ކެތްމަދުވެފައިހުރެ ޝައިނާގެ ފަހަތުން ލެެއްޕެންއައި ދޮރު ކޮށްޕާލަމުން ރާހިލް އެ އެޕަރޓްމެންޓްގެ ތެރެއަށް ވަދެގަތެވެ. ސިޓިންގްރޫމްގެ މެދަކާ ހިސާބުގައި ހުރި ޝައިނާއަށް ސިހިފައި ފަހަތް ބަލައިލެވުނެވެ. ރާހިލް ވަކިން އެހެންތަނަކަށް ބަދަލުވީއްސުރެން ފުރަތަމަ ފަހަރަށް އެ އެޕަރޓްމެންޓްގެ ތެރެއިން ފެނުމުން އޭނާ ހައިރާންވިއެވެ. އެކަމާ ނުރުހި އެއްޗެއް ބުނަން އަނގަ ހުޅުވައިލިއެވެ. އެހެނަސް އެބަސްތައް ދުލުން ބޭރުވުމުގެ ކުރިން ދުރު ފިޔަވަޅުތަކެއްގައި އައި ރާހިލް އެދެމީހުންގެ ދެމެދުގައިވާ ޖާގަ ނައްތައިލިއެވެ. އަދި ޝައިނާގެ މޫނުގައި ހިފަހައްޓައިލަމުން ފިނިން ތުރުތުރު […]
“ކޮން ގޮތެއް؟” އިޝްވާ ސިޑިން ފައިބައިގެން އައިސް އެމީހުންގާތު މަޑުކޮށްލަމުން އަހައިލިއެވެ. ނާޝިދާއި ވާފިޔާ ހާސްވެފައި އެކަކު އަނެކަކަށް ބަލައިލިއެވެ. ޒީވާގެ ރުހުމާނުލާ އެފަދަ ކަމެއްކުރަންވެސް އެމީހުންގެ ހިޔާލުގައެއް ނެތެވެ. ވީއިރު އިޝްވާއަށް ނުބައިގޮތަކަށް އެ ދެކެވުނު ވާހަކައިން މާނަ ނެގިދާނެތީ އެ ދެމަފިރިންވެސް އިންތިހާއަށް ކަންބޮޑުވިއެވެ. “އަޅެ މަންމާ. އިޝީއަށްވެސް ހީވަނީ ތީ ވަރަށް ސަޅި އައިޑިޔާ އެއްހެން. ދޮންތިވެސް އަސްލު ވަރަށް ލައިކްވޭ ކަންނޭގެ ރިއާންބެ ދެކެ އެކަމް ބުނަން ނުކެރެނީ. ދޮންތިއަށްވެސް ސަޕްރައިޒްއަކަށް […]
“ގޯޝް ރާހިލް އައި ހޭޓް ޔޫ” ސިނގިރޭޓުގެ ދުންތަކާއެކު ރިއާންގެ އަނގައިން އެ ލަފްޒުތައް ބޭރުކޮށްލެވުނެވެ. މިއީ ހުސް ރާހިލްއާހުރެ އޭނާއަށް ޖެހޭހާ ކަންކަމެވެ. ************ ރިއާންއަށް އާ ހެނދުނަކަށް ހޭލެވުނީ ކޮފީގެ މީރުވަސް ނޭފަތުގައި ޖެހުމުންނެވެ. އިރުކޮޅެއް ވަންދެން މޫނުގައި ބާލީސް އަޅައިގެން އޮތުމަށްފަހު ކުޑަކުޑަކޮށް ދެލޯ ހުޅުވައިލަމުން އޭނާ އެބާލީސް ނެގިއެވެ. ސޯފާގެ ކައިރީގައި އިށީނދެލައިގެން އިން ޒީވާފެނި އޭނާއަށް މަޑުމަޑުން ރޭގެ މަންޒަރުތައް ސިފަވާން ފެށިއެވެ. ޒީވާއާ ދެއްކުނު ވާހަކަތަކަކީ ކިހާ ގޮތެއްފޮތެއް ނެތް ވާހަކަތަކެއްކަން ހަނދާންވުމާއެކު […]
