހިނިތުން ވުމުގައި ހުރެ އެގޭން ނުކުންނަން މިސްރާބް ޖެހީ އެލަން އަށް ވެސް ގޮވާލަމުންނެވެ.
ޒީވާ ދިޔަ ދިމާލަށް ރުޅިވެރިކަމާއެކު ބަލަހައްޓާގެން އިން އެލެން އަށް ސިހުމެއް ލިބުނީ ކެމީލާގެ އަޑުންނެވެ. “ހިތުން މަށައް އެބުނި ނޫނެކޭ.. ދެން ޥާ ގޮތް ވެސް ބަލަމާ ދޯ ..ޕުއާ ލިވީ..ހެހެހެ..”ހިތާހިތުން އެލަން ކިޔާލިއެވެ. އެ ހިނދު އެ ވިހަ ހިނިތުންވުން އެލަންގެ މޫނުމަތިން ފާޅުވިއެވެ.
***
އެމީހުން ގޮސް އޮބާލުމުން ކައިވަން އަށް ފުންމައިގެން ތެދުވެވުނި ޔޫމީން ހުރެފައި ތޫލި އަޑަކުން ހަޅޭއްލަވައިގަތުމުންނެވެ. “ކޯއްޗެއް ވަނީ..” ދެލޮ ބޮޑު ކޮށްލަމުން ސޯފާގައި ދެފައި ވައްކޮށްލައިގެން އިއްތާލި ޔޫމީންއަށް ބަލައިލަމުން ކައިވަން އަހައިލިއެވެ. ” ހަމަހުވާ މިބުނީ އެދޭތި އަތު ޖެހިއްޖެނަމަ ކާލާނަން” ޔޫމީން ކަރުބުޑުން އަޑެއްލައްވާލަމުން ބުނެލި އެތިން އޭނާ ރުޅިއައިސްފައި ހުރި ވަރު ހާމަވެއެވެ. “މަންޖެ ގެންގުޅޭ ބައިގަނޑުގެ މޮޅުކަމެއްނު މި.. މަށައް އިނގޭ އެމީޙުންނަށް މިކަން ނޭނގިއެއް ނުހުންނާނެކަން..ކިރިޔާނު މިފަހަރު މިސަލާމަތް ވީ” ކައިވަން އެހެން ބުނުމަށްފަހު ސިޑިން އަރައިގެން ދިޔައީ ޒީވާ ހޯދުމަށެވެ. ޔޫމީން ވެސް އެއްޗެއް ނުބުނެ ކައިވަންގެ ފަހަތުން ދިޔައެވެ.
***
” ކީއްވެ ޒާން އަށް އިނގުން އިރު ނުހުއްޓު ވީ ..” ޔަޒަކް އާއި އިޒާން ތިބި އިޒާންގެ ގޭގެ ޓެރެސްގައެވެ. އޭރު ދެމީހުންގެ އަތުގައިވެސް ވި ކަޕަޗީނޯ ތަށިން ދުވާލާ މީރު ވަހުން ހިސާބުގަނޑު ވަނީ އެއްވަސް ވެފައެވެ.
” އަހަރެމެން އެކަން ހުއްޓުވަން ޔޫމީން މެދުވެރިކޮށް އެއްޗެއް ބުނި ނަމަ ލިވީގެ ހިތުގައި ސުވާލް ނުއުފެދި ހުންނާނެތަ..އިނގޭތަ ޑިފީއަށް އިނގޭ މިހާރު ލަވާލް ދައްތަ އޮތީ އަހަރެންގެ ބެލުމުގެ ދަށުގަ ކަން ..އޭނާ ޔޫމީންއަށް ވެސް ބިރުދައްކަން އުޅެފާނެ..ޔޫމީންއަށް ގޮތެއް ވެއްޖެނަމަ އަހަރެން ޔަޒަކްއަށައި ބޮޑުބެއަސް ދައްކާނީ ކޮންމޫނެއް ..އެން އައިނޯ ލިވީ އަމިއްލަޔަށް ނުހުއްޓުވާފިއްޔާ އެކަން ކައިވަން ނުނީ ޔޫމީން ހުއްޓުވާނެ ކަން ކޮންމެވެސް ގޮތަކަށް” އިޒާން ވާހަކަ ދައްކަމުން، ދުރުދުރަށްދާންދެން ފެންނަމުންދާ ސްނޯ އިން ފެވިފައިވި ގަސްތަކަށް ބަލައިލަމުން ބުނެލިއެވެ. މާ ބޯކޮން ނުވެހުނު ނަމަވެސް އާދައިގެ ވަރަކަށް ފައިބަމުންދިޔަ ސްނޯގެ ލުއިލުއި ހަމަލާތަކުގެ އަސަރު އެމީހުންނަށް ދިޔައީ ކުރަމުންނެވެ. “ބްރޯ އަޅާނުލާ ދެން.. މާދަން ލިވީ އަންނާނެ ސޯ ޑޯންޓް ވޮރީ .. ހުރިހާ ކަމެއްވެސް ވާނީ އެންމެ ރަނގަޅައް އިންޝާﷲ” ޔަޒަކު ، އިޒާންގެ ކަނދުރާޔާ ހަމަޔަށް އަރާ ފަންފަން އިސްތަށިކޮޅުގައި ހަރުލާފައިވާ ސްނޯ ކޮޅުތައް އަތުން ފޮޅައިލުމަށްފަހު ބުނެލިއެވެ. އެއަށްފަހު އިޒާންގެ ކޮނޑަށް އަތް ވައްޓާލަމުން އެތަނުން ހިނގައިގަން އިން އެދެ ރަހްމަތްތެރިންގެ މެދުގައިވި ލޯބި ބަލާ މީހަކަށް ދޭހާވާނެއެވެ.
***
“ދަރިފުޅާ މަންމަމެން ހިތުގަ ނެތް އެއްވެސް ރުޅިވެރިކަމެއް …އެކަމާ ދޯ ތިޔަ ވިސްނަނީ.. އެކަން ފުހެލާ ދެން ސިކުނޑިން” ޒުހޫރުގެ ގާތުގައި އިސްޖަހާލައިގެން އިން ޒީވާ ފެނި އެތެރެއަށް ވަން ކުލްސޫމާ ބުނެލިއެވެ.
“މަންމަ އެބުނީ ތެދެއް ދަރިފުޅާ.. ބައްޕަ މެން ރުޅިއެއް ނާދޭ ދަރިފުޅު ދެކެ… ކައިވަން އާއި އެކު މާދަން އެކޮޅާށް ދާން ފުރަމާ… ” ޒުހޫރު ، ޒީވާގެ ދެއަތުގައި ހިފާ ބާރުކޮށްލަމުން ބުނެލިއެވެ.
އޭރު ކުރިމަތީގައި ޔޫމީން އާއި ކައިވަން ވެސް ހުއްޓިލާގެން ތިއްބެވެ.
“ޔިރާ ހަދާގޮތަށް އެންމެ ފަހު ވަގުތު އެއްނޫން އިނގޭ މަދުވާ އެއްޗިހިން ހޯދަން އުޅޭނީއެއް..ހެހެހެހެ މިރޭ ނަޒުރާ އާ ވާހަކަ ދައްކައިގެން ކެނޑޭ ވާހަކަ އާއި ކުއްލިޔަކަށް ރާއްޖޭން ބޭރަށް ދާންޖެހުން ވާހަކަ ބުނާތި.ދެކުދިންވެސް ” ހެވިލާފައި ކުލްސޫމާ ބުނެލި ވާހަކައިން އެހެންމީހުންގެ މޫނުމަތިން ހިނިތުންވުން ފާޅުވިއެވެ.
ހުރިހާ މީހުން ގޮސް ޒީވާއާ އެކު ކައިވަން އާއި ޔޫމީން އެކަނިވިއެވެ.
” އާ ވީ ބެސްޓީސް …” ކައިވަން އާއި ޔޫމީން އެކުއެކީހެން ބުނެލިއެވެ. ދެމިހުން ހަށަން ބަދެލައިގެން ދެލޯ ހަނިކޮށްލައިގެން ތިބި ގޮތުން ޒީވާގެ ގާތައް ހިނިއައިނަމަވެސް އަވަސް އަވަހަށް މާފަށް އެދުނެވެ. “އަމް ސޮރީ ގައީޒް .. އަސްލު މަންމަ ބުނީ ތިމީހުންނަށް ސަޕްރައިޒްއަކަށް ބާއްވާށޭ.. ސޮރީ ..”
