ރަހާ ބިރުން އިނދެ ނަދީމް އަށް އެމީހާ ދައްކަމުން ދިޔައެވެ. އެކަމަކު ނަދީމް އެއްވެސް ވަރަކަށް އެކަމާ ހާހެއް ނުވެއެވެ. ” ރަހާ ނެތޭ އެތާ އެކަކުވެސް. ކާކު ފެނިގެންތަ ތިއުޅެނީ ” ނަދީމް ރަހާގެ ދެއަތުގަ ހިފާ ހަލުވާލަމުން ބުންޏެވެ. އެއްފަހަރު އެމީހާއަށް އަނެއްފަހަރު ނަދީމް ރަހާ ބަލަމުން ދިޔައެވެ. ނޫނެކެވެ. އެތާ މީހަކު އެބަހުއްޓެވެ. އެކަމަކު ނަދީމް އަކަށް އެމީހަކު ނުފެނެއެވެ. ރަހާ ގާތު ހަމަޖެހުމަށް އެދި ނަދީމް ބުނަމުން ދިޔައެވެ. ބިރުން އިން […]
ހަމަ އެހިނދުން ރާއިންގެ ކަންފަތްމަތީ އައިނައިތަނެއް ނޭނގި އައި ފަޒީލާ އަތުގަ ހުރި ބާރެއްލާފަ ޖެހިއެވެ. ” ރާއިން ބުނަން ރަނގަޅު ވާހަކައެއް. ނާފިޒު ގައިގަ އިނގިލި ކުރި ޖައްސާލުމުގެ ކުރިން އެންމެ ފުރަތަމަ އަމިއްލަ އަނބިމީހާގެ ފަތިފުށާ އުޅުން ހުރިގޮތް އޮޅުންފިލުވާ. ނާފިޒު މިގެއަށް އައި ފުރަތަމަ ދުވަހު ވެސް ނާލީގެ ހުރިހާ ވާހަކައެއް އަހަންނަށް ވަނީ ކިޔާދީފަ. މިހުރިހާ ދުވަހެއްވަންދެން އެއްޗެއް ނުބުނެ މަޑުކުރީ އާއިލާގެ ހަމަޖެހުމަށްޓަކާ ” ފަޒީލާ ދައްކަމުންދިޔަ ވާހަކަތައް އެއްގޮތަކަށްވެސް […]
މެންދަމުގެ ވަގުތުގަ ނާލީ އަށް ހޭލެވުނީ ފޯން ރިންގުވާ އަޑަށެވެ. ގުޅަނީ ނުޝޫ މަންމަ އެވެ. ޕާޓީއަކަށް ދިޔަ ނަމަވެސް އެންމެ ލަސްވެގެންވެސް ބާރަ ޖެހުމުގެ ކުރިން ގެއަށް އަންނަ ނުޝޫ ދަންވަރު ދޭއްޖެހިއިރުވެސް ގެއަށް ނައިސް ގެންނެވެ. ނުޝޫ މަންމަ އެކޭ އެއްގޮތަށް ނާލީ އަށްވެސް ލިބުނީ ހައިރާން ކަމެވެ. ނުޝޫގެ ރައްޓެހިންގެ ތެރެއިން އެންމެ ގާތްކޮށް އުޅޭ މީހަކީ ނާލީކަން ނުޝޫ އާއިލާ މީހުންނަށް އިނގޭތީއެވެ. ނާލީ ފޯން ބޭއްވުމަށްފަހު ރާއިން އަށް ގޮވާ […]
އަލަތު ކައިވެނިކުރެވޭ ދުވަހަކީ ކޮންމެ މީހެއްގެ ހަޔާތުގަވެސް އަންނާނެ އެންމެ އުފާވެރި ދުވަހެވެ. އެދުވަހަށްޓަކައި ފޮނި އިންތިޒާރު ތަކެއް ނުކުރާ މީހަކު ނުހުންނާނެއޭ ބުނުމަކީ ގޯހަކަށް ނުވާނެ އެވެ. އެގޮތުގެ މަތީން އަހަރަކަށްވުރެ ގިނަ ދުވަހު ލޯބީގެ ގޮތުން ގުޅިގެން އުޅުމަށްފަހު ރަހާ އާ ނަދީމްގެ ކައިވެނި ކުރިއެވެ. ލޯބިން އެކުގައި އުޅުމަށް ވައުދު ތަކާ އަހުދުތައް ވެ ހުވަފެންތައް ދެކެމުން ދިޔަ ދެޒުވާނުންގެ މޫނުމަތިން ފާޅުވަމުން ދިޔައީ އުފާވެރިކަމާ ހިނިތުންވުމެވެ. އަލަތު ކައިވެނީގެ ސަބަބުން ނަދީމްވެސް […]
