އެންމެ ފުރަތަމަވެސް، ފާއިތުވެދިޔަ އެއް މަސް ދުވަހުގެ ތެރޭގައި އަޅުގަނޑަށް ވާހަކަ އަޕްލޯޑް ކުރެވިފައި ނުވާތީ ކިޔުންތެރިންގެ އަރިހުން އިންތިހާއަށް މަޢާފަށް އެދެމެވެ. މިހެން ކަންތައް މި ދިމާވީ އަޅުގަނޑުގެ ސިއްހީ ހާލަތު މިދިޔަ މަހުގެ ތެރޭގައި ވަރަށް ބޮޑަށް ދަށަށް ދިޔުމުންނެވެ. ކުރިންވެސް އަޅުގަނޑު ބުނެފައިވާ ފަދައިން މި ވާހަކައަކީ މިހާރުވެސް އެހެން ޕްލެޓްފޯމެއްގައި އެއްކޮށް ޝާއިއުކޮށް ނިންމާފައިވާ ވާހަކައެއްކަމުން އެ ޕްލެޓްފޯމު މެދުވެރިކޮށް ކިޔުންތެރިންނަށް ވާހަކަ ކިޔާލެވެނޭތީއާއެކު، މިވަގުތު އަޅުގަނޑު ނެތް ހިތްވަރެއް ލަމުން […]
“ކިހިނެއް އެނގެނީ ދެން އަހަރެންނާ ބައްދަލުވާއިރު ހުސްކޮށް ނުހުންނާނެ ކަމެއްވެސް؟ ގުޑްބައި ނީމް” އެ ރައްދާއެކު ޝިމާން މަޑު ދުވުމެއްގައިގޮސް ގޭގެ ދޮރާށިން ނުކުތްއިރު ނީމްއަށް އެހުރި ފިޔަވަޅުމަތީގައި ގަނޑުވެފައި ހުރެވުނެވެ. ޝިމާން އެބުނި ބަހުގެ މާނަ ނަގާނެ ގޮތެއް ނޭނގިފައެވެ. ************* ސިޓިންގްރޫމްގެ ފާރުގައިހުރި ބޮޑު ގަޑިއަށް ބަލައިލި ޒީވާގެ މޫނުމަތިން ކަންބޮޑުވުމުގެ އަސަރު ފާޅުވާން ހުއްޓެވެ. އިރުއިރުކޮޅާ އެޕަރޓްމެންޓްގެ ދޮރާ ދިމާލަށް ބަލައިލެވެނީ ރޭ ދެބައިވެ ދިޔައިރުވެސް ރިއާންގެ ހަބަރެއް ނުވާތީއެވެ. މިފަހަކަށް އައިސް […]
“ޒީވް.. ޓެލް މީ” ރިއާން ކުރު ނުކުރާނެކަން އެނގުމުން ޒީވާ ފުންނޭވާއެއް ދޫކޮށްލުމަށްފަހު ވެގެން އުޅޭގޮތް ކިޔައިދޭން ފެށިއެވެ. “މިއަދު ބޭބީއެއް ނިޔާވީ.. އައި މީން.. ވިހެއި އިރުވެސް އެކުއްޖާ އޮތީ ނިޔާވެފަ. އެއީ އެމީހުންގެ ފުރަތަމަ ދަރިފުޅު ރިއާން.. އެމީހުން ކައިވެނި ކޮށްގެން އުޅޭތާ މިހާރު ނުވަ އަހަރުވީ.. އެއީ އެމީހުންގެ ހުރިހާ އުއްމީދެއް ގުޅިފައިވި ކުއްޖާ. އެމީހުން ހާދަ ދެރަވާނޭ.. އަދިވެސް އެ ދެމަފިރިން ރޯންތިބި މަންޒަރު އަހަރެންނަށް ފެންނަ ކަހަލަ” ޒީވާގެ ލޮލުން […]