“ސަޕްރައިޒް އަކަށް ވެސް އެއީ މީހުން ކުރާ ކަހަލަ ކަންތައް ތަ..ޒީވާ އަކަށް ނީނގޭ ތިހެން ހެދީމާ ޒާން” ޔޫމީންއަށް ބޭއިޙްތިޔާރުގައި އަނގަމަތީގައި އަތްއަޅައިލެވުނީ ބުނެވުނު އެއްޗަކުންނެވެ. އޭރު ކައިވަން ވެސް ދެލޯ ބޮޑުކޮށްލައިގެން ޔޫމީންއާއި ދިމާލަށް ބަލަހައްޓާއިގެން ހުއްޓިލިއެވެ.
ޔޫމީން އެ “ޒާން” އެއްގެ ވާހަކަ ބުނުމުން ޒީވާއަށް ހުއްޓުމެއް އައިކަން ޔަގީނެވެ. ޒީވާއަށް ތެޅިގަނެފައި ބަލައިލެވުނީ އަނގަމަތީގައި އަތްއަޅައިލާގެންހުރި ޔޫމީންއަށެވެ.
“ޔޫމީ ކޮން އިރަކުން ދަނީ ޒީވާ ގޮވައިގެން ކެނޑޭ ވާހަކަ ބުނަން ..އަދި ޖެހޭނެ އެންނު މާދަން އޮންނަ ތިއްތިބެގެ ވެޑިންއަށްވެސް ރެޑީ ވާން..” ޒީވާގެ ސުވާލެއް ކުރިމަތިވުމުގެ ކުރިން ކައިވަން އަވަސް އަވަހަށް އަހައިލިއެވެ.
“ޔަ.ޔާ.. މިއަދު ހަވީރުން އެތަނައް ކަންނޭނގެ ދާންވީ.. ނަޒްރާ މެޑަމަށް ކެނޑޭ ވާހަކަ ނަންގަނެފަ އަދި ލެޓާރ ވެސް ލިޔުން އެބޮއި .. ކައިވަން ލިޔެދޭންވީނުން….” ޔޫމީން ގަދަކަމުން ހިނިގަނޑެއް ޖަހާމުން ބުނެލި ވާހަކަ އަހާފައި ކައިވަން ފެނުނީ ކަންފަތުގައި އަޅާއިގެން އަޑެއްނީވެޔޭ ކިޔަމުން ހިނގައިގަންތަނެވެ. އޭނާގެ ފަހަތުން ޔޫމީންވެސް ހަޅޭއްލަވަމުން ނުކުމެގެންދިޔައެވެ. ” އެން ޔޫ ޒީވާ..މީގެފަހުން ކަންކަން ސިއްރުނުކުރާތި..އަދަބުލިބޭނެ ކަން ހަނދާން ކުރާތި” ދަމުން ދަމުންޔޫމީން ބުނެލިއެވެ. ޒީވާ ވެސް ބޯޖަހައލީ އާއެކޭ ބުނުމުގެ ގޮތުންނެވެ.
ކައިވަންއާއި ޔޫމީންގެ ސަކަރާތުން ހިނިއައި ނަމަވެސް ޒީވާގެ އެތެރެހަށީގައިވަނީ ވަރުގަދަ ތޫފާނެއް އުފެދިފައެވެ. ޔޫމީންއާއި ކައިވަން އޭނާއަށް ބޮޑު ކަމެއް ސިއްރުކުރާހެން ހީވި ހީވުން ޔަގީނާއިގާތައް އައިސްފިއެވެ. “ޒާން ..” އެނދުގައި އިށީންނަމުން ޒީވާއަށް މަޑުމަޑުން ކިޔާލެވުން އިރު އެދެލޮލުން ކަރުނައި ސައިލާބެއް އޮހެމުން ދިޔަ ކަމެއް ހުދު ޒީވާއަކަށް ވެސް ނޭނގެއެވެ. މަޑުމަޑުން ޒީވާ ޑްރެސިންޓެބަލްގެ ގާތުގައި ގޮސް ހުއްޓިލާ އެ ލޯގަނޑުން އަމިއްލަ މޫނަށް ބަލައިލުމުން ސިހިއްޖެއެވެ. އެދެލޮލުން އައިސްފައިވި ކަރުނަތައް ފެނި، އިނގިލިން ފުހެލިއެވެ. ހައިރާންކަމާއެކު އިނގިލީގައި ހޭކިފައިހުރި ކަރުނަ ތިއްކަށް އޭނާ ބަލައިލިއެވެ.
“އަޅެ އަހަރެންނަށް ކިހިނެތްތަ މިވަނީ ..ކާކުތަ ޒާން އަކީ ..” ސަކުވާގެ ގެ ރާގަކަށް އަމިއްލަ ނަފްސާއި އޭނާ ސުވާލްކޮށްލިއެވެ. “އަހަރެން ބޭނުން އަހަރެންގެ ޕާސްޓް އެނގެން.. މި ލެންސްޢާއި ގަޔައް މިލައްވަން ޖެހޭ ބޭސްގުޅަ ޔާއި އެ ޒާން އަކާއި ޑިފީ އަކާއި ގުޅުމެއް ވޭބަ…އަހަރެން ބޭނުން ކޮންމެހެން ހަދާފަ ވެސް އަސްލު ޕޭރެންޓްސް އާއި ދިމާވާން ..އަސްލު ސިބިލިންގްސް އާއި ވެސް ..ޔޫމީގެ ލޮލުގައިވަނީ އަހަރެންގެ ލޮލުގައިވެސް ހުންނަ ކުލަ..އަހަރެންނަށް އިޙްސާސް ވި އެންމެ ފުރަތަމަ ޑޭގަ ވެސް ޔޫމީ އަކީ ވަރަށް ގާތް ފަރާތެއް ކަމައް… އަނެއްކާ ކައިވަން އެބުނި އަހަރެން ގެ ޓްވިންއަކީ ޔޫމީ ބަ..” ޒީވާގެ ހިތައް އެރި އެއްޗަކުން ދެލޯ ބޮޑުވިއެވެ. ނޫނެކޭ އެހެން ވާނީ ކިހިނެތް ހެއްޔެވެ. ހިތއް ވެރިވި ހިޔާލުން ޒީވާ ދެފަރާތައް ބޯހޫރުވާލީ ބޯ ހާސްވި ވަރުންނެވެ.
ޒީވާ ގޮތެއް ނިންމިއެވެ. ކޮންމެފަދަ ކަމެއް ވިޔަސް ވަރިހަމަޔަށެވެ. އޭނާ ޒުހޫރު އާއި ސިއްރުން އެކަން ކުރާނެ ގޮތެއްވިސްނަން ފެށީ އެވަގުތެވެ.
****
އޮއްސިގެން ދިޔަ އިރާއެކު ކައިވަން އާއި ޒީވާ އައި ޔޫމީން ތިބީ ޓެރެސްގައެވެ. ޒީވާއާއި ޔޫމީން ޓެރެސްގެ އެއްފަރާތެއްގައި އިނދެ ޕޮޕްކޯން ކަމުންދިޔަ އިރު އެމީހުންނާއި ދާދި ގާތުގައި ވި މޭޒެއްގެ ދޮށުގައި ކައިވަން މޫނު ބަނަކޮށްލައިގެން އިނދެ ދިޔައީ ގަނޑެއްގައި ކޮންމެ ވެސް އެއްޗެއް ލިޔަމުންނެވެ. ދެސިޓީ އުރަ ވެސް މޭޒުމަތީގައި ބާއްވައިލާފައި އޮތެވެ.
“ކެރޮޓް މިނީގެ ފޯނަށް ގުޅާފަ ބުނެބަ އަންނާށޭ ޓެރެސް އަށް.. ” ޒީވާ އަނގަފުރާ ޕްޕްކޯނު އަޅައިގެން ހުރެ ވާހަކަ ދެއްކީ ނުހަނު އުނދަގު ކަމާއެކުއެވެ. ” މަމިއައީ އޭނާ ނިންދަވާފަ..”ކުއްލިޔަކަށް އިނދެފައި ބާރު ބާރަށް ކައިވަން ބުނެލިއެވެ. ކައިވަން ރުޅިއައިސްފައިވާ ކަން އިނގުމުން ޒީޥާއާއި ޔޫމީންގެ ގާތައް އައީ ނުލަފާ ހިންޏެވެ. “ހޫމް ..ތިކުރާ މަސައްކަތެއްގަ ބަރަކާތެއް ނުހުންނާނެ ރުޅިއައިސްގެން ކުރަންޏާ..ޔޫމީ..އިނގޭތަ ކެރޮޓް ކުރީރޭ ކުރިކަމެއް..” ކައިވަންއަށް ބަލައިލަމުން ހެމުން ހެމުން ހުރެ ކުރީ ދުވަހުގެ ހާދިސާ ޔޫމީން އަށް ޒީވާ ކިޔައިދިނެވެ. އޭރު ޔޫމީން އިނީ ހީހީ ވަރުބަލިވެފައެވެ. ކައިވަންވެސް އަނގަޔައް ވައްތަރެއް ޖައްސާލަމުން އިނދެ ހޭންފެށިއެވެ.