ކުއްލިއަކަށް ނާލީ ސިއްސައިގެން ދިޔައީ މީހަކު ލޯމަތީ އަތްއެޅުމުންނެވެ. ” ކާކު.. ރާއިން ހާދަ އަވަހަކަށް މިއަދު ތިއައީ ” ނާލީ އަށް ކުރެވުނީ ކުއްހީއެކެވެ. ” ލޯބިވާ ފިރިމީހާގެ ބީހުންވެސް ނޭނގޭދޯ ” މަލާމާތް އެކުލެވޭ ގޮތަށް ނާފިޒު ބުނަމުން ނާލީގެ ލޯމަތިން އަތް ނެގިއެވެ. ” ކަލޭ ތީ ހާދަ ގޮތްކުޑަމީހެކޭ ދޯ. ލަދެއްވެސް ނުގަނޭތަ އަހަރެންނާ ކައިރިވާން ” ނާލީ އައިރުޅިން އިންތަނުން ތެދުވިއެވެ. އަވަހަށް ކޮޓަރިއަށް ދިއުމަށް ދާން ހިނގައިގަތް ވަގުތު […]
” ރާއިން އަހަރެން ވަރަށް ބޮޑު ވާހަކައެއް ބުނަން ބޭނުން ” ނާލީ ބޭނުންވަނީ އެވިޔާނުދާ ނާފިޒު އަކީ އެއީ ކަން ރާއިން އަށް އަންގާށެވެ. ” ރާއިން ނާ.. ނާފިޒު” ނާލީ އަށް ނާފިޒު ގެ ނަންވެސް ބުނެވުނީ އެހާ އުނދަގުލުންނެވެ. ” ކީކޭ ނާފިޒު އަނެއްކާ ކީއްކުރީ… ނާލީ ބުނޭ ” ” ރާއިން ނާފިޒު އަކީ……….. ” ނާލީގެ ޖުމްލަ ފުރިހަމަ ކުރެވުމުގެ ކުރިން ރާއިންގެ ފޯން ރިންގުވާން ފެށިއެވެ. ފޯނު ބޭއްވުމަށްފަހު […]
” ދައްތަބޭ މިއަދު އަންނަނީހެން ހީވަނީ ” ނާލީ މިގެއަށް މިއައި ކުޑަ ދުވަސްކޮޅު ތެރޭވެސް އަދި އެއްފަހަރުވެސް ދައްތަގެ ފިރިމީހާ އެއް ނާދެއެވެ. އާރިފާ ބުނިގޮތުން ވިއްޔާ އެއީ ވަރަށް މަދުން ގެއަށް އައިސް އުޅޭ މީހެކެވެ. އާރިފާ އެހެންނޫނަސް އެމީހަކާ އެހާ ގަޔާވާހެނެއް ނާލީއަކަށް ހިއެއް ނުވެއެވެ. އެއީ ކީއްވެގެންތޯ އަހާލާ ހިތް ނާލީ ވިއެވެ. އެކަމަކު އެންމެން ސައިބޮއިގެން ދަންދެން ނާލީ މަޑުކުރިއެވެ. ރާއިން އޮފީހަށްދާން ނުކުންނަމުން ނާލީގެ ބަނޑުގަ ވިކާލިއެވެ. އެމަންޒަރު […]
އެއްކަމެއް ރާއިން އަށް ޔަގީނެވެ. ނާލީ އަށް ވަރަށް ބޮޑު ކަމެއް ދިމާވެއްޖެއެވެ. އެހެންނޫނީ ނާލީ އަށް ރާއިން އާ އެގޮތަށް ވާހަކަ ދައްކާކަށް ނުކެރޭނެއެވެ. ރާއިން ނާލީ ގޮވައިގެން ގޮސް މަޑުކުރީ ގެއެއްގެ ދޮރު މައްޗަށެވެ. ނާލީ އެއްފަހަރު އެގެއަށް އަނެއްފަހަރު ރާއިންގެ މޫނަށް ބަލާލިއެވެ. ” ހާސްނުވޭ މިއީ އަހަރެންގެ ރައްޓެއްސެއްގެ އެޕާޓްމެންޓް އެއް. އޭނަ ވީ ދުވަސްކޮޅަކަށް ރާއްޖެއިން ބޭރަށްގޮސް. އަހަރެންގެ ގެއަށް ދާން ނާލީ ޖެހިލުންވާނެތީ މިތަނަށް މިއައީ ” ރާއިން […]
ނާލީ ވަރަށް ގިނަ ގޮތްގޮތަށް ވިސްނުމަށްފަހު ދުވަހަކުވެސް ނުގުޅަން ހުރި ނަންބަރަކަށް ގުޅާލިއެވެ. ހަމަ ޔަގީނުންވެސް އެއީ ނާލީއަށް އެހީތެރިވެދޭނެ ކަމުގެ ޔަގީންކަން އޮތް މީހަކަށް ވާތީއެވެ. ދެފަހަރު ގުޅި އިރުވެސް ފޯނެއް ނުނެގިއެވެ. އިތުރަށް މާޔޫސްވަމުން ދިޔަ ނާލީ އިންތިހާއަށް ދެރަވިއެވެ. ކިތަންމެ ހިތްވަރު ކުރަން މަސައްކަތް ކުރި ނަމަވެސް އެދެލޮލުން ކަރުނަ ފައިބަމުން ދިޔައެވެ. ކޮޓަރީ ދޮރުގަ ދެފަހަރު ތިންފަހަރު ޓަކި ދިން އިރުވެސް ނާލީ ހަމަ އިންގޮތަށް އެނދުމަތީ އިނެވެ. ޓަކި ޖަހާނީ […]