އުފާ ވާންވީ ބާވައެވެ. ނޫނީ ރޯންވީ ބާވައެވެ. ރައުލްގެ އިނގިލިން ދޫކޮށްލެވުނީ ބޭއިހުތިޔާރުގައެވެ. ތުއްތު ރައުލް އަވަސް އަވަހަށް އަނެއްކާވެސް ނާޒްގެ އަތުގަ ހިފާލިއެވެ. ހަމައެކަނި އަތުގެ ހިފީ އެއްނޫނެވެ. ” މަންމީ. ކޮއްކޮ އުރާލަބަ ” ރައުލް ބޮޑާ ދައްކަން ފެށުމުން ނާޒް އަށް މަޖުބޫރުވީ ރައުލް އުރާށެވެ. ކުރިމަތީ ހުރި އަކީލްގެ ދެލޮލުން ފާޅުވަމުން ދިޔަ ނަފުރަތުގެ ކުލަވަރު ފާހަގަ ކުރެވުނީ ހަމައެކަނި ނާޒް އަށެވެ. ނާޒްގެ ކޯސް ކުރިއަށް ދަނީ މެލޭޝިޔާ ގައެވެ. […]
ނާޒް ދުވެލާފަ ކަހަލަ ގޮތަކަށް ގޮސް ދޮރު ހުޅުވާލިއެވެ. ފެނުނު މަންޒަރުން ދެލޯ ބޮޑުވެ ނާޒް އަށް ބޭއިހުތިޔާރުގާ އަނގަމަތީ އަތްއަޅާލެވުނެވެ. ދެތިންފިރިހެނަކު އަތުގަ ލެޔާ އެކު އެވަނީ ފާއިޒާ އެވެ. އޭގެ އިތުރުންވެސް އެތައް ބަޔަކު ވަނީ ގޭދޮރުމައްޗަށް އެއްވެފައެވެ. ނާޒް އަށް ހުރެވުނުތަން ވެސް ނޭނގުނެެވެ. ފާއިޒާ ދައްތަ އެހާލުގަ އޮއްވަ ފެނުމުން ނާޒް ހުރީ ގަނޑުވެފައެވެ. ވަގުތުގެ ގޮތުން ނާޒް އަމިއްލަ މީހާ ކޮންޓްރޯލް ކުރުމަށްފަހު ފުރަތަމަ ފަހަރަށް އިސްވެ ނާޒިމްގެ ފޯނަށް […]
އަވަސް އަވަހަށް ސިޓީ އުރަ ހުޅުވާލިއެވެ. ނާޒް އަށް ހުރެވުނު ތަންވެސް ނޭނގުނެވެ. ފައިދަށުން ބިންގަނޑު ދެމިގަތް ކަހަލަ އެވެ. މުޅި މީހާ ތުރުތުރ އަޅައިގަތެވެ. ނާޒް އަތުން ސިޓީ އުރަ ދޫވި އެވެ. ސިޓީ އުރައިގަވާ ފޮޓޯތައް އެކި ދިމަދިމާލަށް ވަޔާ ދިޔަތަން ބަލަން ނާޒް ހުއްޓެވެ. ނާޒްގެ ހަނދާނަށް އައީ އަކީލް ފުރިތާ މަހެއްވީ ދުވަހު ގޭގަ ބޭއްވުނު ޕާޓީ މަތިންނެވެ. ދައުވަތު ދެވިފައިވަނީ އާރިޔާގެ ރަހުމަތްތެރިންނަށެވެ. އޭގެ ތެރޭގަ ގިނައީ ފިރިހެން ކުދިންނެވެ. […]
ވަރަށް ހިތްވަރު ކުރުމަށްފަހު ނާޒް އަކީލް މެންގެ ގެއަށް ދިޔައެވެ. ދެތިން ފަހަރަކު ބެލް ޖެހިއިރުވެސް އެކަކުވެސް ދޮރެއް ނުހުޅުވައެވެ. އެމީހުން ކިޔާނެ އެއްޗަކާ މެދު ވިސްނާލުމާއެކު ނާޒް ފިނިވަމުން ދިޔައެވެ. ދޮރު ނުހުޅުވާނެ ކަމަށްބަލާ ހިނގައިގަތްތަނުން ކޮންމެވެސް މީހަކު ދޮރު ހުޅުވިއެވެ. ނާޒްގެ ދެލޯ ދިޔައީ ބޮޑުވެގެންނެވެ. ދޮރު ހުޅުވީ ނާހިދާ އެވެ. ނާޒް ފެނުމުން ނާހިދާގެ މޫނުމައްޗަށް ރުޅިވެރިކަން ވެރިވެގެން ދިޔައެވެ. ” ކީއްކުރާނަމޭ ހިތާ މިގެއަށް އަނެއްފަހަރު ތިއައީ. މިގެއަކު ނެތް ކަލޭ […]