“މި ރިއާންވެސް މިހާރު ހާދަ އަނގަގަދަ ވެއްޖެއޭދޯ.. މީހަކު ނުބުނާނެ ރިއާންއޭވެސް. ޒީ ކޯއްޗެއްތަ މީނައަށް ކާންދެނީ؟” ޝައިނާ ކިރިޔަކިރިޔާ ރާހިލްއަަށް އިވޭވަރަށް ކުދި ކިޔައިލިއެވެ. *********** ކާރޫބާރޫ ބޮޑު މާލޭގެ އެތެރެ މަގުތަކުން ރެކިގަނެގެން ބޮޑުތަކުރުފާނު މަގަށް ނުކުމެ ހަވީރު ފިންޏަށް އާންމުކޮށް ދުއްވަންދާ ޖޯޑުތަކުގެ ތެރޭގައި އިޝްވާއާއި ޝިމާންގެ ޖޯޑު ގުނައިލެވެއެވެ. މިއަދުވެސް މަންޒަރު ތަފާތެއްނޫނެވެ. ނަމަވެސް ހުޅަނގު ފަރާތަށް އޮއްސެމުންދިޔަ އިރުގެ ރަތް ވިލާތަކުން ފަވާލެވިފައިވާ އުދަރެހަށް ގެއްލިފައި އިން ޝިމާންގެ ސިކުނޑި […]
“މެރީ މީ؟ ޕްލީޒް؟” ރާހިލް އަތުގެ ކުޑަވައި އިނގިލީގައި އަޅައިފައިވާ އަނގޮނޓިއެއް ވަކިކޮށްލަމުން ޝައިނާގެ އަތުތެރެއަށް ލައިދިނެވެ. “ކީކޭ؟” ޝައިނާގެ ހިތް ބާރަށް ތެޅިލިއެވެ. “ރާހިލް.. ތިކަހަލަ ސަމާސާ އެއްވެސް މަޖަލެއް ނޫން” ޝައިނާ ބުންޏެވެ. “މިއީ ސަމާސާއެއް ނޫނޭ ލަވް… އަހަރެންގެ ދިރިއުޅުމުގެ ބާކީބައި ހޭދަކުރަން ބޭނުންވަނީ ޝައިނާއާ އެކުގައިކަން ޔަގީންވީމަ އިތުރަށް މަޑު ކުރަންވީ ކީއްކުރަން؟ އަހަރެން ބޭނުމީ ކައިވެނި ކުރަން” ރާހިލް ބުންޏެވެ. “ރާހިލް.. ދެން ޒީ އޯ؟ އެލީޝާ..” ޝައިނާ ޖަވާބެއް […]
“އެލީގެ ނަމްބަރ ދޭންވީނު. އޭރުން ދޯ ހިޔާލެއް ހޯދަން ގުޅާލެވޭނީވެސް.. އިޓްސް ޔޯރ ސްޕެޝަލް ޑޭ” ޝައިނާ އެލީޝާގެ ގާތަށް ޖެހިލައީ ނަންބަރު ހޯދިއެވެ. ރާހިލްއަށް ގަބޫލުނުކުރެވިފައި އެމަންޒަރު ބަލަށް ހުރެވުނުއިރު ރިއާންއަށް ހިތްހަމަނުޖެހިފައި ބަލައިލެވުނީ ރާހިލްއަށެވެ. ރާހިލްގެ ކުރިމަތީގައި މިހުރިހައި ކަމެއް ވެގެންދާން ދޫކޮށްލައިގެން މިހިރީ ކިހިނެއްބާއޭ އޭނާގެ ހިތަށް އަރަމުން ދިޔައެވެ. ރާހިލްއާ އެވާހަކަ ދެެއްކުމަށްޓަކައި އެއްފަރާތަކަށް ޖެހިލި އެވެ. “ރިއާން މޮޔަވީތަ؟ ބައްޕަމެންނާ އެއްބައި ކިޔާފަ ޕާޓީއަށް އެ ރަށް ތި ދިނީ […]
