ރާހިލް ފޯނު ކަނޑައިލިކަން އެނގުމާއެކު ޝައިނާ ދެފަހަރަކު ރާހިލްގެ ފޯނަށް ގުޅަން މަސައްކަތް ކުރިއެވެ. އެކަން ނާކާމިޔާބުމުން ފުން ނޭވައެއް ދޫކޮށްލުމަށްފަހު އައިސް އެނދުގައި ހުރަހަށް އޮށޯވެލިއެވެ. އޭނާގެ ދެލޮލުގައި ތާޒާ ކަރުނައިގެ އަސަރު ހުރި ނަމަވެސް އެ ކަރުނަތައް ފޮހެލުމަށްފަހު އޭނާ ސީލިންގުގައިވާ ފަންކާއަށް ނަޒަރު ހުއްޓައިލިއެވެ. ދެންމެ ފެނުނު މަންޒަރެއް ފަދައިން ފަންކަލުގައި ދަންޖެހިފައިވާ ޝިޔާނާގެ ހަށިގަނޑު އޭނާއަށް ކުލަވާން ފެށިއެވެ. އެހިޔާލުތަކާއި ދުރުވުމަށް ލޯ މަރައިލި ވަގުތު އޭނާއަށް ސިފަވީ ރާހިލްގެ ސޫރައެވެ. […]
އިރުކޮޅެއް ވަންދެން އެގޮތުގައި އިނުމަށްފަހު ރާހިލް އޭނާ އިށީނދެ އިން ގޮނޑިން ތެދުވެގެން އައިސް ޝައިނާ އިން ގޮނޑި ކައިރީގައި މަޑުކޮށްލިއެވެ. ރާހިލް ދެންކުރި ކަމަކުން ޝައިނާ ދިރުވައިލަން އުޅުނު ކާއެތިކޮޅުވެސް އަރުގައި ތާށިނުވީ ހަމަކިރިޔާއެވެ. ރާހިލް ޝައިނާގެ ގޮނޑި ކައިރިއަށް އެއްކަކޫ މައްޗަށް ތިރިވެލަމުން ޝައިނާގެ އަތުގައި ހިފައިލިއެވެ. އެވަގުތު ގިނަ ބައެއްގެ ސަމާލުކަން އެދިމާއަށް ހުއްޓުނެވެ. ޝައިނާހުރީ އެފަދަ ސަމާސާއެއް ރާހިލް ކުރަމުންދާތީ ބުނާނެ އެއްޗެއްވެސް ނޭނގިފައެވެ. އޭނާގެ ހިޔާލެއްވެސް އަހައިލުމެއްނެތި ރާހިލް އެފަދަ ގޮތަކަށް އާންމު […]
ދެ ޒުވާނުން އެކި ވާހަކަތަކުގައި އިނދެ ފިނި ބުއިންތަކަށް އިންސާފުކުރަން ފެށިއެވެ. އެވަގުތު ކުއްލިއަކަށް ރާހިލްގެ ނަޒަރު ޝައިނާގެ ފަހަތުގައި ހުރި މީހަކަށް ހުއްޓުނުހެން ހީވެ ޝައިނާ ފަހަތް ބަލައިލިއެވެ. އެދިމާލުގައި ހުރި މޭޒެއްގައި އިށީން ޒުވާން ޖޯޑެއް އޭނާއަށް ފެނުނުހިނދު، ރާހިލްގެ ނަޒަރު ހުއްޓިފައިހުރީ އެތަނުގައި އިން އަންހެން ކުއްޖާއަށްކަން އޭނާއަށް އެނގުނެވެ. ޒަމާނީ ގޮތަކަށް ކޮށައިލައިފައިވާ އިސްތަށިގަނޑާއި، ކޮށްފައިވާ ލުއި މޭކަޕްގެ އިތުރުން ހެދުން އެޅުމުގައި ބޭނުންކޮށްފައިވާ ޒަމާނީ ގޮތްތަކުގެ ސަބަބުން އެކުއްޖާގެ ރީތިކަން ހާމަވަމުން […]