“ގޭސް ފުޅި..ހައްހައްހާ..” ޔޫމީން ގޮސް ކައިވަން ގެ އިސްތަށިގަނޑު ހާވަލަމުން އަނެއްކާވެސް ހޭންފެށިއެވެ.
“ހޭހެ ކަމެއްނެތް.. އެހެން ދޯ ވާނީ ..މީޙުން ނިދާފަ ތިބޭއިރު ގުޅާންޏާ.. ފުއްގޯނި މިއޮތީ ޖެއްސި މަސައްކަތް ނިމިފަ ..” ކައިވަން ފުއްގޯންޏޭ ބުނުމުން ޔޫމީން ދެލޯ އަޅާއިލިއެވެ.
“ލެޓްސް ގޯ.. އަހަރެން މެސެޖް އެއްކޮށްލާފިން ނަޒުރާއަށް.. ބުނީ އޯކޭ ޔޯ އަންނާށޯ..”ތެދުވެ ހިނގައިގަންނަމުން ޒީވާ ބުނެލިއެވެ.
***
މުޅި ކޮޓަރިތެރެޔަށް ހީވަނީ ތޫފަނެއް އަރާފައި އޮތްހެންނެވެ. ޑްރެސިންޓޭބަލް މައްޗަކު އެއްވެސް އެއްޗެއް ނެތެވެ. މުޅި ހިސާބަށް ވަނީ އެތާގައި މީގެ ކުޑައިރުކޮޅެއް ކުރިން ތަރުތީބާއި އެކު އަތުރާފައިވި ރީތިވާ ސާމާނުތަކުގެ ތެޅިފައިވި ބިއްލޫރި ތަކެވެ. އެނދުމަތީގައި ތަރުތީބާއި އެކު އަޅާލެވިފައިވި ބެޑްސީޓާއި ބާލީސްތައް ވަނީ އެތަން މިތަނައް އުކާލެވިފައެވެ. އިސްތަށިގަނޑައް ދެއަށް ހަރާލައިގެން އެނދުގައި އިސްދޮށައްޖެހިފައި އިން އެލަން އެހެންއިނދެފައި ކުއްލިޔަކަށް އިސްއުފުލާލިއެވެ. އެހިނދު ކުރިމަތީގައި ހުރި ކެމީލާ ދިޔައީ ސިއްސައިގެންނެވެ.
އެހެން އިނދެފައި ތެދުވެގެން އޭނާ ދިޔައީ ކެމީލާ ގޮވަ ގޮވަ އޮއްވައެވެ.. “ދެޓް އިޑިއަޓް..” ކެމީލާ ވެސް ހިނގައިގަތީ އޭނާގެ ފަހަތުން ދިޔުމަށެވެ. ނަމަވެސް ހިޔާލު ބަދަލްވެގެން މަޑުކޮށްލިއެވެ.
**
ނަޒުރާ އާއި ބައްދަލުކުރުމަށްފަހު އެ ހޮސްޕިޓަލުގައި އުޅޭ ޒީވާއާއި ޔޫމީންގެ ރަހްމަތްތެރިންނާއި ވަދާއުގެ ސަލާމް ކުރުމަށްފަހު ގެޔަށްދާން ވެގެން ނުކުމެފަ ޒީވާ ފާހާނާތައް ދޮށުގައި މަޑުކޮށްލީ ޔޫމީން ފާހާނާއަށް ވަނުމުންނެވެ. އެހެންޏާ އެހިސާބަކީ ފުދޭވަރަކަށް އަލިކޮން އޮންނަ ސަރަހައްދެއްނަމަވެސް ކަރަންޓް މައްސަލައެއް އުޅުމުގެ ސަބަބުން އެ ސަރަހައްދުގައި މިރޭ ވަނީ އެންމެ ބޮއްކެއްގެ ފަނޑުއަލިކަމެވެ. އެހިސާބުގައި ހުރީ ވެސް ޒީވާ އެކަނިކަމުން އޭނާ ހުރީ ހިތްބިރުގަނެފައެވެ.
ކުއްލިޔަކަށް ޒީވާއަށް ސިހުމެއް ލިބުނީ އޭނާގެ ފަހަތަށް މީހަކު އައިސް ހުއްޓުނުހެން ހީވެގެންނެވެ. އެ ހީ ޔަގީނަށް ބަދަލުވީ ފިޔަވަޅުގެ އަޑު އިވިލުމުންނެވެ. އެހިނދު އޭނާގެ ހިތްތެޅިގަތީ ވަކިވަރެއް ބަލާފަކަނޫނެވެ. އެހުރިގޮތައް ހަރަކާތެއް ވެސް ގެންނަން ނޭނގިފައި ހުއްޓައި އޭނާގެ ހަށިގަނޑަށް އާދަޔާއި ހިލާފަށް ހޫނުވާން ފެށިއެވެ. ޒީޥާ ބަލާކަށް ނުހުރެ ފަހަތައް އެނބުރިލިއެވެ. ނަމަވެސް މީހަކު ފެންނާކަށް ނެތް މީހެއްގެ ހިލަމެއްވެސް ނުވިއެވެ. ހީވި ހީވުމަކަށްވުރެން އޭނާގެ ފަހަތުން އިވުނު ފިޔަވަޅު ހަގީގަތަކާއި މާވައްތަރެވެ.
ފަހަތުން އެއްވެސް ކަހަލަ ކަމެއް ނުފެނުމުން ބިރުން ތުރުތުރު އަޅާހާލު އޭނާ ކުރިޔަށް ބަލައިލިވަގުތު ދިޔައީ ސިއްސައިގެންނެވެ.ލައިގެން ހުރީ ކަޅު ހޫޑީއެކެވެ. ބޯވަނީ ލައިގެން ހުރި ކަޅުކުލައިގެ ހޫޑީގެ ހުޑްއިން ނިވާކޮށްފައެވެ. އޭނާގެ ކަނާއަތު ލޯފިޔަވައި މުޅި މޫނު ވަނީ ކަޅުކުލައިގެ ރަބަރު މާސްކަކުން ނިވާކޮށްފައިއެވެ. ކަޅުކުލައިގެ ކަޅިން ފެނިގެންދަނީ ނުރައްކާތެރިކަމެވެ. އަތަށް ވެސް ވަނީ ފިޓްކޮންހުރި ކަޅުކުލައިގެ ރަބަރު އަންގިއެއް ލައްވާފައެވެ. އަރާފައިވާނީ ހުސްކަޅުގެ ބޫޓަކަށެވެ. އެމީހާ ހުރިގޮތުން އެއީ އަންހެނެއް ކަމެއް ނުވަތަ ފިރިހެނެއް ކަމެއް ނީނގެއެވެ. އޭނަގެ މުޅި ހަށިގަނޑުން ވެސް ހަމައެކަނި ފެންނަނީ ކަނާއަތު ލޮލެވެ.
ޒީވާއަށް ފަހަތައް ޖެހިލެވުނެވެ. އެ ސޫރައަކީ އޭނާއަށް ކޮންމެވެސްތާކުން ފެނުނު ސޫރައެކެވެ. ސިކުނޑިޔަށް ބާރު ލާގެން ވިސްނުމުންވެސް އޭނާގެ އެކައްޗެއްވެސް ނުވިސްނުނެވެ. އޭނާގެ ބޮލައް އަރާ ރިހުންގަނޑުވެސް އަރައިގަތީ އެވަގުތެވެ. ނަމަވެސް އޭނާ ކެތްތެރިވިއެވެ. އޭރު ބިރުން ރޫރޫ އަޅަމުންދިޔަ ކުއްޖާ ހުރީ ދާހިއްލާ ފޯވެފައެވެ.
“ހަނދާންވޭތަ އަހަރެން.. މީގެ ބާރައަހަރު ކުރިން ލިވީއަށް އެއްމެ އެގާރައަހަރުގަ އަހަރެން އައި ހަމަ މިހެންނެއްނު … ހައްހައްހަ… ވަރަށް ހަމަޖެހިލާގެން ދޯ ތިހުންނަނީ.. އެކަމަކު ތިހެންނެއް ނުހުރެވޭނެ މާގިނަ ދުވަހަކު..ހަނދާންކުރާތި ކަލޭގެ ހަނދާންތައް އެބުރި އަންނަދުވަހަކީ ކަލޭގެ ފަހު ދުވަސްކަން…” އެމީހާ ، ޒީވާގެ ގާތައް ޖެހިލަމުން ބުނެލި ބަސްތަކުން ޒީވާއަށް އެމީހާ އާ ދިމާލަށް ބަލައިލެވުނީ ލިވީ ގެ ނަމުން މުހާތަބް ކުރުމުންނެވެ.