“އަހަރެންނަކަށް ދެން އިތުރަށް ޝައިނާ މިކަމަށް ރުއްސަން ކުރާނެ ކަމެއް ނޭނގޭ.. އަހަރެންނަށް ހީވަނީ ޒީއެއްވެސް މަންމައެއްވެސް ނޫންހެން މައްސަލައަކީ… ޝައިނާ އަދިވެސް އަހަރެންނަށް އިތުބާރު ނުކުރަނީ. އަހަރެންނާ އެއްކޮށް އުޅެން ޝައިނާ ބޭނުން ނުވަނީތަ؟ އެހެންވެތަ އަދިވެސް އަހަރެންދެކެ ލޯބިވާކަމަށް ނުބުނެވިގެން ތި އުޅެނީ؟ ޝައިނާގެ ލޯތްބާއި އިތުބާރު ހާސިލްކުރަން އަހަރެން އިތުރަށް ކުރަންވީ ކޮން ކަމެއްތަ؟” ރާހިލް ހިތްހަމަނުޖެހިފައި ޝައިނާގެ އަތުން ދޫކޮށްލިއެވެ. “އަޅެ އެހެނެއް ނޫނޭ.. އަދި އަހަރެންނަށް ވަގުތުކޮޅެއް ދީ.. ޕްލީޒް.. […]
“އަސްލު ނޭނގެ ވީގޮތެއް.. އޭނާ ފާޑަކަށް ރިއާންއަށް ބަލަން ފެށީމަ އަހަރެންވެސް ފާޑަކަށް ރުޅި–” ބުނެވުނީ ކީކޭކަން ރޭކައިލުމާއެކު ޒީވާއަށް ދެލޯ ބޮޑުކޮށްލަމުން ރިއާންއާ ދިމާލަށް ބަލައިލެވުނެވެ. ރިއާންއަށްވެސް ސިހިފައި ޒީވާއާ ހަތަރުކަޅި ހަމަކޮށްލެވުނެވެ. އެއާއެކު ޒީވާ ގަތް ލަދުން އިސްޖަހައިލަމުން ކެއުން ކުރިއަށް ގެންދިޔައިރު، ރިއާން ފާޑަކަށް ހިނިއައިސްފައި އިނދެ އޭނާ ގެނައި ކޮފީތަށީގައި ތުން ޖަހައިލިއެވެ. ************ “ސާބަހޭ ދޮންބެއަށް. ދުވަހަކު ގަޑިއަށް ތަނަކަށް ދެވޭކަމަށް ނަހަދާނެ.. ކޮންހާ ރީއްޗެއް ވާކަށްތަ؟ ސިސްވެސް ދަނީކީ […]
“މަންމާ.. އެއްޗެކޭ ހީނުކުރައްޗޭ އެނގޭ.. އެކަމަކު.. ރިއާންގެ ބައްޕަ މިހާރު މަންމައަށްވެސް…” “ނޫން ނޫން ދަރިފުޅާ.. ޒަރީނާއާއި ރިއާންއަށް ރިޔާޒް ކިތަންމެ ގޯސްވިޔަސް އަހަރެންނަށް ވަރަށް ރަނގަޅު. ފަހަރެއްގައި އަހަރެންނަކީ ރިޔާޒްގެ އަލަތު ލޯބި ކަމަށްވާތީ ކަންނޭނގެ. ޒަރީނާ މަރުވިއިރުވެސް އަހަރެން ހުރީ މީހަކާ ނީނދެ. ރިޔާޒްގެ އަނިޔާވެރިކަން ކުރިން އެނގުނުނަމަ ރިޔާޒާވެސް ކައިވެނި ނުކުރީސް ކަންނޭނގެ. އެކަމަކު ފަހުން ވިސްނުނު އެކަންތައް ކުރީބައިގަ ނޭނގުމުގަވެސް ހިކުމަތެއް އޮންނާނެއޭ. ޖޫލީގެ އެވާހަކަތައް ކިޔައިދިން ދުވަހަށްފަހު އަހަރެން އަޒުމު […]