“އޭ އޭ މަޑުކޮށްބަލަ. ރާހިލްއަށް އެނގޭތަ އެއްވެސް ވަރަކަށް މިކޮޅުގެ ހާލަތު އޮތް ގޮތް. އޮފީހުގެ ދޮރުން ނުކުމެގެން ޕާކިންގް ސްޕޮޓާ ހަމައަށް ދާންވާއިރަށް އަހަރެން ތެމޭނެ. މިރޭ އޮފީހުގަ މަޑުކުރާގޮތަށް އަހަރެން މިހިރީ.. ދެން ތީ ކޮންހާ ސަކަރާތެއް؟” ރިއާން ހިތްހަމަނުޖެހުވެ. “ރިއާން އަހަރެން އެހެން ކާކު ކައިރީގަތަ ބުނާނީ؟ އަހަރެން އަދި ރާއްޖެ މި އައީ ދާދި މިދާކަށް ދުވަހު. އައިގޮތަށް މިއާދެވުނީ މި ރަށަށްކަށްްނު. މިތަނުގަވެސް މާލެއަށްވުރެ އަހަރެންގެ ރައްޓެހިން ގިނަވާނެ” ރާހިލްގެ އަޑުގައިވަނީ ކަންބޮޑުވުމެވެ. […]
އޭނާ އެންގި ގޮތަށް އަމަލުކުރުމަށްފަހު އެދެމީހުން އެތަނުން ނުކުތުމާއެކު ރިއާންވެސް މާގިނަ އިރަކު އެތަނުގައި މަޑު ކުރާކަށް ގަސްދެއް ނުކުރިއެވެ. ކެބިންއިން ނުކުމެ ކުރިން އެތަނުގައި އިން ޒުވާނާއަށް ބޯޖަހައިލުމަށްފަހު ލިފްޓާ ދިމާލަށް ހިނގައިގަތެވެ. *********** އާދައިގެ މަސައްކަތު ދުވަހެކެވެ. ހޮޓެލްގެ އެކި ދިމާލުގައި ބަހައްޓަން ޖެހޭ ފަރުނީޗަރުތަކުގެ މަސައްކަތް ނިންމައިލުމަށްފަހު ޝައިނާ އޮފީސްބަޔަށް ވަދެލީ ކަރުހިއްކުން ފިލުވައިލުމަށްޓަކައި ފެންފޮދެއް ބޮއިލުމަށެވެ. އެމީހުން އެރަށަށް އައިތާ މިހާރު މަސްދުވަސް ފާއިތުވެގެން ހިނގައްޖެއެވެ. އެހެންކަމުން އޮފީސްބައިގެ މަސައްކަތަށް ބޭނުންވާ ވަސީލަތްތަކާއި […]
އިޝްވާ ދިޔުމާއެކު ޒީވާގޮސް ކޮޓަރީގައި ހުރި ދިގު ލޯގަނޑުގެ ކުރިމަތީގައި ހުއްޓުނެވެ. އަދި ގައިގައި އޮޅާލައިފައިވާ ބޮޑު ފޮތިގަނޑު ނައްޓައިލަމުން ލޯގަނޑުން ފެންނަމުންދިޔަ ވީދިފައިވާ ޔުނީފޯމަށް ނަޒަރު ހުއްޓައިލިއެވެ. ހިނގައިދިޔަ ކަންތައްތަކުގެ ހިޔާލުން ސިކުނޑި ފުރި މޭނުބައިކުރަން ފެށުމާއެކު ޒީވާ އަވަސް އަވަހަށް ފާހަނައާ ދިމާލަށް ދުއްވައިގަތެވެ. 4 ގަޑިއިރު ކުރި ދަންވަރުގެ ހަމަހިމޭންވަގުތެވެ. އާދައިގެމަތިން ހޮސްޕިޓަލުގެ ނަރުހުންގެ ޖަގަހައިގައި ޒީވާ އޭނާގެ ޑިއުޓީ ފުރިހަމަ ކުރަމުން ދިޔައެވެ. ޒީވާގެ އިތުރުން އެތަނުގައި އިން އަންހެންކުއްޖާ ކޮންމެވެސް […]