އޭނާ ޒީވާގެ މޫނުގައި ދެއަތުން ހިފާލަމުން އިތުރަށް ގާތްވާން މަސައްކަތް ކުރިއެވެ. ނަމަވެސް އެވަގުތު ފާހާނާގެ ދޮރު ހުޅުވާލި އަޑަށް އޭނާ އަވަސްވެގަތީ ދާށެވެ. “ވިލް މީޓް ޔޫ ސޫން ލިވީ ބޭބް..” ޒީޥާގެ ކަންފަތް ދޮށާއި އޭނާގެ އަނގަ ކައިރި ކޮށްލުމަށްފަހު ބުނެލިއެވެ. އެ އަޑަކީ އޭނާ ދަންނަ އަޑެކެވެ. އެމީހާ ކައިރިވުމުން އެކުރުވި އިޙްސާސެވެ. އެ އިޙްސާސަކީ އޭނާ އަށް އޮޅޭނެ އިޙްސާސެއް ނޫނެވެ. ނަމަވެސް އޭނާގެ ހަނދާނަށް އެކަންކަން ނާންނަނީ ކީއްވެހެއްޔެވެ. ޒިވާ ހުރީ ބޯ ހާސްވާ ގޮތްވެފައެވެ.
ފާހާނާއިން ނުކުމެގެން ޔޫމީންއައި އިރު ޒީވާ ހުރޮގޮތްފެނި އެނާއަށް ޒީވާގެ ގާތައް އާދެވުނުގޮތް ވެސް ނީނގުނެވެ. އެހުރިގޮތުން ބޮޑުކަމެއް ވެއްޖެކަން ޔޫމީންއަށް އިޙްސާސްވިއެވެ.
“ކިހިނެތް ޒިވީ.. މީހަކު ކަމެއް ކުރީތަ ..މީހަކު އައީތަ އަހަރެން ދިޔަތަނާ..” ޒީވާގެ އަނގައިން ބަހެއް ނައުމުން ޔޫމީން ވަށައިގެން ހޯދައިލީ މީހެއްގެ ހިލަމެއް ވޭތޯއެވެ. ނަމަވެސް ދިރޭ ފުރާނައެއްގެ ހިލަމެއް އެތާކުން ނުވެއެވެ. ގަބުވެފައި ހުރި ޒީވާ އަތުލަފިކޮށްގެން ޔޫމީން ހިނގައިގެން އިރު ޒީވާގެ ގައިގާ މަޑު ތުރުތުރެއްވާކަން ޔޫމީންއަށް ފާހަގަވިއެވެ. ޔޫމީން އަވަސްއަވަހަށް ކުރުގޮތަކަށް ޒީވަގެ ހާލަތު ކިޔާދިނުމަށްފަހު ކައިވަން އަށް މެސެޖެއް ކޮށްލީ އެމީހުން ބަލާއައުމަށް އެދެފައެވެ.
ޔޫމީން، ޒީވާ ގޮވައިގެން ގޮސް ހޮސްޕިޓަލްގެ ގޯތިތެރޭގައިވާ ބެންޗެއްގައި އިށީންދެލިއެވެ. މާގިނައިރެއް ނުވެ ކައިވަން ވެސް އައެވެ. އެވީ ވަގުތު ކޮޅުގެ ތެރޭގައިވެސް ޒީވާގެ ފަރާތުން ބަހެއްނީވުމުން އަދިވެސް އޭނާ ހަމަޔަކަށް ނޭޅޭކަން ޔޫމީން ދެނެގަތެވެ. އެހެން ކަމުން ފަހުން އަހަން ހިތުލާ އޭނާވެސް ކާރަށް އަރަން ހިނގައިގަތީ ޒީވާގެ އަތުގައި ހިފާލައިގެންނެވެ. ޔޫމީންގެ މެސެޖްގައި ކަންވީ ގޮތް ކުޑަކޮން ބުނެދީފައިވާތީ ކައިވަން ވެސް އިތުރު ސުވާލެއް ކުރުމެއްނެތި ކާރު ދުއްވާލިއެވެ.
**
އެނދުގައި ފުރޮޅި ފުރޮޅިއޮތް ޒީޥާގެ ސިކުނޑީގައި އުފެދިފައިވާ ހައިޖާނުގަނޑަށް ލުޔެއް ނުލިބި އޭނާގެ ނިދިން މިވަނީ މަޙްރޫމްވެފައެވެ. އެ “ޑިފީ” އަކާއި “ޒާން” އެއްގެ ސަބަބުން އޭނާގެ ހިތުގެ ހަމަޖެހުން ވަނީ ގެއްލިފައެވެ. މިހާރަކަށް އައިސް ޔޫމީން އާއި ކައިވަންގެ އުޅުން ހުންނަގޮތުން އޭނާގެ ހިތް ސައްކާއި ވަހުމުން ވަނީ ފުރިފައެވެ. ރޭގެ ހާދިސާއިންވެސް އޭނާއަށް ދަނީ އިންތިހާ އަށް އުނދަގުވަމުންނެވެ. އޭނާގެ ބޯ ހީވަނީ ފަޅާއިގެން ގޮސްފާނެހެންނެވެ. އެހެން އޮވެއޮވެފައި ހަޅޭއްލަވައިގަތެވެ. ކުއްލިޔަކަށް އޭނާއަށް ސިހުން ލިބުނީ ބަންގީގެ އަޑުންނެވެ. އަވަސް އަވަހަށް ތެދުވަތީ ނަމާދުކޮށްލުމަށެވެ. މިއަދަކީ ޒީހާންގެ ކައިވެނި ކުރެވޭ ދުވަހުގެ އިތުރު އެމީހުން ސުވިޒަލޭންޑަށް ދާން ހަމަޖެހިފައިވާ ދުވަސް ކަމުން ބޮޑުދުވަހަކަށް ވާނޭކަން ގައިމެވެ.
ނަމާދުން އަވަދިވެގެން ޒީވާ އަވަސް ވެގަތީ ފޮއްޓަށް ނޭޅި ހުރި ސާމާނުކޮޅު އެޅުމަށެވެ. ފުރަން ހަމަޖެހިފައިވަނީ ހަވީރު ފަހަކަށް ނަމަވެސް މެންދުރު އެކެއްޖަހާއިރު ކުރެވެންއުޅޭ ޒީހާން ގެ ކައިވެނީގެ ކަންކަމުގައި އެހީވުމަށް ދިޔުމަށްޓަކައި ޒީވާގެ އަތްމަތި ބެހެއްޓި ނުހަނު ހަލުވިކޮށެވެ. ގެންދަންޖެހޭ ހުރިހާ ސާމާނެއް އަޅާލެވުމުން އޭނާ ހަމަޖެހުނެވެ. ފޮށި ލައްޕާލުމަށްފަހު ލޮކް އަޅުވާލަނިކޮން ދޮރުގައި ތަކިދޭ އަޑު އިވިގެން އޭނާ ކުރަންހުރިކަންތައް ނިންމާލުމަށްފަހު ދޮރު ހުޅުވި އިރު ނީކިޔާއެވެ.
“މިނީ..ކޮބާ ކުޑަބެ… ބަނޑުހައިވީތަ..”ނީކިޔާ އުރާލަމުން ޒީވާ ހިނގައިގަތްއިރު ނީކިޔާ ހުރީ ކޮންމެވެސް ކަމަކާ ރުޅިއައިސްގެން ކަން އޭނާއަށް އިނގުނީ ވާހަކަ ދެއްކުމުންވެސް ތުންދަމާލައިފާ ދުރުބަލާލުމުންނެވެ. ” ކިހިނެތްވީ ދޮންތިގެ ދޫނީ..ކުޑަބެ ކިހިނެތް ހެދީ..” ހިނިއައި ނަމަވެސް ޒީވާ، ސިޑިންފައިބަމުން ނީކިޔާ ގާތު އަހައިލިއެވެ. އޭރު އޭނައަށް ސިޓިންރޫމު ސޯފާގައި ގޭމްކުޅެން އިން ކައިވަން ފެނުނެވެ. ” އޭނީ އެއްނު އަޅުގައަށް ފޯނު ނުދީ ގޭމްކުޅެން…މިނީ އަތް ލީމަ ބުނީ ބޮޑު ކުދިންނޭ ފޯނުގަ އަތްލާނީ.. ދެން މިނީއަށް ވެސް ބުނެވޭނެ ކުޑޭ އަކީ ބޮޑޫ ކުއްޖެއްނޫނޭ..” ދެލޯ އަޅައިލާގެން ކައިވަންއަށް ބަލަން އިނދެ ނީކިޔާ ބުނެލިއެވެ. ކައިވަން އިނދެފައި ދެލޯ ހަނިކޮށްލާފިއެވެ. ” އެ ކީއްވެ ކުޑޭ ބޮޑު ނޫނީ..” ޒީވާ ހިނިއައިސްފަ އަހައިލިއެވެ. “ކުޑޭ ބުނީ ބޮޑު ކުދިން އެއްޗިސް ކިޔާފަ އެންޑް ނުއެއް ތޮޅޭނެޔޭ ..އެކަމު ކުޑޭ އާއި ޔޫމީ ދައްތި އަބަދު ތޮޅެނީ..އެއްޗިސް ކިޔާފަ..އެހެންވެ އެއީ ބޭބީސް އެންނު ދޮންތީ..ދެން ފޯނު ނުގެންގުޅޭވޭއެންނު ބޭބީސްއަކަށް..މިނީ މާ ބޮޑު ..މިނީ ނުސް ތޮޅެންވިއްޔަ” ކައިވަން އާއި ދިމާލަށް ދެލޯ އަޅާލައިގެން އިނދެ ނީކިޔާ ބުނެލި ވާހަކައިން ޒީވާގެ ހިނިގަނޑު ފަޅައިގެންދިޔައެވެ. ކައިވަންއިނީ އަނގަ ސަކަރާތްވެފައެވެ.