ދެން ޖެހި ގުގުރި އަދި މާބާރެވެ. ނާޒް ގަތްބިރުން ހައްތަހާ ބޮޑައް ނާޒިމް އާ ކައިރިވެލާ ނާޒިމްގެ ގަމީހުގަ ހިފަހައްޓާލިއެވެ. ނާޒް ގަޔާ ކައިރިކޮށްލެވުނީ ނާޒިމް އަށް ބޭއިހުތިޔާރު ގައެވެ. އެއީ ނާޒިމް ގަސްތުގަ ކުރި ކަމެއް ނޫނެވެ. ނާޒް މީގެކުރިން އަކީލް ނޫން މީހަކާ އެހާ ގާތްވެފައެއް ނުވެއެވެ. އެހެންކަމުން ނާޒް އަށް ކުރެވުނީ މުޅިން އެހެން އިހުސާސެކެވެ. ނާޒް އުޅުނީ ނާޒިމް އަތުތެރެއިން ސަލާމަތް ވުމަށެވެ. އެކަމަކު ނާޒިމް ހުރީ އެއަށްވުރެ ބާރަށް ނާޒް […]
” ނާޒް އަށް ތިހާލު ޖެހުނު ސަބަބު ކިޔާދެވިދާނެތަ؟ ފާއިޒާ އެދުނެވެ. ވަގުތުން ނާޒްގެ ދެލޯ ކަރުނުން ފުރިގެން ދިޔައެވެ. ނާޒް އަށް ގިސްލާ ރޮވެން ފެށިއެވެ. ނާޒްގެ ކޮނޑުމަތީ ފާއިޒާ އަތް ބާއްވާލިއެވެ. އެއާއެކު ނާޒްއަށް ކެތެއް ނުކުރެވުނެވެ. ފާއިޒާގެ ގައިގަ ބައްދާލެވުނީ އަމިއްލަ އިހުތިޔާރަކު ނޫނެވެ. ނާޒް އަކީ ނުދަންނަ ކުއްޖަކަށްވިޔަސް ފާއިޒާގެ ހިތަށްވެސް އަސަރު ކުރިއެވެ. ފާއިޒާގެ އެހީތެރިކަމާއެކު ނާޒް ކޮޓަރިއަށް ދިޔައެވެ. ” ނާޒް ކިޔާދޭން ބޭނުން ވަގުތަކު ކިޔާދީ. އެކަމަކު […]
ނާޒު ހުރީ ކޮޓަރީގެ ކުޑަދޮރުން ބޭރުބަލާށެވެ. ކުއްލިއަކަށް ދުވެފަ އައި މީހަކު އައިސް ނާޒުގެ ފަހަތުން ނާޒު ގައިގަ ބައްދާލިއެވެ. ނާޒު ދިޔައީ ސިއްސައިގެންނެވެ. ސިއްސައިގެން ދިއުމަށްވުރެ ބޮޑައް ގަތީ ބިރެވެ. ތެޅި ގަނެފަ ނާޒު އަވަހަށް އެނބުރިލިއެވެ. ނާޒު އަށް މީހެއްކަމަށް ހީކުރެވުނު ނަމަވެސް އެއީ ކުއްޖެކެވެ. ލޯބި ލޯބި ފިރިހެން ކުއްޖެކެވެ. ނާޒު އާ ދިމާލަށް ހިނިއައިސްގެން ބަލަން ހުރި ރައުލްގެ މޫނުމަތިން ފެންނަމުން ދިޔަ މައުސޫމް ކަމުން ނާޒު ވެސް ހިނިތުން ވެލިއެވެ. […]
ޖެހެމުންދިޔަ ފިނި ވައިރޯޅި އާއެކު ވެހެމުން ދިޔަ ބޯ ވިއްސާރަ ތެރޭ ކުރިއަށް ހިނގަމުން ދިޔަ ނާޒްގެ ހިނގުމަކަށް އެއްވެސް ބަދަލެއް ނާދެއެވެ. ކުރަމުން ދާ ވިއްސާރައިގެ އެއްވެސް އަސަރެއް ނާޒު އަށް ކުރާ ހެން ހިއެއް ނުވެއެވެ. ޕޭމަންޓް މަތިން ކުރިއަށް ދިޔައީ އެއްވެސް މީހަކަށް ބެލުމެއް ނެތިއެވެ. ލޮލުން ފައިބަމުން ދިޔަ ކަރުނަތައް ފޮހެލާކަށް އެއްވެސް ހަރަކާތެއް ނާޒު ނުކުރެއެވެ. އަމީނީ މަގަކީ ވިއްސާރަ ވެއްޖެނަމަ އަބަދުވެސް އެހާ ފެންބޮޑު ވާ މަގެކެވެ. އެހެންކަމުން […]
ނޫނެކެވެ. ވަކި ގޮތަކަށް ނިންމުމުގެ ކުރިން ރަހާ ބޭނުންވަނީ އެކަމުގެ ހަގީގަތް އޮޅުން ފިލުވާށެވެ. އިރުއެރުމާއެކު ނަދީމް ހޭލުމުގެ ކުރިން ފުރަތަމަވެސް ރަހާ އަވަސް އަވަހަށް ބޭރަށް ނުކުމެލާ ލީނާ އަށް ގުޅާ ރޭގަ ވީ ހުރިހާ ކަމެއް ކިޔާދިނެވެ. ލީނާ އެދުނީ އަދި މިވަގުތައް ނަދީމް ގާތު އެވާހަކަ ނުދައްކާ ވީހާވެސް އަވަހަކަށް ހަގީގަތް ހޯދުމަށެވެ. އަދި އެކަމުގައި ލީނާ އަށް ވެވުނު ކޮންމެ އެހީއެއްވެސް ވެދޭނެ ކަމަށް ލީނާ ބުންޏެވެ. ފެންޑާގަ އިށީނދެ ހަމަޖެހިލިތަނުން […]