“އާރ ޔޫ ޓްރައިންގް ޓު ސްޓަރޓް ސަމްތިންގް؟ އަސްލު ތިކަހަލަ ޗައިލްޑިޝް ޗެލެންޖުތައް އަހަރެންނަކަށް ކަމަކު ނުދޭ.. އެކަމު ބަލަމާ ކާކަށްތޯ މި ފެށުނު ގޭމް ކާމިޔާބު ކުރެވެނީ.” ރާހިލް ކުރިއަށް ފިޔަވަޅެއް އަޅައިލަމުން ޝައިނާ އާ ހަތަރުކަޅި ހަމަކޮށްލިއެވެ. ބަދަލުގައި ރާހިލްއާ ދިމާލަށް ދޫނެރެލުމަށްފަހު ޝައިނާ އެތަނުން ދާން ހިނގައިގަތެވެ. ރާހިލް ދެފަރާތަށް ބޯ ހޫރައިލަމުން ހޭން ފެށިއެވެ. ޝައިނާގެ ފަރާތުން އޭނާއަށް މި ފެންނަނި މުޅިންވެސް ހީ ނުކުރާފަދަ ކަންތައްތަކެވެ. *********** ދުވަސްތައް ފާއިތުވަމުން […]
“އޯމައިގޯޑް… ހަހަހަހަ..އެނގޭތަ ކާކުކަން އެއީ. ޝައި.. އެދުވަހު ހުއްޓޭ ފޯރިއެއް..އަދި ބުނަނީ..” ޒީވާ ހީހީފައި ޝައިނާ އުޅުން ގޮތުގެ ވާހަކަ ކިޔައިދިންއިރު ރާހިލްގެ ތުންފަތަށް ލާނެތް ހިނިތުންވުމެއް ވެރިވިއެވެ. ތަޤުދީރު އޭނާއާއި ޝައިނާ މާކުރިންވެސް ބައްދަލު ކުރުވައިފިތާއެވެ؟ *************** މާލެ އިން ކައްދޫއަށް މެންދުރު ފުރާ ފްލައިޓަށް އެރުމަށް ޝައިނާއާއެކު އޮފީހުގެ އިތުރު ދެ ސްޓާފުން ހުޅުލޭ ޑޮމެސްޓިކް ޓަރމިނަލްގައި ތިއްބެވެ. “މަލްއާއި އަލީއާ ދެމީހުން ދޭ އިނގެ ޗެކިން ވެލަން. އަހަރެން މި ދަނީ އިރުކޮޅަކުން.” […]
ރާހިލް އެނދުން ފައިބައިގެންގޮސް އުނުގައި ތުވާލި އޮޅައިލި ވަގުތު ކޮޓަރީގެ ދޮރުގައި މީހަކު ޓަކި ޖަހައިލި އަޑު އިވުނެވެ. އާފުރެމުންގޮސް ކޮޓަރީގެ ދޮރު ހުޅުވާލިއިރު ކުރިމަތީގައި ހުރި ހޫރެއްފަދަ އަންހެންކުއްޖާފެނި އޭނާ ލައިލައިހުރި ނޭވާވެސް ވައި ނޮޅީގައި ތާށިވި ކަހަލައެވެ. ކަޅިޖަހާނުލައި ބަލަން ހުރެވުނުއިރު މިއީ ދުނިޔެމަތީގެ ކަމެއްބާއޭ އޭނާގެ ހިތަށް އަރަމުން ދިޔައެވެ. ނޫނީ އޭނާއަށް އަދި ރަނގަޅަށް ނިދައި ނުހޭލެވެނީބާއެވެ. މިކަހަލަ ހޫރެއް އަސްލަށްވުރެ ފެނުން ގާތީ ހުވަފެނެއްގައި ވިއްޔާއެވެ. އެ ކަޅުކަންގަދަ އެސްފިޔަތަކުގެ ހިޔަނިން ފޮރުވައިލެވިފައިވާ ގަދަ […]