ހެމުންހެމުން ޒީވާ ނީކިޔާގެ އަތާ އަތް ޖަހާލިއވެ. އޭރު ނީކިޔާވެސް އިނީ ހެވިލާފައެވެ. “އާން ހަމަ އެއީ ބޭބީސް.. އަދި ވާނެ ދޮންތިޔާ ދެކުދިން ކުޑޭއަށް ލަނޑެއް ދޭން ދޯ ..އަން ދޮންތިގެ ފޯނު” ކުލްސޫމާއާއެކު ސައިހެދުމަށް ޒީވާ ހިނގައިގަތީ ނީކިޔާ އަތައް އޭނާގެ ފޯނު ގޭމަކަށްލާފައި ދިނުމަށްފަހުއެވެ. އޭރުވެސް އޭނާ ހުރީ ކައިވަންއަށް ވީގޮތްފެނި ހިނިއައިސްފައެވެ. ނީކިޔާ ވެސް ނުލަފާ ވައްތަރަކަށް ހެވިލާފައި އިންތަންފެނި ކައިވަން ދެލޯ ހަނިކޮށްލައިގެން އިނެވެ.
***
ޔޫމީން ހޭލެވުނީ ނުވައެއްޖަހަން އުޅެނިކޮންނެވެ. އަވަސް އަވަސް ކޮށްލައިގެން ޒީވާ މެންގެ ބަޔަށް ދިޔައިރު ސިޓިން ރޫމުގައި ތިބީ ފިރިހެން ގުރޫޕެކެވެ. ކައިރީގައި ޒީހާންވެސް އިނުމުން އެއީ އޭނާގެ ރަހްމަތްތެރިންކަން އިނގުނެވެ.ކޮންމެ މީހަކު އަތުގައި އޮރެންޖު ހޫސްތައްތެއް އިނެވެ.
ޔޫމީން ދިޔަގޮތައް ގޮސްކާގެއަށް ވަންއިރު ޒީވާއާއި ޔިރާއާއި އަންހެންކުދިންގެ ގުރުޕެއް އެއްޗިސްކޮށާ ހަދަން ތިބުމުން ޔޫމީންވެސް ވަނެވެ. ޔޫމީން ފެނުންތަނާހެން ޒީޥާ އައުމަށް އެދި ގޮވައިލިއެވެ. ޔޫމީންވެސް ތައްޓެއްހިފައިގެން ފިޔާ ނޮޅަންފެށިއެވެ. “ކޮބާ ދައްތަމެން..”ޔޫމީން އަހައިލީ ބޮޑުމީހެއްގެ ހިލަމެއްނުޥާތީ އެވެ. “އޯހް މަންމަމެން ކައްކަނީ ..އެބޯޅެ ބޮޑުދައިތަމެންނާއި މާހިދާއްތަމެންވެސް ޓެރެސްގަ.. ތިއްތިބެ މެންވެސް އެތައް ރެޑި ކުރަން އުޅެފަ ޖޫސް ބޯން އެއައީ ..” ޒީވާ ކިއައިދިނެވެ.
“ޒީހާން ހުންނަނި ވަރަށް ދެރަވެފަ..އެހާ އަވަހަށް ތިމީހުން ދާތީ.. “ޔިރާ ދެރަވެލާފައި ބުނެލިއެވެ. “އާނ ދޯ މިނީ ގެ ކިޔެވުމާއި އަހަރެމެން ތިންމީހުންގެ ކިޔެވުން ވަރަށް ގާތްވެފަ އޮތި ..ސޯ އަވަހަށް ނުގޮސް ވާނެ ގޮތެއް ނެތް..” ޒީޥާވެސް ހުރި ދެރަވެފައެވެ. “ހަމައެކަނި އާއިލާ މީހުން އަންނާނީ އެހެންވެ އަސްލު އަމިއްލައަށް ކައްކާލާ ގޮތައް ހަމަޖައްސާލި.. ޕާޓީ އެހާ ބޮޑުކޮން ބާއްވާކަށް އަސްލު ބޭނުމެއްނުވޭ ދެމީހުން ވެސް” އެހެންކުއްޖަކު ކުރި ސުވާލަށް ޔިރާ ޖަވާބުދިނެވެ.
މަޖާމާހައުލެއްގައި ތިބެއެގާރަ ޖަހަންވާއިރަށް ކައްކާލާ ނިމުންއިރު ގޭގެ ޓެރެސްވެސްވަނީ ނުހަނު ފުރިހަމައަށް ތައްޔާރުކޮށްލާފައެވެ. ހުރިހާ މީހުން އަވަސްވެގަތީ ފެންވަރާލައިގެން ކައިވެނިކުރާތަނައް އަވަހަށް އައުމަށްށެވެ.
ފެންވަރައިގެން ނަމާދުކޮށްލާ ހަދާލެވުނީ ޒީޥާއަށް ހަމަކިރިޔައެވެ.ދެ އާއިލާގެ ގިނަބަޔަކު އައިސްފައިވުމުން ބާރުބޮޑުވީއެވެ.
ކަޅުކުލައިގެ އަތްދިގު މެކްސީގައި ޒީވާ ވަރަށްލޯތްބެވެ. ކަކުލާއި ހަމާލުން މެކްސީ ފަޅާލައިފާހުރި އިރު އެތެރެއިން އައިސްބުލޫ ސްކިނީ އެއް ލައިފައިވުމުން ނުހަނު ރީއްޗެވެ. އެ ފަން ފަން އިސްތަށިކޮޅު ފަހަތަށް ވަނީ ދޫކޮށްލެވިފައެވެ. ސިޑިން ފައިބާގެން އައި ކައިވަން އަށްވެސް ބަލައިލެވުނީ ޒީވާގެ ރީތިކަން ފެނިއެވެ. ނަމަވެސް އަވަސްއަވަހަށް ދެފަރާތައް ބޯހޫރުވާލި ޒީވާއާއި މެދު އެހިތުގައި އުފެދިފައިވި އިޙްސާސްތައް އެހިތުން ފުހެލުމަށް އަމިއްލަ ނަފްސަށް ކުރި ވައުދާއި އޭނާއަށް ހިލާފްވެވިދާނެކަމުގެ ބިރަށެވެ.
ޒީވާއާއި ވާހަކައަޅުވާލުމަށްފަހު ކައިވަން ތިރިޔަށް ފޭބިއިރު އޭނާގެ ލޮލުގައި ޔޫމީން އަޅައިގަތެވެ. ހުސް ކަޅުގެ މެކްސީއެއްގައި ހުރި އިރު ޒިވާގެ ހެދުމާއި ހިލާފަށް އެހެދުމުގައި އެއްވެސް ތަންކޮޅެއް ފަޅާލައިފައެއްނު ވެއެވެ. އޭނާގެ ފަން އިސްތަށިގަނޑުވަނީ އެއްފަރާތަކަށް ގެނެސް ކަޅުވޫލުކޮޅަކުން އައްސާލާފައެވެ. މެރޫންކުލައިގެ ލިޕްސްޓިކަކުން އެ ތުނި ތުންފަތް ފަވާލައިފާވުމުން ވަރަށް ލޯބިގޮތެއް ހުއްޓެވެ.