“ސޮރީ ސޮރީ.. އެކަމަކު އަހަރެން މިބުނީ ދޮގެއްތަ؟؟ ކައިވެނިކުރަން މި އުޅެވެނީ ކާކާތޯވެސް ބަލައިލުމެއްނެތި އެއްބަސްވާއިރު މި ސުވާލު ކުރާ ހިސާބަށް ގޮސްފިއެއް ނޫންތަ؟ ކުޑަމިނުން އެއީ ކިހިނެތް ހުރި ކޮން އުމުރެއްގެ މީހެއްތޯ ޒީވާ ބަލައިލިންތަ؟” ރާހިލް އަދިވެސް އެއްޗެހި ކިޔަމުން ދިޔައީ ޒީވާއަށެވެ. މިފަހަރު ޒީވާއަކަށް އޭނާގެ ކަރުނަތައް ނުހިފެހެއްޓުނެވެ. މީހުން އޭނާއާ ދިމާލަށް އެއްޗެހި ކިޔުމަކީ އޭނާ ކުޑައިރުއްސުރެންވެސް ދެރަވާކަމެކެވެ. އެގޭގެ ދެންތިބި ދެކުދިންނާ ހިލާފަށް އޭނާއަކީ ފަސޭހައިން ހިތުގައިޖެހޭ ކުއްޖެކެވެ. އޭނާއަކަށް […]
އެ ސުވާލާއެކު ރާހިލްއަށްވެސް ފުންނޭވާއެއް ދޫކޮށްލެވުނެވެ. ރިއާން އޭނާއާ އެ ކުރިމަތި ކުރުވީ އެރަށުން ފަށައިގެން ރާހިލް އޭނާގެ އަމިއްލަ ނަފްސާ ކުރަމުން އަންނަ ސުވާލެކެވެ. ހާސްވެފައި އިނދެ ރާހިލްއަށް އެއްއަތުން އޭނާގެ އިސްތަށިގަނޑުގައި އަތްފުނާ އަޅައިލެވުނެވެ. “ބަލަ ތީއެއްނު އަހަރެންގެވެސް މައްސަލައަކީ. ނޭނގެ ވެގެން މި އުޅޭގޮތެއް. ޝައިނާ ފެނުނީއްސުރެން އަހަރެން މި ހުންނަނީ އޮޅުން ބޮޅުން ގަނޑެއްގެ ތެރޭގަ. ނޭނގެ. ބައެއްފަހަރު ވަރަށް ފޫހިވޭ. ރުޅިވެސް އާދޭ. އެކަހަލަ ގޮތްދޫނުކުރާ އަންހެނުންނަކީ އަހަރެންގެ ޓައިޕެއްވެސް […]
“ދޮންބޭ. އޯކޭތަ؟ އާރ ޔޫ ޝިވަރިންގ؟” ޒީވާގެ ލޮލުގައި ރާހިލްގެ ތުރުތުރުލަމުން ދިޔަ އަތް އަޅައިގަތެވެ. “ޔެސް. މިތަން ކުޑަކޮށް ފިނިވީމަ.” ރާހިލްގެ ވާހަކަ ޒީވާއަށް ގަބޫލުކުރެވުނީ ރާހިލްއަކީ ހަގީގަތުގައިވެސް ފިންޏަށް ގަދަ މީހަކަށް ނުވާތީއެވެ. އެވަގުތު ތަންކޮޅެއް ދުރުން ސީދާ ރާހިލްމެން ތިބި ދިމާލަށް ހިނގާފައި އައި މެދުއުމުރުގެ އަންހެން ޑަކްޓަރެއް ރާހިލްގެ ލޮލުގައި އަޅައިގަތެވެ. އޭނާ އައިސް ހުއްޓިލީ ޒީވާގެ ކުރިމައްޗަށެވެ. ޒީވާ ބޮލުގެ އިޝާރާތުން ޝައިނާ އެތެރޭގައިކަމަށް ބުނުމާއެކު ޑަކްޓަރު އެތެރެއަށް ވަނެވެ. ނަމަވެސް […]
