ކޮޓަރީގެ ދޮރުގަ މީހަކު ޓަކިދިން އަޑައް ނާލީ ދިޔައީ ސިއްސައިގެންނެވެ. ” ނާލީ.. ދޮރުހުޅުވަބަލަ..” ދޮރުހުޅުވާލުމާ އެކު ފެނުނު މަންޒަރުން ނާލީގެ ދެލޯ ވަގުތުން ފެންކަޅި ވިއެވެ. ނާލީ އަށް އަޅާލާނެ މީހަކު ނެތްދުވަހު އެހީތެރިވެދިން މީހާ އެފަދަ ހާލެއްގަ ހުރިތަން ފެނުމުން ނާލީގެ ހިތަށް އިންތިހާއަށް އަސަރު ކުރުވިއެވެ. ހާނިސާގެ ދޮން މޫނު ވަނީ ރަތްވެ ދުޅަވެފައެވެ. އެދެލޮލުން ހިފެހެއްޓުމެއްނެތި ކަރުނަ ފައިބަމުން ދިޔައެވެ. ހޭވިފައިވާ އިސްތަށިގަނޑުގެ އެއްބައި ވަނީ މޫނުމައްޗަށް ވެއްޓިފައެވެ. ނާލީގެ ހިތަށް […]
އައި ރުޅިން ދެފަޔަށް ބާރުލާފަ ހިނގާލާފަ ގޮސް ހުއްޓުނީ ނާލީގެ ކުރިމަތީގައެވެ. ބިރުގަނެފަ ހުރި ނާލީ އަށް ފަހަތަށް ޖެހިލެވުނީ ހާނިސާ ގެ ފަރާތުން ކުރިމަތިވެދާނެ ކަމަކަށް ވިސްނާފައެވެ. އެކަމުގެ ސަބަބުން ވެސް ހާނިސާ ގާތަށް އައީ އިތުރަށް ރުޅިއެވެ. ” ކިހާ ދެރަކަމެއް. އަހަރެން ކީއްކޮށްފާނެތީތަ އަހަރެން ފެންނަ އިރަށް ބިރުވެރި އެއްޗެއް ފެނުނީމަ ދާހެން ފިލަން ތިއުޅެނީ ” ހާނިސާ ގެ ޖުމްލަ ތަކުން ނާލީ އަށް ރޮވެން ފެށިއެވެ. ” އަހަރެން ހަމަ […]
” މަބުނިން ދޯ އަހަރެން އެދޭ ކަންތައް ހަމަޖެހުމުން ނޫނީ މަށަށް ގުޅައިގެން ނުވާނެޔޭ ” ހާނިސާ އަށް އުއްމީދު ކުރެވުނީވެސް އެފަދަ ޖަވާބަކަށެވެ. އެއްވެސް ހިފެހެއްޓުމެއްނެތި ހާނިސާގެ ވިދާ ބަބުޅާ ދެލޮލަށް ކަރުނަ ޖަމާވިއެވެ. އަތުގެ ނުފުށުން ކަރުނަތައް ފޮހެލީ ގޮތް ހުސްވެފައިވާ މީހަކު ފަދައިންނެވެ. ކިތަންމެ ދެރަވި ނަމަވެސް ނާފިޒު އެކަރުނަތައް ފޮހެދޭކަށް ނާންނާނެއެވެ. ހާނިސާ ޖެހޭނީ ކެތްކުރާށެވެ. ފޯނު ނަގާ އެނދުމައްޗަށް އެއްލާލެވުނީ ދެރަވި ވަރުންނެވެ. ނާފިޒު ދެކެ އާދެވުނު ރުޅި ނާލީ […]
ހޭވެރިކަން ވީ އިރު ނާލީ އަށް އޮވެވުނީ ގޭގެ ބަދިގެ ތެރޭގައެވެ. ހޭވެރިކަން ވި ނަމަވެސް އަދިވެސް ބޮލަށް އަރާފަ ހުރި އެނބުރުކަމަށް ބަދަލެއް ނާދެއެވެ. އެހެން ނަމަވެސް ވަރަށް ހިތްވަރު ކުރުމަށްފަހު ތެދުވެވޭތޯ މަސައްކަތް ކުރަމުން ނާލީ ދިޔައެވެ. އެންމެ ކައިރިއަށް ހުރި މޭޒުގެ ފައިގަ ހިފަހައްޓާލުމަށްފަހު ކޮޅަށް ތެދުވެވޭތޯ ކުރި މަސައްކަތުން ނާލީ އަށް ކޮޅަށް ތެދުވެވުނެވެ. ނަމަވެސް އަނެއްކާވެސް ވެއްޓެން އުޅޭހެން ހީވުމާއެކު ހިތްވަރު ކޮށްލާފަ މޭޒުކައިރި ހުރި ގޮނޑީގަ އިށީނދެލިއެވެ. ނިތްކުރި […]