ކައިވަން އަތުގެ އިޝާރާތުން ޒީވާއަށް ޔޫމީން ދައްކާލިއެވެ. “އަހަރެން މިކިޔަނީ ކޮން އެނދެރިގަނޑެއް ބާއޭ މިވައްޓާލި މިގެޔައް މިއޮއްފަދަ ގަޑީގަ.. ބަލައިލި އިރު ޔޫމީން.. ކިހިނެތް ދޯ އިނގޭނީ ކަޅުން ފެންވަރާލައިގެން އައިސްފަ ހުރީމަ ވަކިކުރަން ވެސް..” ޔޫމީންގެ ރީތިކަމައް ހިތާހިތުން އެއްބަސްވެވުނަސް ކައިވަން ދިމާކޮށްލީ ޔޫމީން ރުޅިއަރުވާލުމަށެވެ. “ޔޫ.. އަހަރެން ވާ ހީވެ ލިޕްސްޓިކްވެސް ހުރީ މެރޫން ކުލައިގައޭ.. އޯވް.. މަށައް މިފެންނަނީ ކެރޮޓް ރީދޫ ކުލައިގެ ގަމީހަކާ ފެހިކުލައިގެ ޖިންސެއްގަ ހުއްޓަ ދޯ” ކައިވަން އާއި ދިމާލައް އިނގިލި ދިއްކޮށްލަމުން ކައިވަން ލާފައިވާ ކަޅުކުލައިގެ ގަމީހާ ކަޅު ސްކިނީއަށް ބަލައިލަމުން ޔޫމީން ބުނެލީ ދޫ ވެސް ނެރެލާފައެވެ. ކައިވަން ވެސް ޔޫމީންއާއި ދިމާލަށް ދެލޯ ހަނިކޮށްލިއެވެ. ޔޫމީންގެ ވާހަކަ އިވި ޒީވާގެ ހިނިގަނޑު ފަޅައިގެންދިޔައެވެ.
“ހޫމް ދެމީހުން މިތާގަ ފައިޓް ނުފަށާ ހިނގާދަމާ މިހާރު އެއޮތްގެން ކައިވެނިކޮށްދޭން ފެށީ..” އެދެމީހުން ޒުވާބުއަދުއިވި ޒީވާ ދިޔައީ ހެމުންނެވެ. ދެމީހުންގެ އަތުގައި ހިފައިގެން ކައިވެނި ކޮށްދެމުންދިޔަ ސިޓިންރޫމަށް ދިޔައެވެ.
“އަނބި ގަބޫލްކޮށްފިން” ޒީހާންގެ ބަސްތަކުން ޔިރާގެ މޫނަށް ފޭދިގެން ދިޔައި ލަދުގެ ރަތްކުލައެވެ.
ކައިވެނިކޮށްނިމުން އޮތް ވަލީމާއަށް ގާޒީއާއި އޭނާގެ ބައިވެރިން އަދި ހެކިވެރިން ގޮވައިގެން ޒުހޫރާއި މައިސަރު ދިޔައީ ޓެރެސްއަށެވެ. އެމީހުންގެ ފަހަތުން އެހެން ފިރިހެނުންތައް ވެސް ދިޔައެވެ. ފިރިހެނުންތައް ކައިނިމުން އަންހެނުންތައް ކާންއަރާ ކައިނިންމާލުމަށްފަހު ޓެރެސް ހަމަޔަކަށް އަޅުވާލެވުންއިރު ތިނެއްޖަހަން ތައްޔާރުވެއްޖެއެވެ. ޔޫމީން ވެސް އެއާޕޯޓަށް ދިޔުމަށް ތައްޔާރުވާން އޭނާ ދިޔުމުން ޒީޥާވެސް ވަނީ ތައްޔާރު ވާށެވެ. އޭރު ޔިރާ ނީކިޔާ ގޮވައިގެން ރީތިކޮށްލުމަށްޓަކައި ނީކިޔާގެ ރޫމަށްވަނުމުން ކައިވަން ވެސް ތައްޔާރުވެލަން ވަނެވެ.
ޒީހާން ޔޫމީންގެ ފޮށިބަލާ ދިޔައިރު ޔޫމީން ހުރީ އޭނާގެ އެޕާޓްމަންޓް ލޮކުކުރާށެވެ. ” އަހާން.. ކޮބާ ތައްޔާރުވެވިއްޖެތަ..ބޭބެ މިއައީ ފޮށިބަލާ” ޒީހާން ހިނިތުންވެލަމުން އަހައިލިއެވެ. “ޔާ..ރެޑި ހަމަ..” ބަދަލްގައި ހިނިތުންވުމެއް ރައްދުކޮށްލަމުން ޔޫމީންވެސް ބުނެލިއެވެ. “ކޮއްކޯ .. ޒީވާއަށް ބަލާތި..ކުރިންވެފަ އޮތްގޮތުން އަސްލުހިތައް ވަރަށް އުނދަގުވޭ ޒީވާ އެތަނައް ފޮނުވަން..ބައްޕަވެސް ހިތާ ދެކޮޅަށް އެފޮނުވަނީ..ޒީވާއާއި ދިމާ ބަލާތި..”ޔޫމީންގެ އަތުގައި ހިފާލަމުން ޒީހާންއެދުނީ އާދޭހާއެކުއެވެ. “ޔެސް ބޭބޭ..ޒީވާއަކީ ހަމައަހަރެން ކޮއްކޮފަދަ ކުއްޖެއް..” އެއަތައް ބާރުކޮށްލަމުން ޔޫމީން ބޯޖަހާލި ޔަގީންކޮށްދޭ ފަދައަކުންނެވެ.
***
ފުރަން ވެގެން އެއާޕޯޓަށް ގޮސް މަޑުކުރާނެ ވަގުތެއް ނުލިބުނެވެ. ޗެކިންވެލުމަށްފަހު މަޑުނުކޮށް ފްލައިޓަށް އަރަންދާން ޖެހުނީ އެވެ. ވަދާއުގެ ސަލާމްކުރަމުންދިޔަ ވަގުތު އެންމެންގެ ލޯތައްވެސް ވަނީ ކަރުނުން ފޯވެފައެވެ. ހާއްސަކޮން ޔިރާއެވެ. ތުއްތު ދަރިފުޅު އޭނާއާއި ވަކިން ދުރަށް ދާތަން ބަލަން އެނާއަކަށް ކެތެއްނުވިއެވެ. ރޮމުންރޮމުން އެކުއްޖާގައިގާ ބައްދާލައިގެން ހުރެ އެތަންމިތަނުގައި ބޮސްދިމަށްފަހު ދުރުވާން ޖެހުނީ ކައިވަން އައިސް ނީކިޔާ އުރާލުމަށްފަހު ދަނީކަމަށްބުނުމުންނެވެ. “މަންމީ އަދި އަންނާނަމޭ..ކޮންމެ ދުވަހަކު ވީޑީއޯ ކޯލް ކުރާނަން.. ދެން ނުރޮވެ..”ނީކިޔާ ،ޔިރާގެ ދެލޮލުންއައިސްފައިވި ކަރުނަތައް ފުހެލުމަށްފަހު ސަލާމް ކޮށްލިއެވެ. އެއަށްފަހު ހަތަރު މީހުން އެކުއެކީ ބޯޓަށް އެރުމަށްޓަކައި މިސްރާބު ޖެހިއެވެ.
****
ބާރަ ގަޑިއިރުގެ ދަތުރަކަށްފަހު ސުވިޒާލޭންޑުގެ ޒިއުރިކްގެ ވައިގެ ބަދަރައް ފުލައިޓް ޖެއްސިއެވެ. ތިންމީހުންއަދި ކުޑަ ނީކިޔާ ވެސް ތިބީ ވަރުބަލިވެގެން ހަލާކުވާވަރުވެފައެވެ. ފިނި މޫސުންކަމުން އެންމެންވެސް ބޯޓުން ފޭބީ ފިނީގަ ލާ ހެދުންތައް ލައިގެންނެވެ. ޔޫމީން ނީކިޔާ އުރާލައިގެން ފައިބަން ދިޔައިރު ކައިވަންވެސް ނީކިޔާގެ އަތްދަބަހާއި ޔޫމީންގެ އަތްދަބަހާއި ކައިވަންގެ ދަބަސް ހިފައިގެން ޔޫމީންގެ ފަހަތުން ނުކުތެވެ. ޒީވާވެސް ސީޓްބެލްޓް ނެއްޓުމަށްފަހު އޭނާގެ އަތްދަބަހާއި ޔޫމީން އޭނާއަށް އަށް ދިން ކަޅުކުލައިގެ ކެހެރި ކޯޓާއި މަޑުމުށިކުލައިގެ ކޯރި އަޅައިލަމުން ނުކުތެވެ.