“ރާހިލް. ހިތްވަރުކޮށްލާފަ އަހަންނާއެކު އެނދާ ހިސާބަށްދާން ޓްރައި ކޮށްބަ ޕްލީޒް. ޔޫ އަރ ޓޫ ހެވީ ފޯރ މީ..” ޝައިނާގެ ވާހަކައަށް ބޯ ޖަހައިލަމުން ރާހިލް ޝައިނާގެ އެހީގައި އެނދާ ހިސާބަށް ދިޔައެވެ. އެނދުމައްޗަށް ވެއްޓިގަތުމާއެކު ވަގުތުން ރާހިލްގެ ދެލޯ މެރުނުތަން ފެނި ޝައިނާ ކަންބޮޑުވިއެވެ. “ރާހިލް. ރާހިލް” ދެފަހަރަކަށް ރާހިލްގެ މޫނުގައި ޖަހައިލަމުން ޝައިނާ ގޮވައިލިއެވެ. ދެލޯ ހުޅުވައިލަން ކުރި މަސައްކަތުގެ ތެރެއިން ރާހިލްއަށް ކުރެވުނުހާވެސް ކަމަކީ ބުމަ އަރުވައިލުމެވެ. އެ އިޝާރާތުންވެސް ޝައިނާގެ ހާސްކަން […]
ޖަލްސާ ފެށުމުގެ ވަގުތު ކުޑަތަންވަމުންދާ ވަރަކަށް ރާހިލްގެ ކަޅި އެކި ދިމަދިމާލަށް ދަތުރުކުރަން ފެށިއެވެ. ހިތް އަވަސްވެފައިވާ މީހެއް ފަދައިން ފައި ތަޅުވާާލަ ތަޅުވާލައި އިނދެ އިރުއިރުކޮޅާ މެހެމާނުން ވަންނަ ދޮރާ ދިމާލަށް ބަލައިލައެވެ. “ކާކު ހޯދަނީ. ޝައިނާތަ؟” ރިއާން ރާހިލްގެ ގާތަށް ގޮނޑި ޖައްސައިލަމުން އަހައިލިއެވެ. “އަހަރެން ކީއްކުރަން އޭނަ ހޯދަންވީ؟ ތިހެން ބުނީމަ މި ހަނދާންވީވެސް. ކޮބާތަ އޭނަ؟ މި ޕްރޮޖެކްޓްގެ ބާނީއެއް ނޫންތަ އެއީ؟” ފުރުސަތުގެ ބޭނުންހިފައި ރާހިލް އަހައިލިއެވެ. ރާހިލް އޮޅުވައިލަން މަސައްކަތްކުރި ނަމަވެސް ރިއާންއަށް […]
“އޭ ދޮރު ވައްޓާލަންވީތަ ނޫނީ ހުޅުވާނީތަ؟؟ ****” ބޭރުން ވާހަކަދައްކަމުންދިޔަ މީހާ ވަރަށް ބާރަށް ގޮވައިލިއެވެ. އެވަގުތު އޭނާ ދޮރުގައި ޖެހިބާރުމިނުން ހީވީ ދޮރުވެސް ދެންމެ ދެންމެ ނައްޓައިގެން ގޮސްދާނެ ހެންނެވެ. ޝިޔާނާގެ ގައިގައި ބައްދާލައިގެން އިން ޝައިނާވެސް ސިއްސައިގެން ދިޔައެވެ. އެކުއްޖާ އިނީ އަނގައިން ބަހެއްވެސް ބޭރު ނުވާވަރަށް ބިރުގެންފައެވެ. ޝިޔާނާއަށް ސަލާމަތެއްނެތްކަން އެނގި ހަތިޔާރު ބަހައްޓަން މަޖުބޫރުވިއެވެ. “ކޮއްކޯ. ދޮންތި ދޫނީ. ދޮންތި މި އުޅެނީ ދޮރު ހުޅުވަން އިނގޭ. ދޮންތި ކޮއްކޮ ފާހަނައަށް […]