ސިޑީގެ ހަރުފަތްތައް ގިރާކޮށްލުމަށްފަހު އެބިމަށް އަޅާއިލި ފުރަތަމަ ފިޔަވަޅު ނޭނގޭ ސަބަބަކާއި ހެދި އޭނާ ގަނޑުކޮށްލިއެވެ. ކައިވަން އާއި ޔޫމީން ފަހައްބަލައިލި އިރު ޒީވާ ހުރިގޮތްފެނި އެމީހުންނަށް ޒީވާގެ ގާތަށް އާދެވުނު ގޮތްވެސް ނޭނގެއެވެ. “ހެލޯ މޭމް.. އެކްސްކިއުޒް މީ..”ފަހަތުން އައި ސުވިޒާލެންޑްގެ ރައްޔިތެއް ޒީވާ ހުރުމުން ނުދެވިގެން ވާހަކަ ދެއްކީ ރުންކުރުވެލާފައެވެ. ކައިވަން އައިސް އަވަސް އަވަހަށް ޒީވާގެ އަތައް ދަމާލުމަށްފަހު ބޭލިއެވެ. އޭރުވެސް މީހަކު ހޯދާފަދައިން ޒީވާ ދިޔައީ މުޅި ސަރަހައްދުބަލަމުންނެވެ. “ޒީވާ..ޒީވާ..ޒީ..ވާ” ކައިވަން ދެތިން ފަހަރަކު ގޮވައިލުމުންވެސް ޒީވާގެ އެކަމެއްނުހުއްޓިއެވެ. އެންމެފަހުން ކައިވަން ތަންކޮޅެއް ބާރަށް ޒީވާގެ ދެކޮނޑުގައި ހިފާ ތަޅުވައިގަތުމުން ހަމަ ހޭވެރިކަން އޭނާއަށް ވެގެން ފުރަތަމަ ވެސް ކޯތާފަތް ތެމޭހެން ހީވުމުން ކޯތާފަތުގައި އަތް ޖައްސާލެވުނެ ވެ. ހޯސްލާފައި އެދެލޮލުން ފައިބަމުން ދިޔަ ކަރުނަތައް ފުހެލިއަތްތިލަ އަތް ބިރެއް ފެނުނުފަދައިން އެނާ ބަލައިލިއިރު ދެލޯ ވެސް ބޮޑުކޮށްލައިގެންނެވެ. ޒީވާ އަށް މިވާ ގޮތުން އޭނާ ރަނގަޅަށްވެސް ހުރީ ބޯ ހާސްވެފައެވެ.
“ހޭއި..އާރ އޯކޭ ” ޔޫމީން އާއި ކައިވަންގެ އަޑުވެސް އޭނާގެ އަށް ނީވޭ ކަހަލައެވެ. އޭގެ ފަސްވަރަކަށް މިނެޓްފަހުން ހަމަޔަކަށް ހަމަޔަކަށް އެޅިލުމުން ހާސްވެފައި އޭނާއާއި ސުވާލުކުރަން ތިބި ކައިވަން އާއި ޔޫމީން ގޮވައިގެން ހިނގައިގަތީ އޭނާ ރަނގަޅުކަމަށް ބުނެ އެތަނުން ނުކުތުމަށެވެ. ފްލައިޓްއިން ފޭބި މީހުންގެ ނަޒަރުވެސް އެމީހުންނަށް ހުއްޓިފައިވާތީ ޒީވާ އިތުރަށް ހުއްޓެން ވެސް ބޭނުންނުވީ އެވެ.
ލަގެޖްތައް ނެނގުމަށްފަހު ތިންމީހުންވެސް އެއާޕޯޓުން ނުކުމަންނަށް މިސްރާބު ޖެހިއެވެ. “ހޭއި އަހަރެމެން ދެން ދަނީ އިނގޭ .. ޔޫމީން ވެސް ބަލާގެން ގެޔާއި ހަމަޔަށް ދާތި..”ކައިވަން ހިފައިގެން ހުރި ފޮށިތަކާއި އެކު މަޑޫކޮށްލަމުންބުނެލިއެވެ. “ޔެސް.. މިހާރު ފަތިންނަމާދު ބަންގިގޮވައިފި… މެންދުރުން ތިގޭ ހޯދައިގެން ދާނަން…އަހަރެން ގުޅީމަ ފޯނު ނަގާތި..ހުރިހާ މީހުންނަށްވެސް އެންމެންގެ ނަމްބަރު އިނގެއެންނު ދޯ.. އެކޮޅުގަ ތިބެފަ ދިނީމެންނު ދޯ… ސޯ އަހަރެން ގުޅާނަން..”ޔޫމީން ޒީވާއާއި ނީކިޔާގެ ގައިގާ ބައްދާލުމަށްފަހު ބުނެލިއެވެ. “ޔާ ..ޔޫމީ.. ގެޔަށް ގޮސްފަ ރެސްޓް ކޮށްލާ .. ގުޅާތި އިނގޭ” ޒީވާވެސްޔޫމީންގެ ކޮލުގައި ހިފާލަމުން ބުނެލިއެވެ.
ކައިވަންވެސް ޒީވާ އާއި ނީކިޔާ ގޮވައިގެން ޓެކްސީއެއްގައި އެމީހުންގެ މަންޒިލަށް މިސްރާބުޖެހީ ޔޫމީންވެސް ޓެކްސީއެއްގައި އޭނާގެ ގެޔަށްދާން މިސްރާބުޖެހީމައެވެ.
***
ގަޑިއިރެއްހާއިރު ފަހުން ދުއްވުމަށްފަހު އެމީހުންގެ މަންޒިލަށް އާދެވުނެވެ. ކާރަށް އެރުމަށްފަހު ގެޔަށް އާދެވެންދެން އައިމަގުމަތީގައި ޒީވާއާއި ނީކިޔާ ކާރުގެ ބިއްލޫރިގަނޑުން ބޭރުން ބަލަންތިބެ ވާހް ވާހް ކިޔަމުންދިޔަ ގޮތްފެނި ކައިވަން އިނީ ހިނިއައިސްގެން ހަލާކުވާވަރުވެފައެވެ. ދެތިންފަހަރަކު އެމީހުންނާއި ދިމާކޮށްލުމަށް އެއްޗެއް ބުނެލިނަމަވެސް ދެމީހުން ލޯއަޅާއިލިގޮތުން ކައިވަން އިނީ އެމީހުންގެ ހަމަލައެއް އައިސްފާނެތީ މަޑުންނެވެ. ނަމަވެސް އެތެރެއިން އޭނާއިނީ ހީހީއެވެ.
ޒިއުރިކުގެ މީހުން ދިރިއުޅޭ އަވަށް ނިމޭ ހިސާބުގައި އެންމެ ފަހަތައްހުރިގޭގެ ދޮރުމައްޗައް ކާރު މަޑުކޮށްލުމުން އެއީ އެމީހުންގެ މަންޒިލްކަން ކައިވަން އަށް އިނގުނެވެ. އެތަކެއްފަހަރު ފޮޓޯއިން އޭނާއަށް އެގެވަނީ ފެނިފައެވެ. ހަތަރުބުރީގެ ހެޔޮވަރުވަރުގެ ގެޔެއެކެވެ.ކޮންމެ ބުރިއެއްގަވެސް ބެލްކޮޏިކޮޅެއް ވާއިރު ބަލާލަން ނުހަނު ނަލައެވެ. މަޑުއަޅިކުލައިގެ ގެއެކެވެ. ގޭގެ ވަށައިގެންވަނީ ހަތްވަރަކަށް ފޫޓު ހުރި މަޑުއަޅިކުލައިގެ ވަށާފާރެކެވެ. ކަޅުކުލައިގެ ގޭޓް ވަނީ ލޮކްކޮށްފައި އެވެ. ކައިވަން ޖީބުން ތަޅުދަނޑީ ނެނގުމަށްފަހު ކާރުގެ ޑިކީ ތެރޭގައި ވި ފޮށިތައް ޑްރައިވަރާއިއެކު ނެގިއެވެ.
ޒީވާއަށް އެގޭގެ ރީތިކަން ބޭރުންފެނިވެސް ހުރީ އާޝޯހްވެފައެވެ. ނަމަވެސް ނޭގޭ ސަބަބަކާއިހުރެ އޭނާގެ ހިތްދިޔައީ ބާރުބާރަށް ތެޅެމުންނެވެ. ގެޔާއި ދިމާލަށްބަލަން ހުރި ޒީޥާއަށް ސިހުން ލިބުނީ ކުއްލިޔަކަށް ޖެހިލިވައިރޯޅިއަކުން އޭނާގެ އިސްތަށިގަނޑު ހެލިލުމުންނެވެ. ނަމަވެސް އެހެންވާނީ ކިހިނެތް ހެއްޔެވެ. އެއީ އެފަދަ ވައިޖެހޭ މޫސުމެއްވެސް ނޫންވިއްޔާއެވެ. މިޙާރުވެސް ދަނީ ސްނޯ ވެހެމުންނެވެ. ޒިވާ ވަށައިގެން ބަލައިލިނަމަވެސް އޭނާއަކަށް އެ ވައިރޯޅިގެ އިތުރު ހިލަމެއް ނުވިއެވެ. އޭނާހުރީ ހިތްބިރުގަނެފައެވެ.
“ކުޑޭ ކޮންނޭމެއްތައް ކިޔަނީ މިގެޔަށް” ނީކިޔާ ކައިވަން ކައިރީގައި އަހައިލިއެވެ. ” މިގެޔަށް ކިޔަނީ ބުލޫބެލް ކޮޓޭޖް” ކައިވަންގެ ބަސްތައް އޭނާ ވޯހް އޭ ބުނެލައިފިއެވެ. ޒީވާ އަށް ވަމުންދިޔަގޮތް ކައިވަންއަށް ސިއްރެއް ނުވިއެވެ.. ނަމަވެސް އޭނާނޭގޭ ކަމަށްހެދީ އިހަށް މަސްލަތައްބަލައިފައެވެ.
އެގެއިންނަ ގޮތް އެ ތިންމީހުންނަށް ވެސް ވަރަށް ކަމުދިޔައެވެ.މީހުން އުޅޭ އަވަށް ނިމޭ ހިސާބުކަމުން އެގޭކުރިމަތީގައިވި މަގުން ދުއްވާތަކެތި ވަރަށް ނުދެއެވެ. “ބުލޫބެލް ކޮޓެޖް”އާއި ޖެހިގެން ހުސްބިންކޮޅެއްއޮވެފައި އޮތީ ޒިއުރިކްގެ ބިޔަ ޖަންގަލިފެށޭ ހިސާބެވެ. “ބުލޫބެލް ކޮޓެޖް” ކުރިމައްޗައްވާޙެން މަގުގެ އަނެއްފަރާތުގައި ހުރީ އަތްބުރީގެ އިމާރާތެކެވެ. އެގެޔާއި ޖެހިގެންވެސް ހަމައޮތީ ހުސްބިންކޮޅެއް އޮވެފައި ޒިއުރިކްގެ ޖަންގަލި ފެށެ ހިސާބެވެ.
ގެޔަށް ފޮށިތައް ވައްދަމުންގޮސް އެންމެފަހުން އިންފޮށި ވައްދަމުން ބަލައިލި ކައިވަންގެ ނަޒަރު ހުއްޓުނީ ކުރިމަތިގަ ހުރި ގޭގެ ދޮރުމައްޗަށް ކާރެއް މަޑުކުރުމުންނެވެ. އޭރު ޒިވާ އާއި ނީކިޔާގެ ނަޒަރުވެސް ހުރީ އެދިމާލަށެވެ. އެކާރު ދޮރު ހުޅޫވާލުމަށްފަހު ނުކުން މީހާފެނި ތިންމީހުން ތިބީ ވަރުގަދަ ސޮކެއްގައެވެ.
***
ޒީވާމެން ފުރިތާ މާގިނައިރެއް ނުވެ ޒީހާމެންވެސް ހަނީމޫނަށާއި ބޭސްފަރުވާއަށް ކެނެޑާއަށް ފުރުމުން މުޅި “އެވާގްރީން” ގޭތެރެ ވަނީ ފަޅަށެވެ. ގެތެރެއިން އިވޭ ހަމައެކަނި އަޑަކީ ތުއްތު ކައިނާގެ އަޑެވެ. އެ ކުއްޖާ ނެތްނަމަ ޒުހޫރު އާއި ކުލްސޫމާ ފޫހިން ހަލާކުވާނެކަންގައިމެވެ.
ރޭގަނޑުގެ ހިތްގައިމުވަގުތު ނަމަވެސް ޒުހޫރުގެ ލޮލާއި ނިދިވަނީ މާދުރަށް ގޮސްފައެވެ. އޭނާއަށް އަށް މާޒީގެ ހަނދާންތައް އާލާވަނީއެވެ. އެ ހިތިކަމާއި ކަޅުކަންގަދަ މާޒީއެވެ. އޭނާގެ އެންމެ ގާތް ދެ އެކުވެރިންނާއި އެމީހުން މުޅި އާއިލާއާއި ދަރިންތަކުގެ ދިރިއުޅުން ހަލާކުވި މާޒީއެވެ. ޒުހޫރުއާއި ގުޅުމެއްނެތް ނަމަވެސް އޭނާއަށް ހަޔާތުގައި ދަތިވި ދުވަސްތަކުގައި ދެގޮތެއް ނުވި އެހީތެރިވެދިން މިތުރުން ތަހައްމަލު ކުރި ހިތްދަތި ކަޅުދުވަސް އެންމެ ގާތުން ދުއްމީހަކީ އޭނާއެވެ.
އެނދުގައި އިށީންދެ އިނދެފައި ތެދުވެގެންގޮސް އަލަމާރިތެރޭގައި ރައްކާކޮށްގެން އެގޭ އެންމެންނާއި އަދި ކުލްސޫމާއާއި ވެސް ސިއްރުން އޭނާ ގެންގުޅޭ ފޮޓޯ ފްރޭމް ނެގިއެވެ. އެއަށްފަހު އެނދުގައި ކައިނާގައިގާ ބައްދާލައިގެން ނިދިފައި އޮތް ކުލްސޫމާއަށް ބަލައިލުމަށްފަހު ބެލްކޮންޏަށް ޒުހޫރު ނުކުތެވެ.
ބެލްކޮނީގެ ރެއިލިންގައި ލައްގަނެލުމަށްފަހު ފޮޓޯ ފުރޭމަށް އޭނާގެ ނަޒަރު ހުއްޓާލިއެވެ. އެއާއި އެކު ޒުހޫރުގެ ދެތުންފަތް ފޫއަޅުވާލައިފާ ނުކުތީ ވޭނީ ގިސްލުމުގެ އަޑެވެ. އެ ފޮޓޯގަނޑުގައި ޒުހޫރު އާއި ކުލްސޫމާ އާއި އެކުވަނީ އިތުރު ދެއަންހެނުންނާއި ދެ ފިރިހެނުންނެވެ. އެއީ އަހަރުތަކެއް ކުރީގެ ފޮޓޯއެއްކަން ހާމަވަނީ “ބްލެކް އެންޑް ވައިޓް” ކޮން ފޮޓޯގަނޑު ހުރުމުންނެވެ. ޒުހޫރު އަތުން ފޮޓޯ ގަނޑުގައި މަޑުމަޑުން އަތްހިންގާލިއިރުވެސް އޭނާގެ ލޮލުން ފައިބަމުން ދިޔަ ކަރުނަތައް ނުހުއްޓެއެވެ. “ޔާސިރް.. އައްޒާމް..ލަވާލް ..ޔަމްހާ..އައި މިސްޔޫ އެންމެ ބެސްޓް ޕީޕަލް ..” ޒުހޫރު ތުރުތުރު އަޅަމުންދިޔަ އަޑަކުން ބުނެލިއިރު އެހިތައް ވަނީ ނުހަނު ތަދުވެފައިކަން އޭނާގެ ދެލޮލުންފައިބަމުން ދިޔަ ކަރުނަތަކުން ހާމަވެއެވެ.
ޒުހޫރަށް އެ ފޮޓޯގަނޑު މެޔާލާ ބޮނޑިކޮށްލަމުން ދެލޯމަރާލެވުނި އެ ހިޔާލުތައް އޭނާއަށް ކުރެވެން ފެށުމުންނެވެ. އޭނާގެ އެންމެ ގާތް އެކުވެރިންގެ ހަޔާތް ބަނަކޮށްލި މާޒީގެ ހިޔާލްތަކެވެ.
***
( 33 އަހަރު ކުރިން)
…..
****
(ނުނިމޭ)
4 Comments!
Comments are closed.
Stry vrh intresting ?? waiting for next part ??? stay safe ? stay home ??
V. V. V. V reethi maasha Allah ???
Haadha curious kohfa thi nimmaaly???
I love this story ur the best writer ever???
Next part avahah up kohdehchey….
awnnnnn dear ???thank yow a lot?? im so happy to see ur comments darling ♡ ♥?❤??? it means a lot ???v happy vehje maash ge comment fenifa aslah vx ???? insha allah v avahah next part fenigendhaane..i hope maash e part vx thihaa sauguveri kamaa eku kiyaalaane kamah ???? stay safe & love you dear ?? ♡ ♥?❤?
salaam ??… here is the 16th part of hiraas.. i hope you guys will love this part too..???..hurihaa kudhin kihinehtha… sorry igey buni dhuvahah vuren lahun up kohlevunyma.. aslu personal life bxy vumun las vaan medhuveri vee…next part insha allah v avahah up koheleveythw balaanan …???
stay home & stay safe hurihaa kudhin vx ??
tc & ly guyzz ♡ ♥?❤?